އެއީ ހަމަ އެލީ ހެއްޔެވެ؟ވިވާން ހިތާހިތުން ކިޔާލި އެވެ.ދެލޯ އުނގުޅާ ލުމަށް ފަހު އަނެއްކާވެސް ވިވާން ބަލާލިއެވެ. އެއީ ހަމަ އެލީ އެވެ.އެލީ ގެ ކޮނޑަށް އަތް ވައްޓާލައިގެން އެހުރީ ޒެކް އެވެ.ވިވާން ގެ ހިތަށް ކުޑަކޮއް ތަދުވިނަމަ ވެސް އެކަން ސިއްރު ކުރިއެވެ.އެލީ ގޮނޑީ ގަ އައިސް އިށީނދެ އެހެން ދުވަސް ތަކެކޭ ވެސް އެއްފަދައިން ވިވާން އަށް ރީތި ހިނިތުން ވުމެއް ހަދިޔާ ކޮށްލިއެވެ.ވިވާން ވެސް ބަދަލުގައި ހިނިތުން ވެލިއެވެ.މިފަހަރުވެސް ވިވާން ގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ.ނަމަވެސް އެއިން އެއްވެސް ސުވާލެއް އެލީ އަކާ ނުކުރެވުނެވެ.ޓީޗަރު އައިސް ކްލާހަށް ވަނުމުންނެވެ. މޫނުމަތިން ނުލާހިކު ރީތި ހިނިތުން ވުމެއް ދިން ކަމަކު އެލީ ގެ ހިތް އަޑިން ހުރީ ރޯލަރޯލާ އެވެ.ނޭގި ނަމަވެސް އެލީ އަށް ވިވާން ކަމުގޮއްސިއެވެ.އެއްވެސް ހާލަތެއްގައި ވިވާން އަށް ދެރަގޮތެއް ވުމައް ނޭދެވޭތީވެ މިކަން މިގޮތަށް ކުރަން އެލީ އަށް މަޖުބޫރު ވީ އެވެ.އެލީ އެއްގޮތަކަށް ވެސް އޭނާގެ ސިއްރު ވިވާން އަށް އެނގޭކަށް ބޭނުމެއް ނޫނެވެ.އޭރުން ވިވާން އޭނާ އާ ދުރަށް ދާނެއެވެ. ގަޑިތައް ހަލުވިކަމާ އެކީ ކުރިއަށް ގޮސް ބްރޭކް ގަޑި ޖެހިއްޖެއެވެ.އޭރު ވެސް ދެމީހުން ކުރެ އެކަކުވެސް ވާހަކަ އެއް ނުދައްކައެވެ.އެލީ ވެސް ބްރޭކް ގަޑި ކަމުން ކެންޓީން އަށް ދާން ހިނގައިގަތެވެ.ފަހަތުން އޭނާ ގެ އަތުގައި ހިފާ އަނބުރާލިއެވެ.އެވަގުތު އެލީ ގެ ދެލޯ ވިވާން ގެ މޫނަށް އަމާޒުވިއެވެ.އެދެލޮލުގައި ވި ރިހުން އެލީ އަށް ވެސް އިހުސާސް ވިއެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އެލީ ހިތަށް އެރި އެއްޗަކުން އަތް ފޮޅުވާލުމަށް ފަހު ހަމަޖެހިލަން މަސައްކަތް ކުރިއެވެ.ވިވާން ވެސް ދެންމެ ކުރެވުނު ކަމަކުން ހުރީ ލަދުގަނެފައެވެ.ލަދުގަތުމަށް ވުރެ ބޮޑަށް އޭނާ ހުރީ އެލީ ގެ އެ ދުރު ކަމުން ވަަރަށް ބޮޑަށް ދެރަވެފައެވެ. ”އަމްމްމް…އެލީ..ހިނގާ އަހަންނާއެކީ ކެންޓީނަށް ދާން”ވިވާން މަޑުމައިތިރި ކަމާއެކީ ވިވާން ބުނެލިއެވެ.އެލީ ވެސް މިކަމާ ދެކޮޅުހެދުމެއްނެތި ބޯޖަހާލަމުން ވިވާން ގެ ފަހަަތުން ކްލާހުން ނިކުންނަން ހިނގައިގަތެވެ.ނަމަވެސް ކްލާހުން ނިކުންނަން ނެގި ފުރަތަމަ ފިޔަވަޅާއެކު އެލީ މަޑު ޖެހިލިއެވެ.ކުރިމަތީގަ އެހުރީ ޒެކް އެވެ.”ހާއީ…އެލީ އެން ވިވާން….އަހަރެންވެސް ދާނަން ކެންޓީނަށް..”ޒެކް ނުލަފާ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވައިގެން ހުރެ ބުނެލިއެވެ. ”ވިވާން ދޭ ދެން މިއަދު ކާލަން..ޒެކް އާއި އެލީ އެބަޖެހޭ އަދި އެސައިމެންޓް އެއް ހަދަންވެސް ދޯ..”އެލީ ދެރަވި ނަމަވެސް ހަމަޖެހި ލެވޭތޯ ބެލިއެވެ. ވިވާން ގެ އެރީތި ދޮން މޫނުން ދެރަވެފައި ހުރި މިންވަރު ހާމަ ވޭވޭ ހުއްޓެވެ.މިކަހަލަ ގަޑިއަކުތަ ޒެކް ވެސް އަންނަންޖެހެނީ.އެލީ ހުރީ ޒެކް އާދިމާލަށް ހިތުން ކުދި ކިޔާލަކިޔާލަ އެވެ.އެލީ އާ ވިވާން ގެ ގުޅުން ހީނަރު ވަމުން ދާކަން ހީވުމުން އެލީ ގެ ހިތް ނޭނގި ނަމަވެސް ރޯލިއެވެ. ވިވާން ގެއަށް ދިޔަގޮތަށް ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ.”އެލީ..އަހަންނަށް ދިގުހަދަނީތަ؟..އެލީ އުޅެނީ އަނެއްކާ ޒެކް އާ ރައްޓެހިވެގެންތަ..”ވިވާން ގެ ހިތުގައި އޮތް ސުވާލުތަށް ބާރުބާރަށް ކިޔަންފެށިއެވެ.އެ ހިތަށް ކުޑަ ނަމަވެސް ލުޔެއްލިބޭތޯއެވެ.
އެލީ ގެ އަށް ލުމަށްފަހު ވިވާން އަށް ގެ އަށް އާދެވުނު އިރު ހުރީ 6.30 ވެބޮޑުވެފައެވެ.ވިވާން ވެފާ ހުރި ވަރުބަލިކަން ފިލުވާލުމަށް ޓަކައި އެނދުގައި ޖައްސާލިއެވެ.އަދި މިއަދުވީ ކަންތަކާ ވިސްނަން ފެށިއެވެ.އެލީ މިަދު ދާނެ ބާވައޭ ވެސް ހިތައްއެރިއެވެ.ވިވާން ފުންވިސްނުމެއްގާ އޮއްވަ މަޑުމަޑުން ދެލޯ މެރެމުން ގޮސް ފުން ނިންޖަކަށް ގެނބުނެވެ. **** **** އެލީ އޭނާގެ ކޮޓަރި ތެރޭ ދެފަރާތަށް ހިނގަމުން ދެއެވެ.އެލީ ކަންބޮޑު ވެފައި ވާވަރު އެދޮން މޫނުމަތިން ފާޅުވޭވޭ ހުއްޓެވެ.އިރުކޮޅަކު އެހެން ހުރުމަށް ފަހު އެލީ މަޑު ފިޔަވަޅު ތަކެއްގާ ގޮސް ގެއިން ބޭރަށް ނުކުތެވެ.ޖައްވުގައި ތެތް ފިނިކަމެއް ހިފާފާ ވުމުން އެލީ ގެ ހަށިގަނޑުގައި މަޑު ތުރުތުރު ލުމެއް ވިއެވެ.އެލީ ހިނގަމުން ހިނގަމުން ގޮސް ހުއްޓުނީ ފަޅު ގެއެއް ކުރިމަތީގައެވެ.މަޑުމަޑުން އެގޭ ދޮރުގައި ޓަކި ޖަހާލުމުން ދޮރުހުޅުވުނެވެ.ކުރިމަތީގައި ހުރީ ޒެކް ގެންގުޅޭ މީހުންތަކު ތެރޭން އެކަކެވެ.އެމީހާ އެލީ ވަންނަން ތަން ދެއްކުމުން ކުރިއަށް ހިނގައިގަތެވެ.”ހޭ…އާދެވިއްޖެ ދޯ.އެލީ”ޒެކް އެލީ ގެ ކުރިމަށްޗައް ވާގޮތަށް އިން ގޮނޑި އެއްގައި އިނދެ ވާހަކަ ދެއްކިއެވެ.”އޭތް..ކަލޭ ގެ ފްރެންޑް އަށް ކިޔަނީ ވިވާން ދޯ…އެއްޗެއް ހަނދާން ކޮއްލަދޭން މި ގެނައީ..އެއްކަލަ ކަންތައް އެއްވެސް މީހަކު ކައިރީ ނުބުނާތި…”އޭރު އެލީ ހުރީ އިސްދަށަށް ޖަހައިގެންނެވެ.”ކަލެ އަށް އެބަ އަޑު އިވޭތަ؟”ޒެކް އަޑަށް ބާރުކޮއްލަމުން ވާހަކަ ދެއްކި އެވެ.”ލައްބަ…”އެލީ ސިއްސައިގެން ގޮސް ބުނެވުނީ ވެސް ފުދޭވަރަކަށް ބާރަށެވެ.”އަދި އެއް ކަންތަށް..އަހަރެން ހަމަ ގޮވާލާ އިރަށް އަންނަން ވާނެ ސްކޫލް ގަ…ބުނާ ކަމެއް ކޮށްދޭން ވާނެ…ދެން އޯކޭ ދިޔަޔަސް…”ޒެކް ނުލަފާ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަމުން ބުނެލިއެވެ. އެލީ އެ ގެއިން ބޭރަށް ނުކުންނަން ހިނގައި ގަތެވެ.އޭރު އެލީ ގެ ދެލޮލުން ކަރުނަތަށް އޭގެ މަގާމް ދޫކޮށް ފައިބަން ފެށިއެވެ. އާދުވަހަކަށް އިރު އަރައިފިއެވެ.ވިވާން ތައްޔާރުވަމުން ދިޔައީ ޔުނިވާސިޓީ އަށް ދިއުމަށެވެ.އެހެން ދުވަސް ތަކެކޭ އެސް އެއްފަދައިން ކާރުގައި ވިވާން ޔުނިވާސިޓީ އަށް ދާން މިސްރާބު ޖެހިއެވެ.ކާރު ޕާކް ކޮށްލުމަށް ފަހު ވިވާން ކްލާހަށް ދިޔައެވެ.ވިވާން ގެ އެ ރީތި ދެލޯ އެންމެ ފުރަތަމަވެސް ހޯދާލީ އެލީ ފެނޭތޯއެވެ.އެލީ އެއް ނެތެވެ.އެލީ ކުޑަކޮށް ހައިރާންވިއެވެ.އެލީ އަކީ ގަޑިޖެހިގެން ކްލާހަށް އަންނަ ކުއްޖެއް ނޫނެވެ.މިއަދު އެހާ ލަސްވީ ކީވެބާއޭވެސް ވިވާން ހިތަށް އެރިއެވެ. ވިވާން އަށް ދެން ފެނުނުމަންޒަރުން ހުރީ ގަބޫލު ކުރަން ދަތިވެފައެވެ… ނުނިމޭ
އެލީ އަށް ރީތި ހިނިތުން ވުމެއް ދެމުން އަތުން ހަނާ އަޅާލަމުން ވިވާން ހިނގައިގަތީ ގޮނޑީގައި އިށީނުމަށެވެ.ގޮނޑީގަ އިށީންނުމަށް ފަހު ވިވާން ކްލާސް ތެރެއަށް ނަޒަރު ހިންގާލިއެވެ.ފާޑެއްގެ ގޮތަކަށް ތިން ފިރިހެން ކުދިން ވިވާން އާ ދިމާލަށް ބަލަހައްޓާގެން ތިއްބެވެ.ބޮޑު ކަމެއްނުން ހެއްޔެވެ.މިހާރު ފިރިހެން ކުދިން ވެސް އަހަންނާ ދިމާ އަށް ބަލަން ފެށީ ހެއްޔެވެ.ވިވާން ހިތާ ހިތުން ކިޔާލިއެވެ.އަދި އެއީ ކޮން ބައެއްތޯ އެލީ ކައިރީ ސުވާލު ކޮށްލިއެވެ.”އެއީ…އަހަންނަކަށް ހަމަ އެއްގަތަކަށް ވެސް ނޭނ..ގެ..”މިހެން ބުނެ ނިމުނުއިރު އެލީ ގެ މޫނު މަތިން ނުތަނަސް ކަމުގެ ކުލަވަރު ފެނެއެވެ.ވިވާން ހުރީ މިކަމާ ކުޑަކޮށް ހައިރާން ވެފަ އެވެ.ނަމަވެސް މާ ބޮޑުކަމަކަށް ނުހަދާ ،އެލީ ވެސް ވާހަކަ ވާހަކަ ނުދެއްކުމުން ފޮތެއްނަގާ ކިޔަން ފެށިއެވެ.އެރިކޮޅެއްނުވެ ޓީޗަރު ކްލާހަށް ވަނެވެ.އަދި އެކުދިންނަކީ އަލަށް ޔުނިވާސިޓީ އަށް ޖޮއިން ކުރި ކުދިން ކަމުގައި ބުނެ އެ ކުދިންގެ ކުޑަ ތަޢާރަފެއް ދިނެވެ. ގަޑިތަށް ހަލުވިކަމާ އެކީ ކުރިއަށް ދެއެވެ.އެލީ ވިވާން އަކާ މާ ގިނައިންނެއް ވާހަކައެއް ނުދައްކައެވެ.ބްރޭކް ގަޑީގައި ބަނޑުހައިވެފަ ހުރުމުން އެލީ އާއި ވިވާން ކެންޓީނަށް ދާން ހިނގައިގަތެވެ.ކެންޓީނަށް ހަމަ ވަދެވުމާ އެކު އެލީ ގެ ވާހަކަ ގަނޑު ފެށުނެވެ.އެލީ ގެ މިޢަމަލުން ވިވާން ހުރީ ވަރަށް ބޮޑަށް ހައިރާން ވެފައެވެ.ނަމަވެސް މާ ބޮޑު ކަމަކަށް ނުހަދާ އެލީ ގެ ވާހަކާގައި ބައިވެރި ވިއެވެ. ކެންޓީނަށް ވަދެ ތައްޓަށް ކާ އެއްޗެހި އަޅައިގެން ވިވާން އާއި އެލީ އައިސް އިށީ ނެވެ.ކާން ފެށިތާ އިރުކޮޅެއްނުވެ އެއްކަލަ ތިން ފިރިހެން ކުދިން ވެސް ތަށްޓަށް ކާއެއްޗެހި އަޅައިގެން އައިސް ވިވާން އާއި އެލީ ގެ ކުރިމަތީ އިން ގޮނޑިތަކުގައި އިށީނެވެ.”ހާއި އެލީ..ހަނދާން ވޭތަ އަހަރެން…ހެހެ…ހަނދާންނެތޭކަށްނުވާނު…މަމީ ޒެކް އެއްނު..” ފާޑަކަށް ބަލަހައްޓައިގެން އިނދެ ޒެކް ބުނެލިއެވެ.މިހެން ޒެކް ބުނެލިއިރު އެލީ އިނީ އިސް ދަށަށް ޖަހައިގެންނެވެ. އަދި އިރުކޮޅަކު އެހެން އިނުމަށް ފަހު ވިވާން ގެ އަތުގަ ހިފައިގެން ކެންޓީނުން ބޭރަށް ދާން ހިނގައިގަތެވެ.އޭރު ވިވާން ގެ ހިތުތެރޭ ސުވާލުތަށް ފުނިޖެހެމުން ދެއެވެ. ”އޭތްތް…އެލީ..މިރޭ 7 ގަ ބައްދަލު ކޮށްލަންވާނުންންން…”ކެންޓީނުން ބޭރަށް ނިކުންނަނިކޮށް ޒެކް ގޮވާލި އަޑު މުޅި އެތާނގަ ގުގުމާލިއެވެ.އޭރު އެލީ ގެ ލޮލުގަ ތާޒާ ކަރުނަ ވިދަވިދާ ހުއްޓެވެ.އަދި ވިވާން އަށް ނުދައްކަން ވެގެން މަސައްކަތް ކުރަމުން ދިޔައެވެ.އަދި އެކަން ދާދި ފަސޭހަ ކަމާއެކީ އެލީ އަށް ކާމިޔާބުވެސް ވިއެވެ.އެލީ ވާހަކަ ނުދެއްކުމުން ހިތަށް ކެއްނުވެގެން އެންމެ ފަހުން ވިވާން މަޑު މައިތިރި ކަމާއެކީ ސުވާލު ކުރިއެވެ.”އެލީ އެއީ ކޮންބައެއް؟’ ”އެއީ މިއަދު އަލަށް ޖޮއިން ކުރި ކުދިންތަކެއްނު..އެއުޅެނީ އަޅާގަނެގެން..އެހެންނޫނަސް އެލީ އެއް ބޭނުމެއްނޫން އެކަހަލަ ކުދިންނާ ފްރެންޑް ވާކަށް..ބަލާބަ ހުރި ސިފަ..ބޯދިގުކޮށް ،ކަންފަތް ތޮރުފާ..އަދި ނުވިތާކަށް ލާ އެއްޗެހި ވެސް ބުރިން ތިރީގަ..ހަރުދަނާ ވައްތަރެއް ވެސް ނުޖަހާ..”އެލީ އެއްފައްޗަކަށް އަމުނާލިއެވެ. އެލީ ވާހަކަ ދެއްކިއިރު ތުންފަތަށް އެހަދާލާ ގޮތްގޮތުން ވިވާން ހުރީ އަޑިއަށް ހީލަ ހީލަ އެވެ.”ތިވަރަށް ނުކިޔައި ދިނަސް ދެން އޯކޭ އޭ..ގަބޫލު ކޮށްފީމޭ…”ވިވާން ހެމުން ބުނެލިއެވެ.”ބުނަން ވާނެ އެއްނު”އެލީ ވެސް މަޖާ ރާގެއްގަ ބުނެލިއެވެ.ދެމީހުން ވާހަކައިގަ ތިބެ ވިވާން ގެ ކާރުގައި ގެއަށް ދާން ހިނގައިގަތެވެ. ދެ މީހުންނަށް ވެސް ނޭނގުނު ކަމުގައިވިޔަސް އެމީހުން ވާހަކަ ދެއްކިތަން ކަނުލާ އަޑުއަހަން މީހަކު ވަރަށް ކައިރީ ހުއްޓެވެ… ނުނިމޭ
އިރުކޮޅެއްނުވެ ވިވާން ކައިރީ މީހަކު އިށީނި ހެން ހީވުމުން އޭނާ އެފަރާތައް އެނބުރިލިއެވެ.ވިވާން ގެ ކަނާތް ފަރާތައް ހުރި ގޮނޑީގަ އެ އިށީނީ ރީތި ކަމުން ފުރިގެންވާ އަންހެން ކުއްޖެކެވެ.ފުރިހަމަ ކަމުގެ އިންތިހާ އެވެ.އުނަގަނޑާ ހަމައަށް އަރާ އެ ރާޅު ބާނީ އިސްތަށިގަނޑު ވެސް ވަނީ ހިފެހެއްޓުމެއް ނެތި ފަހަތައް ދޫކޮށްލެވިފަ އެވެ.ލާފަ ހުރި ރަތް ކުލައިގެ އަތް ދިގު، ކަކުލާ ހަމަ އަށް އަރާ ވަރުގެ އެ ހެދުމުގަ އެ ކުއްޖާ ފެންނަލެއް ނުލާހިކު ފުރިހަމަ އެވެ.ހުރިހާ ކުދިންގެ ނަޒަރު މި އަންހެން ކުއްޖާ އަށް ހުއްޓެމުން ދެ އެވެ. އިރުކޮޅެއް ނުވެ ކިޔަވައިދޭ ޓީޗަރު ކްލާހަށް ވަދެ ކިޔަވައިދޭން ފެށިއެވެ.ގަޑިތައް ހަލުވިކަމާ އެކީ ދެއެވެ.ވިވާން ކައިރީ އިން މި ނުދަންނަ ކުއްޖާ ހަމަ އެއްގޮތަކަށް ވެސް ވާހަކަ ނުދައްކާތީ ބްރޭކް ގަޑި ޖެހުމުން ވިވާން އޭނަޔާ ވާހަކަ ދެއްކިއެވެ.އެއީ ޕެރިސް ކުއްޖެއް ކަމުން ވިވާން އެ ކުއްޖާ އާ ވާހަކަ ދެއްކީ އިނގިރޭސިން ނެވެ.”ހާއި.އަހަންނަށް ކިޔަނީ ވިވާން ..ތި ކުއްޖާގެ ނަމަކީ ކޮބާ؟”ވިވާން ވަރަށް ޖެހިލުން ވެ ހުރެ އަހާލި އެވެ.”އަހަންނަށް ކިޔަނީ އެލީ” ރީތި ހިނިތުން ވުމެއް ދެމުން އަވަސް އަވަހަށް ބުނެލިއެވެ.ހީވަނީ ވިވާން ވާހަކަ ނުދައްކައިގެން އިން ހެންނެވެ.ވިވާން ވެސް އެލީ އަށް ހިނިތުން ވުމެއް ދިނެވެ.ވިވާން އިނީ ޔުނިވާސިޓީ އަށް އައި ފުރަތަމަ ދުވަހު ރަނގަޅު އެކުވެރި އަކު ލިބުމުން ވަރަށް އުފާ ވެފައެވެ.ވިވާން ހީކުރި ގޮތާ ހިލާފަ އެލީ އަކީ ވަރަށް މަޖާ މިޒާޖެއްގެ އަނގަގަދަ ކުއްޖެކެވެ. ދުވަސް ނިމުނީ ވަރަށް ވެސް ހަލުވިކަމާ އެކު އެވެ. ވިވާން ގެ އަށް އައިސް އެންމެ ފުރަތަމަ ވެސް ދަބަސް ބެހެއްޓުމަށް ފަހު އަވަސް ވެގަތީ ފެންވަރާލުމަށެވެ.ފިނި ފެނުން ފެންވަރާލުމަށް ފަހު ކާ ކޮަރިއަށް ވަދެ ކާ އެއްޗެއް ކައިލައިގެން ފިލާވަޅުތައް ހެދުމަށް އަވަސް ވެގަތެވެ. ވިވާން ފިލާވަޅުތައް ހަދާ ނިމުނު އިރު ގަޑިން ރޭގަނޑު 9 ގަޑި ބައިވެ ބޮޑުވަނީ އެވެ.ވެފާ ހުރި ވަރުބައްޔެއްގެ ބޮޑުކަމުން ވިވާން އަށް ނިދަން އޮށޯވެވުނީ އެއްޗެހިވެސް ބަދަލު ނުކޮށެވެ. ފަތިހުގެ ހިތް ގައިމު ވަގުތެވެ.ވިވާން އަށް ހޭލެވުނެވެ.ހޭލެވުމާ އެކުހެން ވިވާން އަވަސް ވެގަތީ ފެން ވަރައިގެން ނަމާދު ކުރާށެވެ.ނަމާދުކޮށް އަވަދިވެގެން ވިވާން ކޮފީ ތައްޓެއް ހިފައިގެން ބެލްކަންޏަށް ނިކުމެލި އެވެ.އޭރުވެސް ކޮފީ ތަށިން އާވި އަރައަރާ ހުއްޓެވެ.މުޅި ޖައްވުގައި ކޮފީގެ ވަސް ހިފާލި އެވެ.ފަތިސް ގަޑި ކަމުން ޖައްވުގައި ވަނީ ތެތް ފިނި ކަމެއް ހިފާފައެވެ.ވިވާން ކޮފީ ތަށި ހުސް ކޮށްލުމަށް ފަހު ބެލްކަނިން ނުކުމެލީ ޔުނިވާސިޓީ އަށް ދިއުމުގެ ގޮތުން ރީތި ވެލާށެވެ. ވިވާން މިއަދުވެސް ލައިގެން ހުރީ ގަޔަށް ދޫ ހުޑީ އެކެވެ.ޔުނުވާސިޓީ އަށް ވަންނަން ދިޔަ އިރު އިއްޔަ އެކޭވެސް އެއްގޮތަށް ވިވާން އާ ދިމާ އަށް ވަރަށް ގިނަކުދިން ގެ ނަޒަރު ހުއްޓެމުން ދިޔަ އެވެ.މީ ދެން ކިހާ ބޮޑުވެއްޖެ ކަމެއް ނޫންހޭ ވިވާން ހިތާ ހިތުން ކިޔާލި އެވެ.ވިވާން އިސް ދަށަށް ޖަހާލައިގެން ހުރެ ކްލާހަށް ވަންނަން ދިޔައެވެ.ކްލާހަށް ވަތް ތަނުން އެންމެ ފުރަތަމަވެސް ފެނުނީ އެލީ އެވެ.އެލީ އަށް ރީތި ހިނިތުން ވުމެއް ދެމުން އަތުން ހަނާ އަޅާ ލަމުން ވިވާން ހިނގައިގަތީ ގޮނޑީ ގައި އިށީނުމަށެވެ.
ދުނިޔެ އަކީ އިންސާފެއް ނެތް ތަނެކެވެ.ސިއްރުން ފުރިގެންވާ ތަނެކެވެ.ކެހިވެރި ތަނެކެވެ.މި ދުނިޔޭގަ ހުރުމަށް ވުރެ ނިމިދިޔުން މާ ރަނގަޅެވެ.ވިވާން ހިތާ ހިތުން ކިޔާލި އެވެ.އޭރު ވިވާން ހުރީ ސްކޫލް ގެ ޓެރެސް މަތީ ތިރިއަށް ބަލާށެވެ.އެއީ ނުވަ ބުރީގެ އިމާރާތެކެވެ.އޭރު ވިވާން ގެ ލޮލުން ކަރުނަ ނުހިކެ އެވެ. #7 މަސް ކުރި ”ދަރިފުޅާ ވިވާން…އަވަހަށް އާދޭ ސައިބޯން.މިއަދު މީ ޔުނިވާސިޓީ އަށް ދާ ފުރަތަމަ ދުވަ ހެއްނު..ގަޑި ނުޖެހި ދާން ވާނެ..”ސަކީނާ އޭނާ ގެ ހުރި ހަމައެކަނި ދަރިފުޅަށް ގޮވާލި އެވެ.އިރުކޮޅެއް ނުވެ ވިވާން މަޑު ހިނގުމެއްގަ އައިސް ކާ ކޮޓަރި އަށް ވަނެވެ.ކަޅު ކުލައިގެ ހުޑީ އަކާ ހަމަ އެކުލައިގެ ޖިންސެއް ލައިގެން ވިވާން ހުރި އިރު އޭނަޔާ ނުހަނުގުޅެ އެވެ.ގަޑި ޖެހެން ކައިރި ވެފަ ހުރުމާ އެކު ސަކީނާ ހަދާފަ ހުރި ތަނުން ސޭންޑްވިޗް އެއް އަނގަ އަަށް ލަމުން ވިވާން ހިނގާ ގަތެވެ.އަދި އަވަސް އަވަހަށް ގޮސް ކާރަށް އަރާ ދުއްވާލިއެވެ.ވިވާން ކާރު ދުއްވަމުން ދާއިރު އިރުއިރު ކޮޅުން ޕެރިސް ގެ ހިތް ގައިމު މަގު ތަކަށް ނަޒަރު ހިންގާލައެވެ.ވިވާން އާއި ސަކީނާ އަކީ ރާއްޖެ ދެ މީހުންނެވެ. ނަމަވެސް ސަކީނާ ޕެރިސް މީހަކާ ކައިވެނި ކުރި ފަހުން ޕެރިސް އަށް ބަދަލުވީ އެވެ.ސަކީނާގެ ފިރިމީހާ ވަނީ ވިވާން އަށް ތިން އަހަރުގައި ވަރި ކޮއްފަ އެވެ. ބައި ގަޑިއިރުގެ ދަތުރަކަށް ފަހު ވިވާން އަށް އޭނާގެ މަންޒިލަށް ދެވުނެވެ.ކާރު ޕާކު ކޮށްލުމަށް ފަހު ވިވާން ޔުނިވާސިޓީ ކުރިމައްޗަށް ހުއްޓުނެވެ.އެއީ ބޮޑު ޔުނިވާސިޓީ އެކެވެ.މަންމަގެ ހުވަފެންތައް ހަގީގަތަށް ހެދުމައްޓަކާ އާ އަޒުމެއް ކަނޑަ އަޅަމުން ޔުނިވާސިޓީ އަށް ވަންނަން ދިޔައެވެ.ފަހަރަކު ކުލާހެއް ބަލަމުން އައިސް ވިވާން ގެ ކްލާހަށް ވަނެވެ.އެއީ ފުދޭވަރެއްގެ ބޮޑު ކްލާސް ރޫމް އެކެވެ.ވިވާން ކްލާހަށް ވަދެ ސަލާމް ގޮވާލި އެވެ.އޭރު ކްލާހުގަ ވަަރަށް ގިނަ ކުދިން ތިއްބެވެ.ހުރިހާ ކުދިންގެ ކަޅި އަމާޒުވަމުންދާތީ ވިވާން ހުރީ ލަދުން އިސްޖަހައިގެންނެވެ.ފިރިހެނަކަސް ދެން އެވަރަށް ބަލަންޏާ ލަދު ގަންނާނެ ނޫން ހެއްޔެވެ؟ވިވާން ކްލާސް ތެރެއަށް އަވަސް ނަޒަރެއް ހިންގާލަމުން އެންމެ ފަހަތު ގައި އިން ޑެސްކުގައި އިށީނެވެ.އަދި ހަމަޖެހިލަމުން ވާހަކަ ފޮތެއް ނަގާ ކިޔަން ފެށިއެވެ.އިރުކޮޅެއް ނުވެ ވިވާން ކައިރީ މީހަކު އިށީނި ހެން ހީވުމުން އޭނާ އެ ފަރާތައް އެނބުރިލިއެވެ. […]
ހެނދުނުގެ ވަގުތެވެ.ރެޑްރޯސް ގޭ އެންމެން ވެސް އަވަދިނެތި ތައްޔާރީތައް ވަމުން ދިޔައީ އާ ގެ އަކަށް ބަދަލުވުމަށެވެ އެންމެންގެވެސް މުނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.”މޯމް..ކޮބާތަ އައިގެ ހެޑްސެޓް؟.. މުނީރާ އަށް ގޮވާލަމުން މިކްޔާ ބުންޏެވެ.މިކްޔާ އަކީ މުނީރާ ގެ ހުރި އެންމެ ހަގު ދަރިފުޅެވެ.”މިކޫ މަންމަ އަކަށް ނޭނގެ ހަމަ އެއްގޮތަކަށް ވެސް..”މުނީރާ ބުންޏެވެ.އިރުކޮޅެއްނުވެ ކާޔާ ތައްޔާރުވެގެން އޭނާގެ ދަރިފުޅު ކައިލް ގޮވައިގެން ސިޓިންރޫމަށް އައެވެ.ކާޔާ އަކީ މުނީރާގެ އެންމެ ދޮށީ ދަރިފުޅެވެ.ކައިލް އަކީ ކާޔާ ގެ ހުރި ހަމަ އެކަނި ދަރިފުޅެވެ.ކާޔާ ގެ ފިރިމީހާ ވަނީ ކާރު އެކްސިޑެންޓް އެއްގާ މި ދުނިޔެ އަށް އަލްވަދާއު ކިޔާފާއެވެ.ެ.އިރުކޮޅެއް ނުވެ މިކްޔާ ދުވަމުން ދުވަމުން ސިޓިން ރޫމް އަށް އައެވެ.އެންމެން އައިސް ހަމަވުމުން ކާމިލް އެންމެންގެ ފޮށިތަށް ކާރަށް އެރުވިއެވެ.އަދި ދެހިވަލާ[ލަންކާގެ އަވަށެއް]ގައި ހުންނަ ގެ އަކަށް ދާން މިސްރާބު ޖެހިއެވެ.ކާމިލް މެންގެ އާއެލާ އަކީ ރާއްޖެ ބައެކެވެ.އެހެން ނަމަވެސް ދިރިއުޅެނީ ލަންކާ ގައެވެ.ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ ގޮތުންނެވެ. ދެ ގަޑިއިރުގެ ދިގު ދަތުރަކަށް ފަހު އެ މީހުންގެ މަންޒިލް ކަމުގައިވާ ލެވެނިއާ އަށް ދެވުނެވެ.އެ ގެ އަށް ދެވުމާ އެކު މިކްޔާ ދުވެފަ ގޮސް އެ ގެ އަށް ވަނެވެ.އެ ގެ އަކީ ތަނަވަސް ބޮޑު ގެ އެކެވެ.މުޅިއަކު 4 ކޮޓަރި ހުރެއެވެ.މިކްޔާ ފަހަރަކު ކޮޓަރިއެއް ބަލަމުން ގޮސް އެންމެ ފަހަށް އިން 4 ވަނަ ކޮޓަރި އަށް ވަންނަން ތަޅުގަ ހިފާލި އެވެ.ކޮޓަރި ތަލުލާފަ ހުރުމުން މިކްޔާ މޫނު މައްޗަށް ވައްތަރެއް ޖައްސާލަމުން ފުރަތަމަ ކޮޓަރިއައް ވަނެވެ.ދެ ވަނަ ކޮޓިރީގަ މުނީރާ އާއި ކާމިލް އެވެ.ތިންވަނަ ކޮޓަރީގާއި ކާޔާ އާއި އޭނާގެ ދެ އަހަރަށް ދާ ކައިލް އެވެ.އެންމެން ވެސް ކޮޓަރީގަ ތިބެ ވަރުބަލި ފިލުވާލުމަށް ފަހު ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށް ކާމޭޒު ދޮށަށް އައެވެ.”މީހާ މީރުކޮށް ކައްކާ އަތްބަކު ނުލިބޭނެ”އަނގަ އަށް ބަތް ސުވާ އެއް ލަމުން ކާމިލް ބުންޏެވެ. ކައި ނިންމާލުމަށް ފަހު ކާޔާ ފިޔަވައި އެންމެންވެސް ކޮޓަރިތަކަށް ވަދެ ނިދައިފިއެވެ.ކާޔާ އުޅެނީ އޭނާގެ ދަރިފުޅު މަސަލަސް ނުކުރެވިގެންނެވެ.ދަރިފުޅު ހުއްޓާ ނުލުމުން މަންމަ އަށް ގޮވަން ވެސް ހިތައް އެރި އެވެ.ނަމަވެސް މަންމަ ހުންނާނީ ވަރުބަލި ވެފާ ކަމުން ނުގޮވާން ނިންމީމެވެ.މިއީ ކާއިލް ދުވަހަކުވެސް އުޅުން ގޮތެއް ނޫނޭ މިކްޔާ ހިތައް އެރިއެވެ.އެވަގުތު މިކްޔާ ގެ ހިތުގައި ނޭނގި ނަމަވެސް ބިރުވެރި ކަމެއް އުފެދުނެވެ.ނަމަވެސް އެކަންތައް މާ ބޮޑު ކަމަކަށް ނުހަދާ ، ހިތަށް ވިސްނާ ދިނީ އެއީ އާ ތަނަކަށް ބަދަލުވުމުން އައެ ބަދަލެއް ކަމަށެވެ.އަދި ދުވަސް ކޮޅަކުން ހޭނޭނެ ކަމަށެވެ. ވަރަށް އިރުން އުޅެގެން ކާއިލް ނިދައިފިއެވެ.ދަންވަރުގެ ވަގުތެވެ.ކާޔާ އަށް ހޭލެވުނީ ތަނެއްގަ ވަރަށް ބާރަށް ތަޅާ އަޑުއިވުމުންނެވެ.ފެނުނު މަންޒަރުން ކާޔާ ގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ.ކާއިލް އެއް އެނދަކު ނެތެވެ.މަގޭ ދަރިފުޅާ އޭ ކިޔާ ކާޔާ ކޮޓަރިން ބޭރަށް ނިކުތެވެ.ފެނުނު މަންޒަރުން ކާޔާ ހުރީ އަންތަރީސް ވެފަ އެވެ.އޭނާގެ ދަރިފުޅު ހަތަރުވަނަ ކޮޓަރީ ދޮރު ކައިރީ ހުރެގެން ބާރުބާރަށް ދޮރުގައި ޖަހަނީ އެވެ.ކާޔާ ދުވެފައި ގޮސް ދަރިފުޅު އުރައިލައިގެން ކޮޓަރި އަށް ގެންދިޔައެވެ. އާ ދުވަހަކަށް އިރު އަރައިފިއެވެ.އެންމެން ވެސް އެ މީހެއްގެ އަމިއްލަ މަސައްކަތައިގެން ގޭތެރޭ އުޅެ އެވެ.ދުވާލުގެ އެވަގުތު ވަރަށް ހަމަ ހިމޭން ކޮށް ދިޔަ އެވެ.ރޭގަނޑުގެ ހަމަ ހިމޭން ވަގުތެވެ.ކުރީ ރެ އެވޭ ވެސް އެއްފަދައިން މިރޭ ވެސް ކާއިލް ނުނިދާން ވެގެން ރޮނީ އެވެ.ކާޔާ އަށް ކާއިލް ނުހުއްޓުވިގެން މުނީރާ އަށް ގޮވިއެވެ.މުނީރާ އައިސް ކާއިލްނިންދަވާފާ ދިއުމުން ކާޔާ ހަމަ ޖެހިލައިގެން ނިދަން އޮށޯތެވެ.ރަނގަޅަށް ނުނިދެނިސް އަނެއްކާ ވެސް ތަނެއްގަ ތަޅާ އަޑު އިވިގެން ގޮސް ބެލިއިރު ކާއިލް 4 ވަނަ ކޮޓަރީގެ ދޮރުގަ ތަޅަނީ އެވެ.ކާޔާ ވަރަށް ބޮޑަށް ބިރު ގަތެވެ.އިތުރަށް އެތާ މަޑުނުކޮށް ކާއިލް އުރާލައިގެން ދުވަމުން ގޮސް މަންމަ އަށް ގޮވި އެވެ.އިރުކޮޅެއްނުވެ މަންމަ ކޮޓަރި ދޮރު ހުޅުވުމުން ބިރުން ހުރިވަރުން މަންމަ ގައިގަ އޮޅުލަިގަނެވުނެވެ.އަދި ހަމަ އަކަށް އެޅިލަމުން މަންމަ އަށް ހުރިހާ ވާހަކަ އެއް ކިޔާދިނެވެ. މަންމަ ހުރީ ކުރިން އެވާހާކަ ނުބުނުމުން ކުޑަކޮށް ހިތް ހަމަ ނުޖެހިފަ ،ނަމަވެސް ވަގުތުގެ ގޮތުން އެއްވެސް އެއްޗެކޭނުބުނެއެވެ.އެރޭ މިކްޔާ ނިދީ މަންމަ ކައިރީގަ އެވެ.އެ ރޭގެ ބާކީ އޮތް ބައި ވަރަށް ހަމަ ހިމޭން ކޮށް ދިޔަ އެވެ. އާ ދުވަހަކަށް އިރު އަރައިފިއެވެ.އެންމެން ވެސް ސިޓިން ރޫމް ގަ ތިބީ ރޭ ގަ ހިނގާދިޔަ ހާދިސާ އާ މެދު މަސްވަރާ ކުރާށެވެ.އެންމެންވެސް ނިންމީ ފާލުބެލުމަށް ފަންޑިތަވެރިއަކު ގެނައުމަށެވެ. ހަވީރުގެ ވަގުތެވެ.އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ ފަންޑިތަވެރިޔާ ގެ އަށް އަންނާނެ އިރަކަށެވެ.އިންތިޒާރުގައި މާކަ ގިނަ އިރު ހުންނާކަށް ނުޖެހުނެވެ.ފަންޑިތަ ވެރިޔާ އެންމެ ފުރަތަމަވެސް އައިސް ކާއިލް މެލުމަށް ފަހު 4 ވަނަ ކޮޓަރީ ދޮރުމަތީ ހުއްޓުނެވެ.ތަޅުލާފަ ހުރުމުން ނުވަދެވުނެވެ. އަދި ކިޔައިދޭން ފެށިއެވެ.”މި ގެ އަކީ މީގެ 6 ަހަރު ކުރިން 1 އަހަރުގެ ކުއްޖަކު މަރާލާފަ އޮތް ގެ އެއް..މި ވޭތުވެ ދިޔަ 6 އަހަރުގައި އެއްވެސް ބަޔަކަށް މިތާކު ނޫޅެވުން..އެހެން ވީމަ ވީ އެންމެ ހާ އަވަހަކަށް އެހެންތާކަށް ބަދަލުވެވޭތޯ އުޅެންވީ.. 1 އަހަރު ފަސް މިހާރު އެ މީހުން އެހެން ގެ އަކަށް ބަދަލުވެގެން އުފަލާ އެކީ ވަގުތުތަަަަަައް ހޭދަ ކުރަމުން ދިޔަ އެވެ ނިމުނީ