ކުށަކީ ކޮބާ ؟
ހިތް ގައިމު މިއުޒިކަކަށް މޫދުގެ ލޮނުގަނޑު ގޮނޑުދޮށައް ބީއްސަމުން ގެންދެއެވެ . . ދޫނި ތައް އެ ސޮރުގެ ހާލީގައި ތިބި ދޫނި ތަކަށް ކާއް ދިނުމުގެ ކޮއްތު ހޯދަމުން ގެންދަނީ މިނިވަން ކަން މަތީގައެވެ . އެ ރީތި މަންޒަރަކީ އަހަރެންނަށް ހިތް ގައިމު މަންޒަރެކެވެ . މި ކަހަލަ މަންޒަރު ތަކުން އަހަރެންގެ މާޒީ ތަކެއް ހަނދާން ވަމުން ގެންދެއެވެ . އަހަރެންނަށް އެތަކެއް ކަމެއް ހަނދާން ތަކެއް ތަކުރާރު ކުރުވަމުން ގެންދެއެވެ . އެތަކެއް ވާހަކައެއް ބުނެވިގެން ދެއެވެ .
އަހަރެންގެ ކުށަކީ ކޮބައި ކަމާ އަހަރެން މީ ބަދު ނަސީބު މީހެއް ކަން އަހަރެންނަށް އިހުސާސް ކުރެވިގެން ދެއެވެ . އަހަރެންނަށް އެއް ވެސް އުފަލެއް ނެތް ކަން އަހަރެންނަށް އިހުސާސް ކުރެވެއެވެ .
އެ މާހައުލުގައި އެ މާޒީ އަށް ގެއްލި އަހަރެންނަށް އިދެވުނީ ކިހާއިރު ކަމެއް ހުދު އަހަންނަކަށް ނުމެ އިގެއެވެ . އަހަރެންނަށް އެ މާޒީ އިން ހަމަ ބިމަށް އާދެވުނީ އަހަރެންގެ ފޯން ރިން ވާން ފެށުމުންނެއެވެ . އަހަރެން އަވަސް ވެ ގަތީ އެ އަންނަ ފޯން ކޯލް އަށް ޖަވާބު ދާރީ ވުމަށެއެވެ . އަހަރެން އެ ފޯނު އަށް ޖަވާބު ދާރީ ވުމުގެ ކުރިން އެ ފޯން ކޯލް ކެޑިއްޖެއެވެ .
ފޯނު ބަލާލިއިރު ގުޅި އަހަރެންގެ ބޭބެއެވެ . އަހަރެން ބޭބެ އަށް ޑައިލް ކޮއްލީމެއެވެ . ދެތިން ފަހަރު ރިންގް ވުމަށް ފަހު އެކޮޅުން ފޯން ނެގިއެވެ . ” ކޮންތާކު ؟ އެޔޮއްގެން 7 ޖަހަނީ އަވަހަށް އާދޭ ! ” ހިތް ހަމަ ނުޖެހި ހުރެ އަހަރެންގެ ބޭބެ ބުނެލިއެވެ . އަހަރެން މި ދަނީ އޭ ބުނުމަށް ފަހު އަހަރެން ހިގައި ގަތީ ގެޔާ ދިމާ އަށެއެވެ . އަހަރެން އެއްވެސް އެއްޗެއް ނުބުނެ އަހަރެން މަޑު ފިޔަވަޅެއްގައި ހިގައިގަތީމެއެވެ .
ކޮންތާކުން ؟ ހާދަ ލަހޭ .. މުޅި ރަށް ކުޑަ ކުރެވިއްޖެ/……. ” ގެޔަށް އަހަރެން ވަނުމާ އެކު އަހަރެންނަށް އަމާޒު ކުރުވީ އެ ސުވާލު ތަކެއެވެ . މިއީ އަހަރެންނަށޤ ކޮއްމެ ދުވަހަކު ވެސް ކުރިމަތި ކުރުވަމުން އަންނަ ސުވާލުތަކެއެވެ . އަހަރެންނަށް އަހަރެންގެ ކުށަކީ ކޮބައި ކަމެއް ނޭންގެއެވެ . އަހަރެންނާ ދޭ ތެރޭ އެ ގޮތަށް ވަނީ ކީއްވެގެން ކަމެއް ވެސް ނުމެ އިގެއެވެ . އަހަރެން ދެކެ ލޯބި ނުވަނީ ކަންނޭނެގެވެ . މިއިން ކޮންމެ ކަމަކީ ވެސް އަދި މިއިން ކޮންމެ ބަހަކީ ވެސް އަހަރެންގެ ހިތަށް އެތަކެއް ޒަހަމް ތަކެއް ވާ ޖުމްލަ ތަކެކެވެ .
އެ ބަސް ތަކަށް އަހަރެން އެއްވެސް އެއްޗެއް ނުބުނަމެއެވެ . އަހަރެން ގޭތެރެއަށް ވަދެ އަހަރެންނަށް ހެދިފައި ހުރު ކޮޓަރި އަށް ވަދެ ތަޅު ލީމެއެވެ ،. އަހަރެންނަށް ބަޑި ފަޅައިގެން ހިގައްޖެއެވެ .
އަހަރެންނަށް މިހެން ވީ ކީއްވެ ؟ އަހަރެން ދެކެ ލޯބި ނުވަނީ ތަ ؟ އަހަރެން މީ ބޭކާރު މީހެއްތަ ؟ އަހަރެންގެ އަމިއްލަ ނަފްސަށް ސުވާލު ކުރެވުނެއެވެ . އަހަރެންނަށް ވިސްނާ ވިސްނާ އެއް ވަރަކަށް މީގެ އެއްވެސް ޖަވާބެއް ނާދެއެވެ .
” ދަރިފުޅާ ! ކީއް ތިކުރަނީ ދޮރު ތަޅުލައިގެން ” އަހަރެން އެ ހާލުގައި ހުއްޓައި ބޭރުން ޓަކި ޖެހިއެވެ . އަދި އަހަރެންގެ މަންމަ ބުނި އަޑު އިވިގެން ދިޔައެވެ .
” އަދި ނުނިމޭ “
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
