ރޭގަނޑު ގޭތެރެއިން މީހުން ހުސްވެފައި ވަނިކޮށް އިރުފާނަށް ގެއަށް ވަދެވުނީ ފާހާނާއަކަށް ދާން ޖެހިގެންނެވެ. މިހުރިހާއިރު އޭނާ އިނީ އެކުވެރިޔަކާއި އެކު ގެއާއި މާދުރުނޫން ހިސާބެއްގައި ކޮފީއެއްގައެވެ. ގޭ ދޮރުން ވަދެގެން ސިޑިއާއި ދިމާލަށް ދިޔަ އިރުފާން ސިހުނީ ކުއްލިއަކަށް ކުރިމަތިން އައިސް އޭނާގެ އަތުގައި ހިފި ކުޑަ ދެއަންހެންކުދިން ފެނިފައެވެ. އެއްކުއްޖެއްގެ މޫނުމަތި ޒަޙަމްވެފައިވާއިރު މޫނާއި ބޯ އަދި ދެއަތުން ފައިބާ ލޭތައް ސިޓިންގްރޫމުގައި އަޅާފައި އޮތް މަޑު ކާޕެޓްގެ ތެރެއަށް ހިނދެމުން ދިޔައެވެ. އަނެއްކުއްޖާގެ […]
………………………. “ޖިނާ…! އަހަރެން އަދިވެސް މަންމަ ކައިރި ނައިނާގެ ވާހަކަ ނުބުނަން… އަނެއްކާ ނައިނާ ކައިރިވެސް ނުބުނަން…. މިހާރު ގުޅުމަށް 5 މަސްވަނީ… މަންމަ ކައިރި ނުބުންޏަސް އަހަރެންނަށް އިނގޭ މަންމަ މިކަމަށް އިންކާރު ކުރާނެކަން.. ކޮންމެ ދެދުވަހަކުން އެއްދުވަހު މަންމަގެ ފަރާތުން އެކަމާއި ދެކޮޅު ވާނެކަހަލަ ކޮންމެވެސް ބަހެއް ނޫނީ އަމަލެއް އެބަފެނޭ.. އަހަރެން ބޯގޮވަނީ…” ކަންބޮޑުވެފައި ހުރި އައިޒަން ހުރީ ހަމަރަނގަޅަށްވެސް ބޯ ގޮވާފައެވެ. ފޯނު ކަނޑާލަން އޭނާ މަޖުބޫރުވީ ބޭރުން މާ ބާރަކަށް […]
އީރަމް ހުރި ގޮތުން ހަނާއަށް ވެގެން އުޅޭ ގޮތް ނަގައިގަނެވުނެވެ. މަގު ހުރަސް ކޮއްލަމުން ގޭގެ ދޮރުމަތީ ހުއްޓިހުރި އީރަމްގެ ކައިރިއަށް ހަނާ އައިސް ހުއްޓިލުމާއެކު އީރަމް ލާމިހް މެން ތިބި ދިމާއަށް ބަލާލަމުން ބުމަ ހިއްލާލީ އެމީހުން ގެނައި ކީއްކުރަންތޯ އަހާލާފަދަ ގޮތަކަށެވެ. “ދޮންތަ އަންނަމުން ހުސެން އަށް ގުޅީމަ ބުނީ ލާމީ އާއި އެކީ ބޭރުގައޭ..އެމީހުން އަޔަސް އޯކޭހޭ އެހީމަ ދޮންތަ ބުނެފި އޯކޭއޭ..” ހަނާ ކަންތައްވީގޮތް އީރަމް އަށް އޮޅުންފިލުވައިދިނެވެ. ދުރުގައި ވާހަކަައްކަން ތިބި […]
“މަލަކާއޭ. ވަރަށް ރީތި ނަން. ސިފަވެސް އެހާ ރީތި. އެހެންވީމަ ވަރަށް ރީތިކޮށް މިބުނަނީ މިތަން މަލަކާއަށް ދެވެން ނެތޭ. ވަރަށް ސޮރީ” ޝައިމް ބުނެލީ ޖެއްސުމުގެ ރާގަކަށެވެ. އެޔާއެކު މަލަކާގެ ރުޅިގަނޑު ކެކެން ފެށިގަތެވެ. އެހާ އުއްމީދުކޮށްގެން ހުރި ކަމެއް އެހެން މީހެއްގެ ސަބަބުން ގެއްލޭތީ އެކަންޏެއް ނޫނެވެ. ޝައިމްގެ ވާހަކަ ދެއްކުމުގެ ރާގުން ވެސްމެއެވެ. “މެޑަމް” ދެމީހުން އަރާރުންވުމުގައި ތިއްބާ ވެއިޓަރު މަލަކާގެ ހޫނު ބުއިން ހިފައިގެން އަޔެވެ. މަލަކާ ކާމިޔާބީގެ ހިނިތުންވުމަކުން ޝައިމްއަށް […]
އަހަރެންގެ ދެލޯ ހަނިކޮށްލަމުން މާދުރުން ހިނގާލާފައި އަންނަ ޒުވާންފުރައިގެ ދެ އަންހެންކުދިންނަށް ބަލާލީމެވެ. ބުރުގާ އަޅައިގެންހުރި، ކަކުލުން މައްޗަށް ހުރި ހެދުމަކާއި ހިމަ ހަރުވާޅެއްގައި ހިނގާލާފައި އެއަންނަ ވިއްސަކަށް އަހަރުގެ އަންހެން ކުއްޖާގެ ސޫރައަކީ އަހަރެން ބަލާ ފޫހިވާނެ ސޫރައެއްނޫނެވެ. އެސޫރަވަނީ މީގެ އަހަރުތަކެއް ކުރިން މިހިތުގައި ބިންވަޅުނެގިފައެވެ. އާއެކެވެ! އަހަރެންގެ ހިތުގެ ރާނީއާ އެއަންހެން ކުއްޖާއާއި ހަމުގެ ކުލަ ފިޔަވާ މާބޮޑު ތަފާތެއްނެތެވެ. ހަމަ އެލޮލާއި ކަޅިރަވައެވެ. އެ ލޫޅާފަތި ހަށިގަނޑެވެ. އަހަރެންގެ ހިތުގެ ކަނަކުން […]
މޯޑް އައި ގޮތަށް އަވްލީން ލައިގެން ހުރި ކުރުތާގެ ކަރުވަޅުގައި ކަތުރު ޖައްސާފައި އިރާލިއެވެ. އަވްލީން ރޮމުން ގަދަހެދޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ” މިއީ މަ ހާދަ ކުރިއްސުރެ ހިތުލައިގެން އުޅޭކަމެކޭ.. ތި މަލުގެ ފޮނިކޮޅު ބޯލަން ހިތުލައިގެން ހުންނަތާ މިހާރު ކިހާ ދުވަހެއް. އެންމެ ފުރަތަމަ ތި މަލުގެ ރަހަ ބަލާމީހަކަށް ވާންޖެހޭނީ މަ. އެ އިނގޭތަ ކީއްވެކަން. މަށަށް މުޅި މިރަށުންވެސް އެންމެ ރީތި ކުއްޖަކަށް ފެނުނީ ކަލޭ.. އެކަމަކު މަށަށް އިނގޭ ކަލޭ […]
ރޮއިރޮއި އިން ރަޔާހީން އިސްއުފުލާ ބަލާލީރު ފުސްވެފައިވާ ދެލޮލަށް ވިކްޔަން ދިޔަ މަންޒަރު ފެނުނެވެ. ހިތުގައި އުފެދިފައިވި ހައިޖާނުގަނޑުގެ ސަބަބުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ރަޔާހީން އެވަގުތު ނުކުޅެދުނެވެ. އޭނާ ބޭނުމީ ހިތްފުރޭވަރަށް ރޯލާށެވެ. ވިކްޔަންގެ ވިހަގަދަ ބަސްތައް އަދިވެސް ވަނީ އޭނާގެ ދެކަންފަތުގައި ހަރުލާފައެވެ. އެހިނދުކޮޅަށް އޭނާ ބީރުވިނަމައޭ ހިތަށް އެރިއެވެ. އެންމެފަހުން އޭނާ އިންތަނުން ތެދުވެ ސިޑިއާއި ދިމާލަށް ދުއްވައިގަތީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. އޭނާ ދުވަމުން ގޮސް […]
ލަސްލަހުން އެސްފިޔަތަށް ތަޅުވާލަމުން ނައިނާ އެ ދެލޯ ހުޅުވާލިއެވެ. ހުޅުވާލިއިރު އޭނާއަށް ފެނުނީ ހިކި ދޮން ވެލިގަނޑުމަތީ ވަރަށް ބޮޑުކޮށް “އައި ލަވް ޔޫ” ޖަހާފައި އިން ތަނެވެ. ނައިނާ ކޮއްޅަށް ހުރީ ހިތުގެ ބައްޓަމަށް ކުރަހާފައި އިންތާއެވެ. ނައިނާ ދެލޯ ބޮޑުކޮށްލާފައި ފަހަތުގައި ހުރި އައިޒަން އަށް ބަލައިލިއެވެ. އައިޒަން ކުޑަކޮށް ހިތްއަވަސްވެފައި ހުއްޓެއްކަމަކު ބޯ ޖަހާލީ ޔަޤީންކުރާށޭ ބުނާފަދަ ގޮތަކަށެވެ. “އައި ލަވް ޔޫ ނޭނާ..!! ފުރަތަމަ ފެނުނު ދުވަހުވެސް އަހަރެންނަކަށް ނޭނގެ ނޭނާ […]
ބާރުބާރަށް ސިޑިން އަރައިގެން އައި އާރިކްގެ ހަރަކާތްތަކަށް ހުއްޓުން އެރީ އޭނާގެ ކުރިމައްޗަށް ކުއްލިއަކަށް މީހަކު އެރުމުންނެވެ. މަޑުމަޑުން އިސްއުފުލައި އޭނާ ބަލާލި ވަގުތު އެމޫނުމަތީގައިވާ ރުޅިވެރިކަން މަޑުމަޑުން ފޭދިގެން ދިޔައެވެ. “އަރޫ..” އާރިކްއަށް މަޑުމަޑުން ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ގޮވާލެވުނެވެ. ކުރިމަތީގައި ހިނިތުންވެލައިގެން ހުރި އަންހެންކުއްޖާ އާރިކްގެ ގައިގައި އޮޅުލައިގަތް ވަގުތު އޭނާ ފަހަތަށް ނުވެއްޓުނީވެސް ކިރިޔާއެވެ. “ދޮންބޭ.. އައި މިސްޑް ޔޫ..” އާރިކްގެ ގައިން ދޫކޮށްލަމުން އަރޫޝާ ބުނެލިއެވެ. “އައި މިސްޑް ޔޫ […]