ނުވެސް ދަންނަ މީހަކު ކުއްލިއަކަށް އައިސް އެގޮތަށް ބައްދާލުމުން ވިޝިކާ ތެޅިގަނެފައި ލަޔާންގެ އަތުތެރެއިން ނިކުތެވެ. “މޮޔަވީތަ؟ މަންމަ ކައިރީގަ ބުނާނަން…” ދެ ބުމަ ކައިރިކޮށްލަމުން ވިޝިކާ އެހެން ބުނީ ވަރަށް ހިތްހަމަނުޖެހި ހުރެއެވެ. “ދޭ އަވަހަށްގޮސް ބުނޭ… ބައިދަވޭ ކީކޭ ބުނާނީ… އަހަރެން ތި ކުއްޖާ ގައިގަ ހަގް ކޮށްލި ވާހަކަތަ؟” ލަޔާން އެހިއެވެ. ” އާން ހަމަ އެހެން ބުނާނީ.. އެން ޔޫ މާ ފޮނި ނުވައްޗޭ. އަހަރެން މަންމަ ކައިރީ ކަލޭގެ ވާހަކަ […]
ދިގު ދަތުރަކަށްފަހު އަހަރެން ހޯދަން ބޭނުންވާ މީހާ ކައިރިއަށް އާދެވިއްޖެއެވެ. ދުވަސްވެފައިވާ ބޮޑު ގެއެއްގައި އަހަރުން ދެމީހުން އުޅެން ނިންމައިފީމެވެ. ބާ ފަރުނީޗަރުތަކަކީ އަހަރުމެންނާ ގުޅޭ، އަހަރުމެންގެ އަސްލު ބަޔާންކޮށްދޭ އެއްޗިއްސައްވަނީ ވެފައެވެ. މި ގެއަކީ އަހަރުމެންގެ ހަޔާތުގެ ފެށުމަށް ވެއްޖެއެވެ. އަހަރެން ކަހުލާގެ އައު ހަޔާތަށް އައިތާ ތިން ދުވަސް ވީއެވެ. ބަނޑުހައިހޫނުކަން ހައްލުކުރުމަށް ގެ ކައިރީގައި އުޅޭ އަވަށްޓެރިން ގެޔަށް ގެނެސް ވެމްޕައަރގެ ބާރު ބޭނުންކޮށްގެން އެމީހުނަށް ނޭނގި އެމީހުންގެ ގައިން ލޭ ބޯން […]
އުއްމީދު ކޮއްގެން ހުރި ގޮަތަށް ހުރިހާ ކަމެއްވެސް ކުރިއަށްދިއުމުން ހަނާ އިނީ ހިތްހަމަޖެހިފައެވެ. އޭނާގެ އަތުގައި ލާމިހްގެ ނަމްބަރު އޮންނަތާ ކިތަންމެ ދުވަހެކެވެ. ލާމިހް ކަންތައްއެކުރީ ހަނާގެ ރޭވުންތެރިކަމުގެ ދަށުންނެވެ. ނަމްބަރުގެ ވާހަކަދެކެވުނީ ލާމިހް އަށް އީރަމްގެ ނަމްބަރު ހޯދޭނެގޮތެއް ފަހިކޮއްދިނުމަށެވެ. އީރަމް ލޯ އަޅާމުން ހިތްހަމަނުޖެހިފައި އިން ވަރު ހަނާ އަށް އެނގުނެވެ. “ހަނާ..ކީއްތިކުރީ..ކީއްކުރަން ނަމްބަރު ދިނީ..” އީރަމް ގެ އަޑުން ހަނާ ކުރި ކަމަކުން ހިތްހަމަނުޖެހިފައިވާ ކަން އިނގެއެވެ. “އީމް.. އެއީ ނުދަންނަ ބައެއް […]
“މައްސަލައެއް ނެތް މަންމަގެ. ދަރިފުޅުދޭ އޭނަގެ ކޮޓަރި ދައްކަން” ފީރޯޒާ ބުނެލިއެވެ. ރަޔާހީން ފަހަތުން އެމީހާ ހިނގައިގަތްތަނާ ހުއްޓުނީ ފީރޯޒާ ގޮވާލުމުންނެވެ. “ދަރިފުޅު ބުނިންތަ މީ ދާއިމީ ވަޒީފާއެއް ނޫނޭ. ރާނޯމެން އައިހާ އަވަހަކަށް އޭނާގެ މަސައްކަތަށް ހުއްޓުމެއް އަންނާނެ” ފީރޯޒާ ރަޔާހީނަށް އެއްޗެއް ހަނދާންކޮށްދޭ އުސޫލުން ބުނެލިއެވެ. ރަޔާހީން ބޯޖަހާލުމަށްފަހު މަރިޔަން ގޮވައިގެން ސިޑި ހުރަސްކޮށް ކަނާތްފަރާތަށް އެޅެން ހުންނަ ގޯޅިގަނޑަށް ވަނެވެ. ކޮޓަރި އާއި ހަމައަށް އާދެވުމުން އެތެރެއަށް ވަދެ ދޮރުލައްޕާލިއެވެ. “ބޭނުމިއްޔާ އޭސީ […]
“ސުބުހާނަﷲ! ޤުދުރަތީ މަންޒަރު ތަކަކީ ހާދަހާވެސް ފުރިހަމަ ހިތްގައިމު މަންޒަރުތަކެކޭ. ބަލާބަލާ ފޫހިވެސް ނުވާފަދަ އަޖާއިބުން ފުރިގެންވާ އެތައްކަމެއް.” މަޑު ނޫކުލައިގެ އުޑުގައި ލައްވާފައިވާ ހިތްގައިމު ހުދުކުލައިގެ ވިލާތަކުގެ މަންޒަރުތަކަށް ބަލަހައްޓައިގެން އިން ހިބާ ހިތައް އަރަމުން ދިޔައެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ އެ ޚިޔާލުތަކުގައި އިންދާ ބޯޓް ވިލާތަކަށްވުރެ ތިރިޔަށް ފައިބަމުންދާ މަންޒަރު ފެނުމުން އޭނާގެ މަންޒިލް ގާތްވެއްޖެކަން އިހްސާސް ކުރެވުމުންނެވެ. ރާއްޖޭގެ ކުދިކުދި ރަށްތަކުގެ ހިތްގައިމު ނޫ ވިލުތަކާއި، ފަޅުތަކާއި، ހުދު ފަސް ގޮނޑުދޮށްތަކުގެ ރީތި […]
އަހަރެން ހޯދަންއައިސް ގޭގައި އަންހެން ކުއްޖަކު އިނެވެ. އެކަމަނާ އިނީ ކަޅު، ދިގު ހެދުމެއް ލައިގެންނެވެ. އެ އަންހެނާ އަހަރެން ގޮވައިގެން ދިޔައީ އެކަމަނާގެ އެޕާޓްމަންޓަށެވެ. ސިޓިންގ ރޫމްގައި ހުރީ ސޯފާއަކާއި ޓީވީއެކެވެ. ދެން ހުރީ އައިސް ފުރިޖެކެވެ. އެންމެ ކޮޓަރިއެކެވެ. ހީވާގޮތުން މިތާނގައި އުޅެނީ މީނާ އެކަންޏެވެ. “ކޮބަ އިށީންދެ. އަހަރެން އެބަ އަންނަން ބޯނެ އެއްޗެއް ހިފައިގެން. ޒެޑްގެ ހުރިހާ ސުވާލަކަށް އަހަރެން މިރޭ ޖަވާބު ދޭނަން. ކަހުލާ ވެސް ބޭނުންވަނީ އެގޮތް ކަމަށް ވާތީ. […]
އަހަރެން ބޭނުންވީ ރޯލާށެވެ. އަހަރެންގެ ހިތަށް ތަސައްލީއެއް ލިބޭނީ އޭރުންނެވެ. އަހަރެން ބާރަށް ދުވެފަ ގޮސް ހުއްޓުނީ އަތިރިމަތީގަ އޮތް ރުއް ބުޑެއްގެ މަތީގައެވެ. ކަންދިމާ ކުރިގޮތުން އެވަގުތު އަތިރި މަތީގައި އެއްވެސް މީހަކު ނެތެވެ. މަގު ހެދިފަހުން ހަވީރު އެންމެންވެސް ބަލާނީ އެމަގުގައި އާއިލާ އާއިއެކު ވަގުތު ކޮޅެއް ހޭދަކޮށްލެވޭތޯ އެވެ. އެއްބަޔަކު ކާރުގައި އާއިލާ ގޮވައިގެން އުޅޭއިރު އަނެއްބަޔަކު އުޅޭނީ ސައިކަލުގައެވެ. އާއިލާއާއި އެކު ލިންކުރޯޑުގައި ހިނގާލައި ފޮޓޯ ނަގާ މީހުންވެސް މަދެއް ނޫނެވެ. […]
އަތިރިމަތީގައި ޚިޔާލުތަކަށް ގެއްލިފައި އިން އަޝްފާން ސިހުނީ ކުއްލިއަކަށް ވާރޭ އޮއްސައިގަތުމުންނެވެ. އޭނާ އިންތަނުން ތެދުވެ އެކި ކޮޅުކޮޅަށް ނަޒަރު ހިންގާލިއެވެ. ވައިގަދަ ވުމުގެ ސަބަބުން ގަސްތަކުގެ ފަތްތައް އުދުހެމުން ދިޔައެވެ. ކަނޑުގެ ރާޅުތައް އައިސް ގޮނޑުދޮށަށް މުގުރަމުން ދިޔައެވެ. މުޅި އުޑުމަތި އޮތީ ކަޅުކޮށްލާފައެވެ. ކުއްލިއަކަށް މޫސުން އެހާ ގޯސްވެގެން ދިޔައިރު ވެސް އޭނާއަށް ރޭކާނުލިއެވެ. ޔުމްނާގެ ފޮތް ސްކޫލް ދަބަހަށް ލަމުން އޭނާ އެއްގަމަށް އަރަން އެނބުރެލީ ވާރޭ ބޯކުރުމުގެ ކުރިން ގެއަށް ދެވޭތޯއެވެ. […]
ގޭގެ ދޮރު ހުޅުވުނު އަޑާއެކު ސޯފާގައި ޓީވީ ބަލަން އިން ލޫނާ ދޮރާ ދިމާއަށް ބަލާލިއެވެ. އޭރު ލާމިހް އެތެރެއަށް ވަންނަނީއެވެ. ލޫނާ ކައިރިން ލައިފައި ހިނގައިގަތް ލާމިހް އަށް އެތާ އިތުރު މީހެއް އިންހެންވެސް ހީނުވާކަހަލައެވެ. ކޮޓަރީ ތަޅުގައި ހިފާލުމާއެކު ލޫނާ ގޮވާލި އަޑު އިވުނެވެ. ލާމިހް ފަހަތަށް ބަލާލިނަމަވެސް އެ މޫނުމަތިން އެއްވެސް އަސަރެއްނުފެނެވެ. “މަންމަ ބުނި ލާމީ ބޭރަށޭ ދިޔައީ..ބޭރުން ކައިގެން ދޯތިޔައީ..” ލޫނާ އަހާލިއެވެ. ލާމިހް ބަނޑުހައިވެފައި ހުއްޓަސް ކާހިތެއް ނުވިއެވެ. […]