Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ވާނަން އެކީ…1

Faathii Flower Level 1
March 13, 2019 3 Mins Read
23 Comments

ވެހެމުންދިޔަ ވާރޭއަށް ގެއްލިފައި އިން އިފްރާގެ ވިސްނުމުގައި ވަނީ މީގެ 2 އަހަރުކުރީގެ ހަދާންތަކެވެ. އެއީ ކޮންފަދަ އުފާވެރި ދުވަސްތަކެއް ހެއްޔެވެ؟ ނަމަވެސް ގިނަ ދުވަސްތަކެއް ނުވަނީސް އެއުފާވެރިކަން ވަނީ އޭނަޔާ އަލްވަދާއު ކިޔާފައެވެ. އިފްރާގެ ފިރިމީހާ އަކުމަލްގެ ފުރާނަނެތް މަސްގަނޑާއެކީ އެ ނިކަމެތި އަންހެން ކުއްޖާގެ އުފާތައްވެސް ވަޅުލެވިފައިވާކަހަލައެވެ.އަކުމަލާއަ އަފްރާގެ ކައިވެންޏަށް އަހަރެއް ފުރުނު ދުވަހަކީ އިފްރާގެ މަންމަ، ޒޫނާ މި ފަނާވަނިވި ދުނިޔެއަށް އެންމެފަހު ނޭވާލި ދުވަސްވެސް މެއެވެ. އޭގެ ފަހުން އިފްރާގެ މުޅި ދުނިޔެކަމުގައިވީ އޭނަދެކެ އިންތިހާއަށް ލޯބިވި އޭނަގެ ފިރިމީހާ އަކުމަލެވެ. އިފްރާއާއި އަކުމަލުގެ އުފާވެރި ދިރިއުޅުމަށް ޖެހުނީ ކޮންބައެއްގެ އެސްފީނާއެއް ކަމެއްވެސް ނޭގެއެވެ. ދުވަސްތަކެއް ފަހުން އަކުމަލްވެސް ހިގި ނުރައްކާތެރި އެކްސިޑެންޓެއްގައި މިދުނިޔެ ދޫކޮށް ދެމިއޮތުމުގެ އާލަމަށް ދަތުރުކުރީ އެފަކީރު ކުއްޖާ އެކަނި ކޮށްފައެވެ. މުޅި ދުނިޔެމަތިން ފޫހިވެ ދިރިހުރުމުގެ މަގުސަދު ގެއްލިފައިވަނިކޮށް އިފްރާގެ ހިފީ ޒޫނާގެ ކުޑައިރުގެ ރަހުމަތްތެރިއެއް ކަމުގއިވާ ލީނާއެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އިފްރާގެ ހުރިހައި ޒިންމާއެއް އުފުލަނީ ލީނާއާއި އޭނަގެ ފިރިމީހާ ނާސިރެވެ. ސިހިފައި އިފްރާއަށް ހިޔާލީ ދުނިޔެއިން ނުކުމެވުނީ އޭނަގެ އަތުގއި މީހަކު ބީހުނުކަހަލަ އިހުސާސެއް ކުރެވިގެންނެވެ. އެއިރު އިފްރާގެ ގާތު އެދުގައި ލީނާ އިނެވެ. ލީނާ ފެނުމުން އިފްރާގެ ކަރުނަތައް އޭގެ މަގާމް ދޫކޮށް އޮހުރިގަތީ އެއްވެސް ރަހުމެއްނެތިއެވެ. ހީވަނީ އެތައް ދުވަހެއް ވަންދެން ފޮރުވިފައިވި އުދާސްތައް ބޭރުކޮށްލަނީ ހެންނެވެ. ” ދަރިފުޅާ އިފޫ. ދެން ހުއްޓާލާ. ލީންތައަށް ކެތެއްނުކުރެވޭނެ ދަރިފުޅު ރޯމަންޒަރު ބަލާކަށް. ލީންތަ  ބުނަންތަ ވާހަކައެއް.” ލީނާއޭނަގެ ވާހަކަ މެދުކަނޑާލުމަށްފަހު އިފްރާއަށް ފުންކޮށް ބޮޑުވާހަކައެއް ބުނަންއުޅޭފަދައަކުންނެވެ. ” އިފޫ. މިހާރު އަކުމަލް މަރުވިތާ އަހަރެއް މިވީ. ތިހެން އަބަދުރުޔަސް އަކުމަލެއް އެބުރި ނާންނާނެ. އިފޫއަށް އަދަ އެންމެ 26 އަހަރު. ތިހެން މުޅިއުމުރު ބޭކާރުކުރުމުގެ ބޭނުމެއް ނެތެއްނުން. ލީންތައަށްވެސް އެގޭ އަކުމަލް މަތިން ހަދާންނައްތާލަން އިފޫއަށް ފަސޭހައެއްނުވާނެކަން. އެކަމަކު ދެވަނަ ކައިވެންޏެއް ކުރުމުން އޭނަގެ ހަދާންތަކާ ދުރަށް ދެވިދާނެއެއްނުން. ދަރިފުޅަށް لله ގެއިރާދަފުޅުން އަދި އުފާވެރި ދިރިއުޅުމެއް ލިބޭނެ.” ލީނާ އިފްރާގެ ލޮލުންފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު އިފްރާގެ މޫނަށް ބަލަހައްޓައިގެން އިނީ އޭނަ އެއްޗެއް ބުނޭތޯއެވެ. ” ލީންތާ. އަކުމަލް ކަހަލަ ރަނގަޅު ކުދިންނެއް ނުތިބޭ. އިފޫގެ ހަގީގަތް އެގުމުން އެކަކުވެސް ބޭނުމެއްނުވާނެ އިފޫއާ އިންނާކަށް. އަކުމަލް އޭނަގެ އެންމެ ފަހު ނޭވާާއާާ ހަމައަށްވެސް އިފޫގެ އިތުން ދޫކޮށެއްނުލާ.އިފޫ ކިހާނެއް އޭނަމަތިން ހަދާން ނައްތާލާނާ. އައި ސްޓިލް ލަވް ހިމް.” އިފްރާ ބުނަންބޭނުންވި އެތައްވާހަކައެއް ހުރިނަމަވެސް އެވާާހަކަތައްވީ އިފްރާގެ ހިތުތެރޭގައެވެ. ބަދަލުގައި ގަދަކަމުން ހިނިތުންވުން ނޫންކަމެއް އިފްރާއަކަށް ނުކުރެވުނެވެ. ” ދެންތިކަމާ ވިސްނާނީ ފަހުންދޯ.ނާސިރުބެ ވެއްޖެ ނާއްކޮ ބަލާގޮސް. އެމީހުން އަންނާނެ އިރުކޮޅަކުން.ދަރިފުޅުވެސް މޫނުދޮވެލައިގެން އާދޭ ތިރިއަށް.” ނާޔާއަކީ ލީނާއާއި ނާސިރުގެ ހުރި ހަމައެކިނި ދަރިފުޅެވެ. އެތަކެއް އަހަރުތަކެއް ވަންދެން ނާޔާ އޭނަގެ މައިންބަފައިންނާ ދުރުގަ، މެލޭޝިޔާގައި ހުރީ ލޮލުގެ ހާއްސަ ޑަކުޓަރަކަށް ވުމުގެ ބޭނުމުގައެވެ. މިއަދު އޭނަގެ އުންމީދު ފުރިހަމަވީއެވެ

ކޮޓަރީގެ ހަމަހިމޭންކަން ނަގާލާފައިވަނީ ތުއްތު ފިރިހެން ކުއްޖެއްގެ ރުއިމުގެ އަޑުންނެވެ. ކޮޓަރީގެ ހަތަރުފާރުގައި ލައިފައިވާ މަޑު އަޅިކުލައާ ގުޅޭގޮތަށް ފަރުމާ ކޮށްފައިވާ އަޅިކުލައިގެ ފަރުނީޗަރުތައް އެކޮޓަރީގައި އަތުރާލެވިފައިވަނީ ވަރަށް ފުރިހަމަކޮށެވެ.ކޮޓަރާގެ މެދެއްހާހިސާބު ބަހައްޓާފައިވާ ކިންގުސައިޒު އެދުކައިރީގައި ހުރި ކުޑައެދުގައި އޮތް ތުއްތު ކުއްޖާ ހުއްޓާނުލާ ރޮމުންދިޔަ ނަމަވެސް އެއަޑުއަހާނެ މީހަކުނެތީއެވެ. ނޫނެކެވެ.އެ ކޮޓަރީގެ ކުޑަދޮރުން ބޭރަށް ނަޒަރުހުއްޓާލައިގެން އެ ހުރީ ޒުވާން ފިރިހެނެކެވެ. ބަލާބެލުމަށް ވައްތަރީ 27 އަހަރުގެ ޒުވާނަކާއެވެ. ހީވާގޮތުން ކަމަކާއިމެދު ފިކުރުކުރަނީއެވެ. ލައިފިއިވާ ޕައިލެޓު ޔުނީފޯމުގައި އެޒުވާނާ ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. އަންހެން ކުދިންގެ ހިތްތައް ކަތިލާނެފަދަ ރީތިކަމެއް އެޒުވާނާއަށް ލިބިފައިވެއެވެ. ” ރަޔަން. ހަމަ އަޑުނީވެނީތަ އެ ކުއްޖާ ރޯއަޑު.ކޮންއިރަކު ރަޔަންގެ ހިތްތިހާހަރުވީ. އެތުއްތު ފުރާނައިގެ ކޮންކުށެއް އޮތީ؟” އެޒުވާނާއަށް ސިހިފައި ބަލާލެވުނީ ހިތްހަމަނުޖެހިފައި ވާހަކަދައްކަމުން އެކޮޓަރިއަށް ވަދެގެންއައި އޭނަގެ މަންމަ، ރަނާއަށެވެ. ރަނާ އަވަސްވެގަތީ އެ ތުއްތު ކުއްޖާ މަސަލަސް ކުރެވޭތޯއެވެ. ބެހެއްޓިފައިވި ބުދެއްހެން ރަޔަންއަށް ހުރެވުނީ އޭނަގެ މަންމަގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. ” ހެޔޮނުވާނެ ދަރިފުޅާ. ތިހެން މިކުއްޖާއާ ދޭތެރޭކަންތައް ނުކުރޭ. މި ކުޑަކުޑަ ކުއްޖާއަށް ތިހާބޮޑު ސަޒާއެއް ނުދީ. މިއަދު ރަޔަންނޫން އެހެން ކާކުހުރީ މި ކުއްޖާއަށް އަޅައިލާން. މި ކުޑަކުޑަ ފުރާނަ ދުނިޔެއަށް އައުމުގެ އަސްލަކީވެސްތީ.” ރަނާއަށް އިތުރަށް އެންމެ ލަފުޒެއްވެސް ނުބުނެވުނީ އޭނަގެ ލޯ ފުރިގެން އައި ކަރުނަތަކުގެ ސަބަބުންނެވެ. ރަޔަންއައްވެސް ކެތްވީ އެހާހިސާބަށެވެ. އޭނަގެ މަންމަ ރޯ މަންޒަރު ބަލަން ނުހުރެވުނީ ކަންނޭގެއެވެ. ނޫނީ އޭނަގެ މަންމަގެ ވާހަކައިން އޭނައަށް ވިސްނުނީއެވެ. ” މަންމާ. އިގޭތަ ތިކުއްޖާ ފެންނަ ކޮންމެ ފަހަރަކު ރަޔަންނަށް އޭނަ ސިފަވޭ. ހަމަ އެ ކުޑަކުޑަ މޫނު ، އެ ކަޅުކަންގަދަ ބުމައާއި އެ ހިނިތުންވުން. ރަޔަން ބޭނުމެއްނޫން އޭނަ ހަދާން ކުރާކަށް. އައި ހޭޓް ހާރ.” ރަޔަން ވާހަކަދެއްކީ މަޑުމައިތަރި ކަމާއެކުގައެވެ. އެ އަޑުގައިވާ އަސަރަކުން ކޮންމެ މީހެއްގެ ހިތައްވެސް އަސަރު ކުރާނެކަން ހަމަގައިމެވެ. ކުޑަކުއްޖާގެ ރުއިމުގެ އަޑުވެސް މިހާރަކު ނެތެވެ. މާމަގެ ލޯތްބާއި އަޅައިލުން ލިބުމުން އެ ހިތް އުފާވީ ކަންނޭގެއެވެ. ރަނާ އޭނަގެ މާމަ ދަރިފުޅު ކުޑައެދުގައި ބާއްވާލީ ލޯބިން ފުރިގެންވާ ގޮތަކަށް އެކުއްޖާއަށް ބަލައިލާފައެވެ. ” ރަޔަން. މަންމައަށްވެސް އިގޭ އޭނަގެ ވާހަކަ ދެއްކުމަކީ ރަޔަންނަށް އެހާ ފަސޭހަ ކަމަކަށް ނުވާނެކަން. މަންމަނެތިން އެވާހަކަ ދައްކާކަށް.އެކަމަކު ތިހެން އެ ކުއްޖާއާ ދޭތެރޭ ކަންތައް ނުކޮށް އެ ކުއްޖާއަށް ބައްޕަގެ ލޯބިދީ. މިއަދު އެ ކުއްޖާއަށް އެންމެ ބޭނުންވަނީ ބައްޕަގެ އަޅައިލުމާއި ލޯބި. ރަނާ ވާހަކަ ދެއްކީ ރަޔަންގެ މޫނަށް ބަލަން ހުރެއެވެ. ރަޔަން ފުރަތަމަ ފަހަރަށް އޭނަގެ 3 މަހުގެ ދަރިފުޅު އަތުތެރެއަށްލައި އެ ކުޑަނިތުގައި ބޮސްދިނީ ނުހަނު ލޯބިންނެވެ. ” ބައްޕިގެ ރައުލް. ބައްޕިއަށް މާފުކުރޭ. ދެން ދުވަހަކުވެސް ދަރިފުޅު ދެރަ ނުކުރާނަން. މީ ބައްޕިގެ ޕްރޮމިސްއެއް.” ރަޔަން ރައުލްގެ ކުޑަ އަތްތިލައިގައި މަޑުމަޑުން ހިފައިލަމުން ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. ރަނާގެ ލޮލުން ފޭބި ކަރުނަތަކަކީ އުފާވެރިކަމުގެ ކަރުނައެވެ. އެ އުފާވެރި ވަގުތު ނިމުމަކަށް އައީ ރަޔަންގެ ފޯނުރިންގުވި އަޑަށެވެ. ފޯނަށް އަރައިފައި އިން ނަކީލްގެ ނަން ފެނުމުން ރަޔަންނަށް ހިނުތުންވެވުނެވެ. ރަޔަން ، ރައުލް ރަނާގެއަތަށް ދީފައި  ފޯނު ކަންފަތުގައި ޖަހަމުން ނުކުތީ ބޭރަށެވެ.

ސިޓިންރޫމު ސޯފާގައި އިން ލީނާ ކެތްތެރިކަމާ އެކީ އިންތިޒާރު ކުރަމުންދިޔައީ އޭނަގެ ފިރިމީހާއާއި ދަރިފުޅު އަންނާނެ އިރަކަށެވެ. އޭނަގެ އިންތިޒާރުގެ ނިމުން އައީ ދޮރުގ ރަގަބީލުގެ އަޑުންނެވެ. ލީނާ އިފްރާއަށް ގޮވާލާފައި ހިގައިގަތީ ގޭގެ ދޮރާ ދިމާއަށެވެ. ދޮރުހުޅުވާލުމާއެކީ އެ މޫނުގައިވި ހިނިތުންވުން ފަޑުވެ ހައިރާންކަމުގެ އަސަރުތަކުން އެ މޫނުވަށައިލައިފިއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii Flower

Level 1

Other Articles

Previous

ވަކިވުމުގެ ކުރިން……1

Next

ވިންދޭ ލޯބި ތީ އެދޭ 36

Next
March 13, 2019

ވިންދޭ ލޯބި ތީ އެދޭ 36

Previews
March 13, 2019

ވަކިވުމުގެ ކުރިން……1

23 Comments!

  1. Faathii Flower says:
    March 13, 2019 at 9:23 pm

    Hi Everyone. This is my first story. I hope hurihai kudhinnah ves kamudhaane kamah. Insha Allah next episode on friday.
    Mivaahaka up vaani wednesday, friday and sunday. I appreciate negative and positive comments. Plx comment below.❤❤❤❤????

  2. jiji says:
    March 13, 2019 at 9:23 pm

    Me first dhw ❤❤❤..masha allah..as usual mi prt vx vrh salhi ingey???..kon irakun nxt prt upkohladheyny???..curiously waiting ???

  3. Twinkle? says:
    March 13, 2019 at 9:53 pm

    Wow??????masha allah vvvv rythi???kaaku kihineh fenign baa emyhun ehaa hairaan v??? Rlly curious… keep it up dear…???❤❤❤

    1. Twinkle? says:
      March 13, 2019 at 9:54 pm

      Yay I’m first dhwww????

    2. Faathii Flower says:
      March 13, 2019 at 9:56 pm

      Yes u r first.dhen faharakun ves first hoadhan vaane.❤?

  4. Faathii Flower says:
    March 13, 2019 at 9:55 pm

    Thanks twinkle.❤
    Vaahaka nimeyiru hurihai suvaalge ves javaabu libeyne. Insha Allah.?
    Glad to knw that u liked it.❤❤

  5. inaak says:
    March 13, 2019 at 9:57 pm

    Alhey vvvv salhi…. Waiting for the nxt prt…❤️❤️❤️

    1. Faathii Flower says:
      March 13, 2019 at 9:57 pm

      Thanks inaak.happy that u liked it.❤?

  6. AAL says:
    March 13, 2019 at 10:25 pm

    Vaahaka fabulous, salhi waiting for the nxt part ???????????????

    1. Faathii Flower says:
      March 13, 2019 at 10:26 pm

      Thanks AAL.❤?

  7. eenash says:
    March 13, 2019 at 10:32 pm

    ma sha allah. varah reethi vaanehen heevany. kudakoh liyumuga kuh ebahuri. dhen faharakun up kurumugea kurin kiyaalafa kuhthah rangalhukohlahchey.

    1. Faathii Flower says:
      March 13, 2019 at 10:35 pm

      Thanks eenash❤?

  8. AAL says:
    March 13, 2019 at 10:33 pm

    ??????❤️❤️❤️❤️❤️❤️❤️Asluves mee mihaa thanah kiyunu enme feshun salhi story… ??????
    Vaahaka feshun her salhi vaane kamah ummeedhu kuran. ???????

    1. Faathii Flower says:
      March 13, 2019 at 10:36 pm

      Thanks AAL. Varah ufaavejje.❤❤❤❤?

  9. Saju says:
    March 13, 2019 at 11:20 pm

    Heyy v salhi hama. Waiting for the next part ❤️❤️

    1. Faathii Flower says:
      March 13, 2019 at 11:22 pm

      Thanks saju.❤

  10. Pijja says:
    March 13, 2019 at 11:29 pm

    Love it already.. Keep it up❤️❤️?

    1. Faathii Flower says:
      March 14, 2019 at 12:10 am

      Thanks pijja.❤varah happy vejje u ah vaahaka reethi v ma.?❤

  11. Ray says:
    March 14, 2019 at 5:40 am

    V v reethi maashaa allah..
    Keep it up ..
    Waiting for next episode..

    1. Faathii Flower says:
      March 14, 2019 at 7:37 am

      Thanks Ray. ❤?

  12. Lotus says:
    March 14, 2019 at 9:56 am

    Wow.. seems interesting.
    Best of luck dear

    1. Faathii Flower says:
      March 14, 2019 at 11:15 am

      Thanks Lotus ?❤

  13. Dhombe says:
    March 15, 2019 at 6:03 am

    Masha’allah vvv reethi,ekamaku liyumuge mistakes baivaru ebahuri.dhombe ah fennanee dhenvess vaahaka upload kurumuge kurin kiyalun.vvv furihama

Comments are closed.

Next Episodeވާނަން އެކީ…2←


All Right Reserved!