Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަވްލީން (8 ވަނަ ބައި)

iff Level 210 Stories100 Comments
September 11, 2017 5 Mins Read
27 Comments

“މަހުދީ ތި ކޮންކަމެއް” އެވަގުތު ކައިގެން ނިކުތް ސަބީނާއަށް މަހުދީ ފެނުމުން އަހާލިއެވެ. “މިއުޅެނީ ކޮޓަރީގަ އިން ބިއްލޫރި އެއްޗެއް ވެއްޓި ތެޅިގެން. އެތަން ސާފުކޮށްލަން ބުނަންވެގެން އަވީއަށް މި ގޮވަނީ… އަވީ ގޭގަ ނޫޅެނީތަ މަންމާ.؟” މަހުދީ ވަގުތުން ވާހަކައެއް ހަދާލިއެވެ. “އަވްލީން ތި އެއްޗެހި ބަހައްޓާފަ އެހަށް ދޭބަލަ އެ ބިއްލޫރިތައް ނަގަން..” ސަބީނާ އެނބުރި ކާގެއަށް ބޯދިއްކޮށްލާފަ އެތާނގަ ތަށިތައް ދޮންނަން ހުރި އަވްލީން ކައިރީގަ ބުންޏެވެ. މަހުދީ ކޮޓަރިއަށް ގޮސް ބެލީ އަވްލީން އެ ކޮޓަރިއަށް އައުމުގެ ކުރިން ތަޅާލާނެ ބިއްލޫރި އެއްޗެއް ފެނޭތޯއެވެ. އޭނަ ދޮގުހެދިކަން އަވްލީންއަށް އެނގިއްޖެއްޔާ އަވްލީން ހިތަށް އަރާނީ ކީކޭ ކަމެއްވެސް ނޭނގެއެވެ. މަހުދީ ބަލާކަށްނުހުރެ ޓީވީ ރެކް ކައިރީ ބައިންދާފަ އިން ކުޑަކުޑަ ބިއްލޫރި ބޯޓެއް ނަގާ ވައްޓާލިއެވެ. އެއީ މަހުދީ މާލޭގައި ކިޔަވަން ހުރިއިރު ރައްޓެހިވި ކުއްޖެއް އުފަންދުވަހުގެ ހަދިޔާއަކަށް ދިން ގިފްޓެކެވެ.

އަވްލީން ފިހިގަނޑު ހިފައިގެން އައިސް އެ ކޮޓަރިއަށް ވަންއިރު މަހުދީ އިނީ އެނދުމަތީގައި އިށީނދެލައިގެންނެވެ. އަވްލީން މަޑުމަޑުންގޮސް އެ ބިއްލޫރިތައް ކަހާ އެއްތާކަށް އެއްކުރަން ފެށިއެވެ. “ސޮރީ އަވީ… އަވީ ބަލިކޮށް އުޅޭއިރުވެސް މަސައްކަތް ޖެއްސޭތީ.. މިހާރު އުނަގަނޑުގެ ތަދު ކިހިނެތްތަ؟” ކުޑައިރުކޮޅެއްގެ ހިމޭންކަމަކަށްފަހު މަހުދީ ވާހަކަ ދައްކަން ފެށިއެވެ. “މިހާރު ރަނގަޅު. ގުދުވާއިރު އަދިވެސް ކުޑަކޮށް ތަދުވޭ..” އަވްލީން ބުންޏެވެ. އަވްލީން މަހުދީ ކުރި ސުވާލަށް ޖަވާބު ދިނުމުން މަހުދީއަށް އިތުރަށް ވާހަކަ ދެއްކުމަށް ހިތްވަރުލިބުނެވެ. “އަވީ… މިއަދު އެއީ ކޮންބައެއް ކުރި ކަމެއް.. ލަޔާންއަށް އެއީ ކޮންބައެއްކަން ނޭނގުނަސް އަވީއަށް އިނގެއެއްނު. ބުނެބަލަ އެއީ ކޮންބައެއް..” މަހުދީ އެހެން އެހުމުން އަވްލީންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ދެން އެތަނަށް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ. އެ ހަމަހިމޭންކަމުން މަހުދީއަށް އުނދަގޫވިއެވެ. އެހެންކަމުން މައުލޫ ބަދަލުކޮށްލުމުގެ ގޮތުން މިރޭ ސްކޫލަށްދާން ނުޖެހޭ ރެއެއް ހެއްޔޭ މަހުދީ އަހާލިއެވެ. “މިރޭ ކޮމާރސް އެން އިކޮނޮމިކްސް އިންނަނީ. އެ ދެ މާއްދާ ކިޔަވަދޭ ސަރ ބަލީވީމަ ކުލާސް ކެންސަލްވީ..” އަވްލީން އެހެން ބުނުމުން މަހުދީ ކުރިން ކުރި ސުވާލަށް އަވްލީން ޖަވާބުދޭން ބޭނުންނުވާކަން އިނގުނެވެ. އެހެންކަމުން ލަޔާން އާއި ދެމީހުންގެ އޮތް ގުޅުމަކާ ބެހޭގޮތުން ސުވާލު ކުރަން މަހުދީ ފަސްޖެހުނެވެ.

ޖެހިގެން އައި ދުވަހު ސްކޫލަށްދިޔަ އަވްލީންގެ ހިތް ނެގިނެގިފައި ޖެހެއެވެ. މޯޑްމެންގެ ރޭވުން ނާކާމިޔާބުވުމުން ދެން ކަންތައް ކުރާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ސްކޫލް ހޯލަށް ވަދެގެން ދިޔައިރުވެސް އަވްލީންއަށް ވަށައިގެން ބެލެނީ ބިރުންހުރެއެވެ. ކުލާހަށް ވަނުމުގެ ކުރިން ނާޝްއާއި ދިމާވުމުން އަވްލީންއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ދެމީހުން އެކުގައި ގޮސް ކުލާހަށް ވަދެ އިށީނދެފައި ބަލައިލިއިރު ދެންތިބި ހުރިހާ ކުދިން އަވްލީންމެނާއި ދިމާލަށް ބަލާފައި އެކެއް އަނެކެއްގެ ކަންފަތްދޮށުގައި ސިއްރު ސިއްރުން އެ ކިޔާ އެއްޗެއް ކިޔަމުންދެއެވެ. ބައެއް ކުދިން އެމީހުނަށް ބަލާފައި ވަރަށް ހިނިއައިސްފަ ތިއްބެވެ. ފުރަތަމަ އިނީ އެކައުންޓް ގަޑިކަމުން ނަވާޒް އައިސް ކުލާސް ނަގައިދޭންފެށިއެވެ. ނަވާޒް ފިލާވަޅު ކިޔައިދެމުން ދިޔައިރުވެސް ކުދިން ސިއްރުން ވާހަކަ ދައްކާވަރުން ނަވާޒް ކިޔަަވައިނުދީ ހުއްޓާލިއެވެ. އަދި ހުރިހާ ކުދިން ސިއްރުން ތި ކިޔަނީ ކީކޭތޯ އަހާލިއެވެ. ” ސަރ.. އަޅުގަނޑުމެން ކައިރީގަ މިއަދު ކުއްޖެއް ބުނީ މީނދަ އަވްލީން އިއްޔެ އަހަންމަދުބެ ފިހާރަ ކައިރީ އެ އިންނަ ފަޅުގޯއްޗަށް ވަދެ ފިރިހެނަކާ އެކު ގަނޑެއް ގަނެލީޔޯ.. އެއީ އޭނަ ވަރަށް ގިނަ ފިރިހެނުންނާއެކު އުޅޭގޮތެކޯ.. އެހެން މަޑުން އިނދެލާފަ ކުރާ މޮޅެތި ކަންތައް އެ ހުންނަނީ.. އެހެންވެ ހުރިހާ ކުދިންވެސް އެ ވާހަކަ އެ ދައްކަނީ…” ތަންކޮޅެއް ފަހަތުއިން އިމްނާ ތެދުވެފައި އެހެން ބުނުމުން އަވްލީންއަށް ފަހަތަށް އެނބުރިގެން އިމްނާއާއި ދިމާލަށް ބަލަން އިނދެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަވްލީންއަށް ދެން ބަލައިލެވުނީ ކުލާހުގެ މެދެއްހާ ހިސާބުގައި އިށީނދެގެންތިބި މޯޑްމެނާ ދިމާލަށެވެ. އޭރު މޯޑް އާއި އަޒްހީން ކައިރިއަށް ތިބީ ނުލަފާ ހިންޏެއް އައިސްފައެވެ. ވަގުތުން އަވްލީންއަށް އެއީ އެމީހުން ދައްކައިގެން އުޅޭ ދޮގު ވާހަކައެއްކަން އިނގުނެވެ. އެމީހުންގެ މަގުސަދު ހާސިލުނުވުމުން މިހާރު އެ ދިމާކުރީ ދޮގު ވާހަކަތަކެއް ދައްކައިގެން އޭނާގެ އަގުވައްޓާލާށެވެ.

އިމްނާގެ ވާހަކަ އަޑުއިވިފައި ނަވާޒްއަށް ހުއްޓުންއެރީ އެއީ ދުވަހަކުވެސް އަވްލީންއާއި ބެހޭގޮތުން އެކަހަލަ ވާހަކައެއް އަޑު އިވިދާނެކަމަށްވެސް ހީވެފައި ނެތުމުންނެވެ. އަވްލީންގެ މަޑުމައިތިރިކަމާ، ކިޔަމަންތެރިކަން  އެއީ އެންމެނަށްވެސް އިނގޭކަމެކެވެ. “އިމްނާއަށް ފެނުނުތަ އަވްލީން އެހެން އުޅެނިކޮށް؟” ނަވާޒް އިމްނާ އާ ސުވާލުކޮށްލުމުން އިމްނާ ބޯ ހޫރާލިއެވެ. “އެއްވެސް ކުއްޖަކު އަނެއް ކުއްޖެކޭ ކިޔާފަ އެއްޗެއް ކިޔާއިރު ކިޔަންވާނީ އެ ކިޔެނީ ކިހާވަރެއްގެ އެއްޗެއްކަން ވިސްނާފަ. އަދި ތާކުން މީހަކު އެއްޗެއް ކިޔާ އަޑު އިވޭއިރަށް އެކަމުގެ ތެދު ދޮގު ނުބަލާ އެ ވާހަކަތައް ފެތުރުމަކީ ރަނގަޅުކަމެއް ނޫން. މީގެ ފަހުން ކުލާސްތެރޭގައި ތި ކަހަލަ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ……” ނަވާޒް ވަރަށް ހިތްހަމަނުޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ. ނަވާޒް އެހާ ހިތްހަމަނުޖެހި ހުރެ ވާހަކަދެއްކުމުން އިމްނާހުރީ ނަވާޒްދެކެވެސް ފޫހިވެފައެވެ.

ނަވާޒް އެ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް އަވްލީން އިނީ އިސްދަށަށްޖަހައިގެން ޑެސްކަށް ބަލާށެވެ. އަވްލީންއަށް އެމީހުނަށް ކުރެވުނު އުނދަގުލަކީ ކޮބާބާއޭ އަވްލީން ހިތަށް އަަރައެވެ. އަބަދު އެގޮތަށް ޖެއްސުންކޮށް އަގު ވައްޓާލުމުން އެމީހުންނަށް އެކަމުން ވަނީ ކޮން ފައިދާއެއްތޯ އަހާލަން އަވްލީން ބޭނުންވެއެެވެ. ނަމަވެސް މި ވީހާތަނަށް އެމީހުން ކުރާ އެއްެވެސް ކަމެއްގެ ރައްދުގައި އަވްލީންއަށް އެއްޗެއް ބުނަންކެރިފައެއްނެތެވެ. އެ ދުވަހުގެ ބާކީއޮތްބައި ވޭތުވެގެން ދިޔައީ ކުދިންގެ ބަހުގެ ހަމަލާތައް އަވްލީންއަށް ރައްދުވުމުގައެވެ. ސްކޫލުން ނިމިގެން ގެއަށްގޮސް ޔުނީފޯމް ބަދަލުކުރުމެއްވެސްނެތި އަވްލީން ކޮޓަރީގައި ފޮތް ބަހައްޓާ މޭޒު ކައިރީ އިށީނީ އެ ހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމުދޫކޮށް ފައިބަންފެށުމުންނެވެ. ގިސްލަ ގިސްލާފައި ރޮމުންދިޔަ އަވްލީން މިއަދު އެހެން މީހަކަށް ރޯ އަޑު އިވިދާނެތީ ޖެހިލުމެއްނުވިއެވެ. ހިތްފުރޭވަަރަށް ރޯލުމަށްފަހު އަވްލީން ތެދުވެ ހެދުމެއް ހިފައިގެން ފާހާނާއަށް ވަނެވެ. އަދި ވުޟޫކޮށްލައިގެން ނިކުމެ ނަމާދުކޮށްގެން ﷲއަށް ދުޢާ ދެންނެވުމުގައި އެތައް އިރަކު އިނެވެ. އަވްލީންއަށް އަބަދުވެސް ނަމާދުކޮށް ދުޢާކުރުމުން ހިތްހަމަޖެހުންލިބެއެވެ.

ޖެހިގެން އައި ދުވަހު ލަޔާން ޑިއުޓީ ނިންމާލާފައި ގެއަށް ދިޔަ މަގުމަތީގައި ފިހާރައެއްގެ އަށިމަތީގައި ވިޝިކާ ދެތިން ކުއްޖަކާއެކު އިންދާ ފެނުނެވެ. އެތާނގައި އަންހެން ފިރިހެން ދެ ޖިންސުން ކުދިންތިބިއިރު ލަޔާންގެ ލޮލުގައި އަޅައިގަތީ ސިގިރެޓެއް ތުބުގައި ޖަހާލައިގެން އިން މޯޑްއާއި ވިޝިކާގެ އަތުގައި ހިފައިގެން އިން އަޒްހީންއެވެ. ލަޔާންއަށް އެ ހިސާބަށް ދެވުމުގެ ކުރިން އަޒްހީންއަށް ލަޔާން ފެނުމާއެކު މޯޑްއަށް ދައްކާލިއެވެ. ލަޔާން ޕޮލިސް ޔުނީފޯމްގައި ހުރުމުން މޯޑްމެން ޖެހިލުންވީ ކަންނޭގެއެވެ. ދެމީހުން އަވަހަށް ފިހާރަތެރެއަށް ދެމިގެންފިއެވެ. ކުއްލިއަކަށް އެ ދެމީހުން ފިހާރައަށް ވަނުމުން ދެންތިބި މީހުން ތިބީ ވީނުވީއެއް ނޭނގި ލަޔާން އާއި ދިމާލަށް ބަލާށެވެ. ލަޔާން އެ ހިސާބާ އަރާހަަމަވެފައި ވިޝިކާއަށް ބަލާލުމުން ވިޝިކާ އަވަހަށް އެހެން ދިމާލަކަށް މޫނު އަނބުރާލިއެވެ.

“އަވީ ހާދަ މީރުވަސްދުވައޭ އެބަ… ކޮންއެއްޗެއްތަ ތި ހަދަނީ؟” ލަޔާން ކާގެއަށް ބޯ ދިއްކޮލަމުން އެހެން ބުނިއިރު އަވްލީން ހުރީ ސަބީނާގެ ތިމާގެ މީހަކު ދިން ބަނބުކެޔޮކޮޅެއް ތެލުލާށެވެ. ލަޔާން އާއި ދިމާލަށް ބަލާލާފައި އަވްލީން ހީލުމުން ލަޔާން އެތެރެއަށްވަދެ ގޮނޑިއެއްގައި ޖައްސާލިއެވެ. އަދި ތެލުލާ ނަގާފަ ހުރި ކެޔޮތަށިން ކެޔޮކޮޅެއް  އަތަށް ނަގައިގެން ފަހަރަކު ފޮއްޗެއްކަމުން ވާހަކަ ދެއްކިއެވެ. “އަވީ އަދިވެސް ހާދަ ބީރައްޓެހިކޮށޭ ތި ހުންނަނީ. މިހާރު އަހަރެން އައިތާ ޓޫ ވީކްސްވަނީ.. އެކަމް އަވީ އަދިވެސް އަހަންނާ ވާހަކަނުދައްކާ.. އެ ކީއްވެ؟” މިފަހަރުވެސް އަވްލީންއަށް ލަޔާންއާއި ދިމާލަށް ބަލާލުންފިޔަވާ އިތުރުކަމެއްނުކުރެވުނެވެ. “އޯކޭ ވާހަކަ ނުދައްކަންޔާ އަތުން އިޝާރާތްކުރަން އިނގޭނެތަ؟ ލައިކް ދިސް…” ލަޔާން ވާހަކަ ދައްކަ ދައްކާހުރެފައި ކުއްލިއަކަށް ތެދުވެ އަތުން އޝާރާތެއްކޮށްލުމުން އަވްލީންއަށް ހީގަނެވުނެވެ.

ފެންފޮދެއް ބޯލަންވެގެން އައިސް ކާގެއަށްވަން މަހުދީއަށް އަވްލީން ހޭތަން ފެނުމުން ހައިރާންެވެގެން ބަލަހައްޓައިގެން ހުރެވުނެވެ. ނަމަވެސް އަވްލީންއަށް މަހުދީ ފެންނައިރަށް ހުނުން މައިތިރިކޮށްފަ އަނެއް ފަރާތަށް އެނބުރި ތެޔޮ ތާހަށް ދޭފަތްލާ ހަލާލިއެވެ. “އޭ ބްރޯ ހިނގާބަ މާދަން މަސް ޓްރިޕެއްދާން. މާދަން މަގޭ އޮފް. ކަމެއްނެތި ގޭގަ އޮންނަންޖެހިއްޖެއްޔާ މަ ފޫހިވެގެން ހަލާކުވެދާނެ… އަހަރުންތާ އެ އުޅޭ ޒެެފް ބުނީ އޭނަ ޑިންގީ ހޯދަފާނަމޯ… ދެން ހުރި އެއްޗެހި އަހަރުންނަށް…” ލަޔާން އެހެންބުނުމުން މަހުދީ ލަޔާންއަށް ބަލާލާފައި ކޮންބައެއްތޯދަނީ އަހާލިއެވެ. ދެމީހުން މަހަށް ދިއުމުގެ ވާހަކަދައްކަމުން ކާގެއިން ނިކުމެގެން ދިއުމުން އަވްލީން ފުން ނޭވާއެއްދޫކޮށްލިއެވެ. ކެޔޮތައް ތެލުލާ ނިމިގެން ދަޅުތަކަށް ކެޔޮ އަޅަން އިން އަވްލީން ބަލާލީ ކާގޭ ދޮރުން އެތެރެއަށް ވަދެގެން އައި ވިޝާކާ އަތުގައި ފޮތެއް އޮތުމުންނެވެ. ވިޝާކާ އޭނަ ކައިރިއަށް ގޮސް ހުއްޓުމުން އަވްލީން ހީލިއެވެ. ވިޝާކާވެސް އަވްލީންއަށް ހީލަންބޭނުންވިއެވެ. ނަމަވެސް އޭނަގެ ގޮތުގަ ހިފަހައްޓާލަމުން ރުންކުރުގޮތަކަށް ނޭނގިގެން އައިތަން އެހިއެވެ. އަވްލީން ވިޝާކާ ދައްކާލިތަން ބަލާލުމަށްފަހު އެތަން ހަދާނެގޮތް ކިޔާދިނެވެ. އަވްލީން އެންމެ ފަހަރަކު ކިޔައިދޭއިރަށް ވިޝާކާއަށް ނަގައިގަނެއްވިއްޖެއެވެ. ވިޝާކާ އަވްލީންއަށް ބަލާލާފައި ޝުކުރު އަދާކުރަންބޭނުންވިއެވެ. އަވްލީންކޮށްދޭ ކަންތައްތަކަށް ވިޝާކާ އަބަދުވެސް ހިތުގެ އަޑިން ޝުކުރު އަދާކުރެއެވެ. އަވްލީންއަށްޓަކައި ހިތުގައި ހަމްދަރުދީއާއި ކުލުނުވެއެވެ. ނަމަވެސް ބޭރުމައްޗަށް އެއިންކަމެއް ވިޝާކާ ނުދައްކައެވެ. އޭގެ ބަދަލުގައި އޭނާ ބަލަނީ އޭގެ އިދިކޮޅަށް އަމަލުކޮށްގެން އެކަންކަން ސިއްރުކުރާށެެވެ.

” އަދި ނޭނގޭތަނެއް އިނީތަ؟” ވިޝާކާ ފޮތް ހިފައިގެން ތެދުވެފައިވެސް އަވްލީންއަށް ބަަލަން ހުރުމުން އަވްލީން ހީކުރީ އަދި ނޭނގޭތަނެއް އިނީކަމަށެވެ. ” އުހުނ… މިއަދު ކުލާހު ތެރޭގައިއެކީ ތެދު އެއްޗެއްތަ؟” އަވްލީން އެހެން ނޫޅޭނެކަން އެނގިހުރެވެސް ވިޝާކާ އެހެން އެހީ އަވްލީން ބުނާ އެއްޗެއް ބަލާލުމަށެވެ. “ނޫން .. ވިޝާއަށް ހީވޭތަ އަހަރެން އެހެން އުޅޭނެހެން. އެއީ މޯޑް ކުރަންއުޅުނު ކަންތައް ނުވީމަ އެމީހުން ދޮގު ހަދައިގެން ދެއްކި ވާހަކައެއް…” އަވްލީން އެހެން ބުނުމުން ވިޝާކާ މޯޑް ކުރަން އުޅުނީ ކޮންކަމެއްތޯ އަހަލިިއެވެ. “ދެން އަޅާނުލާ…ވިޝާގެ ޔުނިފޯމް ޖީބުގައި އޮތް ޕެން ޑްރައިވްއެއް އޮންނާނެ އަހަރެން ކޮޓަރީ މޭޒުމަތީގަ.. ދޮންނަންވެގެން އުޅެނިކޮށް ފެނިގެން ނަގާ ބޭއްވިގޮތަށް ހަނދާންނެތުނީ ދޭން…” ވިޝާކާގެ އެ ސުވާލަށް އަވްލީން ޖަވާބުދޭން ބޭނުންނުވުމުން މައުޟޫ ބަދަލުކޮށްލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ވިޝިކާ ގެއަށް އަންނާނެއިރަކަށް ބަލަބަލާއިން ލަޔާން ކައިގެންވެސް މައްޗަށް ނާރާ ސޯފާގައި ޖައްސާލައިގެން އިނީ ފޫހިވެފައެވެ. ޓީވީގެ ޗެނަލްތައް ބަދަލުކުރަމުން ދަނިކޮށް މަހުދީ އައިސް ޖެހިގެން އިން ސޯފާގައި ޖައްސާލިއެވެ. ” ބްރޯ މާދަން މީ މިރަށުގަ ފެންކުޅި ކުޅޭ ދުވަހެކޯ.. ވާނެ ފެންޖަހަން ނިކުންނަން.” އަބަދުވެސް އެކަހަލަ ކަންކަމަށް ފޯރި ހުންނަ ލަޔާން ކައިރީ މަހުދީ އެހެން ބުނުމުން އައި ޖޯޝުގައި ހުރިހާ ދަތްތަކެއް ދައްކާލަމުން ޔަޤީނެއް ނޫންހޭ ބުނެލިއެވެ. “ކޮންކަމަކާ ގުޅިގެން މާދަން ފެންކުޅި އޮންނަނީ.. އާންމުކޮށް މީހުން ފެންކުޅެނީ އީދުގައެއްނު..” ލަޔާން އެހިއެވެ. ” އަހަންނަށްވެސް މާ ރަނގަޅަކަށް ނޭނގެ. މަންމަ ބުނީ އެއީ ތަންކޮޅެއް ކުރީން އިއްޒަތްތެރި ބޭފުޅުންކޮޅެއް ރަށަށް ވަޑައިގެންނެވި ދުވަހަކު ރަށުގެ ފުރާވަރުގެ ކުދިންކޮޅެއްގޮސް އެބޭފުޅުން ގަޔަށް ފެންޖެހީމަ އެ ބޭފުޅުންވެސް އެކުދިން ގަޔަށް ފެންޖެހުމުން އޭގެ ފަހުން ކޮންމެ އަހަރެއްގެވެސް އެ ދުވަހުގައި ކުރަމުން އަންނަ ކަމެކޯ….” މަހުދީއަށް އިނގޭވަރަކުން ކިޔައިދިނެވެ. ދެމީހުން ވާހަކައިގަ ތިއްބާ ވިޝިކާ ގެއަށް ވަދެގެން ސިޑިން އަރާތަން ފެނުމުން ލަޔާން އެބަ އަންނަމޭ ކިޔާފައި ތެދުވެގެން ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.

ވިޝިކާގެ ފަހަތުން ލަޔާން މައްޗަށް އަރާކަން އިނގުމުން ވިޝިކާ ހިނގުންބާރުކޮށްލިއެވެ. “އައްދޭ ކޮންތާކަށްދާން ގަޑިޖެހިގެންތަ ތިހާ ބާރަކަށް ތިދަނީ؟” ބާރުބާރަށް ހިނގާފައިދިޔަ ވިޝިކާ އާ އަރާހަމަކުރަމުން ލަޔާން ވާހަކަދެއްކިއެވެ. “ކަލެއަށް ކީއް މަ ބާރަށް ދިޔައްޔާ މަޑުން ދިޔައްޔާ.. ” ވިޝިކާ ލަޔާންއަށް ބަލާލަމުން ރައްދު ދިނެވެ. ވިޝިކާއާއި އެއް ހަމައެއްގައި ހިނގާފައި ދިޔަ ލަޔާން ކޮޓަރިއާ އަރާ ހަމަވުމާއެކު ވިޝިކާގެ އަތުގައި ހިފާ ލުއްކެއް ޖަހަމުން ކޮޓަރިތެރެއަށް ދެމިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

iff

Level 210 Stories100 Comments

Other Articles

Previous

ފަހިޕޭ – ރިލޯޑް އަދި ރާސްޓަސް ކޮށްލަން މިވަރެއްނެތް!

Next

އިމްތިޙާނު (ދެވަނަބައި)

Next
September 11, 2017

އިމްތިޙާނު (ދެވަނަބައި)

Previews
September 11, 2017

ފަހިޕޭ – ރިލޯޑް އަދި ރާސްޓަސް ކޮށްލަން މިވަރެއްނެތް!

27 Comments!

  1. Song joong ki.... KOREAN says:
    September 11, 2017 at 12:40 pm

    Yes me first??

    1. iff says:
      September 12, 2017 at 8:30 am

      Yes. U r dear.. ?
      Btw song joong ki i m the fan of urs ingay.. ??

    2. song joong ki..KOREAN says:
      September 13, 2017 at 4:53 am

      hehehe ehntha? mivy maa rangalhakannu dhw 😉 😀 and actually, i’m a big fan of urs.. iff ge story thah baraabarah kiyan comment eh nukohliyas.. but meege fahun comment vx kuraanan ingey insha allah, 🙂 😀 varahh reethi mi story dhaagoih. keep it up…

  2. Ainth says:
    September 11, 2017 at 1:10 pm

    Mi baives v v rythi…dhen khonirakun anehbai up kohdheyny

    1. iff says:
      September 12, 2017 at 8:34 am

      Thank yu ainth ?
      Wedn or thursdayga. Insha allah

  3. Roo says:
    September 11, 2017 at 1:24 pm

    Nice….??..

    1. iff says:
      September 12, 2017 at 8:35 am

      Thank yu roo ?

  4. saanto says:
    September 11, 2017 at 1:24 pm

    woww woww varah reethi…kiyaa hithun indha e nimunee maa avahah…aneh part thankolheh avahah up kohdhehchey if u can…

    1. iff says:
      September 12, 2017 at 8:38 am

      Thank yu saanto.. ?
      Iff ah vee enme avaheh kuraanan. Bt v.busykoh ulhaythy lasvedhaane.. ?

  5. Aisha says:
    September 11, 2017 at 2:12 pm

    dhenfaharakun thankolheh dhigu konlacheyy!varah reethi mi part vxx ♥:*

    1. iff says:
      September 12, 2017 at 8:40 am

      Thank yu aisha ?

  6. Amin says:
    September 11, 2017 at 3:10 pm

    Mi bai ves v reethi… Aneh baiga inthizaaruga

    1. iff says:
      September 12, 2017 at 8:41 am

      Thank yu amin ?

  7. Aisha says:
    September 11, 2017 at 3:12 pm

    Wow,its really nice story..konn erakun next part uo konlaani,,

    1. iff says:
      September 12, 2017 at 8:43 am

      Thank yu aisha ?
      Wednesday or thursdayga.. in sha allah ?

  8. nikss says:
    September 11, 2017 at 3:45 pm

    dhen kon irakun next part ????

    1. iff says:
      September 12, 2017 at 8:44 am

      Wednesday or thursdayga.. in sha allah ?

  9. azeen says:
    September 11, 2017 at 5:18 pm

    v reethi

    1. iff says:
      September 12, 2017 at 8:45 am

      Thank yu azeen ?

  10. Alvyn says:
    September 11, 2017 at 7:14 pm

    Wowww. Al wish kuraanan knme duhuku upveytho storyy 🙂

    1. iff says:
      September 12, 2017 at 8:46 am

      Thank yu alvyn ?
      ??

  11. Snow says:
    September 11, 2017 at 8:37 pm

    Wow.vvv rythi mi story.waiting fr nxy prt..❤

    1. iff says:
      September 12, 2017 at 8:47 am

      Thank yu snow ?

  12. Xaan says:
    September 12, 2017 at 9:47 pm

    Wow…..Haadha reehchey…iff haa story vx reethi..love..kyh kuraa thy tha bzy vany

    1. iff says:
      September 13, 2017 at 1:53 pm

      Thank yu xaan.. ?
      Xaan ah ingaytha iffge goiy??

  13. Priya says:
    September 13, 2017 at 4:24 pm

    Ok ekmm dhigu koh upkohdheche :$

  14. Amin says:
    September 15, 2017 at 8:57 am

    Wow.. Fabulous

Comments are closed.

Next Episodeއަވްލީން (9 ވަނަ ބައި)←


All Right Reserved!