“ފޯނުވެސް ނިވާލާފައި އޮތީ…..” މިލާންގެ ފޯނަށް ނުގުޅުމުން މިކްޔާން ބުނެލިއެވެ. ރިދާގެ ގާތުގައި މަޑުކުރުމަށް ބުނެފައި އޭނާ ނުކުތީ މިލާން ހޯދަން ދިޔުމަށެވެ. ދަމުން ދިޔައީ މިލާން ނެތް ވާހަކަ ގޭގެ އެހެން މީހެއްގެ ގާތުގައި އެހަށް ނުބުނަން ބުނެފައެވެ. ********** ރިދާމެންގެ ކޮޓަރީގައި ރިދާއާއި ރުހާ އިންތިޒާރު ކުރަމުން ދިޔައީ މިލާން ގޮވައިގެން މިކްޔާން އަންނާނެ އިރަކަށެވެ. މިހާރު މިކްޔާން ދިޔަ ފަހުންވެސް ގަޑިއެއްހާއިރު ވީއެވެ. ދޮރު ހުޅުވުމަށްޓަކައި މީހަކު ތަޅުގައި ހިފާލިހެން ހީވުމުން ރިދާއަށް […]
ރުހާއަށް ހުރެވުނީ އަނގަމަތީ އަތް އަޅާލައިގެންނެވެ. ދެލޯ ފެންކަޅިވެފައިވީ މިލްނާގެ ވާހަކަތަކުންނެވެ. އެތެރެއަށް ވަނުމުގެ ބަދަލުގައި އޭނާ އެނބުރުނީ އެނބުރި ކޮޓަރިއަށް ދިއުމަށެވެ. އެވަގުތު ކުރިން ލިބުނު ސިހުމަށްވުރެ ބޮޑު ސިހުމެއް ލިބުނީ ފަހަތުގައި ރިދާ ހުރިތަން ފެނިފައެވެ. އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން މިލްނާމެންގެ ވާހަކަތައް އޭނާއަށްވެސް އިވުނުކަން ރުހާއަށް ނަގައިގަނެވުނެވެ. ރުހާއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ރިދާ މިސްރާބު ޖެހީ ގެއިން ބޭރަށް ނުކުތުމަށްޓަކައެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް […]
ލީނާ ކޮޓަރިން ނުކުތްއިރު ލޫޠް ފައިމައްޗަށް ލައިގެން ސޯފާގައި ނިދިފައި އިން ލައިނީ ފެނުމުން ހިތުގައި އެތަށް ސުވާލެއް އުފެދުނެވެ. ކުޑަކުޑަ ލޫޠަށްވެސް ނިދިފައިވުމުން އޭނާ ފިޔަވަޅު އަޅަމުން ދިޔައީ ވަރަށް މަޑުމަޑުންނެވެ. ލައިނީގެ ގާތުގައި ހުއްޓި ވަރަށް މަޑުމަޑުން ލައިނީއަށް ގޮވާލިއެވެ. ނަމަވެސް ލައިނީ ނުހޭލުމުން އޭނާގެ ގައިގައި އަތް ޖައްސާލިކަމެއް ނޭނގެ އަތް ދަމައިގަނެވުނީ އޭނާގެ ގައި ހޫނުކަމުންނެވެ. ލައިނީ ހުންއައިސްފައިވާކަން އޭނާއަށް ވަގުތުން ނަގައިގަނެވުނެވެ. އެހެންކަމުން އަނެއްކާވެސް ލައިނީއަށް ގޮވާލިއެވެ. ގަދައަށް ނިދިފައި […]
“ދޮންތީ….” ރުހާގެ ފޯނުން އޮންލައިން ޕޭޖަކުން ވިއްކާ ބަދިގެ ސާމާނުތަކެއް ބަލަން ތިބެފައި ދެމީހުންނަށް އެއްފަހަރާ ބަލާލެވުނީ ރިދާގެ އަޑު އިވުމުންނެވެ. ގޭތެރެއަށް ވަދެގެން އައި ރިދާ އެދިމާއަށް ދުވެފައި އަންނާތީ ދެމީހުންނަށް ކޮޅަށް ތެދުވެވުނެވެ. ރިދާ އެއައި ގޮތަށް އައިސް ރުހާގެ ގައިގައި ބައްދާލައިގެން ހުރެ ރޯންފެށިއެވެ. ވާނުވާ ނޭނގިވާ ޙާލު ރުހާއާއި މިލްނާ އެކަކު އަނެކަކަށް ބަލާލުމަށްފަހު ރިދާ ގާތު ވީ ކީއްތޯ އަހާލެވުނެވެ. ގޭތެރެއަށް ވަދެގެން އައި މިލާން އެމީހުންގެ ލޮލުގައި އަޅައިގަތީ […]
“ރުހާ…. އަހަރެން ވަރަށް ދެރަވާނެ ރުހާގެ އަމިއްލަ ނަފްސު ކުށްވެރިކުރަންޏާ…. ދެންވެސް އެހެން ނުބުނައްޗޭ…. އަހަރެން ރުހާދެކެ ވަރަށް ލޯބިވޭ…..” އެ ހުރި ގޮތަށް ހުރެ ރުހާގެ ބޮލުގައި ފިރުމާލަމުން މިކްޔާން ބުނެލިއެވެ. ********** އަރާމު ފޮނި ނިއްޖެއްގައި އޮއްވާ މިލާނަށް ހޭލެވުނީ ކަންފަތް ދޮށުގައި ގުގުމަމުން ދިޔަ އެލާރމްގެ އަޑުންނެވެ. އެހާ ގާތުން އެހާމެ ބާރަށް އަޑު އިވުމުން އޭނާއަށް ފުންމައިގެންފައި ތެދުވެ އިށީނދެވުނެވެ. ދެލޯ ތަންމިނަށް ހުޅުވާލެވުނު ވަގުތު ސިހިފައި ހަޅޭއްލަވައިގަނެވުނީ ކޮޓަރީގެ ފަނޑު […]
ވިއްސާ ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެން ތިބި ޢާއިލާގެ އެންމެންގެ ސަމާލުކަން އަތުލީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑުންނެވެ. އެންމެންގެ ތުންފަތަށް ހިނިތުންވުން ވެރިވިއިރު މާތް ﷲ އަށް ޙަމްދުކޮށް އެކަކު އަނެކަކަށް މަރުހަބާ ކިޔަން ފެށިއެވެ. އޭގެ އިރުކޮޅެއް ފަހުން ވިއްސާ ކޮޓަރިން ޑޮކްޓަރު ނުކުތުމުން އެންމެން އެދިމާއަށް ހިނގައިގަތެވެ. ލައިނީއާއި ތުއްތު ދަރިފުޅުގެ ޙާލުވެސް ރަނގަޅުކަމުގައި ޑޮކްޓަރު ބުނުމުން އެންމެންވެސް މާތް ﷲ އަށް ޙަމްދުކޮށްލިއެވެ. “ޑޮކްޓަރ…. ކޮންކަހަލަ ކުއްޖެއް ލައިނީ ވިހެއީ….؟؟؟” ހިތް އަވަސްވެފައި […]
ރުހާ، ކެތްތެރިކަމާއިއެކު، މިކްޔާން އަންނާނެ އިރަކަށް އިންތިޒާރުކޮށް ދެފަރާތަށް ހިނގާލަ ހިނގާލާ ހުއްޓާ، ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު މިކްޔާން ކޮޓަރިއަށް ވަނެވެ. ރުހާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއިރު، އަތްފައި ފިނިވީ މިކްޔާނާއި ކުރިމަތިލާން ޖެހުމުންނެވެ. ކޮޓަރީގެ ދޮރު ލައްޕާ ތަޅުލުމަށްފަހު މިކްޔާން އައިސް މަޑުކޮށްލީ ރުހާގެ ކުރިމަތީގައެވެ. ރުހާ ހުރީ އިސްއުފުލާ މިކްޔާނަށް ބަލާލަންވެސް ނުކެރިފައެވެ. އެ ހުރިގޮތަށް ހުރެފައި އޭނާ މިކްޔާންގެ ކިބައިން މާފަށް އެދުނެވެ. ހިނދުކޮޅަކަށް ނަމަވެސް ރުހާއަށް ނޭވާ ހިފަހައްޓާލެވުނީ މިކްޔާންގެ ދެއަތުން […]
“ކުރީ ދުވަހު މިކްޔާންގެ ވާހަކަތަކުން ހީވަނީ އޭނާއަށް އަހަރެމެންގެ ދޭތެރޭ ކުރިން އޮތް ގުޅުން ސިއްރުކުރެވިފައި ވާހެން……” ރުހާ ހުއްޓުވަން ބޭނުންވާތީ މިކްޔާން ބުނެލިއެވެ. އޭނާގެ މަސައްކަތް ކާމިޔާބުވެސް ވިއެވެ. ނަމަވެސް ރުހާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެހެންކަމުން ދެންވެސް ވާހަކަ ދެއްކީ ނައިޒަކެވެ. “އޭނާ ގާތު އެވާހަކަތައް ނުކިޔައިދެންތަ…..؟؟؟؟ ރުހާއަށް ކިޔައިދެން ނުކެރެންޏާ އަހަރެން މިކްޔާނަށް ހުރިހާ ވާހަކައެއް ކިޔައިދެންތަ….؟؟؟” ދެބުމަ އަރުވާލަމުން މިކްޔާން އަހާލިއެވެ. ރުހާގެ މޫނުން ހާސްވެފައިވާކަމުގެ އަސަރުތައް ފެންނާން ހުރުމުން އޭނާގެ […]
“ކަލޭ މާފަށް އެދުނީއާ ހުރިހާ ކަމެއް ބަދަލުވާނެތަ…..؟؟؟ އަހަރެން މާފުކޮށްފާނަން…. އެކަމަކު އެހެނޭ ކިޔާފައި އަހަރެންގެ ދަރިފުޅުގެ ބިރު ކެނޑުވޭނެތަ….؟؟؟؟ އޭނާއަށް ނަފްސާނީގޮތުން ލިބުނު އަނިޔާތައް ނުލިބޭކަމަށް ވާނެތަ….؟؟؟؟ ތީ އަހަރެންގެ ދަރިންނަށް ހުރި ނުރައްކަލެއްކަން އަހަންނަށް އެނގުނުނަމަ މިގޭ ހަތަރު ފާރުން އެތެރެވުން ކީއްކުރަން، މިގެއާއި ދިމާއަށް ބަލާލިއަ ދޭކަށްވެސް އަހަރެން ބޭނުމެއް ނޫން….. މިކްޔާން…. އަހަރެންގެ އަތުން ފައިން ގޯހެއް ނުހެދެނީސް މި ނުލަފާ މީހާގަނޑު މަގޭ ކުރިމަތިން ދުރަށްލާ……” ޖާވިދު އައިސްފައިވާ ރުޅިން […]