Skip to content
އެސްފިޔަ

އަބަދަށް ނިމުން

ކުރިޔަށް ދަނީ ދިވެހި ގަޑިއެވެ. މުދައްރިސް ތައްޔާރުވެގެންއައީ މަޒުމޫނު ލިޔާގޮތް ކިޔައިދިނުމަށެވެ. ލުތުފީ އިނީ ކަނުލައި މުދައްރިސް ކިޔައިދެއްވާ އިރުޝާދުތައް އަޑުއަހާށެވެ. މާދަމާގެ ދިވެހި ގަޑިއަށް މަޒުމޫނެއް ލިޔަން ޖެހިދާނެއެވެ. ލިޔަން ތައްޔާރު ވުމަށްޓަކައިވެސް މުދައްރިސް ދެއްވާ އިރުޝާދުތައް ކޮންމެހެންވެސް އަޑުއަހަން އެބަޖެހެއެވެ. ލުތުފީ އަކީ ރަނގަޅު މާތް އަޚްލާގެއްހުރި ކުއްޖެކެވެ. ޞާލިޙު ކިޔަމަންތެރި އަދި އޯގާތެރި ކުއްޖެކެވެ. ހަސީނާގެ ހަމައެކަނި ހުރި އުފަންދަރި ލުތުފީ އަކީ ހަސީނާގެ އުފަލެވެ. ހިތްހަމަ ޖެހުމެވެ.

ކްލާހުގެ އެންމެން ހަލަބޮލިވެ އުޅެނީއެވެ. އެކި ކުދިން އެކި ކަންކަމުގައި ޝާމިލްވެ އުޅެއެވެ. ލިބުނީ ހުސް ގަޑިއެކެވެ. ބައެއްކުދިން ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްޓަކައި ނުނިމި ހުރި ފިލާވަޅުތަކުގެ މަސައްކަތް ނިންމަނީއެވެ. އަނެއްބައި ކުދިން ކްލާސްތެރޭ މަޖާ ކުރަނީއެވެ. އެކި ފާޑު ފާޑުގެ ވައްތަރުގެ ގޭމްތައް ކުޅެނީއެވެ. ލުތުފީވެސް ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްޓަކައި ނުނިމި ހުރި މަސައްކަތްތައް ނިންމަނީއެވެ.

ޖާބިރު އަކީ ލުތުފީގެ ކްލާސް ކުއްޖެއް ކަމުގައި ވިޔަސް ވަރަށް ތަފާތު މިޒާޖެއްގެ ކުއްޖެކެވެ. އަބަދުވެސް ކްލާހުގެ ކަނެއްގައި އިނުމަށް އޭނާ ލޯބި ކުރެއެވެ. މިއަހަރު ފެށުނީއްސުރެވެސް މިތަފާތު މިޒާޖުގެ ޖާބިރު ހުންނަނީ ލުތުފީ އާއި ހަސަދަލައިފައެވެ. އެހަސަދަ ލައިފަ އެހުންނަނީ ކީއްވެ ކަމެއް ލުތުފީއަކަށްވެސް ނޭނގެއެވެ. ލުތުފީއަށް މޮޅަށް ކިޔަވަން އެނގޭތީ ބާވައެވެ؟ ޞާލިޙު ކުއްޖަކަށް ވާތީ ބާވައެވެ؟ މިއަދުވެސް ޖާބިރު ލުތުފީއާއި ދިމާލަށް ގަޅި ބުރިއެއް އެއްލިއެވެ.

“މާ މަޑުން ކުލާހުގައި އިނަސް، މާދަމާ ނޭނގެ ފެތުރޭނެ އަޑެއް”

ލުތުފީއަށް ޖާބިރު އެބުނި އެއްޗެއް އަޑު އިވުނަސް، އަޑުނީވޭ ކަމަށް ހަދާލައިފައި އޭނަގެ މަސައްކަތާއި ޝާމިލްވިއެވެ. ނަމަވެސް ކްލާހުގެ އެހެން ކުދިންނަށް ޖާބިރު އެބުނި އެއްޗެއްގެ އަޑު އިވުނެވެ. އެންމެންވެސް ކާކާއި ދިމާލަށް ބުނި އެއްޗެއްތޯ ބެލުމަށްޓަކައި އެކަކު އަނެކަކުގެ މޫނުމައްޗަށް ސުވާލުގެ ނަޒަރަކުން ބަލަމުން ދިޔައެވެ. ޖާބިރުގެ ލޮލުގެ ނަޒަރު ހުއްޓިފައިވަނީ ހަމައެކަނި ލުތުފީއަށެވެ. އެންމެންވެސް ޖާބިރުއާއި ދިމާލަށް ބަލައިލުމުން އެހެން އެބުނީ ކާކާއިދިމާލަށްކަން އެނގުނެވެ.

ޖާބިރު މިވަގުތުވެސް އެވިސްނަމުންދަނީ ލުތުފީއަށް ދޭނެ ހަމަލާއަކާއި މެދުއެވެ. އޭނަ ވިސްނީ ލުތުފީ ބައްދައިލެވޭނެ ގޮތަކާއި މެދުއެވެ. ކުއްލިޔަކަށް އޭނަގެ ޚިޔާލަށް އައީ ކުލާހުގެ އެންމެ މުއްސަނދި ކުއްޖާގެ އަތުން ގަލަމެއް ނަގާފައި ގެނެސް ލުތުފީގެ ޕާހަށް އެގަލަން ލުމަށެވެ. މިކަން ޚިޔާލަށް އައި ގޮތަށް އޭނާ މަސައްކަތް ފެށިއެވެ. މަޑުމަޑުން ހިނގާފައި ގޮސް މުއްސަނދި އާއިލާއަށް ނިސްބަތްވާ ޔާމީނުގެ ޕާހުން ރީތިކޮށް ފަރުމާކޮށްފައިވާ ނޫކުލައިގެ “އޯޝަންޖެލް” ގަލަމެއް ނެގުމަށްފަހު ޖާބިރު ވަރަށް ސިއްރުން ޔާމީނާއި ދުރަށްޖެހިލުމަށްފަހު ލުތުފީގެ ޕާހަށް އެގަލަން ލިއެވެ.

ޔާމީނު މަސައްކަތް ކުރާން ބެލިއިރު އޭނާ އެންމެ އަގު ބޮޑުކޮށް ގަތް އޯޝަންޖެލް ނޫގަލަމެއް އޭނާގެ ޕާހަކު ނެތެވެ. ލުތުފީވެސް މަސައްކަތް ކުރާން އިނދެފައި ރަބަރު ނެތުމުން ރަބަރު ނެގުމަށްޓަކައި ޕާސް ހުޅުވާލިއެވެ. ލުތުފީއަށް ފެނުނީ އެނާ ދުވަހަކު ކޮޅުންވެސް ސްކޫލަށް ނުގެންނަ ގަލަމަކެވެ. ލުތުފީ ހުރީ ވާނުވާގައެވެ. ލުތުފީއަށް ޔަޤީން ކުރެވުނީ މިއީ ކްލާސްތެރޭ ކުއްޖެއްގެ ގަލަމެއް ކަމެވެ. ލުތުފީ ކޮޅަށް ތެދުވެލައިފައި އެގަލަން ކުލާސް ތެރެއަށް ދައްކައިލަމުން ބުންޏެވެ.

“މިއީ ކާކު ގަލަމެއް؟”

ޔާމީނަށް ލުތުފީއަށް ބަލައިލެވުނުއިރު ލުތުފީގެ އަތުގައި އޮތީ ޔާމީނުގެ ގަލަމެއްކަން ޔަޤީންވިއެވެ. ޔާމީނަށް އެއީ އޭނާގެ ގަލަމެއްކަން އެނގުމުން އޭނަގެ ގާތަށް އައި ރުޅިން ލުތުފީއާއި ދިމާލަށް ވަގެކޭ ގޮވުމަށްފަހު ލުތުފީގެ އަތުން އެގަލަން ޖަހައިގަތެވެ. މައްސަލަގަނޑު ބޮޑުވީ ދެނެވެ. ލުތުފީއާއި ދިމާލަށް ނުގޮވާ ރޯއަވަގުރައާނައެއް ނެތެވެ. ދެން ދިޔައީ ދާންނުވާ ހިސާބަށެވެ. އެންމެ ފުރަތަމަވެސް ޔާމީނުގެ އަތުން ލުތުފީގެ ކަންކަށިމަތީ ވީއްލައިލިއެވެ.

ލުތުފީ އިނީ ގޮތް ހުސް ވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ބަސް ހުއްޓިފައެވެ. އޭރު ޖާބިރު ހަމަ ހީލަހީލަ އަތްޖަހަޖަހަ އިނެވެ. ލުތުފީ ގޮނޑީގައި އިންދާ ޔާމީނު އައިސް ލުތުފީގެ ދަބަސް ނެގުމަށްފަހު އަތަށް ހެޔޮވަރު ކޮށްލުމަށްފަހު އެދަބަހުގައި ހުރި ހުރިހާ އެއްޗެއް ބިން މައްޗަށް އޮއްސާލިއެވެ. އަތުން ގޯނާތައް ކުރިވަރަށް އަނގައިންވެސް އެވަރު އަރުވާލިއެވެ. ލުތުފީގެ މަންމަ އާއި ބައްޕައާއި ދިމާލަށް އެއްޗިހިކިއެވެ. ލުތުފީއަކީ ފަގީރު އާއިލާއަށް ނިސްބަތްވާ ކުއްޖަކަށްވާތީ، ލުތުފީ އާއި ދިމާލަށް ފަގީރުކޮއެގެ އާއިލާއިން އައި ކުއްޖެކޭ ކިއެވެ. މައްސަލަގަނޑު މިހާ ހިސާބަށް ދިޔައިރުވެސް ކުލާހުން އިސްއުފުލާލައި މިކަން ހުއްޓާށޭ ބުނާނެ ކުއްޖެއް ނެތެވެ.

އެލުވާލި ހުރިހާ މަޅިއެއްގައި ލުތުފީ މިވަނީ ނޭނގި ނަމަވެސް ޖެހިފައެވެ. ލުތުފީ ގެއަށްގޮސް މަންމަ ކައިރީ މިވާހަކަތައް ބުނަން ހުރި ނަމަވެސް އެކަމަށް ފަސްޖެހުނެވެ. އަނެއްކާ މަންމަ ގޮސް ސްކޫލުގައި މިވާހަކަތައް ބުނާއިރަށް، އެމީހުންނަށް އެކަން އިނގޭ އިރަށް ކުރާނީ ކީއްބާއޭ ހިތަށް އެރިއެވެ. ދޭނީ ކޮންފަދަ އަނިޔާއެއްބާއޭ ހިތައް އެރިއެވެ. ކަން މިހެން އޮތް ނަމަވެސް ޖާބިރު އާއި ޔާމީނުގެ އުނދަގުލުން ސަލާމަތްވާނެ ގޮތެއް ނޭނގުނެވެ. އެމީހުންގެ އުނދަގޫތައް ދުވަހެއް ދުވަހެއް ދަނީ އިތުރުވަމުންނެވެ.

މަގުމަތިން ހިނގާފައި ދާއިރު ލުތުފީގެ މަންމަ ހިނގަނީ މިހެންނޭ ކިޔާ ޖޯކު ޖަހާ ހިނގަމުން ދެއެވެ. ލުތުފީގެ ގައިގައި އަތްނުލާދާ އެންމެ ދުވަހެއްވެސް ނުދެއެވެ. އަތުންފައިން ގޯނާ ކޮށްނުލައި ދާ ދުވަހެއް ނާދެއެވެ. ލުތުފީގައިގައި ހުންނަ ހުރިހާ އައިބުތަކެއް ފާހަގަކޮށް މަލާމާތް ކުރަނީއެވެ. މުޅި ސްކޫލް ތެރެއަށް ލުތުފީ ވަނީ ބަދުނާމުކޮށްލައިފައެވެ. ލުތުފީއަށް އިސްއުފުލާލައި ކަމަކާ ކުރިމަތިލާން ނުކެރޭ ވަރުކޮށްފައެވެ. ލުތުފީގެ އަނގައިން ބަހެއް ނުނިކުންނަ ވަރަށް އަނގަ ވަނީ ބަންދު ކޮށްލުވައިފައެވެ. ކޮންމެ އަކަސް ލުތުފީގެ ދުނިޔެ އަނދިރި ގަނޑަކަށްވެއްޖެއެވެ.

ހަސީނާގެ ހުރި ހަމައެކަނި މި ރަންޖަވާހިރު އޭނާއަށް މިހާރު ތަފާތު ވެއްޖެއެވެ. މިހާރު އެއީ ކުރީގެ ލުތުފީއެއް ނޫނެވެ. ވާހަކަ ދައްކާ އަނގައިން ބުނެލާލެއް މަދެވެ. މަންމައަށް ކަންތައްތައް ކޮށްދޭލެއް މަދެވެ. މޫނުމަތީގައި ހުރި މާޔޫސްކަން ކަނޑައިގެން ނުދެއެވެ. ސްކޫލަށް ދާން ލުތުފީ ފަސް ޖެހެއެވެ. ސްކޫލަށްދާން ގޮވުމުން ނުދާން ގަދަ ދައްކައެވެ. ވެގެން އުޅޭ ގޮތެއް ހަސީނާގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. ކޮންމެއަކަސް ހަސީނާއަކީ މީހުން ކައިރިން އަމިއްލަ ދަރިފުޅުގެ ވާހަކަ ހޯދާ މީހަކަށް ނުވާތީ މީހެއްގެ ފަރާތުންވެސް ލުތުފީއަށް ވެގެން އުޅޭ ގޮތެއް ނޭނގުނެވެ.

ރީތިވެގެން ގަޑި ބަލައިލިއިރު ގަޑިން 06:15 ވެއްޖެއެވެ. ސްކޫލުގެ ރަނގަބީލު ޖަހާނީ 07:15 ގައެވެ. ހަސީނާ އަވަސްވެލީ ލުތުފީ އަށް ގޮވުމަށެވެ. އޭނާގެ ދަރި ނިދާ ކޮޓަރީގެ ތަޅުގައި ހިފާލައިފައި ސްކޫލަށް ދާން ތެދުވާން ގޮވާލިއެވެ. ނަމަވެސް ކޮޓަރި ދޮރު ވަނީ ތަޅު ލައިފައެވެ. ދެވަނަ ފަހަރަށްވެސް ގޮވާލިއެވެ.

“ދަރިފުޅާ ލުތުފީ! މިހާރު އެއޮއް ގަޑިން 06:15 ވީ އަވަހަށް ތެދުވެބަލަ. މަންމަ މިދަނީ އިންޓަވަލް ހަދަން”

ލުތުފީގެ ހަބަރެއް ނުވިއަސް ހަސީނާގެ މާބޮޑު ސަމާލުކަމެއް ނުދީ އިންޓަވަލްއަށް ގެންދާނެ އެއްޗެއް ތައްޔާރު ކުރުމަށްޓަކައި މަސައްކަތް ފެށިއެވެ. ވަގުތު ފާއިތުވެގެންދާއިރު ލުތުފީގެ އެއްވެސް ހަބަރެއް ނުވެއެވެ. އަނެއްކާވެސް ގޮވާލިއެވެ. ކުރިންނެކޭ އެއްފަދައިން މިފަހަރުވެސް ހަމަ އެއްވެސް ހަބަރެއް ނުވިއެވެ. ކޮޓަރި ތަޅުލާފައި ވުމުން ކޮޓަރީގެ ތަޅުދަނޑި ހޯދަން ހަސީނާ މަސައްކަތް ފެށިއެވެ. ޓީވީ ރެކުގައި އިން މޮހޮރެއްގައި އަޅުވާލައިފަ އިން ތަޅުދަނޑިފަތި ހިފައިގެން އައިސް ކޮޓަރީގެ ތަޅުދަނޑި ހޯދުމަށްފަހު ކޮޓަރި ހުޅުވާލިއެވެ.

ކަމަކު ދާކަށް ނެތެވެ. ހަސީނާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ މައްޗައް އެލުވާލައިފައި ހުރި ލުތުފީގެ ފައެވެ. މައްޗަށް ބަލާލިއިރު ލުތުފީ ކޮޓަރީގައި ކުރީގައި އިންނަ ފަންކާ ނަގާފައި އިންނަ ބުޅި ގަނޑަށް ލުތުފީ ހުރީ ދަންޖެހިފައެވެ. މައްޗައް އަރަން ބޭނުންކުރި ގޮނޑި ވެސް އޮތީ ތަޅަން މައްޗައް ވެއްޓިފައެވެ. މަންމާއޭ ކިޔާ ހަސީނާއަށް ހަޅޭލަވާ ގަތެވެ. ހުރި ފިޔަވަޅު މަތީ ހުއްޓި ރޯން ފެށިއެވެ. ކުރާނީ ކީއްބާއޭ، ގުޅާނީ ކާކަށްބާއޭ ހަސީނާގެ ހިތަކަށް ނައެވެ. ކައިރި ގޭގެ އައްޔަބޭއަށް ހަސީނާގެ ރޯއަޑުފަށްގަނޑު އިވުމުން ވެގެން އުޅޭ ގޮތެއް ހޯދުމަށް އެގެއަށް ވަނެވެ.

އައްޔަބޭ ގެއަށްވަދެ ލުތުފީގެ ކޮޓަރިއަށް ވަތްއިރު ދަންޖެހިފަ އޮތްތަން ފެނުމުން ބަލަން ނުހުރެ އެނދު މައްޗައް އަރައި ވާގަނޑު މޮހާލުމަށްފަހު އެނދަށް ތިރިކުރިއެވެ. އޭރުވެސް ހަސީނާގެ ލޮލުން ކަރުނަ ކަނޑައިގެން ނުދެއެވެ. އައްޔަބޭ އަވަސް އަރުވާލައިފައި ހޮސްޕިޓަލަށާއި ޕޮލިސްޓޭޝަނަށް ގުޅިއެވެ. ފުލުހުންގެ ތަހުގީގަށް ބަލައިބެލުންތައް ބެލުމަށްފަހު މަރުވެފައިވާ މަސްގަނޑު ހޮސްޕިޓަލަށް ފޮނުވައިލިއެވެ.

ސްކޫލަށްވެސް މިހަބަރު ފޯރު ކޮށްދީފިއެވެ. ލުތުފީގެ ކްލާސް ޓީޗަރަށް މިހަބަރު ލިބުމުން ކްލާހަށް ގޮސް މިހަބަރު ކްލާސް ކުދިންނަށް ދިނެވެ. ލުތުފީ ނިޔާވެއްޖެކަމުގެ މި ޙިތާމަވެރި ހަބަރު ކްލާސް ކުދިންނަށް ދިނުމުން އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ ޖާބިރުއަށާއި ޔާމީނަށެވެ. މިކަން މިގޮތަށް ދިމާވީ އެމީހުންގެ ސަބަބުންބާއޭ ހިތަށްއެރިއެވެ. ކޮންމެއަކަސް އެހެންޏާ ނުވާ ކަހަލަ އިޙްސާސެއް މިއަދު އެދެކުދިންނަށް ކުރެވިއްޖެއެވެ.

ހަސީނާގެ ރަންޖަވާހިރު ގެއްލުނީއެވެ. ޖާބިރުއާއި ޔާމީނު މުނިފޫހި ފިލުވުމަށް ގެންގުޅުނު ކުއްޖާ ގެއްލުނީއެވެ. މިދުނިޔެއިން އެފުރާނަ އަބަދަށް ނިމިގެން އެދިޔައީއެވެ. ދުވަސްތައް ފާއިތުވަމުން ދިޔައިރުވެސް ޖާބިރުއާއި ޔާމީނުގެ ހިތްނުތަނަވަސްކަން ފިލައިގެން ނުދެއެވެ. އެދެކުދިން އެކަކު އަނެކަކަށް އެކައްޗެއް ކިޔައިގެން ހަސީނާ ކައިރިން ވީހުރިހާ ގޮތެއް ކިޔައިދިނުމަށްފަހު މަޢާފަށް އެދުނެވެ. ކޮންމެ ގޮތެއް ވިޔަސް އެލުތުފީއެއް ދެނެއް ނާންނާނެއެވެ. ހަސީނާ އެދެކުދިން މަޢާފަށް އެދުނީތީ ހަސީނާގެ ހިތުގައި ހިތްބުރަކަމެއް ނުބާއްވައި ހެޔޮހިތުން މަޢާފްކުރިއެވެ.

 

ނިމުނީ

 

 

Comments (25)

  1. Ihoo

    Assalamu alaikum..How are u all??Anehka vx miothy new short story eh genesdhyfa..Hope u guys like it???..If there are mistakes please let me know so that I can improve in the future..Jazakallahu khairan??..
    #spoiler alert#
    There is an upcoming long story Im working on it now..I will bring it to you guys as soon as Im done with it..
    &Thank U 4 the support ??

  2. DHONTHY

    Vaahaka hama vvvv reethi ingey.. Long story eiy genesdheynamey buneema v kiyaa hiy vejje… Avahah genesdhechchey ingey Ihoo.. Love you so much Ihoo

    1. Ihoo
      DHONTHY

      Jazakallahu khairan ?? In sha allah nimunu haa avahakah genesdheynan..Love u 2 ??

  3. Shahu

    Varah salhi ? ? ? ? ? ? love you sis

    1. Ihoo
      Shahu

      Jazakallahu khairan?? Love u 2??

  4. jiji

    Wow very nice ma sha allah???…V v v iburaiytheri vhk eh miyakyy??????..Nd long story ehgenesdheynameu bunyma v kiyaa hithun mihuryy?????????..waitinnnn <3

    1. Ihoo
      jiji

      Jazakallahu khairan????

  5. Ihoo

    Kanda elhigen vaki dhuvaheh bunaakaah neyngey..In sha allah nimunu haa avahakah genesdheynan??..School ah dhaathy v busy..?

    1. Its me
      Ihoo

      How long would the story be? Mibuny abt kithah part innaanehey storyga? Maa kurukoh parts nugenesdheyhchey ingey lwbiii ???

    2. Ihoo
      Ihoo

      Adhi liye nuvx nimey iru kihineh bunan ingeyny kithah part kan ? Insha allah part thah kureh nukuraanan ??

    3. Ihoo
      Ihoo

      In sha allah eba balan eid ga anehka vx kuru vhk eh genesdheveytho??

  6. Its me

    Masha allah.. Ihoo ge ehn story thakaa balaafa mi storyga thafaath gotheh hurikan faahaga kurevey..?? I mean meege basthah athuraalaafa huree vrh reethi gothakashey.. Vrh habeys mi story vs.. ?Curiously waiting for your long story.. Eid ah up kolladheyhchey.. Love you sis.. ?????

    1. Ihoo
      Its me

      Jazakallahu khairan ?? Maybe ?Love u 2 ???

    2. Its me
      Its me

      Do you knw me?

    3. Ihoo
      Its me

      Maybe ??

  7. ®¥N

    V.. Reethi. V thafaathu

    1. Ihoo
      ®¥N

      Jazakallahu khairan ??

  8. ??

    Hello.. guess who im

    1. Bestie ?
      ??

      High❤️??

    2. Bestie ?
      ??

      Ihoo’s “classmate”??

    3. Ihoo
      ??

      Your a reader ?

    4. ??
      ??

      @bestie yes im high<3
      U knew me
      @ihooo y not u.. Reader ekoa.. So rude? anyway im not a reader just a commenter to diturb u??

    5. Ihoo
      ??

      I already know you..Im really sorry that I was rude ??

  9. ??

    @bestie yes im high<3
    U knew me
    @ihooo y not u.. Reader ekoa.. So rude? anyway im not a reader just a commenter to diturb u??

  10. Felix

    Nice

Comments are closed.