” މިންހާ… ” ހިތްހަމަނުޖެހިފައިވި ވަރުން ރަނގަޅަށް މަގަށް ބެލުމެއްނެތި މަގު ހުރަސްކުރި މިންހާގެ ގައިގައި އެވަގުތު އައި ޕިކަޕުން ޖެހުމާއެކު އަލޫފްއަށް ބާރަށް މިންހާގެ ނަމުން ގޮވާލެވުނެވެ. އެވަގުތު އޭނަގެ ހިތުގެ ހިނގުންވެސް ހުއްޓުނުހެން ހީވިއެވެ. މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ އެންމެންގެ ނަޒަރުވެސް ދުރަށް ވިއްސައިގެން ގޮސްފައިވި މިންހާއަށް ހުއްޓުނެވެ. ” މިންހާ… ” މިންހާގެ ނަމުން ބާރަށް ގޮވާލަމުން އަލޫފްއަށް ސިހިފައި ތެދުވެވުނެވެ. އޭރު މުޅި މީހާ ވަނީ ދާހިތްލާާ ފޯވެފައެވެ. އަވަސް ނޭވާތަކެއް ލެވެމުން ދިޔައިރު އޭނަގެ ހިތުގެ ތެޅުންވަނީ އިންތިހާއަށް އަވަސްވެފައެވެ. ހިތުގައިވަނީ ބިރުވެރިކަމެެއް އުފެދިފައެވެ. ވަށާއިގެންވި މާހައުލަށް ބަލައިލުމާއެކު މިއީ އޭނަގެ ކޮޓަރިކަން އިނގިގެން ދިޔައެވެ. އެއާއެކު އޭނައަށް އެފެނުނީ ހުވަފެނެއްކަން އިނގުނެވެ. ފެނުނީ ހުވަފެނެއްކަން އިނގުމުން އަލޫފްގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެެއް ލިބުނެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލަމުން އަލޫފް ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާ ދިޔައީ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ. ރަނގަޅަށް އެކި ތަންތަނަށް ނަޒަރު ހުއްޓާލުމުން އަދިވެސް އޭނައަށް މިއިނދެވުނީ ސޯފާގައިކަން އިނގުނެވެ. އޭރުވެސް ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒު މަތީ ލެޕްޓޮޕް ހުއްޓެވެ. ލެޕްޓޮޕްވެސް ހުރީ ޗާޖު ހުސްވެގެން ނިވިފައެވެ. އެެއާއެކު އޭނައަށް މިންހާގެ ތަސްވީރަށް ބަލަން އޮތްވާ ނިދުނީކަން ވިސްނުނެވެ. މާބޮޑަށް މިންހާ އާއިމެދު ވިސްނުމުން ހުވަފެނުގައި މިންހާ ފެނުނީކަމަށް އަލޫފް ނިންމިއެވެ. އަލޫފް މޭޒު މަތީގައި ހުރި ބިއްލޫރި ފެން ޖަގުން ތައްޓަކަށް ފެން އަޅާ ފެން ބޯލުމަށްފަހު އޭނަގެ ފޯނާއި ލެޕްޓޮޕް ހިފައިގެން ސޯފާއިން ތެދުވިއެވެ. ލެޕްޓޮޕް ޗާޖަރަށް ޖަހާލުމަށްފަހު އޭސީގެ ފިނި ގަދަކޮށްލާ އެނދުގައި ގޮސް އޮށޯވެ ފޯނަށް ނަޒަރު ހުއްޓާލިއެވެ. އެއާއެކު އޭނަގެ މޫނު މަތިން މާޔޫސްކަން ފެނިގެން ދިޔައެވެ. ކީއްވެ ކަމެއް ނޭނގެއެވެ. މޫނު މައްޗަށް ވެރިވި މާޔޫސްކަމާއެކު ސައިޑް ކަބަޑު މަތީ ފޯނު ބޭއްވުމަށްފަހު ނިދޭތޯ އަލޫފް މަސައްކަތްކުރިއެވެ.

އަރާމު ނިންޖަކުން ނިދާލާފައިވި މިންހާއަށް ހޭލެވުނީ ފޯނުގެ އެލާމް އަޑަށެވެ. އުނދަގޫ ގޮތަކަށް އެސްފިޔަތައް ދުރުކޮށްލުމަށްފަހު ދެލޯ ހުޅުވާލާ ފޯނު ނަގައި އެލާމް އޮފް ކޮށްލިއެވެ. ދެތިން ފަހަރު އެސްފިޔަ ޖަހާލުމަށްފަހު އާފުރިލަމުން ދެވަނަ ފަހަރަށް ފޯނަށް ނަޒަރު ހުއްޓާލިއެވެ. އޭރު ގަޑިން ފަތިހު ފަހެއް ޖަހާ ދެތިން މިނިޓް ހިނގައިފިއެވެ. އޭރު ފޯނުގެ ސްކްރީނަށް ބަލައިލިި މިންހާގެ ލޮލުގައި މިސްވެފައި ކޯލެެއްގެ އިތުރުން އައިސްފައިވި މެސެޖުތަކެެއް އަޅާއިގަތެވެ. ރަނގަޅަށް ބަލައިލިިއިރު ގުޅާފާވެސް އަދި މެސެޖު ކޮށްފައިވެސް ވަނީ ކުރީގައިވެސް މެސެޖުކޮށް ހެދި ނުދަންނަ ނަންބަރުންނެވެ. ” އައި މިސް ޔޫ ސޯ މަޗް… ” މިފަހަރުގެ މެސެޖުތަކުގައި ލިޔެފައިވަނީ އެހެންނެވެ. އެމެސެޖުތަކެއްގެ ސަބަބުން މިހާރު އޭނަގެ ބޮލަށްވެސް އުނދަގޫވާން ފަށައިފިއެވެ. ކާކުކަން ނޭނގޭ މީހަކު ތަކުރާރުކޮށް މެސެޖު ކުރަމުންދާއިރު ހިތުގައި ސުވާލުވެސް އުފެދޭނެތާއެވެ. ކާކުތޯ އެހިޔަސް ޖަވާބު ދެނީކީ ނޫނެވެ. ގުޅުމުން ފޯނު ނެގިޔަސް ވާހަކައެއް ނުދައްކައެވެ. ދެން އެމީހަކު އޭނައަށް މެސެޖު ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ވީ ފޫއްސަކުން މިންހާ އޭނަގެ ފޯނު އެއްފަރާތުގައި ބޭއްވިއެވެ. އެވަގުތު ފަތިސް ނަމާދު ބަންގީގެ އަޑު އިވިގެން ދިޔައެވެ. މިންހާ ލަސްނުކޮށް އެނދުން ތެދުވެ އެނދު މަތި ތަރުތީބުކޮށްލުމަށްފަހު ފޯނު ޗާޖަރަށް ޖަހާ ފާޚާނާއަށްވަދެ ނަމާދު ކުރުމަށް ތައްޔާރުވިއެވެ. ފާޚާނާއިން ނިކުމެ ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން ފަތިސް ނަމާދު ކުރުމަށްފަހު ކީރިތި ޤުރުޢާން ކިޔެވުމުގައި ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. އެއަށްފަހު އާދައިގެ މަތިން ތިރިއަށް ފޭބިއެވެ. ސިޓިންރޫމުގައި އެކަކުވެސް ފެންނާކަށްނެތެވެ. މިންހާ ދެން މިސްރާބުޖެހީ ބަދިގެއަށެވެ. ބަދިގޭގަވެސް އެކަކުވެސް ނޫޅެއެވެ. މީގެ ކުރިން އޭނާ ހޭލައިގެން އަންނައިރު މަންމަ އަބަދުވެސް ބަދިގޭގައި އުޅެއެވެ. މިރޭ އަދި މަންމަ ނަމާދުކޮށް ނުނިމެނީއޭ ހިތާ މިންހާ ކޮފީއެއް ތައްޔާރުކޮށްލުމަށް އަވަސްވެގަތެވެ.

ކޮފީ ތައްޔާރުކޮށްލައިގެން މިންހާ ނުކުތީ ބަގީޗާގެ ތެރެއަށެވެ. ފަތިސް ވަގުތައްވުމާއެކު ފަޒާގައިވި ތެތް ފިނިކަން އިހުސާސްވިއެވެ. މިހިތްފަސޭހަ ވަގުތު ހޫނު ކޮފީއެއް ބޯލުމުން ހަށިގަނޑަށް ލިބެމުން ދަނީ ނުހަނު އަރާމު އިހުސާސެކެވެ. ފަތިސް ވަގުތައްވުމުން ގިނަ މާތައް އަދި ރީތިކޮށެއް ނުފޮޅެއެވެ. އެހެނަސް އެއްބައި ފޮޅިފައިވާއިރުވެސް އެމާތައް ބަލައިލަން ނުހަނު ހިތްގައިމެވެ. އޭގެން ދުވާ މީރުވަހުން ބަގީޗާތެރެ އެއްވަސްކުރުވާފާވެއެވެ. މިންހާ ބަގީޗާ ތެރޭގައި ބެހެއްޓިފައިވި ބެންޗެެއްގައި އިށީންދެ އިނދެ މަޑުމައިތިރިކަމާއެކު ކޮފީ ބޮމުން ދިޔައެވެ. އެއްވެސް މޭކަޕެއްނުވާ އެދޮން މޫނުގައި މިފަތިސް ވަގުތުވެސް ވަނީ ތާޒާކަމެވެ. މަޑު ފިޔާތޮށި ކުލަ އަރާ ތުނި ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. އެއްވެސް ޙިޔާލެއް ފިކުރެއްނެތި އިންއިރު ހީވަނީ މައުސޫމްކަމުން ފުރިގެންވާ ކުޑަ ކުޑަކުއްޖެއް ހެންނެވެ. ލަސްލަހުން ކޮފީ ބޮމުން ދިޔަ މިންހާ ގޭގެ ބޮޑު ދޮރާއި ދިމާލަށް ބަލާލީ ދޮރު ހުޅުވާލި އަޑު އިވުމުންނެވެ. އޭރު އަޝްރަފް އެތެރެއަށް ވަންނަނީއެވެ. ” ގުޑް މޯނިން ބައްޕާާ…” އަޝްރަފަށް ހިނިތުންވުމެއް ހަދިޔާކުރަމުން މިންހާ ވާހަކަ ދެއްކިއެވެ. ” ގުޑް މޯނިން… ދަރިފުޅު މިއަދު ކޮފީ ބޮނީ ބަގީޗާގަތަ…” އަޝްރަފްވެސް ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ. ” ހޫމް… މިއަދު ހަމަ ބަގީޗާއަށް ނުކުމެލާ ހިތްވީ… ވަރަށް ހިތްފަސޭހަ މިތަން… ބައްޕައަށް ކޮފީއެއް ހަދާލަދެންތަ… ” މިންހާ ބުނެލިއެވެ. ” އާނ… ދަރިފުޅު ތިބުނިހެން މިތަން ވަރަށް ހިތްފަސޭހަ… ނޫނޭ… ބައްޕަ ހަމަ މިއައީ ރައްޓެއްސަކާއެކު ކޮފީއެއް ބޮއެގެން… ” އަޝްރަފް މިހެން ބުނެ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. މިންހާވެސް ކޮފީ މަގު ހުސްކޮށްލުމަށްފަހު ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. މިންހާ ގޮސް ބަދިގެއަށް ވަންއިރު ނާހިދާ ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. ”އަނހާ… ދަރިފުޅު ކޮފީވެސް ބުއީތަ… ކޮންއިރަކު ނިކުތީ ކޮޓަރިން… ” މިންހާ އައިސް ބަދިގެއަށް ވަނުމާއެކު އާސިމާ ވާހަކަ ދެއްކިއެވެ. ” އާނ.. ކޮފީބޮއެ ނިންމާލީ… އަޅުގަނޑު ވަރަށް ކުރިން ނިކުމެފިން… މަންމަވެސް ނޫޅޭ އަޅުގަނޑު ބަދިގެއަށް އައިއިރު… ” މިންހާ އޭނާ ކޮފީ ބުއި ޖޯޑު ދޮންނަން ހުރެ ވާހަކަ ދެއްކިއެވެ. ”އެހެންތަ… މަންމައަށް މިރޭ ތަންކޮޅެއް ލަހުން ހޭލެވުނީ… އެހެންވެ ލަސްވީ… ” ކޮފީއެއް ތައްޔާރުކުރަމުން އާސިމާވެސް އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އެވަގުތު މައިޝާވެސް އައިސް ބަދިގެއަށް ވަނެވެ. އޭނަވެސް ފުރަތަމަވެސް އުޅުނީ ކޮފީއެެއް ތައްޔާރުކުރާށެވެ. އެމީހުން ކޮންމެ ދުވަހަކުވެސް ސައި ހަދަން ފަށަނީ ކޮފީބޮއެ ނިންމާލާފައެވެ. މިއަދުވެސް އެންމެން ކޮފީ ބޮއެ ނިމުމުން އެކި ކަންކަން މީހުނަށް ބަހާލައިގެން ތިން މީހުން އެކުގައި ހެނދުނުގެ ސައި ތައްޔާރުކުރަން އުޅުނެވެ.

ފަތިހު ފަތިސް ނަމާދުން އައިސް އިއާން އާއި ނާއިލް އަތިރިމައްޗަށް ދިޔައީ ދުވެލާށެވެ. ދެޒުވާނުންނަކީވެސް ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ލޯބިކުރާ ދެޒުވާނުންނެވެ. ރަށުގައި ކަސްރަތުކުރާނެ ތަނެއް ހުރި ނަމަވެސް ދެމީހުންވެސް ބޭނުންވީ އަތިރިމަތީގައި ދުވެލަން ދާށެވެ. ބޫޓަށް އަރައިގެން ފުރިހަމަ ތައްޔާރީއާއެކު އަތިރިމަތީގެ ދޮންވެލި ފަސްގަނޑުގައި ދުވަމުން ދިޔައިރު އިރު އަރާ ރީތި މަންޒަރު ފެންނަމުން ދިޔައެވެ. އިރުގެ އޮރެންޖު އަލި ކަނޑުގެ ލޮނުގަނޑަށް އެޅިފައިވާއިރު އުޑު މަތި ވަނީ އޮރެންޖު ކުލައާއި މަޑު ދަނބު ކުލައިގެ ވިލާތަކުން ޒީނަތްތެރިކުރެވިފައެވެ. އިރުއިރުކޮޅުން ބައިގަނޑު ގަނޑަށް އުދުހިފައިދާ ދޫނިތަކުން އެމަންޒަރު އިތުރަށް ފުރިހަމަކޮށްދެއެވެ. އެމަންޒަރު ފެންނަ މީހަކު ބަލާ ފޫހިނުވާނެކަން ގައިމެވެ. ހެނދުނުގެ އެވަގުތު ކަމުން ޖެހެމުން ދިޔައީ ފިނިފިނި ވައިރޯޅިތަކެކެވެ. ޖެހިލާ ވައިރޯޅިއާއެކު ގަސްތަކުގެ ފަތްތައް އެއްފަތް އަނެއްފަތާއި ސަމާސާކޮށްލައެވެ. ރާޅުތައް އައިސް ހުދުކުލައިގެ ބޯ ފަސްގަނޑުގައި ބީހިލާއިރު އެއިވިގެންދާ ހިތްގައިމު މިއުޒިކެއްފަދަ އަޑުން މާހައުލުގެ ހަމަހިމޭންކަން ނަގާލާފައިވެއެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެނިގެންދަނީ މާތް ﷲ ގެ ކުޅަދުންވަންތަކަމެވެ.

ދުވެ ނިންމާލުމަށްފަހު ދެޒުވާނުންވެސް ބައެއް ކަސްރަތުތައް ކޮށްލިއެވެ. ހިތްހަމަޖެހޭވަރު ވުމުންނާއި ވަރުބަލިކަން އިހުސާސްވުމުން ކަސްރަތު ކުރުން ހުއްޓާލުމަށްފަހު އަތިރިމައްޗާއި ކައިރީގައި ހުރި ހޮޅު އަށީގައި އިއާން އާއި ނާއިލް ގޮސް އިށީނެވެ. ދެމީހުންވެސް ދިޔައީ އެމީހެއްގެ ފެން ފުޅިން ފެން ބޮމުންނެވެ. ފެން ބޮއެ ނިންމާލުމަށްފަހު އިއާން އޭނަގެ ފިނި ފެން ފުޅިން މޫނު މައްޗަށް ފެން އޮއްސާލިއެވެ. އެއާއެކު ކުރުވި އަރާމު އިހުސާސަކުން އިއާންގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. އޭރު އިއާންގެ ފިރިހެންވަންތަ މޫނުގައި ޝަބުނަމް ތިކިތަކެއް ފަދައިން ފިނި ފެންތިކިތައް ހަރުލާފައި ހުއްޓެވެ. ދެޒުވާނުން އިރުކޮޅަކު ހޮޅުއަށީގައި ތިބުމަށްފަހު ގެއަށް ދިޔުމަށް މިސްރާބުޖެހިއެވެ. އިއާން ގެއަށް ދާން އުޅެފައިވެސް ނާއިލްގެ އެދުމުގެ މަތިން ކޮފީއެއް ބޯލުމަށް އެގެއަށް ދިޔައެވެ. ދެމީހުން ގޮސް ނާއިލްގެ ގެއަށް ވަންއިރު ނާސިހާ ގޯތިތެރެ ކުނިކަހަން އޮތެވެ. ” ނާސިހާއްތާ… ކިހިނެއްތަ…” އެތެރެއަށް ވަން އިއާންއަށް ނާސިހާ ފެނުމާއެކު ގޮވާލަމުން ހާލުއަހުވާލު އަހާލިއެވެ. ” އަނހާ.. އާން… ދައްތަ ވަރަށް ރަނގަޅު… އާން ކިހިނެއްތަ… ކިޔެވުން ނިންމާލާފަ އެއްކޮށް ދޯ ރަށަށް ތިއައީ… ” އިއާންގެ އަޑު އިވުމާއެކު ކުނިކަހަން ގުދަަށް އޮތް އާސިމާ ތެދުވެ ހަށިގަނޑު ސީދާކޮށްލަމުން ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ. ” ހާލު ވަރަށް ރަނގަޅު… އާނ… މިއައީ ކިޔެންވުން އެއްކޮށް ނިންމާލައިގެން… މިއަދު ވަޒީފާއަށްވެސް ނުކުންނަން… ” އުފާވެރި މޫނަކާއެކު އިއާން ވާހަކަ ދެއްކިއެވެ. ” ދަރިފުޅާ ނާއިލް… އާންއާ ދެމީހުން އިށީންދެލާ… މަންމަ ކޮފީއެއް ތައްޔާރުކޮށްލާނަން… ” އާސިމާ މިހެން ބުނެ އަތުގައި އޮތް އިލޮށިފަތި ކުންނާރު ގަހުގައި ލައްކޮށްލުމަށްފަހު ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ” މަންމައަށް ކިހިނެއް އިނގުނީ އަޅުގަނޑުމެން ކޮފީ ބޯންކަމެެއް މިއައީ… ” ސުވާލުގެ ނަޒަރަކުން ނާސިހާއަށް ބަލަހައްޓާއިގެން ހުރެ ނާއިލް ބުނެލިއެވެ. ” މަންމައެއްނު މީ ނާއިލްގެ… އެހެންވީމަ އެނގޭނެއެއްނު… އެހެންނޫނަސް ކޮންމެ ދުވަހަކުވެސް ކަސްރަތުކޮށްގެން އައިސް ދަރިފުޅު ބޭނުންވަނީ ކޮފީއެއްނު… ” ގޭތެރެއަށް ވަން ނާސިހާ ފަސްއެނބުރި ބަލައިލުމަށްފަހު ހިިނިތުންވެލަމުން އެހެން ބުނެ ބަދިގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. އިއާން ހެމުން ހެމުން ނާއިލްގެ ކޮނޑުގައި މަޑުން ޖަހާލިއެވެ. ދެމީހުން ގޮސް އިށީނީ ހިޔާކޮށްފައިވި ކުޑަ ހަޓު ތެރޭގައެވެ. ގަދަ މުށި ކުލައިގެ ވަށް މޭޒެއް މެދުގައި ބެހެއްޓިފައި ހުރިއިރު މޭޒު ކައިރި ވަށާއިގެން ހަތަރު ގޮނޑި އިނެވެ. ދެޒުވާނުން ކޮފީގެ އިންތިޒާރުގައި މަޑުކޮށްލައިގެން ތިއްބެވެ.

މާގިނަ އިރެއްނުވެ ނާސިހާ ޓްރޭއަކަށް ލައިގެން އާވި އަރައަރާ ހުރި ހޫނު ދެކޮފީ މަގު ގެނެސް މޭޒު މަތީގައި ބެހެއްޓިއެވެ. ދާދި އަވަހަށް މުޅި ތަނަށް ކޮފީގެ މީރުވަސް ފެތުރިގެން ދިޔައެވެ. ދުވި މީރުވަހުން އިއާން އާއި ނާއިލްއަށްވެސް ނޭފަތް އެތެރެއަށް ދަމާލިއެވެ. ލަސްނުކޮށް ދެމީހުންވެސް ކޮފީ މަގުން އެތިފޮދެއް ބޯލިއެވެ. ” ހޫމް… ހާދަ މީރޭ… ” ކޮފީގެ ރަހަ ބަލައިލުމަށްފަހު ނާސިހާއަށް ބަލައިިލާ އިއާން ބުނެލިއެވެ. ”އަސްލުވެސް މަންމާ ކޮފީ ވަރަށް މީރު… އެކަމަކު މިންނު ހަދާ ކޮފީހާއެއްނޫން… ހެހެހެ… މިންނު ހަދާ  ކޮފީ ހާދަ މީރޭ… އާން… ޔޫ މަސްޓް ޓޭސްޓް އިޓް… ” ނާއިލް ވާހަކަ ދެއްކިއެވެ. އިއާން ލުއިކޮށް ހިނިތުންވެލަމުން ބޯޖަހާލިއެވެ. ނާސިހާ އިރުކޮޅަކު އިއާންމެނާ ވާހަކަ ދައްކަން ހުރުމަށްފަހު ކުރިންވެސް އޭނާ ކުރަން އުޅުނު މަސައްކަތައިގެން ކުރިއަށް ދިޔައެވެ. އެކި ވާހަކަތަކުގައި ތިބެ ދެޒުވާނުން ކޮފީ ބޮމުން ދިޔައެވެ. ކޮފީ ބޮއެ ނިންމާލުމަށްފަހު އިއާން ގެއަށް ދާން ނުކުތުމާއެކު ނާއިލް އޮފީހަށް ދާން ތައްޔާރުވާން ދިޔައެވެ.

އިއާން ގޮސް ގެއަށް ވަންއިރު އަޝްރަފް ސޯފާގައި ނޫހެެއް ކިޔަން އިނެވެ. ” އިއާން ދަރިފުޅާ… ކަސްރަތުކޮށްލާފަތަ ތިއައީ… ” ގެއަށް ވަން އިއާން ފެނި އަޝްރަފް ބުނެލިއެވެ. ” އާނ ބައްޕާ… މިހެން އުޅޭއިރު ކަސްރަތުވެސް ކޮށްލަންވާނެއެއްނު… ” އިއާން ޖަވާބުގައި ބުނެލިއެވެ. ” ދަރިފުޅާ އާން… ކޮފީއެއް ހަދައިދެންތަ… ” ސިޓިން ރޫމުން އިއާންގެ އަޑު އިވުމާއެކު ބަދިގޭގައި ސައި ތައްޔާރުކުރަން އުޅުނު އާސިމާ އައިސް ބުނެލިއެވެ. ” ނޫނޭ މަންމާ… ނާއިލްމެންގޭ ކޮފީ ބޮއެގެން މިއައީ… ދެން މިދަނީ ޑިއުޓީއަށް ދާން ތައްޔާރުވާން… ” އިއާން މިހެން ބުނެ ސިޑިން މައްޗަށް އަރައިގެން ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން އިއާން ފާޚާނާއިން ނިކުތެވެ. އިއާންކަޅު ކުލައިގެ ޒަމާނީ ފަޓުލޫނަކާއެކު މަޑު ނޫ ކުލައިގެ އަތް ދިގު ގަމީހެއް ލައި ލޯގަނޑު ކުރިމަތީގައި ހުއްޓި އޭނަގެ ފަން އިސްތަށިކޮޅު ރީތި ގޮތަކަށް ސްޓައިލްކޮށްލިއެވެ. އެއަށްފަހު ޑްރެސިން ޓޭބަލް މަތީގައި އިން ސެންޓު ފުޅި ނަގައި އިއާން ސެންޓު ޖަހާލިއެވެ. ގަމީހުގެ އަތުކުރި ގޮށް އަަޅުވާފައިވީއިރު ގަމީސް ވަނީ ރީތި ވަރަކަށް ދަށަށް ޖަހައިލެވިފައެވެ. އަތުގައި ޒަމާނީ ފެންވަރުގެ ރިހި ކުލައިގެ ގަޑިއެއް އަޅައި ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލުމަށްފަހު ކަޅު ކުލައިގެ އިސްޓާކީނު ފަޔަށް ލައްވާލުމަށްފަހު ކަޅު ކުލައިގެ އޮފް ބޫޓަށް އެރިއެވެ. އެއަށްފަހު ކަޅު ކުލައިގެ އޭނަގެ އަވ އައިނާއި ފޯނު ހިފައިގެން ކޮޓަރި ނިކުތެވެ. ކޮޓަރިން ނިކުން އިއާންއަށް ނުކުމެވުނީ އަޝްރާގެ ކުރިމައްޗަށެވެ. ”ވާއު… މައި ބްރަދަރ އީޒް ލުކިން ސޯ ސްމާޓް… ހެހެހެ… ” އަޝްރާ އެއްލޯ މަރާލަމުން ލާނެއް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ބުނެލިއެވެ. އެއާއެކު އިއާންގެ ލުއި ހުނުމުގެ އަޑު އިވުނެވެ. ”ތޭންކްސް ފޯ ދަ ކޮމްޕްލިމެންޓް… ދޮންބެގެ އަޝޫވެސް ވަރަށް ރީތި މާ ޝާ ﷲ… ” ކަޅު ކުލައިގެ އަބާޔާއަކާއެކު މެރޫން ކުލައިގެ ޝޯލްއެއް އަޅާއިގެން ހުރި އަޝްރާއަށް ތަޢުރީފުކޮށްލުމުގެ ގޮތުން އިއާން ބުނެލިއެވެ. އެއާއެކު އަޝްރާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ކޮށްފައިވި ލުއި މޭކަޕާއެކު އެދޮން މޫނު ފެންނަނީ ނުހަނު އުޖާލާކޮށެވެ. ” ހިނގާ ދާން… ދޮންބެ ގެންގޮސްދީފާނަން އަޝޫ އޮފީހަށް… އަޝޫ އޮފީހަށް ލައިފަ ދޮންބެ ދާނީ ހޮސްޕިޓަލަށް… ” އިއާން މިހެން ބުނުމާއެކު އަޝްރާ ބޯ ޖަހާލިއެވެ. އަދި އިއާންގެ ފަހަތުން ސިޑިން ފައިބާ ގަޑި ޖެހުމުގެ ކުރިން އަވަހަށް އޮފީހަށް ދެވޭތޯ ދަތުރުފެށިއެވެ.

ހޮސްޕިޓަލުގެ ދޮރު މައްޗަށް އައިސް ހުއްޓުނު ހުދު ކުލައިގެ ކާރުގެ ދޮރު ހުޅުވާލަމުން ނިކުން ޒުވާނާ ހޮސްޕިޓަލަށް ބަލަހައްޓާއިގެން ހުއްޓެވެ. ކަނޑު ނޫކުލައިގެ އަތް ދިގު ގަމީހަކާއި ކަޅު ކުލައިގެ ފަޓުލޫނުގައި ހުރިއިރު ގަމީސް ވަނީ ދަށަށް ޖަހާލެވިފައެވެ. ގަދަ ޗޮކްލެޓު ކުލައިގެ ބޫޓަކަށް އަރާފައިހުރިއިރު މޫނު މަތިން ސިފަވަނީ ހަރުދަނާކަމެވެ. ހޮސްޕިޓަލަށް ނަޒަރު ހުއްޓާލައިގެން ހުރި އެޒުވާނާގެ ނަޒަރު އެތަނަށް އައިސް މަޑުކޮށްލި ކާރަށް ހުއްޓުނެވެ. ކާރުން ފޭބި އަންހެން ކުއްޖާ ފެނި އެޒުވާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދެވަނަ ސިކުންތުގައި އެޒުވާނާގެ މޫނު މަތިން ފެނިގެން ދިޔައީ އުފާވެރިކަމެވެ. އެންމެ ފުރަތަމަ ފެނިލި ފެނުމުންވެސް އެޒުވާނާގެ ހިތުން ޚާއްސަ މަގާމެެއް ދެވުނު އެއަންހެން ކުއްޖާ ފެނުމުން ހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބިގެން ދިޔައެވެ. އެހިތްގައިމު ސޫރަ ފެނުނީއްސުރެވެސް އޭނަގެ ހިތް އެދެމުން ދިޔައީ އެސޫރަ އަދި އެއްފަހަރު ނަމަވެސް ދެކެލުމަށެވެ. އެންމެ ފެނިލުމަކުންވެސް އެޒުވާނާގެ ހިތުގައި ވަނީ އެއަންހެން ކުއްޖާގެ ސޫރަ ބިންވަޅު ނެގިފައެވެ. ކާރުން ފޭބި އަންހެން ކުއްޖާ ވަށާއިގެންވި މާހައުލަށް ސަމާލުކަމެއް ނުދީ ހޮސްޕިޓަލަށް ވަނުމަށް ހިނގައިގަތެވެ.

” އެކްސްކިއުޒް… ” ހޮސްޕިޓަލަށް ވަންނަން ހިނގައިގަތް މިންހާގެ ކަންފަތުގައި އެއަޑު ޖެހުމާއެކު މިންހާގެ ފިޔަވަޅުތަކަށް ހުއްޓުމެެއްއައެވެ. ފަސްއެނބުރި އަޑު އައި ދިމާލަށް ބަލައިލުމާއެކު މިންހާގެ ދެބުމަ ގޮށްޖެހުނީ ނުދަންނަ ޒުވާނަކު އައިސް އޭނަގެ ކުރިމަތީގައި ހުއްޓުމުންނެވެ. ”މިންހާ… ރައިޓް… ” އެޒުވާނާ ލުއި ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ އެހެން ބުނެލިއެވެ. ބީރައްޓެހި ނަޒަރަކުން އެޒުވާނާއަށް ބަލަހައްޓާއިގެން ހުރެ މަޑުމަޑުން މިންހާ ބޯ ޖަހާލިއެވެ. އޭރު މިންހާގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. މި ނުދަންނަ ޒުވާނާއަކީ ކާާކު ހެއްޔެވެ؟ އެނާއަށް އެމީހަކީ ކާކުކަން ނޭނގޭއިރު އެމީހަކަށް އޭނަގެ ނަން އެއިނގެނީ ކިހިނެއް ހެއްޔެވެ؟ މިންހާއަށް ކޮންމެވެސް ތަނަކުން އެޒުވާނާ ފެނުނު ހަނދާންވެއެވެ. އެހެނަސް ސިކުނޑިއަށް ބާރުލާ ވިސްނާލުމުންވެސް ފެނުނު ވަކި ތަނެއް ހަނދާނެއްނުވިއެވެ. ސިކުނޑީގައި އުފެދިފައިވި ސުވާލުތަކުގެ ސަބަބުން މިންހާއަށް އެއްވެސް އެއްޗެކޭ ނުބުނެ ހުރެވުނީއެވެ. ” ޑޫ ޔޫ ރިމެމްބަރ މީ… މީގެ ދުވަސްކޮޅެއް ކުރިން ރަސްފަންނުން ދިމާވިއެއްނު… ކުޑަ ކުއްޖެއްގެ ގައިގަ ޖެހިފަ ވެއްޓެން ދަނިކޮށް އަހަރެންނޭ މިންހާ ހިފެހެއްޓީ… ” އެޒުވާނާ އެހެން ބުނެލުމާއެކު މިންހާއަށ އެމަންޒަރުތައް ސިފަވެގެން ދިޔައެވެ. އެއީ ހަމަ މިޒުވާނާއެވެ. މިހާރު މިންހާއަށް ޔަގީންވެެއްޖެއެވެ. ” ހެލޯ… އައިމް ޒިޔަލް… މި ހޮސްޕިޓަލަށް އަލަށް ޖޮއިންކުރި ޑޮކްޓަރެއް… ޑޮކްޓަރ އަހުމަދު ޒިޔަލް ސައީދު… ” ޒިޔަލް އޭނަގެ ފިރިހެންވަންތަ ހިނިތުންވުން ހަދިޔާކުރަމުން މިންހާއަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ.

 

 

139

101 Comments

 1. ifoo

  March 13, 2019 at 10:36 pm

  Salaam dear readers… Here is the next part… Hope all will like this part too… Feel free to comment your views… So… Readers hithah vx naaraa gothakah dhw kanthah mi vee… Ifoo bunymehnu dhw hithah naaraa gothakah vx kanthah hingaa faaney… Hhehe… Anyways sorry readers nervous kohlevunyma… N mi part kuryge two parts ah vure kuru vaane… Today I was so bxy so ehaa dhigukoh nugenesdhevuny… Hope all will understand… Thankyou soooooo much dear readers ifoo ah thidhey support ah… Last part ge comments thakah reply kuraanan In Sha Allah tomorrow… Love you all my readers n thankyou soooooo much all ❤️❤️❤️?????????… N here is a new entry… Kihineh vaane henn heevany… Hhehe… Feel free to comment your views…

 2. Sandy

  March 13, 2019 at 10:40 pm

  Wow what will happen now?????

  • ifoo

   March 14, 2019 at 10:49 am

   Sandy ❤️❤️❤️.. Thankyou soooooo much ❤️❤️❤️?????????… Let’s see what happens ???…

 3. Eekko

  March 13, 2019 at 10:46 pm

  I am first

  • ifoo

   March 14, 2019 at 10:50 am

   This time ur second Eekko ???…

 4. Shdhr;!?..

  March 13, 2019 at 10:48 pm

  Mi part vesss v lwbii……i justlove this storyy…
  Masha allah v molhu….hope next part dhigukohdheyne kamah…❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • ifoo

   March 14, 2019 at 10:52 am

   Alhey haadha dhuvas fahunney dear ge comment eh mi libuny ???… V v v ufaavehje ???… Thankyou soooooo much ❤️❤️❤️?????????… In Sha Allah next part miahvure dhigukoh genesdheynan ???… Much loves ❤️❤️❤️?????????…

 5. Naukko

  March 13, 2019 at 10:52 pm

  Yayyy.. me first dhw.. story varahh varahh reethi.. kiyaa kiyaa foohi nuveyy…. hows u dear ifoo…. hope u are fine…. story aa medhu ehhchehh bunelaanan… varahh reethi.. minnu n aan gulhuvaa dhehcheyy… nothin much to sayy… too perfect..hehe… much loves frm me

  • ifoo

   March 14, 2019 at 10:55 am

   Naukko ❤️❤️❤️… This time not first… Try next time ingey ???… Alhamdhulillah ifoo hama v ragalhu ???… Hope your fine too ???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje story kamudhiyaima ???… Much more loves from me dear ❤️❤️❤️?????????…

 6. Anonymous

  March 13, 2019 at 10:58 pm

  finally.. up vejje dhww.. mihaaru
  up v thww belunu vareh vss neyge.. ???? naseebeh nu huvafenehkann.. mihuree minnu ah v gotheh balann keii madhuvefa.. varah ufaa vejje minnu ah dhera gotheh nuhedhyma..???anehkaa kaaku tha eaee.. dhnn varah foohiveyy.. avahah aann aa minnu gulhuba… aann dhera gotheh nuhadhacheyy.. ifooo mi part vs v v v v v v v v v v v v v reeeeeeeeeeeeeeeeeeeethi..??????????????????????mashah allah ❤❤❤❤❤❤??????????????varah ufaa veyy mihaa dhiguknn genes dhethee..????u r the best ifooo..???????????⚘⚘?????? dhn inn part avahah up kohdhehche ingeyyy..???? LOVE YOU ❤❤❤❤

  • ifoo

   March 14, 2019 at 10:58 am

   Anonymous ❤️❤️❤️.. Thankyou sooooooooo much for the support n love ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Next part In Sha Allah Saturday night ga ???… Once again thankyou soooooo much dear n much much more loves from me ❤️❤️❤️?????????…

 7. Mahoo

  March 13, 2019 at 11:01 pm

  Its too nice ifoo.?? when next part up kohlanyy… dhen avahah aan and minnu gulhuvaba☺☺❤

  • ifoo

   March 14, 2019 at 10:59 am

   Mahoo ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Next part In Sha Allah Saturday night ga ???… Much more loves from me ❤️❤️❤️?????????…

 8. !$#@(kuryge ishu)

  March 13, 2019 at 11:05 pm

  Nice…
  Minnu aan aa gulhuva
  Dhen hyvany ekam mknnu gulheyny ziyal aa hen ekam ehen nuhadhaathi.. ifoo my besty…. pls dear love you.. dhen ashoo ves gulhuvaa naail aa

  Mihen bunyma ifoo rulhi naanaathi.. nust kidding..
  Hhehe story hama hahbu

  One mistake ifoo aasimaa naasihaa ashaai naahidhaa ah vv aasimaa gina dhen mistake ves jeheyne dhw bunan ven next.. vaiting vaitinv…..?????????????????????????????????❤?????????????????????????????❤????????????????????????????????????????????????????????????????

  • ifoo

   March 14, 2019 at 11:03 am

   I’m so happy to see ur comment ishu ❤️❤️❤️???… V v v ufaavehje ???… Thankyou soooooo much ❤️❤️❤️?????????… Yeah… Mistakes vx bunan vaane ???… Eyrun nehnu ifoo ah dhen faharakunvx ragalhu kuran ingeynee ???… Ifoo vx gaboolu kuran v baivaru mistakes huri kamah mi part ga… Will try my best not to repeat that ???… Much more loves from me n next part In Sha Allah Saturday night ga ❤️❤️❤️?????????…

 9. yaaanaa

  March 13, 2019 at 11:11 pm

  yeyyyy… varah ufaavejje minnu ah dhera gotheh nuhedhyma..??????? v v v reethi mi part vss..❤❤? bunaane ehcheh vss neyge.. hama ehaaavss furihama..???????? minnu ah kaaku tha e msg kuranee anehkaa.. aloof anehkaa e msg kuranee.. mi aloof aa hedhi v foohi veyy.. minnu ah dhera dheefa anehkaa vss minnu fahathunn ulheythee.. dhnn inn part vss avahah up kohdheythi.. lov3 u..?❤????????❤????????????❤??????

  • ifoo

   March 14, 2019 at 11:06 am

   Yaaanaa ❤️❤️❤️… Thankyou soooooo much for the support n love ❤️❤️❤️?????????… V v v ufaavehje regular koh yaaanaa ge comment fennaathy ???… Let’s see who is texting ???… Next part In Sha Allah Saturday night ga ???… Much more loves from me ❤️❤️❤️?????????…

 10. A..na

  March 13, 2019 at 11:28 pm

  Vvvvvvvvvvvvvv ves nice mi part….. heekuri gothaa dhimaa idhikolhu…… ifooo konthaaku alhe mihaa salhi ideas thi nereny ……. proud of u dear…. keep going… gud luck for nxt prts….. minnu liben vaany aan ah ingey ehen meehakah libihjjaa i will be really sad…… ????minnu and aaan is a perfect couple…..?????? pls want see them together. … ifoo u r the best….. lots of love from me….?????????????????????????????????

  • ifoo

   March 14, 2019 at 11:09 am

   A..na ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… I’m glad that u like it ???… Hehhe… Ideas dhw… Aee dhn hama plan kuraairu mind ah anna ideas ???… Let’s see what happens ???… Much much more loves from me ❤️❤️❤️?????????…

 11. Vaseema

  March 13, 2019 at 11:29 pm

  Vaahakavess varah reethi ma Sha Allah. Ekamaku mivaahakaige hurihaa kudhunge manmayahvess kiyanee Hama aasimaatha

  • ifoo

   March 14, 2019 at 11:11 am

   Vaseema ❤️❤️❤️… Thankyou soooooo much ?????????❤️❤️❤️… Aee mistakes ingey… Ifoo ah v baivaru mistakes hedhiyas ehury mi part ga ???… Ifoo ge comment ga innaanee parents ge name bunedhyfa… Sorry… Will try not to repeat it ???…

 12. Mal

  March 13, 2019 at 11:34 pm

  Minhaa ge bappa aai Iaan ge bappa ah kiyany eh namehtha? Vaanuvaaa

  • ifoo

   March 14, 2019 at 11:13 am

   Aee mistakes ingey… Ifoo ah v baivaru mistakes hedhifa ehury mi part ga ???… Ifoo ge comment ga innaanee parents ge name bunedhyfa… Sorry… Will try not to repeat it ???…

 13. Choppi

  March 13, 2019 at 11:38 pm

  Ifoo y y y y y aan n minhaa dhurukuruvan thi ulheny. It’s not fair. Plz don’t make ziyal as third wheel. Huh dhen y always aan ah thihen thi hadhany. Im so sad. But mi part ves so beautiful. Mashallah…

  • ifoo

   March 14, 2019 at 11:14 am

   Choppi ❤️❤️❤️… Don’t be sad… Everything will be fine adhi ???… Keep waiting for it ???… Thankyou soooooo much ❤️❤️❤️?????????…

 14. unique

  March 13, 2019 at 11:43 pm

  just love the story
  hama knme faharaku ifoo makes me speechless
  kfoo is just so awesome
  maasha allah
  may allah bless you
  have a bright future dear
  you are just an amazing author
  would love to read more stories from our side dear
  in sha allah
  you’ll become a successful person in future

  • Anonymous

   March 14, 2019 at 12:51 am

   ifoo**
   your**

  • ifoo

   March 14, 2019 at 11:16 am

   Awwwwnn ❤️❤️❤️???… Thankyou sooooooooo much unique ❤️❤️❤️?????????… Ur so sweet dear ❤️❤️❤️???… V v v ufaavehje unique ge comment kiyaalaafa ???… Once again thankyou soooooo much dear n much much more loves from me ❤️❤️❤️?????????…

 15. Scarlet

  March 14, 2019 at 12:10 am

  Wowwww so woooowww hama ❤️❤️❤️❤️ I am speechless dear?? heevx nukuraaa gothakah mi vee anyways I am so happy minnu ah kameh nuveema ? hmmm new boy came dho emme fahun minnu kairiah ekm minnu dheynee aaan ah ngeh . Next part ah hama inthixaaruga ????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ This piece of writing is so nice masha allah your are so blessed ifoo ❤️❤️❤️❤️???????❤️??❤️?

  • ifoo

   March 14, 2019 at 11:19 am

   Awwwwnn ❤️❤️❤️???… Thankyou sooooooooo much scarlet ❤️❤️❤️?????????.. V v v ufaavehje ???… V v v ufaavey regular koh scarlet ge supportive comments libeythy ???… Yeah… New boy came… Let’s see what happens ???… Much more loves from me ❤️❤️❤️?????????… Next part In Sha Allah Saturday night ga ???…

 16. ޟނޕިެޖޖއސޖޖސޖސސޖނނހ

  March 14, 2019 at 1:18 am

  Not so interests ?

  • ifoo

   March 14, 2019 at 11:20 am

   Hhehe… Will try to make it more interesting ???… Thankyou ??????…

 17. Anonymous

  March 14, 2019 at 1:20 am

  Ha

 18. Anonymous

  March 14, 2019 at 1:21 am

  Wow???

  • ifoo

   March 14, 2019 at 11:21 am

   Anonymous ❤️❤️❤️.. Thankyou soooooo much ❤️❤️❤️?????????…

 19. @Ikleel

  March 14, 2019 at 1:45 am

  Yes…!!!❤❤????…Its finally here…❤❤????…Wow just wow..!!! ❤❤????…Speechless..!!! ❤❤????…Just amazed..❤❤????…This part also awesome…❤❤????…Wow…!!! ❤❤????..Thank you ifoo minnu save koh dhinyma…❤❤????…Surprised for that…❤❤????. .Ifoo dhen alhe kon irakun tha aan aa minnu gulhuvaany…❤❤????…Make it happened soon..❤❤????…Minnu aan aai gulhunyma story vrh reethi vaane…❤❤????…Nail and ashra vex rangalhu gulhen ..❤❤???? ..Komme akas aan noon meehakah minnu libigen nuvaane ingey…❤❤????…Ziyal aa minnu nugulhuvachey…??????..Eyrun aan sad vaane nun dhw… ❤❤???? ..I really like to see them together…❤❤????…Hey ifoo its okay dear,we understand that you also have lot of things to do…❤❤????…Komme faharaku hurihaa kameh beynun gothah vex nuvedhaane…❤❤????…Bixy koh ulhemun vex story ehaa furihama ah genesdhey thy aslu vex vrh vrh vrh ufaa vey…❤❤????…Adhi kobaa ehaa bixy koh ulhemun vex story regular koh up koh dheythy vex vrh vrh ufaa vey…❤❤????…Ehen v ma me buny ifoo thy hama emme best ey…❤❤????..Mi site ga in emme salhi story aky mi ey bunany ehnve ..❤❤????…Mifaharu ehaa kureh vex nooney..????…Abadhu vex ifoo ah support kurumugai migothugai dhemi hunan beynun…❤❤????…Adhi hunnaanan vex me…❤❤????…Hama bunaany saabahey ey thi kuraa hiy varaai bura masakkathah…❤❤????….Hehe…❤❤????…Its okay dear…!!!❤❤???..Baeh faharu vaane ekahala molhethi tachnique vex use kuran..❤❤????…Eyrun kuriah dhaan kuraa massakathah ithuru support vex libeyne…❤❤????..Keep it up dear ifoo..❤❤????..You are so telented…❤❤????…Hope thi gothugai dhemi hunnaane kamah…❤❤????..God bless you❤❤????…When next part…❤❤????Waiting for the next part…❤❤????..Thanks ifoo..❤❤????
  THE BEST STORY
  THE BEST WRITTER
  ❤❤❤❤????

  • ifoo

   March 14, 2019 at 11:24 am

   Wowwww ???… Thankyou sooooooooo much @Ikleel for the colourful, long, supportive Comment ❤️❤️❤️?????????.. It means a lot for me ???… V v v v ufaavehje ???.. Let’s see what happens ???… Keep waiting ???.. Once again thankyou soooooo much n much loves ❤️❤️❤️?????????…

 20. maai

  March 14, 2019 at 6:04 am

  wow…wow..wow…..haadha reachey mi bai ves..masha allah..????????
  you are the best writer in the universe…???????
  vv bodah thanks mi varu ge reethi vaahaka eh genesdhinythy….??????????
  sifa kurunthah ves vvv obi ❤❤❤❤❤❤❤❤❤❤❤❤❤
  vv bodah sorry in hey last part ah lahun comment kurevunythy…e part ah I too reply ves nudhey ????
  i hope this part ah reply dheynekamah….once again you are my second favorite author…love u sis❤❤❤❤
  your big fan maai

  • ifoo

   March 14, 2019 at 11:30 am

   Maai ❤️❤️❤️… Thankyou sooooooooo much for the support n love ❤️❤️❤️?????????… V v v ufaavehje ???… Last part ge comment thakah reply kohlaafa innaanee mihaaru ???… Once again thankyou soooooo much n much more loves from me ❤️❤️❤️?????????…

 21. Naai

  March 14, 2019 at 6:28 am

  Hii ifoo? how are u dearr?? Mi part vx vrh reethi❤❤ ekam next parrt miyahwurehn dhigukohlahcheyy??? whn next part? Waiting for next part??? loce u so much ifoo ??❤❤❤??

  • ifoo

   March 14, 2019 at 12:01 pm

   Hiii Naai ❤️❤️❤️… Alhamdhulillah ifoo hama v ragalhu ???… Hope ur fine too ???… Thankyou sooooooooo much Naai ❤️❤️❤️?????????… V v v ufaavehje ???… In Sha Allah next part miahvure dhigukoh genesdheynan n In Sha Allah Saturday night up kohdheynan ???… Much more loves from me dear ❤️❤️❤️?????????…

 22. Cute Lips

  March 14, 2019 at 7:59 am

  miadhu kaaku.. rangalhu vaahakaeh bunan tha magey.. ziyal and aloof stay away from minnu.. minnu is all aan …. so i am warning you both stay away from minnu.. understood..

  • ifoo

   March 14, 2019 at 12:03 pm

   Cute Lips ❤️❤️❤️… Heheh ???…

 23. Aan

  March 14, 2019 at 9:03 am

  Magey minnu aa nubehechey… ❤❤❤

  • ifoo

   March 14, 2019 at 12:04 pm

   Ohh aan is back❤️❤️❤️ ???… Hhehe… ???… Kaakahbaa dhw minnu libeynee ???…

  • Cute Lips

   March 14, 2019 at 4:51 pm

   eyy ifoo.. kaakah thw balaany eh noon.. ingey.. everyone agrees minnu is all aan’s love.. so this is a dare to u ifoo … minnu ai aan gulhuvaa

  • ifoo

   March 18, 2019 at 9:10 am

   Heheh… Cute Lips ???… Let’s see what happens ???…

 24. jiji

  March 14, 2019 at 9:10 am

  Alhe Cute Lips bunaahn Ziyal mii adhi kaaku thr dhw???..ifooo plx aan noon meehakaa minnu nugulhuvahchey..masha allah..vrh vrh inge mi prt vx???❤??????…u r talented…??It’s ok mi prt kuruviyas..I can understand ur situation dear????..don’t be sad????…ehnveema typing mistakes rangalhu kohlahchey ifoo..mi site ga in enme inthizaaru kurevey stry mii?????❤?..

  • ifoo

   March 14, 2019 at 12:06 pm

   Jiji ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Yeah… Next time I will be more careful ???… Once again thankyou soooooo much n much more loves from me ❤️❤️❤️?????????…

 25. ifoo

  March 14, 2019 at 9:15 am

  Dear readers I’m so sorry mi part ga ehaa mistakes gina v ma ??????… Aslu vx ifoo v dheravehje mi part ga ehaa mistakes huryma ???… Thankyou soooooo much readers ekan faahaga kohla dhinyma ???… Mi dhuvas kolhu maa bxy koh ulhen jeheythy liyefa check kuran time nuvany ???… Bunaa dhuvahah up kuran vegen liyelaafa check nukoh vx mi up kohlany ???… I’m so sorry readers ??????… In Sha Allah I will be more careful next time ???… Veeevarakun mistakes madhu kureveythr try kuraanan ???… Thanks faahaga kohla dhinyma readers ah ???… N parents dhw… Name thah olhifa ehury ifoo ah… Sorry ???… Ragalhu gothakee… MINHAA’S parents : Ashraf and Naahidhaa…. IAAN’S parents: Areef and Aasimaa… NAAIL’S parents: Rasheedh and Naahidhaa… Hope all of you got cleared ???… Once again I’m really sorry dear readers???… In Sha Allah dhen eheneh nuvaane ???…

  • Ishu

   March 14, 2019 at 10:05 am

   Mistake…. rasheed and naasiha

  • ifoo

   March 14, 2019 at 12:07 pm

   Yupp… Ur right ???.. NAAIL’S parents: Rasheedh and Naasihaa

 26. Roo

  March 14, 2019 at 10:59 am

  Ifoo. Ziyal aai minnu nugulhuvahchey please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please. Thigothah mi story kuriah gendhanya mi vaahaka vs huthuru. Minnu aai gulheynee iaan.
  Kurin enme boda like vee ifoo liyaa story dheke. But…………
  Migothah vaahaka liyanyaa nervous vany. Hamajehigenneh vaahaka eh. Nukiyey….
  Aslu meege kurin dhuvahaku vx ifoo liyaa vaahaka ah comment eh koffa eh neennaane. Eii ifoo ge vaahaka thah kamudhaathee. Ekamaku vrh hinhama nujehigen comment mikury.
  Dhen ifoo ge vaahaka akah kiyaanee dhen liyaa vaahakaeh. Mi vaahaka mi hisaabun nimunee…..
  والسلام

  • ifoo

   March 14, 2019 at 12:16 pm

   Ohhh ???… So many please ???… Hhehe… Let’s see what happens… Ifoo mi story kuriah mi gendhany hama ifoo kurin vx mind ga plan kuri gothah… Ifoo gaboolu kuraa gothuga story eh nama knmes varehge suspense eh vx innanvaane… Haalathu hama knme gothakah vx badhalu vedhaane… Minnu knme myhakah vx libidhaane… Ekakahvx nulibi dhaane… So anything is possible… Anything might happen… aharumen ge life gavx abadhu hurihaa kameh smooth kosheh nudhey dhw… Like that story gavx abadhu smooth kosheh nudhaane… Kanthahthah solve vaan time nagaane… E vedhaane hama 2 to 3 days invx… Or it might take weeks, months, or years… It’s up to you… It’s your decision whether you will read it or not ???… Thankyou for the compliment ??????…

 27. Noor

  March 14, 2019 at 11:51 am

  Parents ge nanthah olhifahuttas vaahaka varah reethi ekamdhen alah dhimaavi zial aa minnu nugulhuvaathi

  • ifoo

   March 14, 2019 at 12:18 pm

   Noor ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… It means a lot for me ???.. Let’s see what happens ???…

 28. Anonymous Nua

  March 14, 2019 at 12:04 pm

  Mi part vs vvvvv reethi masha allah??. Alhey minnu nd aan aa gulhu vahche plx. Thank you.. Love you soooooo much???❤????????????❣

  • ifoo

   March 14, 2019 at 12:24 pm

   Anonymous Nua ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Much more loves ???❤️❤️❤️??????…

 29. Zuam

  March 14, 2019 at 12:14 pm

  Ifoooo….. Varah varah reethi mi part vas…. Can’t wait to see the next part…❤️❤️❤️❤️❤️

  • ifoo

   March 14, 2019 at 12:25 pm

   Zuam ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… It means a lot for me ???… V v v ufaavehje ???… Much loves ❤️❤️❤️?????????…

 30. livy

  March 14, 2019 at 7:12 pm

  can anyone tell kihinehkan story publish or submit kurany…xee miulheny submit kuraane gotheh neyngigen…and ifoo darling masha allah u r so talented…i am speechless..aslaves vaahaka eh vejjeyya suspence eh innan vaane..ehn noony vaahaka vaahaka akah nuvaanenhnu dhw……..

  • Ishu

   March 14, 2019 at 7:51 pm

   First write story then insane submit.. or draft…or trash.. you can do and dhivehi hama jeheyny publish kurumawq fonuvaa ah fihthaalan

  • jiji

   March 14, 2019 at 8:04 pm

   Ohhh..I can help yuh?..furathama u login vyma fennaane Dashboard..dhn u hadhaane gothaky New stry ah click kohlaany..dhn ethanah click kohlyma innaane link eh fennan.. blue kulaiga…ethanah obbaalyma fennaane stryx thah..dhn thedhah innaane 3 line..e ah click kohlyma araane Username and password jahan..dhn u password nd username jehyma stry liyaa than fennaane..dhn stry liyefa thiryga green kulaige thankolheh innaane..submit kuraa than..dhn eyrun admin team in check kohfa up kuraanu dhw..heheh.. heekuran livy ah ingijje kamah jiji miulheny buni ehcheh..Dear ge stry akah inthizaaru kuramun vakivelan????????????..

  • ifoo

   March 15, 2019 at 9:16 pm

   Livy ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???…

 31. livy

  March 14, 2019 at 7:14 pm

  not xee ingey livy…olhifa eyny,,,sorry..

 32. livy

  March 14, 2019 at 7:54 pm

  no actually pending araafa innany…dhn kihineh hadhan jeheyny?plx ishu buneladhyba…

 33. livy

  March 14, 2019 at 7:58 pm

  and alhugandu mi liyany lap in.submiy,draft or trash araafa innany knthanakah tha aslu?

  • jiji

   March 15, 2019 at 2:31 pm

   Dashboard ah dhiyaeema 3 line innaane left side ge mahchah..dhn ethanah click kohlyma fennaane trash,draft aa pending ga stry eh huriyya e stry ehvx..ok !!!?..

 34. Naju

  March 14, 2019 at 9:09 pm

  Ifoo mi partvx v v v rythi ?????????… Masha ur sooo talented ?????????… plxxxx Dear minnu n aan gulhuvachey ?????????… Ya dear v gina mistakes ebahuri dhw bt It’s ok ingey ehnvx vaane dhw baehfaharu ehaa bxy koh ulhemunvx story up kohladhey vihya eba… I really appreciate your hard work dear ?????????… curiously waiting for the next ?????????… Much n more loves from naju ❤❤❤❤❤❤??????????????????????????????

  • ifoo

   March 15, 2019 at 9:17 pm

   Naju❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Mistakes that veeevarakun madhu kureveythr kuraanan ???… Much more loves ❤️❤️❤️?????????…

 35. Livy

  March 14, 2019 at 10:33 pm

  Hii ifoo dear ??? anekka ves dhuvaskolheh fahun dho comment mi kollevuny ☺☺☺ Story is amazing dear.. Masha allah ❤❤❤❤ and ei aloof ah fenun huvafenekey dho ??? ifoo kuraa kanthah dhen.. And omygoddd who is this ziyal now ??? aan and minnu ge dheythere ah ithuru entry eh aee dho anekka ? i seriously want aan and minnu ekkoh ulhen… But lets see what happens ?? and mi part thankolheh kuru dho.. Dhen in part dhigu koh genesleveytho balahchey dear ?????? emme kiyaalaa hiy vaa story mee now.. !! ?? varah varah reethi hama.. And livy ah emme kamudhaa character aky hama aan ❤❤❤❤ so perfect.. Even I want Aan ? Aan minnu ah nudhy livy ah dhinas ves okay ??❤ Hehe ??? btw meega ebain livy jahaafa ehen comment eh.. Thats not me ingey.. Hama olhidhaane thy bunely ☺☺☺ Lots of love dear ??????❤❤❤??????????????

  • ifoo

   March 15, 2019 at 9:29 pm

   Hii livy❤️❤️❤️… Thankyou soooooo much dear for the support n love ❤️❤️❤️?????????… Yeah… Livy ge comment ifoo ah ingeyne ifoo ah balaalaafa vx… Livy ge comment abadhuvx v v colourful vaane plus ehaa supportive ???❤️❤️❤️… So I can easily recognise ???… Yeah… Aeee aloof ah fenunu huvafeneh… Hehhe… Baeh faharu vaane ehnu dhw readers nervous kohlan vx… Hhehe… And yeah new entry eh… Ziyal… Let’s see what happens ???… In Sha Allah next part miahvure dhigukoh genesdheynan ???… Aaan dhw ???… Let’s see kaakahthr libeny… Hama livy ahvx noony minnu ahvx or else ifoo ah vx libidhaane ??????… Hhehe… Once again thankyou soooooo much dear n much much more loves from me ❤️❤️❤️?????????…

  • Livy

   March 16, 2019 at 1:40 am

   Hehehe ??? ifoo ah libunas minnu ah libunas livy ah libunas hama evvarakah ufaa vaane ?????????❤❤❤ Anytime my dear sweet ifoo ?????????

  • ifoo

   March 18, 2019 at 9:09 am

   Hehhe ???.. Dhw ???… Let’s see what happens ???… Much loves ❤️❤️❤️?????????…

 36. juma

  March 15, 2019 at 7:22 am

  sorry ingey lahunn comment kohlevunyma
  anyways story varah nice
  ifooo plx plx plx plx plxxxxxxxxx minnu aa aan aa gulhuvaba

  • ifoo

   March 15, 2019 at 9:46 pm

   Juma ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje lahun namavx comment eh kohlyma ???… Let’s see what happens ???.. Much more loves from me ❤️❤️❤️?????????…

 37. Rai❤

  March 15, 2019 at 9:48 am

  Wow your nice ifko
  And love your story
  And love u too ifko???????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤and miss u a lot and hope u will be the best story writter in the ESFIYA
  And its so interesting and beautiful story ifko
  How many years old your?

  • ifoo

   March 18, 2019 at 8:40 am

   Rai ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… I’m 18 years old ???… Hope to see ur comment more ???… Much more loves from me ❤️❤️❤️?????????…

 38. Joolia❤️

  March 15, 2019 at 10:44 am

  Ifoo ge mi story akee vrh reethi story eh…alhugandah miulheni vhk kiyaalaafa adhi comment eh konnulevigen…kudakoh bxy veema…ekm vx mi vhk alhugandu kiyan free vaa gadithakuga…and this is an amazing story…vrh vrh vrh furihama mi vhk…Masha allah❤️….and ifoo ah bunilan other ifoo thee vrh talented kuhjekey?…thi skill beynun koggen ifu ah vrh kuriah dheveyne ey❤️❤️….and love u ifoo❤️??…best writer ever ❤️❤️??

  • ifoo

   March 18, 2019 at 8:42 am

   Awwwwnn ❤️❤️❤️???… Thankyou soooooo much joolia ❤️❤️❤️… V v v ufaavehje ???… It means a lot for me ???… Hope to see ur comment more often ???… Much more loves from me ❤️❤️❤️?????????…

 39. Muslim

  March 15, 2019 at 2:39 pm

  V reethi mi part vs….. When’s next part? ❤️

  • ifoo

   March 18, 2019 at 8:45 am

   Thankyou soooooo much ❤️❤️❤️?????????… Last night ga next part up kohlaifinn ???…

 40. Alya

  March 15, 2019 at 4:30 pm

  Masha allah❤? ifoo ? story varah furihama . Ziyal new twist eh story ah gennaane kamah mibalany?..
  Aloof , aan or Ziyal? Definitely not aloof.. aan noony Ziyal ah minnu libeyny.. ❤
  Ifoo story thi gendhNy hama emme best koh ehen myhakah mi story ifoo ha reethi kosheh nugenesdheveyne❤
  One more thing i would like to say to the readers of this story.. story kamudhanya ves nudhanya ves ae knme kuhjehge ves amihla kameh.. baeh kudhinnah varah kamu gosfaane ane bai kudhinnah eha reethi nuvaane.. new entry ziyal aumun baeh kudhin comments kohfa eba huri story nukiyaanamey .. aam noon ehen myhakah minnu libihjeta varah hadi vaaneye etc… aslu author beynun gothakah story gennaany.. emmenah kamudha gothakah hurihaa kameh nuvaane❤ so guys minnu knme myhakah libunas ifoo ah dhey support huttaanulaa❤
  Spread positivity and love❤❤

  • ifoo

   March 18, 2019 at 8:53 am

   Awwwwnn ❤️❤️❤️???… Thankyou sooooooooo much Alya ❤️❤️❤️?????????… V v v bodah ufaavehje ❤️❤️❤️???… Thankyou sooooooooo much for understanding ???❤️❤️❤️??????… Ur absolutely right ???… Let’s see what happens
   ???… Much more loves from me ❤️❤️❤️?????????…

 41. Ina

  March 15, 2019 at 8:55 pm

  Nicestory

  • ifoo

   March 18, 2019 at 8:54 am

   Ina ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…

 42. ???

  March 16, 2019 at 2:00 am

  What u stupid guy its not interesting you are not great to write any story I hate u???????????

  • ifoo

   March 18, 2019 at 8:57 am

   Hahahha ??????… I don’t care whether you hate me or not ??????… If u don’t like just don’t read it ???… No here force you to read it ??????… My readers are with me n I’m sure that they will read my stories ??????…

 43. ifoo

  March 16, 2019 at 5:39 pm

  Salaam dear readers… I’m so sorry mirey new part eh genesdheven neh vaahaka bunelan… I’m not feeling well bt I tried to write… V kurukoh liyevuny… So In Sha Allah next part maadhama rey up kohdheynan… V v v bodah sorry hurihaa readers ge kibain ???…

 44. Naum

  March 16, 2019 at 6:02 pm

  Its okay..we will wait for next part..❤❤❤.. Shafakaallah..???

  • ifoo

   March 18, 2019 at 8:58 am

   Naum ❤️❤️❤️… Thankyou soooooo much for understanding ❤️❤️❤️?????????…

 45. Rai❤

  March 16, 2019 at 8:00 pm

  Get well soon ifoo I am so sad but it’s okay and many love from rai

  • ifoo

   March 18, 2019 at 8:58 am

   Rai ❤️❤️❤️… Thankyou soooooo much for understanding ❤️❤️❤️?????????… Much more loves ❤️❤️❤️?????????…

 46. A..na

  March 16, 2019 at 9:06 pm

  Its ok ifooo….. ❤❤❤waiting for nxt part????shafakallah. ..?gws ifoo??????

  • ifoo

   March 18, 2019 at 8:59 am

   A..na ❤️❤️❤️… Thankyou soooooo much for understanding ❤️❤️❤️?????????… Much more loves ❤️❤️❤️?????????…

 47. AMAAN

  March 17, 2019 at 8:30 pm

  ifoo kon irakun next part kiyaalan libeyny i am waiting this is my fav story plx avahah up kohladhyba

  • ifoo

   March 18, 2019 at 9:00 am

   AMAAN ❤️❤️❤️???… Thankyou soooooo much ??????❤️❤️❤️???… Next part last night up kohlaifinn ???…

 48. Anii

  March 17, 2019 at 8:32 pm

  waiting for the next part… mirey up vane tha? I will comment about the story enme fahu bai nimunyma..will it b ok? mirey up kohdhechey?plx….

  • ifoo

   March 18, 2019 at 9:01 am

   Anii ❤️❤️❤️???… Thankyou soooooo much ??????❤️❤️❤️???… Next part last night up kohlaifinn ???… Ok… It’s up to you dear but ifoo v ufaavaane regular koh mihaaru vx comment kohlaanama ???❤️❤️❤️… Much more loves ❤️❤️❤️?????????…

 49. Anonymous Nua

  March 17, 2019 at 10:14 pm

  Ifoo hw are you nw dear? Alhe mirey nxt part up kureveyne thr, can’t wait to see wat happens.❤❤❤??????????❣????????.

  • ifoo

   March 18, 2019 at 9:06 am

   Anonymous Nua ❤️❤️❤️???… Alhamdhulillah now ifoo ragalhu ???… Last night next part up kohlaifinn ???… Much more loves from me dear ❤️❤️❤️?????????…

Comments are closed.