Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަވްލީން (6 ވަނަ ބައި)

iff Level 210 Stories100 Comments
September 6, 2017 5 Mins Read
27 Comments

ނުވެސް ދަންނަ މީހަކު ކުއްލިއަކަށް އައިސް އެގޮތަށް ބައްދާލުމުން ވިޝިކާ ތެޅިގަނެފައި ލަޔާންގެ އަތުތެރެއިން ނިކުތެވެ. “މޮޔަވީތަ؟ މަންމަ ކައިރީގަ ބުނާނަން…” ދެ ބުމަ ކައިރިކޮށްލަމުން ވިޝިކާ އެހެން ބުނީ ވަރަށް ހިތްހަމަނުޖެހި ހުރެއެވެ. “ދޭ އަވަހަށްގޮސް ބުނޭ… ބައިދަވޭ ކީކޭ ބުނާނީ… އަހަރެން ތި ކުއްޖާ ގައިގަ ހަގް ކޮށްލި ވާހަކަތަ؟” ލަޔާން އެހިއެވެ. ” އާން ހަމަ އެހެން ބުނާނީ.. އެން ޔޫ މާ ފޮނި ނުވައްޗޭ. އަހަރެން މަންމަ ކައިރީ ކަލޭގެ ވާހަކަ ދޮގުހަދައިގެން ކިޔައިގެންވެސް މިގެއިން ނެރެލާނަން… ހުއް” ވިޝިކާ ހަށަމް ބަނދެލަމުން ބުނެލީ ޔަގީންކަމާއެކުގައެވެ. ” އޯހް… ތީތި ކަޑައޭ ލަވްލީ… ކީއްކުރަން ދޮގު ހަދަނީ. ލަވްލީ މަންމަ ކައިރީގަ ޝަކުވާ ކުރަންދާއިރު ހަމައެކަނި ހަގް ކުރި ވާހަކަ ބުނީމަ ފަހަރެއްގަ އަޅާނުލާދާނެ. ސޯ ކިސް ކުރި ވާހަކަ ބުނަން ރެޑީވޭ” ލަޔާން ވިޝިކާއާ ދިމާލަށް ފިޔަވަޅެއް ކުރިއަށް އަޅާލަމުން އެހެން ބުނުމާއެކު ބިރެއް ފެނިގެން ބިރުން ފިލާހެން ދުވެފަ ގޮސް އެ ކޮޓަރިން ނިކުމެއްޖެއެވެ. ވިޝިކާ ނިކުމެގެން ދިޔަ ދިމާލަށް ބަލަންހުރި ލަޔާންގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

ލަޔާން ސިޑިން ފައިބައިގެން އައިސް ކާގެއަށް ވަންއިރު އަވްލީން އުޅެނީ ޖޯޑުތަކަށް ސައި އަޅާށެވެ. އަވްލީން ފެނިފަ އެތެރެއަށް ވަދެގެން ދިޔަ ލަޔާންއަށް ހުއްޓުންއެރިއެވެ. އޭރު މަހުދީވެސް ލަޔާން ފަހަތުން އައިސް ކާގެއަށް ވަދެއްޖެއެވެ. “ލަޔާން.. ލަދުން ނުހުރެ އަވަހަށް އިށީނދޭ.. މި ހަމަ ލަޔާންގެވެސް ގެ ކަމަށް ބަލައިގެން އުޅޭ.. ނަސީބެއް ލަޔާން މި ދުވަސްކޮޅާ ދިމާކޮށް އައިކަން. އަހަރެން މި ހުންނަނީ އަދި ޖޮބް ހަމަނުޖެހޭތީ ވަރަށް ފޫހިވެފަ. އަދި މި ރަށުގަ ނުތިބޭނެ އަހަރެންގެ މާ ބައިވަރު ރައްޓެހިންނެއްވެސް” މަހުދީ ގޮނޑީގައި އިށީންނަމުން ބުންޏެވެ. “އެއީ ކީއްވެ؟ ރަށުގައެއް ނޫންތަ އުޅުނީކީ؟” ލަޔާންވެސް ގޮނޑިއެއް ދަމާލާފައި އިށީންނަމުން އެހިއެވެ. ” އާން.. ކުޑައިރު މާލެއަށް ކިޔަވަންދިޔަ ގޮތަށް އަދި މި ނިމުނީ. ދެން ލިބުނު ޗުއްޓީތަކުގަ އައިން..” މަހުދީ ބުންޏެވެ.

ދެމީހުން ވާހަކައިގަ ތިބެގެން ސައިބޮއި ނިންމާލާފަ ނިކުތީ މިސްކިތަށްދާށެވެ. ލަޔާން އެ ރަށަށް އެއައީ އަދި އަލަށްކަމުން އެ ރަށު ތަންތަން ހުންނަ ތަނެއް އަދި ނޭނގެއެވެ. ދެމީހުނަށް މަގަށް ނިކުމެވުނުއިރު ވިޝިކާ އާ ވިޝާކާ އާ ދެބެން އައިސް އަރާހަމަވީއެވެ. “ވިޝީމެން މި ގަޑީ ކޮންތާކަށް ގޮއްސަ ތިއައީ؟ ނަމާދުކޮށްފިންތަ؟” “މިއައީ އައިޝާ ބުނެގެން އެގެއަށް ގޮއްސަ.” މަހުދީގެ ސުވާލަށް ޖަވާބުދީފަ ވިޝިކާ ލަޔާންއަށް ލޯ އަޅާލިއެވެ. އޭރު ލަޔާން ހުރީ ވިޝިކާ އާއި ދިމާލަށް ބަލާށެވެ. އަދި ވިޝިކާ އެގޮތަށް ބަލައިލުމުން ލަޔާން ހީލިއެވެ. “އަވަހަށްވަދޭ ގެއަށް. މި ގަޑީ އަންހެން ކުދިން ބޭރުގަ އުޅޭކަށް ނުވާނެ.” މަހުދީ އެހެން ބުނުމުން ދެބެންވެސް ހިނގައިގަތީ ގެއަށް ވަންނާށެވެ. “އެއީ ޓްވިންސް ދޯ” މަހުދީއާއި އެކު ހިނގައިގަންނަމުން ލަޔާން އެހިއެވެ.  “އާން… އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ ދެ ކޮއްކޮ.. ޓްވިންސްވީމަ ވަރަށް ގިނަ މީހުނަށް އޮޅޭނެ. އަހަރެމެންވެސް ކުޑައިރު ފާހަގަކުރީ ވިޝިކާގެ ތުންފަތް ކައިރީ އިންނަ ކަޅުތިލައިން. ” މަހުދީ ކިޔައިދިނެވެ. އެއީ ލަޔާންއަށް ވަރަށް މުހިންމު މައުލޫމަތަކަށްވިއެވެ. “މިއަދު ކާގޭގަ އެ ހުރީ ކޮން ކުއްޖެއް. އަހަރެން ހީކުރީ އެއީ މަހުދީގެ ކޮއްކޮއެއް ކަމަށް؟” ކުއްލިއަކަށް ކަމެއް ހަނދާންވެގެން ލަޔާން އަހާލިއެވެ.ކާގެއިން ފެނުނުއިރުއްސުރެ ލަޔާން ހުރީ އަވްލީންގެ މައުލޫމާތު ހޯދަން ބޭނުންވެފައެވެ. “އެއީ އަހަރެން ބައްޕަ ފަރާތު ބޮޑުދައިތަގެ ހުރި ހަމައެކަނި ދަރިފުޅު. އަވީ ވަރަށް ކުޑައިރު އަވީގެ މަންމަ އާއި ބައްޕަ ނިޔާވެއްޖެ. އޭގެ ފަހުން އަވީ ގެންގުޅެނީ އަހަރެންގެ ބައްޕަ.” މަހުދީ ބުންޏެވެ. ދެމީހުން އެކިއެކި ވާހަކަ ދައްކަމުންގޮސް މިސްކިތާ އަރާހަމަވިއެވެ.

ރޭގަނޑު އެކްސްޓްރާ ކުލާހަށް ދާން ރެޑީވެގެން ކޮޓަރިން ނިކުތް އަވްލީންއަށް ސަބީނާ ގޮވާއަޑުއިވިގެން އެ ކޮޓަރިއަށް ދިޔައެވެ. “މިއަށް ގޮސް އާދެބަލަ ހެދިބިލަތްގަނޑެއް ގަނެގެން.” 10ރުފިޔާ ދިއްކޮއްލަމުން ސަބީނާ ބުންޏެވެ. “ދައްތާ.. އަޅުގަނޑު……” އަވްލީން އުޅުނީ ސްކޫލަށްދާ ގަޑިޖެހޭ ވާހަކަ ބުނާށެވެ. އެކަމަކު ޖުމްލަ ފުރިހަމަކުރަން ނުކެރުނީ އޭނާ އެހެން ބުނެފިނަމަ މިރޭ ސްކޫލަށް ދިޔަނުދީ ހިފަހައްޓަފާނެތީއެވެ. ކުރިންވެސް އެގޮތަށް ކަންތައްވެފައި ހުރުމުން އަވްލީން ވިސްނާލާފައި އަވަހަށް ރުފިޔާ ހިފައިގެން ހިނގައިގަތެވެ. ދަމުން ދިޔައީ އޭނާ އަތުގައި ހުރި ފޮތްތައް ސޯފާސެޓް ކައިރީ އިންނަ މޭޒުމަތީގައި ބަހައްޓާފައެވެ. އަވްލީން ފޮތްތައް ބަހައްޓާފައި ގެއިން ނިކުތްތަން މަހުދީއަށް ފެނުނީ ސިޑިން ފައިބަނިކޮށެވެ. މަހުދީ ގަޑިއަށް ބަލައިލިއިރު އަށެއް ޖަހަން ދިހަވަރަކަށް މިނެޓަށްވެއްޖެއެވެ.

އަވްލީން ވަރަށް ބާރުބާރަށް ހިނގާފައިގޮސް ހެދިބިލަތް ގަނެގެން އައިސް ގެއަށް ވަންއިރު މަހުދީ އިނީ އަވްލީން މޭޒުމަތީ ބެހެއްޓި ފޮތްތަކުގެ ތެރެއިން ފޮތެއް ނަގައިގެންނެވެ. މަހުދީއަށް އަވްލީން ގެއަށް ވަންތަން ފެނިގެން މަޑުމަޑުން ހިނގާފައިގޮސް ގެއިން ނިކުތެވެ. އަވްލީން ސަބީނާއަތަށް ހެދިބިލަތްގަނޑު ދީފައި ފޮތްތައް ހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް ނިކުތްއިރު މަހުދީ އިނީ ސައިކަލުމަތީގައެވެ. “އަވީ އާދޭ… އަހަރެން ގެންގޮސްދީފާނަން. ހިނގާފަ ދިޔައީމަ މާ ލަސްވާނެއެއްނު. މިހާރުވެސް ގަޑިޖެހި ހިނގައްޖެ.” މަހުދީ އެހެން ބުނުމުންވެސް އަވްލީން ހުރީ އަރަން ނުކެރިފައެވެ. “އަވީ ޕްލީޒް.. އަހަރެން މިއުޅެނީ އަވީއަށް ހެލްޕެއް ވެދެވޭތޯ.. އަހަރެންގެ މަންމަ އަވީ އާ ދޭތެރޭގައި ކަންތައް ކުރާގޮތް އަހަންނަށް އިނގޭ. ވަރަށް ދެރަވެސްވޭ. އެކަންކަން ހުއްޓުވަންވެސް ބޭނުންވޭ. އެކަމް… އެޓްލީސްޓް އަހަންނަށް އަވީއަށް ހެލްޕެއް ވެވޭނީވެސް އަވީގެ އެއްބާރުލުންވެސް ލިބިގެނެއްނު…. މަހުދީ ވާހަކަ ދައްކަމުން ދިޔައިރު ވަރަށް ދެރަވެފައި ހުރިކަން އަވްލީންއަށް އިނގުނެވެ. އެހެންކަމުން އަވްލީން މަހުދީއާއި އެކު ސައިކަލުގައި ދާންވެގެން ސައިކަލު ކައިރިއަށް ޖެހިލިއެވެ. އަވްލީން ސައިކަލު ކައިރިއަށް އައުމުން މަހުދީ ވަރަށް އުފާވިއެވެ. އަދި ސައިކަލު ކުޑަކޮށް އަރިކޮށްލީ އަވްލީންއަށް އަރަން ފަސޭހައަކަށެވެ. “އަމްމް ސްކޫލް ކައިރީ އިންނަ ގޯޅިގަނޑުގަ މަޑުކޮށްލަދޭތި. އެތަނުން ފައިބައިގެން  އަހަރެން ދާނީ ހިނގާފަ…” އަވްލީން ބޭނުންވާގޮތް ހާމަކުރިއެވެ. މޯޑްމެނަށް އޭނަ މަހުދީއާއި އެކު ދިޔަކަން އިނގޭކަށް އަވްލީން ބޭނުމެއްނުވެއެވެ. “އޭސް ޔޫ ވިޝް..” މަހުދީ ހީލާފަ އެހެން ބުނުމުން އަވްލީން ސައިކަލަށް އެރިއެވެ.

އަވްލީން ސައިކަލަށް އެރުމުން މަހުދީ ސައިކަލު ދުއްވާލިއެވެ. އަވްލީން އިނީ މަހުދީގައިގަ ހިފަހައްޓަން ނުކެރިފަ ނަމަވެސް ސައިކަލު ދުއްވާލުމުން ކުއްލިއަކަށް މަހުދީގެ ޓީޝާޓުގެ ދެފަރާތުން އަވްލީންއަށް ހިފަހައްޓާލެވުނެވެ. “އަވީ އަލަށްދޯ ތި ސައިކަލަކަށް އެރީ؟” މަހުދީ އެހެން އެހުމުން އަވްލީން ބޯ ޖަހާލިއެވެ. މަހުދީގެ ފުރަގަހުގަ އިނދެގެން ބޯ ޖަހާލިޔަސް މަހުދީއަށް އިނގޭނީ ކިހިނެއް ހެއްޔެވެ..  އަވްލީން ހިތަށް އެހެން އެރުމުން އަމިއްލައަކަށް ހެވުނެވެ. އަވްލީން ހީލިއަޑު އިވުމުން މަހުދީ ކުއްލިއަކަށް ބުރަކި ޖައްސާލާފައި ފަހަތަށް އެނބުރުނެވެ. އަވްލީން ނުވިސްނާ އިންދާ މަހުދީ ބުރަކި ޖެއްސުމުން އަވްލީންގޮސް ތަތްވީ މަހުދީ ގައިގައެވެ. އަވްލީން އަވަސް އަވަހަށް ދުރަށްޖެހިލިއެވެ. “އަދި އެއްފަހަރު ހީލަބަލަ. އަހަންނަށް އަދި އަލަށް އަވީ ހީލިއަޑުވެސް މި އިވުނީ..” މަހުދީ އެހެން ބުނުމުން އަވްލީންގެ މޫނު ލަދުން ރަތްވެގެންދިޔައެވެ. އަދި އަވަސް އަވަހަށް އިސްޖެހިއެވެ. އަވްލީންއަށް އިރުކޮޅަކު ބަލަން އިނދެފަ މަހުދީ ސައިކަލު ދުއްވާލިއެވެ.

އެރޭ ކުލާސް ނިންމާފައި އަވްލީން އާއި ވިޝާކާ ގެއަށް އައިސް އެތައްއިރެއްވީއިރުވެސް ވިޝިކާ ގެއަކަށް ނާދެއެވެ. އޭނާ ދިޔައީ އަޒްހީން އާއި އެކު އަޒްހީންމެންގެ ގެއަށެވެ. ވިޝިކާ ނޫން އެންމެން ކައިގެން އައިސް ސޯފާތަކުގައި އިށީނީ ޓީވީބަލާށެވެ. އޭރު އަވްލީން އުޅެނީކޭތަށިތައް ދޮންނާށެވެ. “ވިޝާ ކޮބާ ވިޝިކާ؟” “އަމްމް.. އޭނަ ދިޔައީ ރީމްއާއެކު ރީމްގެ ފޮތެއް ބަލާ” މަހުދީ އެހުމުން ވިޝާކާ ދޮގުހެދިއެވެ. މަހުދީއަށް ވިޝިކާ ދިޔައީ އަޒްހީންއާއި އެކުކަން އެނގިއްޖެނަމަ ރުޅިއަންނާނެކަން ވިޝާކާއަށް އިނގެއެވެ. ވިޝާކާ އެހެންބުނުމުން ލަޔާން ވިޝާކާއާއި ދިމާލަށް ބަލައިލިއެވެ. ވިޝާކާގެ މޫނަށް އަރާފައި އިން ކުލަވަރުން އެހެދީ ދޮގެއްކަން ލަޔާންއަށް އިނގުނެވެ. އަވްލީން އަވްލީން…” ސަބީނާ އަވްލީންއަށް ގޮވާލިއެވެ. “ލައްބަ ދައްތާ” އަވްލީން ކާގެއިން ނިކުމެގެން އައީ އަތް ފޮހެމުން ފޮހެމުންނެވެ. “ތި ކަންތައްކޮށް ނިންމާފަ ދޭބަލަ ލަޔާންގެ ޔުނީފޯމް އިސްތިރިކުރަން..” ސަބީނާ އެހެން ބުނުމުން އަވްލީން ލަޔާންއަށް ބަލާލިއެވެ. “އަންނާނަން ހިފައިގެން” އަވްލީންގެ ބަލައިލުމުން އެ ބުނަން އުޅެނީ ކީކޭކަން ލަޔާންއަށް އިނގުނެވެ. ލަޔާން ގޮސް ޔުނީފޯމު ނަގައިގެން ކޮޓަރިން ނިކުތްއިރު ވިޝިކާ އައިސް ލަޔާންގެ ކޮޓަރި ދޮރުމަތީގަ ހުއްޓުނީއެވެ. ދެމީހުނަށް ދެމީހުންގެ މޫނަށް ބަލާލެވުނެވެ. ލަޔާންގެ ލޮލުގައި އަޅައިގަތީ ވިޝިކާގެ ރަތްވެފައިވާ ތުންފަތެވެ. ލަޔާން ބަލަނީ ކޮން ދިމާލަކަށްކަން އިނގުމުން ވިޝިކާ އަވަސް ކޮށްލާފަ އޭނަގެ ކޮޓަރިއަށް ވަންނަން އުޅުނެވެ. ނަމަވެސް އެ ކޮޓަރީގެ ދޮރު ހުޅުވާލާއިރަށް ދެކޮޅު ބަލައިލާފަ ލަޔާން ދޮރުފަތުގަ ހިފެހެއްޓިއެވެ. “ކިހިނެއްވެގެން ތިއުޅެނީ. . މަން…..” ވިޝިކާ އޭނާގެ މަންމައަށް ގޮވަން އުޅުނެވެ. ނަމަވެސް އެކަން ނުވީ ލަޔާން އޭނާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. “ހާދަ އަވަހަކަށް ފިލަން ތިއުޅެނީ.. ބޭރަށް ގޮއްސައައީ ތުންފަތުގައި ލިޕްސްޓިކް ޖައްސައިގެންތަ؟” ލަޔާން ސުވާލުކޮށްލަމުން ވިޝިކާގެ އަނގަމަތިން އަތް ނަގާފައި ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ހާކާލިއެވެ. އޭރު ލަޔާންހުރީ ވިޝިކާ އާއި ދިމާލަށް ކުޑަކޮށް ގުދުވެގެންކަމުން އެދެމެދުގައި މާ ބޮޑު ހުސް ޖާގައެއް ނެތެވެ. އެހާ ކައިރިން ލަޔާންގެ ދެ ލޯ ފެނުމުން ވިޝިކާއަށް ހުރީ ނަޒަރު ވަކިކޮށްލަންވެސް ނޭނގިފައެވެ. އެ ދެލޮލުގައި ބާރެއްވާކަމަށް އެވަގުތު ވިޝިކާއަށް ހީވިއެވެ. ދެމީހުން ދެމީހުންގެ މޫނަށް ބަލަން ތިއްބާ ސިހުނީ ސިޑިން މީހަކު އަރާ އަޑު އިވިގެންނެވެ. ވިޝިކާ އަވަހަށް ތެޅިގަނެފައި ލަޔާން ކޮށްޕާލުމަށްފަހު ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ.

ލަޔާން ވަޒީފާއަށް ނިކުންނަން ފެށިތާ ހަފްތާއެއް ނުވަނީސް މަހުދީއަށްވެސް އެ ރަށު ހޮސްޕިޓަލުން ވަޒީފާ ހަމަޖެހުނެވެ. ވިޝާކާ އާއި އަވްލީން ކިޔެވުމާއިގެން އުޅޭއިރު ވިޝިކާ ބަލަނީ އަޒްހީންއާއިއެކު އުޅެވޭތޯއެވެ. ޓެސްޓު ފެށެން އެންމެ މަހަކަށް ވެފައިވީނަމަވެސް ވިޝިކާ ކިޔެވުމާއިގެން އުޅޭތަނެއް ނުފެނެއެވެ. ވިޝާކާއަކީ އެހާ ހިތްފަސޭހަ ކުއްޖަކަށް ނުވާތީ ކިޔެވުމަށް ވަރަށް ވަގުތު ހޭދަކުރަންޖެހެއެވެ. ހާއްސަކޮށް އެކައުންޓްއިން މަތީ ފާހެއް ހޯދުމަށް ވިޝާކާ މަސައްކަތް ކުރެއެވެ. އެގޮތުން އޭނައަށް ނޭނގޭ ބައެއް ތަންތަން އަވްލީން ކައިރީ އަހައިގެންވެސް ދަސްކުރެއެވެ. އަވްލީން އާއި ދިމާލަށް އެއްޗެހި ކިޔާ ޖެއްސުންކޮށްފަވެސް ވިޝާކާއަށް ނޭނގޭ އެއްޗެހި އަވްލީން ކައިރީ އަހަންދަނީ އަވްލީން ވިޝިކާއަށްވުރެ މޮޅުވެފައި އަވްލީން ކިޔައިދިނުމުން ވަރަށް ފަސޭހައިން ނަގައިގަނެވޭތީއެވެ.

އެއްދުވަހަކު ފިހާރައަކަށް ގޮއްސަ  ގެއަށް ދިޔަ މަގުމަތީގައި މޯޑްމެން ގުރޫޕް ދެ ކުއްޖަކު އައިސް އަވްލީންގެ ދެ އަތުގައި ހިފިއެވެ. އޭރު އެ މަގުމަތީގައި މާކަ ގިނަ މީހުނެއްވެސް ނެތެވެ. އެމީހުންގެ އަތްދަށުން ސަލާމަތްވާން އަވްލީން މަސައްކަތް ކުރިއެވެ. ހަޅޭއްލަވައިގަންނަން އުޅެނިކޮށް އެތަނުން އެކަކު އަވްލީންގެ އަނގަމަތީގައިވެސް އަތްއެޅިއެވެ. އަދި އެ ހިސާބުގައި އިން ފަޅުގޯއްޗެއްގެ ތެރެއަށް ވެއްދިއެވެ. އޭރު މޯޑް ހުރީ އެ ގޯތީގައި ހުރި ބޮޑު ހިރުދުގަހެއްގެ ދަށުގައި ސިގިރޭޓެއް ބޯށެވެ. އަވްލީން އެ ހިސާބަށް ގެންނައިރަށް މޯޑް ކައިރީގައި ހުރި އަޒްހީން އަވްލީންއަށް ހަޅޭނުލެވޭނެހެން އަނގަމަތީގައި ފޮތިގަނޑެއް އެއްސިއެވެ. އަދި ދެން ތިބި ދެމީހުނާ ބައިވެރިވެގެން އަވްލީން އެ ގަހާއި އެކު ބަނދެލިއެވެ. އެމީހުން އަވްލީން ބަނުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. އޭރު މޯޑް ކަތުރެއް ކަތުރެއް ހިފައިގެން އަވްލީންއާއި ދިމާލަށް އާދެއެވެ. އަވްލީންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައިރު ބޯ ހޫރަމުން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

iff

Level 210 Stories100 Comments

Other Articles

Previous

ވައިވީމަ – (4) އެނބުރި އައުން

Next

ގޮއްޔެ (ބާބު 2) އަށްވަނަ ބައި

Next
September 7, 2017

ގޮއްޔެ (ބާބު 2) އަށްވަނަ ބައި

Previews
September 6, 2017

ވައިވީމަ – (4) އެނބުރި އައުން

27 Comments!

  1. kamana says:
    September 6, 2017 at 7:30 pm

    Nice haadha kurey v kiyaahithun huhtaa enimuny..

    1. iff says:
      September 7, 2017 at 8:42 pm

      Thank you dear… ???
      Vaguthu nuvgn thankolheh kurukoh einyy.. next time ragalhuvaane. Insha allah ??

  2. Reet says:
    September 6, 2017 at 7:32 pm

    V reethi gn

    1. iff says:
      September 7, 2017 at 8:42 pm

      Thank you dear.. ???

  3. koo says:
    September 6, 2017 at 8:07 pm

    Nice

    1. iff says:
      September 7, 2017 at 8:43 pm

      Thank you dear.. ???

  4. Aki says:
    September 7, 2017 at 8:16 am

    mode ekuran ulhey kanthah viya nudheythi

    1. iff says:
      September 7, 2017 at 8:44 pm

      Lets see dhw Akii mode ah kaamiyabu vaythw or nuvaythw… ???

  5. Hawwa says:
    September 7, 2017 at 9:18 am

    Alhey v nice

    1. iff says:
      September 7, 2017 at 8:45 pm

      Alhey thank yu hawwa ?????

  6. Shin says:
    September 7, 2017 at 9:50 am

    V salhi… Alhey mode ekuran ulhey kanthan kuriya nudhehchey…. Eyrun v hadi vaaane vaahaka…. Plx next part avahan up dhehchey….

    1. iff says:
      September 7, 2017 at 8:47 pm

      Thank yu shin ?????
      Mode kuraa kameh balama dhw shin.. ??

  7. Alvyn says:
    September 7, 2017 at 11:47 am

    V v nicee

    1. iff says:
      September 7, 2017 at 8:48 pm

      Thank yu Alvyn ???

  8. Ain says:
    September 7, 2017 at 11:50 am

    awsome

    1. iff says:
      September 7, 2017 at 8:48 pm

      Thank yu Ain ???

  9. Nadheema says:
    September 7, 2017 at 12:44 pm

    Wow?

    1. iff says:
      September 7, 2017 at 8:49 pm

      Thank yu Nadheema ???

  10. Hawwi says:
    September 7, 2017 at 2:53 pm

    layaan nooni mahdhee annaanee kanneynge avee salaamaiy kuran dw..nawaz wes aisfaane

    1. iff says:
      September 7, 2017 at 8:49 pm

      Ya. May b dhw hawwi ???

  11. khajja says:
    September 7, 2017 at 3:37 pm

    Ohhh wow masha allah stry v v nice??? mode kuran e ulhey kanthah viyanudhechchey ethanan layaan noony mahudhyviyas aadheveyne gothen hadhaidhybala plx avleen ah dhera ennudhechchey plx plx whn nxt prt avaskolladhechey plx stry v v awsome????❤❤??

    1. iff says:
      September 7, 2017 at 11:24 pm

      Thank yu khajja ???
      Mode kuraa kameh balamaa dhw khajja ?
      Next part maadhan upkohdhevaythw miulheny ????

  12. Amin says:
    September 7, 2017 at 10:37 pm

    Interesting.. Ibaarai Kurumaai shifa kurin v rangalhu kama faahaga kurevey Iff ge.. Mi dhaairain fahi musthagubalaka edhn.. By the way story v reethi… And nimendhn gensdhechey

    1. iff says:
      September 7, 2017 at 11:28 pm

      Thank yu Amin ???
      V.happy vejje aminge comment fenunyma. ?
      Iffge storyga ragalhu kuranjehay kameh inas buneladheythi. Iff balaanan ekameh ragalhu kurevaythw..
      N ya insha allah nimendhn genesdheynan.. ??????

  13. Aisha says:
    September 8, 2017 at 10:05 pm

    This ixx sooo beautiful. Interesting hmmm…ekm haadha lahun story up vanee.its not that late alsoo.huh.i have to be patience.dhwww.haha?

  14. sana says:
    September 10, 2017 at 8:55 pm

    Wow!so so nice.

  15. sana says:
    September 10, 2017 at 8:57 pm

    Wow!so so nice.really nice keep it up sis

Comments are closed.

Next Episodeއަވްލީން (7 ވަނަ ބައި)←


All Right Reserved!