Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ހިނިތުންވެލާށޭ 3

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
September 11, 2017 8 Mins Read
43 Comments

ފަތިސް ނަމާދުކޮށްލައިގެން ޝައިމް ހޮސްޕިޓަލަށް ދާން ތައްޔާރުވިއެވެ. އީޝް އަދި އެއްދުވަހަށް އެޑްމިޓް ކުރަން ނިއްމުމުން ހޮސްޕިޓަލުގައި މަޑުކުރުމަށެވެ. އަޝްވާ ޝައިމްއާއި އެއްކޮށް ދާން އުޅުނު ނަމަވެސް ގޭގައި މަޑުކޮށްލީ ބައްޕަ ވިޔަފާރި ދަތުރު ނިއްމާލުމަށްފަހު ހެނދުނު އަންނާނެ ވާހަކަ ބުނުމުންނެވެ.

ޝައިމް ހޮސްޕިޓަލަށް ދިޔުމުން  އަޝްވިން އާއި ލިއުޝާ ގެޔަށް ދިޔައީ ތާޒާވެލުމަށެވެ. އީޝް ޝައިމްއާއި ހަވާލުކުރަމުންނެވެ.

” ދޮންބެގެ ދޫންޏާ ކިހިނެތް މިހާރު” އެއް އަހަރަށްދާ އީޝް އޮތީ އައިވީ ގުޅާފައެވެ. ޝައިމް އީޝް އުރާލަމުން ވާހަކަ ދައްކާލިއެވެ. ޝައިމް އީޝް އާއި އެކީ މަޖާ ވަގުތެއް ހޭދަކުރަމުން ދަނިކޮށް ދޮރު ހުޅުވާލި އަޑަށް ބަލާލިއެވެ. އެވަގުތު އެތެރެއަށް ވަދެގެން އައި  ނަރުސް ކުއްޖާ ފެނި އީޝް މަތިންވެސް ހަނދާން ނެތުނު ކަހަލައެވެ.

“ސާބަސް ޝައިމް. ކިރިއާނު ނުވެއްޓުނީ” މަލަކާ ދުވެފައި އައިސް އެނދު މަތީގައި ފިރުކެމުން ދިޔަ އީޝްގެ ގައިގައި ބައްދާލިއެވެ.

ޝައިމް ހުރީ މަލަކާ އެވަގުތު ފެންނާނެ ކަމުގެ އުއްމީދުގައި ނޫންކަމުން އެދުގައި އޮށޯވެލައިގެން އޮތް އީޝް އަތުން ދޫވީއެވެ.

“ސޮރީ”ބޮލުގައި އަތް ހާކަލަމުން ޝައިމް ބުނެލީ އަމިއްލަ ކުށް ގަބޫލުކުރަމުންނެވެ. މަލަކާ ފެނުމުން އެވީ ގޮތެކެވެ. ހިތް ބިރުގަތީ ހެއްޔެވެ؟

މަލަކާ އަތުގައި އޮތް ފައިލު އެނދުމަތީ ބޭއްވުމަށްފަހު އީޝް އުރާލިއެވެ. އަދި ނިކަން ލޯތްބާއި އެކު ވާހަކަ ދައްކަން ފެށިއެވެ. މަލަކާއަށް ކުޑަކުދިން އުރާލައި ލޯބިކޮށްލަން ލިބެނީ ވަރަށް މަދުން ނަމަވެސް ކުޑަކުދިން ދެކެ އިންތިހާ އަށް ލޯބިވެއެވެ. ޝައިމްއަށް އެކަން ރަނގަޅަށް ލޯކުރިމަތިން ފެންނަމުން އެބަދެއެވެ. މަލަކާއާއި ދިމާލަށް ނުބަލަން ހުއްޓަސް ބެލެނީ އިހްތިޔާރުން ބޭރުވެފައިވާ މީހެއް ފަދައިންނެވެ.

“ކޮން ނަމެއް ކިޔަނީ ކޮއްކޮއަށް” އީޝް އުގުމަތީ ބައިންދަމުން މަލަކާ ދެތިން ފަހަރު އަހާލިއެވެ. ހީކުރީ ޝައިމް ޖަވާބު ދޭނެ ކަމަށެވެ.

“ޝައިމް” މަލަކާއާއި ދިމާލަށް ގެއްލިފައި  ހުރި ޝައިމް ކުރިމަތީ އަތް ހޫރާލަމުން މަލަކާ ގޮވާލިއެވެ.

“ކީކޭ” ޝައިމްއަށް ހިޔާލީ ދުނިޔެއިން ބޭރުވެވުނެވެ.

“ކޮން ދުނިޔެއެއްގަ.. މިކިޔަނީ މިކޮއްކޮއަށް ކިޔަނީ ކޮން ނަމެއްހޭ” މަލަކާ ހެމުން ބުނެލިއެވެ.

“މީ އީޝް ދޯ ދޫންޔާ” ޝައިމް އެނދުގެ މަލަކާ އިން ނޫން ފަޅީގައި އިށީންނަމުން ބުނެލިއެވެ. ދެންމެ ހިގާ ދިޔަ ކަންތަކުން ލަދުވެސް ގެންފިއެވެ. އެހެންކަމުން ފޯނު ނަގައި ކޮންމެވެސް ކުރާ ކަމަށް ހަދާލިއެވެ.

“ކޮބާ އީޝްގެ މަންމަ” މަލަކާ ޝައިމްއާއި ސުވާލުކޮށްލިއެވެ.

“ގެޔަށް ދިޔައީ. އަދި ފަހުން އަންނާނެ” ޝައިމް ކުރު ގޮތަކަށް ޖަވާބު ދިނެވެ.

“މިތާނގަތަ މަސައްކަތް ކުރަނީ” ހިނދުކޮޅަކަށް ދެމީހުންގެ މެދަށް ހަމަހިމޭންކަން އައުމަށްފަހު ޝައިމް އަހާލިއެވެ.

“ޝައިމް ތީ މޮޔައެއްދޯ. މިތާނގަ މަސައްކަތް ނުކުރަންޏާ ކީއްކުރަން މިޔުނިފޯރމް ލައިގެން ހުންނަންވީ. މަލަކާ މީ ޝައިމްއެއް ނޫނޭ މީހުން ދާހާ ތަނެއް ބަލައިގެން ފަހަތުން ދާން” މަލަކާ ސަމާސާކޮށްލިއެވެ.

“ޝައިމް ކޮންތާކަށް ދިޔައީ މިހާރު. ކުރިން ދުވަހު ރެސްޓޯރެންޓަށް ފުރަތަމަ ދިޔައީ ޝައިމް. މިއަދުވެސް ޝައިމް މިތާ ހުއްޓާ މަލަކާ ތިއައީ. އެހެންވީމަ މަލަކާއެއްނު ސްޓޯކް ކުރަނީ” ޝައިމް  އޭނާގެ ދިފާއުގައި ބުނެލިއެވެ.

“ހޫން. ދެން ތީ މާރީތި މީހެއްތަ ފަހަތުން ދުވަން” މަލަކާ ޖެއްސުންކޮށްލިއެވެ.

“އެކަމެއް ނޭނގެ ޑިޔުޓީ އޮތް އިރުވެސް މިތާ އައިސް ތިއިންނަނީ. އަދި ހަނދާން ނެތުނީއޭ. މާހީ ބުނި މަލަކާ ވަރަށް ރީއްޗޭ. ޝައިމްއާއި ވަރަށް ގުޅެއޭ” ޝައިމްވެސް ދޫދޭން ބޭނުންނުވާ ކަހަލައެވެ.

“އޭ…! ” މަލަކާ ތެދުވެގެން އައިސް އީޝް ޝައިމް އަތަށް ދެމުން ބުނެލީ ތަންކޮޅެއް ބާރަށެވެ.

“އަހަރެން ދުވަހަކުވެސް ޝައިމްގެ ގާލްފުރެންޑަކަށް ނުވާނަން. ތަނަކުން ފެންނަ ކޮންމެ މީހަކީ ގާލްފުރެންޑޭ ބުނާ މީހަކީ ހާދަ ފިޑި މީހެކޭ. އަދިއެވެސް އެހެންމީހަކާއި އިނދެގެން ހުރެ. އެހެން ނޫނަސް އަހަރެން މިތަނަށް އައީ ޝައިމްއަށް ދައްކާކަށް ނޫން. މީ މިއަދު އަހަރެންގެ ޑިޔުޓީ އޮތް ވޯޑްވީމަ އައީ. ޝައިމް މިތާ ހުންނާނެކަން އެނގުނު ނަމަ ނުވެސް އައީސް ” ޝައިމްއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން މަލަކާ ބުނެލީ ރުޅިވެރިކަމާއި އެކީގައެވެ. މަލަކާ ރުޅިގަދަވީ އަދިވެސް ޝައިމް އޭނާގެ ހަގީގަތް ކިޔާ ނުދޭތީއެވެ.

މަލަކާގެ އެކުއްލި ހަރަކާތުން ޝައިމް ފުރަތަމަ ހައިރާންވެގެން ދިޔަ ނަމަވެސް ހެވެން ފެށުނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެހާ އަވަހަށް ސިގުރުޅި އައީތީއެވެ.

މަލަކާގެ ރުޅި އިތުރަށް ގަދަވިޔަސް ޝައިމް އީޝް އުރައިގެން ހުރުމުން އިތުރު ކަމެއް ނުކޮށް ދިޔައީ މޫނުމައްޗަށް އިތުރަށް ރުޅިވެރިކަން ގެންނަމުންނެވެ. އެއާއި ރުޅީގައި ކޮޓަރިއަށް ހިފައިގެން އައި ފައިލް މަތިންވެސް ހަނދާން ނެތުނެވެ.

މަލަކާ ކޮޓަރިން ނުކުތް ބާރު މިނުގައި ގޮސް ވަނީ ނަރުހުންގެ ލޯންޖަށެވެ. އަދި ފުރިޖުން ޖޫސް ފުޅިއެއް ނަގައި ހަށިގަނޑު ހަމައަކަށް އަޅުވަން މަސައްކަތް ކުރަން ފެށިއެވެ. ޖޫސްފުޅި އެއްފަހަރާ ބުއިމަށްފަހު މަލަކާ މޭޒުގައި ބޯ އަޅައިލީ ދެންމެ ހިގައިދިޔަ ކަންތަކާއި ދެރަ އިހްސާސްކުރެވުމުންނެވެ. ދުވަހަކުވެސް ރުޅި އައިސްގެން މީހަކާއި ދިމާލަށް އެއްޗެއް ނުބުނާ މަލަކާއަށް ރުޅި މަތަނުކުރެވުނީއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ.

ހަޔާތުގެ ކޮންމެ ކަމެއްގައި މަލަކާއާއި އެކީގައި ހުންނަނީ ނިއަމްއެވެ. ދެމީހުންގެ ގުޅުން އެކުވެރިކަމުން ފެށިގެން ލޯތްބަށް ބަދަލުވެގެން ދިޔަފަހުން ވެސްމެއެވެ. ނަމަވެސް މިހާރު މަލަކާއަށް ނިއަމްގެ ފަރާތުން ފެންނަމުންދަނީ ދުރުކަމެވެ. ކިތައްމެ ބުރަކޮށް އުޅެމުންވެސް ނިއަމް މަލަކާއަށް ވަގުތު ހުސްކުރައެވެ. ނުރުހުމުގައި ބަހެއް ބުނެވިއްޖެނަމަ މާފަށް އެދި އާދޭސްކުރެއެވެ. އޭރު މަލަކާއަށް ހީވަނީ އޭނާއަށް ނިއަމްއަށް ހައްގުވާ ވަރަށް ލޯއްބާއި އަޅާލުން ނުދެވެނީ ކަމަށެވެ. ނަމަވެސް މިފަހަކަށް އައިސް މަންޒަރު ބަދަލުވާން ފަށައިފިއެވެ. ހާއްސަކޮށް ނިއަމްއަށް އާ ވަޒީފާއެއް ލިބުނު ފަހުންނެވެ. “ބިޒީ” އަކީ އާއްމު ލަފުޒަކަށް ވެއްޖެއެވެ.

މަލަކާ ޝަކުވާ ކުރަން ބޭނުމެވެ. ނަމަވެސް ކޮނޑުގައި ބޯއަޅައިލައިގެން ރޯލާނީ ކޮން އެކުވެރިއެއްގެ ކޮނޑުގައި ހެއްޔެވެ؟ ޝަކުވާތައް ބަންޑުންކޮށްލާނީ ކިހިނަކުން ހެއްޔެވެ؟ ފޮތެއްގައި ލަފުޒުތަކުން އިހްސާސްތައް ބަޔާންކޮށްދިނަސް ޖަވާބެއް ނުލިބެއެވެ. ހިތަށް ތަސައްލީއެއް ލިބުނަސް އަދި ކަންތައް ރަގަޅުވާނޭ ބުނެ ހިތްވަރު ދޭނީ ކޮން އަޑަކުންނެވެ.

އީޝް ގޮވައިގެން އެކަނި އިން ޝައިމްއަށް ގަޑީގެ ކަށި އެބުރެމުން ދިޔައީ ނުލާހިކު ލަސްލަހުންނެވެ. ބިރުގެންފައި އިންނަނީ އީޝް ރޯލާނީ ކޮންއިރަކުކަން ނޭނގޭތީއެވެ. އަދި ރޯލިއަސް ކަންތައް ކުރާނެ މާބޮޑު ގޮތެއް ނޭނގޭތީއެވެ. އީޝްގެ ކަންތައް ބަލަހައްޓަނީ އަޝްވާ ކަމުން ޝައިމްއަށް ކުޑަކުދިންނާއި ބެހޭ މާބޮޑު މައުލޫމާތެއް ނޭނގެއެވެ. އަޝްވިން އަވަހަށް އަންނާނަމޭ ބުނެ އަދި ޙަބަރެއް ނުވެއެވެ. އަޝްވާ ބައްޕަގެ ހިދުމަތުގައި ގޭގައި ހުރީއެވެ.

އީޝްގެ ހުން ތިރިވެ ރޯގާގެ އަސަރު ކުޑަވަމުން ދެއެވެ. ޝައިމް ފަރުވާތެރިކަމާއި އެކު ބަލަމުން ދިޔައީ އީޝް ފޫހި ނުވާނެހެން ކަންތައް ކުރެވޭތޯއެވެ. ދޭތެރެ އަކުން ފެން ފޮދެއް ދޭއިރު އަޝްވިން ގެނެސްފައި ހުރި ޔޯގަޓް ތަށި ދެވޭތޯވެސް އުޅެއެވެ. ނަމަވެސް އެއް އަހަރައާއި ހަތަރު މަސް ގުނަމުންދާ އީޝްގެ ސަމާލުކަން ކާ އެއްޗަކަށް ހުރިހެން ހީނުވެއެވެ. ގިނަ ވަގުތު ފޫހިކަމެއް ނެތި އުޅެނީ އަޝްވިން ގެނެސްދިން ނިވިދިއްލޭ ބޯޅަ ނައިގެންނެވެ. އަދި ޝައިމްގެ ފޯނުގެ ސްކީރީނަށް ފިއްތާލަ ފިއްތާލައެވެ. ބައެއް ފަހަރު ފޯނު ކަންފަތުގައި ޖަހައި މީހަކާއި ވާހަކަ ދައްކާ ކަމަށްވެސް ހަދާލައެވެ. އީޝްގެ އެ ހަރަކާތްތައް ޝައިމް ޝައުގުވެރިކަމާއި އެކީގައި ބަލަން ކައިރީގައި އޮށޯވެގެން އޮތެވެ.

ފޯނު މޫނާއި ދިމާލަށް ނަގައިގެން އޮތް އީޝް އަތުން ފޯނު ދޫވެ މޫނު މައްޗަށް ވެއްޓުނީ ޝައިމް ބަލައިގެން ހުއްޓައެވެ. ފޯނު މޫނުގައި ޖެހުމާއި އެކު އީޝްގެ ރުއިމުގެ އަޑު މުޅި ކޮޓަރީގައި ހިފާލިއެވެ. ޝައިމް އަވަސް އަވަހަށް ތެދުވެ އީޝް ނަގައި މަސަލަސް ކުރެވޭތޯ އުޅުނެވެ. ނަމަވެސް އީޝްގެ ރުއިން ހުއްޓާލާނެހެން ހީނުވެއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޝައިމްގެ ހާސްކަން އިންތިހާއަށް ގޮސްފިއެވެ. އައިވީ ގުޅާފައި އޮތުމުން އީޝް ގޮވައިގެން މާ ދުރަކަށް ދެވޭކަށް ނެތެވެ. އެހެންނޫންނަމަ އެހީއަށް އެދެން ދެވިދާނެއެވެ. ޝައިމް ފޯނު ހޯދައި އަޝްވާއަށް ގުޅަން އުޅުނު ނަމަވެސް ފޯނުވެސް ފެންނަ ހިސާބަކު ނެތެވެ. އީޝް އަތުން ބިންމައްޗަށް ވެއްޓުނީއެވެ.

ބުރަކަށީގައި ފިރުމައި ހުއްޓާލާށޭ ބުންޏަސް އެނާޒުކު މޫނުގައި އެހާ ބަރު އެއްޗަކުން ޖެހުމުން ތަދުވާނެ ވަރު ޝައިމްއަށް އަންދާޒާ ނުކުރެވޭނެކަން ޔަގީނެވެ. ގޮތް ހުސްވެފައިވާ މީހެއް ފަދައިން ޝައިމް އެކި ކަންތައް ކުރަމުން ދިޔައީ އަމިއްލަ ނަފުސު ކުށްވެރިކުރަމުންނެވެ.

ޝައިމްއަށް ވޭނުގައި އީޝް ރޮމުންދާ އަޑު އިތުރަށް ކެތްނުކުރެވުމުން އައިވީ ނައްޓާލުމަށްފަހު އީޝް ގޮވައިގެން  ނަރުހުންގެ ސްޓޭޝަނާއި ދިމާލަށް ހަލުވިކަމާޢި އެކު ހިނގައިގަތެވެ. ހިތް ބިރުން ތެޅެމުންދާ ހާލުގައެވެ. ވަގުތަކީ މަލަކާ އެތަނާއި ދިމާލަށް އައި ވަގުތު ކަމުން އީޝް ރޮމުންދާ މަންޒަރު ފެނި ހަރަކާތްތައް އަވަސްކޮށްލިއެވެ.

“ކިހިނެތްވީ އީޝްއަށް” މަލަކާ ހާސްވެފައި ހުރެ އަހައިލިއެވެ.

“ފޯނު މޫނު މައްޗަށް ވެއްޓުނީ.. އެބަ އުޅޭތަ ޑޮކްޓަރެއް މިވަގުތު” ޝައިމް އަވަސް އަވަހަށް އަހާލިއެވެ.

“އާން އެބައުޅޭ. މި ގޮވާލީ. ޝައިމް ދޭ އީޝް ގޮވައިގެން ކޮޓަރިއަށް” ފެންނަ ފެނުމަށް އީޝްގެ މޫނުމަތިން ހާނީކަގެ އެއްވެސް އަސަރެއް ފެންނަން ނެތަސް މަލަކާވެސް ބެލީ ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށެވެ.

ސްޕަވައިޒަރު ގާތުގައ ވެގެން އުޅޭ ގޮތް ބުނުމަށްފަހު މަލަކާ ޝައިމްގެ ފަހަތުން އެކޮޓަރިއަށް ދިޔައެވެ. އީޝް ރުއިން އަދިވެސް ހުއްޓާލެވޭ ވަރެއް ނޫނެވެ. މަލަކާ ބަލައިގެން ނުހުރެ ޝައިމް އަތުން އީޝް ނަގައި މަސަލަސް ކުރެވޭތޯ އުޅުނެވެ.

“އީޝްގެ މަންމަ އަށް ގުޅައިފިންތަ. މިހާ ގިނައިރު ވާއިރު ބަނޑުހައިވެސްވަފައެއްނު ހުންނާނީ” އީޝް ކޮނޑުމަތީގައި ބާއްވަމުން މަލަކާ ދިޔައީ ދެކޮޅަށް ހިގަމުންނެވެ.

“އީޝްގެ މަންމަ…މިއޮތީ އީޝްގެ ބުއްފުޅި” އެއްފަރާތުގައި ހުރި ކުޑަ އަލަމާރިން ބުއްފުޅި ނަގައި ދިއްކޮށްލަމުން ޝައިމް ބުނެލިއެވެ. މަލަކާ ފާޑަކަށް ޝައިމްއަށް ބަލާލުމަށްފަހު އީޝްއަށް ބުއްފުޅި ދެވޭތޯ އުޅުނެވެ. ރުއިމުގެ ސަބަބުން ވަރުބަލި ވެފައި ހުރުމުން އީޝް މާބޮޑު ދެކޮޅު ހެދުމެއް ނެތި ބުއްފުޅި ބޯން ފެށިއެވެ.

މާގިނަ އިރެއް ނުވެ އީޝް ރުއިން އެއްކޮށްހެން ހުއްޓާލާފިއެވެ. ކުޑަ ގިސްލުމެއް ހުއްޓަސް އެކަންވެސް ހުއްޓުމުން ދިޔައީ ތާޒާ ކަރުނައިން ތެއްމާލާފައިވާ އެސްފިޔަތަކަށް ބަރުކަން އައިސް ނިދެމުންދާތީއެވެ. މަލާކާގެ އުގުމަތީގައި މޫނު ފޮރުވައިގެން އޮތް އިރު މައުސޫމްކަން އެތުއްތު މޫނުމަތިން ފެންނަމުން ދިޔައެވެ.

އެގޮތުގައި އީޝް އޮއްވައި ޑޮކްޓަރު އައިސް އީޝްގެ ނޭފަތަށް ގެއްލުމެއް ލިބިފައި ވޭތޯ ބަލަން ފެށިއެވެ. ނަސީބު ކަންދިމާކުރިގޮތުން އެތެރެއިންވެސް ހާނިކައެއް ލިބިފައެއް ނެތެވެ. ޑޮކްޓަރު ނިކުމެގެން ދިޔުމުން ޝައިމް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލީ ނަސީބެކޭ ބުނަމުންނެވެ.

” ފުރަތަމަ އިތުރު އަންބެއް ހޯދުމުގެ ކުރިން ބަލާބަލަ ދަރިފުޅު ރަގަޅަށް ބެލޭތޯ. ޝައިމްއަށް ދަރިފުޅުގެ މަންމަވެސް ނުގެނެވޭ ރޮމުން ގޮސް އެދަރިފުޅު ވަރުބަލިވާއިރުވެސް” ތަންމަތި ރަގަޅަށް ހަދައި އީޝް ބާއްވާލުމަށްފަހު މަލަކާ ނުރުހުމާއި އެކު ބުނެލިއެވެ.

” މަލަކާ ކީއްވެތަ ހުރިހާ އެއްޗެއް އެނގޭ ކަމަށް ހަދައިގެން ތިއުޅެނީ. ފެންނަ މަންޒަރަކީ ކޮންމެހެން ހަގީގަތެއް ނޫނޭ. އެހެންނޫންނަމަ ތިމާއަކީވެސް ތި ސޫރައާއި އެއްވަރަށް ރަގަޅު މީހަކަށް ވާންޖެހޭނު” ޝައިމް ވިހަ ސަމާސާއެއް ކޮށްލީ މަލަކާ ދޮރުން ނުކުމެ ނުކުމެ ހުއްޓައެވެ.

” ޝައިމްއަކީ ތިބުނާ ރަގަޅު މީހެއް ނަމަ ދޮގު ހަދައި އޮޅުވާލާނެތަ. ކާކުތަ ކުޑަ ކުޑަ ކުއްޖެއް އަތަށް ފޯނެއް ދޭނީ. މަލަކާގެ ދަރިއެއް ނެތަސް އެވަރު އެނގޭ. އެހެން އަންހެނުން ހޯދަން އުޅުމުގެ ބަދަލުގަ އުޅެބަލަ ރަގަޅު ބައްޕައަކަށް ވެވޭތޯ” އެނދުގައި އިށީދެގެން އިން ޝައިމްއާއި އަރާ ހަމަކުރަމުން މަލަކާ ބުނެލިއެވެ.

“އަހަރެންނަށް ދަރިން ލިބޭ ދުވަހަކުން ރަގަޅު ބައްޕައަކަށް ވާނަން” މަލަކާ އޭނާއާއި އަރާ ހަމަވުމުން ޝައިމް ކޮޅަށް ތެދުވެ މަލަކާގެ އަތުގެ މުލައްދަޑީގައި ހިފަމުން ބުނެލިއެވެ.

“މީ އަހަރެންގެ ބޭބެގެ ދަރިފުޅު. އެދަރިފުޅުގެ މަންމަ އެދަރިފުޅު ވިހެއުމާއި އެއްކޮށް ވަރިވެގެން ގޮއްސި. މިދަރިފުޅުގެ ބައްޕައާއި ދިމާލަށް އެއްވެސް އެއްޗެއް ކިޔުމުގެ ހައްގެއް މަލަކާއަށް ނޯންނާނެ. އަދި ބުނަންތަ އަހަރެން ނެތިން މަލަކާ ވަރުގެ އަންހެން ކުއްޖެއް އިންނަން ނުލިބިގެން. އަހަރެންނަށް ރަގަޅީވެސް ތިވަރުގެ ކުއްޖެއް ނުލިބިއްޖެއްޔާ. ރީތި ސޫރައެއް ލިބުނީމަ ހީކުރަނީތަ ފެންނަހާ ކޮންމެ މީހެއް މަލަކާއަށް ހިތް ކިޔާނޭ. އަހަރެން އިންނަން އަހަފިއްޔާ އާއެކޭ ބުނާނެ އެތައް ކުދިންނެއް އެބަ ތިބި” ޝައިމް ވާހަކަ ދައްކަމުން ދިޔައީ ސީދާ މަލަކާގެ ދެލޮލަށް ބަލަމުންނެވެ. މަލަކާ ޖެހިލުންވެފައި ހުރީ ޝައިމް އޭނާގެ އަތުގައި ހިފައިފައި ހުރި ބާރުކަމުން ނޫނެވެ. ޝައިމްގެ އާސިފައެއް ފެންނަމުން ދާތީއެވެ. އެހެންޏާ ހުންނަ ސަމާސާކަން ކެނޑި ސީރިއަސްކަން ވެއެވެ.

މިހާ ތަނަށް މަލަކާ ޝައިމްއާއި ދޭތެރޭ ދެކުނު ހުރިހާ ކަމެއް ޝައިމް ދިޔައީ ކެރިގެން ދޮގުކުރަމުންނެވެ. އެހެންކަމުން އިސްޖަހައިލެވުނީ ދެރަވެގެންނެވެ. މަލަކާ އިސްޖަހައިލުމާއި އެކު ޝައިމް މަލަކާގެ ދަތްދޮޅީގައި ހިފައި އިސްއުފުލާލިއެވެ. އަދި ތޫނު ބެލުމަކުން މަލަކާގެ މޫނަށް ނަޒަރު ހިންގާލިއެވެ.

“ޝައިމް…” ޝައިމް އިތުރަށް އެއްޗެއް ނުބުނެ މަލަކާގެ މޫނަށް ގެއްލިފައި ހުރުމުން މަލަކާ ޝައިމްއަށް ކިރިއާ އަޑު އިވޭވަރަށް ބުނެލިއެވެ. ނަމަވެސް ޝައިމްއަށް އެއަޑު އިވުނުހެން ހީނުވެއެވެ. ޝައިމްގެ ލޯ ތެރެއިން ކަރުނަ ބަބުޅަމުން ދިޔައަސް މަލަކާގެ ސިފަ ރީތިކޮށް ފެންނަ ފަދައެވެ. ޝައިމް އޭނާގެ ޖާދޫގައި ޖައްސަން މަލަކާ އެހާ މޮޅީ ހެއްޔެވެ؟ ނޫނީ ނޭނގި ނަމަވެސް ޝައިމްއަށް މަލަކާއަށް ހިތް ދެވެން ފެށެނީ ހެއްޔެވެ؟

އެގޮތުގައި ތިބި ދެމީހުން ސިހިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށެވެ. އެތެރެއަށް ވަދެގެން އައީ އަޝްވާ އާއި ޝައިމްގެ ބައްޕަ އަސްރާރުއެވެ. ޝައިމް އަވަސް އަވަހަށް މަލަކާގެ އަތުން ދޫކޮށްލައި އެމީހުންނާއި ފުރަގަސްދިނެވެ. ލޮލުން ފޭބި ކަރުނަ އެހެންމީހުންނަށް ސިއްރުކުރާށެވެ. ނަމަވެސް ބޭބެއަށް ބަލަން ހުރި އަޝްވާއަށް އެކަން ސިއްރުކުރެވުނުހެން ހީނުވެއެވެ.

މަލަކާވެސް އަވަހަށް އެތަނުން ދާން އުޅުނީ ދެންމެ ހިގައި ދިޔަ ކަންތައް ސިކުޑިން ވިސްނައިނުގަނެވޭތީއެވެ. އިސްޖަހައިގެން ދިޔައިރު މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިގަނޑުގެ އެއްބައި އެއްފަރާތް ކޮށްލިއެވެ. އަސްރާރުއަށް މަލަކާއަށް ބެލުނީ އެއީ ދަންނަ މޫނެއްހެން ހީވުމުންނެވެ. ނަމަވެސް ކޮންތާކުން ކަމެއް ހިޔާލަކަށް ނައެވެ.

އަސްރާރު އާއި އަޝްވާ އައުމުން ޝައިމް ވީ ގޮތް ކިޔާ ދިނުމަށްފަހު ބެލްކަންޏަށް ނުކުތީ ހިތުގައި ހިނގަމުންދާ ހައިޖާނުން ލުއެއް ލިބޭތޯއެވެ. މަލަކާއާއި ދިމާލަށް އެހެން ބުނުމުގެ ހައްގެއް ނެތޭ ހިތް ބުނަމުން ދެއެވެ. އަމިއްލަ ނަފުސު ދެކެ އަންނަމުންދާ ރުޅި ބޭލުނީއެވެ. މަލަކާ ކިހާ ދެރަވާނެބާއޭ މިހާރު ހިތަށް އެރިއަސް އެނޫން ގޮތަކަށް ކަންތައް ނުކޮށް ހަދާނީ ކިހިނެތް ހެއްޔެވެ؟ ޖެހޭ އޮޔާއި ވަޔާއި އެއްކޮށް ބެހެން ހިތް ދޫކޮށްލައިފިނަމަ ދެން ވާނެ ގޮތަކާއި މެދު ވިސްނަންވެސް ޝައިމް ދެރަވެއެވެ. ސަރާ ނޫން ކުއްޖަކަށް އެހިތުން ޖާގައެއް ހޯދުމުގެ ފުރުސަތު ދޭކަށް ބޭނުމެއް ނޫނެވެ.

ދެންމެ ހިގައި ދިޔަ ކަންތައް ހަނދާނުން ފުހެލުމަށްފަހު މަލަކާ ބެލީ މަސައްކަތާއިގެން ކުރިއަށް ދެވޭތޯއެވެ. ނަމަވެސް މަލަކާގެ ފައިލް އޮތީ އެކޮޓަރީގައި ކަމުން ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ.

ވަރަށް ހިތްވަރުކޮށްލާފައި މަލަކާ އީޝް އޮތް ކޮޓަރީގެ ދޮރުގައި ޓަކި ދިނެވެ. އެތެރެއިން ދޮރު ހުޅުވީ އަސްރާރެވެ.

“އަޅުގަނޑުގެ ފައިލް މިތާ ބޭއްވިފަ ދެވުނީމަ އެބަލާ މިއައީ” ލުއި ހިނިތުންވުމަކާއި އެކީ މަލަކާ ބުނެލިއެވެ.

“ޝައިމް ދަރިފުޅާ. މިކުއްޖާގެ ފައިލް ދުށިންތަ” މަލަކާއަށް އެތެރެއަށް ވަންނަން ދޮރު ހުޅުވާލަމުން އަސްރާރު ބުނެލިއެވެ.

“ކަބަޑު މަތީ ތިއޮތީ. މަލަކާގެ ނަން ޖަހާފަ” ކަބަޑު މަތީގައި ދެފައިލެއް އޮތުމުން ޝައިމް ބުނެލިއެވެ. މަލަކާ ޝައިމްއަށް ބަލާލި ނަމަވެސް ޝައިމް ބަލައިނުލީތީ މަލަކާ ކުޑަކޮށް ދެރަވާ ގޮތްވިއެވެ. ވެވުނު ކުށްހީ ތަކަށް މާފަށް އެދެން ބޭނުން ވިޔަސް އެފުރުސަތު ނުލިބޭނެތީއެވެ.

“މަލަކާ…ފާއިޒު.. ފާއިޒު އެއީ ބައްޕަތަ” އަސްރާރު ލޯކުޑަކޮށްލަމުން ބުނެލީ ޔަގީންނުވާތީއެވެ. މަލަކާ މަޑުމަޑުން ބޯ ޖަހައިލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

“މަންމައަކީ ސަމީހާ ދޯ.. މަންމައާއި ބައްޕަ ކިހިނެތް. މާލޭގަތަ މިހާރު އުޅެނީ” އަސްރާރު އުފާވީ ދުވަސްވީ ރަހުމަތްތެރިއެއްގެ ދަރިއަކާއި ބައްދަލުވުމުންނެވެ.

“ބައްޕައާއި މަންމަ ރަގަޅު. ލައްބަ މިހާރު މިކޮޅުގަ އުޅެނީ” މަލަކާ މަޑުމައިތިރި ކަމާއި އެކީ ބުނެލިއެވެ.

“އެހެންތަ. މަލަކާ ވަރަށް ކުޑައިރުއްސުރެ ބައްޕަމެންގެ ރައްޓެއްސެކޭ މީ. އޭރު ބައްޕައާއި އެއްކޮށް ބޯޓު ދަތުރުކޮށް އުޅުނީ. މިހާރު ބައްޕަ ކޮން މަސައްކަތެއް ކުރަނީ.. ވަރަށް ގިނަ ދުވަސްވެއްޖެތަ މިކޮޅުގަ އުޅޭތާ” އަސްރާރުގެ އަޑުގައި ފޯރި ހުއްޓެވެ.

“ބައްޕަ މިހާރު ރިސޯޓެއްގަ އުޅެނީ. މިއަދު މާލެ އައިސް އެބައުޅޭ. މިރޭ ފުރާނެ އަނެއްކާވެސް. ހަތަރު ވަރަކަށް އަހަރު މިވަނީ މިކޮޅަށް ބަދަލުވިތާ”

“އެހެންތަ. ތިހެން ވެއްޖެއްޔާ ކޮންމެހެންވެސް ބައްދަލުކުރަން ދާންވާނެ މިއަދު. ކޮން ނަމެއް ކިޔާ ގެޔެއްގަ އުޅެނީ. ދަރިފުޅާ ޝައިމް މަލަކާ އަތުން ނަންބަރު ނަގާބަލަ. އޭރުންދޯ ގެ ނުހޯދުނަސް ގުޅާލާނީ. މަލަކާ ބައްޕަމެންނަށް ބޭބެގެ ސަލާން ބުނެދޭތި އިނގޭ”

ޝައިމް މަލަކާއަށް ބަލަން ބޭނުން ނުވިއަސް ބައްޕަ ބުނުމުން ދެކޮޅު ނުހަދަން މަލަކާ ކައިރިއަށް ޖެހިލީ ނަންބަރު އަތުލުމަށެވެ. މަލަކާ ޝައިމްއަށް ބަލާލުމަށްފަހު ލުއި ހިނިތުންވުމެއް ހަދިޔާކުރީ ޝައިމްވެސް އަބުރާ ހިނިތުންވެލާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ޝައިމް ދެވަނަ ފަހަރަށް މަލަކާއަށް ނުބަލައެވެ.

ނަންބަރާއި ގޭގެ ނަން ދިނުމަށްފަހު މަލަކާ އެބުރި ޑިޔުޓީއަށް ދިޔައީ ޝައިމްއާއި ދޭތެރޭ ދެން އިތުރަށް ނުވިސްނަން އަޒުމް ކަނޑައަޅަމުންނެވެ.


 

ޝައިމް އަސްރާރު އަދި އަޝްވާ ހަވީރުގެ ސަޔަށް އިންސާފުކުރަމުންދިޔައީ އެކި ވާހަކަތައް ދައްކަމުންނެވެ. އަސްރާރުގެ އަންހެނުން ނިޔާވުމަށްފަހު ވިޔަފާރިއާއި ތިންކުދިންގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދަނީ އަސްރާރެވެ. އެކުދިންގެ ބޮޑުދައިތަ ފަހީމާގެ އެހީތެރިކަމާއި އެކީ އަސްރާރު އެކުދިންގެ ހުރިހާ ކަމެއް ބަލަމުންދަނީ ޝަކުވާ ކުރާނެ ފުރުސަތެއް ނުދީއެވެ. އިތުރު މީހަކާއި އިންނަން ބޭނުން ވިޔަސް މަޑުކޮށްގެން ހުންނަނީ ރަގަޅު ވަގުތު އައިސްޖެހެން ދެންނެވެ.

“ޝައިމް އާދޭ ބައްޕަ މަލަކާމެން ގެޔަށް ލައިދޭން. ބައްޕަ މިއަދު ގުޅިން އެގެޔާއި. ބުނި އެއްމެ ކުއްޖެއް ނަމަވެސް ގެންދާށޭ ބަލާލަން. ދަރިފުޅު އެކަނި މިވަގުތު ހުސްކޮށްހުރީ. އެހެންވީމަ ހިނގާ އަވަހަށް ދާން” ސައިޖޯޑު އެއްފަރާތް ކޮށްލަމުން އަސްރާރު ދާން ހިގައިގަތެވެ.

ޝައިމް ހުރީ މަލަކާ ކުރިމައްޗަށް އަރާ ހިތަކުންނެއް ނޫނެވެ. ނަމަވެސް ބައްޕަ ކައިރީގައި ނުދާން ދައްކާނީ ކޮން ޝަކުވާ އެއް ހެއްޔެވެ؟ އެހެންކަމުން ބަސްއަހާ ކުޑަކުއްޖެއްހެން ދާން ހިނގައިގަތީ ހިތްހަމަނުޖެހިފައި ހުރެއެވެ.

ގޭގެ ދޮރުގައި ޓަކި ދިނުމާއި އެކީ ދޮރު ހުޅުވާލީ ސަމީހާއެވެ. ދުވަސްވީ ރަހުމަތްތެރިއެއް އަންނާނީ ފުރިހަމައަށް ތައްޔާރުވެލައިގެން ތިއްބެވެ.

“އައްސަލައިމަލައިކުމް ސަމީހާ” އެކަކު އަނެކަކާއި ބައްދަލުވެ ސަލާންކޮށް ހާލުއަހުވާލު އެހިއެވެ. މަލަކާއާއި ޝައިމް ފިޔަވައި ދެން އެއްމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ފަޑުނުވާ ހިނިތުންވުމެކެވެ.

“މަންމާ އަޅުގަނޑު ދަނީ ގަސްތަކަށް ފެން ދޭން” މަލަކާ ޝައިމް ކުރިމަތީ ނީންނަން ބަހަނާއެއް ދެއްކިއެވެ.

“މަލަކާ ވަރަށް ގަސް އިންދަން ފޯރި ހުންނާނެ. މަލަކާ ޝައިމްއަށްވެސް ދައްކާލަންވީނު ދަރިފުޅުގެ ކުޑަ ބަގީޗާ. މިތާ އަހަރެމެން މުސްކުޅިން ތެރޭ އިންނަން ވީމަ ފޫހިވެފަ މިހާރުވެސް އެހެރީ” ސަމީހާ މަލަކާ އާއި ޝައިމްއަށް ބަލާލަމުން ބުނެލިއެވެ.

“ނޫނޭ. އަޅުގަނޑުގެ މައްސަލައެއް ނެތް މިތާ އިންނަން” ޝައިމް ދެކޮޅު ހެދިއެވެ.

“ދެން ދަރިފުޅާ ތިހެން ދެކޮޅު ހެދީމަ ގޯސްވާނެ އެއްނު. ދޭބަލަ ބަލާލަން. އަޝްވާވެސް އުޅޭނެ ވަރަށް ގަސްއިންދަން. ކޮންމެ ގަހެއްހެން މަރުވަނީ. ޝައިމް އަޝްވާއަށް ދޭނެ ރީތި ގަހެއް ހުރިތޯ ބަލާލަން” އަސްރާރު ބުނެލިއެވެ. ދުވަސްވީ ރަހުމަތްތެރިކަން ދަރިންގެ މެދުގައިވެސް އޮންނަން ބޭނުންވަނީއެވެ.

އަސްރާރު އެދުމުން ޝައިމް ތެދުވެ މަލަކާގެ ފަހަތުން ހިނގައިގަތެވެ.

މަލަކާ ހުރީ ބޮޑު ޓެރަސްގެ ފާރުގަޔާއި އެއްކޮށްހެން ގަސް އިންދާފައެވެ. މިރުސް ގަހުން ފެށިގެން އެކިކުލަކުލައިގެ މާ ގަސްތަކެވެ. ސަމީހާ ކުޑަ ބަގީޗާއެކޭ ބުންޏަސް އެތަން ކުޑައޭ ނުބުނެވޭނެއޭ ޝައިމް ހިތަށް އެރިއެވެ. ޓެރަހަށް ފެން ލިބޭ އިސްކުރު ހަލާކުވެފައި ހުރުމުން މަލަކާގެ ބައްޕަ ފާއިޒު ހުރީ މަލަކާގެ އިސްކޮޅުގެ ދެގުނައަށްވާ ވާވަރުގެ ބޮޑު ފެން ޓައްޕެއް އެއްކަނެއްގައި ބަހައްޓާފައެވެ.

މަލަކާ ފެންނަގަން ކުޑަ ޓައްޕަކާއި އެއްކޮށް ހަރުގަނޑަށް އެރިއެވެ. އޭރު އެދިމާލަށް ހިނގަމުން ޝައިމް އާދެއެވެ. މަލަކާ ޓައްޕު ފުރާ ފެން ނެގުމަށްފަހު ފައިބަން އުޅުނު ތަނާ އަރިއަޅާލައިފައި ވެއްޓެން އުޅުނެވެ. އެވަގުތު އަތުން ޓައްޕު ދޫވެގެން ގޮސް ވެއްޓުނީ ސީދާ ތިރީގައި ހުރި ޝައިމްގެ ބޮލަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

އަގެއްނެތްލޯބި 16 ވަނަބައި

Next

އަގެއްނެތްލޯބި 17 ވަނަބައި

Next
September 11, 2017

އަގެއްނެތްލޯބި 17 ވަނަބައި

Previews
September 11, 2017

އަގެއްނެތްލޯބި 16 ވަނަބައި

43 Comments!

  1. Song joong ki... KOREAN says:
    September 11, 2017 at 9:45 pm

    Yeyyy me first dhw???

    1. maroon says:
      September 11, 2017 at 10:07 pm

      Yes SJKi .. storyga ragalhu kuran kameh othiyyaa bunelahchey

    2. Song joong ki... KOREAN says:
      September 12, 2017 at 7:46 am

      Varah reethi mi part vx… Avahah. Shaim kihaa
      rulhi annaane dhw. Bolah viyya e vehtuny. Hehehe varah majaa. Keep it up.. 🙂 When nxt part????? 😀

    3. maroon says:
      September 12, 2017 at 2:43 pm

      Hopefully day after tmrw ?

  2. maroon says:
    September 11, 2017 at 10:02 pm

    Hello dear friends and readers. Thanku for waiting. Evves kameh ragalhu kuran beynun nama bunela dhinun edhen. Loves – maroon Tc

  3. sam♥ says:
    September 11, 2017 at 10:22 pm

    wow … alhey next part avahaa up kohdhy roon .. v lobii

    1. maroon says:
      September 11, 2017 at 10:24 pm

      Hey i waited for your comment. Thanku ?

  4. boabi says:
    September 11, 2017 at 10:30 pm

    🙂

    1. maroon says:
      September 12, 2017 at 2:44 pm

      Thanku boabi ?

  5. Alvyn says:
    September 11, 2017 at 10:35 pm

    V reethi story dhaagoiy.

    1. maroon says:
      September 12, 2017 at 2:45 pm

      Thanku alvyn ?

  6. .Noor says:
    September 11, 2017 at 10:48 pm

    Hey maroon.even though u live in Male’…R u frm Male’…anyways mi part varah salhi…❤❤

    1. maroon says:
      September 11, 2017 at 10:50 pm

      Nope. Kihinei vý anekkaa.. thanku ?

    2. .Noor says:
      September 11, 2017 at 10:51 pm

      I think i know u dear..

    3. maroon says:
      September 11, 2017 at 10:57 pm

      Okay i clearly dnt know noor. Any random thing to confirm?

  7. Bestie says:
    September 11, 2017 at 11:06 pm

    Vrh nyc 😀

    1. maroon says:
      September 12, 2017 at 6:55 am

      Thanku ?

  8. khajja says:
    September 11, 2017 at 11:27 pm

    Hahaha?? wow masha allah stry v v v rythi v furihama ??? whn nxt prt avaskolla dhechchey gud nyt ly??❤❤?????

    1. maroon says:
      September 12, 2017 at 6:56 am

      Thanku ?

  9. Zuam says:
    September 11, 2017 at 11:39 pm

    Masha Allah. .. mi part vas varah reethi… waiting for the next part. …❤❤❤❤

    1. maroon says:
      September 12, 2017 at 6:56 am

      Thanku ?

  10. ninni says:
    September 11, 2017 at 11:52 pm

    Wow??. Maroon ge vaahakathah v v best . rangalhu kolanvee kamakee adhives story dhigukolladhinun. Hehehe??. Story reethi veema heevanee ma avahashey nimenee.

    1. maroon says:
      September 12, 2017 at 6:57 am

      Hehehe. Next time dhw .thanku ?

  11. Zaain says:
    September 12, 2017 at 6:06 am

    Hi Maroon… sory 2nd partah comment nukurevunyma… Story v nice… ekm mi part ga kuda kamey Zaa ah faahaga kurevunu…. Hospitah tereyga e hingaa diya dilogs takuga kudi mahsla ebahuri… Nurse akah ve hure maa harukashivuma… salaam govaafa woadah vatumaa… Nurse akah etaa tere ulhemakun Woadah vahnaashey kifaa Salaam govaalyma rangalhey nun… eynayah etaa tere Nurse eh ge haisihyatun furihama huhda innaane…hagygaiy kiyaa dinumuge kurin e hinga diya dilog kolhutakuge basmagu beynun kohfa huri goiyy ehaa rangalheynun… sifakurun vs hama v reeti…. Uhmeedu kuran ekahala kankan rangalhukohlaane kamah… overoll koh Story hama v reeti…

    1. maroon says:
      September 12, 2017 at 7:00 am

      Hey zaa. I think malaka furathama rychah talk kury fahun shaim kanthah kuri gothun mibuny kury partgaves vy gothun kanneyge harukashi vevuny. Dhn salan govun dhw massala aky. I will work on that next time ngey. V happy vejje buneladhinyma . Thanku ?

  12. Xxxx says:
    September 12, 2017 at 8:15 am

    v.nice.???????

    1. maroon says:
      September 12, 2017 at 2:41 pm

      Thanku ×××× ?

  13. cherritw says:
    September 12, 2017 at 12:38 pm

    Woww maroon..story v v salhi..next part adhi vx dhigukhladheythi ..

    1. maroon says:
      September 12, 2017 at 2:41 pm

      Will try my best dear. Thanku ?

  14. twinkle says:
    September 12, 2017 at 12:41 pm

    Mi part vx varah nice. Keep it up maroon

    1. maroon says:
      September 12, 2017 at 2:42 pm

      Thanku twinkle ?

  15. mal-mal says:
    September 12, 2017 at 1:28 pm

    Pakaaaaaass!!! ???
    varah reethi mi part ves, MashaAllah. next part kon irakun??

    1. maroon says:
      September 12, 2017 at 2:42 pm

      Thanku mal. Hopefully day after tmrw ?

  16. click a shot ? says:
    September 12, 2017 at 2:00 pm

    Haha??..tahpu shaim ge bolah evehtuny…???dhenvaanegoi visnaivesnulevey..malaak ah hadhaane gotheves neynge Anna rulhin …
    Varah reethi mi part ves..when next part?☺️

    1. maroon says:
      September 13, 2017 at 1:20 pm

      Tmrw. Thanku click ?
      What do you think shaim will do

  17. Kia says:
    September 12, 2017 at 4:10 pm

    Waitingggggggg?

    1. maroon says:
      September 13, 2017 at 1:20 pm

      Thanku kia ?

  18. mal-mal says:
    September 12, 2017 at 4:17 pm

    okayy, waiting for the next chapter!! ??

    1. maroon says:
      September 13, 2017 at 1:21 pm

      Thanku mal ?

  19. click a shot ? says:
    September 12, 2017 at 9:40 pm

    Malakaa kihineh e hedhy…bolah tapeh nun e vahtaaly..haha?…anna rulhin neynge malakaa ah konme fadha gotheh shaim hadhaafaanekameh…??mi part ves varah reethi..superb

  20. Adha? says:
    September 12, 2017 at 10:59 pm

    Hey maroon new story dw?…
    Nice name ingey.. pic ves.. nd kuryge 2 part ves?… nd this part ves.❤❤❤❤
    Waitingsssss

    1. maroon says:
      September 13, 2017 at 1:22 pm

      Hey missed you… thanku adha ?

  21. Xna says:
    September 18, 2017 at 9:48 am

    ??? v funnny..ranglhu kohlanne kameh feneythow nubeley , avahah kiaa nimey thow mi belee.stry v obii…

Comments are closed.

Next Episodeލޯބިން ހިނިތުންވެލާށޭ 4←


All Right Reserved!