މާޒީ
ޖެހެމުންދާ ފިނި ވައި ރޯޅިތައް ދަނީ މިންހާގެ ދިގު އިސްތަށިގަނޑު ވިހުރުވަމުންނެވެ. ފަސް ގަޑި ބައިވެ، އިރުއޮއްސެން ގާތްވަމުންދާތީ އެތާނގައި ތިބި މައިންބަފައިން އެމީހުންގެ ދަރިން ގޮވައިގެން ގެޔަށް ދިޔުމަށް އަވަސްވެގަންނަމުން ދިޔައެވެ. އެއެންމެންނާ ޚިލާފަށް މިންހާ އެކަނި މާއެކަނި އިނީ އޭނާގެ މަރުވެފައިވާ މަންމަގެ ހަނދާންތަކުގެ ތެރެއަށް ގެއްލިފައެވެ. ކޮންމެ ދުވަހަކު މިގޮނޑުދޮށަށް އަންނަނީ އެފޮނި ހަނދާންތައް އާކުރާން ކަމުގައި ވީނަމަވެސް މިންހާގެ ސިކުނޑިއަށް އަންނަނީ އޭނާގެ ޙަޔާތުގައި ހެދުނު އެންމެ ބޮޑު ގޯހުގެ ހަނދާންތަކެވެ.
އެއީ މީގެ 4 އަހަރު ކުރިއެވެ. މިންހާއަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ އަދި ޢާއިލާގައި ހުރި ހަމައެކަނި ކުއްޖާއެވެ. ކިޔެވުމުގެ އިތުރުން އިތުރު ޙަރަކާތްތަކުގައި ނުހަނު ޝައުގުވެރިކަމާއި އެކު މަސައްކަތް ކުރެއެވެ. ކުރިމަތިވާން އުޅޭ ބޮޑު ކަމެއްގެ ހިލަމެއްވެސް ނުވާ ޙާލު މިންހާ ދުވަސްތައް ހޭދަކުރަމުން ދެއެވެ.
އެހެން ދުވަސްތަކެކޭ އެއްފަދައިން މިންހާ ގެއިން ނިކުތީ އާންމުކޮށް ކުދިން ދާން ޖެހޭ ގަޑީގެ ކުރިންނެވެ. ސަބަބަކީ މިންހާއަކީ ޕްރިފެކްޓަކަށް ވެފައި މިއަދުގެ ގޭޓް ޑިއުޓީގައި ހުންނަން ޖެހެނީ މިންހާ ކަމަށްވާތީއެވެ. ލަސްފިޔަވަޅު ތަކެއްގައި ހިނގަމުން ދިޔައީ އިއްޔެ ކިޔެވި ފިލާވަޅު މުރާޖަޢާ ކުރަމުންނެވެ. ވިސްނުމަށް ގެއްލި ހުސްވެފައި ހުރުމުން މިންހާ ގެންގުޅޭ ނޯޓުފޮތް ވެއްޓުނު ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ މީހަކު މިންހާގެ ކޮނޑުގައި އަތްލިހެން ހީވުމުންނެވެ.
މިންހާ ފަހަތަށްް އެނބުރި ބަލައިލިއިރު ހުރީ އިސްކޮޅުން ދިގު، ބާމަތި ފުޅާ، ހޫޑީއެއް ލައި، ދެކަންފަތަށް ހެޑްސެޓެއް ޖަހައިގެން ހުރި، ހިކި ފިރިހެން ކުއްޖެކެވެ. މިންހާ ކުޑައިރުކޮޅަކު ހުއްޓުން އަރާފައި ބަލަހައްޓައިގެން ހުރީ އެކުއްޖާއަކީ މީގެ ކުރިން އޭނާ ދެކުނު ކުއްޖަކަށް ނުވާތީއެވެ. މިންހާއަށް ހޭވެރިކަންވީ އެކުއްޖާ މިންހާ މޫނުމަތީ އަތް ހޫރާލުމުންނެވެ.
އެކުއްޖާ ބުންޏެވެ. ” ހާއި! ކިހިނެއް ވެފަ ތިހިރީ؟ ”
މިންހާ ޖަވާބުގައި މަޑުމަޑުން ” ކަމެއްނުވެޔޭ ” ބުނެލީ ތިރިޔަށް ބަލަން ހުރެގެންނެވެ.
ކަމެއް ހަނދާންވި ކަހަލަ ގޮތަކަށް އެކުއްޖާ ބުންޏެވެ. ” އާނ.. މީތި ދޭން ވެގެން އަސްލުގޮވީ.. މީ ތީނަގެ އެއްޗެއްދޯ؟ ދެންމެ ދަނިކޮށް ވެއްޓުނު ތަން ފެނިގެން ދޭންވެގެން މިއައީ.. ”
ބޮލުގައި އަތުން މަޑުމަޑުން ޖަހާލަމުން ހީލާފައި މިންހާ ބުންޏެވެ. ” ހުމް… ޝުކުރިއްޔާ! ” މިހެން ކިޔާފައި ސްކޫލަށް ދާން ހިނގައިގަންނަނިކޮށް އަނެއްކާވެސް އެކުއްޖާ މިންހާއަށް ގޮވާލިއެވެ.
” ކޮން ނަމެއްތަ ކިޔަނީ؟ ”
” މިންހާ”
” ހާދަ ރީތި ނަމެއް… އަހަންނަށް ކިޔަނީ އާލިމް… (އަތުކުރި ގަޑިއަށް ބަލައިލަމުން) އަހަރެން ދާންޖެހޭ އެބަ…އުއްމީދުކުރަން އަދި ބައްދަލު ވާނެ ކަމަށް ..”
އެހެން ބުނެފައި އާލިމް ގެޔާއި ދިމާއަށް މަޑުދުވުމެއްގައި ދިޔައެވެ. މިންހާވެސް ޑިއުޓީ ގަޑި ޖެހިދާނެތީ އަވަސް އަވަހަށް ކްލާސްރޫމަށް ވަދެ ފަންކާއާއި ބޮކިތައް ޖައްސާފައި ދަބަސް ގޮނޑީގައި ބެހެއްޓުމަށްފަހު ގޭޓާއި ދިމާލަށް ދިޔުމަށް އަވަސްވެގަތެވެ.
ރަނގަބީލު ޖެހުމާއެކު ހީވީ ސްކޫލަށް ސުނާމީއެއް އެރިހެންނެވެ. ބެލެނިވެރިންނާއި ކުދިން އެކަކު އަނެކަކަށް ވުރެ ކުރިން ކްލާސްރޫމަށް ދިޔުމަށް ރޭހެއް ޖަހާފަދައެވެ. މިންހާ ހުރީ ގަޑިޖެހިގެން އަންނަ ކުދިންގެ ނަންތައް ނޯޓުކުރާށެވެ. އިރުކޮޅަކުން އެސެމްބްލީ ފެށުމާއެކު މިންހާއާއި މުފްލިހާ އަވަހަށް ގޭޓު ބަންދުކުރިއެވެ. ގުރުއާން ކިޔަވާ ނިމުމުން ބެލްޖެހުމާއެކު އަނެއްކާވެސް ދެކުދިން ގޭޓުތައް ހުޅުވިއެވެ. މިއަދު ހުރިހާ ކުދިންގެ ކެމިސްޓްރީ ފޮތްތައް އަތުލަން މިންހާއާއި ހަވާލުކޮށްފައި ވުމުން ގަޑިޖެހުނު ކުދިންގެ ނަންތައް ނޯޓު ކުރި ފޮތް މުފްލިހާއާ ހަވާލު ކުރުމަށް ފަހު އަވަސް ފިޔަވަޅުތަކެއްގައި ކްލާހަށް މިސްރާބު ޖެހިއެވެ.
މިންހާ ދޮރުން ކްލާހަށް ވަތް ވަގުތު މީހެއްގެ ގައިގައި ޖެހި އޭނާ ވެއްޓުނެވެ. އެކުއްޖާ އަވަސްއަވަހަށް މާފަށް އެދެމުން މިންހާ ތެދުވުމަށް އެހީތެރިވާން އަތް ދިއްކޮށްލިއެވެ. ދުވަހަކުވެސް ހިލޭ ފިރިހެން ކުއްޖެއްގެ ގައިގައި އިނގިލިކުރިވެސް ޖައްސާލާފައި ނުވާ މިންހާ އަޅާވެސް ނުލާ އަމިއްލައަށް ތެދުވެ ޔުނިފޯމުގައި ހުރި ކިލާތައް ފޮޅަން ފެށިއެވެ.
އާލިމްގެ އަތުގައި އެކުއްޖާ ނުހިފުމުން ރަކި ވެގެން ބޯ ކަހަން ފެށިއެވެ. އާލިމްއަށް މިންހާގެ މޫނު ފެނުމުން މިއަދު ހެނދުނު ފެނުނު ކުއްޖާކަން ހަނދާންވިއެވެ.
އާލިމް ބުންޏެވެ. ” އޭ! ތީ މިއަދު ފެނުނު ކުއްޖާދޯ؟ މި…މި…މި…މިންހާ! ”
އާލިމް ކީ އެއްޗަކަށް ސަމާލުކަން ނުދީ މިންހާ އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ކުލާހަށް ވަދެ ކެމިސްޓްރީ ފޮތްތައް ކުދިންގެ އަތުން އަތުލުމަށް ފަހު ފޮތްތައް ހިފައިގެން ސިޑި އާއި ދިމާލަށް ދަނިކޮށް މިންހާގެ އަތުން ފޮތްތައް ވެރުނެވެ. އޭރުވެސް މިންހާ ފެންނަ ހިސާބުގައި ހުރި އާލިމް ދުވެފައި އައިސް މިންހާއަށް ފޮތްތައް ނެގުމުގައި އެހީވާން ފެށިއެވެ. އަދި އެއްބައި ފޮތްތައް ހިފައިގެން މިންހާ އެއްޗެއް ބުނުމުގެ ކުރިން ސިޑިއާ ދިމާއަށް އާލިމް މިސްރާބު ޖެހިއެވެ. މިންހާވެސް އާލިމްގެ ފަހަތުން އަރާ ހަމަކޮށް ދެމީހުން އެކުއެކީ ސްޓާފްރޫމަށް ގޮސް އަނބުރާ ކްލާހަށް ދިޔައެވެ.
ގަޑިއަކަށްފަހު ގަޑިއެއް ނިމި އެންމެފަހުން އިންޓަވަލް ގަޑީގެ ބެލްޖަހައިފިއެވެ. ކެންޓީނުގެ ތެރޭގައިވަނީ ކާއެއްޗެހީގެ މީރުވަސް ހިފާލައިފައެވެ. ކާއެއްޗެހި ހޯދުމަށް ކުދިންތައް ތޮއްޖެހިފައި ތިއްބެވެ. މިންހާ ދަބަސްތެރެ ހާވައިލިއިރު މިއަދު އިންޓަވަލް ގަންނަން ލާރި ގެނެވިފައެއް ނެތެވެ. ބަނޑުހައިވީ ނަމަވެސް ކެތްކޮށްލައިގެން ވާހަކަ ފޮތެއް ކިޔާލަން އެތަނުން މޭޒެއްގެ ދޮށުގައި އިނެވެ. އެހެން ވާހަކަ ފޮތަށް ގެއްލިފައި އިންދާ މީހަކު އައިސް ޖޫސް ޕެކެޓެއް މިންހާއަށް ދިއްކޮށްލިއެވެ. އެ ޕެކެޓް ދިއްކޮށްލީ ކާކުތޯ ބަލާލިއިރު ކުރިމަތީގައި ހުރީ އާލިމެވެ. އޭނާ ހުރީ ހެވިދިލިފައެވެ. މިންހާ ނުހިފަން އުޅެފައިވެސް އެޕެކެޓްގައި ހިފައި ވަގުތުން ބޯން ފެށިއެވެ. އަދި 10 ވަރަކަށް ސިކުންތު ތެރޭ އެ ޕެކެޓް ހުސްކޮށްލައިފިއެވެ.
އާލިމް ހައިރާންވެ ހުރެ މިންހާ ގާތު އެހިއެވެ. ” ހާދަ އަވަހޭ ހުސްކޮށްލިލެއް… 5 ސިކުންތު ތެރޭ ތި ހުސްކޮށްލީ! ”
މިންހާގެ އަނގާގައި ހުރި ޖޫސްކޮޅު ވަގުތުން އާލިމްގެ މޫނުމައްޗަށް ބުރައިގެން ދިޔައެވެ. އަދި ކޮށި އަރައިގަނެގެން ކެއްސަމުން އާލިމް އާއި ދިމާލަށް ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އާލިމްގެ މޫނާއި ޔުނީފޯމުގައިވެސް ހުރީ ޖޫހެވެ. އާލިމް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އިރުކޮޅަކުން ދެމީހުންވެސް ޕަކަޕަކަ އަޅާފައި ހޭންފެށިއެވެ. އަދި އާލިމް ހުނުން ހުއްޓުމަށް މަސައްކަތް ކުރަމުން ފާހާނާއަށް ގޮސްފައި އެބަ އަންނަމޭ ބުނެ އެތަނުން ދިޔައެވެ. އޭރު މިންހާ ހުނުން ހުއްޓުމަށްފަހު ކުރެވުނު ކަންތަކާމެދު ލަދުން މަރުވާވަރު ވެފައި ހުރެ ޕެކެޓް ޑަސްބިނަށް ލާން ދިޔައެވެ. މިންހާ ޕެކެޓް ޑަސްބިނަށް ލާފައި އައިސް އިށީނދުނުތާ މާގިނައިރެއްނުވެ އާލިމް ޓިޝޫ ޕެކެޓެއް ހިފައިގެން އައިސް މިންހާއަތަށް ދިއްކޮށްލިއެވެ.
މިންހާ އޭގައި ހިފަމުން އާލިމް އަށް ޝުކުރު އަދާކުރިއެވެ. އަދި ދެންމެ ވީ ކުޑަ ‘އެކްސިޑެންޓަށް’ މާފަށް އެދުނެވެ. އާލިމް އެއީ ދެން އެވަރު ކަމެއް ނޫނޭބުނެ ޔުނީފޯމް ދައްކާލާފައި ބުނެލިއެވެ. “އެހެން ނޫނަސް ވަރަށް ފަސޭހައިން ޖޫސްތައް ފިލައިފި.. އެއްޗެއް އެޅިފަ ހުރިހެންވެސް ހީވޭތަ އެބަ މިހާރު؟ މޮޅުވާނެޔޭ އަހަރެން!”
“ހޫން.. ދެން މޮޅޭ..” މިންހާ މަޖާކޮށްލިއެވެ.
“އަސްލު ކިހިނެއްތަ ދެންމެ އެވީ؟” އާލިމް ސުވާލު ކުރިއެވެ.
“ދެންމެ ދޯ.. ހަހަހަ.. ދެންމެ ވީ ގޮތަކީ.. އަހަރެން ޕެކެޓު ބޮއެ ހުސްކޮށްލި ތަނުން ތީނަ ބުނި އެއްޗަކުން ހަނދާންވީ އަހަރެންގެ ބެސްޓީ މަތިން.. އޭނަވެސް ބުނާނެ އަހަރެން ޕެކެޓުބޯލެއް އަވަސް ވާހަކަ.. ދެން އޭނަ ހަނދާންވެގެން ހެވުނީމަ ކޮށިއެރީ.. ސޮރީ އިނގޭ އަދިވެސް އެއްފަހަރު އާލިމްގެ ޔުނީފޯމު ހަޑިކޮށްލެވުނީމަ..”
“އިޓްސް އޯކޭ އޭ.. އަދިވެސް ގަބޫލެއް ނުކުރެވޭ މިންހާއަށް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ އެ ޕެކެޓު ބޮއެ ހުސްކޮށްލެވޭނެކަމަކަށް..”އާލިމް އަދިވެސް ހައިރާންވެ ހުރެ ސުވާލުކުރިއެވެ.
މިންހާ ހީލާފައި ޖަވާބުގައި ބުންޏެވެ. “އަޖައިބެއް ފަހެ ނުވާނެތަ؟ އަދި ކިރިޔާ އަލަށްތަ ތީނައަށް އެފެނުނީ މީހަކު 5 ސިކުންތުން ޕެކެޓެއް ހުސްކޮށްލާ ތަން؟ ”
” އަހަރެންގެ ވެސް ނަމެއް އޮވެޔޭ… އާނ.. އަދި އަލަށް މި ދެކުނީ… އަހަންނަށް ޕެކެޓެއް ކިރިޔާ އިންޓަވަލް ގަޑި ނިމެންވާއިރަށް ހުސްވަނީ… ”
” ހެހެހެ… ދޮގު ހެދުމުން އެއްވަނަ ދޭވަރު މީހެއް ތީ.. އާލް ދޯ ކިޔަނީ؟ ކުދިންގެ ނަންތައް އެއްގޮތް ކަމުން ބައެއް ފަހަރު ނުހުރޭ ހަނދާނެއް… ”
” އޯކޭ އާލް ކިޔަސް… އަސްލު ކިޔަނީ އާލިމް… މިންހާ ކޯއްޗެއް ތިކިޔަނީ؟ (މިންހާ ކިޔަން އިން ފޮތް އަތުލާފައި) ޕިސްޕިސް..ތިވަރަށް ނުވާނެ ފޮތް ކިޔާކަށް! އެހެން ނޫނީ ބުކްވާމް އަކަށް ވެދާނެ.. އެކަމަކު މިހާރު މީގަވެސް މިހިރީ ޖޫހެއްނު… ދެން މި ލާންވީ ޑަސްބިނަށް.. ”
” ގެނޭ ހަމަ މިހާރު ތި ފޮތް! ”
” ނުދޭނަން ” އެހެން ކިޔާފައި އާލިމް އެފޮތް ހިފައިގެން މިންހާއަށް އަތުނުވަން ދުއްވައިގަތެވެ. މިންހާވެސް އާލިމްގެ ފަހަތުން އެފޮތް އަތުލަން ދުއްވައިގަތެވެ.
މި ދުވަހަށްފަހު އެދެކުދިންގެ އެކުވެރިކަން ފެށުނެވެ. އެކަކު އަނެކަކަށް އެކި ކަންކަމުގައި އެހީތެރިވެދެއެވެ. ނޭނގުމުގެ ތެރޭގައި ދެކުދިންނަށް އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވެވުނެވެ. ނަމަވެސް އެދޭތެރޭ ގައި އޮތް އެކުވެރިކަން ގެއްލިގެން ގޮސްދާނެ ކަމުގެ ބިރަށްޓަކައި ދެކުދިންވެސް ހަނު ތިބެނީއެވެ.
މިހެން ދުވަސްތައް ފާއިތުވަމުން ދެއެވެ. މިންހާ އިނީ ލައިބްރަރީގައި ވާހަކަ ފޮތެއް ކިޔާށެވެ. ލިބޭ ކޮންމެ ހުސްވަގުތެއްގައި މިތަނަށް އަންނަނީ ވަގުތު ބޭކާރު ނުކުރުމަށެވެ. ސަބަބަކީ ވަގުތަކީ ރަނަށް ވުރެ އަގުހުރި އެއްޗަކަށް ވާތީއެވެ. ފޮތަށް ގެއްލިފައި އިން ނަމަވެސް އިރުކޮޅުކޮޅުން އޭނާގެ ނަޒަރު ލައިބްރަރީއަށް ވަންނަ ދޮރާ ދިމާއަށް ހުއްޓެއެވެ. އެހެން އިންދައި ބެލް ޖެހުމާއެކު ފޮތް ލާން ވެގެން ފޮތް ހަރުގަނޑުގެ ގާތަށް ދިޔައެވެ.
ފޮތް ހަރުގަނޑުގެ ގާތުގައި ހުއްޓާ ދެކުއްޖަކު ވާހަކަ ދައްކަމުން ދާއަޑު މިންހާއަށް އިވުނެވެ.
” އޭ އިނގޭތަ؟ އެއްކަލަ 10S1 ގައި އުޅޭ އާލިމް ވައްކަން ކޮށްގެން ފުލުހުން މިއަދު އޭނާ ހައްޔަރު ކޮށްފިޔޯ! އަދި ވަގަށް ނެގީވެސް އޭނަގެ މަންމަ ގެންގުޅޭ ވަރަށް އަގުބޮޑު ރަން ފަށެކޯ އަހަރެމެން ކުލާސް ހުދާ އެބަ ކިޔާ… އެމީހުން ގެ ހުންނަނީ އެގެއާ ވަރަށް ކައިރީގައެއްނު.. ރޭގަ އެގޭދޮށަށް ފުލުހުން އައިސް އުޅުނޯ.. އަދި އޭގެ ކުރިންވެސް އެތައް ތަނަކުން ވައްކަން ކުރި ކަމަށް އެ އާލިމް އެއްބަސްވެސް ވެއްޖެޔޯ..”
ދެވަނަ ކުއްޖާ ބުންޏެވެ. ” އަޅޭ! ހާދަ ދެރައޭ .. މިންހާ ފަކީރު ހާދަ ދެރައެއް ވާނެޔޭދޯ؟ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ވިއްޔާ އެއީ.. އަހަރެން ހިއެއްވެސް ނުކުރަން އާލިމް އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް.. ފެންނަ ފެނުމަކަށް ނޭނގޭނެ އެ މީސްމީހުންގެ ގޮތެއް.. އަންހެން ކުއްޖެއް ފެންނަ އިރަށް ތުއި ދެއްކެން އުޅޭނީ.. އެކުއްޖާ ހައްލާލައިގެން ގެންގުޅެ ގެންގުޅެފަ އެންމެ ފަހުން ކޮން ކަހަލަ މީހެއްކަން މިއެނގެނީ މާ ފަހުން.. އަނެއްކާ މަސްތުވާތަކެތި ބޭނުންނުކުރާ ކަމެއްވެސް ނޭނގެއެއްނު.. ”
އަޑުއިވުނު ވާހަކަތައް ޤަބޫލުނުކުރެވިގެން އެކަނިހުރެ ވިސްނައިލުމަށް މިންހާ އަވަހަށް ގޮސް ވަނީ ފާހާނާއަށެވެ. އެތަނުންވެސް އިވުނީ ހަމަ އެވާހަކަތަކެވެ. އާލިމް ހައްޔަރު ކުރި ވާހަކައެވެ. މިންހާގެ ލޮލުތެރެއަށް ކަރުނަތައް ބޮނޑިވެގަތެވެ. އަދި ނުހިފެހެއްޓިގެން އެކަރުނަތައް އޭގެ މަގާމް ދޫކޮށް ކޯތާފަތް މައްޗަށް ދެމިގެންފިއެވެ. ހަޔާތުގައި ވެވުނު ފުރަތަމަ ލޯތްބާއި އެކުވެރި ވެވުނު ފުރަތަމަ ރަހުމަތްތެރިޔާ ވީ ބޮޑު ވަގަކަށެވެ.މިންހާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ދުވަހަކުވެސް މީހެއްގެ ގޮތް ރަނގަޅަށް ނޭނގި ލޯބި ނުވުމަށް ޢަޒުމް ކަނޑައެޅިއެވެ. އަދި ރަހުމަތްތެރިއެއްގެ ގޮތުގައިވެސް ރަނގަޅަށް ބަލާފައި ނޫނީ ކުއްޖަކު އިޚުތިޔާރު ނުކުރުމަށް ނިންމިއެވެ.
މާޒީގެ ޚިޔާލު ތަކުން މިންހާއަށް ބޭރުވެވުނީ މުޅި ރަށު ތެރޭގައި ބަންގީގެ މާތް އަޑު ގުގުމަން ފެށުމުންނެވެ. އެއާއެކު ނަމާދަށް އަވަސްވެގަތުމަށް އަވަސް ފިޔަވަޅުތަކެއްގައި ގެއާއި ދިމާލަށް މިންހާ ހިނގައިގަތެވެ.
30 Comments!
Comments are closed.




Damn.. When is next part
Unfortunately there is no next part ?
V v furihama..Hope to c more n more stories like this from uu..keep going ihoo???
Jazakallahu khairan jiji ♥️♥️ In sha allah i will try to bring more stories like this
mi story nimunèe ehnu.Varah reethi mi story .Rai ves heekury dhevana part eh innane kamah.Ekam ninmaafa ingothun hiehnuvey dhen ithuru part eh innane heneh
Aslutha????..
Sorry everyone ?
Furathama feshunu iru bunefa othy manmage hadhaanu ga ey inee ekamu vaahaka Inge nuvx nu vx neh mom ah v gotheh vx hiyaal thakuga vx vafaatheri kehiveri eh ge vaahaka dhehkeee….. Ehenma aslu bunan ulhunee maazeege hadhaanthakey tha?….
Yep.. I was so confused while writing this ? Liyunu fahun edit kuri iru baivaru thanthan badhalu kohffa ehery..
Maashaa Allah V reethi vaahaka eh….❤️
Jazakallahu khairan <3 <3
Salaam readers
Im really sorry that there is no next part of this because its a short story ?? I really wanted to make this story longer than this but this is what wrote in school..The teacher said that it has to be 35-45 folhuvai but i wrote longer than that ?BTW it took 1 week to write this short one..? Special thanks to my best friends who helped me with this trouble..Hope u like the story..
Jazakallahu khairan ♥️♥️
#Spoiler alert#
There is an upcoming long story..I will bring it to u all as soon as it is done..IDK when it will done..But I will try to finish it soon as possible..
Srsly?? I’m waiting curiously ingey ihoo. U never told us that you were planning on writing a loong story. And good luck for that too. Masha Allah mi story vs hama vrh habeys ?. Alhe mi story dhigu kollan v ennu. Meege series eh gothah. Eyrun readers vs hiy hama jeheyne. Dhn noannaane ennu schl akah vaki dhigumineh dheveykah. ?? This is just an idea ingey. Ihoo mihaaru ehn gothakah plan koffa iniyya e gothah vs liyevidhaane dhn.
I was thinking the same thing..To continue this story..But i couldnt get any ideas?? Mihaaru im working the long story..Vhk nimunu haa avahah in sha allah genesdheynan..??Jazakallahu khairan ❤❤❤
Mee hama asluves haqeeqee vaahakaehtha? Anekka is this abt you?? ihoooo!! ????
The juice packet part is what happened between my bestie n me..??Imagination + Haqeeqee =This story..Jazakallahu khairan 4 the comment ❤❤
Wow
Jazakallahu khairan ❤❤❤
???
Why are you laughing?
Nice story
Jazakallahu khairan ??
Varah reethi
Jazakallahu khairan <3 <3
How old r u
15
Nice story
Jazakallahu khairan
Nice
Jazakallahu khairan