މެންދަމުގެ ހަމަހިމޭންވަގުުތެެވެެ. ލޯތައް މެރި މަޑުދާންތަކުގައިވާ ހަށިގަނޑުތައް އަރާމު ނިދިން އުފާ ހާސިލްކުރަމުން ދިޔަ ނަމަވެސް ނިދިވަނީ ރަޔަން އާއި ރުޅިވެފައިކަލައެވެ. ބެލްކަނީގެ ހުރި އުދޯލީގައި އިން ރަޔަންގެ ނަޒަރު ހުއްޓަފައިވަނީ ކަޅުކުލައިގެ ސާލެއް ލެވިފައިވާ އުޑަށެވެ. އަބަދުމެ ތަރިތަކުން އެ އުޑުފުރާލެވިފައިވީީ ނަމަވެސް މިރޭ ތަރިތައްވެސް ކަޅު ވިލާތަކުގެ ފަހަތުގައި ފިލާތިބިިިިިިިިިކަހަލައެވެ. ތަރިތައްވެސް ރަޔަންގެ ހިތާމަތަކުގައި ބައިވެރިވަނީ ކަންނޭގެއެވެ. ” ވައި އުލްވީ… ވައިި… ޓެލްމީ..” މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ގެއްލިގެން ދިޔައީ ރަޔަންގެ ހިތާމަވެރި […]
އިރު ފެނުން ތޮޅެލީ އެކި މީހުންގެ ދިރިއުޅުމުގައިި އެކިކުލަ ޖައްސަމުންނެވެ. ނާޔާ އާއި ނަކީލް ކައިވެނީގެ ފޮނި ހުވަފެންތައް ދެކެމުންދިޔައިރު އިފްރާ އާއި ރަޔަން ވަނީ ދިރިއުޅުން މަތިން ފޫހިވެފައެވެ. ވައިލެޓް ޕެލެސްގޭގެ ކުޑަ އާއިލާ ހެދުނުގެ ނާސްތާއަށް އިންސާފު ކުރަމުން ދިޔަ އިރު ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުންދިިިިިިއައީ އުފާވެރިކަމެވެ. ތަނަށް ވެރިވެފައިވި ހަމަހިމޭންކަން ގެއްލިގެން ދިޔައީ ނަކީލްގެ ހިތްގައިމު އަޑުންނެވެ.” މަންމާ. ބައްޕާ. ނާކީ ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފަ އެބައޮތް.” ” ދަރިފުޅާ […]
އަޅުގަނޑުގެ ވާހަކައިގެ 2 އެޕިސޯޑު ލިޔުުމަަށްފަަހުު އަޅުގަނޑު ވަރަށް ބޮޑަށް ބަލިވުމުގެ ސަބަބުންް ވާހަކަވަނީ މެދުކެޑިފައެވެ. މާތް الله ގެ އިރާދަފުޅުން އަޅުގަނޑުގެ ބަލިވަނީ ފަސޭހަވެފައެވެ. އެހެންކަމަށް ވުމާއެކު އަޅުގަނޑު ވަނީ ވާހަކަ ކުރިއަށް ގެންދަން ނިންމާފައެވެ. ތިރީގައި އެވަނީ ކުރީގައި އަޅުގަނޑު ގެނެސްދީފައިވާ ބައިތަކުގެ ކުރު ހުލާސާއެކެވެ. ތިޔައެއްމެހައި ކިއުންތެރިންނަށް ވާހަކަ ކަމުދާނެކަމަށް އުއްމީދުކުރަމެވެ. *************** އިފްރާ ކުޑައިރުއްސުރެ ބަލައި ބޮޑުކުރީ އިފްރާގެ މަންމައެވެ. އިފްރާ ވަރަަށްް ކުޑައިރު އިފްރާގެ ބައްޕަވަނީ ނިޔާވެފައެވެ. އެހެން ޒުވާންް […]
ކިޔުންތެރިންގެ ސަމާލުކަމަށް… އަޅުގަނޑުގެ ބަލި ހާލަތު ހުރިގޮތުން އާދިއްތަ ދުވަހު ގެނެސްދޭން ބުނެފައިވާ އެޕިސޯޑު އެދުވަހު ނުގެނެސްދެވޭނެ ވާހަކަ ވަރަށް ހިތާމަޔާއެކު ފާހަގަކޮށްލަމެވެ. ނަމަވެސް އެ އެޕިސޯޑު އަނގާރަ ދުވަހު ގެނެސްދޭނަމެވެ. ހުރިހައި ކިޔުންތެރިންވެސް އަޅުގަނޑުގެ ވާހަކައަށް ދެއްވާ ސަޕޯޓަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. މުސްތަގުބަލުގައިވެސް ތިޔަ އެކުވެރިންގެ ފަރާތުން ސަޕޯޓު ލިބޭނެކަމަށް އުއްމީދުކުރަމެވެ.
ސިޓިންގ ރޫމުގެ ސޯފާގައި އިން ލީނާ ކެތްތެރިކަމާ އެކީ އިންތިޒާރު ކުރަމުންދިޔައީ އޭނަގެ ފިރިމީހާއާއި ދަރިފުޅު އަންނާނެ އިރަކަށެވެ. އޭނަގެ އިންތިޒާރުގެ ނިމުންއައީ ދޮރުގެ ރަގަބީލުގެ އަޑުންނެވެ. ލީނާ އިފްރާއަށް ގޮވައިލާފައި ހިގައިގަތީ ގޭގެ ދޮރާދިމާއަށެވެ. ދޮރު ހުޅުވާލުމާއެކީ އެ މޫނުގައިވި ހިނިތުންވުން ފަޑުވެ ހައިރާންކަމުގެ އަސަރުތަކުން އެ މޫނުވަށައިލައިފިއެވެ. މީހަކު ފެންނަންނެތް ނަމަވެސް ދޮރުކައިރީ ހުރި ފޮށިތައް ހެކިވަނީ އެތަނަށް މީހަކު އައިކަމަށެވެ. ނޫނީ މީހަކު ޖެއްސުމެއް ކުރީބާއެވެ؟. އެކަމަކު އެކަންކުރާނީ ކާކު ހެއްޔެވެ؟ ގަޑުވެފައިހުރި […]
ވެހެމުންދިޔަ ވާރޭއަށް ގެއްލިފައި އިން އިފްރާގެ ވިސްނުމުގައި ވަނީ މީގެ 2 އަހަރުކުރީގެ ހަދާންތަކެވެ. އެއީ ކޮންފަދަ އުފާވެރި ދުވަސްތަކެއް ހެއްޔެވެ؟ ނަމަވެސް ގިނަ ދުވަސްތަކެއް ނުވަނީސް އެއުފާވެރިކަން ވަނީ އޭނަޔާ އަލްވަދާއު ކިޔާފައެވެ. އިފްރާގެ ފިރިމީހާ އަކުމަލްގެ ފުރާނަނެތް މަސްގަނޑާއެކީ އެ ނިކަމެތި އަންހެން ކުއްޖާގެ އުފާތައްވެސް ވަޅުލެވިފައިވާކަހަލައެވެ.އަކުމަލާއަ އަފްރާގެ ކައިވެންޏަށް އަހަރެއް ފުރުނު ދުވަހަކީ އިފްރާގެ މަންމަ، ޒޫނާ މި ފަނާވަނިވި ދުނިޔެއަށް އެންމެފަހު ނޭވާލި ދުވަސްވެސް މެއެވެ. އޭގެ ފަހުން އިފްރާގެ މުޅި […]