Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 12

seym Level 310 Stories100 Login100 Comments
September 10, 2017 4 Mins Read
14 Comments

ލާމިހް ބަލާލިނަމަވެސް އެގަޑީގައި ވާހަކަދައްކާކަށް ހަނާ އަކަށް ނުކެރުނެވެ. އަނެއްކޮޅުން ނާއިލް ދެކެ ކިތަންމެ ފޫހިވިޔަސް ނުފެންނަކަމަށް ހަދާލާފައި ދާކަށްވެސް ހަނާއަކަށް ނުކެރުނެވެ. ލާމިހް އޭރު އިނީ ހަނާގެ ފަރާތުން އެއީ ކާކުކަން ހޯދުމަށް ކެތްމަދުވެފައެވެ. އެ މީހަކު ލާމިހް އަށް ބަލަހައްޓައިން ހުރި ގޮތުން އުނދަގޫވެސް ވިއެވެ. ގަދަކަމުން ހިނިތުންވެލަމުން ހަނާ ނާއިލްއަށް ގޮވާލިއެވެ. “ކިހިނެއްވީ ބޭރުގަ ތިހުރީ..” ހަނާގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން އަތުގައި އޮތް ސިގިރޭޓްބުރި ނާއިލް ދައްކާލިއެވެ. ހީވީ އަނގައިން ބުުނަން ބޭނުންނުވެފައި ހުރި ހެންނެވެ. އިތުރު އެއްޗެއް ބުނަން ނުހަދާ ހަނާ ބެލީ އެތަނުން އަވަަހަށް ދެވޭތޯއެވެ. އީރަމް ލާމިހް އާއި ވާހަކަދައްކަން ހުއްޓާ ނާއިލް އަށް ފެނުމުން އެކަމާވެސް ހަނާ ހުރީ ކަންބޮޑުވެފައެވެ. “ކާކުތަ އެއީ.. ހާދަ ފާޑަކަށޭ އޭނަ އީމް އާއި ދިމާއަށް ބަލަހައްޓައިގެން ހުރީ..” ހަނާގެ ސައިކަލާއި އެއްވަރަށް ސައިކަލް ދުއްވަމުން ލާމިހް އަހާލިއެވެ. “ދެޓްސް ހިމް..ނާއިލް..” ހަނާ އެހެންބުނުމުން ލާމިހް އަށް އެމީހާ އެވަރަށް ބެލީ ކީއްވެކަން ނަގައިގަނެވުނެވެ. ފަހުން ދިމާވާން ނިންމައިގެން ދެމީހުން ވަކިވީ ގެއަށް ދިއުމަށެވެ.

 

ފާހަނައިން އެއްޗެހި ބަދަލުކޮއްލައިން ނުކުތް އީރަމް ހުރީ ބިރުންނެވެ. ނާއިލް ކަންތައްކުރާނީ ކިހިނެއްކަމެއް ނޭނގެއެވެ. އޮފީސް ހެދުން ދާ ވަށިގަނޑަށް ލަމުން ސިޑިންގްރޫމުން ބޭރަށް ބޯދިއްކޮއްލިއިރު ސޯފާގައި އޮށޯވެލައިން ނާއިލް އޮތެވެ. ލާމިހް އާއި ވާހަކަ ދެއްކިތަން ފެނިގެން ނާއިލް އަށް އެކަން މައްސަލައަކަށް ވާންވީ އެއްވެސް ސަބަބެއް އީރަމް އަކަށް ނުވިސްނުނެވެ. ނާއިލް ކިތަންމެ ގޯސް ކޮށް ކަންތައް ކުރިކަމުގައި ވީނަމަވެސް އަދިއަދަށް ދާންދެން އީރަމް އެހުރީ ތެދުވެރިކަންމަތީގައެވެ. ހަމަޖެހެން މަސައްކަތް ކުރަމުން އީރަމް ނުކުމެ ގޮސް ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލަމުން އިށީނެވެ. “ކާކު އެއި..މިހާރު މަށައް ދެއްކެންވެގެން އެހެންފިރިހެނުންނާ އެކީވެސް އުޅެން ފެށީދޯ..މާ މާތް މީހަކަށް ވެެގެން އުޅޭއިރު މަށަށް އިނގޭ ކަލެއަށް ނުގޮސް ނުހުރެވޭނެކަން..އަދި އުޅޭނޭ ތިމާ މީ އެންމެ ތެދުވެރި މީހާ ކަމަށް ހެދިގެން..” ނާއިލް ހީވީ އީރަމް ނުނުކުމެގެން އޮތްހެންނެވެ. “އެއީ….އެއީ ރައްޓެހިކުއްޖެއް..ހަނާ އަށް ވެސް އިނގޭނެ އޭނަ..” އީރަމް ތެދު ހާމަކުރިއެވެ. “އާން..ހަނާ ކަމެއް ކޮއްފިޔާ ކަލޭވެސް ޖެހޭނެ އެކަމެއް ކުރަން..އޭނަ ވާހަކަދައްކާ މީހުންނާ ވާހަކަދައްކަން..” ނާއިލް ތެދުވެ ސޯފާގައި ލެނގިލަމުން ބުނެލިއެވެ. އީރަމް ބިރުގަތީ ނާއިލް އަތުން ފައިން ގޯހެއް ހަދަން ފަަސްނުޖެހޭނެތީވެއެވެ. އެންމެ ރަނގަޅުވާނީ ނާއިލް ބުނާއެއްޗަކާއި ގުޅުވައިން އެއްޗެއް ނުބުނުން ކަން އީރަމް އަށް ވިސްނުނެވެ. އީރަމް އަނގައިން ނުބުނެ އިންގޮތުން ނާއިލް ގެ ރުޅި ހީވީ ގަދަވިހެންނެވެ. ވިދުވަރެއް ހެން ދެން ފެނުނީ އައިސް އީރަމްގެ އަނގަމަތީ ހިފި ތަނެވެ. އެ ބާރުގަދަ އަތްތިލައިން ކޮލަށް ފިތާލަމުން އީރަމް ގެ މޫނު ފެންނާނެހެން އަނބުރާލަމުން ބަލާލީ ސީދާ ލޮލަށެވެ.  “ހީނުކުރައްޗޭ އެހެން ފިރިހެނަކާ އެކީ ތިކުޅޭ ކުޅިވަރުން މަށަށް އަސަރެއް ކުރާނެއޭ..” ނާއިލް އީރަމްގެ ކޮލަށް ފިތާބާރުކޮއްލަމުން ބުނެލިއެވެ. ނާއިލް ހިފަހައްޓައިން ހުރި ގޮތުން އެއްޗެއް ބުނަން ބޭނުންވިކަމުގައި ވިޔަސް އީރަމްއަކަށް ނުބުނެވުނެވެ. ލޮލަށް ކަރުނަ ޖަމާވުމާއެކު ނާއިލް އަތް ނެއްޓުވޭތޯ އީރަމް ބެލިއެވެ. ނާއިލް އީރަމްގެ ކޮލުން ދޫކޮއްލުމަށްފަހު ބޭރަށް ނުކުމެގެން ދިޔައީއެވެ.

 

އިރުއޮއްސިގެން ދިޔަ އިރުވެސް ގޭ އެއްވެސް މީހަކަށް ލާމިހް ކޮޓަރިން ބޭރަށް ނުކުމެ އުޅޭތަނެއް ނުފެނެއެވެ. ހަދީޖާ ދެތިން ފަހަރަކު ދޮރުގައި ޖަހާލަމުން ލާމިހް އަށް ގޮވިވެސްމެއެވެ. ލާމިހް ގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ރޭގަނޑު ކާ ގަޑި ޖެހުމުން ލޫނާ އެންމެ ފަހުން ލާމިހް އަށް ގޮވަން ދިޔައެވެ. ދޮރު ތަޅުގައި ހިިފާލަމުން ލޫނާ ދޮރުގައި ޓަކި ޖަހާލިއެވެ. ލާމިހް އަށް ނިދިފައި އޮވެދާނެ ކަމަށް އެންމެ ފަހުން ލޫނާ އެތެެރެއަށް ވަނެވެ. އެނދުމަތީ ލެޕްޓޮޕް ހުޅުވައިން ލާމިހް އޮތެވެ. “ލާމީ..” ލޫނާ ތަންކޮޅެއް ބާރަށް ގޮވާލީ ލާމިހް ކަންފަތަށް ހެޑްސެޓް ޖަހައިގެން އޮތީމައެވެ. ލޫނާގެ އަޑަށް ހެޑްސެޓް ކަންފަތުން ވަކިކޮއްލަމުން ލާމިހް ތެދުވެ އިށީނެވެ. “ކީއްތަތިކުރަނީ މިއަދު ކޮޓަރީގަ އޮވެގެން. އެނީ އެބައުޅޭ ފޫހިވެގެން..މަންމަ ގޮވީމަވެސް އަޅާނުލާ ތިއޮންނަނީ..ނަމާދަށް ވެސް ނުދަނީތަ..” ލޫނާ އެއްފަހަރާ ހުރިހާ ސުވާލެއްކޮއްލިއެވެ. “ކަމެއްނުވޭ..ކޮޓަރީގަ ނަމާދު ކުރީ..” ލާމިހް އެހެން ބުނެލި އިރު ލޫނާ އިނީ ފަރުވާތެރިކަމާއެކު އެ މޫނަށް ބަލާށެވެ. “ލާމީ ހާދަ ބަދަލުވެއްޖެހެން ދޮންތަ އަށް ހީވެޔޭ..ކިހިނެއްވީ..” ލޫނާ ލޯތްބާއެކު އަހާލިއެވެ. ހުސެން އަށް ފަހު ލާމިހް އެންމެ އިތުބާރުކުރާ އެކަކަކީ ލޫނާއެވެ. ނަމަވެސް އީރަމްގެ ވާހަކަ ލޫނާ އަށް ކިޔައިދޭނެ ގޮތެއް ލާމިހް އަކަށް ނޭނގުނެވެ. “އެއީ ދޮންތަ އަށް ހީވާގޮތޭ..މިއަދު އޮފީހުގަ ބުރަކަމުން ހަމަ ޖައްސާލައިން އޮވެވުނީ..” ލާމިހް ހިނިތުން ވެލަމުން ބުނެލިއެވެ. “އޯ މައި ގޯޑް..” ލޫނާ ކުއްލިއަކަށް އެހެން ބުނެލަމުން ލާމިހްގެ އަތުގައި ހިފައިގަތެވެ. “ގާރލް އެއްގެ ކަމެއްތަ އަނެއްކާ..” ލޫނާ ދަތްތަށް ފެންނަވަރަށް ހެވިފައި އިނދެ އެހެން އަހާލިއެވެ. “ދެން ދޮންތާ..” ލޫނާ އެހެން އެހުމުން ލާމިހްގެ މޫނުމައްޗައް އައި ބަދަލު ލޫނާއަށް ފެނުނެވެ. “ލާމީ މެން އޭޖްގަ ދެން އެކަހަލަ ކަންތައް އޮންނާނެ ދޯ..” ލޫނާ ބުނެލިއެވެ. އެވާހަކަ ފެށުމުން ލާމިހް ލަދުގަތީއެވެ. އިން ތަނުން ތެދުވެގެން ބޭރަށް ނުކުތީ ލޫނާ އެވާހަކަ ނުހުއްޓާނެކަން އެނގުމުންނެވެ. ލާމިހް ނުކުމެގެން ދިއުމާއެކު ލޫނާ ހިނިތުންވެލީ ލާމިހް ފަހުން އެވާހަކަ ކިޔައިދޭނެކަން އިނގޭތީއެވެ.

 

ރޭގަނޑު ނުވައެއް ޖަހަން އުޅެނިކޮށް އީރަމްގެ ފޯނަށް ހަނާ ގުޅިއެވެ. ނާއިލް ކަންތައް ކުރީ ކިހިނެއް ކަމެއްވެސް ހަނާއަކަށް ނޭނގެއެވެ. އަނެއްކޮޅުން ލާމިހް ހަނާ އަށް ގުޅުމަށްފަހު އޭނާ ކުރި ދެ މެސެޖައްވެސް އީރަމްގެ ފަރާތުން ޖަވާބުނުލިބޭ ވާހަކަބުނެލިއެވެ. “އީމް އާރ ޔޫ އޯކޭ..” އީރަމް ފޯނު ނެގުމާއެކު ހަނާ އަހާލިއެވެ. “ކީއްވެތަ ތިހެން ތިއެހީ..ލާމީ ވެސް ހަމަ ތިހެން އަހާފަ އެބައިން މެސެޖްކޮއްފަ..” އީރަމް ބުނެލިއެވެ. “ނޭނގޭޭޭނެއެއްނު..އެ ނާއިލް އީމް އަށް ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެވިއްޔާ..” ހަނާ ބުނެލިއެވެ. “އާދެބަލަ މިގެއަށް..ސައިކުން ޕެޓްރޯލް ހުސްވެގެން ބޭރަށް ވެސް ނުދެވުނު.. ” ހަނާ އެހެން ބުނުމާއެކު އީރަމް ކޮލުގައި އަތް ޖައްސާލިއެވެ. ބަލާލައިފި މީހަކަށް އެ ދޮން ކޯތާފަތުގައި ނޫފައިގެންފައިވާ ތަން ރީއްޗަށް ފެންނާނެކަން ޔަގީނެވެ. “ހިނގާފަ ނުދެވޭނެ..” އީރަމް ނުދާންވެގެން ބަހަނާއެއް ދައްކާލިއެވެ. “ދެން އީމް ގަނޑާ.. ޕްލީސް..އެހާ ދުރެއްވެސް ނޫނެއްނު..އީމް ޓެކްސީގަ އާދޭ..އަންނަން ވާއިރަށް ޓެކްސީ ރުފިޔާ ހިފައިން ނުކުންނާނަން..” ހަނާ އާދޭސް ކުރަން ފެށުމާއެކު އީރަމް އެންމެ ފަހުން ޖެހުނީ ދާން އެއްބަސްވާށެވެ. އެއްވެސް ޑިޒައިނެއް ކޮއްފައިނުވާ ގަދަ ނޫކުލައިގެ ކުރުތާޔާއެކު ކަޅު ކުލައިގެ ޖީންސެއް ލަމުން ލޯގަނޑުން އަމިއްލަ ސޫރަ ބަލާލިއެވެ. ދެ ލޮލުގައި މަޑު ރަތްކަމެއް ހުރި އިރު މޫނުމަތި ވަނީ މިލާފައެވެ. އިސްތަށިގަނޑު ފަހަތަށް ދޫކޮއްލަމުން ކުޑަ ދައްޗަކުން މޫނުގެ ދެފަރާތަށް ފައިބައިފައިވާ އިސްތަށިތަށް ފަހަތަށް ވާގޮތަށް ދަތިން ހައްޔަރުކޮއްލިއެވެ. މޭކަޕް ބޭނުން ނުކުރިކަމުގައި ވި ނަމަވެސް މޫނުގައި ކުޑަ ފައުންޑޭޝަން ކޮޅެއް އުނގުޅާލި ކޮލުގައި އިން ތަން ފޮރުވާލުމުގެ ގޮތުންނެވެ. ތުންފަތުގައި ޖައްސާލި ބޭބީ ޕިންކް ކުލައިގެ ލިޕްސްޓިކް އީރަމް އާއި ވަރަށް ގުޅެއެވެ. ގަޔަށް ސެންޓް ޖަހާލަމުން ފޯނުން ޓެކްސީއަކަށް ގުޅާލިއެވެ.

 

މަނާލް ކައިރީ އިން ނާއިލް އިނީ ދެއަތުން ބޮލުގައި ހަފަހައްޓާލައިގެންނެވެ. މަނާލް ކައިރިއަށް އަތުވެއްޖެނަމަ އީރަމްގެ ޝަކުވާއެވެ. އީރަމް ވަރިނުކޮށްގެން މަނާލް ކޮންމެ ދުވަހަކު އެވާހަކަ ދައްކައެވެ. މިރޭ ވެސް ދެކެވެމުން އެދަނީ ހަމަ އެވާހަކައެވެ. ނާއިލް މަނާލް ގަޔާ ކައިރި ކޮއްލަމުން މިރޭ ވަކިގޮތެއް ނިންމާނަން ކަމުގައި ބުނުމުން މަނާލް އުފަލުން ނާއިލްގައި ގައި އޮޅުލައިގަތެވެ.

 

ހައިފާ ޕާސްތާ ކައްކަމުން ދިޔަ އިރު އީރަމް އާއި ހަނާ ތިބީ ހަމަޖެހިލައިން ޗޮކްލެޓް ކާށެވެ. “ހެލްޕް ނުވެދެންޔާ މީރުކޮށް ނުކައްކާނަން..” ހައިފާ އީރަމް މެންނަށް ބަލާލަމުން ބުނެލިއެވެ. “ނުބައިކޮށް ކައްކައިފިއްޔާ އީމް އާއި ދެމީހުން ސަބް ކާން ދާނީ ދޯ..” ހަނާ ހައިފާ ރުޅިއަރުވާލުމުގެ ގޮތުން ބުނެލިއެވެ. ތުން ކޮޅު ހަދާލަމުން ހައިފާ އެނބުރުމާއެކު އީރަމް އިންތަނުން ތެދުވެއްޖެއެވެ. އަދި ހައިފާއަށް ކެއްކުމުގައި އެހީވެދިނެވެ.

 

ތަށިތަކަށް ޕާސްތާ އަޅަމުން ތިން މީހުން އިށީނުމާއެކު ހަނާ ތަށިތަކަށް ކޯކް އަޅާލަދިނެވެ. “ވަަރަށް މީރުވާނެެހެން ހީވޭ..” އުލުން ޕާސްތާކޮޅެއް އަނގައަށް ލަމުން އީރަމް ބުނެލިއެވެ. މޭޒުމަތީ އޮތް އީރަމް ގެ ފޯނު ރިންގްވާން ފެށީ އެވަގުތުއެވެ. ފޯނަށް އަރާފައިވާ ނާއިލްގެ ނަން ހައިފާއަށާއި ހަނާ އަށްވެސް ފެނުނެވެ. ނާއިލް އެންމެ ފަހުން ގުޅި ދުވަހެއް ހަނދާންނެތްއިރު މިރޭ އެ ގުޅަނީ ކީއްކުރަންބާއޭ އީރަމްގެ ހިތަށް އެރިއެވެ. ފޯނު ނަގަމުން ކަންފަތުގައި ޖައްސާލިއިރު ހަނާއާއި ހައިފާގެ ނަަޒަރު ހުއްޓިފައިހުރީ އީރަމް އަށެވެ. “ތި ހުރި ތާކުން ހަމަ މިހާރު ގެއަށް އާދޭ..” ނާއިލް ރުޅިވެރިކަމާއެކު އަމުރު ކޮއްލަމުން ފޯނު ކަޑާލީއެވެ. އީރަމް ފޯނަށް ބަލަހައްޓައިން އިން އިރު ބޮޑު ކަމެއް ވާން އުޅޭ ކަމުގެ ބިރު ހީވިއެވެ. އީރަމް އިންތަނުން ތެދުވުމާއެކު ހައިފާއާއި ހަނާ އެއްފަހަރާ ކިހިނެއްވީހޭ އަހާލިއެވެ.

 

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސައްބީސްވަނަ ބައި)

Next

ވިންދު ލޯބިން ޖެހި ހިތެއްގައި (9)

Next
September 11, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (9)

Previews
September 10, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސައްބީސްވަނަ ބައި)

14 Comments!

  1. Reen says:
    September 10, 2017 at 11:14 pm

    Waaaaau??Alhe emme kiyaahihvaa hisaabun thi ninmaalee
    Waiting for the next part

  2. Aki says:
    September 10, 2017 at 11:18 pm

    mi first dho varah furihama

    1. Aki says:
      September 10, 2017 at 11:19 pm

      2 dho milibunee

  3. seym says:
    September 10, 2017 at 11:32 pm

    Salaam lovely readers. ❤
    Ummeedhu kurany mi bai vx reethi vaane kamah..mistakes huriyya buneladhehchey ? Goodnight and sweetdreams ???

  4. Petite says:
    September 10, 2017 at 11:35 pm

    V v v reeethi ?❤❤

  5. Axu kelaa says:
    September 11, 2017 at 3:59 am

    Maaa kury. Mistake eh alhaeh nuganey
    Rythi

  6. Xxxx says:
    September 11, 2017 at 7:06 am

    V.nice dear..when next part? Avas kohllahchey?????????????

  7. khajja says:
    September 11, 2017 at 8:02 am

    Ohhh wow masha allah v inyeresting???? mifaharu naail eem varikuraanethaa? But naail keevve eem ah aniyaakurany, naail ennu goiy gothah ulheny dhen kyvve??? whn nxt prt pls avas kolladhybala plx v waitin plx avas??❤❤??????

  8. ??? says:
    September 11, 2017 at 9:53 am

    Ohhh salhi hisaabeh vvvvvv rythi mibaiii dhenn inn baiii avahah nerey mihuriii kiyaa hithunn innthizaar ga☺☺???

  9. Navya says:
    September 11, 2017 at 10:16 am

    Alhe vvv reethi mibaives❤ next part ah v inthizaaru kurevey. .

  10. Kiara says:
    September 11, 2017 at 8:49 pm

    OMG!! I just read the whole series of story today! And its so lovely.. Masha allah!! Please update soon ??

  11. Petite says:
    September 12, 2017 at 4:52 pm

    When next part?? Waiting waiting!! ❤

  12. seym says:
    September 12, 2017 at 11:20 pm

    Will be uploading the next part TOMORROW Insha Allah ? And thankyou all for the loabi comments. ♥️?

  13. Priya says:
    September 13, 2017 at 4:26 pm

    Ok Seym :-)<3

Comments are closed.


All Right Reserved!