Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އަބަދަށް މި ހިތުގައި 1..

Rana Level 1
August 3, 2019 3 Mins Read
28 Comments

ފާލަމަށް ފެރީ ގާތްކުރުމާއި އެކު ދަބަސް ކޮނޑުގައި އަޅުވާ ލައިގެން ފެރީން ފޭބީމެވެ. ދަތުރުވެރިންގެ އިސްތިގުބާލުގައި އެމީހުންގެ ގާތް ތިމާގެ މީހުންނާއި ބައެއް ރަޙުމަތްތެރިން އައިސް ތިއްބެވެ. މާހައުލަށް ނަޒަރު ހިނގާލުމުން ފެންނަނީ އުފާވެރިކަމެވެ. އުފަން ވަޒަނަށް އާދެވުނު ނަމަވެސް އަހަންނަށް ކުރެވުނީ ބީރައްޓެހި އިޙުސާސެކެވެ. ދާނެވަކި ދިމާއެއް ނޭނގިފައި ހުއްޓާ މާދުރުން ފިރިހެންވަންތަ ހިނގުމެއްގައި ބައްޕަ އަންނާނަން ފެނުނެވެ. އަހަރެން ބައްޕައާއި ދުރުގައި އުޅޭތާ މިހާރު ސަތާރަ އަހަރު ވެއްޖެއެވެ. ނަމަވެސް ބައްޕަ ދެކެ އަހަރެން އިންތިހާއަށް ލޯބިވެއެވެ. ދޮންބޭ އެކޭ އެއްފަދައިން އަހަރެންވެސް ބޭނުންވީ ބައްޕައާއި ބައްޕަގެ އާއިލާ އެހެން މީހުން ކައިރިއަށް ޒިޔާރަތް ކޮށްލާށެވެ. އެހެން ކަމުން މަންމަ ކައިރީ އާދޭސް ކޮށްގެން މި ރަށަށް އައީ އަހަރެން އެކަންޏެވެ.

އަހަރެން ބަލާ ބޮޑު ކުރީ އަހަރެންގެ މަންމަ އެވެ. އަދި އަހަރެންގެ ދޮންބެ ބަލާ ބޮޑު ކުރީ ބައްޕަ ފަރާތު މާމަ އާއި ކާފައެވެ. ދޮންބެއައް ވުރެ ބޮޑަށް މަންމަ އަހަރެން ދެކެ ލޯބި ވާނެއެވެ. އަހަރެންނާ އެންމެ ސިކުންތަކު ދުރުގައި ހުންނަން ވެސް މަންމަ ނޭދޭނެވެ. އަބަދުވެސް އަހަރެން ގައިގާ ފިރުމާ ކޮންމެވެސް ނަސޭހަތެއް ދޭނެއެވެ. ނަމަވެސް މިފަހަރު އަހަރެން މި ރަށަށް އަންނަ ހިތުން ކުރި އާދޭހަށް މަންމަ އެއްބަސްވިއެވެ.

އަހަންނަށް އަޑު އިވިފައިވާ ގޮތުގައި ބައްޕައަކީ ރާބޮއެ ބަނގުރާ ބޭނުންކޮށް ވިޔާނުދާ ގޮތްގޮތައް އުޅޭ މީހެކެވެ. މަންމަގެ ފަރާތުން އަހަންނަށް އެނގިފައިވާ ގޮތުގައި މަންމަ އަހަރެންނަށް ބަނޑު ބޮޑުވެފައި ހުއްޓާ ބައްޕައާއި މަންމަ ވަރިވިއެވެ. އަދި މިހާރު ބައްޕަގެ އަނބަކާއި ކުޑަކުޑަ ދަރިއެއްވެސް ހުންނަކަމެވެ. ބައްޕަ އިނދެގެން އުޅެނީ ދޮންބެއާއި އެއްފުރާގެ މީހަކާއެވެ.

ބައްޕަގެ ފަހަތުން ދޮންކޮށް، ހިކިކޮށް ހުރި އަންހެނެއް އާދެއެވެ. ފުރަތަމަ ނަޒަރުންވެސް އަހަންނަށް އެއީ އަހަރެންގެ ބައްޕަ އިނދެގެން އުޅޭ އަހަރެންގެ ދޮންމަންމަކަން އެނގިއްޖެއެވެ. ދޮންމަންމަ ފެނުމުން އަހަރެން ގާތަށް ހިނި އަންނަ ގޮތްވިއެވެ. ބައްޕައެކޭ ދޮންމަންމައެކޭ ތަފާތެއްނެތެވެ. ދެމީހުން ވެސް ހީވަނީ ބޮއެ ފުރައިގެން ހުރި ހެންނެވެ. “ތިއީ އަހަރެންގެ ދަރިފުޅު ލިއާންތަ..” ބައްޕަ އައިސް އަހަރެން ގާތު ހުއްޓެމުން އަހާލިއެވެ. ޖަވާބުގައި އަހަރެން ލައްބައޭ ބުނީމެވެ. ބައްޕަ އަހަރެންގެ ކޮނޑުގައި އޮތްދަބަސް އަތުލުމަށް ފަހު ބައްޕަގެ ފަހަތުން އައުމަށް ބުންޏެވެ.

ބައްޕަގެ ފަހަތުން ހިނގަމުން ދިޔައީ އަހަންނާއި ދޮންމަންމައެވެ. ދިޔަ މަގުމަތީގައި ވެސް ދޮންމަންމަ އަހަންނާއި އަނގައިން ތުނބަކުން ބަހެއް ނުކިޔައެވެ. އިރުއިރުކޮޅާ އަހަންނަށް ބަލާލުމަށް ފަހު މޫނުހަދާލައެވެ. އަހަރެން ފާޑަކަށް ދޮންމަންމަ ދެކެ ފޫހިވާ ގޮތްވިއެވެ. ސަބަބަކީ އަހަންނަކީ ކިތަންމެ މަޑުމަޑުން ހުރި ކަމުގައި ވިޔަސް ވަރަށް ސިޔާސަ އަދި އަނގަ ގަދަ ކުއްޖަކަށް ވާތީއެވެ. އަދި ޙާއްޞަކޮށް އަހަރެންގެ ކައިރީގައި މީހަކު ވާހަކަ ނުދައްކާ ހުރެފިނަމަ އަހަރެންގެ ބޮލަށް ވަރަށް އުނދަގޫ ވާނެއެވެ. ފޫހިވާ ގޮތްވެ މޫޑު ކަޓާނެއެވެ.

ގެއަށް ވަނުމުގެ ފަސް މިނެޓު ކުރިން މަންމަ އަހަންނަށް ގުޅާލިއެވެ. މަންމަ އެތައް ސުވާލެއް އަހަންނާއި ކުރިއެވެ. ކުޑަމިނުން ދޮންމަންމަ ލައިގެން ހުރި އެއްޗެހީގެ ކުލަވެސް އެހިއެވެ. މަންމަ އާއި އޮލަ ވާހަކައެއްގައި ހުރެ ކުރިމަތި ނުބަލާ އަހަރެން ގެއަށް ވަންނަން އުޅެނިކޮށް ގޭ ދޮރުގެ މަތީ ލަކުނޑީގައި ވަރަށް ބާރަށް ބޯޖެހުނެވެ. އެވަގުތު އަހަންނަށް “އައްދޯ” ބުނެވުނީ ވީ ތަދުގެ ބޮޑުކަމުންނެވެ. ކުރިމަތީގައި ހުރި ކުޑަވަރެއްގެ ދެ އަންހެންކުދިން ވަރަށް ބާރަށް ހޭންފެށިއެވެ. އަދި އަހަންނަށް މަލާމާތް ކުރިއެވެ. އަހަރެންވެސް އެމީހުންގެ މަލާމާތުގައި ބައިވެރިވެ އަމިއްލަ ނަފްސަށް ހޭންފެށީމެވެ.

“އެވަރުގެ ކަމެއް ހިނގާފާނެއްނުން…. އެއީ ދޮންބޭ ދިގުވީމާ ވާ ކަންތައް… ހަހަހަހަ…” އަހަރެން ހެމުން ހެމުން ބުނެލީމެވެ. އަދި ވެސް އެދޭ ކުދިން ހުއްޓާ ނުލާ ހަމަ ހެނީއެވެ. އަހަރެން ގޭ ތެރެއަށް ވަދެގެން ދަމުން މާހައުލަށް ނަޒަރު ހިންގާލީމެވެ. ކޮންމެ އަކަސް މީގެ ވަރަށް ބޮޑެވެ. ހިތާއި ހިތުން ވަރަށް އުފާވެރި އިޙުސާސްތަކެއް އަހަންނަށް ކުރެވުނެވެ. ކުއްލި އަކަށް އަހަރެން ގޮސް މީހެއްގެ ގައިގާ ޖެހުނެވެ. “ކިހާ ދެރަ ކަމެއް….” އަހަންނަށް ބުނެވުނެވެ. ބޯބުޅިކޮށް ފަލަކޮށް ހުރި ބިޔަ ފިރިހެނެކެވެ. “ތިއީ ލިއާންތަ” އެމީހާ އަހާލިއެވެ. “ލައްބަ މިއީ ލިޔާން…. ތިއީ ކުޑޭ ދޯ” އަހަރެން ލުއި ހިނިތުންވުމަކާ އެކު ސުވާލުކޮށްލީމެވެ. ކުޑޭ ބޮލުގެ އިޝާރާތުން އާއެކޭ ބުންޏެވެ.

އަހަންނާއި ކުޑޭ އާއި ވަރަށް ގިނަ ވާހަކަތަކެއް ދެއްކީމެވެ. ކުޑޭ އަހަރެން ގާތު ކުޑޭ އަތު “ޖީއެން” ސައިކަލެއް އޮންނަ ވާހަކަ ވެސް ބުންޏެވެ. އަހަންނަކީ ސައިކަލު ދުއްވުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އެހެންކަމުން ކުޑޭ ސައިކަލުގެ ވާހަކަ ދެއްކި އިރު އަހަރެން ހުރީ ވަރަށް ސަމާލުކަމާއި އެކު އަޑުއަހާށެވެ. ދޭތެރޭއަކުން އަހަރެން އަތަށް ދުއްވާލުން ދޭށޭ ވެސް ބުނެވޭއެވެ.

ކުޑޭއާއި އަހަންނާއި ވާހަކަ ދައްކަން ތިއްބާ ބައްޕަ އައިސް އަހަރެން ގޮވައިގެން އަހަންނަށް ޙާއްޞަ ކުރެވިފައިވާ ކޮޓަރިއަށް ގެންދިޔައެވެ. އަހަރެން އަވަސް އަވަހަށް ކޮޓަރީގެ އެތެރެއަށް ވަންނަން ދޮރު ހުޅުވާލި ވަގުތު އެތެރެއިން ދުވާ ވަހަކުން މޭނުބައިކޮށް ހޮޑުލެވޭ ގޮތްވިއެވެ. އަހަރެންގެ ސިކުނޑިއަށް އެންމެ ފުރަތަމަ ވެސް އައީ ދޮންބޭގެ ނަމެވެ. “ޔަގީނޭމީ ދޮންބެގެ ކަންތައްކަން” އަހަރެން ހިތާއިހިތުން ބުނެލީމެވެ.  އާންމުކޮށް މިވަސް ދުވާނީ ދޮންބެ އުޅޭ ތަންތަނުންނެވެ.

ދަބަހުގައި އޮތް ސްޕްރޭ ފުޅިން ކޮޓަރޭ ވަސް މީރު ކޮށްލުމަށް ވައިކޮޅެއް ދުއްވާލުމަށް ފަހު އަހަރެން ފާޚާނާއަށް ވަނީ ފްރެޝް ވެލުމަށްޓަކާއެވެ. ފެންވަރާ އަވަދިވެގެން ކޮޓަރި ތެރެ ސާފު ކުރުމާއިގެން ކުރިޔަށް ދިޔައީމެވެ. ސާފުކުރުމަށްފަހު އަހަރެން ރެސްޓުކޮށްލުމަށް އެނދުގައި ޖައްސާލީމެވެ. ހަވީރުގަޑީ ކުޑޭ އޮތީ އަހަރެން ގޮވައިގެން ރަށް ބަލާލަން ދައްކާލާން ދާނެ ކަމަށް ވަޢުދުވެފައެވެ. އޮށޯވެގެން އޮވެ އަހަންނަށް ވިސްނެމުން ދިޔައީ މަންމަ އާ މެދުއެވެ. މަންމަ ދިން ނަސޭހަތް މަތިންނެވެ. ދޭތެރޭއަކުން ރޮވޭ ގޮތާ ވެސް ވެއެވެ. ސަބަބަކީ މަންމަ ފިޔަވައި މިދުނިޔޭގައި އަހަރެންގެ އެހެން އެކަކު ވެސް ނެތުމުންނެވެ. މަންމަ ނެތް ދުވަހަކުން އަހަރެން ވެސް ނުހުންނާނެއެވެ.

ހަވީރު ހަތަރެއް ޖެހުމުން އަހަރެން ނަމާދުކޮށް އެއްޗިހި ބަދަލުކޮށް ރީތިވެލީ ކުޑޭއާއި އެއްކޮށް ރަށް ބަލާލަންދިއުމަށެވެ. ކުޑޭ އަހަރެން ގޮވައިގެން ދިޔައީ ރަށުގެ ދެކުނު އަވަށުގައި އޮންނަ ބޮޑު ފުޓްބޯޅަ ދަނޑަށެވެ. އޭރު ރަށުގެ ފުރާވަރު އަންހެނާ ކުދިބައެއް ހޭންޑްބޯލް ކުޅީ އުޅުނެވެ. ސައިކަލު މަޑު ކޮށްލުމަށްފަހު ކުޑޭ ވަނީ ކައިރީ ހުރި ފިހާރައަކަށެވެ. ކުޑޭ ނުކުންނަން ދެން އަހަރެން ސައިކަލް މަތީ މަޑުކޮށްލީމެވެ. އަހަރެން ބަލަން ހުރީ ދަނޑާއި ދިމާއަށެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rana

Level 1

Other Articles

Previous

ކުށަކާ ނުލާ 19

Next

ހުވަފެނަކީ ބިލާހެއް – 3

Next
August 3, 2019

ހުވަފެނަކީ ބިލާހެއް – 3

Previews
August 3, 2019

ކުށަކާ ނުލާ 19

28 Comments!

  1. jiji says:
    August 3, 2019 at 9:46 pm

    GM thr Noony GN thr kiyany..I donno actually yageen kohlan ehn mi ehy..Dear first part ah balaafa hama gud ingeyy..whn next..Waitinn???

    1. Puchykko says:
      August 3, 2019 at 9:52 pm

      It’s actually GN…. Thanks.. Vrh ufaa vejje vaahaka Reethi veema ❤️❤️?n congratulations… ur the first one to comment to my first stry… ???

  2. Luc!f3r says:
    August 4, 2019 at 1:40 am

    Liaan.. Curious abt the plot of this story

  3. Shyn says:
    August 4, 2019 at 6:19 am

    V. Reethi ❤️❤️

  4. Sher_07 says:
    August 4, 2019 at 7:39 am

    Wow wow goodbye

  5. Shadha says:
    August 4, 2019 at 7:40 am

    Waiting for the next part,,
    mainge rana hama habeys!!!!
    ??

  6. Sher_07 says:
    August 4, 2019 at 7:40 am

    Oh no sorry I mean good job

  7. ®¥N says:
    August 4, 2019 at 9:07 am

    Puchykko…. V Reethi

  8. Cute heart ❤️❤️❤️❤️❤️ says:
    August 4, 2019 at 10:28 am

    Obi eyy buniyas good job ??❤️❤️

  9. Ray_Ban says:
    August 4, 2019 at 11:49 am

    Varah reethi?

  10. Aladdin says:
    August 4, 2019 at 12:44 pm

    Dude I’m interested well done ..but why liyaan ? And not LÃÂMĪÜ ? ?

    1. Puchykko says:
      August 4, 2019 at 1:04 pm

      ??

  11. From your system says:
    August 4, 2019 at 5:26 pm

    Mice stormy…. Where nexus park ??….

  12. Shine says:
    August 4, 2019 at 5:34 pm

    Reechey maashaa allah…kuriah oii part kn irakun???n y liyaan???not laamiu???

  13. Naiiikko❤️ says:
    August 4, 2019 at 9:37 pm

    Salhi ey buny❤️❤️…. Keep it up… ??
    Ahaha liyaan ey?? ??? but varah reethi mi vaahaka… ?❤️❤️❤️

    1. Puchykko says:
      August 6, 2019 at 8:08 pm

      Thanks sweetie ❤️❤️❤️yeah Liyaan…. Hehe??

  14. Suthuraa❤️ says:
    August 4, 2019 at 9:39 pm

    Alhey varah reethi mi vaahaka ❤️❤️keep it up…
    Waiting for the next part… ?❤️❤️

    1. Puchykko says:
      August 5, 2019 at 10:27 am

      Thankx❤️

  15. Nwnn says:
    August 7, 2019 at 12:16 pm

    Rana varu kamehnehh.. V salhi mi story.. ???.. Next part kn iraku up kohdheynee?? ???

  16. Laamiu says:
    August 7, 2019 at 2:54 pm

    Mio magey vaahaka eii?

    1. Rana says:
      August 7, 2019 at 3:10 pm

      Ain???

  17. Killer says:
    August 8, 2019 at 10:12 am

    ???joke

  18. Hellow says:
    August 8, 2019 at 10:15 am

    Bodu kh laamiu ge vaahaka bodugothah rana

  19. Yaees rameen says:
    August 8, 2019 at 8:21 pm

    Nagoobalhr mihere pin kaifa huri hiki haraambakahter amaafui liyanvynu thilhr amaa akee bakari riha kaifa huri kes jaariyaa eh haha lol badi raner fadaboeba

    -aharennakee ajuwadh(kesper) lol xD

    1. Aharenge bodu foah? says:
      August 22, 2019 at 7:23 pm

      Brw kaakukan angan birun hure fonu naaruvaabea.. haadhahaa sodeyy.. aharen foakey kiyaabey sodumbo firihankulhi??

  20. IsHa says:
    August 29, 2019 at 5:55 am

    OK

  21. A good person says:
    November 24, 2019 at 2:27 am

    Lol you uncivilised guy or girl whatsoever. Boduvaru dhen mikahala site ehga beykaaru vaahaka dhahkan annaathy. Shows that you’re atleast interested in this story. Amilla mainbafainnaa kiyumah dhauvatheh thi hulhuvaalevuny. Namehge fahathuga filaa huttas bahlavaa vodigen vaa faraatheh vey. Azaab dhehvavanvee dhuvahu dhehva vaane. Molhah dhenuvodigen vany Allah (swt) repent back for what you’ve done. Kommeves ehdhuvahakun maafah edhen jehidhaane. ☺️

  22. ޒާ says:
    January 4, 2020 at 8:50 pm

    ރެނާރް ⁦❤️⁩ މީހުން ކިޔާ އެކަށްޗަކަށް ވެސް ބަލާނެ ކަމެއް ނެއް ކުދި ކުދި މަށްސަލަ އެބަހުރި އެކަމް ވވވވ ރީތި ⁦❤️⁩

Comments are closed.

Next Episodeއަބަދަށް މި ހިތުގައި 2←


All Right Reserved!