ބަދަލުވި ޙަޔާތް – ޓްރެއިލަރ
ފަތިސް ނަމާދު ބަންގީގެ އަޑަށް ޖައިޝާ އަރާމު ނިދި ދޫކޮށް ލުމަށްފަހު ތެދުވެއްޖެއެވެ. ވުޟޭ ކުރުމަށްފަހު ނަމާދު ކޮއްލާގެން ޖައިޝާ ބޭރަށް ނިކުތީ ކަސްރަތު ކޮއްލާށެވެ. ޖައިޝާ ދުވަމުން ދަނިކޮށް މީހެއްގާގަ ޖެހި ވެއްޓެން ދިޔައެވެ. ނަމަވެސް އެމީހާގެ ބާރުގަދަ ދެއަތުން ޖައިޝާ ވެއްޓެން ދިޔަ ނުދީ ހިފެއްޓިއެވެ. ދެމީހުންގެ 4 ކަޅި ހަމަވި ވަގުތު ކުރެވުނީ ތަފާތު އިހުސާސެކެވެ. ޖައިޝާ އޮތީ އެ ރީތި ދެ ލޮލަށް ގެއްލިފައެވެ. ދެ މީހުންނަށްވެސް ހޭވެރިކަންވީ ސައިކަލެއް ދުއްވާލި އަޑަށެވެ. ޖައިޝާ މާފަށް އެދުމަށްފަހު އަވަސްވެ ގަތީ ގެއަށް ދިޔުމަށެވެ. ޖައިޝާ ގެއަށް ގޮސް ފެންވަރާލައިގެން ކައްކަން ނިކުތެވެ. ފިޔާ ހުސްވެފައި ހުރުމާއެކީ ޖައިޝާ ދިޔައީ ފިޔާ ގަންނާށެވެ. ފިހާރައަށް ދިޔަ މަގުމަތީގައި މިއަދު ހެނދުނު ފެނުނު ކުއްޖާއާއި ދިމާވިއެވެ. އެ ކުއްޖާ އަށް ޖައިޝާ ފެނުމާއެކު ޖައިޝާ ކައިރިއަށް އަންނަތަން ފެނުނެވެ. ޖައިޝާގެ ހިތުގެ ހިނގުން އަވަސްވެ އަތާއި ފައި ފިނިވާގޮތް ވިއެވެ.
************************************************
އަކްޔަންގެ ވިސްނުމުގައި ވަނީ މިއަދު ދިމާވި އަންހެން ކުއްޖާއެވެ. އަކްޔަން އަކީ ތަފާތު ރީތި ކަމެއް ލިބިފައިވާ ކުއްޖެކެވެ. އަންހެން ކުދިންގެ ލޯބި ހުށެއެޅުންތައްވެސް އަކްޔަން އަށް ލިބެމުން ދެއެވެ. ނަމަވެސް އަކްޔަން އެކަމަށް ފަރުވާލެއް ނެތެއެވެ. އަކްޔަން މިހާތަނައް އެއްވެސް މީހަކާއި ރައްޓެހި ވެފަކާއެއްވެސް ނުވެއެވެ. ނަމަވެސް މިއަދު އެދިމާވި އަންހެން ކުއްޖާ އަކްޔަންގެ ހިތާ ކުޅެލާފިއެވެ. އަކްޔަން އަތުގައި އެ އަންހެން ކުއްޖާގެ ފޯނު އެބައޮތެވެ. އެ އަންހެން ކުއްޖާގެ ފޯނު އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އަކްޔަން ބޭރަށް ނިކުމެލި އެއަންހެން ކުއްޖާ ފެންނާނެ ކަމުގެ އެންމީދުގައެވެ. އަކްޔަންގެ ނަސީބު ވަރަށް ރަނގަޅެވެ. މިއަދު ދިމާވި ރާނީއެއްފަދަ ކުއްޖާ ފިހާރައާއި ދިމާލަށް އަންނަތަން ފެނުނެވެ. އަކްޔަން މަޑު ހިނގުމެއްގައި އެއަންހެން ކުއްޖާއާއި ދިމާލަށް ދާންފެށިއެވެ.
“ނުނިމޭ”
One Comment
Comments are closed.

vrh reethi mi trailer i hope mi vhk vrh reethi vaane kamah . when is next part cant wait to see next part and as a reader and a author i want to tell you ibaaraiy kurun timprove kohlan and may be u willl think i vhk nuliyeyey mi site akah but in school dhivehi club ga huhnaane vrh gina vhk liye nerifa and iba visnan mi site ah ves vhk liyan please. anyway dont take my comment wrong way . i love this trailer keep going