Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 10

seym Level 310 Stories100 Login100 Comments
September 6, 2017 4 Mins Read
12 Comments

އުއްމީދު ކޮއްގެން ހުރި ގޮަތަށް ހުރިހާ ކަމެއްވެސް ކުރިއަށްދިއުމުން ހަނާ އިނީ ހިތްހަމަޖެހިފައެވެ. އޭނާގެ އަތުގައި ލާމިހްގެ ނަމްބަރު އޮންނަތާ ކިތަންމެ ދުވަހެކެވެ. ލާމިހް ކަންތައްއެކުރީ ހަނާގެ ރޭވުންތެރިކަމުގެ ދަށުންނެވެ. ނަމްބަރުގެ ވާހަކަދެކެވުނީ ލާމިހް އަށް އީރަމްގެ ނަމްބަރު ހޯދޭނެގޮތެއް ފަހިކޮއްދިނުމަށެވެ. އީރަމް ލޯ އަޅާމުން ހިތްހަމަނުޖެހިފައި އިން ވަރު ހަނާ އަށް އެނގުނެވެ. “ހަނާ..ކީއްތިކުރީ..ކީއްކުރަން ނަމްބަރު ދިނީ..” އީރަމް ގެ އަޑުން ހަނާ ކުރި ކަމަކުން ހިތްހަމަނުޖެހިފައިވާ ކަން އިނގެއެވެ. “އީމް.. އެއީ ނުދަންނަ ބައެއް ވެސް ނޫނެއްނު.. ހުސެން އާއި ލާމިހް އެއީ ދޮންތަގެ ފްރެންޑްސް.. މިހާރު އަހަރުމެންނާ ވެސް އެ ދިމާވެ ވާހަކަދެއްކީ.. ނައު ވީ އޯލް އާ ފްރެންޑްސް.. އެ މީހުން ކިހާ މަޖާ.. މި އުޅޭ ފޮނި ފިރިހެނުންނާ ތަފާތު..ލާމީއަށް ދިނީ އީމްގެ ނަމްބަރު އެކަންޏެއް ވެސް ނޫން..މައިން ޓޫ..މީހުންނާ ވާހަކަދައްކާ ދިމާވެއުޅުނީމަ އީމް ވެސް ހެޕީ ވާނެ.. މިހާރު ތި އުޅެނީ މުސްކުޅި މާމާ ގަނޑެއް ހެން..އަބަދު ސީރިއަސް ވެފަ ހުންނާނީ..ދައްކާނީވެސް ހުސް ސީރިއަސް ވާހަކަ.. ކުރީގެ މަޖާ އީމް ގަނޑުމަތިން ހާދަ މިސްވެޔޭ..” އީރަމްގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ހަނާ ބުނެލިއެވެ. “އެކަމަކު..” އީރަމް ބުނަން އުޅުނު ވާހަކަ މެދުކަނޑާލިއެވެ. ބުނާނެ އެއްޗެއް ނޭނގުނު ކަމުގައި ވިޔަސް ހަނާ އެބުނީ ތެދެކެވެ. ކުރީގެ އީރަމް އާއި މިހާރު ހަނާގެ ކުރިމަތީ އިށީދެލައިން އިން އީރަމް އަޅާކިޔާލެވޭހާ ތަފާތެވެ. ބައެއް ވަގުތު ތަކުގައި އަމިއްލަ މީހާއަށް އައިސްފައިވާ ބަދަލު އިހްސާސްވެއެވެ. ވިސްނުމާއި ފިކުރުކުރުމުގައި މުޅި ދުވަސް ވޭތުވެގެން ދާއިރު ކުރިން ކޮއްއުޅެން ލޯބިވި ކަންތައްތައް އީރަމް ދޫކޮއްލައިފިއެވެ. ކުރިން ވާހަކަފޮތެއް ހިފައިން ނޫނީ ބޭރަށް ވެސް ނުނިކުމެވޭ ކުއްޖާ އެންމެ ފަހުން ވާހަކައެއް ކިޔާލި ހަނދާނެއްވެސް ނެތެވެ. އަމިއްލަ އުފާތަށް ދޫކޮއްލަން ޖެހުނީ ނާއިލް އަށް ޓަކާ ހެއްޔެވެ. “އެކަމަކު ކީއްވީ..ނާއިލް ހިތްހަމަނުޖެހިދާނެތީތަ.. ނާއިލް އެންމެ ކުޑަމިނުން އީމް ގެ ހާލު ބަލާލާތަ..އީމް ހީކުރަނީ ލާމީއާއި ނޫނީ ހުސެންއާއި ވާހަކަދައްކައިން ނާއިލް ރުޅިއަންނާނެކަމަށްތަ..ތީ ވާނެ ކަމެއްނޫން.. މިހާރުވެސް އެހުންނަނީ އީމް އަމިއްލަ އަށް ފެނިގެން އޭނާ ދޫކޮއްލާފަ ދޭތޯ…” އީރަމް އަޑުއަހަން ބޭނުންނުވިކަމުގައި ވިޔަސް ހަނާ އެބުނީ ތެދެކެވެ. ނާއިލް މާދަމާވެސް އޭނާ ވަރިކޮއްލާކަށް ފަހެއްނުޖެހޭނެއެވެ. “ދެން އޯކޭ..ސޮރީ..” އީރަމް މަޑުމަޑުން ބުނެލިއެވެ. “ލާމީ އެއީ ގޯސް ކުއްޖެއް ނޫން.. ވާހަކަދައްކާލުން އެއީ މައްސަލަ އެއް ނޫނެއްނު..” ހަނާ ހިނިތުންވެލަމުން ބުނެލިއެވެ. ދެމީހުން ގެއަށް ދާން ނުކުތް އިރު ހަވީރު ފަސްގަޑިބައިވަނީއެވެ.

 

ޓެރަސް މަތީ ހުރި ލާމިހް ފޯނުން މެސެޖެއް ލިޔެލިއެވެ. މެސެޖައް ބަލަހައްޓައިން ހުރުމަށް ފަހު ކުރިއެކޭވެސް އެއް ފަދައިން ޑިލީޓް ކޮއްލިއެވެ. އީރަމް އަށް ގުޅާކަށް ލާހިކެތް ނޫނެވެ. އަލަށް އަންހެންކުއްޖަކާ އެފަދަ ގޮތަކަށް ވާހަކަ ދައްކަން ޖެހުމުން ދައްކާނެ ވާހަކައެއް ލާމިހް އަކަށް ނޭނގެއެވެ. މެސެޖެއް ކޮއްލަންވެސް ނުކެރެނީ އީރަމް އެ ބަލައިގަންނާނެ ގޮތެއް ނޭނގޭތީއެވެ.

 

ހެދުން އިސްތިރިކުރަން ހުރި އީރަމްއަށް ބޭރުން އަންހެންކުއްޖެއްގެ ހުނުމުގެ އަޑު އިވުނުހެން ހީވެގެން ކޮޓަރިން ބޭރަށް ބޯދިއްކޮއްލިއެވެ. ސޯފާގައި ނާއިލްގައިގައި ތަތް ވެގެން އިން މަނާލް ފެނުމާއެކު އަތުގައި ހުރި ބާރެށް ލާފައި އީރަމް ކޮޓަރީދޮރު ލައްޕާލިއެވެ. ހުރިހާ ރުޅިއެއް ބޭލުނީ ދޮރަށެވެ. ނާއިލް ގެއިން ބޭރުގައި އުޅޭނޫޅޭ ގޮތް ނޭނގުނުކަމުގައި ވިޔަސް އީރަމް އުޅޭ ތާކަށް ހިލޭ އަންހެނެއް ގެންނަނަމަ އެކަމަކާ ބެހެވޭނެއެވެ. އީރަމް ދޮރު ޖެހި އަޑާއެކު ނާއިލް އިން ތަނުން ތެދުވެއްޖެއެވެ. ކޮޓަރިއަށް ވަތް އިރު އީރަމް ހުރީ އިސްތިރި ކުރި ހެދުން ކޮނޑުގައި އަޅުވާށެވެ. “ކިހިނެއްވެގެން ތިއުޅެނީ..” ދަތްކުނޑި ވިކާލާމުން ނާއިލް އެހެން އެހިއިރު މިހާ ހުރީ ރުޅިއައިސް ރަތް ވެފައެވެ. ދިޔަގޮތަށްގޮސް އީރަމް އަތުގައި ހިފާ ބާރުކޮއްލަމުން އީރަމް އޭނާއާ ދިމާއަށް އަނބުރާލިއެވެ. އަދިވެސް ރުޅިއަންނަން ޖެހެނީ ނާއިލް ހެއްޔެވެ. “ނާއިލް ޕްލީސް.. ނާއިލް ކުރާކަންތައްތަކާ އަަހަރެން ނުބެހެމެއްނު..އެކަމަކު އަހަރެން ކުރިމަތީ އެހެން އަންހެނެއް ގޮވައިން އައިސް ތިއުޅޭގޮތާ ރުހެވޭނީ ކިހިނެއް..” ރުޅިއައިސް ހުރިކަމުގައި ވިޔަސް އީރަމް ވާހަކަދެއްކީ މަޑުންނެވެ. “އެހެންތަ..ތިހާ ހިތަށް އަސަރުކުރަންޔާ މިގެއިން ނުކުމެގެން ދާންވީނު..ކަލެއާ އެކީ އުޅޭކަށް ބޭނުމެއްނޫނޭ އެތައްފަހަރަކު ބުނެފީމެއްނު..” ނާއިލް އީރަމްގެ އަަތަށް ފިތާލަމުން ބުނެލިއެވެ. “ތަދުވޭ..” އީރަމް އަތް މިނިވަން ކުރެވޭތޯ މަސައްކަތްކުރަމުން ބުނެލީ ވާ ތަދުން ކެތްނުވީމައެވެ. “މިހާރު ކުރިމަތީ ވާހަކަ ދައްކަންވެސް ދަސްކުރީދޯ..ކަލެއަށް ތަދުކުރަންށޭ ބޭނުންވަނީވެސް..” ނާއިލް ދެން ކޮއްލީ އީރަމް ގެ ހިތަށްވެސް ނުގެނެވޭ ވަރުގެ ކަމެކެވެ. ނާއިލް ވައަތުން އީރަމްގެ އަތުގައި ހިފަހައްޓައިން ހުރެފައި ދެން ފެނުނީ ކަނާއަތުން އީރަމްގެ ކަންފަތްމަތީގައި ޖެހިތަނެވެ. ދިލަ ތަދެއް ވެގެން ދިޔުމާއެކު ޖެހިލެއް ބާރުކަމުން ހުރި ތަނަށް އީރަމް ތިރިނުވީ ނާއިލް އެ އަތުން ދޫކޮއްނުލާ ހުރީމައެވެ. ލޮެލުގައި ހިފެހެއްޓިފައި ހުރި ކަރުނަތަށް އެސްފިޔަތަކު ތެރޭން ފުރޭނިގެން ފައިބައިފިއެވެ. “ދެން ބުނެބަލަ ތަދުވެޔޭ..” ޖެއްސުމުގެ ރާގަކަށް އެހެން ބުނުމަށް ފަހު އީރަމްގެ އަތުން ދޫކޮއްލަމުން ނާއިލް ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. ބޭރު ދޮރު ލައްޕާލި އަޑާއެކު އީރަމް އަށް ބާރަށް ރޮވިއްޖެއެވެ. ހުރި ތަނަށް ތިރިވެވުމާއެކު ގިސްލެވިއްޖެއެވެ. ރުޅިއައިސްގެން ނަމަވެސް ނާއިލް އެކުރި ކަަމަކުން ހިތުގައިވި ލޯބި ފުރަތަމަ ފަހަރަށް ފަނޑުވެ ނަފްރަތަށް ބަދަލުވެދާނެހެން އީރަމްއަށް ހީވިއެވެ. އެކަން އެގޮތަށް ވެއްޖެނަމަ ނާއިލް އާއި ނުލާ ދިރިއުޅެން އީރަމް ދަސްކުރާނެއެވެ. ފޯނަށް މެސެޖެއް އައި އަޑު އިވުމާއެކު ކަރުނުން ފުރިފައިވި ދެލޮލުން ޑްރެސިން ޓޭބަލް މަތީ އޮތް ފޯނަށް ބަލާލިއެވެ. ހިނގާފައިގޮސް ފޯނު ހުޅުވާ ބަލާލިއިރު އޮތީ ލާމިހް ކޮއްފައިވާ މެސެޖެކެވެ. ލާމިހް ފޮނުވައިފައި އޮތް ސްމައިލް އިމޯޖީ ފެނުމާއެކު އީރަމްގެ ރުއިން ހުއްޓިއްޖެއެވެ. ތާޒާ ކަރުނަތަށް ލޮލަށް ޖަމާވުމާއެކު ފޯނު ބާއްވަމުން އީރަމް ހިނގައިގަތީ ފާހަނާއާއި ދިމާލަށެވެ.

 

ދުވަސްތަށް ހަލުވިކަމާއެކު ފާއިތުވެގެން ދާއިރު ނާއިލްގެ ފަރާތުން ލިބޭ އަނިޔާތަށް ދިޔައީ ގިނަވަމުންނެވެ. އީރަމް އެ ވާހަކަތަށް އެންމެ ގާތުގައި އުޅޭ ހަނާއަށްވެސް ސިއްރުކުރިއެވެ. ލާމިހްގެ އާދައަކަށް އީރަމްއަށް ކޮންމެ ދުވަހަކުވެސް މެސެޖެއް ކޮއްލުން ވެގެންދިޔައިރު އީރަމްގެ ފަރާތުން އެއްވެސް މެސެޖަކަށް ޖަވާބެއްނުލިބެއެވެ. އީރަމްގެ ފަރާތުން ޖަވާބެއް ނުލިބުނު ކަމުގައި ވިޔަސް ލާމިހްގެ ހިތަށް ފިނިކަން ގެެނެސްދެނީ އީރަމް އޭނާ ފޮނުވާ މެސެޖްތައްކިޔާނެކަން އިނގޭތީއެވެ. އީރަމްއަށް ނޭނގުނުކަމުގައި ވިޔަސް ލާމިހް ފޮނުވާ ފަށުވި އިބާރާތްކޮޅުތަކުން ހިނދުކޮޅަކަށް ނަމަވެސް ނާއިލްގެ މަތިން ހަނދާންނެތި ތުންފަތްމައްޗައް ހިނިތުންވުމެއް ވެރިކުރުވައެވެ.

 

ހުކުރު ދުވަހަކަށްވުމުން ފަތިސް ނަމާދުކޮއްލައިން އީރަމް ނިދީއެވެ. ހޭލެވުނީ ބާރަ ޖަހަން އުޅެނިކޮށެވެ. ނާއިލް ގޭގައި ނެތްކަން އިނގޭއިރުވެސް ގުޅާލާކަށް ބޭނުމެއްނުވިއެވެ. ފެންވަރާ ތާޒާވެލައިން ހޫނު މައިލޯއެއް ތައްޔާރުކޮއްލަމުން އީރަމް ނުކުތީ ބެލްކަންޏަަށެެވެ.އުޑުމަތި ބަނަކޮއްލާފައި ވާއިރު މަގުމައްޗަށް އަނދިރިކަންވެރިވެފައިވެއެވެ. ވިއްސާރަ ދުވަސްކޮޅަކަށް ވުމުން ހުކުރަށް ދިއުމަށް ގޭގެއިން ފިރިހެންވެރިން ނުކުންނަނީ ކުޑަ ހިފައިންނެވެ. ޖެހިލާ މަޑުރޯޅިތަކުން ހީކަރުވައިގަތުމުން އީރަމް ފަރުދާ ކަހާލަމުން އެތެރެއަށް ވަނެވެ. ކާމޭޒޫ މަތީ އޮތް ފޯނަށް މެސެޖެއް އައި އަޑުއިވުމާއެކު އީރަމް ހީކުރީ ލާމިހް ކަމަށެވެ. ނަމަވެސް މެސެޖްކޮއްފައި އޮތީ ހަނާއެވެ. ހަވީރު ހަތަރުގަޑި ބަޔަށް ތައްޔާރުވެގެން ހުރުމަށެވެ، ސޯފާގައި ހަމަޖެހިލަމުން އީރަމް ހަނާ އަށް ގުޅާލުމާއެކު އެކޮޅުން ފޯނު ނަގައިފިއެވެ. “ހަނާ.. މިއޮތް ވިއްސާރަ ދުވަހު ކޮންކަމެއް އޮތީ..” އީރަމް އަހާލިއެވެ. “ވަކި ކަމެއް ނެތް.. އޮފް ދުވަސް ވީމަ ބޭރަަށް ގޮސްލަންކަމަށް…ކުރިން ވިއްޔާ ވާރޭ ވެހޭއިރު އީމް ޖެހޭނެ ކޮންމެހެންވެސް ވާރޭގަ ހިނގަންދާން.. އެވެސް ކުޑަ ހިފައިން..ސޯ މިއަދު އެ ގަޑިއަށް ވާރޭ ވެހޭތޯ މި ދުއާ ކުރަނީ..” ހަނާ އެހެން ބުނުމާއެކު އީރަމްގެ ލުއި ހުނުމުގެ އަޑު ސިޓިންރޫމަށް ފެތުރިގެންދިޔައެވެ. ހަނާ އެކޭ އެއްފަދައިން އީރަމް އަށް ވެސް ހިތުގެ އަޑިން ދުއާ ކޮއްލެވުނީ ވާރޭ ވެހޭތޯއެވެ. ހަނާ އާއި ވާހަކަދައްކާލަން އިނުމަށްފަހު އީރަމް އަވަސްވެގަތީ މެންދުރު ނަމާދުކޮއްލާށެވެ.

 

ހަވީރު ހަތަރެއްޖަހަންވާއިރަށް ހިމަފޮދު ވާރޭ ވެހެންފަށައިފިއެވެ. ބެލްކަނީގައި ހުރި އީރަމް އުފަލުން ދުވަމުން ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވެދެ ފެށީ ތައްޔާރުވާށެވެ. ތިރިން ފައިގެ ބައްޓަމަށް ހިފާފައިވާ ކަޅު ކުލައިގެ ލެގިންގްސް އެއް ލަމުން މަތިން ލީ ބްރައުން ކުލައިގެ ކަކުލުން ތިރިޔަށް އަންނަވަރުގެ އަތްދިގު ޓީޝާޓެކެވެ. އިސްތަށިގަނޑު އަތަށް އޮޅާލަމުން ރީތި ގޮތަކަށް ހުޅިއެއް ޖަހާލަމުން ތުންފަތުގައި ފަނޑު ރަތް ކުލައިގެ ލިޕް ބާމް އެއް ޖައްސާލިއެވެ. ހަނާ ގުޅާތަން ފެނުމާއެކު މި ފައިބަނީ ކަމަށް ބުނެ ފޯނު ބާއްވާފައި އީރަމް ގޭގޭ ދޮރު ތަޅުލަމުން ރީފް ފައިވާން ހަރުގަނޑުން ނެގިއެވެ. ފައިވާނަށް އަރަމުން ބޭރުގައި އަޅުވާފައި އިން ގަދަރަަތް ކުލައިގެ ކުޑަ ނަގަމުން ސިޑިން ފޭބިއެވެ. މަގުމައްޗައް ނިކުމެވުމާއެކު އީރަމްއަށް ހުއްޓެވުނީ ހުސެން އާއި ލާމިހް ގެ އިތުރުން ހައިފާވެސް ހުރުމުންނެވެ. އެ އެންމެން އަންނަ ވާހަކަ ހަނާ ނުވެސް ބުނެއެވެ. ނޫ ކުލައިގެ ސޯޓަކާއި ކަޅު ކުލައިގެ ޖާރޒީއެއް ލައިން ހުރި ލާމިހް ގެ ތުންފަތްމައްޗައް ހިނިތުންވުމެއް ވެރިވެގެންދިޔައީ އީރަމް ފެނުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ޢެދެމޭ އުފާ….(7)

Next

ވައިވީމަ – (4) އެނބުރި އައުން

Next
September 6, 2017

ވައިވީމަ – (4) އެނބުރި އައުން

Previews
September 6, 2017

ޢެދެމޭ އުފާ….(7)

12 Comments!

  1. seym says:
    September 6, 2017 at 6:28 pm

    Hey all..Mi bai vx v kiyaa hithun kiyaane kamah ummeedhu kuran… ? Gdnyt and sleeptight ❤️

  2. Reet says:
    September 6, 2017 at 7:29 pm

    V reethi first dhw good night

    1. seym says:
      September 8, 2017 at 10:18 pm

      Thankyou reet ?

  3. Petite says:
    September 6, 2017 at 7:43 pm

    V kiyaalaa hithun kiyaalaifin.. v v reeethi.. love this story ❤❤??

    1. seym says:
      September 8, 2017 at 10:18 pm

      Thanks Dear ❤️

  4. Meesh says:
    September 7, 2017 at 6:58 am

    Varah loabi.. And vyhaaves avahakah e naail? gandu dhuru kurey…And laamy aa eem aa gulhuvaa..❤Love u seym and miss u.. ❤?❤?

    1. seym says:
      September 8, 2017 at 10:20 pm

      hehe lets see dho wat happens. Thanks Meesh. lots of love for u too ❤️

  5. ??? says:
    September 7, 2017 at 7:59 am

    Vvvv rythi vvv kiyaa hithunn kiiivess ekam maa avahah nimuniii????

    1. seym says:
      September 8, 2017 at 10:22 pm

      Alhey.. Thankew ♥️

  6. Gorgeous says:
    September 8, 2017 at 4:31 pm

    Wowww this is awesome.. When next part?

    1. seym says:
      September 8, 2017 at 10:22 pm

      Thanks gorgeous. Insha Allah tomorrow.. ??

  7. Navya says:
    September 8, 2017 at 10:43 pm

    Wow ❤

Comments are closed.

Next Episodeތިޔަ ދިން އުފާ 11←


All Right Reserved!