Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 9

seym Level 310 Stories100 Login100 Comments
September 5, 2017 4 Mins Read
9 Comments

ގޭގެ ދޮރު ހުޅުވުނު އަޑާއެކު ސޯފާގައި ޓީވީ ބަލަން އިން ލޫނާ ދޮރާ ދިމާއަށް ބަލާލިއެވެ. އޭރު ލާމިހް އެތެރެއަށް ވަންނަނީއެވެ. ލޫނާ ކައިރިން ލައިފައި ހިނގައިގަތް ލާމިހް އަށް އެތާ އިތުރު މީހެއް އިންހެންވެސް ހީނުވާކަހަލައެވެ. ކޮޓަރީ ތަޅުގައި ހިފާލުމާއެކު ލޫނާ ގޮވާލި އަޑު އިވުނެވެ. ލާމިހް ފަހަތަށް ބަލާލިނަމަވެސް އެ މޫނުމަތިން އެއްވެސް އަސަރެއްނުފެނެވެ. “މަންމަ ބުނި ލާމީ ބޭރަށޭ ދިޔައީ..ބޭރުން ކައިގެން ދޯތިޔައީ..” ލޫނާ އަހާލިއެވެ. ލާމިހް ބަނޑުހައިވެފައި ހުއްޓަސް ކާހިތެއް ނުވިއެވެ. ފުން ވިސްނުމެއްގައި ހުރި މީހެއް ފަދައިން ލާމިހް ބޯ ޖަހާލަމުން ކޮޓަރިތެރެއަށް ވަދެ ދޮރުލެއްޕިއެވެ. ލާމިހްގެ ބަސްމަދުކަމާއި އެ މޫނުމަތިން ފެނުނު ކުލަވަރުން ލޫނާއަށް އޭނާގެ ކޮއްކޮއަށް އައިސް ހުރި ބަދަލު ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެތެރެއަށް ވެދެވުމާއެކު ލާމީ ގޮސް ވެއްޓިގަތީ އެނދުމައްޗަށެވެ. ހީވީ ބުރަމަސައްކަތެއް ކޮށް ނިންމާފައި ގެއަށް އައި ހެންނެވެ. ހަނާ އީރަމްގެ ވާހަކަތަށް ކިޔައިދެމުން ދިޔައިރު ލާމިހްގެ ހިތަށް ދިލަ ތަދެއް އިހްސާސްވެގެންދިޔައެވެ. އީރަމްއާއި ބެހޭގޮތުން އެނގިގެންދިޔައީ ހިތަށްވެސް ނުގެނެވޭ ވަރުގެ ވާހަކަތަކެކެވެ. ލާމިހްގެ ހިތުގައި ނުފިލާ ރިހުމެއް ވާކަހަލައެވެ. މޭގައި އަތްޖައްސާލަމުން ދެތިން ފަހަރު އޮބާލީ މީހާ ހަމައަކަށްއެޅެންވެގެންނެވެ. އީރަމް އާއި އަދި ވާހަކަވެސް ދެކެވިފައި ނުވާ އިރު މިގޮތަށް ލާމިހްއަށް އީރަމްގެ ހިތާމަ އިހްސާސްވަނީ ކީއްވެތޯ ސުވާލުއުފެދުނެވެ. ފުރަތަމަ ނަޒަރުން ލޯބި ވެވިދާނެކަމަށް މީހުން ދައްކާ ވާހަކަ ލާމިހް ގަބޫލެއް ނުކުރެއެވެ. މީހެއްގެ ބޭރުފުށުން ހިތް އެދޭ ކަހަލަ ސިފައެއް ހުރެދާނެއެވެ. އީރަމް ފެނި ލާމިހް އަށް ވީ އެހެންނެވެ. އީރަމްއާއި ވާހަކަދެކެވި އީރަމްގެ ދިރިއުޅުމާބެހޭ ކަންތައް އިނގެންފަށާ ހިސާބުން ލޯބިވެވިއްޖެނަމަ ދެން ހަދާނީ ކިހިނެއްހެއްޔެވެ. ނާއިލްގެ ފަރާތުން ނުލިބުނު ލޯތްބާއި އަޅާލުން ލާމިހްގެ ފަރާތުން އީރަމް ބޭނުންވެދާނެހެއްޔެވެ. ހަނާ އެދުނީ ލާމިހް އީރަމްއާއި ވާހަކަދައްކާ އެ ދެމެދުގައި އެކުވެރިކަން ބޭއްވުމަށެވެ. އެކަމުގައި ގޯހެއް އޮވެދާނެކަމަށް ނުވަތަ ނާއިލް އާއި އީރަމް ދޭތެރޭ އިތުރު މައްސަލަތަކެއް ޖެހިދާނެ ކަމަކަށް ހަނާ ގަބޫލެއްނުކުރެއެވެ. ލާމިހްއަށް ވިސްނައިދިނީ ވެސް އެގޮތަށެވެ. އީރަމް ލާމިހްއާއި ވާހަކަދައްކައިން ހިތަށް ހަމަޖެހުމެއް ލިބެން އޮތް ނަމަ ލާމިހް އެކަން ކުރަން ތައްޔާރެވެ. އީރަމްއާއި ވަރަށް އަވަހަށް ވާހަކަދެއްކޭނެ ފުރުސަތެއް ހޯދައިދޭނެ ކަމަށް ހަނާ ވައުދުވިއެވެ.

 

ފަތިސް ނަމާދުވަގުތަށް ފޯނު އެލާމްވާން ފެށުމާއެކު ނިދާފައި އޮތް އީރަމް ތެދުވެއްޖެއެވެ. ފާހަނާއައް ވަދެ ފެންވަރާލައިން ނުކުމެ ފަތިސް ނަމާދުކޮއްލިއެވެ. ނަމާދަށް ފަހު ހެއްދެވި ފަރާތަށް ދުއާ ދެންނެވީ ނާއިލްގެ އުޅުން ބަދަލުކުރައްވާތޯއެވެ. އޭނާގެ ހަޔާތަށް އައިސްފައިވާ ހިތާމަތަކާއި އުދަގޫތަށް ފިއްލަވާ އެ ހިތުގައި ވި ރިހުން ފުއްސަވާތޯއެވެ. ކާގެއަށް ވަންނަން ދާން ނުކުތް އީރަމް ހުއްޓުނީ ސޯފާގައި ނިދާފައި އޮތް ނާއިލް ފެނިފައެވެ. ބޭރުން އައިގޮތަށް އެއްޗެހިވެސް ބަދަލުުނުކޮއް އޮތްއިރު އަތުތެރޭ އަދިވެސް ފޯނު އޮތެވެ. ފޯނާއި ކުޅެން އޮތްވާ ނިދުނީކަންނޭނގެއެވެ. އެއްޗެއް ހަނދާންވުމުން މަޑުހިނގުމެއްގައި ގޮސް ނާއިލްގެ އަތުން ފޯނުނެގިއެވެ. ފޯނުގައި ވާ ފިތެއްގައި ބޮޑުވައި އިނގިލި ޖައްސާލީ އީރަމް ގެ އިނގިލީގެ ނިޝާން އިން ކުރިއެކޭ އެއްފަދައިން ފޯނުގެ ލޮކް ހުޅުވޭތޯއެވެ. ފޯނު ނުހުޅުވުމުން ކުރިމަތީ ހުރި ކުޑަ މޭޒުމަތީ ފޯނު ބާއްވާލިއެވެ. ދެ މީހުން ދުރުވެފައިވާވަރު އެކަމުންވެސް އީރަމްއަށް އިހްސާސްވިއެވެ. ނާއިލްއަށް ސޭންޑްވިޗެއް ތައްޔާރުކޮއްލީ ހޭލައިން އެއްޗެއް ކާން ބޭނުންވެދާނެތީއެވެ. އީރަމް ކޮފީއެއް ތައްޔާރުކޮއްލަމުން ކާމޭޒު ކައިރީ އިށީނެވެ. ކޮފީ ބޯންއިންއިރުވެސް އީރަމްއަށް ބެލެނީ ނާއިލްއާ ދިމާއަށެވެ. ކިތަންމެ ފަހަރަކު ގޮވާ ހޭލައްވަންވެސް ހިތަށް އެރިއެވެ. ނިދާފައި އޮންނައިރު އެ މޫނުމަތިން ރުޅިވެރިކަމެއް ނުވަތަ ފޫހިކަމެއްވެސް ނުފެނެއެވެ. އެ ދެއަތުގެ ހިމާޔަތް އީރަމްއަށް ދެން ލިބޭނެބާއެވެ. ލޮލަށް ކަރުނަތަށް ޖަމާވުމާއެކު އީރަމް ކޮފީތަށި ސިންކަށް އަޅާލަމުން ހިނގައިގަތީ ނާއިލްއާއި ދިމާލަށެވެ. ނާއިލް ކައިރީ ސޯފާގައި އިށީންނަމުން ނާއިލްގެ އަތްމަތީ އީރަމްގެ އަތް ބާއްވާލިއެވެ. ނާއިލްގެ ނޭވާ އިހްސާސްވާހާ ކައިރިއަށް އީރަމްގެ މޫނު ކައިރިކޮއްލިއިރު އެ ކޯތާފަތް މައްޗަށް ކަރުނަތައް ފައިބައިފިއެވެ. ގަދަ ނިދީގައި އޮތް ނާއިލް ފުރޮޅިލުމާއެކު އީރަމް އަވަހަށް ތެދުވެއްޖެއެވެ. ހީވީ ކޮއްގެން ނުވާނެވަރުގެ ކަމެއް ކުރަނިކޮށް މީހަކައް ފެނިދާނެތީ ބިރުން އުޅުނުހެންނެވެ. ނާއިލް ހޭލާ ހުންނައިރު އޭނާގެ ގައިގައި އިނގިލި ކުރި ވެސް ޖައްސާލަން ނުރުހޭނެކަން އީރަމްއަށް އިނގެއެވެ. ކަރުނަތަށް ފުހެލަމުން އީރަމް އަވަސްވެގަތީ އޮފީހަށް ދާން ތައްޔާރުވާށެވެ.

އޮފީސްގަޑި ނިމުމާއެކު ކުރަން އިން މަސައްކަތް ހުއްޓާލުމައްފަހު އީރަމް ތެދުވެއްޖެއެވެ. ނާއިލް ގޭގައި އުޅުފާނެކަމަށް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ގޮނޑީގެ ފަހަތަށް ވާ ގޮތައް އަޅުވާލާފައި އިން ދަބަސް ނަގަމުން މޭޒުމަތި ތަރުތީބުކޮއްލިއެވެ. ހަނާގެ ކެބިން ކުރިމަތީ ހުއްޓުނު އިރު ހަނާ އިނީ އެއްޗެއް ލިޔާށެވެ. އޭރު އޮފީހުގައި ތިބި އެހެން މީހުންތައްވެސް ގެއައް ދާން ނުކުންނަނީއެވެ. އީރަމް އަށް ބަލާލުމާއެކު އަޅުވައިގެން ހުރި ދަބަސް ހަނާގެ ލޮލުގައި އަޅައިގަތެވެ. “މިއަދު ހާދަ އަވަހަކަށް ގެއަށް ދާން ތިއުޅެނީ..” ހަނާގެ މޫޑް ވަގުތުން އޮފްވިހެން ހީވިއެވެ. އީރަމް ނާއިލް ގޭގައި އުޅެދާނެ ވާހަކަ ބުނަންބޭނުންވި ނަމަވެސް ހަނާ ނުުރުހޭނެކަން އެނގުމުން އެވާހަކަ ބުނާނެހާ ހިތްވަރެއް ނުލިބުނެވެ. އީރަމް އެއްޗެކޭ ނުބުނުމުން ހަނާ ތެދުވެ ދަބަސް ނެގީ އީރަމްއާއެކީ ނުކުންނާށެވެ. “މިއަދު އެހާ އަަވަހަކަށް އީމް އަކަށް ގެއަކަށް ނުދެވޭނެ އިނގޭ..” ހަނާ އެހެން ބުނުމާއެކު އީރަމް ހަނާ އާއި ދިމާއަށް ބަލާލިއެވެ. “އެ ކީއްވެ..” މިފަހަރު އީރަމް ކުރި ސުވާލަށް ވަކި ޖަވާބެއް ހަނާ ނުދިނެވެ. ހަނާ އީރަމް ގޮވައިން އައިސް ވަނީ އެމީހުން އާދަވެގެން އައިސް އުޅޭ ރެސްޓޯރަންޓްއަށެވެ.  ހަނާ ގޮސް މޭޒެއް ކައިރީ އިށީނުމާއެކު އީރަމް ހަނާ އަށް ބަލާލިއެވެ. “ކީއްކުރަން ބޮޑު މޭޒެއް ކައިރީ ތިއިށީނީ..” ދުރުގައި ހުރި އެމީހުން އެންމެ ގިނައިން ތިބޭ މޭޒަށް ބަލާލަމުން އީރަމް އަހާލިއެވެ. އީރަމް ބުނީ އެއްޗަކަށް ސަމާލުކަމެއް ހަނާ ނުދިނެވެ. އީރަމް އަތުގައި ހިފާ ދަމާލަމުން ކައިރީ ހުރި ގޮނޑީގައި ބޭންދިއެވެ. އަތުގައި އޮތް ގަޑިއަށް ބަލާލަމުން ދަބަހުން ފޯނުނެގިއެވެ. ހަނާ އުޅެން ފެށި ގޮތަކުން އީރަމްގެ ބޮލުގައި ރިއްސާލިއެވެ. ކެތްތެރިކަން ކުޑަވެފައިވާ މީހެއް ފަދައިން ފައި ތަޅުވަންފަށަމުން ދޮރާ ދިމާއަށް ހަނާ ބަލާލިއެވެ. އޭރު ވަދެގެން އަންނަ ހުސެން އާއި ލާމިހް ފެނި ހަނާގެ މޫނު އުޖާލާވެގެންދިޔައެވެ. އޮފީސް ހެދުމުގައި ދެ ޒުވާނުން ފެންނައިރު ވަރަށް ހިތްގައިމެވެ. ތަފާތަކީ ހުސެން އަށް ވުރެ ލާމިހް ދިގުކަމެވެ. ހަނާގެ މޫނުމައްޗަށް އައި ބަދަލުފެނި އީރަމްއަށް ވެސް އެދިމާއަށް ބަލާލެވިއްޖެއެވެ. “ހަނާ..އެމީހުން ކީއްކުރަން މިތަނަށް އެ އަންނަނީ..” ހާސްކަމާއެކު އީރާމް ހަނާ ކައިރީ އެހެން އަހާލިއެވެ. ހަނާގެ ފަރާތުން ޖަވާބެއް ނުލިބެނީސް އެ ދެޒުވާނުން އައިސް ކުރިމަތީ ހުރި ހުސް ގޮނޑިތަކުގައި އިށީނދެއްޖެއެވެ. ވެއިޓަރަކު އައިސް އޯޑާރ ނަގައިން ދިޔުމާއެކު ފުރަަތަމަ ވާހަކަ ދެއްކީ ހަނާ އެވެ. “އީމް އަށް އިނގޭ ދޯ މީ ކޮންބައެއްކަން..” ހަނާ އެހެން އެހުމާއެކު ހިނިތުންވެލަމުން އީރަމް ބޯޖަހާލިއެވެ. ލާމިހް ގެ ނަޒަރު ހުއްޓިފައިހުރީ އީރަމްއަށެވެ. ލައިގެން އިން ރަތް ކުލައިގެ އަތްދިގު ގަމީސް އީރަމްއާއި ވަރަށް ގުޅެއެވެ. ލާމިހް ގެ ލޮލުގައި އީރަމްގެ ވައަތު އިނގިލީގައި އަޅާފައި އޮތް ހުދު ކުލައިގެކުދި އެސް ތަކެއް ޖަހާފައިވާ ރަން އަނގޮއްޓި ލޮލުގައި އަޅައިގަތެވެ. ލާމިހް އީރަމްއާއި ދިމާއަށް ބަލާވަރު ކައިރީގައި އިން ހުސެން އަށް ފާހަގަވުމާއެކު މޭޒުދަށުން ލާމިހްގެ ފައިގައި މަޑުމަޑުން ޖަހާލިއެވެ. ލާމިހް ކަރުކެހިލަމުން ހަނާ އަށް ބަލާލަމުން ހިނިތުންވެލިއެވެ. އެމީހުން މެދުގައި އެކި އެކި ވާހަކަ ދެކެވެމުން ދިޔައިރުވެސް އީރަމް އިނީ އެތަނުން ދާންބޭނުންވެފައެވެ. ކުރިމަތީގައި އިން ލާމިހް ބަލާވަރުންވެސް އީރަމް އިނީ ލަދުގަނެފައެވެ. އޮފީސް ވާހަކަތަކުން ފެށިގެންގޮސް ހައިފާގެ ވާހާކަވެސް ދެކެވުނެވެ. ހުސެންއަށް ފޯނެއް އައުމާއެކު ގެއަށް ދާންޖެހިއްޖެ ކަމުގައި ބުނެލިއެވެ. އަދި ހަނާގެ އެދުމުގެ މަތިން ލާމިހް އޭނާގެ ނަމްބަރު ހަނާއަށް ދެމުން ހަނާގެ ގެ ނަމްބަރު ފޯނުގައި ސޭވް ކޮއްލިއެވެ. އެއަށް ފަހު އީރަމްގެ ނަމްބަރު ވެސް ދޭންވާނެ ކަމުގައި ލާމިހް ބުނެލިއެވެ. އީރަމް އަށް ހަދާނެ ވަކި ގޮތެއް ނޭނގިފައި އިންދާ ހަނާ އީރަމްގެ ފޯނު ނަގަމުން ލާމިހްގެ ނަމްބަރު އީރަމްގެ ފޯނުގައި ސޭވްކޮއްލަމުން ލާމިހް އަށް އީރަމްގެ ނަމްބަރު ކިޔައިދިނެވެ. ލާމިހް ތެދުވެހިނގައިގަތް އިރު އެ މޫނުމަތީގައި ވި އުފާވެރިކަން އީރަމްއަަށް ނުފެނުނު ކަމުގައި ވިޔަސް ހަނާއަށް ފެނުނެވެ. އެމީހުން ނުކުތުމާއެކު އީރަމް ހަނާ އާ ދިމާއަށް ލޯ އަޅާލަމުން އޭނާގެ ފޯނު ހަނާގެ އަތުން ނެގިއެވެ.

 

 

 

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

އަގެއްނެތްލޯބި 9 ވަނަ ބައި

Next

ވިންދު ލޯބިން ޖެހި ހިތެއްގައި (7)

Next
September 5, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (7)

Previews
September 5, 2017

އަގެއްނެތްލޯބި 9 ވަނަ ބައި

9 Comments!

  1. seym says:
    September 5, 2017 at 8:55 pm

    M so soo sorry parts thah kurukoh genesdheveythy. like i said its v difficult for me to type dhivehi but m getting used to it. Insha Allah will try kuriah huri baithah dhigu koh genesdheveytho.. Enjoy reading this part and pls do leave a comment ?❤️

  2. Sama dhonthi says:
    September 5, 2017 at 8:59 pm

    Reethi

    1. seym says:
      September 5, 2017 at 10:18 pm

      Thankyou ?♥️

  3. Petite says:
    September 5, 2017 at 9:02 pm

    Woww!! Superb ❤❤❤??

    1. seym says:
      September 5, 2017 at 10:19 pm

      Thanks petite ♥️?

  4. ??? says:
    September 5, 2017 at 9:05 pm

    Vvvv rythi ???

  5. Hus says:
    September 5, 2017 at 9:23 pm

    Haadha kurukohnney thi upload kurany dhigu kohlaba

  6. Shaii ? says:
    September 5, 2017 at 11:06 pm

    Wow.. next part avas kohdhyba plx

  7. Navya says:
    September 5, 2017 at 11:18 pm

    Haadha kurey….. v kiyaahithun indha a nimuny. .

Comments are closed.


All Right Reserved!