އަހަރުމެން އިންސާނުންނަކީ ވަރަށްވެސް ނިކަމެތި ބައެކެވެ. މިކަން އަހަރުމެނަށް ދިމާވާ އެކިއެކި ކަންކަމުގެ ސަބަބުން މިދަނީ ސާބިތުވަމުންނެވެ. އެގޮތުން އަހަރުމެންގެ ދުނިޔެ މިހާރު ގޮސްފައިމިވާ ހާލަތައް ވިސްނާލިކަމުގައިވިނަމަވެސް މިކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. މުޅިދުނިޔެ ސިއްސުވާލައި އެތައް ގައުމުތަކެއް ލޮކްޑައުންއެއްގެ ހާލަތައް ގޮސްފައިމިވަނީ އަޅުގަނޑުމެންގެ ލޮލަށް ވެސް ނުފެންނަވަރުގެ ދާދި ކުޑަކުޑަ ވައިރަސް އެއްގެ ސަބަބުންނެވެ. މިނުރައްކާތެރި ބައްޔަށް ފަރުވާއެއް ސީދާ ހޯދިފައި ނުވާއިރު މިބަލި ފެތުރެން އަސްލު މެދުވެރިވި ސަބަބުވެސް ހޯދުމަށް އަހަރުމެން ނިކަމެތި އިންސާނުންވަނީ […]
ނޯޓް:މިއީ އަޅުގަނޑު ލިއުނު ކުޑަ ހިޔާލީ ވާހަކައެކެވެ…އުންމީދަކީ ކޮންމެވެސް އަޚުންތަކަކާއި އުޚުތުން ތަކަކަށް ކުޑަވެސް އިބުރަތެއްލިބުމެވެ… ޑހުރާފުށްޓަކީ ކޮންމެ އަހަރެއްގައިވެސް ވަރަށް ކުލަގަދަކޮށް އައު އަހަރު ނުވަތަ ނިއު ޔިއަރ ފާހަގަކުރާ ރަށެކެވެ.31 ޑިސެންބަރ ގެ ރޭގަނޑު އޮންނަ މިއުޒިކް ޝޯގައި ރަށުގެ ކުދި ބޮޑު އެންމެން ކަހަލަގޮތަކަށް ބައިވެރިވެއެވެ..ޝޯ އަށް ގެންނަނީ ރަށު ރައްޔިތުންގެ ރުފިޔާ އިން ހޭދަކޮށްގެން ރައްޔިތުން ބުނާގޮތުންނަމަ “ސްޓާރުންނެވެ.” އެހެން ބައެއް ރަށްރަށުންވެސް އެރަށަށް ޝޯބަލަން މީހުން އާދެއެވެ.ސަބަބަކީ.އެރަށަކީ ޝޯ އެންމެ […]
އެއީ 2017 ވަނަ އަހަރުގެ ޑިސެންބަރ މަހުގެ ދުވަހެކެވެ. އަހަރެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދިޔައީ ކައްދު އަށް ދިއުމަށްޓަކައެވެ.ކަންދިމާކުރިގޮތުން ޖާގަ ލިބިފައި އޮތީ ސީދާ ކައްދުއަށްދާ ފުލައިޓަކުންނެވެ. ނަމަވެސް 2:00 ވީއިރު ބޯޑިންގ އަށް ވަތްގޮތަށް ފުލައިޓް “ޑިލޭ”ވަމުން ގޮސް ފުރޭވަރުވީ 4ޖެހިފަހުންނެވެ.އެހެންކަމުން މުޅިމީހާ ހުރީ ފޫހިވެގެންގޮސް ހަލާކުވެފައެވެ.ފުލައިޓްގައި ދަންނަ އެކަކުވެސް ނެތެވެ.ކުރާނެ ކަމެއް ނެތެވެ.45މިނެޓެއް ހާއިރުގެ ދަތުރަކަށް ފަހު ކައްދުއަށްވެސް އާދެވިއްޖެއެވެ.މަޑުކުރީ ދައްތައެއް ކައިރީގައެވެ. އަހަރެން މިދަތުރު އައީ ލާމު އަތޮޅު ބަލާލުމަށްޓަކައެވެ. އަހަރެން […]
.މިވާހަކައިގެ ނަންމިވަނީ ބައެއް ބޭފުޅުންގރ އެދުމާއި އެކު ބަދަލުކުރެވިފައެވެ… މިއީ “ކުޅަނދުންވަންތަކަން”މި ވާހަކައިގެ ފަހު ބައެވެ.. އަހަރެން ނަމާދުކޮށްލައިގެން ޝޯލް އަޅަން އިންދާ ކޮއްކޮ އައިސް ލަސްވެއްޖެކަމަށްބުނެ ކުސްތަޅަން ފަށައިފިއެވެއެހެންކަމުން އަހަރެން އަވަސްކޮށްލައިގެން ނިކުތީމެވެ.އެއިރު މަންމަ އުޅެނީ ހަވީރަށް ސައިތައްޔާރު ކުރާށެވެ. “ދަރިފުޅާ އިފާ ފިޔާޒާމެން މިއަދު ސައިބޯން ގެންނަށްވާނެ އިނގޭ’ “ލައްބަ މަންމާ… ކޮންކަހަލަ އެއްޗެއް ތިތައްޔާރު ކޮށްލަނީ!” “މީ ދަރިފުޅުމެންނަށް އެންމެ މީރު ބަޖިޔާ އާއި ގުޅަ” މިހެންބުނިތަނާ އަހަރެންގެ ފޯން ރިންގުވަން ފަށައިފިއެވެ.. […]
އަހަރެން ހަމަޔަކަށް އެޅުނީ މަންމަގެ އެތަކެއް އާދޭހަކާއި އެކުގައި މަހެއްވިފަހުންނެވެ.މިހާރު އޭގެފަހުން ތިންއަހަރުވިނަމަވެސް މީހުންގެ ތެރެއަށް ނިކުމެލައި އުޅެން ފެށީ ފިޔާޒާ މެންނާއި ދިމާވިފަހުންނެވެ.ނަމަވެސް މިހާރު ގަމުން ނާސިން ހަދައިގެން ފޮނަދޫ ސިއްޚީ މަރުކަޒުގައި މަސައްކަތް ކުރާތާ ދެމަސް ވެއްޖެއެވެ. އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ފޯން ރިންގުވާން ފެށުމުންނެވެ.ގުޅަނީ ފިޔާޒާއެވެ. އަހަރެން: އާނ… ފިޔާ ކީކޭ! ފިޔާޒާ:ހިނގާބާ ބުރެއްޖަހާލަން މިއަދު ހަވީރު.. ފަޒިލްކޮ އެބަކިޔާ އިފާއްތަ އާއި އިނާޒްބެއާއި އެއްމެން ދުއްވާލަން ހިނގާށެވެ. އަހަރެން.: އޯކޭ…. […]
ހިޔާލީ ދުނިޔެއިން އަހަންނަށް ނިކުމެވުނީ މީހަކު އަހަރެންގެ ކޮނޑުގައި އަތްބޭއްވީމައެވެ… ސިހިފައި އަހަރެން ބަލާލިއިރު އަހަރެންގެ ފުރަގަހުގައި ހުރީ އަހަރެންގެ ސާލް އެވެ.އެސޫރައެއް ދެކެން އަބަދާއި އަބަދު އެދޭ އަހަރެންގެ ފިރިމީހާ އެވެ. އަހަރެން ވަރަށް އުފާވިއެވެ.ނަމަވެސް ސާލްއަށް ގޮވާލަން ހުޅުވި އަނގަ ލައްޕަން ޖެހުނީ އޭނަގެ ފަހަތުން އައި އަންހެން ކުއްޖާ ފަޔާޒްދޮންބޭ އޭކިޔާ ގޮވާލުމުންނެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ވަރަށް ދެރަވިއެވެ.ނަމަވެސް އެކަން މޫނުމަތިން ނުދައްކާވޭތޯ ބެލީމެވެ. އެއަންހެން ކުއްޖާ އައިސް އަމިއްލައަކަށް […]
އެއިރު އެއެންމެން އެތާނގައި ތިބުމުން އަހަރެން ލަދުގަތް ވަރުން އިސްދަށަށް ޖެހީމެވެ. މަންމަމެން އައިސް އަހަރުމެނަށް މަރުހަބާ ކިއުމަށްފަހު ދިޔައެވެ. ޕްރިންސަސް ހާދަ ލަދުން ހުރިހެން ހީވެއެވެ.އެމީހުން ދިއުމުން ސާލް ބުނެލިއެވެ.އަހަރެން ސާލް ގައިގަ ވިކައިގަތީ މާބޮޑަށްލަދު ގަތީމައެވެ. އެރޭ އަހަރުމެން ގެއަށް ދިޔައީ ރެސްޓޯރެންޓން ކައިގެނެވެ. ސާލް ބުނިގޮތުގައި އަހަރެންވެސް އޭނައާއި ގަޔާވާކަން އެނގޭތީ ސަޕްރައިޒެއް ދޭންބޭނުންވީ ކަމުގައެވެ.އަހަރެން ގެއަށްލާފައި އޭނަ ދިއުމުން އަހަރެން އުފަލުން މަންމަ ގައިގާ ބައްދާލުމަށްފަހު ކޮޓަރިއަށްގޮސް ހެދުން ބަދަލްކޮށްލައިގެން ސާލް […]
އަހަންނާއި ސާލިމް އާއި ދިމާވީ ރަށު ސުކޫލުންނެވެ. އެއީ އަހުމަދިއްޔާ ސުކޫލްގެ ގްރޭޑް 10 ގެ ފަސް ދަރިވަރަކާއި ދެ ޓީޗަރަކު ލާމް އަތޮޅު ތައުލީމީ މަރުކަޒަށް ކުރި ދަތުރެއްގެ ތެރެއިންނެވެ.އެއިގެ ފަހުން އެކަކަށް ނޭނގޭ އެއްޗެތި އަނެކަކަށް ބުނެދީ ހަދަމުން ގެންދިޔައީ ފޫހިކަމެއް ނެތި އެވެ. ހަމައެއާއިއެކު އަހަރުމެންގެ އެކުވެރިކަންވެސް ދިޔައީ ބަދަހިވެ ކުރިއަރަމުންނެވެ. ދެމީހުންވެސް އޯލެވެލް އިމްތިހާނުން ރަންވަނަ އެއް ހޯދުމުގެ އުންމީދުގައި މަސައްކަތް ކުރަމުން ދިޔައީމެވެ. ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ. މިއަދަކީ […]
ކުރީގެ ބައިތަކށް ބަލައިލުމެއް)—( މިވާހަކައިގައި އުޅޭ އަހަރެން (އިފާ)އަކީ އުމުރުން 18 އަހަރުގެ ކުއްޖެކެވެ. އެކުއްޖާގެ މަންމަ އަކީ ދ.މީދޫ ރޯޝަނީއާގޭ އައިމިނަތު ޝައިފާއެވެ. ބައްޕައަކީ ލ.ފޮނަދޫ ގުލްޝަންވިލާ ހުސައިން ފިޒާން އެވެ. އިފާގެ މަންމައާއި ބައްޕަ ކައިވެނިކުރަން ބައްޕަގެ އާއިލާއިން ނުރުހުނެވެ.ސަބަބަކީ މަންމަ ފަޤީރު ވީމައެވެ. ޝައިފާ ވަރަށް ކުޑައިރު އޭނަގެ މަންމަ އާއި ބައްޕަވަނީ މަރުވެފައެވެ. އެއަށްފަހު އޭނަ ބަލާބޮޑުކުރީ މަންމަފަރާތު ދައްތަ އެވެ.ޝައިފާގެ އުމުރުން 14 އަހަރުގައި އެދައްތަވަނީ ހާޓްއެޓޭކެއްގެހި މިދުނިޔެ ދޫކޮށްފައެވެ. […]