Skip to content
އެސްފިޔަ

ކުޅަނދުންވަންތަކަން(3 ވަނަބައި)

ތިންވަނަބައި

އަހަންނަށް ފެނުނީ ގޭދޮށަށް މީހުން އެއްވެފަ ވަނިކޮށެވެ. އަހަރެންގެ ހިތުގައި ނޭނގޭ ބިރުވެރި ކަމެއް އުފެދުނެވެ. ހިތް ބުނަމުން ދިޔައީ ކޮންމެވެސް ކަމެއްވެއްޖެ ކަމުގައެވެ. އަހަރެން އެދައްތަ އާއިއެކު މީހުން ދުރު ކުރަމުން ގޭތެރެއަށް ވަނީމެވެ. އެހިނދު ހިތް ހުއްޓުނު ކަހަލަ އެވެ. ސިޓިންގް ރޫމްގައި އެއްވެސް ހަރަކާތެއް ނެތި އެއޮތީ އަހަރެންގެ ލޮބުވެތި ބައްޕަ އެވެ.

އަހަންނަށް ހަޅޭއްލަވާ ގަތުމަށްފަހު ބައްޕަ ގާތަށް ދުވެފަ ދެވުނެވެ. އޭރު މަންމަ ފާރުގައި ލެނގިލައިގެން ރޯން އިނެވެ. މަންމަ ގާތުގައި ބައެއް އަވަށްޓެރިން ތިބެ ހިތްވަރުކުރުމަށާއި ކެތްތެރިވުމަށް ނަސޭހަތް ދެއެވެ. އަހަރެން ބައްޕާއޭ ކިޔާ ހަޅޭއްލަވާ ގަތުމަށްފަހު ގޮސް ބައްޕަ ގައިގާ އޮޅުލައި ގަތީމެވެ. އަދި ބުނަމުން ގެންދިޔައީމެވެ. ” ބައްޕާ އަހަންނާއި މަންމަ ދޫކޮށްފަ ނުދޭ… ލޯހުޅުވާ…ޕްލީޒްޒްޒް ބައްޕާ……” އަހަރެންނަށް ހަމަ ހޭވެރިކަމެއްވީ އަހަރެން ގޮވައިގެން ގެއަށްއައި ދައްތަ އާއި އިތުރު ބަޔަކު އައިސް އަހަރެން ބައްޕަ ގާތުން ދުރަށް ގެންގޮސް އަހަރެންގެ ގައިގަ ހިފާ ތަޅުވާގަތުމުންނެވެ.  އަހަރެން ދުވެފަގޮސް މަންމަ ގައިގަ ބައްދާ ގަތީމެވެ. މަންމަ އަހަރެންނަށް ހިތްވަރު ދިނެވެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅު ވާނޭ ކަމުގައެވެ. ރުއީމާ ބައްޕަ ދެރަވާނޭ ކަމަށެވެ. އަހަރެން މަންމަ ގާތު މީކިހިނެތްވި ކަމެއްތޯ އެހުމުން މަންމަ ބުނީ ބައްޕަ ބަލިމީހުން ބަލާ ނިމިގެން ބްރޭކް ގަޑީގަ އެތާ ކައިރި ރެސްޓޯރެންޓެއްގައި އިންދާ ނަމާދު ވަގުތު ޖެހުމުން ނަމާދު ކުރާ ބަޔަށް ގޮއްސަ މާގިނައިރު ވެގެން ބެލި އިރު ބައްޕަ އޮތީ ސަޖިދައިގަ ކަމަށާއި އަތްލި އިރަށް ވެއްޓުނީ ކަމަށެވެ.އަދި ރަނގަޅަށް ބެލި އިރު އޮތީ މަރުވެފަ ކަމަށް ބައްޕަގެ އެކުވެރިއެއް ބުނި ކަމަށެވެ.

2 މަސް ފަސް

ސުކޫލް ޗުއްޓިކަމުން އަހަރެން އިނީ ޓީވީ ބަލާށެވެ.މަންމް އިނީ ހެދުމެއް ފަހާށެވެ. އަހަރެމެން ދެމައިން ކައިގެން އުޅުނީ މަންމަ ފަހައިގެން ލިބޭ ލާރި އަށެވެ.އަވަށްޓެރިންނާއި ބައްޕަގެ އެކުވެރިންވެސް ވަރަށް ރަނގަޅެވެ. އެހެންނަމަވެސް ބައްޕަގެ އާއިލާ މީހުން ވަރަށް ބޮޑަށް އަހަރުމެނަށް ނަފްރަތު ކުރެއެވެ. އެމީހުން ބުނާގޮތުގައި ބައްޕަ މަރުވީވެސް މަންމަގެ ސުންޕާ ކަމުންނެވެ. ކުއްލި އަކަށް އަހަރެން ސިއްސައިގެން ދިޔައީ  މަންމަ ހޮޑުލުމުންނެވެ. މަންމަ އެއީ އެއްވެސް ކަމެއް ނޫންކަމަށް ބުނެ ދިޔައީ ފާޚާނާ އަށެވެ.އިރުކޮޅަކުން މަންމަ ނިކުތްތަނާ ގެއަށް އައީ ސަލްމާ ދައްތަ އެވެ.އެއީ ގަމު ހޮސްޕިޓަލުގެ ނަރުހެކެވެ.އައިސް މަންމަ އަތަށް ގަނޑުތަކެއް ދިނެވެ. މަންމަގެ މޫނަށް އެރި އުފާވެރި ކުލަވަރުން އަހަރެން ސުވާލު ކުރަން އުޅެނިކޮށް މަންމަ ބުނީ އަހަރެން ދޮންތަ އަކަށް ވަނީ ކަމުގައެވެ.އަހަންނަށް އުފަލުން ފުންމައިގަނެވުނެވެ.    ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. Sama dhonthi

    Mibaives kamudhaane kameh ummydh Kiran dhen genes dhen baeh iraadha kurehviyyaa miahvuren dhoga kollaanah and sorry for late maaboda busyvyma lasvee.. .. ..

    1. Sama dhonthi
      Sama dhonthi

      Rangalhu gothakee:
      Kuran***
      Dhigu***

    2. Iz
      Sama dhonthi

      Mi part ves reethi.. Upload vaaleh thankolheh las..plus upload kuraa part ves thankolheh short..

  2. Iz

    Mi part ves reethi. Basically mi site ge gina vaahaka hunnany same problems ah based vefa.. Ummeedh kuran sama ge next story very different vaane kamah.. Good luck..

    1. Sama dhonthi
      Iz

      Thanks Iz? aslu busy kamun lasvanee vaguthu vaavarakun liyefa mibahattany mihaaru.

  3. Reet

    Reethi

    1. Sama dhonthi
      Reet

      Thanks reet ?

  4. mal-mal

    Mis part ves varah salhi, MashaAllah!!?????? avahah upkohdhehchey ekam mi ahvure dhigu koh liyaathi!! ???

    1. Sama dhonthi
      mal-mal

      Thanks mal-mal in shaa ALLAH dhigu kollaana

  5. Sheen

    Vara foohi. Maa kuree

    1. Sama dhonthi
      Sheen

      Sorry aslu busy veema kurukoh liyeveny dhen fashaa iruga dhiguvaane in shaa ALLAH

  6. Binma

    Varah reeethi… <3 <3 <3

Comments are closed.