Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 7

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
September 12, 2024 5 Mins Read
4 Comments

“އޮމަދޫ ރުކްޝާނާ… އެއީ އަހަރުމެންގެ ވަރަށް ގާތް ރައްޓެއްސެއް.. އެހެންވެ ގުޅީމަ ބުނީ، މީކާލްގެ ދައްތައަށް ގުޅައިގެން ނަމްބަރު ދޭނަމޯ. ހަމަ އެވަގުތު ނަމްބަރު ހޯދާފަ ފޮނުވައިފި.” ރިފާޝާ ތަފްސީލް ކޮށްދިނެވެ.

އަހަރެން ވަގުތުން ބަލައިލީ ގަނޑުކޮޅުގައިވާ ފޯނު ނަމްބަރަށެވެ. އަހަންނަށް މިކަން ގަބޫލުކުރަން އެހާ ފަސޭހަކަމަކަށް ނުވިއެވެ. އެހެނަސް އަހަރެން މިކަމުގެ ހަގީގަތް ބަލަން ބޭނުމެވެ. ރިފާޝާ ދޭކޮންމެ ނަމްބަރަކީ އަހަންނަށް އަދި މާމުހިއްމު އެއްޗަކަށް ނުވެދާނެ އެވެ. ހަމަ އެގޮތަށް އެއީ ވަރަށް މުހިއްމު އެއްޗަކަށްވެސް ވެދާނެއެވެ.

“އަޅެ ހާދަ ރަނގަޅޭ!… މީކާލްގެ ހަބަރެއްވިއްޔާ ދުވަހަކުވެސް އަހަރެން ރިފާޝާމަތިން ހަނދާން ނުނެތޭނެ. ތޭންކްސް.” ގަދަކަމުން ހީލަމުން އެހެން ބުނުމަށްފަހު އަހަރެން ވިސާމާ ކައިރިއަށް ދިޔައިމެވެ.

“އަސްލުވެސް؟…. އެހެންވީމަ ޝަލީން އާދޭ އަހަރުމެން ގެއަށް. އޭރަށް ދެން ތިބުނިގޮތަށް ކަންތައްތައް ކުރާނީ.” ވިސާމާއާ ވާހަކަ ދެއްކުމަށްފަހު އަހަރެން ގޮނޑީގައި އިށީނީ ދުވަހުގެ ކްލާސްތައް ފުރިހަމަކުރުމަށެވެ.

ސްކޫލުން އައިސް އެރޭ އަހަރެން އިނީ ގްރައުންޑް ފްލޯގެ ސިޓިންގް ރޫމުގައި ޓީވީ ބަލާށެވެ.. ދިވެހި ފިލްމް އަދި ޑްރާމާފަދަ ތަކެއްޗަކީ އަހަރެންގެ ޝައުގުވެރިކަން ވަކިހިއްޕާފައިވާ ހިތްހަމަޖެހުމެކެވެ. ގިނަފަހަރަށް އަހަރެން އިންނަނީ މީހުން ދައްކާވާހަކަ ނޭނގޭ ވަރަށް އެކަމުގެ ތެރެއަށް ވަދެވިފައެވެ.

“އައްސަލާމް ޢަލައިކުމް..” މީހަކު ގޮވާލިއަޑު ދެފަހަރަކު އިވުމާއެކު އަހަރެން ސަލާމަށް ޖަވާބު ދިނީމެވެ.

“އަނހަ.. ޒާހިރު! އާދޭ އާދޭ.. މުހައްމަދު ބުނެގެން ތަޅުދަނޑި ބަލާދޯ ތިއައީ؟” ތަޅުދަނޑި ދިއްކޮށްލާމުން މަރިއްތަ ބުންޏެވެ.

“އާނ… ދުވާލު އަންނަން އުޅުނީ. އެކަމު ކަމެއްގަ ބިޒީވެގެން ނާދެވުނީ. ދެން މިތާ އިނދެލާފަދާނީ.. މީކޮންކުއްޖެއް؟” އަހަންނަށް އިޝާރާތް ކުރަމުން ޒާހިރު ބުނެލިއެވެ.

“މިތާ ކައިރި ރަށެއްގެ ކުއްޖެއް. ކިޔަވަން މިގޭގަ ހުންނަނީ..” އަހަރެންގެ ކުރު ތަޢާރަފެއް މަރިއްތަ ދިނެވެ.

“މަންޖޭ! ކޮންނަމެއް ކިޔަނީ؟” ޒާހިރު އަހާލީ ސީދާ އަހަންނާ ހަތަރުކަޅި ހަމަކުރަމުންނެވެ.

“ޝަލީން.” މިފަހަރު، އަހަރެންގެ އަސްލުނަން ބުނަން އަހަންނަށް މަޖުބޫރުވީ އޮޅުވާލެވެން ނެތުމުންނެވެ. އެއީ މުހައްމަދުބޭގެ ރައްޓެއްސަކަށް ވީތީއެވެ. އަނެއްކޮޅުން މަރިއްތަގެ ކުރިމަތީ ދޮގެއް ހަދަން ބޭނުން ނުވާތީއެވެ

“ސަޅި ނަމެއް.. ކޮން ގްރޭޑެއްގަ އުޅެނީ؟” ޒާހިރު ކަތިނަޒަރަކުން ބަލަމުން އަހަންނާ ސުވާލުކުރިއެވެ.

“ނުވައެއް.” ޓީވީއަށް ބަލަން އިނދެ އަހަރެން ބުނެލީމެވެ. ފަރުވާކުޑަ ގޮތަކަށެވެ.

“މަރިއްތާ! އަހަރެން ދަނީ އިނގޭ..” ގޮނޑިން ތެދުވަމުން ޒާހިރު ބުނެލިއެވެ.

“މުހައްމަދު ބުނި ރެންޓް ރޫމެއްގަޔޭ ހުންނަނީ. އެތާ ހުއްޓަސް ކޮންމެ ގަޑިއަކު މިގެއަށް އިނގޭ ކާން އަންނަންވާނީ. އަހަރެން މެންދުރު ކުރިން އުޅޭނީ އޮފީހުގަ. ދެން އެކަމު ޝަލީން ހުންނާނެ ގޭގަ. އިޝާނީވެސް ދާނެ އޮފީހަށް. ޔާނީވެސްދާނީ ސްކޫލަށް.” ޝެޑިއުލް ކިޔައިދެމުން މަރިއްތަ ބުންޏެވެ.

އަހަރެން ހިތްހަމަނުޖެހުމުގެ ކަތިނަޒަރު ހުއްޓާލީ މަރިއްތައާ ދިމާލަށެވެ. މަރިއްތަ ބުނަމުން ދިޔަ ވާހަކަތަކުން އަހަންނަށް ނެގުނީ ބިރުވެރި މާނައެކެވެ. އިތުބާރެއް ނުކުރެވޭ، ނުދަންނަ ބީރައްޓެއްސަކަށް ގޭތެރޭގެ ހާލަތު ކިޔައިދިނުން އެއީ އާދައިގެ ކަމެއްނޫނެވެ. ހީވީ އަހަރެން އެކަނި ގޭގައި އުޅޭނެކަން އަންގާ ޒާހިރަށް ދިން ދައުވާތެއް ހެންނެވެ. އަހަރެން ހިތްހަމަ ނުޖެހުނީ އެކަމާ އެވެ. މިއަދު ޒާހިރަށް ބޭއިޚްތިޔާރީ ދައުވަތެއް ދިންއިރު އޭގެ ހައެއްކަ މަސްކުރިން ކަންވީގޮތުން އަހަންނަށް މަރިއްތަ ދިން ނަސޭހަތް މިއަދު ކޮބާބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންގެ ވިސްނުން ވަގުތުން ހުޅުވާލަދިނީ މާޒީގެ ހަމަސް ކުރިއެވެ.

6 މަސް ކުރި….

ހޮނިހިރު ދުވަހުގެ ހެނދުނެވެ. ޝާނީޒް ގެންނަން ބުނި ސީޑީއެއްގެ އިންތިޒާރުގައި އަހަރެން ހުރީ ގްރައުންޑް ފްލޯރގެ ދޮރު ކައިރީގައެވެ.
އަހަރެން ސިއްސައިން ދިޔައީ ކުރިމަތިން އައިސް މެދުއުމުރުގެ ފިރިހެނަކު އޭނާގެ އަތުގެ އިނގިލިތަކުން ފުއްޓަކި ޖަހާލާ އަހަންނާ ވާހަކަދައްކަން ފެށުމުންނެވެ.

“ތީ ކޮން ކުއްޖެއް؟ ކޮންނަމެއް ކިޔަނީ؟” އެމީހާ އަހާލީ އޯގާތެރި ރާގެއްގައެވެ. އެހެނަސް އޭނާގެ ކަތި ނަޒަރުން އަހަރެންގެ މުޅި ހަށިގަނޑުގައި ޅިޔައަޅަށް ފެށިހެން އަހަންނަށް ހީވިއެވެ.

އަހަރެން ފަސްއެނބުރި ބަލައިލީ ގޭތެރެއަށެވެ. ބަންދު ދުވަހެއްކަމުން، އެއްވެސް މީހެއްގެ ހިލަމެއް ވޭތޯއެވެ. އަހަންނަށް ބަލައިލެވުނު ވަގުތަކީ ކޮޓަރިން މަރިއްތަ ނުކުތް ވަގުތެވެ. އަހަރެން މީހަކާ ވާހަކަދައްކަން ހުރިތަން ފެނުމުން މަރިއްތަ އަނެއްކާވެސް ވަނީ ކޮޓަރިއަށެވެ.

“އަހަންނަކީ މަރީ.. ތީކަކު؟” އަހަރެން ބުނެލީ ފާޑަކަށެވެ. އަސްލު ނަން އޮޅުވާލާފައެވެ..

“ބޭބެ މީ މިތާ ކައިރި ގެއެއްގެ މީހެއް. ކޮން ރަށެއްގެ ކުއްޖެއްތީ؟” އަނެއްކާވެސް އެމީހާ ސުވާލުކުރިއެވެ.

“މިތާ މިއަތޮޅު ތުލުސްދޫ…” އަހަރެން ދޮގު ބުނަމުން ފަސްއެނބުރި ބަލައިލީ އިޝާނީ ސިޑިން ފައިބާއަޑު އިވުމުންނެވެ.

“ބޭބެ މިއުޅެނީ މިތާ ކުރިމަތީ މިއިން ގޭގެ ދެވަނަ ފްލޯ ކުއްޔަށް ނަގަން ބޭނުންވެގެން. ކެރޭނެތަ އެތަނަށް ދާން ބޭބެއާއެކީ އެމީހުން ކައިރި އަހާލަން؟” އެމީހާގެ ބޭނުން އަހަންނަށް ކިޔައިދިނެވެ.

“ހެހެ… އެތަން ކުއްޔަށްދޭ މީހުން އުޅޭނީ މިހިރަ ގޯޅިގަނޑުތެރޭގަ. ބޮޑުމީހާއާ ވާހަކަދައްކަން އެތަނަށް ދާންޖެހޭނީ.. އޭނާގެ ނަމަކީ އާމިރު.” އަހަންނަށް އެނގިފައިވާ ސައްހަ މައުލޫމާތެއްގެ އަލީގައި އަހަރެން ބުނެލީމެވެ.

“ނޫނޭ… އެތާ ދެވަނަ ފްލޯގަ އުޅޭނެ ބޭބެގެ ރައްޓެހިންވެސް. ގޭމީހުން ކައިރި ނޭހިޔަސް، ހިނގާބަލަ ދާން. ވަރަށް އަވަހަށް އާދެވިދާނެ. ވަރަށް ކައިރިއެއްނު.” އެމީހާ ކުޑަކޮށް ހިތްހަމަ ނުޖެހޭގޮތް ދައްކަމުން ބުނެލިއެވެ.

“އަނެއްކާ އަނެއް ވާހަކަ… ބޭބެ ތިއައީ ކޯއްޗެއް އެނގިގެން. މުޅި އެ ބިލްޑިންގގަވެސް އެފްލޯގަ އެކަނި މީހަކު ނޫޅޭނީ…. އެތާ މީހުން ނޫޅޭތާ ހަތަރުވަރަކަށް މަސްވެއްޖެ. މީހަކު އުޅޭނަމަ ރޭގަނޑުވެސް އެތަން ދިއްލާނެދޯ؟ އެކަމު ނުދިއްލާތާ ކޮންދުވަހެއް…… ދެން އެތާ ކޮން ރައްޓެއްސެއް ހުންނާނީ؟” އެމީހާއާ ދޭތެރޭ ޝައްކުވާން ފެށުމުން އަހަރެން ބުނެލީމެވެ.

“އެންމެ ރަނގަޅު.. އެއްޗެކޭ ކިޔާފަ ނުދާން ތިއުޅެނީ.. އެހެންވިއްޔާ މިއަދު ހަތަރެއް ޖަހާއިރަށް ރެޑީވެވޭނެތަ؟ ބޭބެމެން ގޭގަވެސް އުޅޭނެ ތިވަރުގެ ކުދިން. އެކުދިންނާއެކީ ކުޅެން ދާނީ… ހަމަ މިތާ ހުންނައްޗެ. ސައިކަލުގަ އަންނާނަން ބަލާ..” އެހެން ބުނުމަށްފަހު އެމީހާ ހިނގައިގަތެވެ. އަހަރެންގެ ޖަވާބަކަށް އިންތިޒާރު ނުކޮށެވެ.

އަހަރެން ވަރަށް ރަނގަޅަށް އެމީހާއަށް ބަލައިލީމެވެ. އެމީހާ ލައިގެން ހުރީ އަޅި ކުލައިގެ ޓީޝާޓެއްގެ އިތުރުން މަޑު ޗޮކްލެޓް ކަލައިގެ ކުރު ސޯޓެކެވެ. ބޮލުގެ އިސްތަށިތައް ހުރީ ތަލަފެންނަވަރަށް ތުނިކޮށްފައެވެ. ހިނގުމުގައި އަވަސް މީހެކެވެ.

“ޝަލީން… އެއީ ކާކު؟ ރަށުމީހެއްތަ؟” މަރިއްތަ ގޮވާލިއަޑަށް އަހަރެން ސިއްސައިން ދިޔައެވެ.

“ނޫން… ދަންނަ މީހެއް ނޫން..” އަހަރެން ކުރު ޖަވާބެއް ދެމުން މަޑުމަޑުން އައިސް ގޮނޑިއެއްގައި އިށީނީމެވެ. އޭރު އަހަރެން އިނީ ބިރުން ތުރުތުރު އަޅައެވެ.

“ކީކޭތަ އެމީހާ އެކީ ސެކަންޑް ފްލޯއޭ ކިޔައިގެން؟” އިޝާނީވެސް އަހާލީ ސުވާލެކެވެ.

“އެމީހާ… އޭނަ ބުނީ… އެދެވަނަ ފްލޯއަށްދާން……………..” އަހަރެން އެވާހަކަ ހިނގާ ދިޔަގޮތް މަރިއްތައާއި އިޝާނީއަށް ކިޔައިދިނީމެވެ.

“ޝަލީން.. ތިބުނީ ، ތިއިނީ އެމީހާ ހަވީރު ބަލާ އަންނާނަމޭ ބުނީމަވެސް ވަރަށް ބިރުންނޭ… މީގެ ފަހުންވެސް އެކަހަލަ ގޮތް ނޭނގޭ މީހުންނާ ވާހަކަ ނުދައްކާތި… ތާކަށް ދާން ބުންޏަސް ގޮސްގެން ނުވާނެ. އެމީހުން ބަލާނީ ޝަލީންމެން ވަރުކުދިން ސިއްރު ތަންތަނަށް ގެންދެވޭތޯ… ނޭނގޭނެ ހާދާލާނެ ގޮތްވެސް..” މަރިއްތަ ވާހަކަ ދެއްކިއެވެ.

“އާނ… އެމީހުން ބޭނުންވާނީ ތިހިން ރާއްޖެތެރެއިން އައިސް ހުރި ކުއްޖެއްވިއްޔާ ޝިކާރަ ކޮށްލަން.. މައުލޫމާތު ހޯދާނެ.. އެހެން ކުރާ ސުވާލުތަކަށް ޖަވާބު ނުދޭތި…. ޝަލީން ހަނދާން ކުރާތި، އެއްވެސް މީހަކު ޝަލީން ހަށިގަނޑުގެ ޕްރައިވެޓް ޕާރޓްސްގަ އަތްލިޔަދީގެންވެސް ނުވާނެ. އެކަހަލަ މީހުން އުޅޭނީ ތިވަރު ކުދިންގެ ފައިދާނަގަން. ނަސީބެއް ޝަލީން ނުދިޔަކަންވެސް.” އިޝާނީ ވާހަކަދެއްކީ މަރިއްތަގެ ނަސޭހަތަށް ބަލާފައެވެ.

“ޝަލީން އޮވޭ މަތީގަ… މަރިއްތަ އިންނާނަން ހަތަރެއް ޖަހާއިރު މިތާ..” މަރިއްތަ އަހަރެން ދިފާއުކުރަން އުޅުމުން އަހަރެން ހިތްހަމަޖެހި ބިރުފިލާދިޔަކަހަލައެވެ.

އަހަރެން އެމާޒީގެ ހަމަސް ކުރީގެ ހަނދާންތައް ވަގުތުން ލައްޕާލަމުން މަރިއްތައާ ޒާހިރުގެ ކުރިމަތިން ގޮސް މައްޗަށް އެރީމެވެ. މަރިއްތަ ދެއްކި ވާހަކަތަކުން ފޫހިވުމުންނެވެ.

ޖެހިގެންއައި ދުވަހުގެ ހެނދުނެވެ. އީނާޝްގެ ކަންކަން ނިންމާލުމަށްފަހު އަހަރެން އަވަސްވެގަތީ ސްކޫލަށް ދިއުމުގެ ކުރިން ކެއްކުމުގެ މަސައްކަތްތައް ނިންމާލުމަށެވެ. އެމަސައްކަތްތަކުގައި އުޅެމުން ދިޔައިރުވެސް އަހަރެންގެ ހިޔާލުތައް ވަށާލާފައި ވަނީ މީކާލްގެ ވިސްނުން ތަކުންނެވެ. ނޫނީ ބައެއްފަހަރަށް ޒައިޝްގެ ވިސްނުންތަކުންނެވެ.

އެކަނިމާއެކަނި ހުރިހާ މަސައްކަތެއް ކުރަމުން ކައްކާ ނިމުމާ ހަމައަށް އައީއެވެ. ހަޑިވެފައިހުރި ތަށިތައް ދޮވެލަދޮވެލާ ޒިންކް ކައިރި އަހަރެން ހުރިއިރު 11 ޖެހުމާއި ގާތްވަނީއެވެ. މީހަކު ކަރުކެހިލިއަޑަށް އަހަރެން ބަލައިލީމެވެ. ކުރިމަތީގައި ހުރީ ޒާހިރެވެ. ގޭގައި މީހުން ނޫޅޭ ވަގުތެއްގައި ޒާހިރު އައުމުން އަހަރެންނަށް ބުނަން ނޭގޭކަހަލަ އުނދަގުލެއްވިއެވެ.

“ޝަލީން.. ކޯއްޗެއް ކެއްކީ؟ ތިއުމުރުގަވެސް ކައްކަން ހާދަމޮޅޭދޯ؟ މަރިއްތަ ބުނީމަ ކޮންމެ ގަޑިއަކު ކާން އަންނާނަން. އެހެންވީމަ އަހަރެން ބޭނުން ކޮންމެ ގަޑިއަކަށް ތެލުލިމިރުސް.” ޒާހިރު ބުނަން ބޭނުންވި ވާހަކަތައް ބުނެލިއެވެ.

“އަހަންނަކަށް ނޭނގޭ މިރުސް ތެލުލާކަށް.” އަހަރެން ބުނީ ހަމަ އަސްލުވެސް އަހަންނަށް ކުރަން ނޭނގޭ ކަމެއް ވީމައެވެ.

“ކޮބާ ތެލި؟ އަހަރެން ތެލުލާނަން. މިރުސް ދީބަލަ. މިހުރީދޯ ތެޔޮ.” ތެޔޮފުޅި ނަގަމުން ޒާހިރު ޖެހިލީ އުނދުން ކައިރިއަށެވެ.

އަހަރެން ހައިރާންވިއެވެ. މީއަޅެ އަލަށް މިގެއަށް އައިސް އުޅޭމީހެއްބާއެވެ.؟ ނޫނީ އަބަދުވެސް މިގެއަށް އަންނަމީހެއްބާއެވެ.؟ ޒާހިރުގެ ކެއުމުގައި ކޮންމެހެން ހިމަނަންވާ އެއްޗަކަށްވާތީ އެވާހަކަވެސް ބުނެލީ ޖެހިލުމެއްނެތިއެވެ. އަނެއްކޮޅުން އަހަންނަށް އެކަން ކުރަން ނޭނގޭ އިރުވެސް އަމިއްލައަށްވެސް އެކަން ކޮށްގެން މިރުސްކާން ބޭނުންވެއްޖެއެވެ. އުޅެލާގޮތުން ހީވަނީ އަމިއްލަ ގެހެންނެވެ. ތެއްޔާއި މިރުސް ދިނުމުން ތެޔޮފުޅި ހުރިތާކުން ނަގައިން އަމިއްލައަށް އެކަންވެސް ކުރީއެވެ. ކައްކަން އެނގުން އެއީ މައްސަލައެއް ނޫނެވެ. އެކަމަކު އަހަރެން ހައިރާންވީ ޒާހިރުގެ އަމަލުތައް ހުރި ގޮތުންނެވެ.

“ކޮން ސްކޫލެއްގަ އުޅެނީ؟” އުނދުން ނިވާލަމުން ޒާހިރު ބުނެލިއެވެ.

“އަހްމަދިއްޔާ.” އަހަރެން ދިނީ ކުރުޖަވާބެކެވެ.

“ކިހާއިރަކު ދަނީ؟” އަނެއްކާވެސް ޒާހިރު އަހާލިއެވެ.

އަހަރެން ސްކޫލަށް ދާގަޑި ބުނުމުން ޒާހިރު ބޯޖަހާލަމުން ގެއިން ނުކުމެގެން ހިނގައްޖެއެވެ. ހިތަށް އެރިއެވެ. އެއީ ކޮންކަހަލަ މީހެއްހެއްގެވެ؟ އޭނާގެ ސަބަބުން ކޮންމެސް ވަރަކަށް އަހަންނަށް އުނދަގޫވާކަން އަހަންނަށް އިހްސާސްވިއެވެ. އަހަންނަށް އެއްޗެއް ބުނެވެންނެތީ އެއީ މުހައްމަދުބޭގެ ރައްޓެއްސަކަށް ވީތީއެވެ. މިގޭ މީހުންނަށް ކުރާ އިހްތިރާމް އޭނައަށްކުރަން ޖެހޭނެހެން ހީވާތީއެވެ.

ދުވަހަކީ ބުރާސްފަތި ދުވަހެވެ. ދަބަސް އަޅައިން އަހަރެން ނުކުތީ ސްކޫލަށް ދިއުމާށެވެ. އޭރު އަހަންނާ ހަމަ ދާދި އެއްވަރަށް އައިސް ވިސާމާ ވާހަކަދައްކަން ފެށިއެވެ.

“ޝަލީން.. މިއަދު ހާދަ މޫޑް އޮފްވެފަ.؟ ކިހިނެއްވީ؟ މީކާލްއަށް ނުގުޅެނީތަ އަދިވެސް؟” ސީރިޔަސްވެހުރެ ވިސާމާ އަހަންނާ ސުވާލު ކުރިއެވެ.

“ފާޑެއްގެ މީހަކު ގެއަށް އަންނަން ފަށައިފި.. ބޭބެގެ ރައްޓެއްސެއް. އަހަރެންގެ ހުރިހާ މައުލޫމާތެއް މަޑުމަޑުން އެބަހޯދާ.. އަހަންނަށް ހިއެއްނުވެ މާރަނގަޅު މީހެއްހެން. އެކަމަކު ފޫހިވިޔަސް ހެދޭނެ ގޮތެއްނެތް. އަހަރެންގެ ގެއެއް ނޫންތާ… އަނެއްކާ ކޮންމެސް ވަރަކަށް އެއްޗެއް ބުނަންވެސް ކެރޭނީ ތިމައިގެ ބައެއްނަމަތާ.. އެއްޗެއް ނުބުނެ އުޅެފިއްޔާ މަށަށް ކިޔަވާ ނިމެންދެން ކެތް ކޮށްލެވެނީވެސް.” އަހަރެންގެ ޝަކުވާތައް ނިހާޔަތަށް ގޮސްފައިވާތީ ބޭރުކޮށްލީމެވެ.

“ކީއްކުރަން އޭނާއާ ދޭތެރޭގަ ވިސްނަނީ؟ ޝަލީން ވިސްނަންވީ މީކާލްއާ ދޭތެރޭގައެއްނު. މިހާރު މީކާލްގެ ނަމްބަރު ލިބިއްޖެ. ދެން ދެމީހުންނަށް ގުޅުން ވަރުގަދަ ކުރެވިދާނު؟ ދެން ތިބުނާމީހާ… ވެދާނެ ބޭބެ މެންގެ ރައްޓެއްސެއް ވީމަ އަހާލީ ކަމަށްވެސް.” ވިސާމާ ބުނެލިއެވެ.

“ކަންތައް ކުރަންވީގޮތް މަށަށް ވިސްނިއްޖެ… އޭނަ އުޅޭގޮތަކަށް އުޅެފާނެ.. ވިސާ!.. މާދަން ހުކުރެއްނު. ހަވީރު ގޭގަ އުޅޭނަންތަ؟ އަހަރެން ދާން ބޭނުން ވިސާގެ ފޯނުން މީކާލްއަށް ގުޅާލަން. އޯކޭތަ؟” އަހަރެން ބުނެލީމެވެ.

“އަހަރުމެން ތާކަށް ދާގޮތަކަށް އަދިނެތް. ޔާނީ ގޮވައިންދޯ އަންނާނީ؟ އޯހް… މާދަމާ އަދި ޝަލީންގެ އުފަންދުވަސް ދޯ..” ވިސާމާ ބުނެލިއެވެ.

“ހޫމް.. މަށަށް ހީވަނީ މަރިއްތަމެން ކޮންމެސް ކަމެއް ރާވާހެން. އަޑުއެހިން އިޝާނީއާ ވާހަކަ ދެއްކިއަޑު. އެކަހަލަ އެއްޗެއްކީ.” އަހަރެން ބުނެލީމެވެ.

“އޭތް!! ކިހިނެއް ރިފާޝާ ހޯދީ މީކާލްއަށް ގުޅޭ ނަމްބަރު؟” ކްލާހަށް ވަންނަމުން ވިސާމާ އަހާލިއެވެ.

“އެރަށު ކޮންމެސް ރުކްޝާނާ ކިޔާ ކުއްޖަކަށް ގުޅައިން. އެކުއްޖާވެސް ބުނީ މީކާލް ބުނިގޮތަށް… ހަމަ ކާށިދޫގަ ކަމަށް ވަނީ..” އަހަރެން ބުނެލީމެވެ.

އެރޭގެ ބާރަ ޖެހިއިރު އަހަރެން އޮތީ ނިދޭތޯއެވެ. އެހެނަސް އިޝާނީއާ ޔާނީ ނިދަން ނާންނާތީ އަހަރެން ނުނިދިފާ އޮތީމެވެ. މިރޭ ކޮންމެހެން އެމީހުން ނުނިދާ އެތިބެނީ އަހަރެންގެ އުފަންދުވަސް ފާހަގަކުރަންކަން އަހަންނަށް އެނގެއެވެ.

“ހެޕީ ބާރތްޑޭ.!!! އާދެބަލަ ގްރައުންޑްއަށް.. އެންމެން އެބަތިބި.” ކޮޓަރީގެ ދޮރު ހުޅުވާލަމުން އިޝާނީ ބުނެލިއެވެ.

އަހަރެން ތިރިއަށް ފޭބީމެވެ. މޭޒުމަތީގައި ޕިއްޒާތަކާއި ޑްރިންކްސް އަތުރާފައި ހުއްޓެވެ. އަދި އެޔާއި ޖެހިގެން ފުދޭވަރެއްގެ ބޮޑު ކޭކެއް އިނެވެ. ކޭކުގައި އުއްބައްތި ޖަހާލާފައި ހުރިއިރު ކައިރީގައި ވަޅިއެއް އޮތެވެ. ދުވަސް ފާހަގަ ކުރުމަށްޓަކާ މަރިއްތައާއި އިޝާނީ އަދި ޔާނީގެ އިތުރުން ދެން ހުރީ ޒާހިރެވެ.

“ހެޕީ ބާރތްޑޭ ޝަލީން.” ސަލާމް ކޮށްލަމުން ޒާހިރު އަހަންނަށް ދިނީ ޕާރސަލެކެވެ.

ނުނިމެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ތެމި ވާރޭގައި ވީމޭ 38

Next

ލޯބިން ބަލާލީމާ 11

Next
September 12, 2024

ލޯބިން ބަލާލީމާ 11

Previews
September 10, 2024

ތެމި ވާރޭގައި ވީމޭ 38

4 Comments!

  1. Cutie girl says:
    September 12, 2024 at 11:43 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Shaleen and miykaal gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

    1. Shaleen says:
      September 12, 2024 at 1:43 pm

      Thanks for understanding dear.
      Happy to hear and it means a lot to me 💞
      Let’s see dhen kihineitho vaanee dho…
      Ummeedhu kuran kuriyah huri part thahves kiyaalaane kamah

  2. Anonymous says:
    September 12, 2024 at 8:01 pm

    hama keh madhu vefa mi hunnanee ehen part eh nerendhen!
    KEEP IT UP!

    1. Shaleen says:
      September 12, 2024 at 10:13 pm

      Thanks v bodah ….
      Next part will be on Thursday in sha Allah.
      Pls keep waiting…

Comments are closed.

Next Episodeޝަލީން 8←


All Right Reserved!