Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (9)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
September 11, 2017 6 Mins Read
18 Comments

“ނުބައިވީމަތާ އަމިއްލަ ދަރި ފައިސާއަށްޓަކާ ވިއްކާލާނީ.. އަހަރެން ހުރިން ޔުމްނާ ފުރިއިރު ބަނދަރު ފެންނަ ހިސާބުގަ.. މާފަށް އެދޭނެ ފުރުސަތެއް ނުލިބުނީމަ ވަރަށް ދެރަވި.. ހިތަށްއަރާ މިހާރު ޔުމްނާ އުޅޭނީ ކޮން ހާލެއްގަބާއޭ..” އާސިމް މަޑުމައިތިރި ކަމާއެކު ވާހަކަދެއްކިއެވެ. އާސިމްއަށް ވިސްނުނީތީ އަޝްފާން އުފާކުރިއެވެ. ނަމަވެސް ޔުމްނާއަށްޓަކާ އެހިތް ރޮނީއެވެ. އެ ކުއްޖާއަށް މި ދުނިޔެމަތީގައި ކިހާ ވޭނަކާއި ހިތްދަތިކަމެއް ލިބިއްޖެ ހެއްޔެވެ؟ އަދި އެވެސް އެކުއްޖާގެ އެއްވެސް ކުށަކާ ނުލައެވެ.

** ** **

ދުވަސްތައް ފާއިތުވަމުން ގޮސް މުނީރު އާއި މިޝްކާގެ ކައިވެނި ކުރެވޭ ދުވަސް ޖެހުނީއެވެ. ފަރީދުގެ “ޑައިމަންޑް ވެލީ” ގެއަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ތަފާތު ބޮކި ފަތިތަކުން މުޅި ގޯތިތެރެ ޒީނަތްތެރިކޮށްފައިވިއެވެ. ޕާޓީގެ ތީމްއަކީ ހުދާއި ރަންކުލަ ކަމުން ބަލާލި ކޮންމެ ދިމާއަކުން ފެންނަމުން ދިޔައީ އެ ދެ ކުލައެވެ. ގޭގެ މަސައްކަތު މީހުންތައް އެކި ކޮޅުކޮޅަށް ދުވަމުން ދިޔައިރު އެމީހުންނަށް އިރުޝާދު ދިނުމުގައި ނަސްރީން އުޅުނެވެ.

ކޮޓަރިތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޔުމްނާގެ ހިތް ވަނީ އަވަސް ވެފައެވެ. އިރުއިރުކޮޅާ އޭނާ އެނދުމަތީގައި ބާއްވާފައި އޮތް ހެދުމަށް ބަލާލައެވެ. އެއީ ޕާޓީއަށްޓަކާ ޔުމްނާއަށް ޚާއްސަކޮށް ފަހާފައިވާ ހެދުމެވެ. ނަމަވެސް އެންމެންގެ ތެރޭގައި އޭނާއަށް އެ ޕާޓީގެ ތެރެއަށް ނިކުންނަން ކެރިދާނެ ހެއްޔެވެ؟ ފަރީދުގެ ދެވަނަ އަނބީގެ ގޮތުގައި އޭނާ އެންމެންނަށް ތަޢާރަފުކުރެވޭއިރު މީހުން އޭނާއާމެދު ދެކޭނީ ކިހިނެއް ހެއްޔެވެ؟ މިޝްކާ އާއި ނަސްރީން ފަދައިން އެހެން މީހުންވެސް ދެކޭނީ އޭނާ އަކީ ފައިސާގެ ދަހިވެތިކަމުގައި ފަރީދުއާ އިނދެގެން އުޅޭ މީހެއް ކަމަށް ހެއްޔެވެ؟

ކޮޓަރި ދޮރުގައި ޓަކި ޖަހާލުމުން ޔުމްނާ ގޮސް ދޮރު ހުޅުވާލިއެވެ. އޭރު އާލިމާ އާއެކު އިތުރު އަންހެން ކުއްޖަކު ކުރިމަތީގައި ހުއްޓެވެ. އެއީ ޔުމްނާ މިރެއަށް ތައްޔާރުކޮށްދިނުމަށް އައި ބިއުޓީޝިއަން ކަމަށް އާލިމާ ބުނުމުން ޔުމްނާ އެކުއްޖާ ވަންނަން ތަން ދެއްކިއެވެ.

އަރޫޝާ އާއެކު “ޑައިމަންޑް ވެލީ” ގެ ގޭޓުން ވަދެގެން އައި އާރިކްއަށް އެތެރޭގައި ހުރި ގިނަ އަންހެން ކުދިންގެ ސަމާލުކަން ހުއްޓެމުން ދިޔައެވެ. އަޅި ކުލައިގެ ކޯޓުފަޓުލޫނު ލާފައި ވީއިރު އޭނާގެ ފިރިހެންވަންތަކަން އިންތިހާއެވެ. އޭނާގެ އަތުގެ މުލައްދަނޑީގައި ހިފާލައިގެން ހުރި އަރޫޝާއަށް އަންހެންކުދިން ބަލާލަނީ ހަސަދަވެރި ނަޒަރަކުންނެވެ. އެމީހުން ހީކުރަނީ އަރޫޝާ އަކީ އާރިކްގެ ބައިވެރިޔާ ކަމުގައެވެ.

“ދޮންބެއަށް މީހުން ބަލާވަރުދޯ.. ޕިސް ޕިސް.. އެހެންވެޔޭ ދޮންބެއާ އެކީ ތަނަކަށް އަންނަ ހިތް ނުވަނީ..” އަރޫޝާ ކުދި ކިޔާލިއެވެ. ކަޅާއި ގޯލްޑް އެކުލެވިގެންވާ ފައިތިލައާ ހަމައަށް އަރާ ހެދުމުގައި އަރޫޝާ ފެންނަލެއް ވަރަށް ވެސްހިތްގައިމެވެ. އޭނާގެ ބޯ ނިވާކޮށްލާފައި ވަނީ ގޯލްޑް ކުލައިގެ ޝޯލްއަކުންނެވެ.

“ރީތި އެއްޗެއްސަށް ކޮންމެ މީހަކުވެސް ބަލާނެ..” އާރިކް ފޮނިވެލާފައި އެހެން ބުމުން އަރޫޝާ އާރިކްގެ ބަނޑުގައި އުޅަނބޮށިން ޖެހިއެވެ.

މިރޭ މުނީރު އާއި މިޝްކާގެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ދެމީހުންވެސް ހުރީ އެކަކު އަނެކަކު ދެކެ ލޯބިވާ މީހަކު ޙަޔާތުގެ ބައިވެރިޔާއަށް ވުމުން އިންތިހާއަށް އުފާވެފައެވެ. ކަޅުކުލައިގެ ކޯޓް ފަޓުލޫނުގައި މުނީރު ހުރިއިރު އޭނާގެ ޖީބަށް ރަން ކުލައިގެ ފިނިފެންމަލެއް ޖަހާލާފައި ވިއެވެ. އޭނާގެ ނަޒަރު މިޝްކާގެ މޫނުން ވަކި ނުވެއެވެ. ލައިގެން ހުރި ހުދުކުލައިގެ މާމެއިޑް ވެޑިންގް ޑްރެސް ގައި މިޝްކާ ފެންނަލެއް ވަރަށްވެސް ލޯތްބެވެ. ރަން ކުލައިގެ މާތަކަކުން ހެދުން ޒީނަތްތެރި ކޮށްފައިވިއެވެ. މިޝްކާގެ ބުޅި އިސްތަށިކޮޅުގައި ހުޅިއެއް ޖަހާފައި ވީއިރު، ބޮލުގައި ބޮޑު މަލެއް ޖަހާފައި ވިއެވެ.

“މަރުހަބާ.. މަރުހަބާ..” މުނީރުއާ ސަލާންކޮށްލަމުން އާރިކް ބުނެލިއެވެ. އަދި އެމީހުން ގެނައި ހަދިޔާ މުނީރު އަތަށް ދިނެވެ.

“ކަލޭ ވެސް ދެން ތި ޕްލޭބޯއީ ގޮތްގަނޑު ދޫކޮށްލާފައި މީހަކާ އިންނަންވީނު ދޯ..” އާރިކްއާ ދިމާކޮށްލުމުގެ ގޮތުން މުނީރު ބުނެލިއެވެ.

“މިކަހަލަ ހޭންޑްސަމް ފޭސް އެއް ލިބުނީމަ އަންހެންކުދިން އެޓްރެކްޓް ވާލެއް ހަމަ ގިނައީ.. އެކަމުގައި މަ ކުރާނީ ކީއް؟” އާރިކް ދެއަތުގެ ޝަހާދަތް އިނގިލި އޭނާގެ މޫނަށް އަމާޒުކޮށްލަމުން ބުނެލިއެވެ. އެވަގުތު ކައިރީގައި ހުރި އަރޫޝާ ތުންއަނބުރާލަމުން އާރިކްގެ ބުރަކަށީގައި އަޅައި ދުރަށް ކޮއްޕާލިއެވެ.

“ފޮނި ދޮންބެގަނޑު… ކޮންގްރާ އިނގޭ މުނީރުބޭ އެންޑް މިޝްކާދައްތަ.. ދެކުދިން ބަސްއަހައިގެން އުޅޭތި..” އެދެމީހުންނާ ސަލާމްކޮށްލަމުން އަރޫޝާ ބުނެލިއެވެ.

އަރޫޝާ މިޝްކާއާ ވާހަކަދައްކަން ހުރުމުން އާރިކް މިސްރާބުޖެހީ ކާއެއްޗެހިތައް ބަހައްޓާފައި ހުރި ދިމާއަށެވެ. ނަމަވެސް ދެ އަންހެއް ކުއްޖަކު އޭނާގެ ކުރިމައްޗަށް އަރައި ނަންބަރު ދެވިދާނެތޯ އެހުމުން އޭނާއަށް ހުއްޓެން މަޖުބޫރުވިއެވެ. އާރިކް ރުޅިއަންނަކަމަށް ހަދާފައި ކޮންމެ ކޮންމެ މީހަކަށް ނަންބަރެއް ނުލިބޭނެއޭ ބުނެލިއެވެ. ކަރުއެލިފައިވާ ހާލު އެ ދެކުދިން ދިޔަތަން ފެނުމުން އެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

އާރިކް އެ ފުރިހަމަ ބޮޑު ގޯތިތެރެއަށް ނަޒަރު ހިންގަމުން ދިޔައެވެ. އަރޫޝާ އަންނަންދެން އޭނާ މަޑުކޮށްގެން ހުރީއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ފަރީދުގެ އަތުގައި ހިފައިގެން އެގޭގެ ތެރެއިން ނިކުތް ޔުމްނާއެވެ. ޔުމްނާގެ ފުރިހަމަކަން ފެނި އާރިކްއަށް އެހެން ދިމާއެއް ބަލާލާކަށްވެސް ނޭނގުނެވެ. ޔުމްނާ ލައިގެން ހުރީ ގޯލްޑް ކުލައިގެ ފައިތިލައާ ހަމައަށް އަރާ އަތް ދިގު ހެދުމެކެވެ. އެ ހެދުމުގެ ސަބަބުން އޭނާގެ ކުށެއް ނެތް ރީތި ބައްޓަން އޮތީ ހާމައަށެވެ. އެ ދޮން މޫނުގައި މޭކަޕްގެ އަސަރު ހުރުމާއެކު އޭނާގެ ރީތިކަން ދެގުނަކޮށްދީފައި ވިއެވެ. ތުންފަތުގައި ގަދަ ރަތް ކުލައެއް ޖައްސާފައިވީއިރު އޭނާގެ ހުދު ދޮން ހަންގަނޑާ އެހާމެ ގުޅެއެވެ. ބޮޑު ދެލޮލުގެ ވަށައިގެންވާ އެސްފިޔަތައް މަސްކަރާގެ ސަބަބުން ފެންނަނީ ކުރިއަށްވުރެ ވެސް ދިގުކޮށެވެ. ކަޅުކަންގަދަ، ފަން ދިގު އިސްތަށިގަނޑު ވަނީ ފަހަތައް ދޫކޮށްލާފައެވެ. ބޮލުގެ އެއްއަރިއަކަށް ރަތް ކުލައިގެ ބޮޑު މަލެއް ޖަހާފައިވިއެވެ.

އާރިކްއަށް ޔުމްނާގެ ދޮން މޫނުމަތިން ފެނުނީ މައުސޫމްކަމެވެ. އެއީ ހަމަ އެ ދުވަހު ޖެޓީދޮށުން ފެނުނު ފަތްމިންޏެއް ފަދަ އަންހެންކުއްޖާއެވެ. އެހާ ރީތި ކުދިންވެސް ދުނިޔޭގައި އުޅޭބާވައޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ.

އާރިކް ސިހުނީ އަރޫޝާ އައިސް އޭނާގެ އަތުގައި ހިފައި ގަތުމުންނެވެ. ދެމީހުން އެކީގައި ކާއެއްޗެހި އަޅަން ދިޔައިރުވެސް އާރިކްގެ ކަޅި އިރުއިރުކޮޅާ ޔުމްނާގެ ސޫރަ ހޯދަމުން ދިޔައެވެ. އެހާ ރީތި، ޒުވާން ކުއްޖަކު ފަރީދު ފަދަ އުމުރުން ދޮށީ މީހަކާ އިންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެކި ޤައުމުތަކުގެ އެތައް އަންހެންކުދިންނެއް އޭނާ ދެކިފައި ވީނަމަވެސް އެހާ ފުރިހަމަ ކުއްޖަކު އޭނާއަށް މި ފެނުނީ އަދިކިރިޔާއެވެ.

“ދޮންބެ ހާދަ ވަރަކަށް ތި ބަލަނީ ޔުމްނާ މެޑަމްއަށް؟” މޭޒު ދޮށުގައި ކާން އިނދެފައި އަރޫޝާ އަހާލިއެވެ. އޭނާއަށްވެސް އާރިކް ޔުމްނާއަށް ބަލާކަން ފާހަގަވީއެވެ.

“ޔުމްނާތަ އޭނައަށް ކިޔަނީ؟ ކިހިނެއް އަރޫއަށް އެނގުނީ؟” އާރިކް އަރޫޝާއަށް ބަލާލަމުން އަހާލިއެވެ. އެވަގުތު އަރޫޝާ ނުލަފާ ގޮތަކަށް ހީލިއެވެ.

“އެ ވާހަކަ އެބަ ދެކެވެ މުޅި މާލެތެރޭގަ.. ފަރީދު ޅަ ކުއްޖަކާ އިން ވާހަކަ..” އަރޫޝާ ބުނެލިއެވެ. އާރިކް ކައިރީގައި ހުރި ޖޫސްތަށި ބޮމުން ޔުމްނާއަށް ނަޒަރު ހުއްޓާލިއެވެ.

“ދޮންބެއަށް އެ ކުއްޖާ ކަމުދިޔައީތަ؟ އެއީ ފަރީދު، ދަ މިލިއަނަރ ގެ އަންހެނުން އިނގޭ!” އާރިކްގެ މޫނަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަރޫޝާ ބުނެލިއެވެ.

“ބުނީމެއްނު ރީތި އެއްޗެއްސަށް ކޮންމެ މީހަކުވެސް…. ބަލާނޭ…” އާރިކް ބުނެލިއެވެ. އަރޫޝާ ތުންއަނބުރާލިއެވެ. އާރިކް އަންހެންކުއްޖަކު ރީތި ވާހަކަ އެ ދައްކަނީ އަލަކަށް ނޫން ވިއްޔާއެވެ.

“ދޮންބެ އަސްލުވެސް ތި ޕްލޭބޮއި އުސޫލު ދޫކޮށްލަންވީ އިނގޭ… މިހާރު ނޭނގެ ދޮންބެ ޑޭޓްކުރި އަންހެންކުދިންގެ އަދަދު ސަތޭކައަށް ނާރާނެކަމެއް..” އަރޫޝާ ބުނެލިއެވެ. އާރިކްއަށް ވިސްނޭނެ ނަމައެވެ. އަންހެންކުދިންގެ އިހުސާސްތަކާ އެހާ ފަސޭހައިން ކުޅެލައި އެކުދިންގެ ހިތްހަލާކުކޮށްލުމަކީ ކިހާ ބޮޑު ކަމެއްކަން އާރިކްއަށް ވިސްނައިދޭން އޭނާ ބޭނުމެވެ.

“އުހުން.. އެއަށް ވުރެ ގިނަވާނެ…” އާރިކް އެހެން ބުނެލުމުން ޖޫސްތަށި ބޮއިބޮއި އިން އަރޫޝާ ކޮށިއެރިއެވެ. ދެލޯ ބޮޑުކުރަމުން އޭނާ އާރިކްއަށް ބަލާލިއެވެ. އެއާއެކު އާރިކް ފާޑަކަށް ހީލިއެވެ.

** ** **

ފަތިހުގެ ހިތްގައިމު ވަގުތު އަޝްފާން ގެއިން ބޭރަށް ނިކުމެލިއެވެ. ހުކުރު ދުވަސްކަމުން ސްކޫލަށް ދާކަށް ވެސް ނުޖެހެއެވެ. މޯޅިއަކަށް ދެމިލަމުން އޭނާ މަގުގެ ދެކޮޅު ހޯދާ ބަލާލިއެވެ. އޭރު ދެތިން މީހަކު މަގުމަތި ކުނިކެހުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. ހާ ފުރެމުން ކަހަލަ ގޮތަކަށް އަޝްފާން ވަކި މަންޒިލެއް ނެތި ހިނގަމުން ދިޔައެވެ. އޭނާ ގޯޅިއަކުން އެޅި ވަގުތަކީ އަނެއް ގޯޅިން ބައިސްކަލެއް ނިކުތް ވަގުތެވެ. ބައިސްކަލު ދުއްވަން އިންމީހާ ބުރެކި ޖެއްސި ނަމަވެސް ބައިސްކަލުން އަޝްފާންގެ ގައިގައި ޖެހުނެވެ. އެއާއެކު އަޝްފާންއާ ބައިސްކަލާ އެކުގައި ބިންމައްޗަށް ވެއްޓިގެން ދިޔައެވެ.

“ބަލައިގެން އުޅެބަލަ!” އަޝްފާން ރުޅިވެރިކަމާއެކު އެހެން ބުނެލަމުން އިސްއުފުލާ ބަލާލިއެވެ. އެއާއެކު އޭނާއަށް ފެނުނީ ބައިސްކަލާއެކު ވެއްޓިފައި އޮތް އާސިމެވެ. އޭނާ އޮތް ގޮތް ފެނި އަޝްފާން ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.

އަޝްފާން ތެދުވެ ގައިގައިވާ ވެލިތައް ފޮޅާލިއެވެ. ނަސީބަކުން އޭނާއަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ. ވެއްޓިފައި އޮތް އާސިމްގެ ބައިސްކަލް ނެގުމަށް އޭނާ އެހީތެރިވިއެވެ. އާސިމްވެސް ތެދުވެ ސޯޓު ފޮޅާލިއެވެ.

“ބުރޯ ކިރިޔާއެއްނު އަހަރެން މަރާނުލީ! ބުރޯ އަހަރެން މަރާލަން ދޯ ތިއުޅެނީ؟” އާސިމް އަތަށް ބައިސްކަލު ދެމުން އަޝްފާން ބުނެލިއެވެ. އާސިމް އިސްޖަހާލަމުން ސޮރީއޭ ބުނެލިއެވެ. އަޝްފާން ހީލަމުން އެނބުރި ދާން ހިނގައިގަތް ތަނާ އާސިމް އަޝްފާންގެ އަތުގެ މުލައްދަނޑީގައި ހިފައިގަތެވެ.

“ހިނގާބަލަ މަށާ އެކު..” އާސިމް ސީރިއަސްކަމާއެކު ބުނެލިއެވެ. އަޝްފާން ނިތްކުރިއަށް ދެތިން ރޫ އަރުވާލިއެވެ. ނަމަވެސް އާސިމް ދެވަނަ ފަހަރަށް ވެސް އެދުމުން އޭނާ އާސިމްގެ ބައިސްކަލުގެ ފަހަތު ސީޓަށް އެރިއެވެ.

ބައިސްކަލު ދުއްވަމުން ދިޔައިރު ފަތިހުގެ ހިތްގައިމު ރޯޅިތައް އައިސް ދެމީހުންގެ އިސްތަށިގަނޑާ ކުޅެމުންދިޔައެވެ. އާސިމް ބައިސްކަލު ހުއްޓާލީ ޔުމްނާމެން ގެ ފެންނަ ހިސާބުގައެވެ. އަޝްފާނަކަށް އޭރު އެއީ ޔުމްނާގެ ގެކަމެއް ނޭނގެއެވެ. އޭނާ އާސިމްގެ ގައިގައި ވިކައިގަނެފައި އެއީ ކޮން ގެއެއްހޭ އަހާލިއެވެ.

“އެއީ ޔުމްނާމެން ގެ.. ބަލާބަލަ.. އެހާ އަވަހަށް ރާމިޒު އެގެއާ ޖެހިގެން ފިހާރައެއް ހަދަން ފަށައިފި.. މަ އަޑުއެހިން ގެ ވެސް ދެބުރިއަށް ނަގާށޯ އުޅެނީ..” އާސިމް އަޝްފާންއަށް ކިޔައިދިނެވެ. އެއާއެކު އަޝްފާންގެ މޫނުމަތީގައިވާ ހިނިތުންވުން އެއްކޮށް ފޭދިގެން ދިޔައެވެ. ޔުމްނާމެން ގެއާ ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެ މޫނުމަތިން ފެންނަނީ ރިހުމެވެ.

ރާމިޒުގެ ގެއާ އިންވެގެން ފިހާރައެއް ހެދުމުގެ މަސައްކަތުގައި ހައެއްކަ ބިދޭސީ މީހުން އުޅުނެވެ. ބަލާލާފަވެސް ހަދަން އެއުޅެނީ ފެންވަރު ރަނގަޅު ތަނެއްކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އަޝްފާން ދެއަތް މުއްކަވާލިއެވެ. އަމިއްލަ ދަރި ވިއްކާލާފައި ލިބުނު ފައިސާގެ އެހީގައި ފިހާރައެއް ހަދާނީ ކޮން ބަފައެއް ހެއްޔެވެ؟ ރާމިޒަކީ ވަލުޖަނަވާރަކަށްވުރެ ވެސް ނުބައި އިންސާނެކެވެ.

“އަހަރެން މަރާލަނަން ރާމިޒު!” ކުއްލިއަކަށް އަޝްފާން ބާރަކަށް އެހެން ބުނެލުމުން އާސިމް ދިޔައީ ސިހިގެންނެވެ. އޭރު އަޝްފާން ދުރު ފިޔަވަޅުތަކެއް އަޅަމުން ރާމިޒުގެ ގެއާ ދިމާއަށް ދަނީއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ކުރިންދުވަހަކުވެސް ފެނިފައި ނުވާ ފަދަ ރުޅިވެރިކަމެކެވެ. އޭނާގެ ދެއަތް މުއްކަވައި ބާރުކޮށްލާފައިވިއެވެ. އާސިމް ދުވެފައި ގޮސް އަޝްފާންގެ ބުރަކަށީގައި ބައްދައި، އަޝްފާން ހުއްޓުވޭތޯ އުޅުނެވެ. ނަމަވެސް ލުއި ފަތެއްހެން އާސިމް ފޮޅުވާލުމަށްފަހު އޭނާ ކުރިއަށް ދިޔައީއެވެ. މި ވަގަތު އޭނާއަށް ލިބިފައި ވަނީ އާދަޔާ ޚިލާފު ބާރެއްހެން ހީވެއެވެ.

“އާސިމް.. މަ ހުއްޓުވަން ނޫޅޭ! އެ ނުލަފާ ޖަނަވާރު މަރާލާފަ މަ ހުއްޓާނީ!” އަޝްފާން އާސިމްއާ ދިމާއަށް އެހެން ބުނަމުން ކުރިއަށް ދިޔައެވެ. އާސިމްވެސް އަޝްފާންގެ ފަހަތުން ދިޔައެވެ. އަޝްފާން ކުރަން ނުވާވަރުގެ ކަމެއް ކޮށްފާނެތީ އާސިމްގެ ހިތުގައި ބިރުވެރިކަން އުފެދިފައި ވިއެވެ.

އަޝްފާން އެ ގޭގެ ކުރިމައްޗަށް އެރި ވަގުތަކީ ރާމިޒު ގޭގެ ބޭރު ދޮރު ހުޅުވާލި ވަގުތެވެ. ސިނގިރޭޓެއް ތުނބަށް ޖަހައިގެން ހުރެ ރާމިޒު އަޝްފާންއަށް ބަލާލިއެވެ.

“ކީއްކުރާ ކުއްޖެއް؟” ރާމިޒު މަޑުމައިތިރިކަމާއެކު އަހާލިއެވެ. އެއާއެކު އަޝްފާންގެ ރުޅި ވީ ހައްތަހާ ގަދައެވެ. ނަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން އޭނާ މަސައްކަތް ކުރިއެވެ.

“ކަލޭ ތި ހުރީ ދެ މީހުން މަރާފަ! އަމިއްލަ އަންހެން ދަރީގެ ގަޔަށް އަރާފަ! އެވަރުން ނުވެގެން އަމިއްލަ ދަރި ފައިސާއަށްޓަކާ ވިއްކާލާފަ!” ރާމިޒުއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކުރަމުން އަޝްފާން ބުނެލީ ރުޅިވެރި ގޮތަކަށެވެ. އެވަގުތު ރާމިޒުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

“ކާކު ތީ؟ ޔުމްނާގެ ލޯބިވެރިޔާތަ ކަލޭތީ؟” ރާމިޒު އަޝްފާންގެ ގާތަށް ޖެހިލަމުން އަހާލީ ނުރައްކާތެރި ގޮތަކަށެވެ. އެވަގުތު އާސިމް ބިރުން ކަހަލަ ގޮތަކަށް އަޝްފާންގެ ޓީޝާޓުގައި ހިފައި ފަހަތަށް ދަމަން ފެށިއެވެ.

“އަޝްފާން އޭ.. ހިނގާ ދާން…” އާސިމް މަޑުމަޑުން ބުނެލިއެވެ. ނަމަވެސް އަޝްފާން އައިސްފައިވާ ރުޅިއާއެކު އާސިމްގެ ކޮނޑުގައި ހިފައި ދުރަށް ކޮއްޕާލިއެވެ.

“އާނ… މަށަކީ ޔުމްނާގެ ލޯބިވެރިޔާ! ހަނދާންކުރާތި! އަހަރެން ޔުމްނާ ހުރިހާ ކަމަކުން ސަލާމަތް ކުރާނަން.. އަދި ކަލެއަށް ހައްގު އަދަބު ލިބޭގޮތް ހަދާނަން..” އަޝްފާން ރާމިޒުއާ ދިމާއަށް އެހެން ބުނުމުން ރާމިޒު ފެށީ ހޭށެވެ.

“ހަހަހަ.. ކުޑަ ކުޑަ ސްކޫލުގައި އުޅޭ ގޮލައެކޭ ދޯ.. މާ ފުއްޕަން ނޫޅެ ރައްކާވޭ އިނގޭ މިތަނުން!” ރާމިޒު އެ ޖުމްލަ ފެށީ ހެމުން ނަމަވެސް އެންމެ ފަހު ތަންކޮޅު ބުނެލިއިރު އޭނާގެ ދެލޯ އަނގުރުގަނޑެއްހާ ރަތެވެ.

“ކަލޭ ތީ ނުލަފާ ރަހުމްކުޑަ..ނުބައި ޖައްބާރު…!” އަޝްފާން ރާމިޒުއާ ދިމާއަށް ފުންމައިގަތް ނަމަވެސް އޭނާގެ ހަށިގަނޑުގައި ކޮންމެވެސް މީހަކު ހިފަހައްޓައި އޭނާ މަތަކުރިއެވެ. އެއީ އެމަގުން ހިނގާފައި ދިޔަ މެދު ޢުމުރުގެ ފިރިހެނެކެވެ. އެމީހާއާ އާސިމްއާ ވެގެން އަޝްފާން އެތަނުން ދުރަށް ގެންދިޔައެވެ.

“ރާމިޒުގެ ކަންތަކާ ނުބެހުން އެންމެ ބުއްދިވެރިވާނީ.. އެހެން ނޫނީ ކޮއްކޮއަށް ގެއްލުމެއް ލިބިދާނެ..” މެދު އުމުރުގެ މީހާ އެހެން ބުނުމަށްފަހު އެތަނުން ދިޔައެވެ. އޭރު އަޝްފާން ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. އޭނާ ފުންނޭވާތަކެއް ބޭރުކުރަމުން ދިޔައިރު ދެއަތުން ބޮލުގައި ހިފަހައްޓައިގެން ހުރެ މަގުމަތީގައި ހުރި ޖޯލިފައްޗެއްގައި އިށީނެވެ. ދެންމެ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އޭނާއަށް ވިސްނުނެވެ. ރުޅި ގަދަ ވީވަރުން އޭނާއަށް ކޮންޓްރޯލް ނުކުރެވުނީއެވެ. އެވަގުތު މަގުމަތިން ހިނގާފައި ދިޔަ މީހުންވެސް އޭނާއާ ދޭތެރޭ ދެން ދެކޭނީ ކިހިނެއް ހެއްޔެވެ؟

“ހޭ.. ޔުމްނާގެ ޚަބަރެއް ބަލަން ބޭނުންތަ؟” އާސިމް އޭނާގެ ފޯނަށް ބަލަން ހުރެ އެހެން ބުނެލުމާއެކު އަޝްފާން އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އެއާއެކު އާސިމް އޭނާގެ ފޯނު އަޝްފާންއަށް ދިއްކޮށްލިއެވެ.

“މިލިއަނަރ ފަރީދުގެ ދެވަނަ އަނބީގެ ރީތިކަމަށް އެތައް ބައެއްގެ ތަޢުރީފު.” އަވަސް ނޫހުގެ ޚަބަރުގެ ސުރުޚީ ކިޔާލި ވަގުތު އަޝްފާންގެ ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ވޭނެވެ. ޚަބަރުގެ ކަވާރ ފޮޓޯގައި ޕާޓީގެ ތެރޭގައި ފަރީދުއާއި ޔުމްނާ އެކީގައި ވާތަން ފެނުމުން އަޝްފާންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ދުވަސްތަކަކަށްފަހު ޔުމްނާގެ މައުސޫމް މޫނު ފެނުމުން އެ ހިތަށް ކޮށްފައި ވަނީ ވަރަށް ވެސް ފުން އަސަރެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ތިޔަ ދިން އުފާ 12

Next

ފަހިޕޭ – ރިލޯޑް އަދި ރާސްޓަސް ކޮށްލަން މިވަރެއްނެތް!

Next
September 11, 2017

ފަހިޕޭ – ރިލޯޑް އަދި ރާސްޓަސް ކޮށްލަން މިވަރެއްނެތް!

Previews
September 10, 2017

ތިޔަ ދިން އުފާ 12

18 Comments!

  1. Xxxx says:
    September 11, 2017 at 9:31 am

    V.nice ….i like this story ?????? waiting

  2. zaisha says:
    September 11, 2017 at 9:34 am

    Woah??whn nxt part..story hama v reethi..gud job????waiting for the nxt part??

  3. Liaa says:
    September 11, 2017 at 9:37 am

    Hii guys.. Hope u liked this part too.. 🙂
    Loves <3
    Next part THURSDAY ga

  4. someone says:
    September 11, 2017 at 9:44 am

    me first… varah reethi.. waiting for next part

  5. Navya says:
    September 11, 2017 at 10:26 am

    Wow❤ waiting…

  6. Zuam says:
    September 11, 2017 at 10:42 am

    Varah reethi….❤❤❤

  7. Naxy says:
    September 11, 2017 at 12:28 pm

    Salhi… ekam maa kury

  8. mal-mal says:
    September 11, 2017 at 12:47 pm

    mi part ves varah reethi, MashaAllah. ???
    waiting for the next part!! ???

  9. saanto says:
    September 11, 2017 at 1:36 pm

    varah reethii mi part ves…

  10. Anonymous says:
    September 11, 2017 at 2:00 pm

    nice 🙂

  11. Kia says:
    September 11, 2017 at 3:43 pm

    Haadha lahakun☹ avaxx kohlaba..waitinh??

  12. Hafeez says:
    September 11, 2017 at 3:51 pm

    Varah Reethi Mi Part Vess. Anehkaa Raamiz Ashfaan Maraalaaneekee Noonbaa. Waiting For Thursday

  13. Zeesha says:
    September 11, 2017 at 4:25 pm

    Story v obi.. ??
    Btw thakolheh Dhogu kohlacheyyy…. And I ah heevaneee aasim e ulheny ashfaan ah kehsseh dheysheyy.. ?

  14. azeen says:
    September 11, 2017 at 5:00 pm

    v reeethi ekam thankolheh kuru

  15. Nadheema says:
    September 11, 2017 at 6:33 pm

    Maashaa Allah
    Nalaness to the max ??????????????❣

  16. ®@@ñ! says:
    September 12, 2017 at 1:24 pm

    Mashallah v reethi ???next part avas kolladhehchey LIAA

  17. Hill says:
    September 13, 2017 at 10:12 am

    vara lass vahaka upload kuraagoi, next part kiyaa hithun kei madhuvefa mihunnanee :'(

  18. Anonymous says:
    September 13, 2017 at 6:16 pm

    salhi

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (10)←


All Right Reserved!