Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 6

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
September 5, 2024 5 Mins Read
10 Comments

“ޒައިޝް… އަހަންނާ ވާހަކަދައްކަން ބޭނުންވީތަ؟.”.ހައިރާންވެފައި ހުރެ އަހަންނަށް އަހާލެވުނެވެ.

“ބުނި ނަމްބަރު ދޭށޭ. ކިހިނެއް ހަދަންވީ؟ ދޭންވީތަ؟” ދޮންތަގެ ސުވާލު އަނެއްކާވެސް ތަކްރާރުކޮށްލިއެވެ.

“ނޫން. ބުނޭ އަހަރެން ބޭނުމެއް ނޫނޭ ވާހަކަ ދައްކާކަށް.. ނަމްބަރު ދޭނެ ކަމެއްނެތް.” ވިސްނާލަން ހުރުމަށްފަހު ހިތާދެކޮޅަށް އަހަރެން ބުނީމެވެ.

“އެކީއްވެ؟ ޝަލީން ވަރަށް ބޭނުންވި ކަމެއްނު! ވަރަށް ދުވަހު މަޑުކޮށްގެން ހުއްޓަ މިހާރު އޭނަ އަމިއްލައަށް އެބުނީ..” ދޮންތަ ބޭނުންވީ އަހަންނަށް ވީގޮތް އޮޅުންފިލުވާށެވެ.

“ދޮންތާ! އެއުޅެނީ ލޯތްބަކުން ނޫން.. ކޮންމެ ހަފުތާއަކު ރަށުގަ ހުރެގެން ލަމްޔާ އަހަންނަށް ގުޅާފަ ހަބަރުދޭ. އެންމެ ފަހުންވެސް ލަމްޔާ ބުނީ ފަޒްލާއާވެސް ރައްޓެހިވެގެން އުޅުނީ ދެދުވަހޭ. އަހަންނަށް އިނގޭ ޒައިޝް މިދޭތެރެއިން ވަރަށް ގިނަ ކުދިންނާ ރައްޓެހިވާން އަހައިފިކަން. އޭނައަށް އެކަންކަންކަން ނުވެގެން މިހާރު އަހަރެން ބޭނުންވީ.. ދައްތާ! މިގޭ މީހުންނަށް އުނދަގޫވާނެ އަހަންނަށް މާގިނައިން ކުދިން ގުޅަންޏާ. އަހަރެންގެ ނަންބަރު ފިރިހެން ކުދިންނަށް ނުދެއްޗެ.” ފޯނު ބޭއްވުމަށްފަހު އަހަރެން ނިދަން ދިޔައީމެވެ.

މިރޭ އަހަރެންގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އިޝާނީ އާއި ޔާނީ ފުން ނިދީގައި ތިއްބަސް އަހަރެންގެ ވިސްނުންތައް ވަނީ އަހަރެން ނިދިން ޚަރާބުކޮށްފައެވެ. އަހަރެން ވިސްނަމުން ދިޔައީ ޒައިޝްއާ ދޭތެރޭގައެވެ. މިއަދު ޒައިޝް އަހަރެން ހޯދަން އުޅެނީ ޒައިޝްގެ އަތުގައިހިފާނެ އެއްވެސް އަންހެން ކުއްޖަކު ނެތުމުންކަން އަހަންނަށް އެނގެއެވެ. ރީތި ރީތި ޒައިޝްއަށް އަހަރެން އިންތިޒާރު ކުރި 3 އަހަރު ބޭކާރު ވީއިރުވެސް ޒައިޝް އަހަންނާ ވާހަކަވެސް ނުދެއްކިއެވެ. ތިން އަހަރު އެއްކުލާހުގައި އުޅުނު އިރު ގޮވާވެސް ނުލައެވެ. ކުއްޖަކު އަޅުވާކިޔަސް ގިނަފަހަރަށް އަންނާނީ ރުޅިއެވެ. އެހެންވެ، މިއަދު ޒައިޝްއަށް އަހަރެން މުހިންމުވުމުން އަހަރެން ހައިރާންވެއްޖެއެވެ. ދެމީހުން ދެތާކު ތިބެ ފޯނުން ވާހަކަދައްކާ ގުޅުން ބަދަހިކުރުން އެއީ ޒައިޝްއަށް ދެންމިހާރު މާފަސޭހަކަމެއް ހެއްޔެވެ؟

ފުން ވިސްނުމެއްގެ ތެރޭގައި އޮވެ އަހަރެން އަމިއްލަ ނަފްސަށް ސުވާލުކުރީމެވެ. އެއިން ކޮންމެ ސުވާލެއްގެ ޖަވާބުވެސް އަހަންނަށް އެނގެއެވެ. ޒައިޝްގެ އަމިއްލައެދުން ބޮޑުކަން އެއީ މާކުރިންވެސް އަހަންނަށް ފާހަގަވެފައިވާ ސިފައެކެވެ. އެހެނަސް އަހަރެން ޒައިޝްގެ އެސިފަތަށް ފެނުނުއިރުވެސް ލޯބިވަމުންއައީ އޭނާގެ ބުރުސޫރަ ދެކެއެވެ.
ހަމައެފަދައިން ޒައިޝްގެ ކޮންޓްރޯލެއްނެތް ރުޅިއަކީ ވެސް އަހަންނަށް ފެނިފައިވާ އެއްޗެކެވެ. މިއިން އެއްވެސްކަމެއް އަހަންނަށް ނުފެންނަ ކަމަށް ހަދަމުން ލޯބީގައި އޮޔާ ބެހިގެންދިޔަ އިރުވެސް އަހަންނަށް ނޭނގެއެވެ.

އުންމީދުތަކެއް ކުރަމުން، ނަމަވެސް ފޫހިކަމާއެކު އަހަރެން ކްލާހަށް ވަންނަން ދިޔައިމެވެ. ކްލާސް އެރޭންޖްމަންޓް ބަދަލުވުމަކީ އަހަންނަށް ހުރި ނާސީބެއްތޯ ބަދުނަސީބެއްތޯ ސުވާލުކުރާނީ ވެސް ކާކާހެއްޔެވެ.؟ އެޔަށް ޖަވާބުދޭން އެނގޭނެ އިންސާނަކު ނުހުންނާނެކަން ގަބޫލުކުރަމުން އަހަރެން ގޮސް އިށީނީމެވެ.

“ރިފާޝާ” ކްލާހުގައި އަހަންނާ ޖެހިގެން އިން ކުއްޖާ ތަޢާރަފް ވަމުން ބުނެލިއެވެ.

“ސާބަސް. އަހަންނަށް އިނގޭ. ކްލާހުގަ މިވީދުވަސްކޮޅުވެސް ހުރިހާ ކުދިންގެ ނަން ދަސްވާނެއްނު. ރިފާޝާތީ މަޖާ ކުއްޖެއް. އެންމެ ފަހުން އަހަންނަށް މިޖެހުނީ މީނަކައިރި އިންނަން. އެކަމު ފިލާވަޅު ގަޑިތަކުގަ މާބޮޑަށް އޯވާ ނުވައްޗެ.” އަހަރެން އެހެން ބުނެލީ ރިފާޝާގެ ސަކަ މިޒާޖަށް އާދަވާން ބޭނުން ނުވާތީއެވެ.

“އޯކޭ.. ކޮބާ ބިޓެއް ނެތްތަ؟” ހިނިގަނޑެއް ޖަހާލަމުން ރިފާޝާ އެހީ ގާތް ރައްޓެއްސެއް ފަދައިންނެވެ.

“ހޫމ… އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ނޫން.” އަހަރެން ބުނެލީ ސީރިޔަސްވެ އިނދެއެވެ.

“ދޮގު.. ކޮންމެސް ކުއްޖެއް ހުންނާނެ. ވިސާމާ ކައިރި އަހާނަން ނުބުނަންޏާ.” ރިފާޝާ އަނެއްކާވެސް ފުޅާ ހިނިތުންވުމަކާއެކު މަޖާ ފާޑަކަށް ބުނެލިއެވެ.

“އަދިކިރިޔާ ރިފާޝާއާ ވާހަކަ ދައްކާލެވުނީ. އެކަމު އެހާ އަވަހަށް ތިދައްކާނީ ބިޓުންގެ ވާހަކަ. ވިސާމާ ކައިރި އަހާނެ ކަމެއްނެތް. އަހަރެން މިބުނީނު. ވިސާމާއަށްވުރެ ބޮޑަށް އަހަރެންގެ ކަމެއް އަހަންނަށްދޯ އެނގޭނީ؟” އަހަރެން ބުނެލީ ހިނިތުން ވަމުންނެވެ.

“ނުބުނަންޏާ ނޫޅެން. އެކަމު ކަމެއް ބޭނުން ވިޔަސް ހެލްޕެއް ވެވޭނީ ވެސް ބުނީމައެއްނު.” ރިފާޝާ ބުނެލިއެވެ.

“އޯކޭ.. ތީ ކޮންރަށެއް؟” ވިސްނާލަން އިނުމަށްފަހު އަހަރެން އަހާލީމެވެ.

“މ.ދިއްގަރު..” ރިފާޝާ ބުނެލިއެވެ.

“އެހެންތަ؟ އެހެންވީމަ ނެތެއްނު ހެލްޕް ވެވޭކަށް. އަހަންނާ ރައްޓެހިވާން ފޮނުވީ ތ.އޮމަދޫ ކުއްޖެއް.” ރިފާޝާއަށް އެހީއެއް ނުވެވޭނެކަން ޔަގީންކޮށް އަހަރެން ބުނެލީމެވެ.

“އެހެންތަ؟ އަހަރެންމީ ދިއްގަރު ކުއްޖަކަސް ތ.އޮމަދޫ ވިއްޔާ އަހަރެން ތިކުއްޖަތީ ކާކުތޯ ހޯދާނަން. ކޮން ނަމެއް ކިޔާކުއްޖެއް އެއީ؟” ވަރަށް ޝައުގުވެރިކަމާއެކު ރިފާޝާ ބުނެލިއެވެ.

“ކިހިނެއް؟ ކިހިނެއް ހޯދާނީ؟ އޭނަގެ ނަމަކީ މީކާލް.” ހައިރާންވެފައި އިނދެ އަހަރެން ބުނެލީމެވެ.

“މާދަމާ އަންނާނީ ތިކުއްޖާގެ މައުލޫމާތު ހޯދައިން. ޝަލީން މަށަށް އިތުބާރުކުރަންތަ؟” ވަރަށް ފޯރީގައި ރިފާޝާ އަހާލިއެވެ.

“އަދި ނުކުރަން. އެކަމު ތިކަންވިއްޔާ ދެންއެވީ އިތުބާރުކުރަން.” ރިފާޝާއަށް އިތުރު ހިތްވަރެއް ލިބޭތޯ އަހަރެން ބުނެލީމެވެ.

“ދެން ބުނެބަލަ… މީކާލްދެކެ ވަރަށް ލޯބިވޭތަ؟” ވައި އަޑުން ކަހަކަ ގޮތަކަށް ރިފާޝާ އަހަންނާ ސުވާލުކުރީ ވަރަށް ސީރިއަސްކޮށެވެ.

“އަސްލު ބުނަންތަ؟ އަހަރެން އަދި ނޫޅެން އެވަރަކުން.. އެކަމު މި ބަލާލަން އުޅެނީ ރިފާޝާއަށް މިކަންވޭތޯ؟ ދެން ހަގީގަތުގަ އަހަރެން ލޯބިވީން ރަށުން ކުއްޖަކުދެކެ. އެކަމު މިހާރުދެން އެކަމަކާވެސް ނޫޅެން. ދެން….. މީކާލްގެ ހުރީ ގަޔާވާ ސިފަތަކެއް. އެކަމު އެޔަށް އަހަރެން އަދި އެހާއަވަހަށް ލޯތްބެކޭ ނުކިޔާނަން. ހަމައެކަނި ލައިކްވާ ކަންކަން އަދި ފެންނަނީ.” އަހަރެން ބުނެލީ އަހަރެން ގަބޫލުކުރާގޮތެވެ.

ގޭދޮރުމަތީގައި އަހަރެން ހުއްޓިލައިގެން ހުރީމެވެ. އަރައިގެން އައި އަވީގެ ސަބަބުން ހަށިގަނޑަށް ވަމުންދިޔަ ހޫނުގެ އިހްސާސް އަހަންނަށް ކުރެވުނެވެ. އީނާޝް ނިންދަވާލުމަށްފަހު އަހަރެން ބޭރަށް ނިކުމެ ހުރީ ގެކައިރި އުޅޭ ރައްޓެއްސެއްގެ އިންތިޒާރުގައެވެ. އޭނާވަނީ އަހަންނަށް މަދަހަ ސީޑީއެއް ގެނެސްދޭން ވަޢުދުވެފައެވެ. އަހަންނަށްވުރެ އުމުރުގެ ގޮތުން އެތައް ގުނައެއް ބޮޑުވިޔަސް އެމީހަކީ މަރިއްތަމެންގެ ރައްޓެއްސެއްކެވެ.

“ޝަލީން. އަން..” އަހަރެން ސިއްސައިންގޮސް ބަލައިލީމެވެ.

“އާން.. ތޭންކްސް ވަރަށް ބޮޑަށް. ކިހާވަރެއް ޕޭކުރަންވީ؟” އަހަރެން ވަރަށް އުފަލުން ޝަނީޒްއަށް ބަލާލަމުން ބުނެލީމެވެ.

“އަބަދުވެސް މަގުމައްޗަށް އިވެނީ “ފާތިމަތު ޝިފްނާ” ގެ މަދަހަ ޖަހާ އަޑު. އެހެންވެ މިފަހަރުވެސް އޭނާގެ އާ މަދަހަތަކެއް. އެކަމު ދެން އޯކޭ… އެއްޗެއް ނުދިނަސްހެޔޮ.. ދެން އަޅެ ރަނގަޅަށް ބަލާލަބަލަ ތިސީޑީއިން އެއްވެސް ތަފާތު އެއްޗެއް ލިޔެފަ އިންތޯ؟” އެހެން ބުނަމުން ޝަނީޒް އެއްލޯ މަރާލިއެވެ.

“ނުފެނެ؟؟” އިރުކޮޅަކުން އަނެއްކާވެސް ޝާނީޒް ބުނެލިއެވެ.

“ނޫން. ފެނިއްޖެ. ދެ އެސް އަކުރު ޖާހާފަ.. މީ ޝާނީޒް އަމިއްލައަށް ޑިޒައިންކޮށްފަތަ؟” އަހަރެން އަހާލީ އެ ސީޑީ އަހަންނަށް ހާއްސަކޮށްފައި ވާތީއެވެ. ޝައްކުގެ ނަޒަރަކުން އަހަރެން އެއަށް ބަލައިލީމެވެ.

“އާން.. އަމިއްލައަށް….. ބުކްޝޮޕްގަ އިންނާތީ ހަދާލީ. ހަމަ ޝަލީންއަށް ދޭން. ކޮންމެ ސީޑީއެއްގަވެސް އިންނާނެ… ރަނގަޅަށް ނުބަލާތީ ނޭނގެނީ.. އެހެން އިނީމަ، އަބަދުވެސް އަހަރެން މަތިން ހަނދާންވާނެއްނު. އޯކޭ ދަނީ ދެން.” އޮޅުން ފިލުވައިދިނުމަށްފަހު، ޝާނީޒް ހިނގައިގަތެވެ.

ސިޑިން މައްޗަށް އެރުމަށްފަހު ކޮޓަރިއަށްވަދެ، ޝާނީޒް ދިފައިހުރި މަދަހަ ސީޑީތައް ރަނގަޅަށް ބަލާލީމެވެ. ޝާނީޒް ބުނީ ތެދެކެވެ. އެއިން ހަމަ ކޮންމެ ސީޑީއެއްގައި ދެ އެސްއަކުރު ޖަހާފައި އިނެވެ. އަހަރެން ފުންކޮށް ވިސްނާލީމެވެ. އަހަންނަށް ވިސްނޭގޮތުގައި މިއީ ޝާނިޒްއާއި އަހަރެންގެ ނަން ފެށޭ އަކުރަށްވުމުން ހަދާފައިވާ ގޮތެވެ. އެހެން ވެދާނެއެވެ. ޝާނީޒް ދިމާވާ ކޮންމެ ފަހަރަކު އަހަންނަށް އެއްލޯ މަރާލަމުން ހިނިތުންވެލައެވެ. އަހަންނަށް އެކަމުން އުނދަގޫވިޔަސް އަޅާނުލާ ހުންނަނީއެވެ. ނޭނގޭ ކަމަށް ހަދަނީއެވެ. އެއަށްވުރެ ވަކި ބޮލަށް ފަސޭހަގޮތެއް ނޯންނާނެކަމަށް ވިސްނާފައެވެ. އަހަރެން ގޮތެއް ނިންމީމެވެ. ދެން ޝާނިޒްއާތުން އެއްވެސް ސީޑީއެއް އަހަރެން ބޭނުމެއް ނޫނެވެ.

ސިޑިން ފައިބައިގެން އަހަރެން ތިރިއަށް އައީމެވެ. އޭރު އަހްމަދުބެ އަވަދިނެތި އުޅެމުންދިޔައީ އަންނައުނުތަކެއް ދަބަހަށް އެޅުމުގެ މަސައްކަތުގައެވެ. އަހްމަދުބެގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު އަހަރެން ހިނގައިގަތީމެވެ.

“ޝަލީން! މިއަދު އަންނާނެ މިގެއަށް ބޭބެގެ ރައްޓެއްސެއް. ޒާހިރު ކިޔާނީ.. އޭނަ އައިމަ ދެއްޗެ ބޭބެ ސައިކަލު ތަޅުދަނޑި. ބޭބެ ތިރަށަށް ފުރާތީވެ މިއަދު.” ބޭބެ އަހަންނާ ވާހަކަ ދެއްކިއެވެ.

“ހޫމް…” ކުރު ޖަވާބެއް ދިނުމަށްފަހު އަހަރެން އަނެއްކާވެސް ހިނގައިގަތީމެވެ.

“ޝަލީން.. ހާދަ އަވަހަކަށް ތިދަނީ.. މަޑުކޮށްބަލަ. ބޭބެއަށް އެބަޖެހޭ ގަމީހަކާ ފަޓްލޫނެއް އިސްތިރިކޮށްދޭން. އަން މިއޮތީ…” އަހަރެން ދިޔަނުދީ ހުއްޓުވީ ބޭބެއެވެ.

ވަގުތުން އަހަރެން އިސްތިރި މޭޒު ކައިރިއަށް ހުއްޓުނީމެވެ. ފަތްޖަހާލާފައިވާ ފަޓްލޫނާއި ގަމީސް ނިއުޅާލަމުން އަހަރެން އިސްތިރިކުރުން ކުރިޔަށް ގެންދަން ފެށީމެވެ.

“ޝަލީން… މިރަށު ފިރިހެން ކުއްޖެއް ވަރަށް އުޅުނު މިގެ ހޯދަންވެގެން. މިދިޔަ ހަފްތާގަ ބޭބެ ތިރަށަށް ގޮސްއުޅެނިކޮށް އެކުއްޖާއާ ދިމާވީ… ބުނީ މީހަކު މިގޭގެ ނަން ބުނީމަވެސް އުޅެއުޅެވެސް އޭނައަކަށް މިގެއެއް މިފެނުނޯ.. ދަންނަކުއްޖެއްތަ އެއީ؟” އަހްމަދުބެ ޝައްކުގެ ނަޒަރަކުން އަހަންނާ ސުވާލުކުރިއެވެ.

“ކާކު؟ ކޮން ކުއްޖެއް؟ އަހަންނަށް ކިހިނެއް އިނގެނީ މިގެ ހޯދަން ކުއްޖަކު އުޅުނުކަމެއް. އަހަރެން ހަމަގައިމުވެސް ރަށުކުއްޖަކަށް މިގޭ ނަމެއް ނުދެން. ކޮންނަމެއްކިޔާ ކުއްޖެއްތަ އެއީ؟” އަހަރެން ހައިރާންވެފައިހުރެ އަހާލީމެވެ.

“ރާހިން….. ރާހިން އިނގޭތަ؟” ބޭބެ އަހަންނާ ސުވާލެއް ކުރިއެވެ.

“އާން.. އެއީ އަހަރެން އުމުރުން 8 އަހަރުން ފެށިގެން އަހަންނާ ވާހަކަދައްކާ ހިތުން އުޅޭކުއްޖެއް. ދެން ބޭބެ އޭނަކައިރީ ބުނީތަ މިގެ ހުރިތަން.” ހިތްހަމަ ނުޖެހިފައިހުރެ އަހަރެން ބުނީމެވެ.

“ނޫން. ހަމައެކަނި މިއަހާލީނު. ދަންނަ ކުއްޖެއްތޯ” އަނެއްކާވެސް ބޭބެ ބުނެލިއެވެ.

“ދަންނަން… އެއީ ދައްތަ ފިރިމީހާގެ ކޮއްކޮ.. އެކަމު ދެން އަހްމަދުބެ އަޅާނުލާ.. އަން މިއޮތީ އިސްތިރިކޮށް ނިމިފަ.” ގަމީހާއި ފަޓްލޫނު ދިއްކޮށްލަމުން އަހަރެން ބުނެލީމެވެ. އެއަށްފަހު އަހަރެން އެތަނުން ދިޔައީ އިތުރަށް ރާހިންގެ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާތީއެވެ.

އާދުވަހަކަށް އިރުއެރުމާއެކު އަހަރެންގެ ވިސްނުންތަކުގައި ވަނީ ރިފާޝާއާ ބައްދަލުކުރުމުގެ ފޯރިއެވެ. އެދުވަހު އަހަރެން ސްކޫލަށް ދިޔައީ ވަރަށް ދާހިތުންނެވެ. ރިފާޝާގެ ހުސްގޮނޑި އަހަންނަށް ފެނުމާއެކު އަހަރެން މާޔޫސްވިއެވެ. ގޮނޑީގައި އިށީންދެ ހަމަޖެހިލަމުން އަހަރެން ބަލައިލީ ކްލާހުގެ ދޮރާދިމާލަށެވެ. އޭރު ރިފާޝާ ކްލާހަށް ވަދެގެން އާދެއެވެ.

“އައްދެ … ހާދަހީވެއޭ ކަމެއްގެ އިންތިޒާރުގަހެން.” ފުޅާކޮށް ހިނިތުންވެހުރެ ރިފާޝާ ބުނެލިއެވެ.

“އާނ. ރޭގަ ނުވެސް ނިދަން. އެހެންވެ މިއަދު މާއަވަހަށް ސްކޫލަށް މިއައީ.” ދެލޯ ކުޑަކޮށްލާމުން އަހަރެން ބުނެލީ ސަމާސާ ރާގުގައެވެ.

“އަހަރެން މިއައީ މާވަހަރު ހޮވައިގެން. ބޭނުންވެފަދޯ ތިއިނީ؟” ސަމާސާ ގޮތަކަށް ރިފާޝާ ބުނެލިއެވެ. އެއަށްފަހު ގޮނޑީގައި އިށީން ގޮތަށް ދަބަސް ހާވަން ފެށިއެވެ.

“އަން. މިއޮތީ ނަމްބަރު. އެކަމު މީކާލް ދޮންތަގެ ނަމްބަރު… މީކާލް އަދި ފޯނެއްނުގެންގުޅެޔޯ!” ގަނޑުކޮޅެއް ދިއްކޮށްލާމުން ރިފާޝާ ބުނެލިއެވެ.

“އަޅެ ތޭންކްސް ވަރަށް ބޮޑަށް… ދެން ބުނެބަލަ؟ ކާކު ރިފާޝާއަށް ނަމްބަރު ދިނީ؟” ރިފާޝާގެ ހުށިޔާރުކަން އެނގުމުން އަހަރެން ބޭނުންވީ ކަންވީގޮތް ބަލާށެވެ.

“އޮމަދޫ ރުކްޝާނާ… އެއީ އަހަރުމެންގެ ވަރަށް ގާތް ރައްޓެއްސެއް.. އެހެންވެ ގުޅީމަ ބުނީ، މީކާލްގެ ދައްތައަށް ގުޅައިގެން ނަމްބަރު ދޭނަމޯ. ހަމަ އެވަގުތު ނަމްބަރު ހޯދާފަ ފޮނުވައިފި.” ރިފާޝާ ތަފްސީލް ކޮށްދިނެވެ.

ނުނިމެ

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން (އިއުލާން)

Next

ޙަޤީޤަތް ހޯދުމޭ 12

Next
September 5, 2024

ޙަޤީޤަތް ހޯދުމޭ 12

Previews
September 4, 2024

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން (އިއުލާން)

10 Comments!

  1. Lauu says:
    September 5, 2024 at 11:41 am

    Hey shaleen sis
    How are you?
    Mi part vx varah varah reethi..
    Varah interesting story eii..
    Ekm bunan thr. Shaleen sis mee sis ge love story eii nooney bunyyas hama heevany mee sis ge love story hn… hehe🤣
    Whn next?
    Verh inthizaaruga huhtta mi bai vx mi upload v

    1. Shaleen says:
      September 5, 2024 at 2:42 pm

      Lauu
      Happy to hear ingey…
      Shaleen ge love story oo…. Hehe.
      Hama vedhaane thihenves.. lauu ah v yageen vaathee dhen nei bunaane ithuru ehchei.
      Ekam mi story shaleenge character eh noon aslu alhugandu mee. Ekam baeh kankan Hama same as character.
      Shaleen ge haalu Hama rangalhu alhamdhu lillah.

  2. Lauu says:
    September 5, 2024 at 2:59 pm

    Hehehhe 🙃
    Alhugandu bunymehnu…
    Guess kuran molhu dhw…

    1. Lauu says:
      September 5, 2024 at 3:09 pm

      Eii kh same nuvaaney vhk eii v ma..
      Dhn shaleen sis thiulheny ehbas nuvaan vegn…
      Alhugandu gabooleii nukuraanan…
      Mee hama sis ge love story…

    2. Shaleen says:
      September 5, 2024 at 4:23 pm

      Lauu dhen thivarah thihen kiyaathee mi vhk continue kuran ladhugannnan fashaifi 🤗
      Shaleen ge namuga shaleenge love story…..????
      Anyways vhk dhen continue kuraanee Hama hithuga in gothah

  3. Aminath Shaleen says:
    September 5, 2024 at 11:28 pm

    Hi Shaleen, My name is also Shaleen.. I’m Aminath Shaleen ingay.
    Btw, mi vaahaka vvv reethi… Ekam vaahakaige ehen episode eh ga bunefa in handhaan vay Mishaal eyee Kaashidhoo kuhjjekay… Mi episode ga Mishaal Omadhoo kuhjjekay liyefa othyma mi vee gotheh olhun araifi…
    BTW, mi Shaleen ge love story aa ves kudhi kudhi gulhun eba huri mi story ga… hehe… Author Shaleen ah adhi fahun kiyaa dheynan ingay e vaahaka thah.

    1. Anonymous says:
      September 6, 2024 at 10:26 am

      Hi shaleen
      Thanks ingey comment kolleema.
      Olhun araafa ineema bunelan beynun “Meekaal” akee aslu Hama same person. Omadhoo and kaashidhoo viyas.
      Fahareigga Meekaal liyan ulhenikoh typing error egga Mishaal jehifa kannenge kommes thankolhaku. Ehen veeyaa e typing error.
      Ekam MEEKAL is the person…..

      Dhen nooni olhun eree about Meekaal ge island
      Veeya.. part4 kiyaaleema ingeyne omadhoo and kaashidhoo ge vhk. Part 4 kiyaaleema clear vedhaane.

      V ufaavejje olhun araafa kolhei ineema buneleemaves.
      Ei vhk furihama kuran libey v bodu hihvarei. Dhen anekkaa liyuntherikan kuriaruvan shaleen beynunvaneeves thikahala faadukiyun. Thanks 😊 😊 😊 😊 😊 👍

      Shaleen ge suvaalakee
      Shaleen ge love story AA gulhun hureyey thibenee kihinei baaey. V yageen koffa hen heevanee. Ehenveema mi ahaalee thihaa yageen kamaa eki bunelaathee. Kobaahey shaleen AA relate vaa kankamakee ?
      V beynun misuvaalah javaabei.
      Thanks and waiting shaleen ge ithuru comment akah .

    2. Shaleen says:
      September 6, 2024 at 11:54 am

      Anonymous ge namuga e inee shaleenge comment eh. @Aminath Shaleen

  4. Cutie girl says:
    September 12, 2024 at 11:34 am

    Mi part vx v Reethi masha allah

    1. Shaleen says:
      October 2, 2024 at 4:22 pm

      Thanks

Comments are closed.

Next Episodeޝަލީން 7←


All Right Reserved!