Skip to content
އެސްފިޔަ

އެ ކޮޓަރި..

ހެނދުނުގެ ވަގުތެވެ.ރެޑްރޯސް ގޭ އެންމެން ވެސް އަވަދިނެތި ތައްޔާރީތައް ވަމުން ދިޔައީ އާ ގެ އަކަށް ބަދަލުވުމަށެވެ  އެންމެންގެވެސް މުނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.”މޯމް..ކޮބާތަ އައިގެ ހެޑްސެޓް؟..  މުނީރާ އަށް ގޮވާލަމުން މިކްޔާ ބުންޏެވެ.މިކްޔާ އަކީ މުނީރާ ގެ ހުރި އެންމެ ހަގު ދަރިފުޅެވެ.”މިކޫ މަންމަ އަކަށް  ނޭނގެ ހަމަ އެއްގޮތަކަށް ވެސް..”މުނީރާ ބުންޏެވެ.އިރުކޮޅެއްނުވެ ކާޔާ ތައްޔާރުވެގެން އޭނާގެ ދަރިފުޅު ކައިލް ގޮވައިގެން ސިޓިންރޫމަށް އައެވެ.ކާޔާ އަކީ މުނީރާގެ އެންމެ ދޮށީ ދަރިފުޅެވެ.ކައިލް އަކީ ކާޔާ ގެ ހުރި ހަމަ އެކަނި ދަރިފުޅެވެ.ކާޔާ ގެ ފިރިމީހާ ވަނީ ކާރު އެކްސިޑެންޓް އެއްގާ މި ދުނިޔެ އަށް އަލްވަދާއު ކިޔާފާއެވެ.ެ.އިރުކޮޅެއް ނުވެ މިކްޔާ ދުވަމުން ދުވަމުން ސިޓިން ރޫމް އަށް އައެވެ.އެންމެން އައިސް ހަމަވުމުން ކާމިލް އެންމެންގެ ފޮށިތަށް ކާރަށް އެރުވިއެވެ.އަދި ދެހިވަލާ[ލަންކާގެ އަވަށެއް]ގައި ހުންނަ ގެ އަކަށް ދާން މިސްރާބު ޖެހިއެވެ.ކާމިލް މެންގެ އާއެލާ އަކީ ރާއްޖެ   ބައެކެވެ.އެހެން ނަމަވެސް ދިރިއުޅެނީ ލަންކާ ގައެވެ.ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ ގޮތުންނެވެ.

ދެ ގަޑިއިރުގެ ދިގު ދަތުރަކަށް ފަހު އެ މީހުންގެ މަންޒިލް ކަމުގައިވާ ލެވެނިއާ އަށް ދެވުނެވެ.އެ ގެ އަށް ދެވުމާ އެކު މިކްޔާ ދުވެފަ ގޮސް އެ ގެ އަށް ވަނެވެ.އެ ގެ އަކީ ތަނަވަސް ބޮޑު ގެ އެކެވެ.މުޅިއަކު 4 ކޮޓަރި ހުރެއެވެ.މިކްޔާ ފަހަރަކު ކޮޓަރިއެއް ބަލަމުން ގޮސް އެންމެ ފަހަށް އިން 4 ވަނަ ކޮޓަރި އަށް ވަންނަން ތަޅުގަ ހިފާލި އެވެ.ކޮޓަރި ތަލުލާފަ ހުރުމުން މިކްޔާ މޫނު މައްޗަށް ވައްތަރެއް ޖައްސާލަމުން ފުރަތަމަ ކޮޓަރިއައް ވަނެވެ.ދެ ވަނަ ކޮޓިރީގަ މުނީރާ އާއި ކާމިލް އެވެ.ތިންވަނަ ކޮޓަރީގާއި ކާޔާ އާއި އޭނާގެ ދެ އަހަރަށް ދާ ކައިލް އެވެ.އެންމެން ވެސް ކޮޓަރީގަ ތިބެ ވަރުބަލި ފިލުވާލުމަށް ފަހު ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށް ކާމޭޒު ދޮށަށް އައެވެ.”މީހާ މީރުކޮށް ކައްކާ އަތްބަކު ނުލިބޭނެ”އަނގަ އަށް ބަތް ސުވާ އެއް ލަމުން ކާމިލް ބުންޏެވެ.

ކައި ނިންމާލުމަށް ފަހު ކާޔާ ފިޔަވައި އެންމެންވެސް ކޮޓަރިތަކަށް ވަދެ ނިދައިފިއެވެ.ކާޔާ އުޅެނީ އޭނާގެ ދަރިފުޅު މަސަލަސް ނުކުރެވިގެންނެވެ.ދަރިފުޅު ހުއްޓާ ނުލުމުން މަންމަ އަށް ގޮވަން ވެސް ހިތައް އެރި އެވެ.ނަމަވެސް މަންމަ ހުންނާނީ ވަރުބަލި ވެފާ ކަމުން ނުގޮވާން ނިންމީމެވެ.މިއީ ކާއިލް ދުވަހަކުވެސް އުޅުން ގޮތެއް ނޫނޭ މިކްޔާ ހިތައް އެރިއެވެ.އެވަގުތު މިކްޔާ ގެ ހިތުގައި ނޭނގި ނަމަވެސް ބިރުވެރި ކަމެއް އުފެދުނެވެ.ނަމަވެސް އެކަންތައް މާ ބޮޑު ކަމަކަށް ނުހަދާ ، ހިތަށް ވިސްނާ ދިނީ އެއީ އާ ތަނަކަށް ބަދަލުވުމުން އައެ ބަދަލެއް ކަމަށެވެ.އަދި ދުވަސް ކޮޅަކުން ހޭނޭނެ ކަމަށެވެ.

ވަރަށް އިރުން އުޅެގެން ކާއިލް ނިދައިފިއެވެ.ދަންވަރުގެ ވަގުތެވެ.ކާޔާ އަށް ހޭލެވުނީ ތަނެއްގަ ވަރަށް ބާރަށް ތަޅާ އަޑުއިވުމުންނެވެ.ފެނުނު މަންޒަރުން ކާޔާ ގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ.ކާއިލް އެއް އެނދަކު ނެތެވެ.މަގޭ ދަރިފުޅާ އޭ ކިޔާ ކާޔާ ކޮޓަރިން ބޭރަށް ނިކުތެވެ.ފެނުނު މަންޒަރުން ކާޔާ ހުރީ އަންތަރީސް ވެފަ އެވެ.އޭނާގެ ދަރިފުޅު ހަތަރުވަނަ ކޮޓަރީ ދޮރު ކައިރީ ހުރެގެން ބާރުބާރަށް ދޮރުގައި ޖަހަނީ އެވެ.ކާޔާ ދުވެފައި ގޮސް ދަރިފުޅު އުރައިލައިގެން  ކޮޓަރި އަށް ގެންދިޔައެވެ.

އާ ދުވަހަކަށް އިރު އަރައިފިއެވެ.އެންމެން ވެސް އެ މީހެއްގެ އަމިއްލަ މަސައްކަތައިގެން ގޭތެރޭ އުޅެ އެވެ.ދުވާލުގެ އެވަގުތު ވަރަށް ހަމަ ހިމޭން ކޮށް ދިޔަ އެވެ.ރޭގަނޑުގެ ހަމަ ހިމޭން ވަގުތެވެ.ކުރީ ރެ އެވޭ ވެސް އެއްފަދައިން މިރޭ ވެސް ކާއިލް ނުނިދާން ވެގެން ރޮނީ އެވެ.ކާޔާ އަށް ކާއިލް ނުހުއްޓުވިގެން މުނީރާ އަށް ގޮވިއެވެ.މުނީރާ އައިސް ކާއިލްނިންދަވާފާ ދިއުމުން ކާޔާ ހަމަ ޖެހިލައިގެން ނިދަން އޮށޯތެވެ.ރަނގަޅަށް ނުނިދެނިސް އަނެއްކާ ވެސް ތަނެއްގަ ތަޅާ އަޑު އިވިގެން ގޮސް ބެލިއިރު ކާއިލް 4 ވަނަ ކޮޓަރީގެ ދޮރުގަ ތަޅަނީ އެވެ.ކާޔާ ވަރަށް ބޮޑަށް ބިރު ގަތެވެ.އިތުރަށް އެތާ މަޑުނުކޮށް ކާއިލް އުރާލައިގެން  ދުވަމުން ގޮސް މަންމަ އަށް ގޮވި އެވެ.އިރުކޮޅެއްނުވެ މަންމަ ކޮޓަރި ދޮރު ހުޅުވުމުން ބިރުން ހުރިވަރުން މަންމަ ގައިގަ އޮޅުލަިގަނެވުނެވެ.އަދި ހަމަ އަކަށް އެޅިލަމުން މަންމަ އަށް ހުރިހާ ވާހަކަ އެއް ކިޔާދިނެވެ.

މަންމަ ހުރީ ކުރިން އެވާހާކަ ނުބުނުމުން ކުޑަކޮށް ހިތް ހަމަ ނުޖެހިފަ ،ނަމަވެސް ވަގުތުގެ ގޮތުން އެއްވެސް އެއްޗެކޭނުބުނެއެވެ.އެރޭ މިކްޔާ ނިދީ މަންމަ ކައިރީގަ އެވެ.އެ ރޭގެ ބާކީ އޮތް ބައި ވަރަށް ހަމަ ހިމޭން ކޮށް ދިޔަ އެވެ.

އާ ދުވަހަކަށް އިރު އަރައިފިއެވެ.އެންމެން ވެސް ސިޓިން ރޫމް ގަ ތިބީ ރޭ ގަ ހިނގާދިޔަ ހާދިސާ އާ މެދު މަސްވަރާ ކުރާށެވެ.އެންމެންވެސް ނިންމީ ފާލުބެލުމަށް ފަންޑިތަވެރިއަކު ގެނައުމަށެވެ.

ހަވީރުގެ ވަގުތެވެ.އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ ފަންޑިތަވެރިޔާ ގެ އަށް އަންނާނެ އިރަކަށެވެ.އިންތިޒާރުގައި މާކަ ގިނަ އިރު ހުންނާކަށް ނުޖެހުނެވެ.ފަންޑިތަ ވެރިޔާ އެންމެ ފުރަތަމަވެސް އައިސް ކާއިލް މެލުމަށް ފަހު 4 ވަނަ ކޮޓަރީ ދޮރުމަތީ ހުއްޓުނެވެ.ތަޅުލާފަ ހުރުމުން ނުވަދެވުނެވެ.

އަދި ކިޔައިދޭން ފެށިއެވެ.”މި ގެ އަކީ މީގެ 6 ަހަރު ކުރިން 1 އަހަރުގެ ކުއްޖަކު މަރާލާފަ އޮތް ގެ އެއް..މި ވޭތުވެ ދިޔަ 6 އަހަރުގައި އެއްވެސް ބަޔަކަށް މިތާކު ނޫޅެވުން..އެހެން

ވީމަ ވީ އެންމެ ހާ އަވަހަކަށް އެހެންތާކަށް ބަދަލުވެވޭތޯ އުޅެންވީ..

1 އަހަރު ފަސް

މިހާރު އެ މީހުން އެހެން ގެ އަކަށް ބަދަލުވެގެން އުފަލާ އެކީ ވަގުތުތަަަަަައް ހޭދަ ކުރަމުން ދިޔަ އެވެ

ނިމުނީ

 

 

 

 

 

Comments (14)

  1. Niomn

    Me first dho

  2. zellu

    ummmmm???‍♀️

  3. Rai

    ninmun ehen gothakah genainama hama habbu vaane.Ekam story varah salhi

    1. unknown girl
      Rai

      eiy 1st story v ma ..insha allah kuriah oithaa rangalhu vaane..thnk yew

  4. Aiminath

    Varah salhi egy wowowwow❤️❤️❤️

  5. DHONTHY

    Vv reethi vaahakaeiy??Typing mistakes eba huri konmeves varakau.. But adhi fahun rangalhuvaane ingey unknown girl❤️❤️. Bodau hama farithakuranvee… Adhi mikahala reethi reethi vaahaka eiy genesdhechchey ingey unknown girl

  6. Kookie

    Vvv nice story eh …

  7. Ryn

    Reethi vaane Kamah unmeedhu kuran

  8. Eekko 11

    Reethi ekamu typing mistakes eba huri. ??Dhen faharakun rangalhu kollaane kamah unmeedhu Kuran. ????Anyways story Hama awesome ingey. ????Nimmun adhi reethi kollevidhaane masaikaiy koffiyya.

  9. Unknown

    Ehaa eh nun.egeyga dhimaavi haadhisaa genaanama salhi viis

  10. Unikorn fly

    Nais storry bat some santans not nais bat i giving you to hart bicous you rait littl story you can rait some more details off birvari varhaka

  11. Sweety

    Wowwww vvvvv sales… I love it. ❤️❤️

  12. Minmi

    Ahceii di haadha hadiyey whatever ?

  13. maasha

    Varah reethi egy !!!wow!!!

Comments are closed.