Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިމްތިހާން

Faathii Level 410 Stories100 Comments100 Login
September 6, 2017 2 Mins Read
18 Comments

“ސުބުހާނަﷲ! ޤުދުރަތީ މަންޒަރު ތަކަކީ ހާދަހާވެސް ފުރިހަމަ ހިތްގައިމު މަންޒަރުތަކެކޭ. ބަލާބަލާ ފޫހިވެސް ނުވާފަދަ އަޖާއިބުން ފުރިގެންވާ އެތައްކަމެއް.” މަޑު ނޫކުލައިގެ އުޑުގައި ލައްވާފައިވާ ހިތްގައިމު ހުދުކުލައިގެ ވިލާތަކުގެ މަންޒަރުތަކަށް ބަލަހައްޓައިގެން އިން ހިބާ ހިތައް އަރަމުން ދިޔައެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ އެ ޚިޔާލުތަކުގައި އިންދާ ބޯޓް ވިލާތަކަށްވުރެ ތިރިޔަށް ފައިބަމުންދާ މަންޒަރު ފެނުމުން އޭނާގެ މަންޒިލް ގާތްވެއްޖެކަން އިހްސާސް ކުރެވުމުންނެވެ. ރާއްޖޭގެ ކުދިކުދި ރަށްތަކުގެ ހިތްގައިމު ނޫ ވިލުތަކާއި، ފަޅުތަކާއި، ހުދު ފަސް ގޮނޑުދޮށްތަކުގެ ރީތި މަންޒަރުތަކަކީވެސް އެއަށް ބަލާބަލާ ފޫހިނުވާނެ މަންޒަރުތަކެކެވެ. ކަނޑުގައި ތެޔޮ ސާލެއް ލެވިފައިވާހެން ހީވާހާވެސް ކަނޑު މަޑެވެ.

ހިބާ އިނީ މަތީގައި އުދުހެމުންދިޔަ ފްލައިޓްގެ ބިއްލޫރި ދޮރުތަކާއި އިންވެގެން އިން ގޮނޑިއެއްގައެވެ. މެލޭޝިއާގައި ދޮޅު އަހަރު ހޭދަކުރުމަށްފަހު އެނބުރި މާލެ އާދެވޭއިރު، އެ މޫނުމަތީގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެއެވެ. ކާރޫބާރޫ ބޮޑު ދުއްވާތަކެތީގެ އަޑާއި، ތަންތަން މަރާމާތު ކުރާ އަޑުތަކުން ބޮލަށް އުނދަގޫކުރާ މާލޭގެ މާހައުލަށް އެނބުރި އަންނަ ހިތްވާނީ ކާކު ހެއްޔެވެ؟ ނަމަވެސް އޭނާގެ މައިންބަފައިން ތިބީ އެތާގައެވެ. ގެދޮރުހުރީ އެތާގައެވެ. ވީމާ ދިރިއުޅުންވެސް އޮންނާނީ އެތާގަތާއެވެ. ބިއްލޫރިގަނޑު ބޭރުން ފެންނަމުންދިޔަ ހިތްގައިމު ކުދިކުދި ރަށްރަށުގެ މަލަމަތި ފެންނަ ކޮންމެ މީހަކުވެސް އެތަންތާގައި އެވާ ހިތްހަމަ ޖެހުން އިހްސާސް ކުރެވޭނެއެވެ. ރަށުގެ ހިތްގައިމު ދޮންވެލި ފަސްގަނޑުގައި ލިބިދެވޭ، ރީތި ސާފު ވައިރޯޅިތަށް ހަށިގަނޑުގައި ބީހިލިމުން ސިކުނޑިއަށް އެ ލިބޭ ތާޒާކަމާއި، ހިތްހަމަޖެހުން އެންމެ ދުވަހަކަށް ނަމަވެސް ބޭނުންނުވާނީ ކާކު ހެއްޔެވެ؟ އެކަމަކުވެސް ކުރާނީ ކީއް ހެއްޔެވެ؟ ރާއްޖެއަށް ނިސްބަތް ވީ ނަމަވެސް އެންމެންނަކީ އެ ހިތްގައިމު ރަށްތަކުގައި އުޅުމުގެ ނަސީބު ލިބިފައިވާ މީހުންނެއް ނޫން ވިއްޔާއެވެ.

އެ ރީިތި ޤުދުރަތީ މަންޒިލުތަކުގެ ފުރިހަމަކަމުން އެނބުރި އަމިއްލަ ދިރިއުޅުމުގެ ޚިޔާލުތަކަށް އެނބުރެލެވުނީ ހިތުގައިވީ ނުތަނަވަސްކަމުގެ އިހްސާސުންނެވެ. މިއަދު އޭނާގެ ދިރިއުޅުން ބަދަލުވެފަވާ މިންވަރު ހިތައް ވެރިވުމުންނެވެ. އޭނާގެ މައިންބަފައިން އެތައް ޚަރަދެއް ކޮށްފައި އޭނާ މެލޭޝިއާއަށް ބިޒްނަސް ކިޔަވަން ފޮނުވީ އެތައް ފޮނި އުންމީދަކާއި އެކުގައެވެ. އެންމެ ކުޑަ އިރުންސުރެ އޭނާގެ ބައްޕަ ދެކުނު ހުވަފެނަކީވެސް އެއީއެވެ. ހިބާ ބޮޑުވެގެން ނާސިރުގެ ވިޔަފާރިތަކުގައި އޭނާއަށް އެހީތެރިވުމެވެ. ބައްޕަ މުސްކުޅިވާ ދުވަހު ދަރިފުޅު އެ ހުރިހާ ކަމަކާއި ހަވާލުވުމެވެ. އަދި ނާސިރު ދެއްކި އެ ހުވަފެން ހިބާ ވެސް ދެކުނެވެ. އޭނާގެ ވެސް ހުވަފެނަކަށް ވީ ބައްޕަގެ ހުވަފެނުގައި ކުލަ ޖެއްސުމެވެ. ނަމަވެސް މިއަދު އެހުރިހާ ކަމެއް ބަދަލު ވެއްޖެއެވެ. ހިބާގެ މޫނުމަތީގައިއެވާ ނުތަނަވަސްކަމުގެ ސިއްރަކީ އޭނާގެ ބައްޕަ އެވެ. ކިޔެވުން ހުއްޓާލާފައި އެނބުރި ރަށަށް އަންނަން ޖެހުމުން ލިބުނު ހިތްދަތިކަން އިންތިހާއެވެ. ނަމަވެސް އެއަށްވުރެ ހިތްދަތިވަނީ ބައްޕަމެން މިހާރު އޭނާއާއި ދޭތެރޭ ދެކޭ ގޮތުންނާއި ކަންތައްކުރާ ގޮތުންނެވެ .

އޭނާގެ ދިރިއުޅުން މިއަދު މިވަނީ އެފުއް މިފުށަށް ޖެހިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުރިން އެ އާއިލާގެ ހުރިހާ އެންމެގެވެސް ރަންގަނޑަކީ ހިބާއެވެ. އެންމެންވެސް ހިބާދެކެވަނީ އިންތިހާއީ ލޯތްބެކެވެ. ހިބާގެ އަޑުއަހާނުލާ، އޭނާއާއި ވާހަކަ ދައްކާނުލާ ނާސިރުުގެ ލޮލަށް ނިދިވެސް ނާންނާނެއެވެ. އެހެނަސް މިއަދު ހުރިހާ ކަމެއްވެސް އޭގެ އިދިކޮޅެވެ. މިއަދު ހިބާ އަށް އައިސްފައިވާ ބަދަލަކީ އެންމެ ރަނގަޅު، ހެޔޮ ބަދަލުކަމުގައި ހިބާ ޤަބޫލު ކުރިނަމަވެސް އޭނާގެ ބައްޕަ މިއަދު އޭނާއަށް ނަފްރަތު ކުރަނީ އިންތިހާއަށެވެ. ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމުން ހިބާ ނިކުމެ ލަގެޖް ނަގައިގެން ބޭރަށް ނިކުތީ އެތައް ދުވަހަކަށްފަހު އޭނާގެ ލޯބިވާ މަންމައާއި ބައްޕަޔާއި އާއިލާގެ މެމްބަރުން ލޮލުން ދެކިލަން ކެތްމަދުވެފައިވާ ހާލެއްގައެވެ. ނަމަވެސް ހިތައް ކުރުވީ ފުން ހިތާމައެއްގެ އަސަރެވެ. ގޭގައި ގެންގުޅޭ ޑްރައިވަރު ހިބާ ބަލާ ފޮނުވިއިރު އިތުރަށް އެގެއިން އެކަކުވެސް އޭނާ ދެކިލާކަށް ނާދެއެވެ. ލިބުނު ހިތާމައިން ދެކޯތާފަތް މައްޗައް ކަރުނުތައް އޮހެރިލިއެވެ.  އޭނާގެ މައިންބަފައިން އޭނާއަށް އެނަފްރަތު ކުރަނީ އޭނާގެ ކޮންކުށެއް އޮވެގެން ހެއްޔެވެ؟ އެ މީހުންގެ ތަރުބިއްޔަތާއި ހިލާފަށް އެޅި އެންމެ ފިޔަވަޅަކުން ހެއްޔެވެ؟

………………….

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ވައިވީމަ – (3) މަސްތު

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ތޭވީސްވަނަ ބައި)

Next
September 6, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ތޭވީސްވަނަ ބައި)

Previews
September 6, 2017

ވައިވީމަ – (3) މަސްތު

18 Comments!

  1. Hassan says:
    September 6, 2017 at 8:12 am

    Wow www amazing hama next part konirakun???waiting…….

  2. Hassan says:
    September 6, 2017 at 8:14 am

    Faathi is back hureyyyyyyy
    U r the best faathi

  3. Hassan says:
    September 6, 2017 at 8:17 am

    Faathi GE new story eh fenunyma v ufaavehge
    Chen aadhi eves var ah iburaihtheri???
    I am first dhwww hehehehhehehe❤

    1. Faathii says:
      September 6, 2017 at 9:49 am

      Hehe.. Jazaak Allah khair. Yes u r the first. 🙂

  4. Xxxx says:
    September 6, 2017 at 9:05 am

    Wooow… welcme back dear.. waiting 4 next part…??keep it up…

  5. Sama dhonthi says:
    September 6, 2017 at 9:26 am

    Maa shaa ALLAH v reethi

  6. Shaaa says:
    September 6, 2017 at 9:31 am

    Maasha allah v reethi. Kn dhuvasthakehga up vaany????

  7. yaina says:
    September 6, 2017 at 9:42 am

    ماشا الله Varah reethi

  8. Faathii says:
    September 6, 2017 at 9:44 am

    Alhamdhulillah. Here is the third story of mine. Story up vaany every wednesday & mondayga. Hope it will benefit someone. In Shah Allah. Jazaak Allah.

  9. Faathii says:
    September 6, 2017 at 9:55 am

    Jazaakumullah khair.

  10. zuvana Z says:
    September 6, 2017 at 10:36 am

    varah salhi

  11. Reet says:
    September 6, 2017 at 10:56 am

    V reethi

  12. mal-mal says:
    September 6, 2017 at 11:26 am

    this seems interesting!! waiting for an update! 🙂

  13. Psenhi says:
    September 6, 2017 at 11:33 am

    Masha Allah. V kihahithun meenee

  14. xaan says:
    September 6, 2017 at 11:40 am

    Masha Allah v reethivaanehen heevany

  15. Hawwa says:
    September 6, 2017 at 11:52 am

    Nxt prt avas kollachchey v nice

  16. Faathii says:
    September 6, 2017 at 12:22 pm

    Jazaakumullah khair. 🙂 second part will be uploaded on next monday.. In Shah Allah.

  17. Adam says:
    September 6, 2017 at 3:30 pm

    Varah Salhi vaanehen heevey

Comments are closed.

Next Episodeއިމްތިޙާނު (ދެވަނަބައި)←


All Right Reserved!