އަހަރެންނަކީ ފިލްމަކުން ވެސް ޖިންނިއެއް ފެނިއްޖިއްޔާ އެރެއަކު ބިރުން ނުނިދާ އުޅޭ މީހެކެވެ. އެކަނި ފާޚާނާ އަށް ވަންނަން ވެސް ހުންނަނީ ނުކެރިފައެވެ. ނަމަވެސް މިއަދު ހަޤީޤީ ޖިންނިއެއް އަހަރެންގެ ކައިރީގައި ލޯތްބަށް އެދިގެން ކައިރީގައި އިން އިރު ހިނދުކޮޅަކަށް ބިރުގަތް ނަމަވެސް ބީހާލްގެ އެންމެ ބީހިލުމަކުން ހުރިހާ ބިރެއް ނެތިގެން ހިނގައްޖެއެވެ. ބީހާލް ބުނި ފަދައިން އޭގެ ފަހުން އަހަރެންނާއި އެކީގައި ހުރިހާ ވަގުތުތަކުގައި ބީހާލް އެގޭ ތެރޭގައި އުޅޭއެވެ. އަހަރެން ނިދަން […]
ތިންވަނަބައި އަހަންނަށް ފެނުނީ ގޭދޮށަށް މީހުން އެއްވެފަ ވަނިކޮށެވެ. އަހަރެންގެ ހިތުގައި ނޭނގޭ ބިރުވެރި ކަމެއް އުފެދުނެވެ. ހިތް ބުނަމުން ދިޔައީ ކޮންމެވެސް ކަމެއްވެއްޖެ ކަމުގައެވެ. އަހަރެން އެދައްތަ އާއިއެކު މީހުން ދުރު ކުރަމުން ގޭތެރެއަށް ވަނީމެވެ. އެހިނދު ހިތް ހުއްޓުނު ކަހަލަ އެވެ. ސިޓިންގް ރޫމްގައި އެއްވެސް ހަރަކާތެއް ނެތި އެއޮތީ އަހަރެންގެ ލޮބުވެތި ބައްޕަ އެވެ. އަހަންނަށް ހަޅޭއްލަވާ ގަތުމަށްފަހު ބައްޕަ ގާތަށް ދުވެފަ ދެވުނެވެ. އޭރު މަންމަ ފާރުގައި ލެނގިލައިގެން ރޯން އިނެވެ. […]
ފަތިސް ނަމާދުކޮށްލައިގެން ޝައިމް ހޮސްޕިޓަލަށް ދާން ތައްޔާރުވިއެވެ. އީޝް އަދި އެއްދުވަހަށް އެޑްމިޓް ކުރަން ނިއްމުމުން ހޮސްޕިޓަލުގައި މަޑުކުރުމަށެވެ. އަޝްވާ ޝައިމްއާއި އެއްކޮށް ދާން އުޅުނު ނަމަވެސް ގޭގައި މަޑުކޮށްލީ ބައްޕަ ވިޔަފާރި ދަތުރު ނިއްމާލުމަށްފަހު ހެނދުނު އަންނާނެ ވާހަކަ ބުނުމުންނެވެ. ޝައިމް ހޮސްޕިޓަލަށް ދިޔުމުން އަޝްވިން އާއި ލިއުޝާ ގެޔަށް ދިޔައީ ތާޒާވެލުމަށެވެ. އީޝް ޝައިމްއާއި ހަވާލުކުރަމުންނެވެ. ” ދޮންބެގެ ދޫންޏާ ކިހިނެތް މިހާރު” އެއް އަހަރަށްދާ އީޝް އޮތީ އައިވީ ގުޅާފައެވެ. ޝައިމް އީޝް […]
“ބުނަން ފަރުހީން. އަހަރެންނާއި އަހަރެންގެ ލޯތްބާއި ދެމެދަށް ވަންނަން ނޫޅޭ. އަހަރެންގެ ލޯބި އަހަރެންނަށް މާމުހިއްމު. އަހަރެން ފަރުހީން ވެސް އަދި ކުދިންނެއް ވެސް ބޭނުމެއް ނޫން. އަޑުއިވިއްޖެތަ؟ ފަރުހީން އަހަރެންގެ އަންބެއްގެ ގޮތުގައި އިންނަން ބޭނުންވަންޏާ އަހަރެންގެ ދިރިއުޅުމަށް ފާޑުނުކިޔާ މައިތިރިވެގެން އިނދޭ” އަހަރެން ދުރަށް ކޮށްޕާލުމަށްފަހު ހުސެން ދިޔައީ އަހަރެންގެ ޒަޚަމްވެފައިވާ ހިތް މައްޗަށް ފައިން އަރަމުންނެވެ. ހުސެން އެދިޔައީ އެންމެފަހުނގެ ނިންމުން ނިންމާފައެވެ. ކޮންމެފަދަ ހާލެއްގައި ވެސް އަހަރެން ހުސެންގެ އަންބެއްގެ މަޤާމުގައި […]
ކާރު ގޮސް ގޭ ކުރިމައްޗައް މަޑުކުރުމުން ދެލޯ ފޮހެލާފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ގޯތިގެދޮރަށް ދަތިވެފައިވާ އެމާލޭގެ ބޮޑު ގޯތިންކުރެ ގޯއްޗެކެވެ. ނާސިރުގެ ބައްޕައަށް ލިބިފައިވާ އެ ބިންވަނީ އެކަށް ނާސިރުއަށް ހިބަކޮށްފައެވެ. ގޭގެ އެއްފަރާތުން ހަތް ބުރިއަށް ނަގާފައިވާ އިމާރާތުގެ ހުރިހާ ބުރިތަކެއް ކުއްޔައް ދީފައިވެސް ދެން އޮތްތަން ވަކި ކުޑަ އެއް ނޫނެވެ. ދެން އޮތް ތަންކޮޅުގައި ހިތްގައިމު ގޮތަކަށް ތިންބުރިއަށް ނަގާފައިވާ އެގޭގެ އެއް ބުރި ހިބާއަށް ދީފައިވާއިރު އަނެއް ބުރިވަނީ އޭނާގެ […]
“މަހުދީ ތި ކޮންކަމެއް” އެވަގުތު ކައިގެން ނިކުތް ސަބީނާއަށް މަހުދީ ފެނުމުން އަހާލިއެވެ. “މިއުޅެނީ ކޮޓަރީގަ އިން ބިއްލޫރި އެއްޗެއް ވެއްޓި ތެޅިގެން. އެތަން ސާފުކޮށްލަން ބުނަންވެގެން އަވީއަށް މި ގޮވަނީ… އަވީ ގޭގަ ނޫޅެނީތަ މަންމާ.؟” މަހުދީ ވަގުތުން ވާހަކައެއް ހަދާލިއެވެ. “އަވްލީން ތި އެއްޗެހި ބަހައްޓާފަ އެހަށް ދޭބަލަ އެ ބިއްލޫރިތައް ނަގަން..” ސަބީނާ އެނބުރި ކާގެއަށް ބޯދިއްކޮށްލާފަ އެތާނގަ ތަށިތައް ދޮންނަން ހުރި އަވްލީން ކައިރީގަ ބުންޏެވެ. މަހުދީ ކޮޓަރިއަށް ގޮސް ބެލީ […]
“ނުބައިވީމަތާ އަމިއްލަ ދަރި ފައިސާއަށްޓަކާ ވިއްކާލާނީ.. އަހަރެން ހުރިން ޔުމްނާ ފުރިއިރު ބަނދަރު ފެންނަ ހިސާބުގަ.. މާފަށް އެދޭނެ ފުރުސަތެއް ނުލިބުނީމަ ވަރަށް ދެރަވި.. ހިތަށްއަރާ މިހާރު ޔުމްނާ އުޅޭނީ ކޮން ހާލެއްގަބާއޭ..” އާސިމް މަޑުމައިތިރި ކަމާއެކު ވާހަކަދެއްކިއެވެ. އާސިމްއަށް ވިސްނުނީތީ އަޝްފާން އުފާކުރިއެވެ. ނަމަވެސް ޔުމްނާއަށްޓަކާ އެހިތް ރޮނީއެވެ. އެ ކުއްޖާއަށް މި ދުނިޔެމަތީގައި ކިހާ ވޭނަކާއި ހިތްދަތިކަމެއް ލިބިއްޖެ ހެއްޔެވެ؟ އަދި އެވެސް އެކުއްޖާގެ އެއްވެސް ކުށަކާ ނުލައެވެ. ** ** ** ދުވަސްތައް […]
ލާމިހް ބަލާލިނަމަވެސް އެގަޑީގައި ވާހަކަދައްކާކަށް ހަނާ އަކަށް ނުކެރުނެވެ. އަނެއްކޮޅުން ނާއިލް ދެކެ ކިތަންމެ ފޫހިވިޔަސް ނުފެންނަކަމަށް ހަދާލާފައި ދާކަށްވެސް ހަނާއަކަށް ނުކެރުނެވެ. ލާމިހް އޭރު އިނީ ހަނާގެ ފަރާތުން އެއީ ކާކުކަން ހޯދުމަށް ކެތްމަދުވެފައެވެ. އެ މީހަކު ލާމިހް އަށް ބަލަހައްޓައިން ހުރި ގޮތުން އުނދަގޫވެސް ވިއެވެ. ގަދަކަމުން ހިނިތުންވެލަމުން ހަނާ ނާއިލްއަށް ގޮވާލިއެވެ. “ކިހިނެއްވީ ބޭރުގަ ތިހުރީ..” ހަނާގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން އަތުގައި އޮތް ސިގިރޭޓްބުރި ނާއިލް ދައްކާލިއެވެ. ހީވީ އަނގައިން ބުުނަން […]
ޝިއުރީމެންގެއަށް ވަންނަންދިޔަ ޔަލްވީ، ސިހިގެން ދިޔައީ މީހަކު އޭނާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. އެ މީހަކު ބާރަށް ހިފަހައްޓާލާފައިވާއިރު، ޔަލްވީ އެ އަތް ނެއްޓޭތޯ ކުރިހާ މަސައްކަތެއްވީ ބޭކާރެވެ. ކިތަންމެވަރަކަސް ހަޅޭއްލެވިކަމުގައިވިޔަސް، އަނގަމަތީގައި އަތް އަޅާފައިވުމުން، އަޑު ބޭރުވާ ގޮތެއް ނުވިއެވެ. ޔަލްވީގެ ފުރަގަހުގައި ހުރުމުން އެއީ ކާކުކަމެއް އޭނާއަކަށް ނޭނގެއެވެ. އެ މީހާ ގަދަކަމުން ކަހަލަ ގޮތަކަށް ޔަލްވީ ގެންގޮސް ވެއްދީ ޝިއުރީމެންގޭ ކުރިމަތީގައި ހުރި ފަޅު ގެއަށެވެ. އެއަށްފަހު، ޔަލްވީގެ އަނގަމަތިން އަތް ދޫކޮށްލަމުން […]