ޝީނާ އިނީ އޭނާގެ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ޚިޔާލަކަށް ގެއްލިފައެވެ. އޭނާގެ ހަމަހިމޭން ތަނަވަސް ކޮޓަރީގައި އެލުވާފައި ހުރި، މަޑުނޫކުލައިގެ، މަޑު ސްޕޮންޖު ސީޓުގެ ހެއްލޭ ޖޯލީގައި، ހަމަޖެހިލައިގެން ފޯނަށް ނަޒަރު ހުއްޓާލައިގެން އޮތް ނަމަވެސް، އޭނާގެ ވިސްނުމާއި ފިކުރު ވަނީ މުޅިން އެހެން ދިމާލެއްގައެވެ. ފޯނުގެ ސްކްރީނުން ފެންނަމުންދަނީ ޝީނާގެ އިންސްޓާގްރާމް އެކައުންޓައް އޭނާ އެންމެ ފަހުން ލީ ފޮޓޮއެކެވެ. ގަދަ ނޫ ކުލައިގެ ކިރިޔާ ފޫޅު ފޮރުވޭވަރުގެ ޓޮޕް ކޮޅަކާއި ޖިންސްފޮތީގެ ފަލަމަސްގަނޑުގެ ދެބައިކޮޅު […]
އިއާން އަތްލުމާއެކު އޭނަގެ އަތުގެ ބީހުން އިހުުސާސްވެ ސިހިފައި މިންހާއަށް އިސްއުފުލާލަމުން ބަލައިލެވުނެވެ. މިންހާ ސިހުމާއެކު އިއާންއަށްވެސް އެވަގުތު މިންހާއަށް ބަލައިލެވުނެވެ. އަނެއްކާާވެސް ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. އިއާންގެ ފިރިހެންވަންތަ މޫނު އެހާ ގާތުން ފެނުމާއެކު މިންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހިތުގެ ހިނގުމަށް އެއައި ބަދަލާއެކު ނޭވާ އަވަސްވެގެން ދިޔައެވެ. ކަޅުކަން ގަދަ ކަޅިއެއް ލިބިފައިވި އިއާންގެ ތޫނު ދެލޮލުގެ ނަޒަރު އޭނައަށް ހުއްޓިފައިވުމާއެކު ގައިގައި ހުރި ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ. އެދެލޮލުގައިވި ބާރުގަދަ […]
” ތުއްތަ އަކަށް ނޭނގޭނެ ބާން ތުއްތަމެން މަތިން ހަނދާންވީ ވަރެއް! އައި މިސްޑް ޔޫ ބޯތް އަ ލޮޓް! އެހެންވެގެންނޭ އޭރު ޝޯއިން ޗާންސް ދީފައި އަންނަން ބުނީ! އަދި ދޮންތަމެންނަކަށްވެސް ނޭނގޭނެ ތުއްތަމެން އަންނަކަމެއް! އައި ޑިޑިންޓް ޓެލް ދެމް! އެމީހުންނަށް ސަޕްރައިޒެއް ދޭންވެގެން ނުބުނީ! އެހެންވީމައި ތުއްތަމެން ތިބެންޖެހޭނީ ބެކްސްޓޭޖުގެ މި ފަޅީގައި. އެއީ ދޮންތަމެންވެސް މިރޭ ޕާރފޯމްކުރާނެ. ދޮންތަމެން ތިބޭނީ އަނެއް ފަޅީގައި. ބާންވެސް ހުންނާނީ ދޮންތަމެނާއެކު. އޭރުން އެމީހުންނަށް ޝައްކެއް […]
37 ވަނަބައިގެ ތެރެއިން… “ޙާއްސަ ކަމެއް އޮތީތަ…؟ ހަދަ ރީތި ލަވައެއްގެ ރާގޭ އެ އިވެނީ…” ޔަނާލް ބުނެލިއެވެ. ފައިޒަން ޖަވާބެއް ނުދީ ހުއްޓުނީ ޔަނާލް ފުރަގަހުގައެވެ. ޔަނާލް ނުވިސްނާ ހުއްޓާ އޭނާ ޔަނާލްގެ ކޯތާފަތުގައި ބޮސްދިނެވެ. ޔަނާލްގެ ދޮން މޫނަށް ވެރިވެގެން ދިޔަ ޖަންބުކުލައާއެކު ފައިޒަން ބޮސްދިން ތަނުގައި އަތް ޖައްސާލިއެވެ. ޔަނާލްގެ ދެލޯ ހުދު ފޮތިކޮޅަކުން ބަންދުކޮށްލުމާއެކު ފޮތިކޮޅު މަތިން އަތް ޖައްސާލިއެވެ. އޭނާގެ އަތުގައި ހިފައިގެން ފައިޒަން ކުރިއަށް ހިނގައިގަތް އިރުވެސް ޔަނާލް […]
“ދެން މާ ވާހަކަ ގިނަނުކޮށް ނަމާދަށް ދޭ! މި ދޮންބެވެސް ކުޑަކުއްޖެއްހެން ހުރެދާނެ ވަގުތު ފާއިތުވެގެން ދަންދެން!” އިޝިރްގެ ގައިގައި ބޮނޑިއެއް އަޅާލުމަށްފަހު އިޝްރާ އަވަހަށް ދޮރު ލައްޕާލީ އެނޫން ގޮތަކަށް އިޝިރް އެތަނުން ގުޑައިނުލާނެކަން އޭނާއަށް އެނގޭތީއެވެ. އަޅައިގެން ހުރި ދޮޅިއާއި އިސްޓާކީނު ބާލައި މުސައްލައިގެ ތެރެއަށް ލުމަށްފަހު އިޝްރާ ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނުކުމެ ފޯނު ނަގާ އެކޮޓަރިއަށް އައުމަށް އެދި ލުބްނާއަށް މެސެޖް ކޮށްލަމުން މިރެއަށް ޚާއްޞަކޮށް ފެހި ހެދުން ގަޔަށް މަހާލައި […]
“ބްލޫސް ކޮމްޕެނީއިން…” ނައިނާ އަނގަޔަށް ޕާން ފޮއްޗެއް ލައިގެން އަނގަހަލުވާނުލެވިފައި އިންއިރުވެސް އަވަސްގޮތަކަށް ޖަވާބުދިނެވެ. އޭރު ހައިރާ އައިސްއަލަމާރިން ބިއްލޫރި ފެންފުޅިއެއް ނަގައިގެން މޭޒާއި ދިމާލަށް އެނބުރިލަނީއެވެ. ނައިނާގެ ޖުމްލައާއިއެކު ހައިރާގެ ކަންފަތަށް ހޮނުގުގުރިއެއް އެޅިފަދައެވެ. މީހާ ސިިހިގެންދިޔަވަރުން އަތުން ފެންފުޅިދޫވެގެންދިޔައިރު ފުޅި ޓައިލްސްމަތީ ޖެހުނުގޮތަށް ތަޅައިގެންދިޔަ އަޑު ހިމޭންވެފައިވާ މާހައުލުގައި އެއްއަޑަކަށް ގުގުމާލިއެވެ. އެއަޑުއިވިފައި ސިހުނުވަރުން ނަައިނާ ވަގުތުން ފުންމައިގެން ގޮނޑިން ތެދުވިއެވެ. “ދައްތާ ކިހިނެތްވީ…” ނައިނާގެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރެވެ. “ކަމެއްނުވެޔޭ… ދައްތަ އަތުން […]
އަޝްރާ އާދައިގެ ހިނގުމެއްގައި މަގުގެ ދުވާރު މަތިން ހިނގާފައި ދިޔައެވެ. ” އަޝްރާ… ” ތަންކޮޅަކަށް ދެވުނުތަނާ އޭނަގެ ނަމުން މީހަކު ގޮވާލުމާއެކު އަޝްރާ ފަސްއެނބުރި ބަލައިލިއެވެ. އެއާއެކު ފެނިގެންދިޔަ ސޫރައަކުން އޭނަގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އަޝްރާގެ މޫނު މަތިން ފެނިގެން ދިޔައީ ފޫހިކަމާއި ރުޅިވެރިކަމެވެ. ކުރިމަތީ ހުރި ޒުވާނާއަށް ބަލަހައްޓާއިގެން ހުރުމަށްފަހު އެއްވެސް އެއްޗެކޭ ބުނުމެެއްނެތި އަޝްރާ ފަސްއެނބުރި ހިނގައިގަތެވެ. އެވަގުތު އެޒުވާނާ އަޝްރާގެ އަތުގައި ހިފަހެއްޓިއެވެ. ”ހައު ޑެއާރ ޔޫ… ޖަސްޓް ލީވް […]
36 ވަނަ ބައިގެ ތެރެއިން….. ދެމީހުންނަށްވެސް ކުއްލި ސިހުމެއް ލިބިގެން ދިޔައީ ފިރިހެނަކު ސަލާން ގޮވާލި އަޑަށެވެ. އަޑު އައި ދިމާލަށް ދެމީހުންނަށް ބަލާލެވުނީ އެކުއެކީގައެވެ. އެވަގުތު އެއީ އާކިން ކޮޓަރިއަށް ވަދެ ފޯނު ހިފައިގެން ނިކުތް ވަގުތެވެ. ކުރިމަތީގައި ނޫކުލައިގެ ހެދުމުގައި ތިބި ތިން މީހުން ފެނި މާއިރާގެ ތިންމައިންގެ ފައިތިލަ ކާޕެޓްމަތީގައި ތަތްވި ކަހަލައެވެ. ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. ވަގުތު އައިސް ޖެހުނީއެވެ. މާއިރާއަށް ހިންދިރުވާލެވުނު ވަގުތު ބޮލަށް އެނބުރުން އެރިއެވެ. އޭނާ ހިންގާފައިވާ […]
“ޔޫ… ކަލޭ…” ނައިނާއާއި ހައިޒަލް ހަޅޭލަވައިގަތީ އެކުއެކީގައެވެ. އެއަޑު ބާރުކަމުން މިކްޔާލްއާއި ޒިޔާންގެ ކަންފަތްމަތީ އަތްއަޅާލަން މަޖުބޫރިވިއެވެ. “ވަޓް… ކަލެއޭ…” ހައިޒަލްގެ ބުމަގޮށްޖަހާލިއިރު އަނގަޔަށް ގޮތެއްހަދާލިއެވެ. “ޔޫ ވެސް ބުނީ ކަލެއެކޭ ނޫންތަ؟ ޔޫ މީންސް ކަލޭ ހަމަ…” ނައިނާ ހިމޭންވެފައި ހުރެފައިވެސް ފެށުމުން ހައިޒަލްއަށް ޝޮކެއް ލިބުނެވެ. އޭނައަކީ ކާކުކަން އިނގުމަށްފަހު ނައިނާއަށް އެފަދަ ހިތްވަރެއްކޮށްލަން ކެރިދާނޭކަމަކަށް ހައިޒަލް ހިޔެއްނުކުރެއެވެ. މީގެ އިރުކޮޅެއް ކުރިން ނައިނާ ހިމޭންވެފައި ހުރިގޮތުން ހައިޒަލް ފެނިފައި، ކުރިން ކިޔާލެވުނު އެއްޗެހިން […]