Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 2

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 8, 2024 4 Mins Read
4 Comments

“މިއިނީ… މީއެކުއްޖާ.. ކޮބާ އާދެބަލަ ސަރއާއެކު ބޭރަށް.” އަހަންނަށް އިޝާރާތް ކުރަމުން ކްލާހުން ބޭރަށް ނުކުންނަށް އަހަންނަށް ދަޢުވަތު ދިނެވެ. ހައިރާން ވެފައިހުރެ އަހަރެން ކުރިޔަށް ހިނގައިގަތީ ކުށްވެރިއެއް ފަދައިންނެވެ. ޖެހިލުން ވެފައިވާ ހިތަކާއެކު ކްލާހުން ނުކުމެ އަހަރެން އެޓީޗަރުންނާ ކުރިމަތިލީމެވެ.

“މިސްކޫލުގެ ފަރާތުން ވާހަކަ ލިއުމުގެ ގައުމީ މުބާރާތުގަ ބައިވެރިވާން ކެރިދާނެތަ؟” އެތަނުން އެއްޓީޗަރަކު އަހަންނާ ސުވާލުކުރިއެވެ.

“ގައުމީ މުބާރާތް؟… ވާހަކަ ލިޔުމޭތޯ؟.. އެކަމު އަޅުގަނޑަށް ވާހަކަ ލިޔާކަށް ނޭނގޭ ސަރަ..” ޖެހިލުންވެފައި ހުރެވެސް އަހަރެން ބުނީ އަހަންނަށް އަމިއްލަ ނަފްސަށް އިތުބާރު ނެތީމައެވެ.

“ނޫނޭ… މި ސްކޫލުގަ ތިހޭދަކޮށްލި މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ލިޔުންތެރިކަމުގެ ހުނަރު ހުރިކަން ދިވެހި ޓީޗަރަށް ފާހަގަވެފަވަނީ. އަދި ހަމަސީދާ ތިކުއްޖާގެ ނަން ދިވެހި ޓީޗަރު ބުނުއްވީމަ މިއައީވެސް. އެހެންވީމަ ވަރަށް އަވަހަށް ޖަވާބެއް ދޭންޖެހޭނެ. ދެން މާދަމާ ސްކޫލަށް އަންނައިރު ކޮންމެހެންވެސް އައިޑީ ކާޑް ހިފައިގެން އަންނައްޗެ.” ޓީޗަރު ބުނަން ބޭނުންވާ ވާހަކަ ބުނުމަށްފަހު ދިޔައީއެވެ.

“ކިހިނެއްވީ؟ ކީކޭ ސަރ ބުނީ؟ ކަމެއްގަ ކުށްވެރިވީތަ؟” ބައެއް ކުދިން އަހަރެން ވަށަލައިން އެކި ކުދިން އެކި ސުވާލުތައް ކުރަން ފެށިއެވެ.

“އެއީ ވާހަކަ ލިޔުމުގެ މުބާރާތެއްގަ ބައިވެރިވާން!” އެހެން ބުނަމުން އަހަރެން ގޮސް ގޮނޑީގައި އިށީނީމެވެ.

ސްކޫލް ނިމިގެން އަހަރުމެންނަށް އެދުވަހު ގެއަށް ދާން ނުކުމެވުނީ ތަންކޮޅެއް ލަހުންނެވެ. ގަނޑުކޮޅެއްގައި އެއްޗެއް ލިޔެލަން އަހަރެން މަޑުކޮށްލީމައެވެ. އޭރު މަގުތައްވެސް ތަންކޮޅެއް އަނދިރި ވެއްޖެއެވެ. އަހަންނާ ވިސާމާ މަގުތަކުގެ އެކި ދިމަދިމާލުގައި ތިބި މީހުންނަށް ބަލަމުން ދިޔައީމެވެ. ތަންކޮޅަކަށް ހިނގާލިތަނާ އަހަރުމެންނަށް ފެނުނީ ކޮންމެ ދުވަހަކުވެސް އަހަންނަށް ފާރަލަމުން މަގުމަތީ މަޑުކޮށްގެން ތިބޭ ގުރޫޕެވެ.. އަހަރެން ހިތްހަމަ ޖެހުނެވެ. އެ ގްރޫޕް ފެނިގެން ނޫނެވެ. އެކަމަކު، އެ ގްރޫޕްގެ ތެރޭގައި އަހަރެން މިވަގުތު ހޯދަން އެންމެ ބޭނުންވި ކުއްޖާ ހުރުމުންނެވެ.

އެކުއްޖާ ހުރީ ހިސާބަށް އަރާ ހަމަވަމުން އަހަރެން ބޮލުގެ އިޝާރާތުން އައުމަށް ބުނެލީމެވެ. އޭނާ ކުރިޔަށް ޖެހިލި ވަގުތު އަހަރެންގެ އަތުގައި ފަތްޖަހާ ކުޑަކޮށްފައި އޮތް ގަނޑުކޮޅު އަހަރެން އޭނާގެ ފަޔާދިމާލަށް އެއްލާލީމެވެ. އެއަށްފަހު އަހަންނާ ވިސާމާ އެއްވެސް އެއްޗެއް ނުބުނެ ރަކި ހިނިގަނޑެއް ޖަހާލަމުން ގެއަށް ދިއުމަށްޓަކާ ހިނގައިގަތީމެވެ. އެއީ އެކުއްޖާ އެގަނޑުކޮޅު ނެގިކަން އަހަންނަށް ޔަގީންވުމާ އެކުގައެވެ.

އެގަނޑުކޮޅުގައި އަހަރެން ލިޔެފައި ވާނެއެވެ.

“ތިކުއްޖާގެ ނަން އަހަންނަށް ނޭނގުނަސް ކޮންމެ ދުވަހަކުވެސް މަގުމަތިން އެވަރަށް ފާރަލާކަން އަހަންނަށް އިނގޭ. އެދުވަހު އަހަރެން އެގޮތަށް ވާހަކަ ދެއްކުމުންވެސް އަހަންނާ ދިމާލަށް އިތުރު އެއްޗެއް ނުބުނެ މިސްކިތަށް އެރީމަ އަހަންނަށް ފެނުނީ ތިކުއްޖާގެ ރީތި އަޚްލާގު. އެދުވަހު ހަގީގަތުގަ އަހަރެން އެހެން ހެދީ ވަރަށް ބޮޑު ސަބަބަކަށްޓަކާ.. އަހަރެން ބޭނުންވީ ތިކުއްޖާއަކީ ކޮންކަހަލަ ކުއްޖެއްތޯ ޔަގީން ކުރަން. އަހަރެން ބުނިހެން ގިނަފަހަރަށް މަގުމަތިން ފޮށޭ ކުދިން ވަރަށް ގޮތެއްފޮތެއް ނުހުންނާނެ. އަހަރެން ޔަގީންކުރަން ބޭނުންވީ އެކަން. ތިވެސް މިބުނާކަހަލަ ގޮތެއްފޮތެއް ނެތް ކުއްޖެއްތޯ؟ އަދި އެކުގައި ތިއުޅޭ ކުދިންނަކީ ކޮންކަހަލަ ބައެއްތޯ؟

އަހަރެންގެ ހިތުގަ އުފެދުނު ސުވާލުތަކަށް ރަނގަޅު ޖަވާބުއް މިހޯދީވެސް އަހަރެން އަމިއްލައަށް. ހަގީގަތުގަ އަހަންނަކީ އެހާ ރުންކުރު ކުއްޖެއްނޫން. އެކަމަކު އަހަރެން އެދުވަހު އެގޮތަށް ވާހަކަދެއްކީ ތިކުއްޖާ ޓެސްޓް ކޮށްލަންވެގެން. އަހަރެން ކުރި ޓެސްޓުން ތިކުއްޖާ ހަމަ ރަނގަޅަށްވެސް ފާސްވެއްޖެ. އެހެން ނޫންނަމަ މި މާނަ ފުން ބަސްކޮޅު އޮތް ކުޑަކުޑަ ކަރުދާސްކޮޅު މިރޭ އަހަރެން ތިކުއްޖާއަށް އަމާޒުކުރާކަށް ނުޖެހުނީސް.

އަހަންނަށް ތިކުއްޖާ އެންމެ ރަނގަޅުވި އެއްކަމަކީ ނަމާދު ކުރާތީ. ދެން ފާހަގަވީ، އަހަރެން އެހެން ބުނިފަހުން ކޮންމެ ދުވަހަކުވެސް އަހަންނާ ކުރިމަތިލަނީ ގަމީހުގެ ގޮށްތައް އަޅުވައިގެން. އެކަން އަހަރެން ފުރަތަމަ ދުވަހުން ފެށިގެން ފާހަގަ ކުރީން. އަނެއްކަމަކީ، އަހަރެންގެ ފަހަތުން ފޮށެމުން މަގުމަތިން އަހަންނަށް ގޯނާކުރަމުން ނާންނާތީވެ. އަހަރެން އެންމެ ހިތްހަމަޖެހުނީ އެކަމާ. އެއީ އަހަރެންގެ ގޭގެ އެއްވެސް ބޮޑު މީހަކަށް އަދި އެމީހުންނާ ރައްޓެހި އެއްވެސް މީހަކަށް އެފަދަ މަންޒަރެއް ފެނިފައި ނުވާނެކަން މިހާރު އަހަންނަށް ޔަގީންވާތީވެ. އަދި މިދިޔަ ހަފްތާތަކުން ކޮންމެ ދުވަހެއްގެވެސް އެކި ގަޑީގަ އަހަރެން ދެކިލުމުގެ އިންތިޒާރުގަ ސަހަރާކައިރި އިރުކޮޅަކަށް ނަމަވެސް ހުރެލާފަ ދާތަން އަހަންނަށް ފެނޭ.

ދެން ބުނެލަން އޮތީ ގަބޫލުކުރަން ދަތިނަމަވެސް ހަމަ ހަގީގީ ވާހަކައެއް. އުންމީދު ކުރަން ގަބޫލު ކުރާނެކަމަށް. އަހަރެންގެ އަސްލު ނަމަކީ “މަރީ”އެއް ނޫން. އެއީ އަހަރެން ނުދަންނަ މީހުންގެ ފަރާތުން މަގުމަތީގެ ރައްކާތެރިކަމާ ސަލާމަތައްޓަކާ ބޭނުންކޮށްއުޅޭ ނަމެއް. ނަން އޮޅުވާލުމަކީ އަހަރެން ތިކުއްޖާއަށްވެސް ހެދި އެންމެ ފުރަތަމަ ދޮގު. އެކަމަށް އަހަރެން މާފަށް އެދެން. ގަބޫލު ނުކުރެވެންޏާ މާދަން ދިމާވާ ވަގުތު އަހަރެންގެ ސްކޫލް ފޮތްތައް ދައްކާލެވިދާނެ. އަހަރެންގެ ނަމަކީ “ޝަލީން” އުންމީދު ކުރަން މަގުމަތިން ދިމާވާ ތަންތަނުން އަހަންނަށް ނުގޮވާނެކަމަށް.”

ޖެހިގެން އައި ދެދުވަހުވެސް އަހަންނަށް އެކުއްޖާގެ ޚަބަރެއް ނުވިއެވެ. މަގުމައްޗަކުން ނުފެނެއެވެ. މެންދުރު ވަގުތު އާންމުކޮށް ފޮތްތަކާއެކު މިސްކިތަށް އެރިޔަސް، އެމަންޒަރެއް ނުފެނުނެވެ. އޭނާގެ ގްރޫޕްގެ އެހެން ހުރިހާ ކުދިން ގާތްގަނޑަކަށް ހަމައަށް ތިއްބާ އަހަރެން ދުށީމެވެ. އެހެނަސް އެކުދިންނާއެކު އޭނައެއް ނެތެވެ. ކޮންމެ ގޮތެއްގައި ވިޔަސް އަހަންނަށް އެއިން ކުއްޖެއް ކައިރި އަހާލަންވެސް ނުކެރޭނެއެވެ.
ކޮންމެ ދުވަހަކު އަހަންނަށް ފާރަލާ ކުއްޖާ ފެންނަން ނެތުމުން އަހަންނަށް މިއަދު މިފާރަލެވެނީ ކީއްވެބާއެވެ؟ ވެދާނެއެވެ. އެކުއްޖާ ބަލިވީ ކަންނޭނގެއެވެ. ނޫނީ އޭނާއަށް އަހަރެން ނަން އޮޅުވާލީމާ ހިތްހަމަ ނުޖެހުނީވެސް ކަންނޭނގެއެވެ. ދެން ނޫނީ އެހެން ކޮންކަމެއް ހެއްޔެވެ؟ އެ ގަނޑުކޮޅުގައި އަހަރެން ގިނައިން ލިޔުނު އެއްޗެއް ލިޔެފައި ވާނީ އޭނާގެ ރަނގަޅުކަމަށް ތައުރީފުކޮށްފައެވެ. ދެން ރަނގަޅު ވާނީ އަމުދުން އެކަމާ ނުވިސްނިއްޔާކަމަށް ނިންމައިގެން އަހަރެން ހުރީމެވެ.

“އޭތް! ކުރިން ދުވަހު ކޮން ފިރިހެން ކުއްޖެއް މާކައިރި ކޮށްލާއިން އެއުޅުނީ؟” ހިނިގަނޑެއް ޖަހާލަމުން ޖިނާހާ އަހަންނާ ދިމާކޮށްލިއެވެ.

ޖިނާހާއަކީވެސް ވިސާމާ ފަދައިން ސްކޫލަށްދާއިރު މަގުމަތީގެ ވަކި ހިސާބަކުން އަހަންނާ ދިމާވާ ކުއްޖެކެވެ. ޖިނާހާ އެދައްކާ ވާހަކައަކީ ކޮން ވާހަކައެއްކަން އަހަންނަށް ރަނގަޅަށް އެނގެއެވެ.

“އޯހް.. ޖިނާހާވެސް ދުށިންދޯ؟” ރަކިވެފައި އަހަރެން ބުނެލީމެވެ.

“ޝަލީން” ހީކުރީ މުޅި މަގުމަތީވެސް އެގަޑީގަ ތިބީ ތިދެމީހުން ކަމަށްތަ؟ ޖިނާހާގެ އިތުރުން އަދި ތިކަން އެނގޭނެ އެހެން މީހުންވެސް ނޭނގެ ނެތްކަމެއް… ހައްހައްހާ…” އަހަންނާ ދިމާކޮށްލަމުން ވިސާމާވެސް ވާހަކަ ދެއްކިއެވެ.

“ޝަލީން! އެކަމު މިއަދު އެކުއްޖާ ނުވެސް ފެނޭދޯ؟” އަނެއްކާވެސް ވިސާމާ ބުނެލިއެވެ.

“އަހަރެން ނުބަލަން. އެހެންވީމަ ކަލޭމެންނަށް މާބޮޑަށް ވަރުވެއެއްނު! އަހަރެން ކީއްކުރަން އޭނަ ހޯދަންވީ؟ މަ އަސްލު ނޫޅެން އެކަމަކާ.” އަހަރެން ބުނެލީމެވެ.

“ކީއްވެތަ ނޫޅެންވީ؟ އެކަމާ އުޅޭތީދޯ އޭނާކައިރި ބުނެގެން ތިއުޅެނީ ދެއަހަރު ނިމެންދެން މަޑުކުރަން. ކޮންމެހެން ވިޔަސް ދެން 10 ނިމުނީމަ ތިކަން ފެށޭނެއްނު؟” ވިސާމާ ބުނެލިއެވެ.

“ކަލޭމެންނަށް އަހަރެން ދަސްވާނެ ދުވަހެއް އަހަންނަކަށް ނޭނގެ. އަހަރެން އޭނައަށް ދެއަހަރު ދިނީ ކޮންމެހެން އޭނައާ ރައްޓެހިވާާކަށް ނޫން. އަހަންނަށް އިނގޭ އެހެން ބުނީމަ މިޒަމާނުގެ ކުދިންނަށް ވާނީ އެއީ ވަރަށް ކަޓު ކަމަކަށްކަން. މިހާރުގެ ކުދިންނަށް ދެއަހަރު ދުވަހު މަޑުކޮށްލަންވިސް ވާނީ ދެގަރުނަށް. އަހަރެން އެކަމުން ސަލާމަތްވާނެ ގޮތެއް އަސްލު މި ހޯދީ.. އަހަރެން އެކަމަށް އެއްވެސް ޝަޢުގުވެރިކަމެއް ނެތް. އެހެންވެ އޭނައާ ދިމާލަށް އެހެންބުނީ.. އަހަރެން އެވަރުން ތިކަމާ އުޅެން ބޭނުންވަންޏާ ކީއްވެ މިހުންނަނީ އޭނާގެ ނަންވެސް އޮޅުން ނުފިލުވާ” އަހަރެން ބުނެލީމެވެ.

“އޯކޭ އޯކޭ… ޝަލީންގެ އަނގަދަށުން ނާރާނެ. ވިސާމާ އޭނަ ގޮވައިން ގޮސް ކްލާހަށް ވަދޭ.” އެހެން ބުނަމުން ޖިނާހާ އޭނާގެ ކްލާހަށް ދިއުމަށް ހިނގައިގަތެވެ.

“އޭތް.. ކޮބާ ވާހަކަ ލިޔުމުގެ މުބާރާތަށް ރެޑީތަ؟” ވިސާމާ އަހާލިއެވެ.

“ނޫން. ސަރ ބުނީ މިސްކޫލުން މިހާރު ބައިވެރި ނުވާގޮތަށޯ.. ވީގޮތައް ނުބުނެ. ނަސީބެއްނު. އަހަރެން ކިހިނެއްތަ އެހާ ދިގު ވާހަކައެއް ލިޔާނީ. އެހެން ނޫނަސް އަހަރެންމީ ދުވަހަކުވެސް ވާހަކައެއް ލިޔަން އިނގޭ މީހަކަށްނުވޭ. ރަށު ސްކޫލުގަވެސް ލިޔާހިތުން ލިޔުނަސް އަަބަދުވެސް ލިބެނީ ސުމެއް. އެހެންވެ އަހަރެން ނުވޭ ދުވަހަކުވެސް ވާހަކަ ލިޔާހިތެއް. އެކަމު މަޒުމޫނު މުބާރާތެއްގަ ބައިވެރި ވެވިދާނެ. އެއިން ދެން އުންމީދެއް އޮވޭ.” އަހަރެން ވަރަށް ޝައުގުވެރިކަމާއެކު ބުނެލަމުން ކްލާހަށް ވަނީމެވެ.

ދުވަހުގެ ކިޔެވުން ނިންމާލުމަށްފަހު އަހަރެންގެ އެކުވެރި ވިސާމާއާ ޖިނާހާ ގެއަށް ދިޔައެވެ. އަހަރެން މަޑުކޮށްލަން ޖެހުނީ ދިވެހި މުދައްރިސްގެ އެދުމުގެ މަތިންނެވެ. އޭރު ސްކޫލް ނިންމާ ގެއަށް ދާން ނުކުތްއިރު 7 ޖަހަން ކައިރިވެއްޖެއެވެ. މަގުތަކުގެ ހަލަބޮލިކަމާ ކާރުބާރު ބޮޑުކަމުން ގެއަށްދާން ހިސާބަކަށް އުނދަގޫވިއެވެ.

“މަރީ!” މީހަކު އަހަންނަށް ގޮވާލި އަޑަށް ސިއްސައިންގޮސް އަހަރެން ބަލައިލީމެވެ. އޭރު އަހަރެން ކުރިޔަށް އަޅަމުންދިޔަ ފިޔަވަޅުތައް ކުއްލިޔަކަށް ހުއްޓިއްޖެއެވެ.

ނުނިމެ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ނުލިބޭނެހޭ އަލުން އެހީ 5

Next

ޙަޤީޤަތް ހޯދުމޭ 4

Next
August 10, 2024

ޙަޤީޤަތް ހޯދުމޭ 4

Previews
August 8, 2024

ނުލިބޭނެހޭ އަލުން އެހީ 5

4 Comments!

  1. Lily says:
    August 8, 2024 at 3:55 pm

    How’s you sis??
    Mi vahaka ves vrh reethi Masha Allah💓💓
    Btw mee sis ge love story tha?😭
    Konme meehehge viyas vrh interesting inge💓😂

  2. Shaleen says:
    August 8, 2024 at 10:32 pm

    Hi I am well Lily
    Thanks vaahaka reehchey buneleema
    Hehe. Vaahakaige Shaleen ge love story dear

  3. Shelly says:
    August 10, 2024 at 12:12 pm

    Mi part vx varah varah reethi
    When next

    1. Shaleen says:
      August 10, 2024 at 3:17 pm

      Hi shelly
      Thanks v bodah vaahaka kiyaalaafa comment kolleema.
      Ufaavejje varah bodah.
      Next part innaanee next Thursday ga in sha Allah.

Comments are closed.

Next Episodeޝަލީން 3←


All Right Reserved!