Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުޅަނދުންވަންތަކަން(2)

dhonthi Level 210 Stories
September 5, 2017 2 Mins Read
12 Comments

އަހަރެން ބޭނުންވީ ރޯލާށެވެ. އަހަރެންގެ ހިތަށް ތަސައްލީއެއް ލިބޭނީ އޭރުންނެވެ. އަހަރެން ބާރަށް ދުވެފަ ގޮސް ހުއްޓުނީ އަތިރިމަތީގަ އޮތް ރުއް ބުޑެއްގެ މަތީގައެވެ. ކަންދިމާ ކުރިގޮތުން އެވަގުތު އަތިރި މަތީގައި އެއްވެސް މީހަކު ނެތެވެ. މަގު ހެދިފަހުން ހަވީރު އެންމެންވެސް ބަލާނީ އެމަގުގައި އާއިލާ އާއިއެކު ވަގުތު ކޮޅެއް ހޭދަކޮށްލެވޭތޯ އެވެ. އެއްބަޔަކު ކާރުގައި އާއިލާ ގޮވައިގެން އުޅޭއިރު އަނެއްބަޔަކު އުޅޭނީ ސައިކަލުގައެވެ. އާއިލާއާއި އެކު ލިންކުރޯޑުގައި ހިނގާލައި ފޮޓޯ ނަގާ މީހުންވެސް މަދެއް ނޫނެވެ. އަދި ބައެއް ޒުވާން ފިރިހެން ކުދިން އުޅޭނީ “ސްޓަންޓް” އެމީހުންގެ އެކުވެރިން ނުވަތަ ރައްޓެހިވެގެން އުޅޭ ކުއްޖާއާ އެކު ގައެވެ. އަހަރެން އެތާނގައި އިންދާ ޚިޔާލަށް އަންނަށް ފެށީ އަހަރެންގެ މާޒީ އެވެ. އަހަރެންގެ އާއިލާ އަކީ ފުދިގެން އުޅޭ ކުޑަ ކުޑަ އާއިލާ އެކެވެ. އަހަރެންގެ އާއިލާގައި މަންމަ އާއި ބައްޕަގެ އިތުރުން އަހަންނެވެ.  މަންމަ އަކީ ދ. މީީީީީދޫ ރޯޝަނީއާގޭ އައިމިނަތު ޝައިފާ އެވެ. ބައްޕަ އަކީ ލ.ފޮނަދޫ ގުލްޝަންވިލާ ހުސެއިން ފިޒާން އެވެ. މަޝްހޫރު ނަމުންނަމަ ޑޮކްޓަރ ފިޒާން އެވެ. މަންމަ ބުނި ގޮތުގައި މަންމަ އާއި ބައްޕަ ދިމާވީ ބައްޕަ މާލޭގައި ކިޔަވަން އުޅެނިކޮށެވެ. އޭރު މަންމަ އުޅުނީ މީހުނަށް ނޯކިރީ ކޮށްދޭށެވެ. މަންމަގެ އާއިލާގެ އެއްވެސް މީހެއް ނެތެވެ.މަންމަ ވަރަށް ކުޑައިރު މަންމަ އާއި ބައްޕަ ވަނީ މަންމަ ބަލާބޮޑު ކުރީ މަންމަގެ ބޮޑުދައްތަ އެވެ.މަންމަގެ އުމުރުން 14 އަހަރުގައި ދައްތަ މަރުވީ ހާޓްއެޓޭކް އެއް ޖެހިގެންނެވެ. އޭގެފަހުން މަންމަ އުޅުނީ ގޭގޭގެ ނޯކިރީ ކޮށްދީގެންނެވެ.ބަައްޕަ މަންމަ އާއި ކައިވެނި ކުރަން ބައްޕަގެ އާއިލާ މީހުން ނުރުހުނީ އެހެންވެއެވެ. މަންމަ ފަގީރު ވީމައެވެ. ނަމަވެސް ބައްޕަ މަންމަ އާއި ކައިވެނި ކުރިއެވެ. އަދި ކިޔަވައިގެން ރަށަށް އައިސް ގޯއްޗެއް ނަގައިގެން އުޅެންފެށީ އެގޭގައެވެ. ބައްޕަ އަކީ ވަރަށް މޮޅު ހިތުގެ ޑޮކްޓަރެކެވެ.ބައްޕަ މާލެއިން އޭލެވެލް ނިންމުމަށްފަހު ޖަރުމަނުން ޑޮކްޓަރުކަން ކިޔެވުމަށްފަހު ބޭނުންވީ ރަށަށް ޚިދުމަތް ކުރާށެވެ.ބައްޕަ މަސައްކަތް ކުރަމުން ގެންދިޔައީ ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ.އަހަރެން ބޮޑުވަމުން އައީ މައިންބަފައިންގެ ފުރިހަމަ ލޯތްބާއި އެކުގައެވެ.މާމަ މެން އަހަރެންމީ ދަންނަމީހެއް ކަމަށްވެސް ނަހަދައެވެ. ކަރުނައަކީ އަހަންނާ ބީރަށްޓެހި އެއްޗެކެވެ.މ މިހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.

އެއްދުވަހެއްގެ ހަވީރު އަހަރެން ދިޔައީ ރައްޓެހި ކުއްޖަކާއިއެކު ގްރޫޕް ސްޓަޑީ ހަދާށެވެ. އޭރު އަހަރެން އުޅުނީ ގްރޭޑް8 ގައެވެ. ބައްޕަވީ ޑިއުޓީއަށް ގޮހެވެ. އަހަރެން ދިޔަތާ ގަޑި އެއްހާއިރު ފަހުން އެގޭ ދައްތަ ގޮވާލާފަ ބުނީ މަންމަ އަހަރެން އައިސްބަލާށޭ ބުނިކަމުގައެވެ. އަހަރެން ކީއްވީތޯ އެހުމުން ދައްތަ ބުނީ ނޭނގެކަމުގައެވެ. އެދުވަހު އަހަރެން ގެއަށް ދިޔައީ އެދައްތައާ އެއްކޮށެވެ. އަހަންނަށް ފެނުނީ ގޭދޮށަށް މީހުން އެއްވެފަ ވަނިކޮށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

dhonthi

Level 210 Stories

Story lover★★ loves to read and write stories in her free time~ girl★~ Facebook.. "Dhonthi Dhonthi"

Other Articles

Previous

ލޯބި މަވީ ބޭކާރޭވީ (1)

Next

ލޯބިން އަންނާށޭ ކަލާ (ނަވާރަ ވަނަ ބައި)

Next
September 5, 2017

ލޯބިން އަންނާށޭ ކަލާ (ނަވާރަ ވަނަ ބައި)

Previews
September 5, 2017

ލޯބި މަވީ ބޭކާރޭވީ (1)

12 Comments!

  1. Sama dhonthi says:
    September 6, 2017 at 12:17 am

    V kuru dho aslu save kuran ulhenikoh up vy.. so sorry but hope u guys will like it

  2. Anonymous says:
    September 6, 2017 at 12:59 am

    ?

    1. Sama dhonthi says:
      September 6, 2017 at 2:25 am

      Anonymous kihineh vy??

  3. ihoo says:
    September 6, 2017 at 1:42 am

    v reeti kan igey kurukoh up viyakas thihinves vaane baehfaharu ok vaane dear ????

    1. Sama dhonthi says:
      September 6, 2017 at 2:26 am

      Thank you ihoo??

  4. Alvy says:
    September 6, 2017 at 7:08 am

    Story ehaa reecheh nun, and hyvanyy avahah nimmslan ulheyhen?

    1. Sama dhonthi says:
      September 6, 2017 at 9:27 am

      Ehentha ekam story nimen adhi gaatheh nuvey

  5. mal-mal says:
    September 6, 2017 at 11:30 am

    this story is interesting!! and it’s nice although it’s short!! that’s okay, dear!! 🙂 🙂
    keep up the good work!

    1. Sama dhonthi says:
      September 6, 2017 at 2:15 pm

      Oh thanks alot mal-mal❤

  6. Shiyaa Siyaa says:
    September 8, 2017 at 12:49 am

    Varah reethi vahaka

    1. Sama dhonthi says:
      September 9, 2017 at 12:05 am

      Thank I shiyaa

  7. Sama dhonthi says:
    September 9, 2017 at 12:07 am

    Mivaa hakaige injury baeh week ehthereyga genesdheyna in shaa ALLAH.. midhuvaskolhu v busy ehnve lasvanee hope you all can understand

Comments are closed.

Next Episodeކުޅަނދުންވަންތަކަން(3 ވަނަބައި)←


All Right Reserved!