Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ސައްވީސްވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
September 11, 2017 8 Mins Read
23 Comments

“ބުނަން ފަރުހީން. އަހަރެންނާއި އަހަރެންގެ ލޯތްބާއި ދެމެދަށް ވަންނަން ނޫޅޭ. އަހަރެންގެ ލޯބި އަހަރެންނަށް މާމުހިއްމު. އަހަރެން ފަރުހީން ވެސް އަދި ކުދިންނެއް ވެސް ބޭނުމެއް ނޫން. އަޑުއިވިއްޖެތަ؟ ފަރުހީން އަހަރެންގެ އަންބެއްގެ ގޮތުގައި އިންނަން ބޭނުންވަންޏާ އަހަރެންގެ ދިރިއުޅުމަށް ފާޑުނުކިޔާ މައިތިރިވެގެން އިނދޭ” އަހަރެން ދުރަށް ކޮށްޕާލުމަށްފަހު ހުސެން ދިޔައީ އަހަރެންގެ ޒަޚަމްވެފައިވާ ހިތް މައްޗަށް ފައިން އަރަމުންނެވެ. ހުސެން އެދިޔައީ އެންމެފަހުނގެ ނިންމުން ނިންމާފައެވެ. ކޮންމެފަދަ ހާލެއްގައި ވެސް އަހަރެން ހުސެންގެ އަންބެއްގެ މަޤާމުގައި އިންނަން ބޭނުމެވެ. އަހަރެންގެ ކުޑަ ދެކުދިންނަށްޓަކައެވެ. އަހަރެންގެ ރޮއެރޮއެ ބަލިވެފައިވާ ދެލޮލުން ބަލާލެވުނީ ކުރިމަތީގައި އައިސް ހުއްޓުުނު ހުސެންގެ މަންމަގެ މޫނަށެވެ. އެމަންމަގެ މޫނުމަތިން ހާސްވުމެއް ކަންބޮޑުވުމެއް ނުފެނުނު އިރު އަހަރެންގެ ހާލަތަށް ހަމްދަރުދީ ވެސް ނުފެނެއެވެ. ބަދަލުގައި އެމަންމަގެ މޫނުމަތިން ފެނިގެންދިޔައީ ފޫއްސެވެ.

“ހަޤީޤަތުގައި ފަރުހީން ތިރޮނީ ބޭކާރު ރުއިމެއް. ބަލަ ފިރިހެނަކަށް ހުއްދައޭ ހަތަރު އަނބިން. ކަންބޮޑުކުރަން ނޫޅެބަލަ. އޭނަ ބުނި ކަމަކާއި ރުހިގެން ހުރެބަލަ. ފަރުހީންގެ ދެދަރިން ނޫނަސް އޭނަ އަށް ބައްޕަ ކިޔާ ބޮޑުސިންގާ ފިރިހެން ދަރިއެއް އެބަހުރި. އެދަރިއަށް ކުރާ ޙަރަދެއް އެދެކުދިންނަށް ވެސް ކުރާނެއްނު. އުޅޭ ގޮތެއްދޯ.. ބޯފަޅައިގެންދާވަރުވޭ” ފީރޯޒާ އޭނާގެ ދުލަށް އައިހާ އެއްޗެއް ކުށެއް ނެތް އަހަރެންނަށް ގޮވާލުމަށްފަހު ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. އަހަރެންގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އަންހެނަކަށްވެ ހުރެ އަހަރެންގެ އިޙުޞާސްތައް އެމަންމައަށް ނުވިސްނުނީތީ އަޖައިބުވިިއެވެ. މިއަދު ބައްޕަ މިކަހަލަ ވާހަކައެއް މުސްކުޅިވެފައި އިން އެ މަންމަ ކައިރީގައި ދެއްކިނަމަ އެމަންމަގެ ހިތަށް އަސަރެއް ނުކުރާނެ ހެއްޔެވެ؟

އަހަރެންނަށް ރަހުމުގެ ލޮލަކުން ބަލާލީ އެކަނި ރަމްލާއްތައެވެ. ރަމްލާއްތަ އަހަރެންގެ ކަރުނަތައް ފޮހެދިނެވެ. ހިތްވަރުދީ ވިސްނާދިނެވެ. ފިރިމީހާގެ ޙައްޤުތަކަށް އިޙްތިރާމްކުރުމަށް ނަޞޭޙަތްތެރިވިއެވެ. ނަމާދުކޮށް ދުޢާކޮށް ، ޒިކުރުކޮށް ކެތްތެރިވުމަށް ބުނެ ބުރަކަށީގައި ފިރުމާދިނެވެ. އަހަރެންގެ ހަޔާތުގެ ހިތާމަވެރި ދުވަސްތައް ފެށުނީއެވެ. އަހަރެންގެ ހުސެން މުޅިން އެހެން މީހަކަށް ބަދަލުވިިއެވެ. އެއްކޮޓަރީގައި އުޅުނަސް އަހަރެމެން ދެމީހުންނަކީ ދެބީރައްޓެހިންނެވެ. އަހަރެމެންގެ ކުއްޖަކަށް އަޅާނުލާތާ ހުސެން އަބަދު ހުންނަނީ ރުޅިއައިއްސައެވެ. އެ ގޮތް ނޭނގޭ އަންހެންކުއްޖާގެ ލޯތްބަށްޓަކައި ހުސެން ހުރީ މޮޔަވާން ކައިރިވެފައެވެ. ހުސެން ލޯބިވަނީ ހީން ކިޔާ ކުއްޖަކު ދެކެ ކަން އަހަރެންނަށް އެނގުނީ އޭނާގެ މަންމަ އާއި ބައްޕަ ކައިރީގައި ދެއްކި ވާހަކަތަކެއް އަޑުއިވުނު ހިސާބުން ފެށިގެންނެވެ.

“މަންމާ އަހަރެން ފަރުހީނެއް ބޭނުމެއްނޫން. އަހަރެން ބޭނުމީ އަހަރެންގެ ހީން. އަހަރެންދެކެ ހީން ލޯތްބެއް ނުވޭ. އެކަމަކު މިހާރު އަހަރެން އާދޭސްކުރަން ފަށައިފިން. އެކުއްޖާ ހުރީ އޮސްޓްރޭލިޔާގަ. ކިޔަވަނީ. މިކޮޅަށް އައިހާ އަވަހަކަށް ފަންޑިތައިގެ ބާރުން ވިޔަސް  އަހަރެންގެ މީހަކަށް ހީން ހަދާނަން” ހުސެން މިގޮތަށް އޭނާގެ މަންމަ އާއި ވާހަކަދެއްކިއިރު އޭނާގެ ކުޑަ ދެދަރިންނާއި އަންބަކު އިން ކަމެއް ކުޑަކޮށް ވެސް ހަނދާނެއް ނެތެވެ. ރަމްލާއްތަ ބުނި ފަދައިން އަހަރެން ކެތްކުރީމެވެ. އަހަރެންގެ މާމަ އާއި ދައްތަ ގުޅުމުން އެމީހުންނަށް އަހަރެންގެ ދިރިއުޅުމުގެ މި ހިތްދަތި ދުވަސްތައް ސިއްރުކުރީމެވެ. އެއީ އަހަރެންގެ އާއިލާ އަހަރެންގެ ސަބަބުން ހިތާމަ ކުރަން ބޭނުންނުވާތީއެވެ.

އަހަރެންގެ އެންމެ ހަގު ދަރިފުޅު އިރާ އަށް އޭނާގެ ބައްޕަ ދުރުކަން އެނގުމުން ރުއި މަންޒަރު މިހާރު އަހަރެންނަށް ފެންނަން ފެށިއެވެ. ރަހާ ވެސް ބައްޕަ ދުރުވީ ވާހަކަ އެމީހުންގެ ލޯބި ތުއްތު އަޑުން ކިޔަން ފެށުމުން ދަރިންނަށްޓަކައި އަނެއްކާ ވެސް އަހަރެން ހުސެން އާއި ވާހަކަދައްކަން ނިންމީމެވެ. އެގޮތުން އެއްރެއެއްގެ އިރާކޮޅު ހުސެން ފާޚާނާ އަކަށް ވަންގަޑި ބަލާފައި އަހަރެން ކޮޓަރިއަށް ވަނީމެވެ. އެނދުގައި އިނީ ހުސެން ފާޚާނާ އިން ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ހުސެން ފާޚާނާ އިން ނިކުމެ އަހަރެންނަށް ބަލާވެސްނުލާ ކޮޓަރިން ނިކުންނަން އުޅުނު ވަގުތު އަހަރެން ގޮވާލީމެވެ.

“ހުސެން. ވާހަކައެއް ބުނަން ބޭނުން” ހުސެން އަހަރެންނާއި ދިމާލަށް ބަލާނުލިޔަސް ހުރި ހިސާބުގައި ހުއްޓުނެވެ.

“ހުސެން! އިރާ އާއި ރަހާ އަބަދު ޝަކުވާ ކުރަނީ. އެކުދިންގެ ގެއްލިފައިވީ ބައްޕި ބޭނުންވެގެން އަބަދު ބޮޑާހާކަނީ. އެކުދިންނާއި ހޭދަކުރީ ވަގުތުތައް އަލުން އެކުދިންނަށްދީ” އަހަރެން ހުސެން އާއި ތަންކޮޅެއް ކައިރިވެލުމަށްފަހު ބުނެލީމެވެ. ހުސެން އަހަރެންނަށް ބަލާލީ ބުޅާ މަސްގަނޑަށް ބަލާލާ ކަހަލަ ގޮތަކަށެވެ. ދެބުމަ ގޮށް ޖަހާލައިގެން ހުރިއިރު ދެއަތްތިލަ ވަނީ މުށްކަވާލެވިފައެވެ.

“ކަލޭގެ ދަރިން ވިއްޔާ. އަމާގެ ގޮތެއްނު ހުންނާނީ. ބުނަން ފަރުހީން ރަނގަޅު ވާހަކައެއް. އަހަރެންނަށް އެނގޭ އަހަރެންނަށް ވުރެން ފަރުހީން އުމުރުން ކިތަންމެ ތަނެއް ހަގު ކަން. އަހަރެން ރުޅިއަންނާނެހާ ގޮތަކަށް ކަންތައް ކުރަން ނޫޅޭ. އަހަރެން ކިތަންމެ ދޮށި ވިޔަސް އަންހެނެއް ގަޔަށް އަތް އިސްކުރަން ނުކެރޭނެ ކަމަށް ހީނުކުރައްޗޭ. އަހަރެން މިހާރު ކަލެއާއި އިނދެވުނު މޮޔަ ހީވޭ. އެއީ އަހަރެންގެ ދަރިންނެއް ނޫން. ކަލޭގެ ދަރިން ކަލޭ މައިތިރިކުރޭ. ނޫނީ ދަރިންނާއެކު މާމަގަނޑުގެ ގެއަށް ފޮނުވަން ޖެހިދާނެ” ހުސެންގެ ރަޙުމްކުޑަ ބަސްތަކުން އަހަރެންގެ ހިތް ގިސްލާ ރޮމުން ދިޔައެވެ.

“ހުސެން ހެޔޮނުވާނެ. އަހަރެންނަށް ކީއްކުރެވުނީ. ކޮބާ އަހަރެންގެ ކުށަކީ؟ އަހަރެންނަށް ތިހެން ނަހަދާ” ހުސެންގެ އަތުގައި އަހަރެންނަށް ހިފާލެވުނީ އަހަރެންގެ ހިތަށް ކެތްނުވީމައެވެ. އެވަގުތު ހުސެން އެނބުރިލާފައި އޭނާގެ ބާރުގަދަ ދެއަތުން އަހަރެން މޫނުމަތީގައި ވިހެލީ އެއްވެސް ރަހުމެއް ނެތިއެވެ. އަހަރެންގެ ދެފައިން ބާރުދޫވެ ކާޕެޓް މައްޗަށް ވެއްޓުނު ގޮތަށް ބޯގޮސް ޖެހުނީ އެނދުގެ ކަނެއްގައެވެ. އަހަރެންގެ އަނގައިން މަންމާއޭ ކިޔާ ގޮވާލެވުނު ވަގުތު އަހަރެންގެ ކަންފަތަށް އިވުނީ އަހަރެންގެ ދެދަރިން ވެސް މަންމާއޭ ކިޔާ ރޮމުން އައިސް އަހަރެންގެ އުނގުތެރެއަށް ވެއްޓުނު ތަނެވެެ. އޭރު ވެސް ހުސެން އަހަރެންނަށް ބަލާވެސް ނުލާ ހަމަ އެހުރި ހިސާބުގައި ހުއްޓިގެން ހުއްޓެވެ. ކޮޓަރިން ހަތަރުފާރުން އެތެރޭގައި އަހަރެންނާއި އަހަރެންގެ ދެކުދިންގެ ރުއިމުގެ އަޑު ހިފާލާފައި ހުއްޓެވެ. ހުސެންގެ މަންމަ ވެސް ކޮޓަރީ ދޮރުމައްޗަށް އަރާފައި އަހަރެންނަށް ތުން އަނބުރާލާފައި ދިޔައީ އެވެ. އަހަރެންނަށް ރަހުމެއް ނުކުރިތާނގައި ކުޑަކުޑަ ދެފުރާނަ އަށް ވެސް ރަހުމެއް ނުކުރިއެވެ. ޤައިމުން އެމަންމަ އާއި އަހަރެން ދުރުވިޔަސް އެ ކުޑަ ދެދަރިންނަކީ ހަމަ އެމަންމަގެ ވެސް ދަރިން ވިއްޔާއެވެ. އިންސާނެއްވިއްޔާ ކުޑަ ކުޑަ ދެފުރާނައަށް ރަޙުމެއް ނުކޮށް ހުންނާނެ ހެއްޔެވެ؟

“ބައްޕީ… އުރާލަބަލަ…..” އަހަރެންގެ އިރާ ހުސެންގެ ދެފައިގާ ބައްދާލަމުން ރޮވިފައިވާ އަޑަކުން ބުނެލިއެވެ. އެކަމަކު ހުސެން އެދުވަހު އެކުއްޖާއަށް އެޖެއްސި ހާލަކީ އަހަރެން ކަށްވަޅުގައި އޮންނަން ޖެހުނަސް ހުސެން އަށް މާފު ނުދޭނެ ވަރުގެ ކުށެކެވެ. އިރާގެ ފަހަތުން ރަހާ ވެސް ހުސެންގެ ފައިގާ ހިފާލުމާއެކު ދެފަރާތުން ދެކުދިންގެ އަތުގައި ހިފާލުމާއެކު ހޫރާލީއެވެ. އިރާ އެނދު ހުރަސްކޮށް ކޮޓަރީގެ އަނެއް ފަރާތަށް ގުޅަވަރަށް ޖެހުނު އިރު ރަހާ ގޮސް ޖެހުނީ ފާޚާނާގެ ދޮރު ބުޑަށެވެ. އަހަރެންގެ ލަގޮނޑި އަށް ބާރުވެގެން ގޮސް ހީވީ ނިކުންނާން އުޅުނު ހެންނެވެ. އަހަރެންގެ އެތެރެހަށީގައި އަޅަމުން ދިޔަ ވޭނަށް ލުޔެއް ލިބުނުހެން ހީވީ ދެކުދިން ކައިރިއަށް ދިޔުމަށް ހިތްއަވަސްވި ވަރުންނެވެ. އަހަރެން އެންމެ ކައިރީގައި އިނދަޖެހިފައި އޮތް ރަހާ ނަގާ މެއާއިލާ ބޮނޑިކޮށްލަމުން އެނދުމަތިން އަނެއްފަރާތުގައި އިތް އިރާ ވެސް ނަގާ ބޮސްދީ މަސަލަސް ކުރެވޭތޯ ބެލީމެވެ.  އެ ރަޙުމެއްނެތް ހުސެން އަށް އެގޮތް ވެސް ކަމުނުދިޔައެވެ. އަހަރެން އަތުން ގަދަކަމުން އަހަރެންގެ ދެދަރިން އަތުލުމަށްފަހު ކޮޓަރިން ބޭރަށް ނެރެ ދޮރު ލެއްޕިއެވެ. އަދި އަހަރެންގެ އަތުގައި ހިފާ ދަމާ ގެންގޮސް ފާޙާނާގެ މާގަނޑު ދަށުގައި ބައިންދާފައި އެކުރި ކަމަކުން އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. ދެވަނަ ފަހަރަށް މިދުނިޔެއަށް އަހަރެން ނޭވާލާނޭ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. މާގަނޑުން ހޫނުފެން އަންނަ ގޮތް ހަދާފައި ދުރުގައި ހުރެ ހުސެން ހެނީއެވެ. އެފެނުން އަހަރެންގެ ސިކުނޑި ފިއްސަމުން ދިޔައިރު އަހަރެން އަނބުރައިގަންނަން އުޅޭހެން ވެސް ހީވިއެވެ. ހުސެން ދިޔައީ އަހަރެން އެގޮތުގައި ބައިންދާފައެވެ. އަހަރެންގެ ވަރުނެތް ހަށިގަނޑު އުފުލާލާނެހާ ހިތްވަރެއް ވެސް ނެތި މުށިތަކުގެ މަތީގައި އަހަރެން އޮތީއެވެ.

އެވަގުތު ފާޚާނާ އަށް  ދުވަމުން އައިސް ވަން ރަމްލާއްތަ އިސްކުރު ބާރުކޮށް އަހަރެން ނަގައިގަނެގެން ކޮޓަރިއަށް ވަނެވެ. އަހަރެންގެ ހެދުން ބަދަލުކޮށްދީ ފިހި ރަތްވެފައި ހުރި ތަންތަނުގައި ބޭސް އުނގުޅައި ދިނެވެ. އަހަރެންނަށް ތަދު ކަނޑުވާ ބޭސްދީ އަހަރެންނަށް ޙިތްވަރު ދިނެވެ. ރަހާ އާއި އިރާ މަސަލަސްކޮށް ރަމްލާއްތަ ކޮޓަރީގައި ކުޅެން އިން ކަމަށް ބުނުމުން ރަތްވެ އަރާފައިވާ އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެދެބެންގެ އަތަށް ކޮންމެސް ވަރަކަށް އަނިޔާވެފައިވާ ކަމަށާއި އެތަންތަނުގައި ފިނިފެނުން ބޮނޑިތާން ކުރި ވާހަކަ ވެސް ބުނެލިއެވެ.

ދެކުދިން ނިންދެވުމަށްފަހު އަހަރެން ގޯތި ތެރެއަށް ނިކުމެލީ އަހަރެންގެ ވިރެމުންދާ ހިތަށް ހަމަޖެހުމެއް ހޯދުމަށެވެ. ނިންޖާއި ކެއިން ބުއިމަކީ މިހާރު އަހަރެންނާއި ރުޅި ދެކަންތަކެވެ. އަހަރެންގެ ކަމަކީ އެކަނި އިންދެ އަހަރެންގެ ނަސީބާއި މެދު ރޮއެ ހިތާމަކުރުމެވެ. ރަހާ އާއި އިރާ ކުރިމަތީގައި ހީލައިގެން ހުއްޓަސް އެތެރެއިން އަހަރެންގެ ހިތް ވަނީ ކުދުކުދި ވެފައެވެ. އެދުވަހަކު ރޮއެނުލައްޏާ އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އެހެންވެ ކޮންމެ ރެއަކު ވެސް ދަންވީމާ އަހަރެން ވަގުތު ހޭދަކުރަނީ ބޭރު ޖޯލިފަތީގައެވެ. އަހަރެންގެ ދިރިއުޅުމުގައި ހުސެން އަކީ މުހިއްމު މީހެއް ނޫނެވެ. އަހަރެންނަކީ މީހެއްގެ އަންބެކޭ މީހާރު އަހަރެންގެ ހިތަށް ނާރައެވެ. ހަމަ އެގޮތަށް ރަހާ އާއި އިރާ ވެސް ހުސެން ފެނުނީމާ ބިރުން ފިލަނީއެވެ. އެކުދިން ގޮވައިގެން ގިނަ ވަގުތު ހޭދަކުރަނީ ރަމްލާއްތައެވެ. ހުސެންގެ މަންމަ އާއި ބައްޕަ ވެސް އެކުދިންނާއި ވެގެން އުޅޭތަނެއް އަހަރެން މިފަހަކަށް އައިސް ނުދެކެމެވެ.

އެގޮތުގައި އަހަރެންގެ ހިތްދަތި ދުވަސްތައް ދުވަހަކަށް ފަހު ދުވަހެއް ރެއަކަށްފަހު ރެއެއް ވެނާއި ހިތާމައިގާ ހޭދަވަމުން ދެއެވެ. ހުސެން އަށް އަހަރެންނަށް އަނިޔާ އެއް ކޮށްނުލާ މިހާރަކު ހިތްހަމައެއް ނުޖެހެއެވެ. ފެންނަން ހުރިއްޔާ އޭނާ ދާނީ އިރާ ވެސް ނޫނީ ރަހާ އަށް ވެސް ކޮންމެސް އަނިޔާއެއް ދީފައެވެ. ހުސެންގެ މަންމަ ވެސް ބައްޕަ ވެސް އޭނާ ހުއްޓުވާކަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަހަރެންގެ ކުދިންނާއި އަހަރެންގެ ދިފާއުގައި ރަމްލާއްތަ އެއްޗެއް ބުނި ދުވަސް އެއީ ރަމްލާއްތަ ވަޒީފާ އިން ވަކިކޮށްލި ދުވަހެވެ. ނަމަވެސް ރަމްލާއްތަ އަކީ ދުނިޔޭގައި ފިރިއެއް ދަރިއެއް އެއްބަނޑު ތިމާގެ މީހެއް ނެތް އެކަނިވެރިޔަކަށްވާތީ ދިރިއުޅުމަށްޓަކައި މަސައްކަތްކުރާ މީހަކަށްވާތީ ހުސެންގެ މަންމަ ކައިރީގައި ރޮއެ އާދޭސްކޮށް އަލުން ވަޒީފާ ހޯދީ އެވެ. އެގޭތެރޭގައި ހިނގާ އެއްވެސް ކަމަކާ ރަމްލާއްތަ ނުބެހުމަށް ޝަރުތުކޮށްފައެވެ. އަހަރެންގެ ހިތްދަތި ހާލު ފެނި ކިތަންމެ ދުވަހަކު ރަމްލާއްތަ ދޮރުކަނީގައި ލެގިގެން ރޯން ހުންނަ މަންޒަރު އަހަރެން ދުށިމެވެ. އެންމެންނަށް ވަގަށް އެއްދުވަހަކު ރަމްލާއްތަ އަހަރެންނާއި ބައްދަލުކޮށް މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމަށް ބުންޏެވެ. ނަމަވެސް އަހަރެން އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ އަހަރެންގެ ލޯބިވާ ފިރިމީހާއެވެ. އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ދަރިންގެ ބައްޕައެވެ. އަހަރެންގެ މިހާލަތު އެނގި އަހަރެންގެ މާމަ އަށް ވެދާނެ ގޮތަކާއި މެދު އަހަރެން ބިރު ގަންނަނީއެވެ. ކޮންމެސް އެއްދުވަހަކުން ހުސެން ބަދަލުވާނޭ އަހަރެން ހިތް ބުނަނީއެވެ. އެދުވަސްތަކުގައި އަހަރެންނަށް ހީން ކޮއްކޮގެ ފަރާތުން ވަރަށް އުފާވެރި ހަބަރެއް ލިބުނެވެ. ހީން ކޮއްކޮއަށް ވަރަށް ލޯބިވާ ކުއްޖެއް ލިބުނު ވާހަކައެވެ. ނަމަކަށް ކޭވީއޭ ބުނުމުން އަހަރެން ވަރަށް ޖޯކް ވެސް ޖެހީމެވެ. އެކުއްޖާގެ ފޮޓޯއެއް ދައްކާނީ ދޮންތަބެގެ ފޮޓޯއެއް ވެސް ދެއްކުމުން ކަމަށް ބުނުމުން އަހަރެން އިތުރަށް ދެރަވެ ރޮވޭ ގޮތްވިއެވެ. މިހާރު ކަންތައް ވެފައި އޮތް ގޮތުން އަމުދުން ހީން ކޮއްކޮއަށް ހުސެންގެ ވާހަކަތައް ކިޔާދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ.

ދުވަހަކަށް ފަހު ދުވަހެއް އަހަރެން ހިކި އަނަރޫފަ ވަމުން ދެއެވެ. އަހަރެން ދެކިލިމަށްޓަކައި މާމަ އާއި ދައްތަ އައި ދުވަހު އަހަރެންގެ ނިކަމެތި ހާލު ފެނި މާމަ ރުޔެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުން ބާއްޖަވެރި ކަމަށް ބުނެ އަހަރެން މާމަމެން ހިތްހަމަޖައްސާ ދިނީމެވެ. އަހަރެން ބަލިކޮށް އުޅޭތީ ހިކެނީ ކަމުގައި ބުނީމެވެ. އަހަރެންގެ ހަޤީޤަތް މާމަމެންނަށް އަންގާ ދިނުމަށް ރަމްލާއްތަ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެންގެ އާދޭސްތަކުގެ ކުރިމަތީގައި ރަމްލާއްތަ ޖެހުނީ އިސް ޖަހާލާށެވެ.

ދުވަހަކަށްފަހު ދުވަހެއް އަހަރެންގެ ދިރިއުޅުން ދިޔައީ އެއްކަމެއް ތަކުރާރު ވަމުންނެވެ. ހުސެންގެ ދެއަތުން އަހަރެންނަށް ކުރާ އަނިޔާއެވެ. އަހަރެންގެ މޫނުމަތިން ދެތިން ތަނަކުން ލަކުނުލާފައި ހުރި އިރު ބަނޑުކޮޅުން ވެސް ހުރީ ރިހުން ނުފިލައެވެ. ހުސެންގެ އެދުން ފުއްދަން ވެއްޖިއްޔާ އަހަރެން ނުތާހިރު ކަންމަތީގައި އިނަސް އޭނާގެ ބޭނުން ފުއްދައެވެ. ދެމަފިރިން ގުޅުން ހިންގުމުގައި އަންހެނާގެ ފުރަގަސް ފަރާތް ބޭނުންކުރުމަކީ ދެމަފިރިންނަށް ވެސް ޙަރާމްކަމެއް ކަމުގައި ވީއިރު ހުސެން އުޅެނީ އެއީ އޭނާ އަށް ހަލާލު ކަމެއް ކަމުގައި ދެކިގެންނެވެ. އަހަރެންގެ ހަށިގަނޑުގައި ވޭންނާޅާ ހަމަ އެންމެ ތަންފުކެއް ވެސް ނެތެވެ. އެގޮތުގައި އުޅެނިކޮށް އަހަރެންގެ ތިންވަނަ ދަރިފުޅަށް އަހަރެން ބަލިވެ އިނީއެވެ. އެކަން ދެފަރާތުގެ އާއިލާ އަށް ނާންގާ އުޅެނިކޮށް ހުސެން އަހަރެންނަށް ގަދަކަމުން ބާރުގަދަ ބޭސްތަކެއް ކާންދީ ބަނޑުގައި އޮތް ނުއުފަންނަ ދަރި މަރާލިއެވެ. އަހަރެން ރޮއެ އާދޭސް ކުރަނިކޮށެވެ. އެންމެފަހުން ހުސެންގެ އަނިޔާތަކަށް ކެތްނުވުމުން އަހަރެން ހުސެން ކައިރީގައި ވަރިކޮށްފައި ކުދިންނާއެކު ގެއަށް ފޮނުވާ ދިނުމަށް އެދުނީމެވެ. ނަމަވެސް މީހުންގެ ތެރޭގައި އެއާއިލާ އަށް ލިބިދާނެ ހުތުރުނަމަކުން ސަލާމަތްވުމަށްޓަކައި ހުސެން އަހަރެންގެ އެދުމަށް ދެކޮޅު ހެދިއެވެ. ހުސެންގެ ތުންފުހެލާ ޓިޝޫގަނޑަށް ވުރެ އޭނާގެ ކުރިމަތީގައި އަހަރެންގެ އަގު ކުޑައެވެ. އެދުވަސްކޮޅު މާމަ ވަރަށް ބޮޑަށް ބަލިވެގެން ރާއްޖެއިން ބޭރަށް ދާން ޖެހުމުން މުޅި މާލެއަށް އަހަރެންނާއި އަހަރެންގެ ދެކުދިން ގިނަވެއްޖެ ކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. އެގޮތުގައި އަހަރެން ދުވަސް ގުނަމުން ދިޔައީމެވެ. ދިރިހުރީތީ ދިރިއުޅެން ޖެހޭނެތާއެވެ.

އެއްރެއެއްގެ އެގާރަ ޖަހާލީ ހާއިރެވެ. އަހަރެން ދެކުދިން ނިންދަވާ ހެދުމަށްފަހު ބޭރު ޖޯއްޔަށް ނިކުމެލީ ގުދުރަތީ ރީތި ވައިކޮޅެއްގެ ބޭނުމުގައެވެ. ރެއަކީ ފުދޭ ވަރަކަށް ވައި ޖެހެމުން ދިޔަ ރެއެކެވެ. ވާރޭ ނުވެހުނަސް ދެންމެ ދެންމެ ވާރޭ އޮށްސާލަފާނޭ ހީވާ ފަހަރު ވެސް އާދޭއެވެ. އަހަރެން ޖޯލީގައި އޮތީ އުޑުމަތިން ފިޔަޖަހަމުންދާ ތަރިތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. އަހަރެން ކުއްލިއަކަށް ސިހުނީ އަހަރެންނާއި ދާދި ކައިރިން ކަރުކެހިލި އަޑު އިވުމުންނެވެ. އަހަރެން ސިހިފައި ބަލާލީރު ކައިރީގައި އިނީ އަހަރެން ދުވަހަކު ވެސް ނުދެކޭ ފިރިހެން ކުއްޖެކެވެ. އުމުރަށް ބަލާލި ކަމުގައި ވާނަމަ އަހަރެންނާއި ދާދި އެއް އުމުރެއްގެ ޒުވާނެކެވެ. ކަޅު ކުލައިގެ އަތްދިގު ޓީޝާޓަކާއި އެކު ކަޅުކުލައިގެ ޖިންސެއްގައި ހުރިއިރު ޓީޝާޓާއި އެކު އިން ހުޑު އިނީ ބޮލުގައި އަޅާލާފައެވެ. އެކުއްޖާގެ މޫނު މަތިން އުޖާލާ ކަމެއް ފެންނަން ހުރިއިރި ދެލޮލުގެ ކަޅި ވެސް ހުރީ ފެހި ކުލައިގައެވެ. އެރޭގަނޑު ވެސް އަހަރެންނަށް ބެލެނީ އެކުއްޖާގެ ދެލޮލަށެވެ. އޭނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފެނުމުން އަހަރެންގެ ތުންފަތްމަތީގައި ވެސް ހިނިތުންވުމެއް ދުވެލަން ތައްޔާރުވިއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ އަހަރެންނަށް އިސްޖަހާލެވުނެވެ.

“ކްކް..ކާކު ހޯދަން…. ކީއްކުރަން” އަހަރެންނަށް ލަސްލަހުން އަހާލެވުނެވެ. ދެފަރާތް ހޯދާލެވުނީ ނުދަންނަ މީހަކު ކައިރީގައި އިން ތަން ގޭތެރޭން މީހަކަށް ފެނިދާނެތީއެވެ.

“އަހަރެން މިއައީ ފަރުހީން ހޯދަން. އަހަރެން ކޮންމެރެއަކު ވެސް އަންނަން. މިރޭ ހިތަށް އެރީ ފަރުހީނާއި ބައްދަލުކޮށްލާފައޭ އެނބުރި ދާނީ” އެ ކާކު ކަން ނޭނގޭ ޒުވާނާ އެހެން ބުނުމުން އަހަރެން ޚައިރާންވިއެވެ. އެންމެފަހަރަކު ވެސް އެއީ އިންސާނެއް ނޫނޭ އަހަރެންގެ ހިތަކަށް ނާރާއެވެ.

“ކީއްކުރަން އަހަރެން ކައިރިއަށް ތިއަންނަނީ. އަހަރެންނަށް ދެވޭނެ އެއްވެސް އެއްޗެއް ނެތް. ތިއައި ތަނަކަށް ދޭ” އަހަރެން އިސްޖަހާލަމުން ބުނެލީމެވެ.

“އަހަރެން މިއައީ ފަރުހީންގެ ފަރާތުން އެއްޗެހިތަކެއް ހޯދާކަށް ނޫން. އަހަރެންނަށް ފަރުހީންގެ ހުރިހާ ކަމެއް އެނގޭ. ހަމައެކަނި ބޭނުމީ އެންމެ ކަމެއްގެ ހުއްދަ ހޯދަން” އެކުއްޖާ އެހެން ބުނުމުން އަހަރެން އޭނާ އަށް ބަލާލީމެވެ. އޭނާ ހީލިއެވެ. އަހަރެންނާއި ޖެހިގެން ހުރި ޖޯލީގައި އޭނާ އިނުމުން އޭނާ ލައިގެން އިން ކަޅު ޓީޝާޓުގެ އަތުން ބައެއް އަހަރެންގެ އަތުގައި ކޭއްތެމުން ދިޔައެވެ.

“އަހަރެންނަކަށް ތީކާކު ކަމެއް ނޭނގޭ. ކިހިނެއް އަހަރެންގެ ނަން އެނގުނީ” އަހަރެން އޭނާ އާއި ސުވާލު ކުރީމެވެ.

“އަހަރެންނަށް ކިޔަނީ ބީހާލް. އަހަރެންނަށް ފަރުހީން މިތާ އިނދެ ރޮއެ ހިތާމަކުރާ މަންޒަރު ފެނޭ. ތިގޭތެރޭގައި ފަރުހީން އުޅޭ ގޮތް ވެސް ފެނޭ. ފަރުހީންގެ ފިރިމީހާ ފަރުހީނަށް ކުރާ އަނިޔާތައް ވެސް ފެނޭ” ބީހާލް ފަރުހީންގެ މޫނުން ނަޒަރު ވަކިކޮށްނުލާ އިނދެ ބުނެލިއެވެ.

” ބީހާލްއޭ… ތިނަން ކިޔާ މީހަކު ނުދަންނަން. މިގޭ ވާކަންތައް ކިހިނެއް އެނގެނީ. ތީ އަނެއްކާ އިންސާނެއްތަ” ފަހަރެއްގައި އަހަރެން އެހެން ބުނީ ބީހާލް ދޭނެ ޖަވާބެއް އެނގިގެނެއް ނޫނެވެ.

“އާ. އަހަރެންނަކީ އިންސާނެއް ނޫން. އަހަރެންނަކީ ޖިންނިއެއް” ބީހާލް އެހެން ބުނުމުން އަހަރެން ބިރުގަތުމުގެ ބަދަލުގައި އައީ ހިންޏެވެ. ޖިންނިއެއް އެގޮތަށް އައިސް ވާހަކަދައްކަފާނޭ އަހަރެންގެ ހިތަށް ނޭރީއެވެ.

“އެންމެރަނގަޅު. ތީ ޖިންނިއެއް ކަން ސާބިތުކޮށްދީބަލަ” އަހަރެން ވަރަށް ހަމަޖެހިލާފައި ބުނެލީމެވެ.

“ފަރުހީން ނުވާނެ ބިރުގަނެގެން. އަހަރެން މިރޭ ފަރުހީނަށް މިހުރިހާ އެއްޗެއް ވެސް ކިޔާމިދިނީ ފަރުހީން ފެނުނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަހަރެންނަށް ލޯބިވެވުނީމަ. އަހަރެމެންނަކީ އިންސާނުން ފަދައިން ލޯބިވާ މީހާ އަށް ބޭވަފާތެރިވެ އޮޅުވާލާނެ ބައެއް ނޫން. އަހަރެން ބޭނުމިއްޔާ އަހަރެންނަށް ފަރުހީން މޮޔަ ވެސް ކޮށްލެވިދާނެ. އެކަމަކު ފަރުހީނަށް އަންދާޒާ ވެސް ކޮށްނުލެވޭނެ އަހަރެން ފަރުހީން ދެކެ ލޯބިވާ މިންވަރު. އަހަރެން ބުނީމެއްނު ކަމެއްގެ ހުއްދައޭ. އަހަރެން ހުއްދަ ހޯދަން ބޭނުންވީ ފަރުހީންގެ ނުލަފާ ފިރިމީހާ ހުސައިން އިރުފާންގެ ދެއަތް އުފުރާލަން. ދެލޯ ބޯލަން. އަނގަ އިރާލަން. ބަނޑު ފޫއަޅުވާލަން. އޭނާ ފަޚްރުވެރިވާ އޭނާގެ ފިރިހެން ހަށި ހަންދަމާލަން. އެކަމުގެ ހުއްދަ ފަރޫ އަހަރެންނަށް ދީ” ބީހާލް އެބުނި ބަސްތަކުން އަހަރެންނަށް އިނދެވުނީ ކިޔާނެ ބަހެއް ނޭނގިފައެވެ. އަސްލު ވެސް ބީހާލް އެއީ ޖިންނިއެއް ބާއޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ދެލޯބޮޑުކޮށްފަ ބީހާލް އަށް ބެލުން ނޫން ކަމެއް އަހަރެންނަށް ނުކުރެވުނެވެ.

“ކީއްވެ ތިބަލަނީ. އަހަރެންނަކީ ޖިންނިއެއް” ބީހާލް އެހެން ބުނުމާއެކު ކުއްލިއަކަށް ގެއްލުނެވެ. އަހަރެންނަށް އަނގަމަތީގައި އަތްއަޅާ ކުއްލިއަކަށް ތެދުވެވުނީ ބިރުންނެވެ. އަހަރެންނަށް ހޭނެތިގެން ނުވެއްޓުނީ ކިރިޔާއެވެ. ގެއަށް ވަންނަން ދުއްވައިގަތުމާއެކު ކުއްލިއަކަށް އަހަރެންގެ އަތުގައި ބީހާލް ހިފިއެވެ. އަހަރެން ސިހިގެން ދިޔަވަރުން އަޑުގަދަވެސް ކޮށްލެވުނެވެ. ބީހާލް އަހަރެންގެ އަތުގައި ހިފައިގެން ގޮސް ކުރިން ވެސް އިށިން ތަނުގައި ބޭންދިއެވެ. އަހަރެންނަށް ގަދައެއް ހަދާކަށް ވެސް ނުކެރުނެވެ. އަހަރެން ގަދަހަދައިފިއްޔާ ޖިންނި ކާލަފާނޭ ހިތަށް އަރަނީއެވެ. އަހަރެންނަށް ވިސްނިފައި އޮތް ގޮތުން ވިއްޔާ ޖިންނީންނަކީ މީހުން ކާ ބައެކެވެ.

“އަހަރެން ފަރޫ އަށް އެއްވެސް ގެއްލުމެއް ދޭކަށް ބޭނުމެއް ނޫން. އަހަރެން ފަރޫ ދެކޭ މިވާ ލޯބީގެ ބަދަލުގައި ފަރޫ އަހަރެން ދެކެ ލޯބިވާކަށް ނޭދޭނަން. އެކަމަކު ފަރޫ ކައިރީގައި އަބަދުވެސް ހަށިފާރަވެރިއަކަށް ވެގެން ހުރެދޭނަން. ފަރޫ އަށް ވެސް ފަރޫގެ ކުއްޖަކަށް ވެސް ދެން ގެއްލުމެއް ލިބޭކަށް ނުކެރޭނެ” ބީހާލް ވާހަކަދެއްކީ އަހަރެންގެ އަތުން ދޫކޮށްނުލާ އިނދެއެވެ. ބީހާލް ދެއްކި ކޮންމެ ވާހަކައެއް އަހަރެންގެ ހިތުގެ އެންމެ ފުނުގައި ރައްކާކުރަމުން ދިޔައީމެވެ.

“އެކަމަކޫ ކީއްވެ؟  އަހަރެން… އަހަރެން ލޯބި…” އަހަރެން ބުނަން އުޅުނު ބަސް މެދުކަނޑާލީ ބީހާލް އެވެ.

“ފަރޫ އަދިވެސް އޭނަ ދެކެ ލޯބިވަންތަ؟ ފަރޫ ބޭނުންތަ އަހަރެންގެ ހިމާޔަތް” ބީހާލް އަހަރެންގެ މޫނުމައްޗަށް ދޫކޮށްލީ ދެސުވާލެވެ. އަހަރެންގެ އަނގަ މަޑުމަޑުން ހަރަކާތް ކުރަން ފެށީ އެސުވާލުތަކުގެ ޖަވާބު ދޭށެވެ.

“އަހަރެން ހުސެންދެކެ ބިރުގަނޭ. ފޫހިވޭ. އޭނަ އަހަރެން ވަރިވެސް ކޮށްނުދިން. އޭނަ ބޭނުންވީމަ ބޭނުން ފުއްދަން ގެންގުޅޭ އޭނަގެ އަޅެއް އަހަރެންނަކީ. އަހަރެން މިކަމުން ސަލާމަތްވާން ބޭނުން. ބީހާލް އަހަރެންނަށް އެހީވާނަންތަ” ކަރުނައިން ފުރިގެންވީ ލޮލަކުން އަހަރެންނަށް ބީހާލް އަށް ބަލާލެވުނެވެ. ބީހާލް އަހަރެންގެ ތުންފަތުގައި އިނގިލި ހުރަސްކޮށްލިއެވެ. ލޯތްބާއެކު ދެލޮލުން ފޭބި ކަރުނަތައް ފޮހެދިނެވެ.

“ފަރޫ ބޭނުންވި ކޮންމެ ވަގުތަކު. ފަރޫ އަހަރެންގެ ލޯބި ޤަބޫލުކުރިޔަސް ނުކުރިޔަސް އަހަރެންގެ މި ވޢުދަކަށް ބަދަލެއް ނާންނާނެ. އަބަދުވެސް ހަނދާންކުރައްޗެ އަހަރެން ފަރޫ ދެކެ އަހަރެންގެ އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ލޯބިވާކަން” އަހަރެންނަށް ބީހާލްގެ ކޮނޑުގައި ބޯއަޅާލެވުނެވެ. އެފަދަ އޯގާތެރިކަމަކަށް އަހަރެން އެދޭތާ ކޮން ދުވަހެއް ހެއްޔެވެ؟ އިންސާނަކަށް ނުވިޔަސް އަހަރެން ދެން އުޅެން ބޭނުންވީ ބީހާލް އާއި އެކީގައެވެ. ބީހާލް ބޭނުންވެއްޖެނަމަ އިންސާނުންގެ ލޯތަކަށް ސިއްރުން ވެސް އަހަރެންގެ ދެކުދިންނާއި އަހަރެން ގެންގުޅުނަސް އަހަރެންގެ ފަރުވާލެއް ނެތެވެ. މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައި ވަނިކޮށް ޖިންނިއެއްގެ ސިފައިގާ ވިޔަސް އަހަރެންގެ ދިރިއުޅުމަށް މަދަދުޤާރަކު އަތުވެއްޖެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

އިމްތިޙާނު (ދެވަނަބައި)

Next

އަގެއްނެތްލޯބި 15 ވަނަބައި

Next
September 11, 2017

އަގެއްނެތްލޯބި 15 ވަނަބައި

Previews
September 11, 2017

އިމްތިޙާނު (ދެވަނަބައި)

23 Comments!

  1. shau says:
    September 11, 2017 at 2:24 pm

    Yayyyy!!I firstt

    1. Ushaali says:
      September 11, 2017 at 2:32 pm

      yes mifaharu shau ah first 🙂

  2. Ushaali says:
    September 11, 2017 at 2:31 pm

    Assalam alikum and alhamdhulillah 🙂 mi bai ves miothy up kurevifa. mi bai ves huriha kudhinnah kamudhaane kamah heekuran. dn in bai maadhama genesdheynan 🙂 genesnudheveynama ves angaala dheynan :-). huriha kudhinnah ves varah baajaveri dhuvahakah edhen 🙂 🙂

  3. reader says:
    September 11, 2017 at 2:33 pm

    when next part alhe mirey genesdheeeba aneh part ves kiyaaahithun nuhureveyhama mihaar

    1. saanto says:
      September 11, 2017 at 3:42 pm

      asluves..keh madhu vejje

  4. Hafoo says:
    September 11, 2017 at 3:12 pm

    Yayyyyy! Jazaakah’llah haira. Haadha ragalhey. Varah nice.

  5. saanto says:
    September 11, 2017 at 3:41 pm

    alhey haadha reehchey awww…dhn in part kiyaa hithun nuhureveyey…thanks ushaali mi part up koh dhineema…ly

  6. mal-mal says:
    September 11, 2017 at 3:59 pm

    wowww!! a beautiful chapter,MashaAllah. ???
    didn’t Faru get a hint that Rayaaheen might be the one Irfaan was talking about??? because she already knew that it was a girl named “Heen” and was studying in Australia?? ??
    Anyways, waiting for the next chapter!! ???

  7. someone says:
    September 11, 2017 at 4:42 pm

    varah reethi.. next part mirey up kohdheeba plx plx plx plx…

  8. star says:
    September 11, 2017 at 4:45 pm

    Wow

  9. nux says:
    September 11, 2017 at 4:59 pm

    alhey haadha reethi hisaabakunnay thi ninmaalhy can’t waite?????mirey adhi eh part kiyan baynun???????plx plz avahah up kohladheeba

    1. nux says:
      September 11, 2017 at 5:05 pm

      *mipartvess v reethi heevany hama story theray ulhevunu hen ??????irufaan haadha goahey ???????adhivess aynayah kuraavaru kuda e nux nama mihaaru maraalaanan??well done dr ly ushoo???next partah v inthizaaru eba kurevay????

  10. azeen says:
    September 11, 2017 at 6:24 pm

    alhey v v reeethi avahah uo kohladhyba

  11. Loo says:
    September 11, 2017 at 6:51 pm

    Omg
    Alley haadha ree thi story ekeh. Please maadhan avahuh up koh dhehchey

  12. Coco says:
    September 11, 2017 at 7:21 pm

    How many parts more?

  13. Ushaa says:
    September 11, 2017 at 8:16 pm

    v v salhi mi part vesh… story liyaa kujjaa ah v v bodah sukuriyyaa… maadhamaage part mihaa dhigu koh kiaalan libeyne kamah uhmeedh kuran… once again thankyou

  14. aish says:
    September 11, 2017 at 9:08 pm

    Mi part vs vrh v v v v reethi . . . Thnks ushaali ?❤?

  15. Layaa says:
    September 11, 2017 at 10:17 pm

    Vrh dheravehje mi part kiyaafa rovijje hama ? mi vaahaka vrh vrh salhi

  16. B says:
    September 12, 2017 at 1:48 am

    Alhey.. emme reethi thankolhunnimuny.. ushaali plz mi vaahaka nunimmahchey avahah..!! Season 2 ves beynun kiyaalan.. heekuran season 2 liyumaa dheytherey visnaane kamah..!❤️

  17. Ushaali says:
    September 12, 2017 at 8:48 am

    thankyou ol for da lovely comments 🙂

  18. fathun says:
    September 12, 2017 at 9:27 am

    alhe kobaa next part???

    1. saanto says:
      September 12, 2017 at 1:46 pm

      thedheh..next part avahah up koh dhevidhaanetha ushaali…

  19. Sheww says:
    September 12, 2017 at 2:24 pm

    Its awesome… ❤ when next part coming..

Comments are closed.

Next Episode02:30 ފަންސަވީސްވަނަ ބައި←


All Right Reserved!