ޑައިރީ
އަހަރެން ތިބާގެ އަތުގައި ހިފީ ދިރިއުޅުމުގެ ވަކި ހިސާބަކުން ދުރަށް ދާކަށެއް ނޫނެއެވެ . ނޫނީ ތިބާ އަށް އަނިޔާ ކުރުމުގެ ނިޔަތުގައެއް ނުމެ ނޫނެއެވެ . ތިބާ ގެ އަތް މަޑު ކަމަކުން ނުމެ ނޫނެއެވެ . ލޯބި ނުވާތީކީ ނޫނެއެވެ .
އަހަރެން ތިބާގެ އަތުގައި ހިފީ އުމުރު ދުވަހު އުޅުމުގެ ނިޔަތުގައެވެ . އަހަރެން ގެ ދިރިއުޅުމުގެ ކުރިޔަށް އޮތް ދުވަސް ތަކުގައި އުޅުމަށެއެވެ . ލޯބި ލޯބި އާއިލާ އެއް ބިނާ ކުރުމުގެ ނިޔަތުގައެވެ . ނަމަވެސް އަހަންނަށް ތިބާ އަށް ދުރަށް ދާން ޖެހުނަސް ނުވަތަ މި ދުނިޔޭގައި ނެތަސް އަހަރެން ގެ ނަން އަބަދު ވެސް ބަހައްޓާނެ ކަމަށް އުއްމީދު ކުރަމެއެވެ .
ރާނިޔާ ކިޔަން އިން ޑައިރީ ލައްޕާލިއެވެ . ފެން ކަޅިވެފައި އިން ދެލޯ މަރާލި ގަޑީގައި ހިފެ ހެއްޓުމެއް ނެތި ކަރުނަ ހިލިގެން ދިޔައެވެ . އެއީ މީގެ 5 އަހަރު ކުރިން ރާނިޔާ އުޅެމުން ދިޔަ އުފާވެރި ހަނދާން ތަކުންނެވެ . ރާނިޔާ އޭނަ ގެ ފިރިމީހާ ކައިލް އާ އެކު އުޅެމުން ދިޔަ އުފާވެރި ދުވަސް ތަކެއެވެ .
އެ ކައިވެންޏަށް 3 އަހަރު ފަހުން އެ އުފާވެރި ދިރިއުޅުމަށް އައި ކަޅު އަދިރި ކަމެއް އައެވެ . ރާނިޔާ އެންމެ ލޯބިވާ ފިރިމީހާ ކާރު އެކްސިޑެންޓް ގައި މި ދުނިޔެ އާ ވަކިވެގެން ދިޔަ ދުވަހެއެވެ . ރާނިޔާ އިނީ އަލަތު ދަރިއަށް ބަނޑު ބޮޑެއެވެ . ނަމަވެސް …….
މިހާރު ރާނިޔާގެ ހުރިހާ ވެސް މީހަކީ ރާނިޔާގެ ދަރި ޒޯޔާ އެވެ . ޒޯޔާ އުޅޭ އުޅުމުން މިޒާޖް ، ހަމުގެ ކުލަ ހުމެ ހުންނަނީ ހަމަ ކައިލް އެވެ . ޒޯޔާ ފެނުމުން ރާނިޔާ އަށް ކައިލް މަތިން ހަނދާންތަކެއް އާވެއެވެ . ޒޯޔާ ކުރަމުން އަންނަ ސުވާލު ތަކުގެ ސަބަބުން ރާނިޔާ ގެ ލޮލަށް ފެން ކަޅި ޖަމާވަމުން ދެއެވެ .
ދުވަހަކީ އުޑުމަތި ސާފް ދުވަހެކެވެ . ޗުއްޓީ ދުވަހެކެވެ . ހަވީރު ގަޑި ކަމުން ދެމައިން އުޅުނީ ޒޯޔާ އާ އެކު ޕާކަށް ދާން ތައްޔާރު ވަމުންނެއެވެ . ” މަމްމީ ޒޯޔާގެ ޑެޑީ އަންނަނީ ކޮން އިރަކު ؟” އެ މައުސޫމު އަޑުން ރާނިޔާ ގަޑުވިއެވެ . ލޮލަށް ކަރުނަ ޖަމާ ވެއްޖެއެވެ . ލޮލުން ކަރުނަ ފޮހެލުމަށް ފަހު ޒޯޔާ އާއި ދިމާ އަށް ބަލާލުމަށް ފަހު ބުނެލީމެއެވެ .
ޒޯޔާ އަށް އިގޭތަ ޒޯޔާގެ ޑެޑީ ވީ ތަނެއް ؟
ނޫނެކޭ ބުނުމުގެ ގޮތުން ޒޯޔާ ބޯ ހޫރާލިއެވެ .
ދަރިފުޅާ ! ޑެޑީ ވާނެ ޒޯޔާ ވާ ކޮންމެ ތަނެއްގައި ވެސް . ޑެޑީ އަބަދު ވެސް ޒޯޔާ އަދި މަމްމީ އެކުވާނެއެވެ .
ހަވީރުގެ ވަގުތެއެވެ . ޒޯޔާ އަދި ރާނިޔާ ހިގައިގަތީ ގޮނޑު ދޮށާ ދިމާއަށެވެ . ޒޯޔާ ދޮންވެލީގައި ނުޖެހި އެތަކެއް ދުވަހެއް ވުމުގެ ސަބަބުން ދެމައިން ހިގައިގަތެއެވެ . މަޑު ފިޔަވަޅެއްގައި ދެމައިން ހިގަމުން ދިޔައިރު ރާނިޔާ ދިޔައީ އެކި މައު ތަކުގެ ފޮޓޯ ތަކާ ޒޯޔާ އުފާވެރި ކޮށް އުޅޭ ވީޑިޔޯ ތަކެއް ނަގަމުންނެއެވެ . ސަބަބަކަށް ވަނީ ފަހުން ވެސް ރާނިޔާ އަށް ބަލާލުމުގެ ނިޔަތުގައެވެ .
