Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (7)

Liaa Level 710 Stories500 Comments100 Comments100 Stories1K Comments100 Login
September 5, 2017 7 Mins Read
16 Comments

އަތިރިމަތީގައި ޚިޔާލުތަކަށް ގެއްލިފައި އިން އަޝްފާން ސިހުނީ ކުއްލިއަކަށް ވާރޭ އޮއްސައިގަތުމުންނެވެ. އޭނާ އިންތަނުން ތެދުވެ އެކި ކޮޅުކޮޅަށް ނަޒަރު ހިންގާލިއެވެ. ވައިގަދަ ވުމުގެ ސަބަބުން ގަސްތަކުގެ ފަތްތައް އުދުހެމުން ދިޔައެވެ. ކަނޑުގެ ރާޅުތައް އައިސް ގޮނޑުދޮށަށް މުގުރަމުން ދިޔައެވެ. މުޅި އުޑުމަތި އޮތީ ކަޅުކޮށްލާފައެވެ. ކުއްލިއަކަށް މޫސުން އެހާ ގޯސްވެގެން ދިޔައިރު ވެސް އޭނާއަށް ރޭކާނުލިއެވެ. ޔުމްނާގެ ފޮތް ސްކޫލް ދަބަހަށް ލަމުން އޭނާ އެއްގަމަށް އަރަން އެނބުރެލީ ވާރޭ ބޯކުރުމުގެ ކުރިން ގެއަށް ދެވޭތޯއެވެ. ނަމަވެސް އެވަގުތު ކުރިމަތީގައި ހުއްޓިގެން ހުރި މީހެއްގެ ސަބަބުން އޭނާގެ ފިޔަވަޅުތަކަށް ހުއްޓުންއެރިއެވެ.

ކުރިމަތީގައި ބޮޑު ކުޑައެއް ހިފައިގެން ހުރީ އާސިމެވެ. އާސިމް ފެނުމުން އަޝްފާން ދެލޯ ހަނިކޮށްލިއެވެ. ކުލާހުގައި ޔުމްނާއަށް އެންމެ ޖެއްސުންކޮށް ހަދަނީ އާސިމްކަން އޭނާއަށް އެނގެއެވެ. އާސިމް މަޑުމަޑުން ހިނގާފައި އައިސް ތެމެމުން ދިޔަ އަޝްފާންއާ އޭނާއާ އެކު ބޮޑު ކުޑައިގައި ނިވާކޮށްލިއެވެ.

“ތެމެނީނު ތިއޮއް!” އާސިމް އެހެން ބުނެލީ ރުޅިވެރި ގޮތަކަށެވެ. ނަމަވެސް އާސިމް އެތަނަށް އެއައީ އަޝްފާންއާ މެދު ކަންބޮޑުވެގެންކަން އަޝްފާންއަށް އެނގުނު ހިނދު އޭނާއަށް ކުޑަކޮށް ހެވޭގޮތްވިއެވެ. ބޭރު ފުށުން ރުޅިވެރި ގޮތް ދެއްކިޔަސް އާސިމްއަކީ ހަޤީޤަތުގައި އެހާ ގޯސް ކުއްޖެއް ނޫންކަމަށް އަޝްފާންގެ ހިތް ބުނަމުން ދިޔައެވެ.

“އެހެންތަ ބުރޯ؟ ބުރޯ އަހަރެން ތެމިދާނެތީ ކަންބޮޑުވެގެންތަ ތިއައީ؟ އަނެއްކާ ބުރޯ އަހަންނާ ލައިކް ވަނީތަ؟” އަޝްފާން އާސިމްއަށް ޖެއްސުންކޮށްލުމުގެ ގޮތުން މަޖާ ރާގަކަށް އަހާލީ އާސިމްގެ ކޮނޑަށް އަތް ވައްޓާލަމުންނެވެ.

“ޗީޑި!” އާސިމް ރުޅިވެރިކަމާއެކު އެހެން ބުނެލަމުން އަޝްފާންގެ އަތް ފޮޅުވާލިއެވެ. އަދި އަޝްފާން އެތަނުގައި ބަހައްޓާފައި ކުރިއަށް ހިނގައިގަތެވެ. އާސިމްއަށް ވީގޮތް ފެނި އަޝްފާން ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ނަމަވެސް ހިނިގަނޑު މަތަކޮށްލަމުން އޭނާ އާސިމްގެ ފަހަތުން ދުއްވައިގަތެވެ.

“އޭ ބުރޯ މަޑުކޮށްބަލަ ދޯ! މަ ވައްދަބަލަ ކުޑަ ތެރެއަށް!” އަޝްފާން އެހެން ގޮވަމުން ގޮސް އާސިމްގެ ކުޑަ ދަށަށް ވަނެވެ. އާސިމް އެއްޗެކޭ ނުބުނިތާންގައި އަޝްފާން ދުރަށް ކޮއްޕާލާކަށްވެސް ނޫޅުނެވެ.

“އާސިމް އަދި ގެއަށް ނުދަނީތަ؟” އަޝްފާން އެހެން އަހާލީ އާސިމްވެސް ސްކޫލު ޔުނީފޯމު ލައިގެން ހުރިތަން ފެނުނީމައެވެ.

“އަ… އާނ.. ލައިބްރަރީގަ އިނީ މަސައްކަތެއް ނިންމަންވެގެން..” އާސިމް ނުވާކަމަށް ހަދާލަމުން ބުނެލިއެވެ. އެވަގުތު އަޝްފާން ދަތްދޮޅީގައި އޭނާގެ އަތް ހާކާލިއެވެ. އަދި ނިތަށް ދެތިން ރޫ އަރުވާލިއެވެ.

“އެހެންވިއްޔާ… އާސިމްއަށް ކިހިނެއް އެނގުނީ އަހަރެން އިނީ އެދިމާ އަތިރިމަތީގަ ކަމެއް؟” އަޝްފާން އާސިމްއަށް ލޯއަޅާލަމުން އަހާލިއެވެ. އެވަގުތު އާސިމަށްވީ ވައްކަން ކުރަން އުޅެނިކޮށް ފަޅައެރީމާ ވަގަކަށް ވާ ގޮތެކެވެ.

“އަނެއްކާ އާސިމް އަހަންނަށް ފާރަލަނީބާ….” ބާ އަށް ދަމާލަމުން އަޝްފާން ބުނެލީ މަޖާ ރާގަކަށެވެ. އާސިމް ޗުސްތަޅާލިއެވެ.

“ބުރޯ އަސްލަށްވެސް މަ ދެކެ ލައިކް ވަނީ ކަންނޭނގެ.. ހަހަހަ..” އަޝްފާން އާސިމްގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. ދެމީހުން މަގުމަތީގައި އެގޮތަށް ހިނގަމުން ދިޔައިރު އަޝްފާންގެ އަނގަ ނުހުއްޓެއެވެ. އޭނާ ދިޔައީ އެދަނޑިވަޅުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި އާސިމްއާ ދިމާކުރަމުންނެވެ. ބައެއްފަހަރު އޭނާ މަގުމަތީގައި ހެދިފައި ހުރި ކުދި ފެންގަނޑުތަކަށް އާސިމް ކޮއްޕާލައެވެ.

އަޝްފާންއަށް ނޭނގުނަސް އާސިމް ވެސް ޔުމްނާ ދިޔަ ލޯންޗު ފުރިއިރު ބަނދަރު ފެންނަ ހިސާބުގައި ހުއްޓެވެ. އަޝްފާން އަތިރިމައްޗާ ދިމާއަށް ދިއުމުން އޭނާވެސް އަޝްފާންގެ ފަހަތުން ދިޔައީއެވެ. އެހުރިހާ އިރަކު އޭނާ ދުރުގައި އަޝްފާނަށް ބަލަހައްޓައިގެން ހުއްޓެވެ.

** ** **

ނިދާ ހެދުން ލުމަށްފަހު ޔުމްނާ ކިންގް ސައިޒް އެނދުގައި އޮށޯވެލިއެވެ. އޭރު ވަރުބަލިވުމުގެ އިތުރަށް އޭނާ ހުރީ ނިދިވެސް އައިސްފައެވެ. ނަމަވެސް އެތަނުގައި އޮންނަން އޭނާ ޖެހިލުންވިއެވެ. ފަރީދު އައިސްދާނެތީ އޭނާ އޮތީ ކަންބޮޑުވެފައެވެ. މެންދުރުގެ ކެއުމަށްފަހު އޭނާ ފަރީދުއެއް ނުދެކެއެވެ. ބާލީހުގައި ބައްދާލައިގެން ދެލޯ މަރައި ފިއްތައިގެން އޭނާ އޮތް ނަމަވެސް އޭނާއަށް ނިދޭ ގޮތެއް ނުވިއެވެ. މިހާރު އޭނާއަކީ މީހެއްގެ އަންބެއްކަން އޭނާ އަމިއްލަ ނަފްސަށް ހަނދާންކޮށްދެމުން ދިޔައެވެ. ފަރީދުގެ ބޭނުންތައް ފުއްދައިދިނުމަކީ އޭނާގެ ވާޖިބެއްކަން އޭނާއަށް ވިސްނެއެވެ. ނަމަވެސް ދެރައީ އޭނާއަށް ފަރީދުގެ ގޮތް ރަނގަޅަށް ނޭނގޭތީއެވެ. އަނެއްކާ ފަރީދު އޭނާއަށް އަނިޔާ ކޮށްފާނެހެއްޔެވެ؟ މިކަހަލަ ޚިޔާލުތަކެއްގައި އޮއްވައި މީހަކު އެ ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް އޭނާ ސިހުނުވަރުން ފުންމައިގެން ތެދުވެވުނެވެ. އޭރު ކޮޓަރީގެ ދޮރު ލައްޕާފައި އެތެރެއަށް ވަންނަން އައި ފަރީދު ފެނި އެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ.

ދޮރު ހުޅުވާލި ވަގުތު ޔުމްނާއަށް ވެގެން ދިޔަގޮތް ފަރީދުއަށް ރީއްޗަށް ވެސް ފެނުނެވެ. މަޑު ހިނގުމެއްގައި އޭނާ އައިސް ޔުމްނާ އިން އެނދުގައި އިށީނެވެ. އޭރު ޔުމްނާ އިސްޖަހައިގެން އިނދެ ދެއަތް ދެއަތާ މޮޑެމުން ގެންދިޔައެވެ.

“ވަރުބަލިދޯ؟” ފަރީދު އެހެން އަހާލުމާއެކީ ޔުމްނާ އަވަސްއަވަހަށް ބޯ ޖަހާލިއެވެ.

“މާދަމާ ވާނެ އިނގޭ އާލިމާއާއެކު ޝޮޕިންގް ކޮށްލަން ދާން.. ޔުމްނާ އަތުގަ ނެތެއްނު ދޯ މާ ބައިވަރު ހެދުމެއް ވެސް..؟” ފަރީދު މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ޔުމްނާ ބޯ ޖަހާލިއެވެ.

“އަހަރެން މި އައީ ޔުމްނާއަށް އެއްވެސް ކަމެއް ކުރާކަށް ނޫން.. ހާސްނުވޭ.. އަދި ބިރުނުގަނޭ…” ޔުމްނާ އިނީ ބިރުންކަން އެނގުމުން ފަރީދު ބުނެލިއެވެ. އެއާއެކު ޔުމްނާ ފަރީދުގެ މޫނަށް ބަލާލިއެވެ.

“ޔުމްނާ ތައްޔާރުވާން އަހަރެން ދޭނަން ދުވަސްކޮޅެއް.. އަހަރެން ބޭނުމީ ކައިވެނީގެ ގުޅުން ޔުމްނާގެ ވެސް ރުހުމުގައި ހިންގަން.. ވެދާނެ އަހަރެން މީ ޔުމްނާއަށް ވުރެ އެތައް ތަނެއް ދޮށީ މީހަކަށްވެސް.. އެކަމަކު އަހަންނަށް އިތުބާރު ކުރޭ.. އަހަރެން ތި ކުއްޖާއަށް ދެރަގޮތެއް ނުހަދާނަން އިރާދަކުރެއްވިއްޔާ..” ފަރީދު އެހެން ބުނުމަށްފަހު އެ ކޮޓަރިން ނިކުންނަން ދިޔައެވެ.

“ކޮޓަރި ދޮރު ތަޅުލައިގެން އޮންނައްޗޭ..” ފަރީދު އެހެން ބުނުމަށްފަހު ނިކުމެގެން ދިޔައެވެ. ޔުމްނާ ފަރީދު ދިޔަ ދިމާއަށް ބަލަން ހުރީ ހައިރާންވެފައެވެ. ކަންތައް ވެގެން އެދިޔައީ އޭނާ ހީކޮށްގެން ހުރި ގޮތަކަށް ނޫނެވެ. އޭނާ މިހާރު އެ ހުރީ ފަރީދުގެ ފުރިހަމަ ބާރުގެ ދަށުގައެވެ. ވުމާއެކު ފަރީދު އޭނާގެ ކިބައިން ފައިދާއެއް ނަގަން ނޫޅުނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ހުރީ ފަރީދުއަށް އެ ހައްޤު ދޭށެވެ. ކޮންމެ ގޮތެއް ވިޔަސް މިޔަދު އޭނާ އަކީ ފަރީދުގެ އަންބެކެވެ.

ޔުމްނާ ކޮޓަރި ދޮރު ތަޅުލުމަށްފަހު އެނދުގައި އޮށޯވެ ދެލޯ މަރާލިއެވެ. އެ ވަގުތު އެ ހިތާއި ސިކުނޑީގައި ކުރެހިފައި ވަނީ އަޝްފާންގެ ސޫރައެވެ. އެ ހިތްގައިމު ހިނިތުންވުމެވެ. ދެން އޭނާއަށް ދުވަހަކުވެސް އަޝްފާން ނުފެންނާނެ ހެއްޔެވެ؟ ދެފަރާތަށް ފުރޮޅި ފުރޮޅި އެތައް އިރަކު އޭނާ އެހެން އޮއްވާ ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ.

ޔުމްނާއަށް ހެނދުނު ހޭލެވުމާއެކު އެކި ކޮޅުކޮޅު ހޯދެން ފެށީ ހައިރާން ކަމާއެކުގައެވެ. އެއީ ފަރީދުގެ ގެކަން އެސިކުނޑިއަށް ނަގައިގަންނަން ހިނދުކޮޅެއް ނެގިއެވެ. ފުންނޭވައެއް އެތެރެކުރަމުން އޭނާ އެނދުގައި ދެފައި ވަށްކޮއްގެން އިށީނެވެ. ނިދާފައި އޮތް ވަގުތުކޮޅު އެ ސިކުނޑިއަށް ލިބުނީ ބަޔާންކުރަން ދަތި ލުއިކަމެކެވެ. އެވަގުތު އަބަދުވެސް ނިދާފައި އޮވެވޭނެ ނަމައޭ އެ ހިތަށް އެރިއެވެ.

ޔުމްނާ ބަދިގެއަށް ދިޔައިރު ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށްޓަކައި އާލިމާ އާއި އިތުރު މަސައްކަތު މީހަކު ހަރަކާތްތެރި ވަމުން ދިޔައެވެ. ގޭތެރެ ސާފުކުރުމުގައި މަސްއޫލުވެގެން އިތުރު ދެމީހަކު އުޅުނެވެ. ޔުމްނާ ގޮސް އާލިމާމެންނަށް އަތް ގާތްކޮށްދޭން ފެށިއެވެ. އޭނާގެ ހިތުގައި އާލިމާއާމެދު ޚާއްސަ ކުލުނެއް އުފެދިފައި ވިއެވެ. އާލިމާ ފެންނަ ކޮންމެ ފަހަރަކު އޭނާއަށް އާބިދާ މަތިން ހަނދާންވެއެވެ. އާބިދާގެ ހާލެއްވެސް ނޭނގޭތީ ޔުމްނާ ހުންނަނީ ކަންބޮޑުވެފައެވެ.

ޔުމްނާ ހެނދުނުގެ ނާސްތާކުރީ މަސައްކަތު މީހުންތަކާ އެކީގައެވެ. އެގޭ އެހެން މީހުން ހޭލާނީ ލަހުންކަމަށް އާލިމާ ބުނުމުން ޔުމްނާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބިފައި ވިއެވެ. ސައިބޮއިގެން ޔުމްނާ އެ ބޮޑުގޯތިތެރެއަށް ނިކުމެލިއެވެ. ކާޕެޓް ވިނަތައް މަތީގައި ހިނގާލާފައި އޭނާ ގޮސް ހުއްޓެލީ އެއްފަރާތުގައި ހައްދާފައިވާ މާ ގަސްތައް ދޮށުގައެވެ. އޭރު ގަސްތަކުގައިވާ ހިކި ފަތްތައް ނައްޓައި ހެދުމުގެ މަސައްކަތުގައި ކޮންމެވެސް މީހަކު އުޅުނެވެ. ޔުމްނާ ފެންނައިރަށް އޭނާ އަދަބުވެރި ކަމާއެކު ބޯ ތިރިކޮށްލިއެވެ. ޔުމްނާ އެމީހާއަށް ހިނިތުންވުމެއް ދިނުމަށްފަހު ގޮސް އެތަނުގައި ހުރި ފެންއަރުވާ ވަޑާން ވަށައިގެންވާ ފާރުކޮޅުގެ މަތީގައި އިށީނެވެ. ހެނދުނު ފެންވެރި ވަގުތު ޝޭންޕޫ އެޅުމުގެ ސަބަބުން ތެތްވެފައިވާ ޔުމްނާގެ އިސްތަށިގަނޑު ދޫކޮށްލެވިފައިވިއެވެ. ހިތްގައިމު ވައިރޯޅިތައް އައިސް އޭނާގެ އިސްތަށިގަނޑުގައި ފިރުމާލައެވެ.

“ކާން ދުރުވާންވީ ނޫންތޯ؟” މަސައްކަތު މީހަކު އައިސް އެހެން ބުނެލުމާއެކު ޔުމްނާ ދިޔައީ ސިހިގެންނެވެ. މެންދުރުވީ ހެއްޔެވެ؟ ޚިޔާލީ ކަނޑަށް ގެނބިފައި އޭނާއަށް މިތަނުގައި ހާދަހާ ގިނައިރަކު އިނދެވިއްޖެއެވެ. ނުވިސްނަން އުޅުނަސް އޭނާއަށް ވިސްނެނީއެވެ. މަންމައާ މެދުގައެވެ. އަޝްފާންއާ މެދުގައެވެ. އޭނާގެ ދިރިއުޅުމަށް މިއައި ބޮޑު ބަދަލާ މެދުގައެވެ.

“ބޭބް!” ކުއްލިއަކަށް އެހެން ގޮވަމުން ގޭތެރެއިން ނިކުތް މިޝްކާއަށް ޔުމްނާގެ ނަޒަރު ހުއްޓުނެވެ. މިޝްކާ ދުވެލާފައި ގޮސް އެ ގޭގެ ގޭޓުން ވަދެގެން އައި މުނީރުގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ.

“މިޝޫ.. މަގޭ އަތްފައި ހަމަ ފިނިވަނީ.. އަލަށް ވިއްޔަ އަދި މިގޮތަށް މިޝޫގެ ބައްޕައާ ބައްދަލުކުރަން މިއުޅެނީ..” މުނީރު ބުނެލިއެވެ. ހަޤީޤަތުގައި ވެސް އޭނާގެ ހިތް ވަނީ ނުތަނަވަސް ވެފައެވެ. ފަރީދު ހުންނަ ގޮތުންވެސް އޭނާ ބިރުގަނެއެވެ. ނަމަވެސް މިޝްކާ ދެކެވާ ލޯތްބައްޓަކާ އޭނާ ފަރީދުއާ ބައްދަލުކުރަން އައީއެވެ.

“ދެން މުނީރޫ.. ތިހެން އަންހެނެއްހެން ބިރުން އުޅެންޏާ އަހަރެމެންގެ ކައިވެނި ނުކުރެވިދާނެ.. ދެން ހިނގާބަ.. ބައްޕައާއި މަންމަ އެބައިން ކާމޭޒު ދޮށުގައި އަހަރެމެންގެ އިންތިޒާރުގައި…” މިޝްކާ މުނީރުގެ އަތަށް ދަމާލަމުން ބުނެލީ ތުއި ގޮތަކަށެވެ. މުނީރު ހެމުން ހެމުން މިޝްކާއާއެކު ގޭތެރެއަށް ވަންނަން ހިނގައިގަތް ނަމަވެސް އޭނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ފެންއަރުވާ ވަޑާން ކައިރީގައި ހުރި ޔުމްނާ ފެނިފައެވެ. އިރުކޮޅެއް ވަންދެން އޭނާއަށް އެދިމާ ބަލަހައްޓައިގެން ހުރެވުނެވެ. އެއީ ހަމަ އެކުއްޖާއެވެ. އޭނާއަށް ޖެޓީ ދޮށުން ފެނުނު އަންހެން ކުއްޖާއެވެ. ހަމަ އެދިގު އިސްތަށިގަނޑެވެ. އެ ދޮން ވަށް މޫނާއި ބޮޑު ދެލޮލެވެ. ނަމަވެސް އެ ކުއްޖާ މިގޭގައި ކީއްކުރަނީބާއޭ އޭނާގެ ހިތަށް އެރިއެވެ.

“މިޝޫ.. އެއީ ކާކުތަ؟” ޔުމްނާ ދައްކާލަމުން މުނީރު މިޝްކާ ގާތު އަހާލިއެވެ. މިޝްކާއަށް ޔުމްނާ އެތަނުގައި އިންކަން ވެސް އެނގުނީ އެވަގުތެވެ. ވަގުތުން އޭނާ މޫނު ކުނިކޮށްލިއެވެ.

“އެއީ ބައްޕަ އިން ކުއްޖާ.. ދެން ހިނގާބަލަ އަހަރެންގެ މޫޑު ޚަރާބުވެދާނޭ…” ތުން އަނބުރަމުން މިޝްކާ ބުނެލިއެވެ. މުނީރުވެސް އިތުރު ވާހަކައެއް ނުދައްކާ މިޝްކާއާއެކު އެތެރެއަށް ވަދެގެން ދިޔައެވެ.

ކާމޭޒު ދޮށުގައި އެންމެން ތިބިއިރު ތަނަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. މިޝްކާއާ ޖެހިގެން އިން ގޮނޑީގައި މުނީރު އިނެވެ. ފަރީދުއާ ޖެހިގެން އިން ގޮނޑީގައި ނަސްރީން އިންއިރު އޭނާ ދިޔައީ އުލަކުން ތަށީގައިވާ އެއްޗެހި ހާވަމުންނެވެ. އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ފަރީދު ވާހަކަދައްކަން ފަށާނެ އިރަކަށެވެ.

“ކޮބާތަ ޔުމްނާ؟” އިރުކޮޅެއް ފަހުން އެ ހަމަހިމޭންކަން ފޫދުއްވާލަމުން ފަރީދު ވާހަކަދެއްކިއެވެ. އެއާއެކު ނަސްރީންއަށް ދެލޯ ހަނިކޮށްލެވުނެވެ. ފަރީދު ޔުމްނާއާހެދި އެހުރީ ހާދަހާ ވަރެއް ވެފައެވެ. މިޝްކާވެސް ފަރީދުއަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ.

“އާލިމާ.. ޔުމްނާ ގޮވައިގެން އަންނަން ދޭބަލަ..” ފަރީދު އެހެން ބުނުމުން އާލިމާ އަވަސް އަވަހަށް ގޮސް ޔުމްނާ ގޮވައިގެން އައެވެ. ޔުމްނާ ކާމޭޒުދޮށުގައި ތިބި އެންމެންނަށް ބަލާލީ ޖެހިލުންވެ ހުރެއެވެ. ފަރީދު އިޝާރާތްކޮށްލުމުން އޭނާ ގޮސް ފަރީދުއާ ޖެހިގެން އަނެއްފަރާތުގައިވާ ގޮނޑީގައި އިށީނެވެ.

“ބައްޕާ.. އާއިލާއިން ބޭރު މީހަކު ކީއްކުރަންތަ މިތަނަށް ތި ގެނައީ؟” ހިތްހަމަ ނުޖެހިގެން އެއްޗެކޭ ނުބުނެލައެއް މިޝްކާއަކަށް ނުހުރެވުނެވެ. އެވަގުތު ފަރީދު އޭނާއަށް ބަލާލި ގޮތުން އޭނާ ވަގުތުން ހިމޭންވިއެވެ.

“ޔުމްނާ އަކީ މިހާރު މިގޭ މީހެއް.. މިޝްކާ ވެސް ޔުމްނާއާ މެދު ކަންތައް ކުރަންވާނީ އަމިއްލަ މަންމައަށް ކަންތައް ކޮށްދޭ ފަދައިން..” މިޝްކާއަށް ބަލާލަމުން ފަރީދު ބުނެލިއެވެ. “ނަސްރީންވެސް މިހާރު ގަބޫލުކުރަންވާނެ ޔުމްނާއަކީ އަހަރެންގެ ދެވަނަ އަނބިކަން. އެކަން ދަނެގެން އުޅެންވާނީ..” ފަރީދު ނަސްރީންއަށް ބުނެލިއެވެ. ޔުމްނާ އިސްޖަހައިގެން އިނެވެ. އޭނާއަށް ޢާއިލާއެއްގެ ހަމަޖެހުން ނަގާލެވިއްޖެ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. މުނީރު ޔުމްނާގެ މޫނަށް ބަލާލިއެވެ. އެ މޫނުމަތިން އޭނާއަށް ފެނުނީ މައުސޫމްކަމެވެ. އެހާ ޅައުމުރެއްގައި ފަރީދުފަދަ މީހަކާ އެކުއްޖާ އިންނަން ޖެހުނީ ކީއްވެބާއޭ އެހިތަށް އަރަމުން ދިޔައެވެ.

ދެން އެންމެންގެ މެދުގައި ދެކެވުނީ މިޝްކާއާ މުނީރުގެ ކައިވެނީގެ ވާހަކައެވެ. ނަސްރީން އާއި ފަރީދުގެ ލަފާގެ މަތިން ކައިވެނި ކުރުމަށް ހަމަޖެހުނީ ދެހަފްތާ ފަހުންނެވެ. ކައިވެނީގެ ފަހުން މިޝްކާއާ މުނީރު އުޅެންވާނީ އެގޭގައި ކަމަށް ނިންމުނެވެ. ސަބަބަކީ މުނީރަކީވެސް ރާއްޖެތެރޭގެ މީހަކަށްވެފައި އޭނާ އުޅެނީ މާލޭއިން ކޮޓަރިއެއް ކުއްޔަށް ހިފައިގެން ކަމުގައި ވާތީއެވެ. އެ ހުރިހާ ވާހަކައެއް ދެކެވުނުއިރު ޔުމްނާ އިސްއުފުލާ އެއިން އެކަކާ ދިމާ ބަލާވެސް ނުލައެވެ. މިޝްކާއާ ނަސްރީން އޭނާއަށް ކުރާ ނަފްރަތު އޭނާއަށް ވަނީ ފެނިފައެވެ.

** ** **

ހަވީރުގެ ހިތްގައިމު ވަގުތެވެ. އުޑުމަތި އޮތީ ކުޑަކޮށް ބަނަކޮށެވެ. ވާރޭ ނުވެހުނު ނަމަވެސް ޖެހެމުންދާ މަޑު ފިނި ވައިރޯޅިތަކުގެ ސަބަބުން ހީކަރުވާހާވެއެވެ. އާޓިފިޝަލް ބީޗު ސަރަހައްދުގައި އެކި ޢުމުރުގެ މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ކުޑަކުދިންނާ މުސްކުޅިން އެ މާހައުލުގައި ހަރަކާތްތެރިވަމުން ދިޔައީ ހިތްހަމަޖައްސާލުމަށްކަން ޔަޤީނެވެ. މުނީރުއާއި އާރިކްވެސް އެތަނުގެ ބެންޗެއްގައި އިނެވެ. މުނީރު ފުލުސް ޔުނީފޯމުގައި ހުރިއިރު އޭނާ އެއައީ ދެންމެ ޑިއުޓީ ނިންމާފައިކަން ހާމަވެއެވެ.

“ހާދަ ހީކަރުވައޭ އެބަ..” މުނީރު ބުނެލިއެވެ.

“މިޝްކާ ގާތު ބުނަންވީނު ހީފިލުވަދޭށޭ..” އާރިކް ލާނެތް ގޮތަކަށް އެހެން ބުނެލުމުން މުނީރު އޭނާގެ ކޮނޑުގައި ބާރަކަށް ޖަހާލިއެވެ.

“މިޔަދު ދިޔައީމޭ މިޝްކާގެ ބައްޕައާ ބައްދަލުކުރަން. މަ ހުރީ ބިރުން ވިރިވިރި.. އަސްލު ފަރީދަކީ އެހާ ގޯސް މީހެއް ނޫންކަންނޭނގެ.. ވަރަށް ހިތްހެޔޮކޮށް ވާހަކަދެއްކީ.. އެކަމަކު މަ ބިރުގަންނަނީ އޭނަ ބަލާލާ ގޮތުން..” މުނީރު ވާހަކަދެއްކި ގޮތުން އާރިކް ގާތަށް ހިނިއައެވެ.

“ބަފައިބެ ދެކެ ތިހާ ބިރުން އުޅޭ މީހެއް އަދި ނުދެކެން..” އާރިކް މުނީރުއާ ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ.

“އޭ އެއްކަލަ ކުއްޖާ މަތިން ހަނދާން އެބަހުރިތަ؟” ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައިން މުނީރު އަހާލިއެވެ.

“ކޮން؟” ސުވާލުމާކެއްގެ ތެރޭގައި ހުރެ އާރިކް އަހާލިއެވެ.

“އެއްކަލަ ދުވަހު.. ކަލޭ މާލެ އައި ދުވަހު ކަލޭ ދެއްކީމެއްނު ކުއްޖެއް؟” މުނީރު އަނެއްކާވެސް އަހާލިއެވެ.

“ނޭނގެ.. ހަނދާނެއް ނެތް..” ފަރުވާކުޑަގޮތަކަށް އާރިކް ބުނެލިއެވެ.

“އެއްކަލަ ކުއްޖާއޭ.. އެއްކަލަ އިސްތަށިގަނޑު ދިގު ރެޕަންޒަލް!” މުނީރު ބާރަކަށް ބުނެލިއެވެ. އެއާއެކު އާރިކް ހީލަމުން ހަނދާން އެބަހުއްޓޭ ބުނެލިއެވެ.

“އެއީ ކާކުކަން އިނގޭތަ ކަލެއަށް؟ އެއީ މިޝޫގެ ދޮންމަންމަ!” މުނީރު އެހެން ބުނުމުން އެވާހަކަ ޤަބޫލުނުކުރެވޭ ފަދަ ގޮތަކަށް އާރިކް ބަލާލިއެވެ.

“އަސްލުވެސްތަ؟ އެކުއްޖާގެ އިސްތަށިގަނޑުގެ ޖާދޫގަ ކަލޭގެ ބަފައިބެވެސް ޖެހުނީ ކަންނޭނގެ..” އާރިކް އެހެން ބުނުމުން މުނީރު ހޭން ފެށިއެވެ. ނަމަވެސް އޭރުވެސް އޭނާއަށް ވިސްނެމުން ދިޔައީ ޔުމްނާއާ މެދުގައެވެ. އެ މައުސޫމް ކުއްޖާއާމެދު އެ ހިތުގައި ހަމްދަރުދީ އުފެދިފައިވިއެވެ.

އާރިކް ގެއަށް ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ސިޓިންގްރޫމް ސޯފާގައި އޭނާގެ މަންމަ، ޖުވައިރިޔާ އިނެވެ. އާރިކް ފެންނައިރަށް ޖުވައިރިޔާ ކޮޅަށް ތެދުވެ އުނަގަނޑުގައި ދެއަތް ވިއްދާލިއެވެ.

“އާރިކް!” ޖުވައިރިޔާ ގޮވާލި އަޑު އިވުނު ނަމަވެސް އާރިކް އަޑުއިވޭ ކަމަށްވެސް ނުހަދައި، ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. ޖުވައިރިޔާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އާރިކް އޭނާއަށް ކުރަމުންދާ ނަފްރަތު ހުއްޓާނީ ކޮންއިރަކުން ހެއްޔެވެ؟ އޭނާއަށް ކުރެވުނީ ކޮށްގެން ނުވާނެ ކަމެއް ނަމަވެސް އާރިކް އޭނާއާ މިގޮތަށް ކަންތައް ކުރަން ޖެހޭ ހެއްޔެވެ؟

ބާރުބާރަށް ސިޑިން އަރައިގެން އައި އާރިކްގެ ހަރަކާތްތަކަށް ހުއްޓުން އެރީ އޭނާގެ ކުރިމައްޗަށް ކުއްލިއަކަށް މީހަކު އެރުމުންނެވެ. މަޑުމަޑުން އިސްއުފުލައި އޭނާ ބަލާލި ވަގުތު އެމޫނުމަތީގައިވާ ރުޅިވެރިކަން މަޑުމަޑުން ފޭދިގެން ދިޔައެވެ.

“އަރޫ..” އާރިކްއަށް މަޑުމަޑުން ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ގޮވާލެވުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Liaa

Level 710 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ތިޔަ ދިން އުފާ 9

Next

ލޯބި މަވީ ބޭކާރޭވީ (1)

Next
September 5, 2017

ލޯބި މަވީ ބޭކާރޭވީ (1)

Previews
September 5, 2017

ތިޔަ ދިން އުފާ 9

16 Comments!

  1. maii says:
    September 5, 2017 at 9:29 pm

    Me firrrrrsssttttt. Yeyeyeye

    1. Liaa says:
      September 5, 2017 at 9:32 pm

      Yaaay! Maii first.. hehe:)

  2. Liaa says:
    September 5, 2017 at 9:31 pm

    Hey hurihaa kudhin! Mi part ves kamudhaane kamah ummeedhu kuran 🙂
    Loves!<3
    And Liaa ah next part upload koh dheveynee FRIDAY ga.. Keep waiting! 🙂

  3. Juvey says:
    September 5, 2017 at 9:56 pm

    Me 2nd dww ..?????

  4. Unknown says:
    September 5, 2017 at 9:58 pm

    Me 3rd

  5. Unknown says:
    September 5, 2017 at 10:01 pm

    Miadhu mi story kiyan mi feshy…
    And aslu story vrh bst?

  6. Sama dhonthi says:
    September 5, 2017 at 10:04 pm

    V reethi ??

  7. Hajj says:
    September 5, 2017 at 10:04 pm

    Beautiful story. Loving it. Waitin for the next part. Plx upload it soon

  8. Juvey says:
    September 5, 2017 at 10:09 pm

    Mi part vx v reethi. .waiting for nxt. .love s liaa doonee??gd nyt..tc ?????

  9. Xxxx says:
    September 5, 2017 at 10:33 pm

    Nice dear?

  10. Shaii ? says:
    September 5, 2017 at 11:13 pm

    Reethi…

  11. Aireen says:
    September 5, 2017 at 11:15 pm

    Alhey i feel so sad about yumna. Ekam story hama awsome igey waitig upcoming episod

  12. khajja says:
    September 6, 2017 at 2:00 am

    Masha allah stry v v v rythi v v furihama whn nxt prt avaskollachchey gud nyt ly????❤❤???????

  13. mal-mal says:
    September 6, 2017 at 11:40 am

    mi part ves varah reethi MashaAllah. 🙂 🙂
    waiting eagerly for an update!!! ❤❤❤❤

  14. Shiyaa Siyaa says:
    September 8, 2017 at 12:55 am

    Varah nice

  15. Yum says:
    September 9, 2017 at 12:10 pm

    Aasim ee girl eh tha..varah salhi mi part es

Comments are closed.


All Right Reserved!