Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 5

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 29, 2024 3 Mins Read
4 Comments

އިންތިޒާރުގެ އެތައް ވަގުތެއް އަހަރެންގެ ހަޔާތުން ބޭކާރުވެގެން ދާކަން ޚުދު، އޭނާއަށްވެސް އެނގޭނެއެވެ. އެފަދަ އެތައް ދުވަހެއް، ވަގުތެއް އަހަރެން ރަށުގައި ހޭދަކުރުމަށް ފަހު މާލެއައިސް އަހަރެން ބޭނުންވީ އެކަން ހަނދާން ނައްތާލާށެވެ. އެހެންވެ އަހަރެން ވިސްނީ ފަހަރެއްގައި މީކާލްގެ ފަރާތުން ލިބުނު މިފުރުސަތު އަހަރެންގެ އަތުގައި ހިފީކަމުގައެވެ. އަހަރެން އަދިވެސް ވިސްނާލީމެވެ. އަހަރެން ދެން ވިސްނަންވީ މީކާލްއަށްޓަކާހެއްޔެވެ؟ ނޫނީ އަހަރެންގެ ހިތުގައިވި ކަނު ލޯތްބަށްހެއްޔެވެ؟

“މަރިއްތާ! ދެހަފްތާގެ ފިލާވަޅު ގެއްލިއްޖެ. ހުކުރު ފަހުން އަހަރެން ދަންތަ ވިސާމާ ކައިރިޔަށް ފިލާވަޅުތައް ހަމަކުރެވޭތޯ ބަލަން..” މަރިއްތަ ދޭނޭ ޖަވާބެއް ނޭނގޭތީ އަހަރެން ބުނެލީ ޖެހިލުންވެ އިނދެއެވެ.

“ޝަލީންގެ މަންމަ އޮތީ މާލެ ފޮނުވި އިރުވެސް ބުނެފައެއްނު، ގޭގެއަށް ނުފޮނުވާށޭ. ދެން އެހެންވީމަ މަންމައަށް ގުޅާފަ އަހާބަލަ.” މަރިއްތަ ދިނީ އުންމީދެއްނެތް ޖަވާބެކެވެ.

ހަމަ އެދުވަހު އަހަރެން މަންމައަށް ގުޅުމަށްފަހު ވިސާމާގެ ގެއަށްދާން ހުއްދަ ހޯދީމެވެ. އެހެނަސް އެހުއްދަ ލިބުނީ އަހަރެން އެކަނި ދިއުން މަނާ ވެގެންވާ ގޮތަށެވެ. ޖޯކެއްގެ ގޮތުގައި ނެގިޔަސްހެވެ. އަހަރެންގެ ބެލެނިވެރިކަމުގައި ދާން ހަމަޖެހުނީ 10 އަހަރުގެ ޔާނީއެވެ. އެގޮތަށް އަހަރެން ރުހި ގަބޫލުވީމެވެ. އަހަރެން ބޭނުންވާ ކަންކަން ހާސިލްކުރުމަށް މަގުފަހިވާނީވެސް އަހަރެންގެ މައްޗަށް ބަހެއް ނުކިޔޭ، ބާރެއް ނުފޯރުވޭވާރުގެ މީހެއް ވިއްޔާއެވެ.

އަހަރެން ވިސާމާގެ ގެއަށް ދިޔައިމެވެ. ވިސާމާ މަންމަގެ ފަރާތުން އަހަންނަށް ލިބުނު ހިތްހަމަޖެހުނު މެހެމާންދާރީ އެއީ ހިތްހެޔޮކަމުގެ މިސާލެކެވެ. ވިސާމާއެކޭ އެއްގޮތަށް ވިސާމާ މަންމަގެވެސް އޯގާތެރިކަން ފެނި އަހަރެން އުފާވިއެވެ.

“ޔާނީ.. ދޭބަލަ ވިސާމާ ދައްތަގެ ކޮއްކޮމެން ތިބި ކޮޓަރިޔަށް.” އަހަރެން ޔާނީ ފޮނުވާލީ މުހިއްމު ކަމެއްގައެވެ. ވަކިން އިނދެ ވިސާމާއާ ވާހަކަތައް ހިއްސާ ކޮށްލުމުގެ ބޭނުމުގައެވެ.

“ދީބަލަ މެތްސް ފޮތް.. ވިސާ! މީކާލް އަހަންނަށް ފޮނުވި މެސެޖެއް މިއޮތީ.. މިއަށް އަހަރެން އެބަޖެހޭ ޖަވާބެއް ދޭން. އެކަމު ކިހިނެއް މިކަން ކުރާނީ؟ އަހަންނަކަށް ނޭނގޭ ހަދަންވީ ގޮތެއްވެސް….. އެކަމަކު ޖަވާބެއްވެސް ދޭން ބޭނުން.” އަހަރެން ބުނެލީ މާޔޫސްވެފައެވެ.

“މިހާރު ޝަލީންއަށްވެސް ކެތްނުވީދޯ؟ އެއްކަލަދުހު ބުނި ދެއަހަރު ވެސް މަޑުކުރަން ފިރިހެން ކުދިންނަށް އުނދަގޫވާނެއޭ. އެކަމު ޝަލީންއަށް ދެމަސްވެސް މަޑުނުކުރެވުނު..” ވިސާމާ ވާހަކަ ދައްކަމުން ދިޔައިރު އަހަރެން ދިޔައީ ފޫހިކަމާއެކު ފިލާވަޅު ހަދަމުންނެވެ.

“ސާބަސް… މަވެސް ހިއެއް ނުކުރަން މިހެންވެދާނެކަމަށް. އެކަމު މީކާލް ހަމަ ތަފާތީ.. އަހަރެން އޭނަ އިގްނޯ ކުރަން އުޅޭވަރަކަށް އޭނަ އެ މަސައްކަތް ކުރަނީ މަޑުމަޑުން އަހަންނާ ކައިރިވާން. އަސްލު އަހަރެން ވަރަށް ވިސްނައިފީމޭ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނަ އެއައީ، އަހަންނަށް ރަނގަޅު ނޫން ކޮންމެ ކަމެއް ހުއްޓާލަމުން. އޭނާގެ އަމަލުން އެކަން އެބަފެނޭ. ދެން ވިސްނަބަލަ.. އަހަރެން ހީކުރީ މީކާލް ފުރައިން ދިޔައިމަ ދެން އެއްކޮށް އެގެއްލުނީކަމަށް. ކާށިދޫގަ ނުތިބޭނެ އަހަރުން މަންމަމެންގެ ރައްޓެހިންވެސް. މީކާލް ހޯދޭނެ ގޮތެއްވެސް ނެތް. މީގެ ޖަވާބު ފޮނުވާނެ ގޮތެއްވެސް ނޭނގެ.” މީކާލްގެ ހަނދާނުގައި އަހަރެން ފުރަތަމަ ފަހަރަށް މާޔޫސްވިއެވެ.

“އޭތް… ހާދަ ފާޑަކަށް ތިއިނީ.. ދެން ޝަލީންވެސް ލިޔެފަ ތީތި ދިން ކުދިންނަށް ހަވާލުކުރަންވީނު. އޭރުން މީކާލްއަށް ލިބޭނެއްނު. އަހަރެން އަތުގަ ފޯނު އޮތަސް، ނަންބަރެއްވެސް ނެތީމަ ކިހިނެއް ގުޅާދޭނީ؟ ” ވިސާ ދިނީ ޚިޔާލެކެވެ. މިކަމުގައި މާބޮޑަށް ވެވޭނެ އިތުރު އެހީއެއް ނެތީމައެވެ.

“އެހެންވީމަ ދެންހެޔޮ… އަހަރެން ނުވިސްނަން މީގެ ޖަވާބު ފޮނުވާކަށް. ކިހިނެއް އިނގެނީ އަހަރެން ދޭއެއްޗެއް އެކުދިން މީކާލްއަށް ފޮނުވާނެކަމެއް؟ ކިހިނެއް އިނގެނީ މީ މީކާލް ފޮނުވި އެއްޗެއްކަމެއްވެސް؟ ކޮންމެ މީހަކަށްވެސް ގަނޑުކޮޅެއްގަ މިހެން ލިޔެވިދާނެ. މީހަކު ދިން އެއްޗެކޭ ކިޔާފަ ދެވިދާނެ. ދެން ނޭނގެ…” އަހަރެން ވަރަށް ފާޑެއްވިއެވެ. ފޫހިޒާތަކަށެވެ. ނޫނީ މާޔޫސްކަމުގެ އިންތިހާއެވެ.

“ދެން އެކަމު ހާދަފޫއްސެކޭ ތިވަނީ؟ ތިއިނީ މީކާލްދެކެ ރަނގަޅަށްވެސް ލޯބިވެފަ.” ވިސާ ބުނެލިއެވެ.

“އާނ.. އަހަންނަށް މިހެން ވެދާނެ.. އަހަރެން ލޯބިވާ ކުއްޖާ ހުރީ ރަށުގަ. އެކަމު މިހާރު ބޭނުމީ އެކުއްޖާ މަތިން ހަނދާން ނައްތާލަން.” އަހަރެން ބުނެލީމެވެ.

“ވަޓް!! ކީކޭ؟ ތިވާހަކަ އަދި ކިޔާވެސްނުދެ.. ފަހުން ކިޔާދޭތި އިނގޭ..” ހައިރާންވެފައި ވިސާމާ ބުނެލިއެވެ.

“އެހެންވެ އަހަރެން އެހެން ކުއްޖަކާ ދޭތެރޭ ވިސްނަން ބޭނުން އަސްލު.. މީކާލްގެ ރަނގަޅު ސިފަތަކަށް އަހަރެން ގައިމުވެސް ލޯބިކުރަން. އެކަމު އަސްލު ފޫހިވެސް ވެފަމިއިނީ، ވިސާ ބުނީމެއްނު މާދަމާ ކްލާސް އެރޭންޖްމަންޓް ބަދަލުކުރެއޭ. އަހަރުމެން ދެމީހުން ދެން ނޭނގެ ކޮން ހިސާބާކުކަމެއް ތިބެންޖެހޭނީވެސް.” އަހަރެން ޝަކުވާގެ ފަހުގައި އެތައް ވާހަކަތަކެއް ދެއްކީމެވެ.

“އާނ.. އެކަމު އެއް ކްލާހެއްގައެއްނު ތިބޭނީ. ޝަލީން ދައްތަ ނުހޯދާނެތަ؟ އިރުއޮއްސެނީނު؟” ވިސާއެހެން ބުނުމުން އަހަރެން ކުއްލިޔަކަށް ޔާނީވެސް ހުރި ހަނދާންވިއެވެ. އެހެންވެ އަހަރެން ބެލީ އަވަސް އަވަސް ކޮށްލައިގެން ގެއަށް ދެވޭތޯއެވެ.

ރޭގަނޑު ނިދަން އޮތްއިރު އަހަރެން ވިސްނަމުން ދިޔައީމެވެ. މީކާލްއަށްޓަކާ އަހަރެންވެސް މަޑުކުރަންވީބާއެވެ.؟ ކޮންމެ ގޮތެއްގައި ވިޔަސް މީކާލްގެ ހަބަރެއް ވަންދެން އަހަރެން ހުރެލާނީއެވެ. އަހަރެން އެންމެ ލޯބިވި ކުއްޖާ ހާސިލްވޭތޯ 3 އަހަރު މަޑުކުރުމުން އެކުއްޖާގެ ފަރާތުން އެއްވެސް އިޝާރާތެއް މިއަދާ ހަމައަށްވެސް ވެފައި ނުވެއެވެ.

“ޝަލީން.. ފޯނެއް.. ރަށުން ގުޅައިފި.” މަރިއްތަގެ އަޑު އިވުމާއެކު އަހަރެން ތަންމަތިން ތެދުވަމުން ތިރިޔަށް ފޭބީމެވެ.

“ހަލޯ.. ޝަލީން. އެއްކަލަ ޒައިޝް މިގެއަށް އައިސްބުނި ޝަލީންއަށް ގުޅޭނެ ނަންބަރެއް ދޭށޯ.. ކިހިނެއް ހަދަންވީ؟” ދޮންތަ އަހަންނާ ވާހަކަ ދެއްކީ ވަރަށް ފޯރީގައެވެ. ޒައިޝްއަކީ އަހަރެންގެ ހިތުގެ އެދުންކަން ދޮންތައަށް އެނގޭނެއެވެ. ޒައިޝްއަށް ނަމްބަރު ދިނުމުގެ ކުރިން ދޮންތަ އަހަންނަށް ގުޅާލީ އަހަރެން ހުރިގޮތެއް ބަލާލުމުގެ ނިޔަތުގައެވެ. ހަމަ އެހެންމެ ޒައިޝްއަށް ކޮންމެސް ޖަވާބެއް ދިނުމަކީ ދައްތަ ކުރަން ޖެހޭނެ ކަމެކެވެ.

“ޒައިޝް… އަހަންނާ ވާހަކަދައްކަން ބޭނުންވީތަ؟.”.ހައިރާންވެފައި ހުރެ އަހަންނަށް އަހާލެވުނެވެ.

ނުނިމެ

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ލޯބިން ބަލާލީމާ 6

Next

ފިނި ހިތް 20

Next
August 29, 2024

ފިނި ހިތް 20

Previews
August 28, 2024

ލޯބިން ބަލާލީމާ 6

4 Comments!

  1. Haii says:
    August 29, 2024 at 9:44 am

    Aslu v inthizaatiga hunna vaahaka eh mi

    Ekam maa laheee up vaaleh
    Still ehaa. Kuru

    Egothaha v ma thankolheh kda
    V reethi

    1. Shaleen says:
      August 29, 2024 at 1:57 pm

      Haii…
      Aslu thi vhk shaleen gaboolukuran.
      Shaleen balaanan next part miyah vure dhigu kureveytho.
      Vaagothakee anehhen ehaa time ovegenves noon vhk up kuraneeves.
      Dhen kuraahivvaa kamakah vaathee.
      Plus ekkoh lite nimifa in vhk eh noon veema v undhagoo vaane hafthaaAku dhe dhuvahuves gennan.
      Ekamves v ufaavejje. Try kuraanan dhigu kollan.
      Thanks Haii ❤️❤️❤️

  2. Cutie girl says:
    August 30, 2024 at 9:44 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

    1. Shaleen says:
      August 30, 2024 at 1:20 pm

      Thanks cutie girl
      For supporting
      For understanding
      For appreciating
      Shaleen mihaaru Hama mi masakkai kuranee vaguthu hoadhaigenves baaru minuga avaskollebeytho.
      Hih Hama jeheyvarah liyevuneema twice a week balaanan up kolleveytho in sha Allah.
      Shaleen ah understand vey kiyaahihvaa kudhin v inthizaaruga thibeynekan. Ehenveema v masakkai kuran eba. Bt mikamahves adhi dhuvaskolhei nagaafaane.
      Thanks for everything 💯

Comments are closed.

Next Episodeޝަލީން 6←


All Right Reserved!