މާކިން މިދިލިގަހެއްގައި ލެގިލައިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވަމުންދާ އޭނާގެ ހަޔާތާ މެދުގައެވެ.އެވޭނީ އިހްސާސްތައް މުޅި ހަށިގަނޑުގައި އަޅާ ކަހަލައެވެ.އެހެންނުވާންވީ ސަބަބެއް ނެތެވެ.ތިމާ ދިރިހުއްޓާ މަރުގެ އިންޒާރު ލިބުމަކީ އަމިއްލައަށް މަރުވުމަށްވުރެ ވޭންހުރި ކަމެކެވެ. އިރުކޮޅެއްފަހުން މާކިންގެ ހިޔާލަށް އައީ މީގެ 2 އަހަރު ކުރިއެވެ.މާކިން އޭނާގެ ޒުވާން […]
ވާރޭ ހުއްޓާލިނަމަވެސް ފަޒާގައި ހިފާލައިފައިވަނީ ކަށިތައް ތޮރުފާލައިފަދަ ފިނިކަމަކެވެ. އެ ފިނިކަން އިތުރުކޮށްދެނީ އިރުއިރުކޮޅުން ޖެހިލާ ބާރު ވައިރޯޅިތަކުންނެވެ. ބާރު ވައިރޯޅިތަކާއިއެކު ގަސްތަށް ހޫރެމުންދިޔައިރު އެގޮފި އަނެއް ގޮތްޕާއި ކޯޅިގަންނަ އަޑު ނާމާންގޮތަކަށް ދޭތެރެއަކުން އިވިލައެވެ. ޝަލީން ހޫނު ފެނުން ފެންވަރައިލައިގެން ނިކުމެ ރީތިވާންފެށިއެވެ. ރަތްކުލައިގެ ކަކުލާއި ހަމަޔަށް އަރާ ރަތްކުލައިގެ މިޑީގައި ޝަލީން ފޮޅިފައިވާ ފިނިފެންމަލެއްފަދައެވެ. އެ ރީތި ލޮލާއި އެސްފިޔަތަށް އަދުނާއި މަސްކަރާއިން ފަވާލިގޮތުން ލޮލުގެ ރީތިކަން ދެގުނަވިއެވެ. ވަށް މޫނުކޮޅުވަށައިގެން އޮޅިފައިވާ އިސްތަށިތައް […]
34 ވަނަ ބައިގެ ތެރެއިން… “ކުލައްތާ….!!! މަންމަ ދައްކާ ވާހަކަ އަޅުގަނޑު ޤަބޫލެއް ނުކުރަން. މަންމަ ކީތްކުރީތަ…؟” ދެވަނަ ފަހަރަށް ރާކިން ސުވާލުކުރިއެވެ. “އަހަރެން ލަދުވެސްގަނޭ ބުނަން. ރާކިންގެ އެއްބަނޑު ޒާކިންގެ ހަގަށް ކޮއްކޮއަކު މިދުނިޔެއަށް އުފަންކުރަން ތައްޔާރުވަމުން އެދަނީ…” ކުލްޝޫމް ބުނެލިއެވެ. ވަގުތުން ފައިޒަން އަތުން ހިފައިގެން ހުރި އުލާއި ސަމްސާ ދޫވެ ތަށިތެރެއަށް ވެއްޓުނެވެ. އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ހިނދުކޮޅަކަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. ********************************************** އެ ހައިރާންކަމުގައި ރާކިންއަށް […]
” މިންހާ… ” ހިތްހަމަނުޖެހިފައިވި ވަރުން ރަނގަޅަށް މަގަށް ބެލުމެއްނެތި މަގު ހުރަސްކުރި މިންހާގެ ގައިގައި އެވަގުތު އައި ޕިކަޕުން ޖެހުމާއެކު އަލޫފްއަށް ބާރަށް މިންހާގެ ނަމުން ގޮވާލެވުނެވެ. އެވަގުތު އޭނަގެ ހިތުގެ ހިނގުންވެސް ހުއްޓުނުހެން ހީވިއެވެ. މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ އެންމެންގެ ނަޒަރުވެސް ދުރަށް ވިއްސައިގެން ގޮސްފައިވި މިންހާއަށް ހުއްޓުނެވެ. ” މިންހާ… ” މިންހާގެ ނަމުން ބާރަށް ގޮވާލަމުން އަލޫފްއަށް ސިހިފައި ތެދުވެވުނެވެ. އޭރު މުޅި މީހާ ވަނީ ދާހިތްލާާ ފޯވެފައެވެ. އަވަސް ނޭވާތަކެއް […]
ވެހެމުންދިޔަ ވާރޭއަށް ގެއްލިފައި އިން އިފްރާގެ ވިސްނުމުގައި ވަނީ މީގެ 2 އަހަރުކުރީގެ ހަދާންތަކެވެ. އެއީ ކޮންފަދަ އުފާވެރި ދުވަސްތަކެއް ހެއްޔެވެ؟ ނަމަވެސް ގިނަ ދުވަސްތަކެއް ނުވަނީސް އެއުފާވެރިކަން ވަނީ އޭނަޔާ އަލްވަދާއު ކިޔާފައެވެ. އިފްރާގެ ފިރިމީހާ އަކުމަލްގެ ފުރާނަނެތް މަސްގަނޑާއެކީ އެ ނިކަމެތި އަންހެން ކުއްޖާގެ އުފާތައްވެސް ވަޅުލެވިފައިވާކަހަލައެވެ.އަކުމަލާއަ އަފްރާގެ ކައިވެންޏަށް އަހަރެއް ފުރުނު ދުވަހަކީ އިފްރާގެ މަންމަ، ޒޫނާ މި ފަނާވަނިވި ދުނިޔެއަށް އެންމެފަހު ނޭވާލި ދުވަސްވެސް މެއެވެ. އޭގެ ފަހުން އިފްރާގެ މުޅި […]
އިރު އޭގެ ވާޖިބް އަދާކުރުމަށްޓަކައި ދުނިޔެމަތި އަލިކޮށްލިެެވެ.ހެނދުނު ވަގުތު ޖެހޭ ފިނި ރޯޅިން ހިތަށް ފިނިކަން ލިބެއެވެ. އެވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް އިން ނުކުތް ޒުވާނާ އަށް އެތަށް ބައެއްގެ ލޯ ހުއްޓެމުން ދިޔައެވެ. ކަޅުކުލައިގެ ޓީޝާޓަކާ ކަޅުކުލަެިގެ ސްކިނީ ފަޓުލޫނެއް ގައި ހުރިއިރު ދޮންހަންގަމޑާ ނުހަނު ގުޅެއެވެ.ފަން ކަޅުކަން ގަދަ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްފައި ހުރިއިރު ކަޅުކަން ގަދަ ދެ ލޮލުގެ ޖާދޫ ގައި ކޮންމެ މީހަކު ވެސް ޖެހޭނެކަން […]
އަރައިގެން އައި އިރާއެކު މާއިރާއަށް އިވިގެންދިޔަ ހަބަރަކުން ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ކަހަލައެވެ. އޭނާއަށް އެޙަބަރު ގެނެސްދިން އިފްނާގެ މޫނުމަތި ވަގުތުން ފުސްވިއެވެ. ޤަބޫލުކުރަން ދަތިވިއެވެ. އެނދުމަތީގައި އޮތް މީހާ ކުއްލިއަކަށް ކޮޅަށް ޖެހުނެވެ. “ތީ ކާކު އިފްނާ ކައިރީގައި ދައްކައިގެން އުޅޭ ވާހަކައެއްތަ….؟” މާއިރާ ހަޅޭއްލަވާގަތެވެ. “އާކުގެ ރައްޓެއްސެއް ގުޅާފައި ބުނީ. އެއީވެސް އެކަމުގައި އުޅޭ މީހެއް. ރޭގައި އާކު ނިދާކަށްވެސް ނާދޭ. ފޯނުވެސް އޮފްކޮށްފަ އޮތީ” އިފްނާ ވާހަކަދެއްކިއެވެ. އޭނާގެ މޫނުމަތީގައި […]
އޭރު ވާރޭގެ ތިކިތައް ހުއްޓުމެއްނެތި ބިމަށް ހަމަލާދެމުންދިޔަގޮތުން ނައިނާ ތެމިފޯވާކަށް ގިނަވަގުތެއް ނުނެގިއެވެ. ޑްރައިވްވޭގައި ހެދިފައިވާ ފެންކޯރުތަކުގެ ތެރެއިން ނައިނާ ގޭޓާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ހައިޒަލް ވާރޭ ތެރޭ ދުވެލައިފައި އައިސް ނައިނާއާއި އަރާހަމަކުރިއެވެ. ނައިނާ ހުއްޓުމެއްނެތި ކުރިއަށްދާންފެށުމުން އަތުގައި ހިފާ އަނބުރާލިގޮތުން ނައިނާ އައިސް ތަތްވީ ހައިޒަލްގެ މޭގައެވެ. ނައިނާގެ ދެލޯބޮޑުވިއިރު ވަގުތުން ހައިޒަލްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލައިފިއެވެ. ޔޫ ސުޑް ބީ އޮނަރޑް ޓު ޑްރައިވް އިން މައި ކާރ… ހައިޒަލް […]
އަހަރެންނަކީ ވަރަށް މަޑުމައިތިރި އެހެނަސް މީހުންނާއި ގުޅޭ ހިތްހެޔޮ މީހެކެވެ. މީހަކު ކޮންމެފަދަ އެއްޗެއް އަހަރެންނާއި ދިމާއަށް ބުނިކަމުގައިވި ނަމަވެސް އަހަރެން އެކަމަކަށް އަޅައެއް ނުލަމެވެ. އުމުރުން ހަތް އަހަރުން ފެށިގެން އަހަރެންގެ އެންމެ ގާތް އަދި އެންމެ ލޯބިވާ ދެ އެކުވެރިންނަކީ ޝަހާ އާއި މުނާއެވެ. މުނާ އަކީ ވަރަށް މަޖާ މިޒާޖެއްގެ އަނގަ ގަދަ ކުއްޖެކެވެ. ޝަހާއަކީ ވެސް ހަމަ އެފަދަ މިިޒާޖެއްގެ ކުއްޖެކެވެ. އަހަރެންގެ ހުރިހާ ވާހަކަތަކެއް އެދެ ކުދިންނާ ހިއްސާ ކުރީ […]