Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 3

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 15, 2024 4 Mins Read
4 Comments

“މަރީ!” މީހަކު އަހަންނަށް ގޮވާލި އަޑަށް ސިއްސައިންގޮސް އަހަރެން ބަލައިލީމެވެ. އޭރު އަހަރެން ކުރިޔަށް އަޅަމުންދިޔަ ފިޔަވަޅުތައް ކުއްލިޔަކަށް ހުއްޓިއްޖެއެވެ.

“މިއަދު ކީއްވެ މިމަގުން ތިދަނީ؟ ސެޝަން ނިމުނުގަޑީގަ އަހަރެން ހުރިން އެއްކަލަ ކަންމަތީ.. މަރީ ނިމޭގަޑި ލަސްވިކަން އެނގުނީމަ އަހަރެން ދެން މިސްކިތަށްވަދެ ނަމާދު ކޮށްލައިން އައިސް އަނެއްކާ މިހުރީ… ވަރަށް މުހިއްމު ވާހަކައެއް ބުނަން….. މިއުޅެނީ ރަށަށް ބަދަލުވާން.. މާދަން ފުރަން ކާށިދޫއަށް. ހިތްހެޔޮކުރާތި.. ކިޔަވާ ނިމެންދެން އިންތިޒާރު ކުރާނަން.. އަހަންނަށް ކިޔަނީ މީކާލް.” މައުސޫމާ ގޮތަކަށް ބަލައިލަމުން މީކާލް ބުނެލިއެވެ.

އަހަރެންގެ ލޮލަށް ބަލަންހުރެ ބުނެލި ވާހަކަ ތަކުން ނަގަންވީ ކޮން މާނައެއް ކަމެއް އަހަންނަކަށް ނޭނގުނެވެ. އަހަރެން ދުރުވާން މަސައްކަތް ކުރިވަރަކަށް އަހަންނަށް ފެންނަނީ މީކާލްގެ ފަރާތުން އަހަންނާ ކައިރިން ގުޅުން ބާއްވަން މަސައްކަތް ކުރާތަނެވެ.

“މީކާލް.. މީކާލް ދާންޖެހުނީމަ ދާނީ… ހިތްހެޔޮކުރާތި.” ފަރުވާކުޑަ ޒާތަކަށް އަހަރެން ބުނެލީމެވެ. އެއާއެކު މީކާލް މަޑުމަޑުން ހުރެ ހިނގައިގަތެވެ. އަހަރެން އިރުކޮޅަކު ހުރީމެވެ. މީކާލްއާ ދޭތެރޭ ވިސްނާލާށެވެ. އެއަށްފަހު ގެއަށް ދިއުމަށްޓަކާ އަހަރެން ހިނގައިގަތީމެވެ.

ރޭގަނޑުގެ ހުރިހާ ކަމެއް ނިންމާލުމަށްފަހު އަހަރެން ތައްޔާރުވީ ނިދަން އޮށޯންނާށެވެ. އަހަރެންގެ ދެލޮލަށް ނިދީގެ އެއްވެސް އަސަރެއް ކޮށްފައިނުވާތީ އަހަރެން ގެންގުޅޭ ކުޑަ ފޮތާއި ގަލަން ނަގައިން އިށީނީމެވެ. ލިޔުންތެރިކަމަކީ އަހަރެންގެ އެކަނިވެރިކަން ފިލުވައިދޭ ހަމައެކަނި ކަސްރަތެވެ. ބޭކާރު ވިސްނުންތަކުން ދުރުކޮށްދޭ މާމޮޅު ފަރުވާއެކެވެ. ފޮތް ހުޅުވާލުމުން އަހަރެންގެ ސިކުނޑިއަށް ސަވާރުވާންފެށީ މީކާލްގެ ހިޔާލުތަކެވެ. އަހަރެންގެ ތުންފަތަށް ވެރިވި ހިނިތުމަކާއެކު ކޮންމެވެސް ވަރަކަށް އަހަރެން އެފޮތުގައި ގަލަމުގެ ތުނޑު ހިންގާލީމެވެ. 10 ވަރަކަށް މިނެޓުގެ މަދު އެހެނަސް އަގުހުރި ވަގުތުކޮޅަކަށެވެ.

ފޮތް މަތީ ގަލަން ބާއްވާ ލުމަށްފަހު އަހަރެން ހިނގައިގަތީ ކުޑަދޮރުން ބޭރު ބަލާލާށެވެ. ބޭއިޚްތިޔާރުގައި ނަމަވެސް އަހަރެންގެ ފުރަތަމަ ނަޒަރު ހުއްޓުނީ ސަހަރާގެ ކަންމަތީ ހުރި މީކާލްއަށެވެ. އޭރު އޭނާދިޔައީ އަތުގައި އޮތް ކުޑަކުޑަ އެއްޗަކުން ހިންދީ ލަވައެއް ޖަހަމުންނެވެ. އަހަރެން ކަނުލާ އަޑު އަހާލީމެވެ.

“އަބް މުޖެ ތާރު ދިން، ތުމާރާހި ޚަޔާލުހޭ”

މީކާލް ޖަހަމުންދިޔަ ލަވަ އެބުނާ ވާހަކަތައް އަހަންނަށް ފަހުމް ކުރާކަށް ނޭނގުނެވެ. ހިންދީ ބަސް އަހަންނަށް ނޭނގޭތީއެވެ. އެހެނަސް އަހަންނަށް އެނގޭހާވެސް ކަމަކީ އެލަވަ އަކީ މީކާލްއަށް ވަރަށް ޚާއްސަ ލަވައެއްކަމެވެ. ޖަހަމުން ދިޔަ ލަވަޔާ އެއްވަރަށް މީކާލްގެ ތުންފަތުންވެސް ނުކުންނަމުންދަނީ ހަމަ އެލަވައިގެ ބަސްތަކެވެ. ރާގާ އެއްވަރަށެވެ. އަނެއްކޮޅުން މީކާލްގެ ނަޒަރު ހިނދުކޮޅަކަށްވެސް އަހަންނާ ވަކިކޮށް ނުލައެވެ. އެކަން އަހަންނަށް ފާހަގަވާން ހިނދުކޮޅެއްވެސް ނުނެގިއެވެ.

“ޝަލީން.. ޝަލީން.. ދޮރު ހުޅުވަބަލަ..” ދޮރުގާ ޓަކިޖަހާލި އަޑަށް ސިއްސައިންގޮސް ފޮތާއި ގަލަން ފޮރުވާލީމެވެ. އެވަގުތު ކޮޓަރިޔަށް ނިދަން އައީ ދައްތަގެ ދިހަ އަހަރުގެ އަންހެން ދަރިފުޅެވެ. ނުވާކަމަކަށް ހަދާލަމުން އަހަރެން ނިދާ އެނދުގެ ބެޑްޝީޓް ރަނގަޅުކޮށްލީމެވެ.

“ޔާނީ… ކަމެއްކޮށްދީފާނަންތަ؟ ސަހަރާ ފާރުކައިރި މީހަކު ހުރިތޯ ބަލާލާފަ ކުޑަދޮރު ލައްޕާލަފާނަންތަ؟” އަހަރެން އެހެން ބުނެލީ ބޭނުމެއްވާ އެވެ.

“އާނ… ބަލާލެވިދާނެ. ސަހަރާކައިރިން ބިރުވެރި އެއްޗެއް ފެނުނީތަ؟” ޔާނީ އަހާލީ ބިރުންހުރެއެވެ.

“އާނ… އަހަންނަށް ފެނުނީ ފިރިހެން ކުއްޖެއް. އޭނަ ހުރީ ލަވަޖަހައިން ލަވަކިޔަން. ޖިންނި ލަވަކިޔާތަ؟” އަހަރެން ބިރުގަންނަކަން ދައްކަމުން ބުނެލީމެވެ. މަޖާކުރުމުގެ ނިޔަތުގައެވެ.

“ސާބަސް.. އެތާތިބީ ދެއަންހެނުން. އެކަކު ހުރީ ސޮޕިންކޮށްގެން ކަންނޭނގެ. އޭނަ އަތުގަ ކޮތަޅެއް އެބައޮތް. އަނެއްމީހާ އިނީ ސައިކަލުގަ އޭނައާ ވާހަކަދައްކަން. އެހެންވީމަ ތިފެނުނީ ހަމަ ޖިންނިއެއް..”ކުޑަދޮރުން ބޭރު ބަލަން އޮވެގެން ޔާނީ ބުނެލިއެވެ.

“އުހޫމް… ޔާނީއަށް ތިފެނުނީ އަސްލު ޖިންނިން. އަހަރެން މިހުރީ އިޝާ ނަމާދުވެސްކޮށްގެން. އަހަންނަށް އެފެނުނީ އަސްލު އިންސާނެއް. ދެން މާގިނަ ވާހަކަ ނުދައްކާ ނިދަންހިނގާ..” އަހަރެން މަޖާ ރާގަކަށް ބުނެލީމެވެ.

ދުވަސްތައް ވޭތުވަމުންގޮސް 3 ހަފްތާއެއްހާ ދުވަސް މާޒީއާ އެކުވެގެން ދިޔައީއެވެ. ކޮންމެ ދުވަހަކު ސްކޫލަށްދާ މަގުމަތިން ކުރިން ފެންނަމުން ދިޔަ މީކާލް ގެއްލުނުތާ ދުވަސްކޮޅެއްވީއެވެ. މީކާލް ނެތަސް މީކާލްގެ ގުރޫޕް ކުދިން ހަމަކޮންމެ ދުވަހަކުވެސް އަހަންނަށް ފެނެއެވެ. އެއީ މީކާލްމަތިން ކޮންމެ ދުވަހަކު ހަނދާންވުމަށް އަހަންނަށް ލިބޭ ހަނި ފުރުސަތެކެވެ.

“ޝަލީން.. ކޮބާ މީކާލް؟ ދިޔަގޮތަށް ބަޚަބަރު ދޯ؟ އަނެއްކާ މިހެން ބުނީމަ ދެރަނުވައްޗެ.. ކޮންމެ ދުވަހަކު އަހަރެންވެސް ވަރަށް ހަނދާންވޭ ތިދެމީހުންގެ ކަންތައްތައް.” ވިސާމާ ބުނެލީ ކަންހިނގާ ގޮތެވެ.

“ހެހެ… އަހަރެން ދައްކާވާހަކަ ތިމީހުން ގަބޫލު ނުކުރަނީ! މަ އަަބަދުވެސް ބުނަންދޯ މީކާލްއަކަސް، ނޫނީ އެހެން އުޅޭއެހެން މީހުންނަކަސް، އަހަރެން އިތުބާރެއް ނުކުރާނަމޭ. އެދުވަހުވެސް މީކާލް ރަށަށް ބަދަލުވާ ވާހަކަ ބުނީމަ އަހަންނަށް އެނގިއްޖެ ދެން މީކާލްވެސް އެ ގެއްލުނީކަން. ސޯ ދެން އަހަރެން އޭނަ ފެންނާނެކަމަށް ގަބޫލެއްވެސް ނުކުރަން. މީކާލް ގެއްލުނަސް އަހަރެންގެ ރައްޓެހިން ކޮންމެ ދުވަހަކު އެބަފެނެއެއްނު…” އަހަރެން ބުނަން ބޭނުންވި ވާހަކަތައް ބުނެލީމެވެ.

“ޝަލީންގެ ވިސްނުމާ ކުޅެލާކަށް އަހަންނަކަށް ނޭނގޭނެ. އޭތް.. ގެއަށް ދާގަޑި ޖެހުނީ. ދަބަސް ޕެކް ކޮށްލައިން ނުކުންނަމާ..” ވިސާމާ ބުނެލިއެވެ.

“އަހަރެން މިއުޅެނީ ފައިގެ ފުންނާބަށް ތަދުވާތީ… ނޭނގެ.. ފަހަރެއްގަ ހީވާއެއްޗެއް ކަންނޭނގެ.. ގެއަށްގޮސް ބަލާލަންވީ.” އަހަރެން ބުނެލީ ތަދުގެ އިހްސާސް ކުރެވުމުންނެވެ.

އާދުވަހަކަށް އިރު އެރުމާއެކު އަހަރެން މަސައްކަތްތައް ފެއްޓީމެވެ. އީނާޝް ރީތިކޮށްލުމަށްފަހު ނީންދަވާލީ ހުސްވަގުތުކޮޅެއް ހޯދާލުމުގެ ނިޔަތުގައެވެ. ބަދިގެއަށްވަދެ ސައި ބުއިމަށްފަހު މެންދުރަށް ކައްކަންޖެހޭ ހުރިހާއެއްޗެއް ކައްކާ ނިންމާލިއިރު 11 ޖަހަން ގާތްވެއްޖެއެވެ. ހިތްވަރަށް މަސައްކަތް ކުރިޔަސް އޭރު އަހަރެންގެ ފައިގައި ރިއްސާވަރު ް ކެތްކުރަން އުނދަގުލެވެ. ފުންނާބު ޖައްސައިގެން ހިނގުމުގެ ބަދަލުގައި މުޅިންވެސް ހިނގުނީ ފާޑަކަށް ކޮރުޖަހަމުންނެވެ. ކޮންމެ ދުވަހަކުވެސް އަހަރެން ސްކޫލަށް ދާން ތައްޔާރުވުމުގެ ކަންކަން ފަށާނީ 12 ޖެހީމައެވެ. މިއީ ހަމަ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ބަދިގޭގެ މަސައްކަތައް ނިންމާލުމަށްފަހު އަހަރެން ދިޔައީ ކޮޓަރިއަށެވެ.. ކުޑަކުޑަ އީނާޝްގެ ހާލު ބެލުމަށެވެ.

“ބޭބޭ.. މިއަދު ސްކޫލަކަށް ނުދެވޭނެ. ފައިގެ ފުންނާބުގަ ވަރަށް ރިއްސާތީ މިއުޅެނީ. އިނީ ކުޑަކޮށް ލޭނުބައިވެފަ. ހިނގާބަލަ ހޮސްޕިޓަލަށް ގޮސްލަން. ރަނގަޅަށް ފުންނާބު ޖައްސައިގެން ނުވެސް ހިނގޭ.” ކޮޓަރި ތެރެއިން ބޭބެ ފެނުމާއިއެކު ވޭނީ އަޑަކުން އަހަރެން އެދުނީ އަވަސް ފަރުވާއެއް ހޯދައިދިނުމަށެވެ.

“ދެން ދެވޭނީ ފެންވަރާލައިގެން. ރޭގަވެސް ހީވިޔޭ ޝަލީން ހިނގަނީ ވަރަށް ފާޑަކަށްހެން. ދައްތަ ކައިރި ބުނެލާނަން ގެޔަށް އަންނާށޭ. ޝަލީންއާ ބޭބެޔާ ނެތިއްޔާ އީނާޝްކައިރި މީހަކު މަޑުކުރަންޖެހޭނެއްނު.” ބޭބެ ބުނެލިއެވެ.

އީނާޝްއަކީ ބޭބެއާ ދައްތައަށް ލިބިފައިވާ ކުޑަ އަންހެން ދަރިފުޅެވެ. އެއީ ސްކޫލަށް ދިއުމުގެ ކުރިން އަހަރެން ބަލަހައްޓާ ކުޑަކުއްޖާއެވެ. އަހަރެން ސްކޫލަށް ދިއުމުން އެކުއްޖާ ބަލަން ކޮންމެ ދުވަހަކުވެސް ދައްތަ ގެއަށް އަންނަގޮތަށް އޮފީހަށް ނުދާނެއެވެ.

ފަނަރަ ވަރަކަށް މިނެޓްގެ ތެރޭ ދައްތަ ގެއަށް އައެވެ. ގޭގައި އިން ޓެލެފޯން ރިންގް ވާންފެށީ އެވަގުތެވެ. ދައްތަ ވަގުތުން ފޯނު ނެގިއެވެ.

“ހަލޯ” ދައްތަ ބުނެލިއެވެ.

“ވާހަކަ ދައްކަނީ.” އަނެއްކާވެސް ދައްތަ ބުނެލިއެވެ.

“އަޖައިބެއްނު. މިގެއަކު ނޫޅޭނެ އިތުރު މަރީއެއް. އަހަންނަށޭ މަރީ ކިޔަނީ.” ދައްތަ ބުނެލިއަޑު އިވުމުން އަހަރެން ވަރަށް ބާރަށް ގޮސް ދައްތަގެ ކޮޓަރިއަށް ވަނީމެވެ. އަހަރެންގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. މީކާލް އަހަރެން ހޯދަން ގުޅާފާނެތީއެވެ. ދައްތައާ ބޭބެ އަހަރެންދެކެ ރުޅި އައިސްފާނެތީއެވެ. ކޮޓަރީގައި މަޑުކޮށްލައިގެން ހުރި ވަގުތު ދައްތަ ދައްކަމުންދިޔަ ވާހަކަތައް އަހަންނަށް ސާފުކޮށް އަޑުއިވެއެވެ.

“އަހަރެން ކުޑަދޮރުން ބޭރު ބަލާކަށް ނޯންނަން. ތިއުޅެނީ އޮޅިގެން. އެެހެންވީމަ މަރީ ހޯދަން ދެން މިގެއަށް ނުގުޅައްޗެ.” އެހެން ބުނެލުމާއެކު ދައްތަ ވަގުތުން ފޯނު ބާއްވައިފައެވެ.

ކޮޓަރިއަށް ވަންނަން ދައްތަ އަންނާނެކަން ޔަގީންވާތީ އަހަރެން ފައިގަ ރިއްސާކަން ދެއްކުމަށްޓަކާ އެކްޓް ބޮޑުކޮށް ލީމެވެ. އަހަރެންގެ މަގްސްދަކަށްވީ ދައްތަ ފޯނުން ދެއްކި އެއްވެސް ވާހައެއް އަހަންނާ ހިއްސާނުކުރުމެވެ.

“ޝަލީން.. ކޮބާ ބޭބެ؟ ދިއުމުގެ ކުރިން ކާންދޯ އެ ދިޔައީ. ދެންމެ އަދި ކޮންމެސް މީހަކު ގުޅާފަ މަރީ ހޯދަންނޯ.. ހެހެހެ… ހަމަ މަރީއޭ ބުނާއިރަށް ކިޔައިފި، ތިމަރީއެއް ނޫނޯ. ކުޑަދޮރުން ބަލަން އޮންނަ މަރިއޯ.. ޝަލީންގެ ވާހަކަތަ އަސްލު އެބުނީ.” މަރިއްތަ އަހަރެންގާތު އަހާލީ ވަރަށް ޔަގީންކަމާ އެކުގައެވެ. ހިނިއައިސްފާހުރެއެވެ.

އަހަންނަށް ލިބުނީ ހިތްހަމަޖެހުމެކެވެ. މަރިއްތަގެ މޫނުން ސަމާސާގޮތް ފެނުނީމައެވެ. އެހެނަސް އަހަރެންގެ ހިތުގައި ކޮންމެސް ވަރެއްގެ ޝައްކެއްވިއެވެ. އެހެންވެ އަހަރެން ސުވާލު ކޮށްލީމެވެ.

“އާނ. އެއީ އަހަރެން ހޯދަން އެހެންވިއްޔާ… އަސްލު އަހަރެން ނުދަންނަ މީހުން އެހީމަ ބުނަނީ އަހަންނަށް ކިޔަނީ މަރީއޭ. އެހެންވެ އެއީ. ފޯނުކުރާ މީހަކު މަރީއޭ ބުނީމަ އަހަންނަށް އިނގޭ މަރިއާތްކަން ޖަވާބުދިން ޖެހޭނީ. އަހަރެން އަސްލު ނަން ބުނީމަ މީސްމީހުން ގުޅައިފިއްޔާ މިގޭ މީހުންނަށްދޯ އުނދަގޫވާނީ. އެހެންވެ އެހެން ބުނަނީ. ދެން އޭރުން މަރިއްތަ ވާހަކަދެއްކީމަ، މީހުންނަކަށް ނުކެރޭނެ ދެވަނަ ފަހަރަށް ގުޅާކަށް.” އަހަރެން ގެންގުޅޭ އުކުޅު މަރިއްތައަށް އަހަރެން ކިޔައިދިނީ އޮޅުވާނުލައެވެ..

“ކޮންނަމެއް ކިޔާމީހެއް ގުޅީ؟” އަހަރެން އަހާލީ މީކާލްތޯ ބެލުމުގެ ބޭނުމުގައެވެ.

“ޝަލީން… އަވަހަށް އާދޭ ދާން.. މިވަގުތު ދިޔައްޔާ ދެވޭނީ. ވަރަށް ބޮޑަށް ވިއްސާރަ ހަދައިފި.” ދޮރު ހުޅުވާލުމަށްފަހު ބޭބެ އަވަސް ކުރަން ބުނުމުން އަހަރެން ކޮޓަރިން ނިކުންނަން ހިނގައިގަތީމެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ފިނި ހިތް 9

Next

ފިނި ހިތް 10

Next
August 15, 2024

ފިނި ހިތް 10

Previews
August 14, 2024

ފިނި ހިތް 9

4 Comments!

  1. Aisharee says:
    August 15, 2024 at 2:36 pm

    Heheh v reethi mi bai
    Shaleen ah kon age ah tha

    Hi im aisha … 23 years alhugadah
    Heevany same age hen 🥰

    1. Shaleen says:
      August 15, 2024 at 3:23 pm

      Hi Aisharee.
      Shaleen ah 34 years.
      Ufaavejje mihenves contact veema.
      Ummeedh kuran next part kiyaalaanekamah.❤️

  2. Annora says:
    August 17, 2024 at 9:11 pm

    Hello shaleen ❤️
    Shaleen aky alhugadah enme kamudhaa eh liyuntheriya abadhuves ❤️ v reethi mi vaahaka ves..
    Your storytelling is so immersive; I feel like I’ve lived in the world you’ve created. You have a remarkable talent for turning complex ideas into something that’s both insightful and relatable. ❤️❤️
    Waiting for the next part 🫣❤️❤️🥰

    1. Shaleen says:
      August 18, 2024 at 10:27 pm

      Hi Annora .
      Vvvv vesss ufaa vejje mi comment kiyaalaafa.
      Aslu dhuvahakuves hiyeh nukuran mikahala comment eh libidhaane kamah.
      Shaleenge emme bodu beynumakeeves Hama shaleenge liyuntherikamah readers faadu kiyun.
      Gaboolu kuraanan abadhuves libey pos/neg comments.
      Shaleen vaahaka liyanee mi Shaleen v kuraahihvaa kamakah vaatheeve.
      Komme faharaku comment nukurevunas, Ufaavaane abadhuves Shaleen ah support kohdhenyaa.

Comments are closed.

Next Episodeޝަލީން 4←


All Right Reserved!