މާލޭގެ ކޮންކުރިޓް އިމާރާތްތަކާއި ހަލަބޮލި މަގުތަށް އަދި އެކި ޒާތްޒާތުގެ މީހުން ފެނިފައި އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނީ ހީވެސް ނުކުރާހާ އަވަހަށެވެ. މިއީ އަހަރެން މާލެއައި ފުރަތަމަ ފަހަރު ކަމުން މާލެއަށާއި އަދި ތަންތަނަށް ވެސް އަހަރެން ވަރަށް އަލެވެ. މަންމައާއި ބައްޕަ ބަލަމުން އައި ފޮނި ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އަހަރެން މާލެ މިއައީ މަންމައާއި ބައްޕަ އަދި އަހަރެންގެ އާއިލާ ވެސް ދޫކޮށްލާފައިއެވެ. އަދި އަހަރެންވެސް ބަލަމުން އައި ފޮނި ހުވަފެންތަށް […]
އަހަރެން ފަންކާއާ ދިމާލަށް ބަލައިލީމެވެ. އަދި ވާގަނޑަށް ދަމާލައި ރަނގަޅަށް ހަރުލާފައި ހުރިކަން ޔަގީން ކުރީމެވެ. އެއަށް ފަހު މަޅިގަނޑު ހުރީ ރަނގަޅަށްތޯވެސް ބަލައިފީމެވެ. އާނ އެކެވެ. އަހަރެންނެއް މި ކެހިވެރި ދުނިޔޭގައި އުޅޭކަށް ބޭނުމެއް ނޫނެވެ. އުމުރުން 20 އަހަރުވިއިރު ހަޔާތުގައި ކުރިމަތިލި ކޮންމެ ކަމަކުންހެން ލިބުނީ ނާކާމިޔާބީއެވެ. ވޭނާ، ތުރާލާއި ހިތާމައެވެ. ހިތްދަތިކަމާއި މާޔޫސްކަމެވެ. އަހަރެންގެ ހަޔާތުގެ ފަސްމަންޒަރު އޮތީކީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. މިއަދު އަހަރެން މިކުރާ ހިތާމައިގެ އަސްލުތައް ވަރަށް ގިނައެވެ. […]
އަހަރެންގެ އުމުރުން ސާދަ އަހަރުގައި އަހަރެންގެ ބައްޕަ މި ދުނިޔެއަށް އަލްވަދާއު ކީއެވެ. އެދުވަހު އަހަރެން ވަރަށް ރުއީމެވެ. ބައްޕަ ނިޔާވުމުން އަތްމަތިދަތިވެ އަހަރެންނާ އަހަރެންގެ މަންމަ ބިކަވެ ހާހުގައިޖެހުނެވެ. އަހަރެންގެ މަންމަ އެކި ގޭގެއަށްގޮސް މަސަތްކަތްކޮއްދީގެންލިބޭ ލާރިކޮޅުން ބަނޑުހައިހޫނުކަން ފިލުވާފައި އިތުރުކަންތައް ކުރަން ފައިސާއެއްނުހުރެއެވެ. އެހެންވުމުން އަހަރެން ސުކޫލުގައި ކިޔަވަން ބޭނުންވާ ސާމާނު އަހަންނަކަށް ހަމައަށް ނުގެންދެވެއެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް އަހަންނަށް 17 އަހަރު ވީދުވަހު އަހަރެންގެ ހުރި ހަމައެކަނި ރައްޓެހި ނައިލާއާއެކު ބޭރަށް […]
އަހަރެންނަކީ އެތަށް ބިރުވެރި ހާދަސާތަކާއި ކުރިމަތި ލާފައިވާާ ހިތްވަރުގަދަ އަންހެނެކެވެ. އެހެންކަމުން އަހަރެންނަކީ ބިރުވެރި އެތަށް ކަންކަމަށް ތަޖުރިބާ ހުރި މީހެކެވެ. އޭގެ ފަހުގައި އެންމެންނަށް ކޮންމެ ބޮޑު ޢީދަކު އަހަރެން ވާހަކަ ކިޔާދޭން ޖެހެއެވެ. އެއް ބޮޑު ޢީދަކު އަހަރެންގެ ރަށްޓެހިންނަށް ވާހަކަ އެއް ކިޔައިދިނުމަށް އެކުދިން އެދުނެވެ. ******************************************************************************** އެދުވަހު އަހަރެން ދިޔައީ އަހަރެންގެ ރަށްޓެހިންނާއެކު ހިނގާލުމަށެވެ. އެންމެން ތައްޔާރުވެ ނިމިގެން ގެއިން ނިކުތްއިރު އިރު އޮއްސެނީއެވެ. އެއީ ކޮންމެ ދުވަހަކު ވެސް ވާވަރެވެ. ނަމަވެސް ކޮންމެހެންވެސް މިރޭ ހިނގާލަން ދިއުމަށް އެންމެން ކިޔަންފެށުމުން އެންމެން ހިގާލަން ދިއުމަށް އަތިރި ފަރާތަށް ނިކުތެވެ. އެންމެންގެ މިސްރާބު ހުރީ އާމަގާ ދިމާލަށެވެ. އާމަގަށް ދިޔތަނާހެން އެކަކު ބުނެލިއެވެ. ” އެންމެން އަޑުމަޑުކުރޭ. ބަލާލަބަލަ އެހުރި މީ..މީހެއް. މި އޮއްފަދަ ރޭގަނޑު މޫ..މޫދު..މޫދުގައި” އޭރު ހުރިހާ އެންމެން ބިރުން ހުރެ އޭނާ އަތްދިއްކޮގެން ހުރި ދިމާލަށް ބަލާލިއެވެ. ބަލާލިތަނާހެން އެ މީހާ އެއްގަމާ ދިމާލަށް ބާރަކަށް އައެވެ. ކައިރިވާވަރަކަށް އޭތީގެ ސިފަ ރަނގަޅަށް ފެނުނެވެ. ” ސުބްޙާނަالله. އެއީ އިންސާނެއް ނޫން. އެއީ ފުރޭތައެއް. އެންމެން އާދޭ މިތަނަށް . އެވެސް އަޑެއް ނުލަށްވާތި. ” އަހަރެން ވައިއަޑުން ބުނެލިއެވެ. އޭރު އޭތި އައިސް އެއްގަމަށް އަރައިފިއެވެ . އޭތީގެ އަތުގައި ބޮޑު ރޯ މަހެއް އޮތެވެ. އިށީދެލެވުން ކަމެއް ނޭގެއެވެ. ރޯ މަސް ބުރި ކާން ފެށިއެވެ. ކާގޮތުން ހީވަނީ ބަޑަށް ހުރި އެއްޗެއް ހެންނެވެ. އަވަހަށް އަހަރެން އެކުވެރި ކުދިންނާއެކު ވަލުތެރެއިން ނިކުމެގެން އަވަހަށް ގެއާ ދިމާއަށް ދުއްވައިގަތީއެވެ. ތިން މީހުންގެވެސް ކައިރީގައި ހުރިކަން ނަސީބެވެ. ދުވަމުން ގޮސް އެމީހެއްގެ ގެއަށް ވަދުނީއެވެ. […]
ގޭގެ ދޮރާށި ހުޅުވާލެވުމާއެކު ލޫތުއަށް ފެނުނީ ލެއިން ތަތްތެޅިފައިވާ އަސްލަމެވެ. އަސްލަމްގެ ބޮލާއި ދިމާލަށް ލޭ ކޯރެއް ހެދިފައިވާއިރު އޭނާގެ ގައިގައި ވެސް ކޮންމެސް ވަރަކަށް ލޭ ހޭކިފައި ހުއްޓެވެ. ލޯމަރާލުމަށްފަހު ދެފަރާތަށް ބޯ ހޫރުވާލައި ލޯހުޅުވާލީ އޭނާއަށް ފެނުނީ ހަޤީޤަތެއް ނޫންކަމަށް ހީކޮށެވެ. ނަމަވެސް ދެވަނަ ފަހަރަށް ލޯހުޅުވާލި އިރުވެސް ފެނުނީ ހަމަ އެއް މަންޒަރެކެވެ. އެއޮތީ އޭނާގެ ލޯބިވާ ބައްޕައެވެ. ބައްޕައަށް ވީ ކީއްބާއެެވެ؟ ލޫތުގެ ހިތުގެ ތެޅުން ހުއްޓުނު ކަހަލައެވެ. ނޫނެކެވެ. މިހެން […]
“އޭ ލޯބިވާއެވެ. އަހަރެންގެ ހަޔާތަށް ތިގެނެސްދިނީ ކޮންފަދަ އުފާވެރި ކަމެއްހެއްޔެވެ؟ މި އިހްސާސްތައް އަހަރެންނަށް ވަރަށް އަލެވެ.މި އިހްސާސްތައް ގަލަމަކުން ބަޔާން ކޮށްދޭނީވެސް ކިހިނެއް ހެއްޔެވެ؟ ތިބާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ތެޅިލަނީ ތަފާތުގޮތަކަށެވެ. އަބަދު އަހަރެންނަށް އޮވެވެނީ ކަލާގެ ހަނދާނުގައެވެ. ކަލާގެ ލޯބި ހިނިތުންވުމެވެ. ފަރި ފަރި ހިނގުމެވެ. ހޭލާ ހުއްޓަސް ހުރެވެނީ ހުވަފެންބަލާށެވެ. ނިދުނަސް ފެންނަނީ ކަލާގެ ހުވަފެންތެކެވެ.” ލޫތު އޭނާގެ ހިތުގެ ހާލު ޑައިރީއާއި ހިއްސާކުރަމުން ދިޔައިރު ތުންފަތްމަތީގައި ވަނީ […]
އަހަރެންނަކީ އަނިޔާވެރި އާއިލާއެއްގެ ތެރޭގައި ދުވަސްތައް ހޭދަކުރަމުންދާ ކުއްޖެކެވެ. ބައްޕަ އާއި ބޭބެ އަހަރެން ވަރަށް ކުޑަައިރުއްސުރެ ނަފްރަތުކުރެއެވެ. އަދި އަނިޔާވެސް އަހަންނަށް ކުރެއެވެ. ނަމަވެސް އަހަރެން ރައްކާތެރި ކޮށްދިނުމަށްޓަކައި އަހަރެންގެ މަންމަ ވަރަށް މަސައްކަތްކުރެއެވެ. ދުވަސްކޮޅަކަށްފަހު ވީނުވީއެއް ނޭނގުނެވެ. އަހަރެންގެ މަންމަ ގެއްލިއްޖެއެވެ. އަހަރެންގެ އެ ލޯބިވާ މަންމަ އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ ބައްޕަ އާއި ބޭބެ އަހަަރެންނަށް ކުރާ އަނިޔާތަށް ހައްދުފަހަނައަޅާ އަހަންނަށް ކެތްނުކުރެވޭ ވަރަށް އަނިޔާތައް ގިނަ ވެއްޖެއެވެ. މަންމަ ގެއްލުމުގެ ހުރިހާ […]
ވިއްސާރަ ރެއެކެވެ. އިޝާ ނަމާދު ވަގުތު ވެހެންފެށި ވާރޭ މިހާރު ކުރިއަށްވުރެވެސް ބޯކޮށްލައިފިއެވެ. ބޯކޮށް ވާރޭ ވެހެމުންދާއިރު އެންމެންވެސް ބަލާނީ ރަޖާދަށަށް ވަދެ އަރާމުކޮށް ނިދާލެވޭތޯއެވެ. ނަމަވެސް އަހަރެން ނުނިދާ އިންތިޒާރުކުރަމުން ދިޔައީ އަހަރެންގެ ފިރިމީހާއަށެވެ. އިރުއޮއްސުނުއިރު ނުކުމެގެން ދިޔަ މީހާ އަދި ގެއަކަށް ނާދެއެވެ. ރޭގަނޑުގެ ކެއުން ތައްޔާރުކުރިގޮތަށް މޭޒުމަތިން ތަށިތައްވެސް ހުރީ ނުނަގައެވެ. ޝާފީ ނިންދެވުމަށްފަހު އަހަރެން އުޅުނީ ހެދުންތަކެއް ފެހުމުގެ މަސައްކަތުގައެވެ. މިރޭ ކޮންމެހެން މި މަސައްކަތްފެށީ ނަޒީލް އަންނަންދެން ހޭލާ އިނުމުގެ […]
ހެމުންދާ ރޯޅިތައް ފިނިވާން ފަށަައިފިއެވެ .ތެއްފިންނެވެ. ކަޅުވިލާގަނޑުތެރެއިން ގެހެމުންދާ ރޯޅިތައް މަޑުމަޑުން ޒޯޔާގެ ދޮންކޯތާފަތުގައި ބީހެމުންދެއެވެ، މާ ގިނަ އިރުތަކެއް ނުވެ ވާރޭވެސް ވެހެންފަށައިފިއެވެ . ވާރޭތިކިތައް ޒޯޔާގެ ލޫޅާފަތި ހަށިގަނޑުގައި ބޮސްދެމުންދެއެވެ. ނަމަވެސް މިވަގުތު ޒޯޔާ އައް އެއިން އެއްވެސް ކަމެއް އިހުސާސްވާކަހަލަ އެއްނޫނެވެ. އެއައްވުރެބޮޑަށް ޒޯޔާގެ ހިތްވަނީ ކުދިކުދިވެފައެވެ. ބިންމަތީގައި ކަކޫ ޖަހައިގެން ޒޯޔާގެ ރޯމަންޒަރު ފެންނަ މީހަކުގެ ހިތް ހަމްދަރުދީ އިން ފުރޭނެއެވެ. ”ނޫންންންން!!!!! ”. ޒޯޔާ ބޮލުގައި ދެއަތް އަޅާ ބާރަށް […]