މިއަދު އިއްޔެއަށް ވަނީ އެވެ. ބުރަތަކުގައި ތަފާތެއް ނެތެވެ. ކޮންމެދުވަހަކުގެ ވަދާއުއެކެވެ. ހިތްތައް ފަތަހަވެވި ނަފުސު ޤަތުލުވެތެވެ. ދިރިހުރުމުގައިވީ އެބަޔަކުގެ ވިންދެވެ. އިހުސާސްތަކާއި ތަޞައްވުރެވެ. އިމްނާ ހިނިތުންވެލި އެވެ. އެ ޢާލަމެއްގައި ޤައިދުވެވި ހުރެއެވެ. ބީހުންތަކުގައި ބަލއިަގަތުމެވެ. ރާގުތަކުގައި އޯގާވެރިކަމެކެވެ. އަޑުތައް މަސްހުނިވެ އެއް ހިސާބަކަށް ޖަމާކުރެތެވެ. ހަރަކާތްތައް މަރުގަންނުވާ ލޮލުފިޔަތައް ހަރުވެފައެވެ. ހަމައެކަނި އެ ފުރާނައަކަށްޓަކައެވެ. އެއީ ކުޑަ ވަގުތުކޮޅެއްގެ ކަމެކެވެ. ޖިސްމުގެ ސިއްހަތު ކަށަވަރުވުމުން ބެހިދިއުމަށެވެ. އެ އޮއިވަރެއްގައި ފިކުރާތައް ވާވައްދުވިފައެވެ. މި ހަށި […]
ބޯކޮއް ވެހެމުންދާ ވިއްސާރައިގައި ވައިޖެހެމުންދަނީ ވަރައް ބާރައްށެވެ. ލަފާކުރެވޭ ގޮތުންނަމަ ހީވަނީ ތޫފާނެއް އައިސްގެން އުޅޭހެންނެވެ. ގަސް ގަހުން ވެރިފައި ހުންނަ ހިކިފަތް ތަކާއި، މަގުމައްޗައް ުކާފައި ހުންނަ ކުނި ބުނިތައް ދަނީ ވަޔާއި އުދުހެމުންނެވެ.މަގުމަތިން މީހެއްގެ ހިލަމެއްނުވާއިރު ދުއްވާއެއްޗެހީގެ ހިލަމެއް ވެސް ނުވާތީ ހީވަނީ މުޅިރައް އެކީ ފަޅުވެފައި ވާހެންނެވެ.ވެހެމުންދާ ވާރެޔާއި ޖެހެމުންދާ ވައިގެ އަރާމުކަން ހޯދުމައް ރަށުގެ ރައްޔިތުން އަވަސް ވެފައިވާ ރޭގަނޑެގެ މި ފިނި ވަގުތުގައި، މަގުގެ އެއްފަރާތުން މަޑުހިންގުމެއް ގައި ހިންގާލައިފައި […]
ބޭރުގައި އުޅެފައީ ޝިނާނަށް ގެޔަށް އާދެވުނުއިރު ހުރީ މެންދުރުން އަނބުރާ އެކެއް ޖަހައި ބޮޑުވެފައެވެ. މިހާރު ޖަމްނާ އިންނާނީ އޭނާގެ އިންތިޒާރުގައެވެ. ” ޒިންދަގީ ރެސްޓޯރެންޓު ” ގެ މަތީ ފަންގިފިލާގައެވެ. ޝިނާނު އައި މަގުމަތީ ޖަމްނާ ވަނީ ފަސް ފަހަރު ޝިނާނު ނައިސް ލަސްވެގެން ގުޅާފައެވެ. ޝިނާނު އަވަސް ކޮށްގެން ރެސްޓޯރެންޓަށް ދިޔައިރު ޖަމްނާ ކުޑަކުއްޖެއްހެން ތުންދަމާފަ ބޮޑާ ހާކަން އިނެވެ. އަންހެނަކަށް ވުރެ ޝިނާނު ތަތް ވާނޭ ކިޔާ ދިމާ ކުރަން ފެށިއެވެ. ޝިނާނު […]
ދުވަހަކީ އިރުވައިގެ އެންމެ ހޫނު ގަދަ ދުވަސްތަކުން ދުވަހެކެވެ. ވައިރޯޅިއެއް އަމުދުން ނުޖެހެއެވެ. އުޑުމަތި ހީވަނީ ކުރޮޅި ތަޅައިލި ނާއްޓެއް ހެންނެވެ. ކަނޑަށްވެސް ހީވަނީ ތެޔޮ އަޅާފައި ވާހެންނެވެ. މުޅި މާހައުލުގައި ވަނީ ދިލަ ހޫނެކެވެ. އާނާ އަވަދިނެތި ގޭތެރޭގެ މަސައްކަތުގައި ޙަރަކާތްތެރިވަމުން ދިޔައެވެ. ފުރިހަމައަށް ތަރުތީބުކޮށްފައިވާ ގޭތެރެއަށް ނަޒަރު ހިންގާލުމުން އާނާއަކީ ގެވެހި އަންހެނެއްކަން ފަހުމްވެއެވެ. ގޭގެ ފަރުނީޗަރުތައްވެސް ވަނީ ރަނގަޅަށް ސާފު ކުރެވިފައެވެ. އެންމެ ހިރަފުސްކޮޅެއްވެސް ނެތެވެ. ހީވަނީ ހަމަ ދެންމެ ގަނެގެން ގެނެސްފައިހުރި […]
ފަތިހުގެ ހޭލެވުމެވެ. ދޫނިތައް ގޮވައިގަތެވެ. އާންމު އަޑުތަކަކުނެއް ނޫނެވެ. އޭގަައި ވަނީ ތަރާނާ އެކެވެ. ހިތްތައް ސުލޫކު ކުރުވަދެއެވެ. ނޭވާތަކުގައި ބަރުކަމެކެވެ. ނިދުމުގައި އާވާރާވެވިފައެވެ. ޤުދުރަތުގެ އަޑަކަށް ސަމާލެއްނެތެވެ. އެބަޔެއްގެ އަމިއްލަ އަޑުތަކެވެ. ބޭނުންވެފައިވި ވަގުތެއްގައި ހަށިތައް ކޮއްޅަށް ޖެހުމަށެވެ. ދުންޔަވީ މަސްއޫލުތަކެވެ. އެކަމެއްގައި ނޫނީ ޝަައުޤު އުފެއްދުމެއް ނެތެވެ. ނުރަނގަޅު ނަޒަރުތައް ބަލައިގަތުމަށް ފަސޭހަވެފައިވީތީ އެވެ. ދުނިޔޭގެ އާދަ އަށް އެކަން ވެފައިވުމުންނެވެ. ޞާލިހެއްހަގައި ވުމީ ޢައިބެކެވެ. ޢީމާނުގައިވި ބަލިކަށިކަމެވެ. އަދި އުނގެނުމަށް ލޯބި ނެތުމެވެ. […]
މެންދަމުން އަލިވެ ހަނދު އޭގެ ވާގިބު އަދާ ކުރަމުން ދިޔަވަގުތެވެ. އުޑުމަތި ވަރައް ވެސް ހިއްގައިމެވެ. ހަމަޔަގީނުން ވެސް ބަލާ މީހަކު ބަލާ ބަލާ ފޫހިނުވާނެއެވެ. އެހިއްގައިމު ތަރިތަކެވެ. އެހިއްގަިމު ހަނދެވެ. އުޑުމަތި ރީޗެ ވައިވެސް ޖެހެމުން ދަނީ އާދައިގެ ވަރަކައްށެވެ. މި ހިއްގައިމު ވަގުތުގައި ވެސް އޭނާގެ މޫނުމަތިން ފެންނަނީ އުޑާސްކަމެވެ. ހިތާމަ އާއި އަނިޔާއެވެ. އެ އެދެލޮލުން އަބަދުމެ ކަރުނަ ހިލި ހިލި ހުރި އިރު އަގައިން އެއިއްވާލާ މަދު ގިސްލުމުގެ އަޑުން ވެސް […]
ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްއިން ނުކުތް އަންހެން ކުއްޖާއަށް އެތަށް ބައެއްގެ ލޯ އަމާޒުވަމުން ދިޔައެވެ.މަޑު ނޫ ކުލައިގެ ހެދުމަކާ އެކު ކަޅު ސްކްނީއެއްގައި ހުރި އިރު ޅޫލާފަތި ހަށިގަނޑާ ދިގު އިސްކޮޅާ ނުހަނު ގުޅެއެވެ.ފަން އިސްތަށިގަނޑު މައްޗަށް އައްސާފައި ހުރި އިރު ލުއި މޭކްއަޕްއެއް ކޮއްފައި ހުއްޓެވެ. “ރިއާ”ރީއާ ބަލައި އައިސް ތިބި އޭނަގެ އާއިލާ މީހުންނާއި ރައްޓެހިން ރިއާ ފެނުމުން ގޮވާލިއެވެ. ވަރުބަލިވެފައި ހުރިވަރުން ގެއަށް ގޮސް ފުރަތަމަ ވެސް ރިއާ ފެންވަރައިލައިގެން ނިދީއެވެ.ރީއާއަށް ހޭލެވުނުއިރު […]
ފަތިހުގެ ފިނި ފިނި ވަގުތެވެ. އަތިރިމައްޗަށް ބީއްސާލާ މޫދުގެ ރާޅުތައްދަނީ ދޮންވެލި ފަސްގަނޑުގައި މަޑުމަޑުން ބޮސްދީފައެވެ. އިރުއޭގެ ވަޒީފާ އަދާކުރަމުން ދުނިޔެއަށް އަލިކަން ފޯރު ކޮށްދެމުން އާދެއެވެ. އުދުހޭ ދޫނިސޫފާ ސޫފީގެ އަޑުތަށް މަޑުމަޑުން އިވެމުންދެއެވެ. އިރުއަރަމުން އެދާ ވަގުތުގައި ދައްކުވައިދެނީ ގުދުރަތީ ރީތިކަމުގެ ވަރަށްވެސް ފުރިހަމަ މިސާލެކެވެ. ގުދުރަތުގެ މިފުރިހަމަ މަންޒަރުތަކަށް ގެއްލިފައިހުރި ޝާމްގެ މޫނުމަތީ ގައިވީ ފެންނަ ކޮންމެ މީހެއްގެ ހިތްތައް ކަތިލާފަދަ ފުރިހަމަ ހިނިތުންވުމެކެވެ. އޭނާއަށް ގުދުރަތުން ދެއްވާފައިވާ ރީތިކަމަކީ އެކަމައްކައްޓަކައި އޭނާއަށް […]
އަހަންނަކީ ދީނާއި ދުރު މީހެކެވެ. ﷲ އޭނާ އަހަރެންގެ ދިރިއުޅުމަށް ގެނެސްދެއްވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް އަހަންނަށް ލިބުނު އެންމެ ބޮޑު އަދި އުފާވެރި ހަދިޔާ އަކީ އަހަރެންގެ އަނބިމީހާއެވެ. އަހަރެންގެ އަނބިމީހާއަކީ ކަޅު ނަމަވެސް ވަރަށް ރީތި އަންހެނެކެވެ. އެކަމަކު އަހަރެން މާ ވަރަކަށް އޭނާގެ މޫނަކަށް ނުބަލަމެވެ. ސަބަބަކީ އޭނާ އަށް ލިބިފައިވާ ތަނަވަސް، ރީތި، ބޮޑު ހިތް އެ މޫނަށްވުރެ ހިތްގައިމުވީމައެވެ. އަހަރެންގެ އަންހެނުންނަށްވުރެ އުފާވެރި ދެވަނަ މީހަކު އަހަރެން ނުދެކެމެވެ. […]