Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެން

ރާޒު

Allura Level 110 Stories
July 17, 2019 2 Mins Read
7 Comments

‍‍‍‍އެ އަންހެނާ އެވެ. އަހުރެންގެ ގޭ ކުރިމަތީ އަވައްޓެރިޔާ އެވެ. އެހެރަ އުޅެނީ ޝިކާރަކުރުމުގައެވެ. ބަލިކަށި ކާޅެކެވެ. އަހުރެންގެ ބޯ މައްޗަށް އަރައިގަތެވެ. ބޮލުގައި ގަައުކޮޅެއް ޖެހި ތަދެއްއަރުވައިފި އެވެ. ވަލިގަނޑުމައްޗަށް ތިރި ވެވުނެވެ. އެ ދޫންޏެއް ނުފޮއްސުނެވެ. އަންހެނާ ގާތްވާން ފެށި އެވެ. އަހުރެންނަށް ހަމަލަ ދިނުމަށެވެ. އަވަހަށް ތަނުން ބެހިގަތީމެވެ. އެއިރު މެންދުރުވަނީ އެވެ. ގެއަށް ދާންވީ ވަގުތެވެ.

 

އެކަމަކު ފިޔަވަޅުތައް ހުއްޓި އެރައްޖެވެ. އެ އަންހެނާ ފަދައިންނެވެ. ނަޒަރީ ފާޑުވެރިކަމެއްގައި އަހުރެންގެ މޫނަށެވެ. އެ ބެލުމަކުން ހިތްހާސްކޮށް ބިރުގަންނުވައިފި އެވެ. ފިލޭކަށް ނެތެވެ. ޖައްވު ތަނަވަސްވެފައި ފަޅެވެ. އަހަރެން މި މަންޒިލަކަށް ގެނުވީ ކާކު ހެއްޔެވެ. މިއީ ތަންމައްޗަކަށް ވައްޓާލުމެކެވެ. އެ ފޭރާމަކުން ހަންގަނޑު ދަމައިގަތުމަށެވެ. ދުލުގެ ހަރަކާތްތެރިކަމުން ނޭވާ ހަފުސްކުރެވުނެވެ. އަދި މަސްގަނޑު އަނުރޫފަވުމުގެ މަރުހަލާ އަތު ޖެހުނެވެ. ލޮލުގެ ކަޅިރަވައިގެ ބެލުމުގައި ލިސާންކަމެއް ދެއްކުވިތެވެ. ކައިރިވަމުން އައި ފަތްތޫރަ ފަރުދާއަކުން ކަޝްފުވެއްޖެ އެވެ. އެ ތަމުސީލެއް ހިތުގައި ކުރުހިގަތެވެ. ތަސައްވުރުތައް ހޭހަންވެ އިންޒާރުތައް ތިލަ ކުރުވި އެވެ. އަދި ކާމިޔާބީ ޔަޤީން ކުރެވުނެވެ.

………..

‘ކަލޭ ކީއްކުރަން ކަމައްތަ މިތާ ތި އުޅެނީ. ނުއުޅެވޭނެ ތިހެނަކުންނެއް!’ އެ އަޑެއް ފާހަގަކުރުވަ ދިނެވެ. ނަމަވެސް އަހުރެންގެ ބިރެއް ނެތެވެ.

‘އަހެމް..’ އަޑު ސާފުކޮށްލީމެވެ.
‘އަހުރެން މި ތަނަށް އައީ އުޅޭކަށެއް ނޫން… ކިހިނަކުން ނޫނެވޭނެ އޭތަ ތި ކިޔަނީ.’ މިއީ އަހުރެންގެ ކޮންފަދަ ނުކުޅެދުމެއް ހެއްޔެވެ. އިޙުތިރާމުން ބޭރުވެފައިވާ މުއާމަލާތެކެވެ.

މޫނުމަތީގެ ދެއްކުންތެރިކަން ކެނޑުނެވެ. އަދި އެ ކަޅިއެޅުމެއްގައި ދެމިހުރެތެވެ. ދެ ތުންފަތް ތަތްވެ މަސްގަނޑެއް މަރުޖެހިއްޖެ އެވެ. ނަމަވެސް ސިކުނޑި މަސައްކަތް ކުރެތެވެ. ރޫޙަވީ އާލަމުގެ ގެންބެވެމުކެވެ. ޣާއިބުގައި ހަށިގަނޑު ހަރުގަންނުވައިފި އެވެ. އެ މަޙަލްގެ މިލްކުވެރިންނަކީ ޤަދީމުގެ ކިޔެވެލިންނެވެ. ޠުލުސްމުގެ މަރުކަޒު ޢާލިމުންގެ ހިތްތަކުން ޖާގަ ފަތަހަ ކޮށްފި އެވެ. ފާގަތި ތަބުދީލުވުމެކެވެ. ހަށިތަށް އެ ދިރާޢެއްގެ ފިނިން ލޮނދިވެ ފުއްވެފައެވެ. އިހުސާސްކުރެވުމެއް ނެތެވެ. ހޭވެރިވުން އޮތީ އުގޫބާތަކުންނެވެ. އެ ވަގުތަކަށް ދުނިޔެ ނަޒަރުހިންގަމުން ދެޔެވެ. ހަނދާންނުން ކެހިވިފައިވީ ނަޞްރުގެ ވިދުވަރެވެ. ދުވަހަކުވެސް ފެނިފައި ނުވާ ކުރެހުމެކެވެ. ތަސައްވަރު އަދު ކުރެވުން އޮތީ ކިހިނަކުން ހެއްޔެވެ. ޚިޔާލާތުގެ އެ މޮށުންތެރިކަމެވެ.

 

ހަރަކާތުގައި ތުރުތުރު ލެވިއްޖެ އެވެ. އަޒުމުގައި މަޑުޖެހިލުމެއް ނެތެވެ. ހިތްތައް އަޅުދާސް ކުރުމުގައި މާ ކުޅަދާނައީ އެވެ. ވިސްނުން ކޮށިކުރުމަކުންނެވެ. އެއީ ބަލިވެފައިވާ ހިތްތަކެވެ. ބަރޯސާވުން އޮތީ އަމިއްލަ ނަފުސުތަކަށެވެ. އެ ޢާލަމެއްގައި ރޫޙިއްޔަތެއް ނެތެވެ. މަގުފުރެދުމުގެ ގެއްލެނިކުރުތަކުން ފައުޅުކުރާ ސަހުޝިއްޔަތުތަކެކެވެ. ސިއްރިއްޔާތުގެ ފާހަގަކުރުމަކުން އޮޅުކުރުވިފައިވި ޚުލޫޤުންތަކެކެވެ. އަހުރެންނަށް ވެސް އެބަޔަކު ކަޝްފުވަމުން ދިޔައެވެ. ފަކުރުވެފައި ހުތުރުކަން ބޮޑެވެ. އެ ހަލަބޮލިކަމެއްގައި ރޭވުންތެރިކަމެކެވެ. އާންމުންނަކަށް ނުފެނުނެވެ. އެއީ ލޭތަކުގެ ދެލި ފޯރުވާއިންނެވެ. މުއާމަލާތް އޮތީ ހިތްތަކުގެ އެ ކުލަވަރުތަކުންނެވެ. އަބަދުވެސް އެ އަފުރާދުންގެ ހާލަތު ވަޒަންކުރަމުން ދިޔަތެވެ. އިންޒާރެއްވި ނަމަ ނާމާނުގެ އަލިވަރުތަކެއް ފަތުރުވައެވެ. މަގުން ކެހިދިއުމުގައި ބިރުގަންނުވަތެވެ. އަހުރެންނަށް އެބަޔަކު މުހިންމެއް ނުކުރެވުނެވެ. އެއީ އެންމެ ދަށުފަންތީގެ ވެރިންނެވެ.

……………….

ޖަވާބެއް ނައެވެ. ފަހަތަށް ޖެހޭން ފެށިއްޖެ އެވެ. އަހުރެންގެ އެ ރޫޙަވީ ބާރު ގަދަވެގަނެއްޖެ އެވެ. އަޑަކުން ފަސްޖެހިވުމެއް މެދުވެރިކުރެވޭކަށެއް ނެތެވެ. އެ ތަދުބީރެއް ލޯމައްޗަށް ފައުޅުވެއްޖެތެވެ. އަދި އެ ހިތް ތަޅުގަންނުވައި ރުޅިއަރުވައިފި އެވެ. ނަފުސު އަނިޔާގެ ތެރެއަށް ވިއްކުމަށް ވިސްނުން ގޮވައިފި އެވެ. ހިތް ބާރުވެރިކުރުވާ ނަފުސު މަތަ ކުރުމަށެވެ. އެ ވާވެއްދުމަކަށް ދުއްވައިގަނެއްޖެ އެވެ. މަޙަލް އެކަހެރި ކޮށްފޮ އެވެ. ބުއްދީގެ ބާރު ކެނޑި މޮޔައަކަށް ވީ އެވެ. އެއީ ތަންވަޅު މެދުވެރިކުރުވި ހާލަތެވެ. އޭނާ ގަބޫލުކުރެތެވެ. ނަމަވެސް އަޑީގައި ފޮރުވިފައިވަނީ ދެނެގަނައުމެއް ނުވާ ސަފަރެއްގެ ރާޒެކެވެ.

(ނިމުނީ)

Share Article

Follow Me Written By

Allura

Level 110 Stories

Other Articles

Previous

ބުނެދޭށޭ ރުހެމޭ 57

Next

ނާއިންސާފް 23

Next
July 17, 2019

ނާއިންސާފް 23

Previews
July 15, 2019

ބުނެދޭށޭ ރުހެމޭ 57

7 Comments!

  1. FLOWER LOVER GIRL says:
    July 17, 2019 at 12:46 pm

    NICE

  2. malsamalkkomal says:
    July 17, 2019 at 4:49 pm

    Varah reethi.?

    1. Allura says:
      July 19, 2019 at 6:59 pm

      Thanks v much. ?

  3. Asi says:
    July 17, 2019 at 5:03 pm

    What a joke. What is this??

    1. Allura says:
      July 19, 2019 at 7:01 pm

      Okay. Hope u liked the joke..

  4. kala123 says:
    July 18, 2019 at 9:53 pm

    Allura
    I feel there is no glory if only a coterie of readers understand your deeply meaningful stories.Most of the readers of this site are very young and probably not very well educated.That explains
    the wild popularity of typically Maldivian love
    saga. Can you write stories–not necessarily
    love stories– which the average reader will understand without repeated readings or straining the intellect?This request has been made earlier.You are of course free to reject it. Wish you all the best

    1. Allura says:
      July 19, 2019 at 6:59 pm

      Thanks. ?
      And all I can say is,, I will always keep trying to the best I can..

Comments are closed.



All Right Reserved!