“ޕްލީސް އަޝްފާން. އަހަރެން ދާންވެއްޖޭ..” ޔުމްނާ ގަދަކަމުން ކަހަލަ ގޮތަކަށް އަޝްފާންގެ އަތް ފޮޅުވާލަމުން ދުއްވައިގަތެވެ. އެވަގުތު ވިހުރިގެން ދިޔަ އޭނާގެ އިސްތަށިގަނޑުން ބައެއް އަޝްފާންގެ މޫނުމަތީގައި ބީހިލިއެވެ. އޭރު އަޝްފާންގެ ދެލޮލުން ރޮނގަކަށް ކަރުނަ ފައިބައިފައި ހުއްޓެވެ. އެއްއަތުގައި ޔުމްނާ އޭނާއާ ހަވާލުކުރި ފޮތް އޮތެވެ. ފުރަން ތައްޔާރުވެފައި އޮތް ލޯންޗަށް އަރާފައިވެސް ޔުމްނާއަށް ބެލެމުން ދިޔައީ ބަނދަރު ކައިރީގައި ހުރި އަޝްފާނަށެވެ. އަޝްފާން ދެރަވެފައިވާތަން ފެނުމުން އެހިތަށް ތަދުވަމުން ދިޔަ ނަމަވެސް ކެތްކޮށްލައިގެން އިނީއެވެ. […]
އެރޭ އައިޒަން އަށް ނިދަންވެސް އުނދަގޫވިއެވެ. ދެލޯ މަރާލާއިރަށް ފެންނަނީ އެ ފަންމިންޏެއްހާ ރީތި އަންހެންކުއްޖާގެ ރީތި ދެލޯ ފެންކަޅިވެގެން ދިޔަ ގޮތެވެ. އެ ބޮޑުދެލޮލަށް ކަރުނަ ޖަމާވެގެން އައިގޮތެވެ. ގައިމުވެސް ސަބަބަކާއި ނުލާ އެހާ ކުޑަ ކަމަކަށް މީހަކު ދެރައެއްނުވާނެއެވެ. ނޫނީ ހަމަ އަންހެނުން އެހާ ކަންތަށް ދައްކަން ބޭނުންވަނީއެވެ. މައްސަލަގަނޑެއް ޖައްސަން ހަމަ ބޭނުންވަނީއެވެ. އަންހެނުންނަކީ އެކަހަލަ ބައެއްތާއެވެ. ކޮންމެއަކަށް މިފަހަރު މާފަށް އެދެން ޖެހިފައި މިއޮތީ އައިޒަންއަށެވެ. އެތަށް އިރަކު ނިދިން […]
ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ރެޔެކެވެ. އަހަރެން ދިޔައީ ފްރެންޑެއް ބުނެގެން އޭނަ ބަލާ ޓަރމިނަލް އަށެވެ. ރާއި އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ވެހޭހައި ވާރެއަކާ ދޭހައި އައްވަކަށް ރާއި ބުނެފިއްޔާ އަހަންނެއް ނުބަލަމެވެ. ރާއި ނަގައިގެން އަހަރެންގެ ސައިކަލުގައި ދެންދިޔައީ ކޮފީއެއް ބޯންށެވެ. އަތިރިމަތީގައި ހުރި ކޮފީ ޝޮޕަކައް އަރައި ބެލްކަނީއާ ޖެހިގެންހުރި މޭޒެއްގައި ޖައްސައިފީމެވެ. “ކޮބާ ބްރޯ؟ އިންޑިއާގެ ހުރުން ކިހިނެތް؟” އަހަރެން ރާއި އާއި ސުވާލު ކޮއްލީމެވެ. “ރަނގަޅު. ގޯހެއްނޫން. […]
ލާމިހްއައް ހީކުރެވުނީ ހުސެން ސަމާސާ ކުރަނީކަމަށެވެ. ހާސްކަމުގެ ތެރެއިން ހިނިގަނޑެއް ޖަހާލަމުން ހުސެންގެ މޫނަށް ބަލާލީ އެއީ ސަމާސާއެއްތޯ ޔަގީން ކުރުމުގެ ގޮތުންނެވެ. ނަމަވެސް ހުސެންގެ މޫނުމަތިން ފެނުނީ ހަމަ ކުރިންވެސް ފެނުނު ސީރިއަސް ކަމެވެ. ލާމިހްގެ އަނގައިން ވޭނީ އާހެއްގެ އަޑު އިވިގެންދިޔައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. “ބަޓް ޝީ ލުކްސް ސޯ ޔަންގް” ލާމިހް އަށް އަދިވެސް ގަބޫލްނުކުރެވެނީއެވެ. މީހެއް ހުންނަ ގޮތަކުން ނުވަތަ މީހެއްގެ ސިފައަކުން […]
ރަޔާހީންގެ ހިތަށް ބީހާލްގެ ނަން އައިސް ވަނީ ހަމަ ކުއްލިއަކަށެވެ. އޭނާ ބީހާލަށް ގޮވާލަން އަނގަ ހަރަކާތްކޮށްލި ވަގުތު މާކިލް ހުށިޔާރު ކަމާއެކު ރަޔާހީންގެ އަނގައަށް ފޮތިތަކެއްކޮށްޕާ އެއްޗަކުން ބަނދެލިއެވެ. ރަޔާހީން ދުވަހަކު ވެސް މިހާ ބިރުގަތް ވަގުތެއް ނާދެއެވެ. އޭނާ ދެލޯ ބޮޑުކޮށް މާކިލް އަށް ބަލާލީ ކިޔަން ލައްކަ އެއްޗެއްހި ހިތަށް އަރުވައިގެންނެވެ. ނަމަވެސް އޭނާގެ އަނގައިން އެންމެ ބަހެއް ވެސް ނުކިޔުނެވެ. ރޮވިފައިވާ ދެލޮލުން މާކިލް އަށް ބަލަން ހުރެވުނީ އާދޭސްކުރާ […]
” ދޮންބެ ތިދައްކާ ވާހަކައެއް އަހަންނަށް އެއްގޮތަކަށްވެސް ނުވިސްނޭ.. ތިބުނާ ފަދަ ގުޅުމެއް އަހަރުން ދެމީހުންގެ ދެމެދު ނޯންނާނެ” އަމިއްލަ ކުށެއް ނެތް ކަން ސާބިތުކުރަން މަސައްކަތް ކުރަމުން އާރާވް ބުންޏެވެ. ” އާރާވް ޕްލީޒް.. އަހަރެން މިދެލޮލުންނޭ ދުށީ އަހަރެން ކައިވެނި ކުރި ރޭ އާރާވް އަރުޝީ ކައިރީގައި ކުރި އާދޭސް.. ސޯ ޕްލީޒް… އާރާވް މިތަނުން ދޭ..” ޒިވާންގެ ޖުމްލައިން އާރާވްއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެރޭގެ އެމަންޒަރުން ޒިވާން މާނަ އެނެގީ […]
އިރުފާނަށް މިހިސާބަށް ބުނެވުނު ތަނާ ކޮޓަރި ތެރެއިން އިވުނު ބާރު އަޑުފަށްގަނޑަކާއެކު ކުއްލިއަކަށް ކޮޓަރި ތެރެއަށް ފާޅުވީ މުޅިތަން ފުރާލާފައި ނުބައި ސިފައެއްގައި ހުރި އެއްޗެކެވެ. ކަޅުކުލައިގާ ހުރި އެތީގެ މޫނު ރަޔާހީނަށް ފެނުނީ އޭނައާއި ދިމާލަށް އެނބުރިލުމުންނެވެ. އަނގުރުކޮޅެއްހެން ހުރި ދެލޯ ނިކުމެގެން ގޮސް ހުރީ އިރުފާންގެ މޫނުގައި ޖެހިފައެވެ. އޭރުވެސް ދެލޮލުން ލޮނދިތަކާއެކު ދިޔާ އެއްޗެއް ފައިބަމުން ދިޔައެވެ. މުޅި ހަށިގަނޑުގައި ވެސް ވަނީ ލޮނދިތަކުން ފުރިފައެވެ. ބޮލުގައި ހީވަނީ ބޯވަ ފައިތަކެއް […]
“ބައްޕަ ހަނދާންނެތީއޭ މި ވާހަކަ ބުނަން.. ބައްޕަ ދަރިފުޅު ސްކޫލުން ކަނޑާލައިފިން.. އެހެންވީމަ މާދަމާ ސްކޫލަށް ދާކަށް ނުޖެހޭނެ..” އޭނާ މަޑުމައިތިރި ކަމާއެކު އެހެން ބުނެލިއެވެ. އަދި ކޮޓަރިން ނިކުމެގެން ދިޔައެވެ. އޭރު ޔުމްނާ އެދިމާއަށް ބަލަހައްޓައިގެން އޮތީ ޝަކުވާގެ ނަޒަރަކުންނެވެ. ރާމިޒު އޭނާއަށް މި ހުރިހާ އަނިޔާއެއް ދީފައި އެވަރުން ނުފުދިގެން އޭނާ ކިޔެވުމުންވެސް މަހުރޫމުކޮށްލީ ހެއްޔެވެ؟ އޭނާ ކިޔަވާހިތްވާވަރު ރާމިޒަށް ނޭނގެނީ ހެއްޔެވެ؟ ޔުމްނާ ރަޖާގަނޑު އޭނާގެ ހަށިގަނޑުގައި އޮޅާލައިގެން ހުރެ އެނދާދިމާލުން ފާރުގައި […]
“ގްރީން ލައިޓް!” ލަމްހާއަށް މަޑުމަޑުން ކިޔާލެވުނެވެ. ލަމްހާ ސުވާލެއް ކުރަން އުޅެނިކޮށް ޔޫޝައު އެކަން ހުއްޓުވުމަށްފަހު އިރުކޮޅަކު މަޑުކޮށްލުމަށް ބުނެލުމުން ލަމްހާއަށް ސުވާލުކުރާކަށް ނުކެރުނެވެ. ޔޫޝައު ގޭގެ ބެލް އަޅާލުމުން ގޭގެ ދޮރު ހުޅުވާލީ ސީދާ އައިކާއެވެ. “ލަމް! މީ އައިކާ.. އައިކާ! މީ ލަމްހާ.. އަހަރެންގެ ވައިފް ..” ޔޫޝައު އެ ހުރިގޮތަށް ހުރެ ދެމީހުންނަށް ދެމީހުން ތަޢާރަފުކޮށްދިނެވެ. އައިކާ ހީލަމުން ސަލާމަށް އަތް ދިއްކޮށްލުމުން ލަމްހާވެސް ހީލަމުން ސަލާމްކޮށްލިއެވެ. ޔޫޝައުގެ އަންހެނުންނަކީ ނާޒް ނޫންކަން […]