ބިންމައްޗަށް ވެއްޓޭނެ ކަމަށް ހިތައި ދެލޯ މަރައިގެން އޮތް ރައިނާ ލޯ ހުޅުވާލުމާއެކު ފެނުނު ސޫރައަކުން ހިތުގެ ތެޅުން އަވަސްވިކަހަލައެވެ.ކުރިމަތިން ފެންނަމުން ދިޔައީ ދުވަހަކުވެސް ރައިނާ ނުދެކޭހާ ރީތި ކުއްޖެކެވެ.އިސްތަށިގަނޑު ރީތި ވަރަކަށް ކޮށާލާފައި ސްޓައިލް ކޮށްލާފައިވާގޮތުން ވަރަށް “ކިޔުޓް” އެވެ.ރައިނާ އަށް އޮވެވުނީ އެސްފިޔަ ޖަހާލަން ވެސް ހަނދާންނެތިފައެވެ.އެ ޒުވާނާގެ ދެއަތް ވަނީ ރައިނާގެ އުނަގަނޑުގައި ވަށާލެވިފައެވެ. […]
ހަމަ އެވަގުތު އެނދުމައްޗަށް ގޮސް އޮށޯވެ އޮވެ މީހަކަށް ގުޅައިލިއެވެ.”ކަމޯން…ކަމޯން ޕިކްއަޕް ދަ ފޯން ގަރލް….ހަލޯ އިނާ”އާޔާ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ރައިނާ އަށް ގުޅައިލިއެވެ.ހުރިހާ ވާހަކައެއްހެން އާޔާ ރައިނާ އަށް ކިޔައިދެއެވެ.”ހޫން..ކީކޭތަ؟މީނަވެސް ގުޅަންވާނީ ބަލާފަ ވީހާވެސް އަހަރެން ބިޒީ ގަޑިއަކު..ކޮލެޖް އިން ދިން ފިލާވަޅެއް ހަދާ މިއުޅެނީ…”ރައިނާ ޖަވާބު ދިނެވެ.”އިނާ އިނގޭތަ؟އޯމައިގޯޑް އައި ކާންޓް ބްލީވް ދެޓް އައި އޭމް ގޮއިން ޓު ސޭ ދިސް..ބަޓް އިނގޭތަ ވަރަށް ވަރަށް ހޭންޑްސަމް ބޯއީ އަކާ […]
7 ގަޑިއިރުގެ ދަތުރަކަށްފަހު ބެންކޮކަށް އާދެވުނެވެ.ފްލައިޓް ރަންވޭގައި ޖެއްސުމާއެކު ހުރިހާ އެންމެން ފްލައިޓުން ފޭބުމަށް އަވަސްވެގަތެވެ.ޒާއިފްވެސް ފްލައިޓުން ފެއިބުމަށް ދިޔައެވެ.މިއީ އާޔާ ފެންނާނެ އެންމެ ފަހު ވަގުތުކޮޅުކަން އިނގޭތީ ޒާއިފްގެ މޫޑު ވަނީ ކަޓާފައެވެ.އާޔާއަށް މިކަން ފާހަގަ ވުމުން ސުވާލުނުކޮށެއް ނުހުރެވުނެވެ.”އޭ ބޮލިރަވަ.މިހާރު ކިހިނެއްވެފަ ތިހުރީ؟ގައިމު ދެންމެ އުޅުނު ތި އަނގަގަނޑު މައިތިރިނުކުރެވިގެން..ކިޔާނެ އެއްޗެހި ހުސްވީތަ؟”ޒާއިފް އިތުރު އެއްޗެކޭ ނުބުނެ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.ޒާއިފްގެ ހިނިތުންވުން ފެނި އާޔާއަށްވެސް ބޭއިހްތިޔާރުގައި ހީލެވުނެވެ.ޒާއިފް ހީލުމުން ހާދަ ރީއްޗޭ އާޔާގެ […]
ރޭގަނޑުގެ ވަގުތެވެ.ދުރުދުރަށް ދާންދެން ބަގީޗާގައި ދިއްލާފައިވާ ބޮކިތަކުގެ ރީތި އަލިން ބަގީޗާ އަލިކޮށްލައިފައިވާއިރު ވަރަށް ފުރިހަމައެވެ.ޖެހެމުން ދިޔަ ފިނި ވައިރޯޅިއާއިއެކު ފަތްތައް ދެފަރާތަށް ހެލެމުން ދިޔަ ވަގުތުގައި އިވެމުން ދިޔަ ރީތި މިއުޒިކީ ރާގުން ހިތްތައް ފިނިކޮށްދެއެވެ.އަދި ގޭގެ ދޮރާ ކައިރީގައި ދިއްލާފައިވާ ވާމް ވައިޓް ފެއަރީ ލައިޓްސް ތަކުގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.7 އަހަރުގެ ޒާއިފް ބަގީޗާއަށް ނުކުތީ ޒާއިފްގެ މަންމައާއި ބައްޕަ ކަމަކާއި ދެބަސްވެ ޒުވާބުކުރަން ފެށުމުންނެވެ.އެއީ އަބަދުގެވެސް ހާލަތެވެ.ބަގީޗާގެ އެ […]
މާކިން މިދިލިގަހެއްގައި ލެގިލައިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވަމުންދާ އޭނާގެ ހަޔާތާ މެދުގައެވެ.އެވޭނީ އިހްސާސްތައް މުޅި ހަށިގަނޑުގައި އަޅާ ކަހަލައެވެ.އެހެންނުވާންވީ ސަބަބެއް ނެތެވެ.ތިމާ ދިރިހުއްޓާ މަރުގެ އިންޒާރު ލިބުމަކީ އަމިއްލައަށް މަރުވުމަށްވުރެ ވޭންހުރި ކަމެކެވެ. އިރުކޮޅެއްފަހުން މާކިންގެ ހިޔާލަށް އައީ މީގެ 2 އަހަރު ކުރިއެވެ.މާކިން އޭނާގެ ޒުވާން […]