Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ވިހިވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
September 6, 2017 9 Mins Read
17 Comments

“މައްސަލައެއް ނެތް މަންމަގެ. ދަރިފުޅުދޭ އޭނަގެ ކޮޓަރި ދައްކަން” ފީރޯޒާ ބުނެލިއެވެ. ރަޔާހީން ފަހަތުން އެމީހާ ހިނގައިގަތްތަނާ ހުއްޓުނީ ފީރޯޒާ ގޮވާލުމުންނެވެ.

“ދަރިފުޅު ބުނިންތަ މީ ދާއިމީ ވަޒީފާއެއް ނޫނޭ. ރާނޯމެން އައިހާ އަވަހަކަށް އޭނާގެ މަސައްކަތަށް ހުއްޓުމެއް އަންނާނެ” ފީރޯޒާ ރަޔާހީނަށް އެއްޗެއް ހަނދާންކޮށްދޭ އުސޫލުން ބުނެލިއެވެ. ރަޔާހީން ބޯޖަހާލުމަށްފަހު މަރިޔަން ގޮވައިގެން ސިޑި ހުރަސްކޮށް ކަނާތްފަރާތަށް އެޅެން ހުންނަ ގޯޅިގަނޑަށް ވަނެވެ. ކޮޓަރި އާއި ހަމައަށް އާދެވުމުން އެތެރެއަށް ވަދެ ދޮރުލައްޕާލިއެވެ.

“ބޭނުމިއްޔާ އޭސީ ނުޖައްސާ ވެސް އުޅެވޭނެ. ފެންވަރަން ބޭނުންކުރާ ސާމާނާއި އަދި އެހެނިހެން ސާމާނު ވެސް އޭނދަ އަލަމާރީގައި ހުންނާނެ. ދެން އެހެން ކަމެއް ބޭނުންވިޔަސް ބުނޭ އެނގޭ” ރަޔާހީން ކޮޓަރީ ދޮރު ލައްޕާލާފައި ނިކުތުމާއެކު މަރިޔަން މޫނުމަތީގައި އަޅާފައި އޮތް ކަޅުކުލައިގެ ތުނި ފޮތިކޮޅު ބޯމައްޗަށް ހިއްލާލިއެވެ. އެނދުގައި އިށީނުމާއެކު އޭނާގެ ތުންފަތްމަތީގައި ދަތުރުކޮށްލީ ވިހަ ހިނިތުންވުމެކެވެ. ދެފަރާތަށް ހިނގަންފެށި ހިތުގައި ކަމެއް ރާވާލަމުންނެވެ.

ރޭގަނޑު ބާރަޖެހުމާއެކު ދާދި ގާތްވެފައި ވަނިކޮށް ވިކްޔަން ނިހާ ގެއަށް ލުމަށްފަހު ގެއަށް ވަންނަން އައިއިރު ގޭ ދޮރުމަތީގައި ހުރި ރަޔާހީން ފެނި ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.  މިދަންގަޑީގައި ރަޔާހީން އެތާ ބޭރުގައި އަދި ދޮރު ކައިރީގައި ހުރި ރުކާއި ނިވާވެގެން އެހުރީ ކޮންކަމަކު ހެއްޔެވެ؟ އަނެއްކާ ރަޔާހީން ސިއްރުން ކަންތައްގަނޑެއް ކުރަނީ ހެއްޔެވެ؟ ނުކުރާނެ ކަމެއް ވެސް އެނގެނީ ކިހިނެއް ހެއްޔެވެ؟ އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ވެސް ފުންމާލާނެއެވެ. އެއީކީ މަސްކުޅިން ކުރީގައި ހަމަ އެހެން ބުނެ އުޅޭ ބަހެއް ނޫން ކަން ސާބިތުކޮށްދިން މީހުން ވެސް ބައިވަރެވެ. އޭގެތެރެއިން ރަޔާހީން އެކަކެވެ. ރަޔާހީނާއި ބެހޭ ގޮތުން ވިކްޔަންގެ ހިތް ކިލަނބުވެފައިވާ މިންވަރު އޭނާގެ ހިތަށް އަރާ ފައިބަމުންދާ އެއްޗެހިން ވެސް ހާމަވެއެވެ.

ރަޔާހީން ދެފަރާތަށް ބަލާލުމުގެ ކުރިން ވިކްޔަން ގެއެއްގެ ދޮރާއްޓަށް ވަދެ ނިވާވެލިއެވެ. ރަޔާހީނަށް އޭނާ މިވަގުތު ފާރަލަމުން ދާކަން އެނގޭކަށް ވިކްޔަން ބޭނުމެއްނޫނެވެ. ޔަޤީނެވެ. ދޮންބެއަށް ސިއްރުން ރަޔާހީން އެހެން ފިރިހެނަކާއި ގުޅުމެއް ބާއްވަނީއެވެ. އެހެންނޫނަމަ މިވަގުތަކީ ކޮންމެ އަންބެއް ވެސް ފިރިމީހާގެ އަތުތެރޭގައި ނިދާލަން ނުވަތަ ވަގުތު ހޭދަކުރަން އޮންނާނެ ވަގުތެއް ނޫން ހެއްޔެވެ؟  އެފުރުޞަތު ލިބުމުން ވެސް ފިރިމީހާ ނިދުމުން އަންހެނަކު މިދަފަ ވަގުތަކު ބޭރަށް ނިކުމެ ހުންނާނީ ގައިމުން ކަމެއްވީމަތާއެވެ. އިރުކޮޅަކުން ވިކްޔަން ބަލާލިއިރު ރަޔާހީން ފެންނަން ނެތުމުން މަޑުފިޔަވަޅު ތަކެއްގައި ގޭތެރެއަށް ވަދެގެން ދިޔައެވެ.

ކޮޓަރިއަށް ދިޔުމުގެ ކުރިން ކޮފީއެއް ބޯލުމަށްޓަކައި ބަދިގެއަށް ދިޔައީ އެތަނުގައި ރަޔާހީން ހުރެދާނެ ކަމަކަށް ނޫނެވެ. ނަމަވެސް ގޮނޑީގައި ފޯނާއި ކުޅެންއިން ރަޔާހީން ފެނުމުން ވިކްޔަން އެނބުރި ދިޔުމަށް ހިނގައިގަތެވެ.  އިސްއުފުލާ ބަލާލި ރަޔާހީނަށް ވިކްޔަން ފެނުމާއެކު އިން ގޮޑިން ތެދުވެވުނެވެ. ވިކްޔަންގެ ހަށިގަނޑު ފަހަތުން ފެނުމުން ވެސް ރަޔާހީންގެ ހިތަށް ގޮތްތަކެއް ވިކަން ޔަޤީނެވެ. ފަހަތުން ރަތްކުލައިގެ ޓީޝާޓް ބުރަކަށީގައި ހިފާލާފައި ހުރި ގޮތުން ވިކްޔަންގެ ބުރަކަށީގައި އަތް ހިންގާލާހިތްވިއެވެ. ތުނިކޮށްލާފައި އޮތް ކަސްމަތީގެ ދަށުން ހާމައަށް ފެންނަން އޮތް ވިކްޔަންގެ ކަނދުރާގައި ތުންފަތް ޖައްސާލާހިތްވިއެވެ. ވިކްޔަންގެ ކަނދުރާގައި ރަޔާހީންގެ އިނގިލިތަކުން އަތްޖައްސާލުމާއެކު އަބަދުވެސް ހީލިކަރުވާ ގޮތްވާކަމަށް ވިކްޔަން ބުނޭއެވެ. އެފަދަ ކިތަންމެ ވަގުތެއް ރަޔާހީން ވަނީ ވިކްޔަން އާއެކު ހޭދަކޮށްފައެވެ. ވާރޭ ވެހޭ ކަހަލަ އިޙުޞާސެއް ކުރެވުމުން ބަދިގޭ ކުޑަދޮރު ތަކާއި ދިމާލަށް ބަލާލިރު ހަމަ ރަނގަޅަށް ވެސް ފުދޭ ވަރަކަށް ބޯކޮށް ވާރޭ އެބަ ވެހެއެވެ.

“ވިކްޔަން” ރަޔާހީންގެ މަޑުމަޑު އަޑު ވިކްޔަންގެ ކަންފަތުގެ އެންމެ ހިމަނާރާއި ހަމައަށް ވާސިލްވިއެވެ. ރަޔާހީން ދުރުދުރުގައި ފިޔަވަޅު އަޅަމުން ވިކްޔަން ގެ ފަހަތުގައި ހުއްޓުނެވެ. އެންމެފަހަރަކު ވެސް އެނބުރިލާފައި ރަޔާހީނަށް ބަލާނުލައެވެ.

“ކޮފީއެއް ހަދާދޭންވީތަ” ރަޔާހީން މަޑުމަޑުން ބުނެލިއެވެ.

“އަހަރެންގެ އަމިއްލަ އަތް އަދި އޮތީ ސަލާމަތުން” ވިކްޔަންގެ ޖުމްލަ ނިމުމާއެކު ރަޔާހީން އިސްޖަހާލިއެވެ. އިސާހިތަކު ދެލޯ ފުރުނެވެ. ހަމައެއާއެކު އަމިއްލަ ތުންފަތުގައި ދަތްއަޅާ ކަރުނަތައް ހިންދާލަން މަސައްކަތްކުރިއެވެ. ކުއްލިއަކަށް ޖަހާލި ބާރު ގުގުރިއަކާއި އެކު މުޅި ގެއިން ކަރަންޓް ކެނޑިގެން ދިޔައެވެ. ރަޔާހީން ދުލުން މަންމާއޭ ބުނި އަޑު ވިކްޔަން އަށް އިވުނެވެ. އިތުރު އެއްޗެއް ވިސްނާނެ ފުރުޞަތެއް ވެސް ނުލިބި އުޅެނިކޮށް ވިކްޔަން ސިހުނީ އޭނާގެ ހަށިގަނޑުގައި ރަޔާހީން ބައްދައިގަތުމުންނެވެ. ވަގުތުން ވިކްޔަން އޭނާގެ ދެއަތް އުފުލާލީ މައްޗަށެވެ. ނޭނގިވެސް އޭނާގެ ދޮންބެގެ އަމާނާތަކަށް ހިޔާނާތްތެރި ވާކަަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ރަޔާހީން ދުރުކޮށްލާކަށް ވެސް ނުކެރުނެވެ. މީހެއްގެ ލޮލަށް ފަސްއިނގިލި ޖެހިޔަސް އެނގޭނީއެއް ނޫނެވެ. ވިކްޔަންގެ ލޯބިވެރިޔާ ކަމުގައި ނުވިިޔަސް ދޮންބޭބެގެ އަނބިމީހާ އަށް ވީތީ ހިމާޔަތް ދޭން ބޭނުންވިއެވެ. ވިކްޔަންގެ މޭމަތީގައި މޫނު ތަތްކޮށްލައިގެން ހުރި ރަޔާހީން ދެލޯ މަރާބާރު ކޮށްގެން ހުއްޓަސް އެއްރާގަކަށް ތެޅެމުންދިޔަ ވިކްޔަންގެ ހިތުގެ ތެޅުމުގެ އަޑު އޭނާ އަށް އިވެމުން ދިޔައެވެ. އެއާއެކު އޭނާގެ ދެލޮލަށް ލުޔެއް ދިނުމަށްފަހު ވިކްޔަން އަށް އިޙުޞާސް ނުވާނޭހެން މޭމަތީގައި ތުންފަތް ޖައްސާލިއެވެ. މިފަދަ ވަގުތެއް ދެން ދުވަހަކު ވެސް ލިބޭނެ ކަމެއް އެނގެނީއެއް ނޫނެވެ. ނަމަވެސް އެވަގުތުގައި ވެސް ވިކްޔަންގެ ދެއަތުގެ ހިމާޔަތް ނުލިބޭކަން އެނގުމުން ހިތުގައި ޖެހުނެވެ. ރަޔާހީން ދުރުކޮށްނުލާ އަނގަމަތީގައި ޓޭޕް އަޅައިގެން ހުރުމުން އުފާވެސް ވިއެވެ.

މާދުރުނޫން ހިސާބަކުން އަލފާންކޮޅެއް ކަހަލަ އައްޔެއް ވިކްޔަންގެ ލޮލުގައި އަޅައިގަތުމާއެކު ދެއަތުން ރަޔާހީން ދުރުކޮށްލިއެވެ. އަދި ބަހެއް ވެސް ނުބުނެ ކުރިއަށް ހިނގައިގަތީ ޖީބުގައި އޮތް ފޯނުން އަލިކޮށްގެންނެވެ. އެވަގުތު އެއީ އުށްބައްތިއެއް ދިއްލައިގެން މަރިޔަން އައިސް ބަދިގެއަށް ވަން ވަގުތެވެ. ކުއްލިއަކަށް ކަރަންޓް ލިބުމާއެކު މަރިޔަން އޭނާގެ މޫނުފޮތިކޮޅު ހިއްލާލަމުން ބަލާލިއެވެ. ރަޔާހީން ހީލަމުން ބުމަ އަރުވާލިއެވެ. މަރިޔަން އޭނާގެ އަތުގައި ހުރި އުށްބައްތީގެ ބަނޑިބަނޑި ލައްވަމުން ދިޔަ ހުޅުކޮޅަށް ފުމެލާ ނިއްވާލިއެވެ. އަދި ރަޔާހީނަށް ހިނިތުންވުމެއް ދެމުން ވައަތުގެ ބޮޑުވާ އިނގިލި އުފުއްލާ ބާރަބަރު ކަމުގައި ބުންޏެވެ. ރަޔާހީން ހީލަމުން އައިސް މަރިޔަން އާއި އަތާއި އަތްޖަހާ ސަލާމް ކޮށްލިއެވެ. އެމީހުންގެ އެ ހަރަކާތުން ކޮންމެސް ކަމެއް އެމީހުންނަށް ކާމިޔާބު ވެއްޖެކަން އަންގައިދެއެވެ.

ފާޚާނާއިން ނިކުތް ރަޔާހީން އެޭނާގެ އިސްތަށިގަނޑުގައި އޮޅާލާފައިވާ ތުވާލި ނައްޓުވާލުމަށްފަހު ލޯގަނޑު ކުރިމައްޗަށް ހުއްޓި ދެއަތުގެ އިނގިލިތަކުން އިސްތަށިގަނޑު ހާނުވާލިއެވެ. ފަހަތުގައި ހުއްޓި ހުރި އިރުފާން ރަޔާހީނަށް ފެނުނީ ލޯގަނޑުންނެވެ. އިރުފާން ރަޔާހީނާއި ކައިރިވެލަމުން އަތް އަޅުވާލީ ރަޔާހީންގެ އުނގަނޑުގައެވެ. ރަޔާހީން ބޮޑުކަމަކަށް ނަހަދާު ލޯގަނޑަށް ނަޒަރު ހުއްޓާލީ އޭނާގެ ފަރާތުން ކުޑަ ވެސް އިޝާރާތެއް އިރުފާނަށް ލިބުނަ ނުދިނުމަށެވެ. އިރުފާން ރަޔާހީނަށް ކައިރިވާން ފެށުމުން ރަޔާހީން ބިރުގަންނަން ފެށިއެވެ. އޭނާގެ ކިބައިން ރަޔާހީން ސަލާމަތްކޮށްދިނުމަށް މިހާރަކު ބީހާލް އަށް މިގެއަށް ވަދެވޭނީކީ ވެސް ނޫނެވެ. އިރުފާނަށް ގޯނާއެއް ވެސް ކުރެވޭނީ އެއް ނޫނެވެ. އިރުފާންގެ އަތުގެ ފަލަމަސްގަނޑުގައި ފީރޯޒާ ވަނީ ބާރުދަގަ ތަވީދެއް އަޅުވާފައެވެ. އިރުފާން އައިސް ރަޔާހީން އަތްމައްޗަށް ނެގީ ރަޔާހީން އެކަމަށް ވިސްނާވެސް ނުލާ ހުއްޓައެވެ. ބާލީސްމަތީގައި ރަޔާހީން ބާއްވާލުމަށްފަހު އިރުފާން ވެސް ރަޔާހީނާއި ޖެހިފިތިގެން އޮށޯތެވެ. އިރުފާން ރަޔާހީންގެ މޫނަށް ބަލާލާ ކޮންމެފަހަރަކު ރަޔާހީން ހީލަނީ ގަދަކަމުންނެވެ. ހިތް ބާރަށް ތެޅެމުން ދަނީ ހިތްނުތަނަވަސް ވާވަރުންނެވެ.

ރަޔާހީން ލައިގެން އޮތް އަތްދިގު ގަޔަށްދޫ ޓީޝާޓްގެ މަތިން ބަނޑުގައި އިރުފާން އަތްޖައްސާލުމާއެކު ރަޔާހީންގެ ހަށިގަނޑަށް ހީވީ ކަރަންޓް އައި ހެންނެވެ. “މިވަގުތު އެއްވެސް ޝަކުވާއެއް އަޑު އަހާކަށް ބޭނުމެއްނޫން. މިކަހަލަ ފުރުސަތެއް ނަގާލާކަށް ބޭނުމެއް ނޫން” ރަޔާހީން އޭނާގެ ޓީޝާޓް މަތިން އިރުފާންގެ އަތުގައި ހިފީ ހުއްޓުވުމަށެވެ. ނަމަވެސް ކާމިޔާބުވާ ގޮތް ނުވުމުން ޖެހުނީ އަތް ދޫކޮށްލާށެވެ. ރަޔާހީން ދެލޯމަރާ ބާރުކޮށްލިއެވެ. އިރުފާނަށް ނުފެނުނަސް ރަޔާހީންގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. އިރުފާނާއި އެކުގައި އެފަދަ ގުޅުމެއް ހިންގާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ހުއްޓުވަން ދައްކާނެ ބަހަނާއެއް ވެސް ނޭނގެއެވެ. މިވަގުތު އޭނާ ކުރާނެ އެއްވެސް ކަމެއް ނެތެވެ. އިރުފާން ހުއްޓުވާނެ އެއްވެސް ގޮތެއް ނެތެވެ. އިރުފާން މިރޭ އޭނާގެ ކަރުހިއްކުން ފިލުވާނެއެވެ. މިކަހަލަ ފުރުޞަތަކަށް އޭނާ ބަލާތާ ކިހާ ދުވަހެއް ހެއްޔެވެ؟ ރޭގަނޑުގެ ފަހު ބައިގާ ބޭރަށް ނިކުންނަން ދައްކާނީ ވަކި ކޮން ބަހަނާއެއް ހެއްޔެވެ؟  ތަވީދު އަޅަންފެށި ފަހުން ކޮންމެ ރެއަކު އިރުފާން ނިންދަވަނީ ކިރުތައްޓަށް ނިދާ ބޭސް އަޅާފައެވެ. އެހެންވީމާ މިރޭ އިރުފާން ކިރުތަށި ނުބޮނީތާއޭ ރަޔާހީން ހިތަށް އެރިއެވެ. ރަޔާހީން ފެންވަރަން ވަނީ ވެސް އިރުފާން އޮތީ ނިދާފަ ކަމަށް ހީކޮށްފައެވެ. އިރުފާން ހާދަ ހުޝިޔާރެވެ. ރަޔާހީންގެ ގައި މައްޗަށް އަރަމުން އެއް އަތުން ބެޑްލައިޓްގެ އަލި ގަދަކޮށްލީ ރަޔާހީންގެ ހަށިގަނޑު ދުށުމަށް އެހިތް އެދި ގޮވާ ވަރުުންނެވެ. ނަމަވެސް ރަޔާހީން ގޮތްހުސްވެފައިވާ މީހަކު ފަދައިން އަނެއްކާ ވެސް ދެލޯ މެރީ ހިތަށް ކުރި އަސަރަކުންނެވެ. އޭނާގެ ހަށިގަނޑަކީ އޭނާގެ ހިތުގެވެރިޔާ ވިކްޔަންގެ މިލްކެކެވެ. ވީއިރު އިރުފާން ފަދަ މުޑުދާރު އިންސާނެއް އޭނާގެ ހަށިގަނޑުގައި ބީހިލާކަށް ވެސް އޭނާގެ ހިތަށް ރުހެވޭނެ ހެއްޔެވެ؟ ދެލޯ މަރައިގެން އޮތް ރަޔާހީން ފެނުމުން އިރުފާނަށް ސިފަކުރެވުނީ އެއީ ރަޔާހީންގެ ލަދުވެތި ސިފައެއް ކަމުގައެވެ. ރަޔާހީންގެ މޫނުން ފެށިގެން އެތަންމިތާ ބޮސްދެމުން އިރުފާން ދިޔައީ މޮޔައަކު ފަދައިންނެވެ. ރަޔާހީން ތިރިން ލައިގެން ހުރި ހަރުވާޅުގައި އިރުފާން ހިފާލުމާއެކު ހިތްވަރެއް ކޮށްފައި ދެލޯ ހުޅުވީ އިރުފާންުގެ އެދުމަށް ފުރަގަސްދޭން ހިތުލައިގެންނެވެ. ރަޔާހީނަށް އިރުފާން ބަލާލީ އޭނާ ދުރުކޮށްލުމަށްފަހު ރަޔާހީން އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިށީނުމުންނެވެ.

“ސޮރީ އިރޭ. މިރެއަކު ނޫން. އެހެން ރެއަކުން” ރަޔާހީން ބުނެލިއެވެ.

“ޕްލީޒް ދޫނީ. މިރޭ. ނުހުއްޓުވަބަލަ. އެނގޭ ދޫނި ވެސް ބޭނުންވެފަކަން ތިއޮތީ” އިރުވީން ހަމަހިލާ ވެސް ރަޔާހީން ދޫކޮށްލާކަށް އެއްބަހެއް ނުވިއެވެ.

“އާނ ވަރަށް ބޭނުންވެފަ މިއޮތީ…. ހުންނަ ގޮތްކުޑަކަން ނިކަން ދެކިބަލަ. މޮޔަވީތަ؟ ދުރަށްދޭ އަހަރެންގެ ލޯމަތިން….. ދުނިޔޭގެ ކޮންމެ ފިރިހެނެއްގެ އަންބަކަށްވެ މި ހަށިގަނޑު ހިބަކޮށްފާނަން. އެކަމު ތިފިރިހެނާ އަތް ޖައްސާލަން ވެސް ނުރުހެވޭ…. އަދި ބުނެފިއެއްނު ދޫނި ވެސް ބޭނުންވެފައޭ…..ޗި ” ރަޔާހީން ހިތާއިހިތުން އިރުފާނަށް އެއްޗެހި ގޮވަމުން ދިޔައެވެ.

“ނޫނޭ އިރޭ. މިރޭއެއް ނޫނޭ މިބުނީ ކަމެއްވެގެންނޭ. އިރޭ އަތުގައި ތި ތަވީދު އޮތްހާ ހިނދެއްގައި މިކަހަލަ ކިތަންމެ ފުރުސަތެއް ލިބޭނެއްނު. ނަމާދު ޗުއްޓީގަ މިހުރީ” ރަޔާހީން ދުރު ބަލާލަމުން ބުނެލިއެވެ. އެވަގުތު އިރުފާންގެ މޫނުމައްޗަށް އެރި ކުލަވަރު ފެނި ރަޔާހީންގެ ހިތުގައި އުފާވެރި ކަމުގެ ވިންދެއް ޖަހާލިއެވެ. ހިތާއިހިތުން ހެއްދެވި ފަރާތަށް ޝުކުރު ކޮށްލިއެވެ.

“ދޫނީ… އަޅެ މިހާ ހިސާބަށް ދިޔައިމަތަ ބުނަން އެނގުނީ. އަނެއްކާ މިޖެހުނީ ދިގު އިންތިޒާރެއް ކުރާކަށްނު” ކުއިލްޓް ނަގާ ދެމީހުން ގައިމަތީ އަޅާލަމުން އިރުފާން ރަޔާހީންއާއި އެއްހަމައެއްގައި އޮށޯތެވެ.

“އަހަރެން އެއްޗެއް ބުނަން އިރޭ ނުދެމެއްނު ފުރުޞަތެއް” ރަޔާހީން ތެދުވެ ޓީޝާޓް ރީތިކޮށްލަމުން އަލުން ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ފުނާ އަޅަން ފެށީ އެނދުގައި އޮތް އިރުފާނަށް ބަލާވެސް ނުލައެވެ.

“ދެން މިރޭ ވީގޮތް….. ވަރަށް ދެރަ” އިރުފާން މަޑުމަޑުން ބުނެލިއެވެ. ރަޔާހީން އިރުފާނަށް ބަލާލަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ގެނެޔަސް އެތެރެއިން ހުރީ ރުޅިގަނޑު ފަޅައިގެން ގޮސް ހުޅުރޮއެވާން ގާތް ވެފައެވެ.

 

“ދީބަލަ ތިހިރަ ކިރުތަށި. ވަރަށް ހައިވެސް ވެއްޖެ. ގަޑިން އެކެއް ޖަހަނީދޯ” ސައިޑްކަބަޑް މަތީގައި ހުރި ކިރުތަށި ބޯލުމަށްފަހު އިރުފާން ހުސްތަށި ރަޔާހީން އަތަށް ދިނެވެ. ރަޔާހީން އެތަށި ނެގިތަނުގައިި ބެހެއްޓުމަށްފަހު ހަމަޖެހުމުގެ ނޭވައެއްލީ ކުޑައިރުކޮޅަކުން އިރުފާނަށް ނިދޭނެކަން އޭނާ އަށް ޔަޤީންވާތީއެވެ. އިރުފާނަށް ނިދިޖެހި ދެލޯ ކުޑަވަންދެން ރަޔާހީން އެނދާއި ހަމައަށް ވެސް ނައިސް ލޯގަނޑު ކުރިމަތީގައި އެކިއެކި ވާހަކަތައް ދައްކަން ހުއްޓެވެ. އިރުފާނަށް ރަނގަޅަށް ނިދުމުން ރަޔާހީން ހަމަޖެހުމުގެ ނޭވައެއް ލިއެވެ. މިރޭ އޭނާ މި ސަލާމަތްވީ ކިރިޔާއެވެ. ނަމަވެސް އަބަދު އެހެނެއް ވެސް ނުވާނެއެވެ. އަބަދު ރަޔާހީނަށް ކާމިޔާބެއް ނުލިބޭނެއެވެ. އަވަހަށް ބީ އަށް މިގެއަށް ވަދެވޭނެ ގޮތް ހަދަންވީއެވެ. އަނެއްކާ ވެސް ބީގެ ޚަބަރެއް ނުވާތާ ހަފްތާއެއް ވަނީއެވެ. އަނެއްކާ ވެސް ބީހާލްގެ ބައްޕަ ހިފެހެއްޓީ ކަންނޭނގެއެވެ. ކޮންމެގޮތެއް ވިޔަސް ބީހާލް ރަޔާހީނަށް ދޯކާއެއް ނުދޭނެކަން ޔަޤީނެވެ. އަތުގައި އޮތް ފުނާ ޑްރެސިންގްޓޭބަލް މަތީގައި ބޭއްވުމަށްފަހު ރަޔާހީން އެނދުގައި އޮތް އިރުފާނަށް ނުރުހުމުގެ ނަޒަރަކުން ބަލާލުމަށްފަހު ކޮޓަރިން ނިކުމެ ދޮރުލައްޕާލިއެވެ. މިރޭ އިތުރަށް އިރުފާން ކައިރީގައި ނިދާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ މަޤްޞަދު ހާސިލް ވާނީ ކޮން ދުވަހަކުން ބާއޭ ހިތަށް އެރިއެވެ.

ރަޔާހީން ބަދިގެ ދިއްލާޅުމާއެކު މޭޒުކައިރީގައި ހިމޭންކަމާއެކު ކޮފީބޯން އިން ވިކްޔަން ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީގައި ހުރި ރަޔާހީން ފެނުމުން ވިކްޔަން އިސްޖަހާލީ ބުނާނެ އެއްޗެއް ދުލަށް ނައުމުންނެވެ. ނަމަވެސް ވިކްޔަން އަށް ބަލަން ހުރި ރަޔާހީން ކޮޓަރިތެރޭގައި ދެންމެ ހިނގި ކަންތައް ހަނދާންވެ ދެލޯ ފުރިގެން އައީ ވިކްޔަން ކައިރީގައި އެޝަކުވާ ކުރާހިތްވުމުންނެވެ. ނަމަވެސް ނޭނގޭ ބާރަކުން އޭނާގެ ދުލުގައި ވަނީ ތަޅެއް އަޅުވާފައެވެ. އިރުކޮޅަކު ހުރުމަށްފަހު ވިކްޔަން ބަދިގެއިން ނިކުންނަން ހިނގައިގަތްތަނާ ހުއްޓުނީ ރަޔާހީން ގޮވާލުމުންނެވެ.

“ވިކްޔަން. ވަރަށް ބޮޑަށް ތޭންކްސް. ކުރީ ރެއަކު ކަރަންޓް ދިޔުމުން ކައިރީގައި ހުރެދިނީމަ” ރަޔާހީން ބުނާނެ ނުބުނާނެ އެއްޗެއް ނޭނގިގެން އެންމެ ފަހުން ބުނެލިއެވެ.

“އެވަގުތު އެއީ ކަލޭ ނޫން ކޮންމެ ކުއްޖެއް ނަމަވެސް އަހަރެން ކަންތައް ކުރާނީ ހަމައެހެން. ހީނުކުރައްޗެ ރަޔާހީނަށްޓަކައި އަހަރެންގެ ހިތުގައި އިޙުޞާސްތަކެއް ވާތީ ކަމަށް އެގޮތަށް ކަންތައްކުރީ. އަހަރެން މިހާރު ދެރަވޭ ކަލޭ އެގޮތަށް ކައިރިވުމުން ދުރަށް ނުލެވުނީމަ. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ނިހާ ނޫން އިތުރު އަންހެނެއް އަހަރެންނާއި ކައިރވާކަށް” ވިކްޔަންގެ ޖަވާބުން އެއްފަހަރާ ރަޔާހީން ގެ އަނގަ ހުތްވިއެވެ. އެހާ ދެރަވެސް ވިއެވެ. މީހުންގެ ރޮށްވުމުގެ މުވާރާތެއްގައި ވިކްޔަން ބައިވެރިވެއްޖެނަމަ ފުރަތަމަ މަޤާމް ހާޞިލް ކުރާނެކަން ޔަޤީނެވެ. އެހާ ވެސް އޭނާ ކުޅަދާނައެވެ. ޖުމްލަ ދުލުން ބޭރުކޮށްލުމުގެ ކުރިން ވިސްނާވެސް ނުލާނެއެވެ. ބުނެވުނު އެއްޗަކާއި ދެރަވެ މާފަކަށް ވެސް ނޭދޭނެއެވެ.

“ވިކްޔަން ކީއްވެތަ އަހަރެންނާއި ތިގޮތަށް ވާހަކަދައްކަނީ. ކޮބާ އަހަރެންގެ ކުށަކީ؟؟ އަހަރެން ކުރި ކަމެއް ކުރީ…..”

‘ކޮބާހޭ ކުށަކީ؟…. ބުނަން. މިހާރު މިވާހަކަ ދައްކަން ވެސް އަހަރެން ބޭނުމެއްނޫން. އެކަމަކު އެހީތީ ބުނެފާނަން. ފުރަތަމަ ކުށަކީ އަހަރެންގެ ވަފާތެރި ލޯބީގާ ކޮޅުފައިން ޖެހިކަން. ދެވަނަ ކުށަކީ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލުމަށްފަހު ވެސް ތިހިތަށް ހަމަ އެކައްޗެއް ވެސް ނޭރިކަން. އަހަރެންގެ އެތައް ރެއެއްގެ ނިދި ނަގާލުމަށްފަހު ތިމަލުން ފޮނިކޮޅު ބޯލުމަށް އެހެން މާބުރުތަކަށް ފުރުޞަތު ދިންކަން. ތިންވަނަ ކުށަކީ ފައިސާ އާއި މުދަލަށްޓަކައި އަހަރެންގެ ދޮންބޭބެގެ ދިރިއުޅުމަށް ވެރިވެގަތްކަން. ހަތަރުވަނަ ކުށަކީ ތިކަހަލަ މަކަރުވެރި އަންހެނެއްގެ ދަލުގައި އިތުރު މީހަކު ޖެއްސުމަށްޓަކައި މިހާރު ވެސް މަސައްކަތްކުރާކަން. ފަސްވަނަ ކުށަކީ މިހާރު އަހަރެންގެ ދޮންބެއަށް ބޭވަފާތެރިވީކަން. އެނގޭތަ ކަލެއަށް ކުރެވުނު އެންމެ ބޮޑު ކުށަކީ ކޮބާކަން. ކަލޭގެ ތި މަކަރުވެރިކަމުގެ ސަބަބުން ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް އަހަރެންގެ މަންމަ އަށް އަހަރެން ދޮގު ހަދަން ޖެހުނުކަން. ސާފުވެއްޖެތަ؟ ކޮބާތަ ކަލޭގެ ބޭނުމަކީ!!! ބުނެބަލަ؟ ކިތައް ރުފިޔާތަ އެކައުންޓަށް ޖަމާކޮށްދޭންވީ. ކިހިނެއް ހެދީމަތަ އަހަރެންގެ އާއިލާ ތި މުސީބާތުން ސަލާމަތްވާނީ” ވިކްޔަން އެގޮތަށް އެއްޗެހި ކިޔާލީރު ރަޔާހީން ހުރީ އެއީ ވިކްޔަން ކަމުގައި ޤަބޫލު ނުކުރެވިފައެވެ. ވިކްޔަން ރަޔާހީންގެ ބޮލުގައި އެ އެޅުވީ ކޮންފަދަ ހަޑި ބަދުނާމްތަކެއް ހެއްޔެވެ؟ ވިކްޔަންގެ ކޮންމެ ޖުމްލައެއް އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައެވެ. އެހެންކަމުން އޭނާ ފުރަތަމަ ވިކްޔަން އަށް ދޭނެ ޖަވާބެއް ވެސް ނޭނގުނެވެ. އޭނާ އަށް ހީވަނީ ވަށައިގެންވާ ހުރިހާ އެއްޗެއް އެނބުރެނީހެންނެވެ. ދެކަންފަތުގައި އަތްއަޅާ ދެލޯމަރާލީ ހިތަށް ކެތްނުވަމުންނެވެ.

“ނުދެވުނެއްނު ޖަވާބެއް. ހެހެހެ… އެނގޭ ނުދެވޭނެކަން. އަނގަ ބަންދުވީ ދޯ”  ވިކްޔަން މަލާމާތުގެ ފާޑަކަށް ހީލަމުން ބުނެލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ލައިގެން ހުރި ޓްރެކްޝޫޓްގެ ޖީބަށް ދެއަތް ޖަހާލަމުން ރަޔާހީނަށް ފުރަގަސް ދިނެވެ. ވެދާނެއެވެ. މިވަގުތު ރަޔާހީންެ ހުރި ހާލު ބަލަން އޭނާ އަށް ކެތްނުވީއެވެ.

“ނޫނޭ ވިކްޔަން. އެހެން ހީނުކުރޭ. އަހަރެންގެ ހިމޭނުން ހުރީމަ މާނައަކީ އަހަރެންނަކީ ކުށްވެރިއެކޭ އެއް ނޫން. ބައެއް ފަހަރު ހިމޭންކަމަކީ ސުވާލުގެ ޖަވާބަށް ވެސް ފުދޭ އެއްޗެއް. އަހަރެންނާއި ދޭތެރޭގައި ތިފަދަ ދަށު ދަރަޖައަކުން ދެކުނު ފުރަތަމަ މީހަކީ ތިއީ. އެހެންވީމަ ބުނެފާނަން. ފުރަތަމަ ކަމަކީ އަހަރެންގެ އަމިއްލަ ބޭނުންތައް ފުއްދުމަށްޓަކައި މީހެއްގެ ދިރިއުޅުމަށް ވަދެ ފައިސާ އާއި މުދާ ހޯދާވަރަށް ވުރެ އަހަރެންގެ ދިރިއުޅުން ތަނަވަސް. އަހަރެން މިއަދު އެކަނި ހުރި ނަމަވެސް ދުނިޔެ އުމުރު ވަޒީފާއަކަށް ނުގޮސްވެސް ޚަރަދުކުރާނެ ފައިސާ އަހަރެންގެ އެކައުންޓުގައި އެބަހުރި. އަހަރެންގެ ބައްޕަ މިދުނިޔެ ދޫކޮށްފަ ދިޔައީ އަހަރެމެންގެ ހަތަރުބޭންނަށް ވެސް އެކަނި ދިރިއުޅެވޭވަރު ކޮށްފަ. ދެވަނަ ކަމަކީ ފަހަރެއްގައި ވެސް އަހަރެން އިރޭ އާއި އިނީ އޭނާގެ ދިރިއުޅުމަށް ޒަހަރުލާކަށް ނޫން. އަހަރެމެން ކަހަލަ މަދު އަންހެންކުއްޖަކަށް އެނގޭނީ އަނިޔާވެރިއެއްގެ އަނިޔާވެރިކަމަށް ބަދަލުދޭނެ ގޮތް. ތިންވަނަ ކަމަކީ ޤަބޫލުކުރިޔަސް ނުކުރިޔަސް އަހަރެންގެ މި ހަށިގަނޑުން އަރާމެއް ހާޞިލްކުރި އެންމެ ފުރަތަމަ މީހަކީ ވެސް އަދި އެންމެ ފަހު މީހަކީ ވެސް ތިއީ….އަދި  އަހަރެން ވަގު ފިރިއެއް ނުގެންގުޅެން….ހަތަރުވަނަ ކަމަކީ ވިކީގެ މަންމަ އަށް ދޮގު ހަދަން އަހަރެން ވިކީ އަށް މަޖުބޫރެއް ނުކުރަން. އަހަރެންނަކަށް ނޭނގެ މައިސަރާދައްތަ ކައިރީގައި ދޮގު ހަދަން ބުނީ ކީކޭކަމެއް. އެންމެފަހު ކަމަކީ……” ރަޔާހީން ފުންނޭވައެއް ލިއެވެ.

“އާނ. އަހަރެން ޤަބޫލުކުރަން ވިކްޔަން އަށް ބޭވަފާތެރިވީ އަހަރެން. އަހަރެން ދޯކާ ދިނީ. އެކަމުގެ ހިތާމަ ތާއަބަދު އަހަރެން މިދަނީ ކުރަމުން….. އަހަރެން އެގޮތަށް ކަންތައްކުރި ސަބަބު އެނގެން ބޭނުންތަ؟” ދެލޯ ފޮހެލަމުން ރަޔާހީން ވިކްޔަން އާއި ކުރިމަތިލީ ކަރުނައިން ކުރާނެ ފައިދާއެއް ނޯންނާނެތީއެވެ. އަދި ކިތަންމެ ދުވަހަކު ވިކްޔަން ކުރިމަތީގައި ރޮއެލަ ރޮއެލަ ހުއްޓަސް އެކަރުނަތަކަށް އޭނާގެ ކުށެއް ނެތްކަން ވިކްޔަން އަށް ސާބިތުކޮށް ނުދެވޭނެތީއެވެ. އެކަރުނަތަކުން އޭނާގެ ހަޔާތް އިތުރަށް ބަނަކުރިޔަ ދިނުމުގެ ފުރުޞަތު ނުދިނުމަށެވެ.

“ބުނަންތަ ރަނގަޅު ވާހަކައެއް؟ ކުރިން ކަލޭ ދެއްކި ތިފަދަ ވާހަކަތަކަކަށް އަހަރެން ހެއްލުނިން. އެކަމަކު މިފަހަރު ހަމަހިލާ އެހެންވެދާނޭ ހީނުކުރައްޗެ…. މަކަރުވެރިން ދޯކާ އިން ސަލާމަތްވުމަށްޓަކައި ދައްކާނެ ތިކަހަލަ ކިތަންމެ ރީތި ވާހަކައެއް ހުންނާނެ……. ދެން އެހެންވިއްޔާ ކޮބާތަ ދޮންބެގެ ދިރިއުޅުމަށް އައި ސަބަބަކީ؟ ދޮންބެދެކެ މާބޮޑަށް ލޯބި ވެވުނީތަ؟ ހެހެހެ… ވަޓް އަ ޖޯކް؟ ދޮންބެ ދެކެ ހަމަ އެހާ ލޯބިވާތީތަ ރޭގަނޑު ދަންވަރު ދޮންބެ ނިދުމުން ގޭޓު ކައިރިއަށް ނިކުމެ ހުންނަނީ. ކިތަންމެ ރެއަކު އަހަރެން ދެކުނިން ފުށްޖަހާލައިގެން ގޭޓުކައިރީގައި ހުރިތަން. ހިތުން ވަރަށް ސިއްރުން ދޯ އުޅެނީ”  ރަޔާހީނަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އެގެއަށް ފަންޑިތަ ހަދަން ފެށުމުން ބީހާލް އަށް އެގެއަށް ނުވެދެވޭތީ ރަޔާހީން ބީހާލް އާއި ބައްދަލުކުރަނީ ބޭރު މަގުމަތިންނެވެ. ވިކްޔަން އަށް އޭނާ ފެނިގެން އެއުޅެނީ އެކަހަލަ ރޭތަކެއްގައި ކަން ޔަޤީނެވެ. ރަޔާހީން ދެލޯމަރާލީ އޭނާ އާއި މެދު ވިކްޔަން ހީކޮށްފައިވާ ކުށްހީތައް ފިލުވަން އޭނަ އަށް ދެން އިތުރު މަސައްކަތްކެއް ކުރެވޭނޭ ހިތަށް އަރާފައެވެ. ރަޔާހީން ގޮތް ހުސްވެ ކުރުކަކޫ މައްޗަށް ތިރިވިއެވެ. އޭނާ ވަރުބަލި ވެއްޖެއެވެ. ވިކްޔަން އޭނާގެ ވާހަކަތަކަށް އިތުބާރު ކުރާނެ ނަމަ ކޮންފަދަ ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ބީހާލްގެ ވާހަކަ ވިކްޔަން އަށް ކިޔާދެވޭކަށް ނެތެވެ.

“ވިކްޔަން ތި ހީކުރާ ކަހަލަ ގޮތަކަށް ނޫން އެކަންތައް ވެސް ހިނގާފައި އޮތީ” ރަޔާހީން ވަރަށް ހިތްވަރުކޮށްފައި ރޮމުން ބުނެލިއެވެ. ނޭފަތުން ފެނާއި އެކުވެގެން ފައިބަމުން ދިޔަ ރޯގާތައް އެއް އަތުން ފޮހެލުމަށްފަހު ދެއަތް ވިއްދާލީ މުށިތަކުގެ މަތީގައެވެ.

“އަހަރެން ދެން ކިހިނެއް ހަދާނީ… އަހަރެން ކިހިނެއް ވިކީ އަށް ސާބިތުކޮށްދޭނީ އަހަރެން ކުށެއް ނުކުރާކަން. އަހަރެންނަށް އެންމެ ފަހަރަކު ވެެސް އިތުބާރުކޮށްބަލަ… ޕްލީޒް …..” ރަޔާހީން ރޮމުން ގިސްލަމުން ބުނަމުން ދިޔައެވެ.

“ވިކީ އެންމެފަހަރަކު ވެސް ތިރުޅިގަނޑު އެއްކައިރިކޮށްފަ ވިިސްނާލަބަލަ. އަހަރެން ބޭރުން ނުލާހިކު ރަނގަޅަށް ކިޔަވައިގެން އައިސް…. ބުނެބަލަ؟ ކީއްވެތަ އަހަރެން ޤައުމަށް ހިދުމަތްނުކޮށް އަހަރެންނަށް ވުރެ އުމުރުން ބޮޑު މީހަކާއި އިނދެގެން މިއުޅެނީ… އަޅެ ވިކީ ވިސްނަބަ…….” ރަޔާހީނަށް ރޮމުން އިސްޖެހުނެވެ. ވިކްޔަން ކުރިމަތީގައި ހަމަރަނގަޅަށް ވެސް އޭނާ ފެއިލް ވެއްޖެއެވެ. އެންމެ ސަބަބަކުން ނޫނެވެ.

“ތި ހީކުރަނީ މަށަކީ މޮޔައެއް ކަމަށްތަ؟ އެއް އިރެއްގައި ތި ލޯބީގާ ބެހި އަހަރެންގެ ހިތް ބެހިގެން ދިޔަ ވަގުތުކޮޅުގައި އަހަރެންނަކީ މޮޔައެކޭ ބުނެވިދާނެ. އެކަމަކު މިހާރު އަހަރެންނަކީ މޮޔައެއް ނޫން. ދަންވަރު އެކަހަލަ ކަމަކު ނޫން ތަކުރާރުކޮށް ނިކުންނާނީ އެހެން ކަމަކުއޭ އަހަރެންގެ ހިތެއް ނުބުނޭ. އެކަމަކު އަހަރެންގެ ދޮންބެގެ ދިރިއުޅުން ތިގޮތަށް ކަލޭ ވީރާނާ ކޮށްލިޔަ ނުދޭނަން. އަބަދުވެސް ކަރުނައަޅާ ރޯނީ ކުށްބޮޮޑު މީހާ. ކަލޭ އަހަރެންގެ ދޮންބޭބެގެ ދިރިއުޅުމަށްވަނީ ކޮންމެ ސަބަބަކާއި ވިޔަސް އަހަރެންނަށް ހެޔޮ. އެސަބަބު ކަލޭ އަތުގައި ބާއްވާ. އަހަރެން ބަލާކަށް ޝައުގެއް ނެތް” ވިކްޔަން ހިތަށް އައިހާ އެއްޗެއް ރަޔާހީނަށް ގޮވަމުން ދިޔައިރު އިސްޖަހާލައިގެން ރޮއިރޮއި އިން ރަޔާހީނަށް ބަލާވެސް ނުލައެވެ. އޭނާގެ ހިތެކޭ ހަރު ހިލައެކޭ އެއްގޮތެވެ. އޭނާ ރަޔާހީން ފަސްދީފައި ބަދިގެއިން ނިކުމެގެން ދިޔައީ ދެއަތް މުށްކަވައިގެން ހުރެއެވެ. ބަދިގެއިން ނިކުންނަމުން އެއްފަރާތެއްގައި ބަހައްޓާފައި ހުރި ފޮޅާ ފިނިގަނޑު އަތުންޖަހާ ހޫރާލީ ހިތަށް ކީކޭ އަރައިގެން ކަމެއް ނޭނގެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ތޭވީސްވަނަ ބައި)

Next

ޢެދެމޭ އުފާ….(7)

Next
September 6, 2017

ޢެދެމޭ އުފާ….(7)

Previews
September 6, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ތޭވީސްވަނަ ބައި)

17 Comments!

  1. Ushaali says:
    September 6, 2017 at 4:14 pm

    Assalam alikum and alhamdhulillah…. mi bai kudakoh lasv dhw…. sorry engey…. 🙂 mi bai ves huriha kudhinnah kamudhaane kamah heekuran.

    alhugandumen fadha muslimunnah aniyaaverin edhey aniya thakun salaami vumah huriha kudhin ves dhuaa kurey…. iraadhakureviyya muslimunnah fathaha libeyne… insha allaah 🙁 🙁 adhi e kuhjjakah vevunu minvarakun telethone thakuga baiverivahche.
    huriha kudhinnah ves varah baajjaveri reygandakah edhen 🙂 🙂

  2. rym says:
    September 6, 2017 at 7:18 pm

    yeeyyyy am the first…love this <3 waahaka up kohffa hunaane kamakah noon bely…ekam libuny surprise eh up kohffa huryma…heyli irussure esfiya hulhuwaigen mi hunnany iruirukolhaa check koh koh…will wait for the next part <3

  3. reen says:
    September 6, 2017 at 7:20 pm

    Waitingggggfor the next part its just amazing keep up the good work

  4. nux says:
    September 6, 2017 at 7:47 pm

    v inthizaaru kurifahun thi up kohladhiny ?????tnx??????wow obiness v reethi mi part hama rangalhahvess rohvaalaifi????can’t wait next part aley viky ah viss naadhyba plx heen ah ehn hadhaakahnuvaanu ?????next partah v inthixaaru eba kurevay avass kohla dhehchey plx plx

  5. Solo says:
    September 6, 2017 at 8:08 pm

    How many parts r there in the story n it’s very nice

  6. riny says:
    September 7, 2017 at 1:04 am

    riny v nice mi partvess

  7. mal-mal says:
    September 7, 2017 at 9:44 am

    MashaAllah mi part ves varah reethi!! ❤❤❤
    ekamaku mi part haadha kuruhen heevey??!! ??
    next part avahah up kohdhechcheyy!

  8. someone says:
    September 7, 2017 at 9:58 am

    thankolheh avahah up kohdhiibala..plx plx varah loabi

  9. Aish says:
    September 7, 2017 at 11:01 am

    Mi story up kurany kon dhuvasthakegga..??vvvvv reethi vaahakaeh..?

  10. Manna says:
    September 7, 2017 at 11:07 am

    Vrh salhi. Ven is next part. Thankolheh dhigu kohlaba pls

  11. Aikko says:
    September 7, 2017 at 12:19 pm

    Alhe plx mivaahaka konme dhuvahaku upload kohdheeba. can’t wait hama

  12. Sweetie says:
    September 7, 2017 at 12:27 pm

    Ushaali. Plz mivaahakaige 1-7 kiyeyne gotheh bunebala.

  13. lboo says:
    September 7, 2017 at 1:15 pm

    1-7 kiyeyne emme matheega kanaaifaraathuga evaa hatharu huras rongah click koffa dhen fenna lafuzu thakuge therein “biruveri” ah click koffa page thah beleema fennaane

  14. lboo says:
    September 7, 2017 at 1:20 pm

    hatharu ronvu kolheh noon ingey. thin huras rongu. biruveri ah click koffa page 3 ah fhiyaeema fennaane part 1 ib feshigen

  15. Sam says:
    September 8, 2017 at 9:50 am

    Mivaahakaage furatha part 1 ,7 va part kobaa.

  16. Ria says:
    September 8, 2017 at 11:51 am

    Ushaa kon iraku next part up kuranee? Waiting…… ?

  17. Fathun says:
    September 8, 2017 at 5:30 pm

    Alhey hadha lahey next part ???????????waiting

Comments are closed.

Next Episode02:30 އެކާވީސްވަނަ ބައި←


All Right Reserved!