ޝިއުރީމެންގެއަށް ވަންނަންދިޔަ ޔަލްވީ، ސިހިގެން ދިޔައީ މީހަކު އޭނާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. އެ މީހަކު ބާރަށް ހިފަހައްޓާލާފައިވާއިރު، ޔަލްވީ އެ އަތް ނެއްޓޭތޯ ކުރިހާ މަސައްކަތެއްވީ ބޭކާރެވެ. ކިތަންމެވަރަކަސް ހަޅޭއްލެވިކަމުގައިވިޔަސް، އަނގަމަތީގައި އަތް އަޅާފައިވުމުން، އަޑު ބޭރުވާ ގޮތެއް ނުވިއެވެ. ޔަލްވީގެ ފުރަގަހުގައި ހުރުމުން އެއީ ކާކުކަމެއް އޭނާއަކަށް ނޭނގެއެވެ. އެ މީހާ ގަދަކަމުން ކަހަލަ ގޮތަކަށް ޔަލްވީ ގެންގޮސް ވެއްދީ ޝިއުރީމެންގޭ ކުރިމަތީގައި ހުރި ފަޅު ގެއަށެވެ. އެއަށްފަހު، ޔަލްވީގެ އަނގަމަތިން އަތް ދޫކޮށްލަމުން ޔަލްވީއާއި ކުރިމަތިލިއެވެ. އަނގަޔަށް ތަދުވީވަރުން އެ ހިސާބުގައި ފިރުމާލަމުން ޔަލްވީ އިސް އުފުލާ ބަލާލިވަގުތު، ކުރިމަތީގައި ހުރި މީހާ ފެނުމުން އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
________________________________________
ނޭފަތާއި އަނގަ ފޮރުވޭނެހެން ކަޅުފޮތިގަނޑެއް މޫނުގައި އައްސާފައިވާއިރު ފެންނަން ހުރީ އެމީހާގެ ދެލޯ އެކަންޏެވެ. އެ ދެލޮލުން ޔަލްވީއަށް ފެނުނީ ނުރައްކާތެރިކަމުގެ އިންތިހާއެވެ. އެހާ ބޮޑަށް ފޮރުވިފައި ހުރުމުން ބަލާލާފައި، އެއީ ކާކުކަމެއް ހިތަށް ގެންނާކަށް އޭނާއަކަށް ނޭނގުނެވެ. ބިރުގަތްވަރުން ދެލޯ ބޮޑުކޮށްގެން ހުރެ ޔަލްވީއަށް ބާރަށް ހަޅޭއްލަވައިގަނެވުނީ ސަލާމަތަށް އެދިއެވެ. ދެވަނަ ފަހަރަށް ހަޅޭއްލަވައިގަންނަން އަނގަ ހުޅުވުމާއިއެކު، އެ މީހާ އަނެއްކާވެސް ޔަލްވީގެ އަނގަމަތީ އަތް އަޅާ ބާރުކޮށްލީ އަޑު ބޭރު ނުވާނެހެންނެވެ.
********************
ޝިއުރީމެންގެއާއި ދިމާއަށް ދިޔަ ޝައުންގެ ފިޔަވަޅުތަކަށް ހުއްޓުންއެރީ، ކުރިމަތީގައި ހުރި ފަޅުގެއިން އަންހެންކުއްޖެއްގެ އަޑު އިވުނުހެން ހީވުމުންނެވެ. އޭނާއަށް އެކުއްޖާގެ އަޑު ބޮޑަށް ވައްތަރުވީވެސް ޔަލްވީގެ އަޑާއިއެވެ. އެހެންކަމުން ހުރިފިޔަވަޅުމަތީ ސަމާލުވެލައިގެން ހުރީ ދެވަނަ ފަހަރަށްވެސް އެ އަޑު އިވޭތޯއެވެ. ފަސްވަރަކަށް މިނެޓް ހޭދަވީއިރުވެސް އިތުރު އަޑެއް ނީވުނެވެ. އެއީ އޭނާއަށް ހީވި ހީވުމެއްކަމަށް ނިންމާ، ޝައުން ޝިއުރީމެންގެއަށް ވަނެވެ.
********************
ޔަލްވީގެ އަނގަމަތީ އަތް އަޅާލައިގެން ހުރެ، އެ މީހާ ވީހާވެސް ބޮޑަށް ޔަލްވީއާއި ގާތްވެލިއެވެ. އޭރުވެސް ޔަލްވީ މަސައްކަތް ކުރަމުންދިޔައީ އެ މީހާގެ އަތް ނެއްޓުވޭތޯއެވެ. އެ މީހާ ކުރާނެ ކަމެއް ނޭނގޭތީ ޖެހިލުންވެ ބިރުގަތްވަރުން، ދޮންމޫނުންވަނީ ދާހިއްލާލާފައެވެ. ބޮޑު ދެލޮލުގައި ރަސްކަން ކުރަމުންދިޔައީ ބިރުވެރިކަމާއި، ހާސްކަމެވެ. އެ މީހާގެ ކިބައިން ސަލާމަތްވުމަށް ކުރަމުންދިޔަހާ މަސައްކަތެއް ނާކާމިޔާބުވަމުންދާތީ، ޔަލްވީ ހުރީ ނާއުއްމީދުވެފައެވެ. އެހެނަސް އޭނާ ހިތްވަރު އެލުވާނުލާ މާތް ﷲ އާއި ވަކީލުކޮށްލައިގެންހުރެ، އެ ނުލަފާ މީހާގެ ކިބައިން މިންޖުވުމަށް މަސައްކަތް ކުރަމުންދިޔައެވެ.
ޔަލްވި މާވަރަކަށް ގަދަހަދާތީ، އެ މީހާއަށްވެސް އެގޮތުގައި ހުންނަން އުނދަގޫވާންފެށުމުން ޔަލްވީއަށް ކުޑަ ދުލެއް ދިނެވެ. ލިބުނު ހަނި ފުރުސަތުގައި، ހުޝިޔާރުކަމާއިއެކީ، ޔަލްވީ، އެމީހާގެ އަތްތިލައިގައި ދަތްއެޅިއެވެ. ނުވިސްނާ ހުއްޓާ ޔަލްވީ އެފަދަ ކަމެއް ކުރުމުން އެމީހާގެ އަތްތިލައަށް ތަދުވީވަރުން ޔަލްވީގެ އަނގަމަތިން އަތްދޫކޮށްލިއެވެ. އަދި އަނެއް އަތުން ޔަލްވީ ދަތްއެޅި އަތުގައި ހިފަހައްޓާލިއިރު އެމީހާގެ އަނގައިން ވޭނީ އަޑެއް ނުކުތެވެ. ލިބުނު ރަނުގެ ފުރުސަތުގައި ޔަލްވީ އެމީހާގެ ކިބައިން ސަލާމަތްވުމަށްޓަކައި އެ ފަޅުގޭތެރެއިން ނުކުތުމަށްޓަކައި ދުއްވައިގަތެވެ.
ޔަލްވީއަށް ދެވުނީ ވަކި ހިސާބަކަށެވެ. އޭނާގެ ފަހަތުން ދުވެފައި އައި މީހާއަށް އެއްލި އަތުން ހިފުނީ ޔަލްވީގެ ފަން އިސްތަށިގަނޑުގައެވެ. އިސްތަށިގަނޑަށް ވާންވުމާއިއެކު ތަދުވީވަރުން ޔަލްވީއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ބޮލުގައި އިން ބޭންޑުވެސް ނުވެއްޓި އިނީ ހަމަ ކިރިޔާއެވެ.
********************
ޝިއުރީމެންގޭގެ އެކި ތަންތަން ބެލިއިރުވެސް ޔަލްވީ ފެންނަން ނެތުމުން އޭނާ ގެޔަށް ދިޔައީކަމަށް ނިންމައި ޝައުން އެގެއިން ނުކުމެ ޙަފްލާ އޮތް ސަރަޙައްދަން ދާން ހިނގައިގަތެވެ. އެހެނަސް މިފަހަރުވެސް އޭނާއަށް ހުއްޓެވުނީ ކުރިމަތީގައި ހުރި ފަޅުގޭތެރެއިން ޔަލްވީގެ ހަޅޭކުގެ އަޑު އިވުމުންނެވެ. މިފަހަރު އެއީ ޔަލްވީގެ އަޑުކަން އޭނާއަށް ޔަޤީންވެސް ވިއެވެ. ކޮންމެވެސް ގޯހެއް އުޅޭކަމަށް އެވަގުތު އޭނާގެ ހަވަނަ ހިއްސު ސިގްނަލްދޭން ފެށުމުން އެންމެ ވަގުތުކޮޅެއްވެސް ބޭކާރުނުކޮށް އޭނާ މިސްރާބުޖެހީ ކުރިމަތީގައި ހުރި ފަޅުގެއާއި ދިމާއަށެވެ.
ފަނޑު އޮރެންޖް ބޮތްކެއްގެ އަލިން ދިއްލާލާފައިވާ އެފަޅުގޭތެރޭގައި ރަސްކަން ކުރަމުން ދިޔައީ ހަމަ ހިމޭންކަމެވެ. ކުޑަކޮށް އެތެރެއަށް ވަދެގެން ހުރެ ޝައުން ޔަލްވީއަށް ގޮވާލިއެވެ. ދެފަހަރަކު ގޮވާލުމުންވެސް ޔަލްވީގެ ޚަބަރެއް ނުވިއެވެ. އެހެންކަމުން، އެތެރެއަށް ވަދެގެން ދެވުނީ އެކަމަށް ހިތްއެދި ގޮވާވަރުންނެވެ. އޭނާއަށް ކުރިއަށް ދެވުނީ ހިތުގެ ބާރުގައިހެން ހީވާކަހަލައެވެ. ބޮކީގެ އަލި މަޑުކަމުން ފޯނުން އަލިކޮށްލައިގެން ހުރެ ޝައުން ފަހަރަކު ކޮޓަރިއެއް ބަލަމުން ދިޔައެވެ. އެހެނަސް ޔަލްވީ ކީއްކުރަން އެހެން މީހެއްގެ ހިލަމެއްވެސް އެތަނުން ފެންނާން ނެތުމުން އެގެއިން ނުކުތުމަށް ހިނގައިގަތެވެ.
ޝައުންގެ އަޑު އިވުމުން ޔަލްވީގެ އަނގަމަތީގައި އަތްއަޅައިގެން ހުރި މީހާ، ގަދަކަމުން ޔަލްވީ ގެންގޮސް ޒިބު އަލަމާރިއެއްގެ ނިވަލަށް ވެއްދިއެވެ. ޝައުނަށް އެ ދެމީހުން ފެނިދާނެތީ އެ މީހާ ހުރީ ސަހަރޯ ކިޔަކިޔައެވެ. ޝައުން އެދިމާއަށް ބަލާލާތޯ ހިތާހިތުން ދުޢާކުރަމުންދިޔަ ޔަލްވީ، ކެނޑިނޭޅި މަސައްކަތްކުރަމުން ދިޔައީ އޭނާގެ އަނގަމަތީން އެ މީހާގެ އަތް ނެގޭތޯއެވެ. ޝައުނަށް އެމީހުން ފެނޭތޯ، ޔަލްވީ، އަތުންވެސް ވަރަށް އިޝާރާތްކުރިއެވެ. އެހެނަސް ތަޤުދީރުގައި ޝައުނަށް އެ މީހުން ފެންނާން ނެތުމުން އެދިމާއަށް ބަލާވެސް ނުލައެވެ. އެމީހުންނާއި އެހާ ގާތަށް އައިސްފައިވެސް، އެމީހުން ނުފެނި، ޝައުން އެތަނުން ދާންފެށުމުން ޔަލްވީގެ ހިތްވަރު އެލެންފެށިއެވެ. އޭނާގެ ލޮލުގައި އެތާހުރި ފިހިގަނޑެއް އަޅައިގަތީ ހަމަ އެވަގުތުއެވެ. އިތުރަށް އެންމެ ވަގުތުކޮޅެއްވެސް ބޭކާރުނުކޮށް، ޝައުން ގެއިން ބޭރަށް ނުކުތުމުގެ ކުރިން، ޔަލްވީ ފައިންޖަހާ އެ ފިހިގަނޑު ވައްޓާލިއެވެ.
ބޭރަށް ނުކުންނަން އެއްފިޔަވަޅު ބޭރަށް ލައިގެން ހުރި ޝައުނަށް މި އަޑު އިވުމުން އެނބުރި ގޭތެރެއަށް ވަދެވުނީ އެތާނގައި ގޯހެއް އުޅޭކަމަށް ޔަޤީނާ ގާތަށް އެނގުމުންނެވެ. އަޑު އައި ދިމާއަށް ދުވެފައި ދިޔަ ޝައުނަށް ހުއްޓެވުނެވެ. ވެއްޓިފައި އޮތް ފިހިގަނޑު ނަގަމުން އެކި ދިމާއަށް ބަލާލެވުނީ އެތަނުން އެއްވެސް މީހަކު ފެންނާން ނެތުމުންނެވެ. އެހެނަސް ވިސްނުމުގެ ބޭނުންކޮށް މިފަހަރު ގެއިން ނުކުތުމުގެ ބަދަލުގައި އޭނާ މަޑުކޮށްލައިގެން ހުރީއެވެ.
********************
ޔަލްވީ ކަންތައް ކުރިގޮތުން އިންތިހާއަށް ރުޅިއައިނަމަވެސް، ޝައުން އަންނަންވާއިރަށް އެ މީހާ ބެލީ ޔަލްވީ ގޮވައިގެން އެތަނުން ފިލޭތޯއެވެ. އެހެންކަމުން އަނެއްކާވެސް، ގަދަކަމުން ޔަލްވީ ދަމަމުން ގެންގޮސް ވެއްދީ ޖެހިގެން ހުރި ކޮޓަރިއަށެވެ. އެ ހުރިހާ އިރަކުވެސް އެމީހާ ހުރީ ޔަލްވީގެ އަނގަމަތީގައި އަތް އަޅައިލައިގެންނެވެ. ވަރިބަލިވުމުގެ ސަބަބުން އެ މީހާގެ ނިއްކުރިމަތިން ދާ ހިލިފައިވެއެވެ.
ދިހަވަރަކަށް މިނެޓް ފާއިތުވެދިޔައިރުވެސް ޝައުންގެ އަޑެއްބަޑެއް، ހިލަމެއް ނުވުމުން އެމީހާ އެ ހުރިގޮތަށް ހުރެ ގުދުވެލީ ވަރުބަލި ވީވަރުންނެވެ. އިރުކޮޅަކު އެ ގޮތުގައި އޮތުމަށްފަހު ތެދުވެ ހިންދެމިލީ ވަގުތު، ހުށިޔާރުކަމާއިއެކީ، އެމީހާގެ ފިރިހެންވަންތަ ގުނަވަނުގައި، ޔަލްވީ ފައިންޖެހީ އެވަގުތު އެގޮތަށް ކަންތައް ކުރުމަށް ހިތަށް އައުމުންނެވެ. ވީތަދުން އެމީހާއަށް ހީވީ އެނބުރުން އަރައިގެން ދިޔަހެންނެވެ. ކުޑަކޮށް ހަޅޭއްލަވައިގަނެވުނުއިރު، އެތަނުގައި ދެއަތް އަޅައިގެން ގުދުވެލިއެވެ. އެމީހާގެ އަތްދަށުން މިނިވަންކަން ލިބުމުން، އެތަނުން ސަލާމަތްވެގެން ނުކުންނަން ދިޔަ ޔަލްވީއަށް ގޮސް ވަދެވުނީ، އެމީހާގެ ހަޅޭކުގެ އަޑަށް އެ ދިމާއަށް ދުވެފައި އައި ޝައުންގެ އަތުތެރެއަށެވެ. ޔަލްވީއަށް ފުރަތަމަ ޝައުނާއި ދުރަށް ޖެހިލެވުނީ އެއީ ކާކުކަން ނޭނގޭތީ ބިރުގަތްވަރުންނެވެ. އެހެނަސް ޝައުންގެ މޫނުފެނުމާއިއެކު އޭނާގެ ގައިގައި ބާރަށް ބައްދާލަމުން ދެލޯމަރާލެވުންއިރު ޔަލްވީގެ ބަޑިފަޅައިގެން ގޮއްސިއެވެ.
ޝައުންގެ މޭގައި ބޯ އަޅާލައިގެން ހުރެ ރޮމުންދިޔަ ޔަލްވީގެ ބުރަކަށީގައި ލޯތްބާއިއެކު ޝައުން ފިރުމާލިއެވެ. އޭނާ މަސައްކަތްކުރީ ޔަލްވީ މަސަލަސް ކުރެވޭތޯއެވެ. މިތަން ފެނިފައި ލިބުނު ކުޑަ ހިތްވަރާއިއެކު އެމީހާ އެތަނުން ސަލާމަތްވެގެން ނުކުންނަން ދުއްވައިގަތެވެ. ޝައުނަށް މިމަންޒަރު ފެނުމުން އައްޓަމަހެއްހެން އޭނާގެ ގައިގައި ތަތްލަވައިގެން ހުރި ޔަލްވީ ދުރުކޮށްލަމުން އެމިހާގެ ފަހަތުން ދުއްވައިގަތެވެ. އެއްލި އަތުން ޝައުނަށް ހިފުނީ އެމީހާ ލައިގެން ހުރި ކަޅުކުލައިގެން އަތްދިގު ގަމީހުގައެވެ. އެހެނަސް އެމީހާ ލައިގެން ހުރީ ބޮޑު ގަމީހަކަށްވެފައި، ބާރަށް ދުއްވައިގަތުމުގެ ސަބަބުން، ގަމީސް ވީދައިގެން ގޮސް އޭގެ އެއްބައި އައީ ޝައުންގެ އަތަށެވެ. ޝައުންގެ އަތުގައި ނުޖެހި އެމީހާ ދުވެ ރައްކާވީއެވެ. އެއީ ކާކުކަން ދެނެނުގަނެވުނުތާ، ހަމައެކަނި އެނގުންހާވެސް އެއްޗަކީ އެމީހާގެ ބުރަކަށީގައި ބޮޑު ލަފެއް އިންނަކަމެވެ.
ބޭރަށް ނުކުމެވެސް ޝައުން، އެމީހާ ފެންނަން ހުރިތޯ ބެލިއެވެ. އެހެނަސް ޖެހުންތާ ލަކުނުވެސް ފެންނާކަށް ނެތެވެ. އެމީހާ ޝައުންގެ އަތު ނުޖެހި ސަލާމަތްވެގެން ދިއުމުން އެ ހުރިހާ ރުޅިއެއް ބޭލީ އެގޭ ފާރަށެވެ. އަތް މުށްކަވާލަމުން ދެތިން އެތިފަހަރު ޖެހިއިރުވެސް ތަދު އިހުސާސް ނުވީ މާ ގަދައަށް ރުޅިއައިސްފައި ހުރުމުންނެވެ.
“އޭ ބްރޯ…. މިތާ ކީއްތިކުރަނީ….؟؟؟ ކޮން އިރެއް އަހަރެން ކައެ ހޯދާތާ…..؟؟؟؟” ޙަފްލާ ތެރެއިން ޝައުން ފެންނަން ނެތުމުން އޭނާ ހޯދަމުން އެހިސާބަށް އައި އިޔާޒަށް ޝައުން ފެނުމުން ބުނެވުނެވެ. ޝައުނަށް ޔަލްވީގެ މަތިން ހަނދާންވީވެސް ދެނެވެ. އިޔާޒްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ދުއްވައިގަތީ ގޭތެރެއާއި ދިމާއަށެވެ. ޝައުން ކަންތައް ކުރި ގޮތުން ހައިރާންވީ ނަމަވެސް އިޔާޒްވެސް އޭނާގެ ފަހަތުން އެގެއަށް ވަނެވެ.
ޝައުން ދިޔައިރު ޔަލްވީ އިނީ ތަޅުންމަތީގައެވެ. މޭގައި ދެފައި ޖައްސާލައިގެން އިންއިރު ދެއަތް އޮތީ ދެފައި މަތީ ހުރަސްކޮށްލާފައެވެ. އޭނާއިނީ ދެއަތްމަތީ ބޯ އަޅާލައިގެން ރޯށެވެ. ޝައުނަށް މިމަންޒަރު ފެނުމުން ހީވީ މީހަކު އޭނާގެ ހިތުގައި އަތް އަޅާ ފިއްތާލީހެންނެވެ. ޔަލްވީގެ ވޭނީ ރުއިމުގެ އަޑު، ކަންފަތުގައި ގުގުމާލުމުން އޭނާގެ ހިތުގައި ރިއްސާލިއެވެ. މިރޭ އޭނާއަށް އެތަނަށް ނާދެވުނުނަމަ، ޔަލްވީއަށް ވާނެގޮތްވެސް ނޭނގެއެވެ. ޝައުންގެ ހިތަށް އަރަމުން ދިޔަ ނުބައި ޚިޔާލްތަކަކުން ބޯ ހާސްވާން ފެށުމުން، ދެފަރާތަށް ބޯ ހޫރާލެވުނެވެ. ޔަލްވީ އިން ޙާލު ފެނުމުން އެތަނަށް އައި އިޔާޒްގެ ހައިރާންކަން އިތުރުވީއިރު، އޭނާގެ ހިތުގައި އެތައް ސުވާލެއް ފުނިޖެހެމުން ދިޔައެވެ.
ކުރިއަށް ދެތިން ފިޔަވަޅު އަޅާލުމަށްފަހު، ޔަލްވީގެ ގާތަށް ތިރިވެ ޝައުން ދެކަކޫ ޖަހާލިއެވެ. އަދި ލޯތްބާއިއެކު މަޑުމަޑުން ޔަލްވީގެ ބޮލުގައި ފިރުމާލިއެވެ. ޝައުންގެ ބީހިލުމާއިއެކު ޔަލްވީ ދިޔައީ ސިހިގެންނެވެ. ސިހުނުވަރުން އޭނާއަށް ކުޑަކޮށް ފަހަތަށްވެސް ޖެހިލެވުނެވެ. އަޅިކުލައިގެ ދެލޮލުން ޝައުނާއި ދިމާއަށް ބަލާލިގޮތުން، ބިރުގެންފައިވާކަމުގެ ހެކިތައް ފާޅުވާން ހުއްޓެވެ. މިރޭ ހިނގާދިޔަ ހާދިސާގެ ސަބަބުން އާނާއަށްވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފައެވެ. ޝައުން އަތްލުމުން ސިހިގެން ދިޔައީ އެހެންވެއެވެ. ގާތުގައި ހުރީ ޝައުންކަން އެނގުމުން ޔަލްވީ އިންތަނުން ތެދުވެ ޝައުންގެ ގައިގައި ބައްދާލަމުން ކުރިއަށްވުރެވެސް ބާރަށް ރޯން ފެށިއެވެ. އޭނާއަށް އަދިވެސް އެ ބިރުވެރިކަމުގެ ތެރެއިން ނުނިކުމެވެއެވެ.
ޔަލްވީ އެހާ ދެރަވެގެން ރޯތީ އިޔާޒްވެސް ހުރީ ވީގޮތެއް ނޭނގި ހާސްވެފައެވެ. އެހެނަސް ދެމީހުންކުރެ އެކަކާވެސް ސުވާލުކޮށްލަން ނުކެރިފައި ހުރިފިޔަވަޅުމަތީ އޭނާއަށް ހުރެވުނީއެވެ.
“ޔާލް…. ދެން ނުރޮއެ ހުއްޓާލާ… މާތް ﷲ އިރާދަކުރެއްވީތީ ޔާލް ތިހުރީ ސަލާމަތުން…. ޕްލީޒް…. ދެން ނުރޮއެ ހުއްޓާލާ….” ޔަލްވީގެ ބޮލުގައި ފިރުމާލަމުން ލޯތްބާއިއެކު ޝައުން ބުނެލިއެވެ. ހިތްފުރޭވަރަށް ރޯލުމަށްފަހު، ޔަލްވީ ޝައުނާއި ދުރަށް ޖެހިލިއެވެ. އަދި ލޮލުން އައިސްފައިވާ ކަރުނަތައް ފުހެލަމުން އިސްޖަހާލިއެވެ.
ޔަލްވީގެ ކޮނޑުގައި ހިފައި ގާތްކޮށްލަމުން ޝައުން އޭނާ ގޮވައިގެން ބޭރަށް ނުކުންނަށް ހިނގައިގަތެވެ. އިޔާޒްވެސް އެމީހުންގެ ފަހަތުން އެގެއިން ނުކުންނަން ދިޔައެވެ.
ޝައުންމެނަށް އެގެއިން ނުކުމެވުނު ވަގުތުވީ ޔަލްވީ ހޯދަމުން ޝިއުރީމެންނަށް އެހިސާބަށް ވަގުތަށެވެ. ޝައުންމެން ފެނުމުން ހަލުވި ފިޔަވަޅުތަކެއް އަޅަމުން އައިސް އެމީހުންގެ ގާތުގައި މަޑުކޮށްލިއެވެ.
” ޔާލް ކޮން އިރެއްތަ ހޯދާތާ…؟؟؟؟ ބުނެވެސް ނުލާނު ތިއައީ…..” ޔަލްވީއަށް ބަލާލަމުން ޝިއުރީ ބުނެލިއެވެ. އެހެނަސް އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައީ ޔަލްވީގެ މޫނަށް ރަނގަޅަށް ބަލައިލެވުމުންނެވެ.
“ޔާލްއަށް ކިހިނެއްވެފައި ތިހުރީ….؟؟؟؟” ޔަލްވީ އިސްޖަހާލައިގެން ހުރުމުން އަޔާނީއަށްވެސް ހައިރާންކަން ލިބުނެވެ. އަދި ޔަލްވީގެ އެއްފަރާތުގައި މަޑުކޮށްލަމުން އޭނާގެ އަތުގައި ހިފާލިއެވެ. އަޔާނީ ގާތްވުމުން ޝައުން ޔަލްވިއާއި ދުރަށް ޖެހިލިއެވެ. އޭރުވެސް ޔަލްވީ ހުރީ އިސްޖަހާލައިގެންނެވެ. ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ.
“ޔާލް ވާހަކަ ދައްކަބަލަ… މީ ކޮން ކަމެއްތަ….؟؟؟” ޔަލްވީގެ ދަތްދޮޅީގައި ހިފައި އުފުލާލި ޝިއުރީއަށް މިހެން އަހާލެވުނީ އޭނާގެ ދެ ކޯ ރަތްވެ އިނގިލީގެ ނިޝާންތައް ފެންނާން ހުރުމުގެ އިތުރުން، ފުނާ އަޅާ އޮމާންކޮށްފައިވާ އިސްތަށިގަނޑު، އެއްވެސް ތަރުތީބެއް ނެތި ހޭވިފައިވުމުންނެވެ. ބޮލުގައި އަޅާފައިވާ ބޭންޑްވެސް އޮތީ ވެއްޓެއް ގާތްވެފައެވެ. ހެދުމުގެ ބޮޑު ބައެއްވެސް އޮތީ ރޫ ބޮނޑިވެފައެވެ.
ޔަލްވީ ޖަވާބެއް ނުދިނުމުން ގާތުގައި ހުރި ޝައުންމެންނަށް ޝިއުރީ ބަލާލީ، ޖަވާބަކަށް ބޭނުންވެފައި ހުރެއެވެ. ޝިއުރީ ބަލާލި ގޮތުންވެސް ކަންވީގޮތް އެނގެން ބޭނުންވެފައި ހުރިކަން ޝައުން ދެނެގަތެވެ. އެހެންކަމުން ކަންވީގޮތް ކިޔައިދިނެވެ. އެއާއިއެކު، އަޔާނީގެ ގައިގައި ބައްދާލަމުން ޔަލްވީ، އަޑުވީއްލާ ރޯންފެށީ އެކަންތައް ހިތަށްވަނުމުންނެވެ. ހިތުގައި ޖެހިފައި އޭނާ، ރޯން ފެށުމުން އަޔާނީމެންވެސް ދެރަވިއެވެ.
“ޝައުނަށް އެގަޑީގައި އާދެވުނުކަން ނަސީބެއްނު… އެހެން ނޫންނަމަ ނޭނގެ ޔާލްއަށް ވާނެ ގޮތްވެސް….” ޔަލްވީގެ ބޮލުގައި ލޯތްބާއިއެކު ފިރުމާލަމުން ޝިއުރީ ބުނެލިއެވެ.
“އެއީ ކާކު ކަމެއް ނޭނގޭތަ…؟؟؟” އަޔާނީ މިހެން އަހާލުމުން ޝައުން ދެފަރާތަށް ބޯ ހޫރާލިއެވެ
.
“ޔާލް… ދެން ނުރޮއެ ހުއްޓާލާ…. މާތް ﷲ އިރާދަކުރެއްވީތީ ޔާލް ތިހުރީ އެއްވެސް ދެރަގޮތެއްނުވެ ސަލާމަތުން…. ޝައުންއަށް އެވަގުތު އާދެވުނުކަން އެއީ ހަމަ ޔާލްގެ ނަސީބު…..” އަޔާނީ މިހެން ބުނުމުން، ޔަލްވީ، އޭނާގެ ދެލޮލުން އައިސްފައިވާ ކަރުނަތައް ފުހެލިއެވެ. އަދި ނަފްރަތުގެ ނަޒަރަކުން ޝައުނަށް ބަލާލިއެވެ.
“ޝައުންއާއި ހެދި މި ހުރިހާ ކަމެއްވީ… އީޝާމެންނާ އެއްބައިވެގެން އަހަންނަށް މަލާމާތްކޮށް، ނުބެލިނަމަ އެތާ އިނދެފަ އަހަންނަށް އަންނާކަށް ނުޖެހުނީސް…… މިހުރިހާކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ޝައުން…..” ޔަލްވީ، ޝައުނާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ހިތުގައި ޖަމާވެފައިވާ ހުރިހާ އުދާހެއް ބޭރުކޮށްލުމަށްފަހު، އޭނާ ހިނގައިގަތީ ޝިއުރީމެންގެއަށް ވަންނާށެވެ.
ޔަލްވީގެ ވާހަކަ ހުރި ގޮތުން ހަތަރު ކުދިން ތިބީ ހައިރާންވެފައެވެ. އެގޮތަށް އެހާ ރުޅިއައިސްގެން މީގެ ކުރިން ދުވަހަކުވެސް ޔަލްވީ ވާހަކަ ދައްކާފައި ނުވާއިރު، އަޑުހަރުކޮށް އެކަކާވެސް ވާހަކަދެއްކިތަނެއް މީގެ ކުރިން އެމީހުން ނުދެކެއެވެ. ވީއިރު މިއަދު ޔަލްވީ އެގޮތަށް ވާހަކަ ދެއްކުމުން ހައިރާން ނުވާންވީ ސަބަބެއްވެސް ނެތެވެ. ޔަލްވީ ދެއްކި ވާހަކަތަކުގެ ސަބަބުން ތިން ކުދިންނަށް ޝައުނާއި ދިމާއަށް ބަލައިލެވުނީ، ޔަލްވީ ދެއްކި ވާހަކަތަކުގެ ޙަޤީގަތް އެނގެން ބޭނުންވެފައި ތިބެއެވެ. އެހެނަސް، ޝައުންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ހައިރާންކަމެވެ. ހަމަ ގައިމުވެސް މިރޭ އޭނާއަށް އެނގިގެން އީޝާމެން ޔަލްވީއަށް މަލާމާތެއް ނުކުރެއެވެ. އެމީހުންގެ މަލާމާތުގައި އޭނާއަށް ބައިވެރިވެވޭނީވެސް މަލާމާތްކުރިނަމަތާއެވެ. ދެން ޔަލްވީ އެ ދެއްކީ ކޮން ވާހަކައެއްބާއޭ ޝައުންގެ ހިތަށް އެރިއެވެ.
ޝައުންގެ މޫނުމަތިން ފެނުނު ހައިރާންކަމުން ޝައުނާއި ސުވާލުކޮށްގެންވެސް ޖަވާބެއް ނުލިބޭނެކަން އެނގުމުން ޝިއުރީމެން މިސްރާބުޖެހީ ޔަލްވީގެ ގާތަށް ދިއުމަށެވެ.
“އަހަރެން ދަންތަ….؟؟؟؟ ޝިއުމެން މަޑުކޮށްލަންވީނު….” ޝިއުރީމެންގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ޝައުންގެ އަޑުންނެވެ. ދެކުދިން، އެކަކު އަނެކަކަށް ބަލާލުމަށްފަހު، ޝައުނަށް ފުރުސަތު ދިނީ އެ ދެމެދުގައި ކަމެއް ހިނގައިފައިވާކަމަށް ޝައްކު ކުރެވިފައިވާތީ، އެކަން ޙައްލުކުރުމުގެ ފުރުސަތު އެ ދެކުދިންނަށް ދިނުމުގެ ގޮތުންނެވެ.
********************
ޔަލްވީ ފެނޭތޯ ޝައުން ގޭގެ ހުރިހާ ތަނެއް ބަލަމުން ދިޔައެވެ. ޝިއުރީމެން ކޮޓަރިއަށް ވަން ވަގުތު ފާޚާނާގައި މީހަކު އުޅޭހެން ހީވުމުން، އެއީ ޔަލްވީކަން ޔަޤީންވީ، މިވަގުތު އެހެން އެންމެންވެސް ވާނީ ޙަފްލާގައި ކަމަށްވާތީއެވެ. ޔަލްވީ ފާޚާނާއިން ނުކުންނަންދެން ޝައުން ޝިއުރީގެ ކިޔަވާ މޭޒުދޮށުގައި ހުރި ގޮނޑީގައި އިށީނދެލައިގެން އިނެވެ.
މޫނުދޮވެލައިގެން ކުޑަ ތުވާލިކޮޅަކުން މޫނު ފޮހެމުން ނުކުތް ޔަލްވީއަށް ހުއްޓުން އެރީ ކޮޓަރި ތެރެއިން ޝައުން ފެނުމުންނެވެ. ވަގުތުން ނިތައް ކުދި ރޫތަކެއް އަރުވާލަމުން ރުޅިއައިސްފައި ހުރެ ހަލުވި ފިޔަވަޅުތަކެއް އަޅަމުން އޭނާ އެތަނުން ނުކުންނަން ހިނގައިގަތެވެ. އެހެނަސް އެކަމަށް ހުޝިޔާރުވެގެން ހުރި ޝައުން ޔަލްވީގެ އަތުގައި ހިފައި ހުއްޓުވިއެވެ. ފަސްއެނބުރި ބަލާލުމެއްވެސްނެތި ޔަލްވީ މަސައްކަތް ކުރީ ޝައުންގެ އަތްދަށުން ސަލާމަތްވުމަށެވެ. އެހެނަސް ޝައުން ހިފަހައްޓާލައިގެން ހުރީ އެހާ ފަސޭހައިން ޔަލްވީއަށް ސަލާމަތްވެގެން ދެވޭނެފަދަ ގޮތަކަށް ނޫނެވެ.
“ޝައުން އަހަރެންގެ އަތުން ދޫކޮށްލާ…. އަދިވެސް ވީވަރު ކުޑައީތަ….؟؟؟؟” ރުޅިވެރިކަމާއިއެކު ޔަލްވީ އިއްވާލިއެވެ.
“ޔާލް އިހަށް ހަމަޖެހިގެން އަހަންނާ ރީތިކޮށް ވާހަކަދައްކަބަލަ… އަހަންނަކަށް ނޭނގެ ޔާލް އަހަރެން ދެކެ ރުޅިއައިސްގެން ތިއުޅެނީ ކީއްވެގެންކަމެއްވެސް….” އޭނާއަށް ކުރިމަތިވާގޮތަށް ޔަލްވީ އަނބުރާލަމުން ޝައުން ވާހަކަ ދެއްކީ މަޑުމައިތިރިކަމާއި އެކީގައެވެ. އޭރުވެސް، ޔަލްވީ މަސައްކަތް ކުރަމުންދިޔައީ ޝައުންގެ އަތުތެރޭން އޭނާގެ އަތް ސަލާމަތް ކުރެވޭތޯއެވެ. އެންމެ ފަހުން ކާމިޔާބު ނުލިބުމުން ކުރިންވެސް ކަންތައް ކުރިގޮތް އިޚްތިޔާރުކުރިއެވެ.
ޝައުން ނުވިސްނާ ހުއްޓާ ޔަލްވީ އޭނާގެ އަތުގައި ދަތްއެޅިއެވެ. ޝައުނަށް ތަދުވީވަރުން ޔަލްވީގެ އަތުން ދޫކޮށްލެވުނެވެ. ތަންވަޅު ބަލާފައި ޔަލްވީ އެތަނުން ނުކުތުމަށް ދުއްވައިގަތެވެ. އެހެނަސް އެއަށްވުރެ ކުރިން ޝައުން ދުވެފައި ގޮސް ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު، ދޮރުގައި ލެނގިލަމުން ޔަލްވީއާއި ކުރިމަތިލިއެވެ. އޭރުވެސް، އޭނާހުރީ ޔަލްވީ ހަފައިގެން އަތުގައި އަނެއް އަތުން ހިފަހައްޓާލައިގެންނެވެ. އޭނާގެ މޫނުމަތީގައިވަނީ ކޮން އަސަރެއްކަމެއް ދެނެގަންނާކަށް ޔަލްވީއަކަށް ނޭނގުނެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައި، ޝައުނާއި ދިމާއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
56 Comments!
Comments are closed.







Assalaam Alaikum ☺ kiyuntheringe edhumuge mathin v masakkathun mi othy ithuru part eh up kohla dheefa, heekuran mi part ves kamudhaane kamah ☺
Kiyaalaafa rangalhu kohlanvaa thankolheh iniyya faahaga kohlaidhinumaky eem ge v bodu edhumeh ?
Have a good nyt tgc ly all ???
This part ves vrh loabi 🙂
Keep it up 😉
Thanks Bestie ☺
MIPART VARAH SALHI VARAH DHIGU . VARAH HIYHAMAJEHEY. HEHEHEH . THANKS Eemyaa.dhen oy part ves varah avahah upkohladheychey egey
Thanks saara☺
masha allah vvv reethi v kiyaa hithun indha nimuneevx..mee naxaa v kiyaa hiyy vaa story eh…nxt part kon irakun..
Thanks naxaa ☺
Next part tomorrow ga ?
This part is also awesome like always ?
Can’t wait for the next part. ?
Thanks Zayear ☺
Next part on Tuesday ?
Yaal haadha dhai alhaa hiyy ve ey dho eem ????
Hehe ? asluvess ey dww ?
lip biting 🙂 cute
Hehe 😉
woww, eeeem haadha rangalheyy. 😀 thanks, mi part hama obinesss.. varahh reethi.. yaaal dhaiyy alhaa vareh dhw.. 😀 hehe. when next part, ??? dhen kihinehbaa vaany alheyy, avass
Hehe wc 🙂
Thanks dear 🙂
Aaan ey dww 😉
Next part Tuesday ga
Hee nukuraa kahala gotheh ves vedhaane, Song, inthizaar kohlaa ;):)
Okay 🙂 waiting waiting waiting waiting 🙂 😀
Ohhh haadha ragalhey Eemyaa vvvvvv rythi mibaiii anehkaa kaakubaa eiii moonu foruvaigenn huriiii!!!! Dhenn avahah yalvy aai shaun gulhuvann ulhey?vvvv rythi mibaiiii vess?????
Thanks Dear 🙂
Kaaku hen heevany ??
hehe thikama visnaalan jeheynee 😉
Vvv obi…..adhives mish ge habareh nuvaathy dhera ee….
Eem next part Tuesday ga dhw
Maadhama dhw tuesday.. Hahahaaaaa maadhan up vehjiyya haadha rangalheyyyy dhw. Miadhu up kohliyas mahsalaeh neih 🙂 😀 hehe 😀
Thanks girl 🙂
Yes Next part Tuesday ga nd e part ga Mish ge bai annaane 🙂
Hehe 🙂
Song miadhu vee nama up kohlai dhinis.. Bt miadhu nei hama eh gothakahves up kohlai dheveykah sorry
It’s ok yey eem. E dhen hama majalakah bunely 🙂 😀 i’ll be waiting for tomorrow
Hehe oki ☺
Awwhhh… V nice. Mi part ge HERO akyy Shawn dhww
Khudse naraaz hun kiu beyavaaz hun, meri khamoshiya hey sazaa. Dil hey yey soach thaa pirbee nehy bathaa kis hagse kahoon bathaa….. Ki mai hoon HERO yalvyy kaa… 😀 lol
Thanks Alvyn 🙂
Yes Shaun a e Hero aky hehe 🙂
@SHAUN varah salhi ibaaraaiykolheh
A e lava eh ge lyrics tha?? 🙂
Yaa aee e lavaige thankolheh liyefa. Hehe 🙂
Ehntha salhi
Haalathaa ves gulhe ey dw ?
Aaaan dhww 🙂
V reethi
Thanks Dear 🙂
Aww..eem haadha rangalhey..you’re so good ?thank you so much…☺️konirakun next part up vaany..shaun mi hama yaal ge superhero ekey dhw…ekam shaun yaal aa dhimaeh nukurehnun dhen keehve baa yaal ehen ebuny..anehkaa shaun ge twins eh ulhenytha..hehe..mi part ves varah sahi??
Hehe wc dear 🙂
Next part on Tomorrow
haha dwww :):)
e keeve kan engeyne next part ga inthizaar kohlaa 😉
Thanks click 🙂
Eeshaa ge plan eh kanneyge ehee I think.. Next part maadhan dhw? Waiting!!☺
Hehe 😉 may be dw
Yes Jin, Maadhama next part In Sha Allah 🙂
eeeeemmm. maadhan vaki time eh bunevidhaanetha?? gaaiyygandakah kihaairaku up kohdheynee??? 😉 😀
Eem maadhan free vaany ves 4 ge fahun so, maadhama rey 9 ge kurin update kohla dheveytho v try kuraanan ☺
May b schedule ah change eh aisiyya eyge kurinves up kohla dhevidhaane ??
Hi .. Eem hadha bestey …. Mi part vx vrh nice… Aalaa bixy kamun story kiyaafa comenteh nukurevuny.
. now fry v ma kolly
.. Miss u eem n ly… Waitin☺☺☺☺☺
Hehe Thanks aalaa ☺
Ly too dear miss vey hehe ?
cover pic ga kanaai faraathuge 2 vana ah in girl is yaal dho… varah loabi smile eh….. ekuhjaage aslu namaky kobaatha… btw story is great…
Yeah kanaai faraathun thirin 2 vana ah
E kujja ge aslu name aky india eisley☺
Thanks dear ☺
Eii naheek kanneyge dhw..vvvvv hyvey…eem..v duvas vejje dhw dhima nuvaathaa…comment kohnulevnas hama baraabarh kiyan…hehehehhehheheh
Hehe thee ves vedhaane gotheh dw lets see dhn ?
Asluves Zish nufene ey mi fahakah ais hehe
Thanks dear ☺
V v riithi! Emme kiyaaa hithun kiyaaa story mii! Up vefa iniima eyoh vii gotheh!! Mirey avahah up kurahchey!! 9 ge kurin! Plxx plxxx
Thanks dear ☺
Miadhu 5 ge kurin up kohla dheynan In Sha Allah ☺
5 ge kurinneyyyy??? ????? you’re so so so so so so so good… ?? yess miadhu havyru ehemma kiyaalan libeyne dhww ? thanksss☺☺
Yes Song, miadhu haveeru kiyaalan libeyne, In Sha Allah ☺☺
Wc dear ?
Ohhh Eemya haadha ragalhey avahah nerey mihuriii kiyaa hithunn????????
Its uploaded nw ☺☺
Avahah next part up kohdheeba plxxx
Its uploaded nw ☺
Koba? 10mins left… waiting waiting
Its 5:03
Nw uploaded ☺ sorry for the delay ?