28 ވަނަބައިގެ ތެރެއިން…. “އަހަރެން ހަނދާން ހުންނަން ފެށިއިރުން ފެށިގެންވެސް ކުލްޝޫމާއި ރިޔާޒަކީ އަހަރެންނާއި ހާރޫންގެ އެކުވެރިން. ފައިޒަން ކުޑައިރު އަހަރެން އަތުން ލަވައިގެން ފައިޒަންއަށް ކާންދީ ފެންވަރުވާ ހެދިން…. މިއަދު ތަނަކުން އައި ނުދަންނަ އަންހެނަކަށްޓަކައި އަހަރެން ގަޔަށް ބޮލަށް އަރާވަރުވެސް ވީތަ؟ ޗި…. ފައިޒަން އަހަރެން ހީކުރިގޮތެއް ނޫން…. ހީކުރީތަ ފައިޒަން ކިޔާނެހާ އެއްޗެއް ކިޔަންދެން ހަދާނެހާ ގޮތެއް ހަދަންދެން އަހަރެން ހުންނާނެކަމަށްތަ…؟؟؟ މާއިރާ ދިމާކުރީ ފައިޒަންގެ މޫނުމަތީގައި ޖަހާށެވެ. ނަމަވެސް އޭގެކުރިން ހުޝިޔާރުވެގެން […]
28 ވަނަބައިގެ ތެރެއިން…. ކުލްޝޫމް އެދުނުގޮތަށް ޔަޒްދާންގެ މަރާއިބެހޭ ހުރިހާ ވާހަކައެއް އޭނާ ކުލްޝޫމަށް ކިޔާދިނެވެ. ކުލްޝޫމް ބާރު ހިނގުމުގައި ސިޑިން ފައިބައިގެން ބަދިގެއަށް ވަންނަން ދިޔައިރު ބޭރު ބަގީޗާ ކައިރީގައި ބަހައްޓާފައި ހުންނަ ޖޯލީގައި މާއިރާ ހެވިފައި ފޯނަށް ބަލަހައްޓައިގެން އިންދާ ފެނުނެވެ. އޭނާ ދިޔައީ މާއިރާއާއި ދިމާލަށެވެ. ފަހަތުން ޔަނާލް ދުވަމުން އައީ ކުލްޝޫމް ހުއްޓުވާށެވެ. ކާމިޔާބީގެ އެހާ ކައިރިއަށް އާދެވިފައި ވަނިކޮށް ހެދޭ އެންމެ ކުށެއްގެ ސަބަބުން ހުރިހާ ރޭވުމެއް ފެނަށްދާކަށް އޭނާ […]
އައި ރުޅީގައި ހިތަށް އައިހާ އެއްޗެއް ކިޔާލުމަށްފަހު އަޝްރާ ކެބިންއިން ނުކުތުމަށް ހިނގައިގަތެވެ. އެހެނަސް އެވަގުތު ނާއިލް އަވަސް ހަރަކާތަކާއެކު އަޝްރާގެ އަތުގައި ހިފާ އޭނަގެ ދެއަތުގެ ތެރެއަށް ގެނެސް ހައްޔަރުކޮށްލިއެވެ. ނާއިލްގެ އެހަރަކާތުން އަޝްރާގެ ހިތް ބާރަށް ތެޅެންފެށިއެވެ. ނާއިލްގެ ފަރާތުން އެފަދަ އަމަލެއް ފެނިދާނެ ކަމަކަށް އަޝްރާ ހީވެސް ނުކުރެއެވެ. ރުޅިވެރިކަމުން ފުރިގެންވީ ނަޒަރަކުން އަޝްރާއަށް ބަލައިލަމުން ނާއިލް އޭނަގެ މޫނު އަޝްރާގެ މޫނާއި ޖެހޭ ނުޖެހޭ ވަރަށް ކައިރިކޮށްލިއެވެ. އެއާއެކު ހިތަށް ވެރިވި […]
27 ވަނަ ބައިގެ ތެރެއިން….. “ކުއްތާ މަރެއްވެސް ނުވިއެއްނު. މަގޭ ދަރިންކޮޅާއި މަ ބޭޒާރުކުރަން އަންނަނީ ވިއްޔާ. ލާހިކެއްނޫން މާލޭ ފަސްގަނޑުގަ ފައިޖައްސަން” މާއިރާ އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ. އޭނާ ނިންމީ ރާއްޖެ އައުމުގެ ކުރިން ހާރޫންގެ ދުވަސް ދުއްވާލާށެވެ. އޭނާގެ އޯޑަރަށް މީހަކު މަރާލުމަށް މަސައްކަތްކުރި މީހަކު މިހާރުވެސް ހުރީ އޭނާގެ ކޯލެއްގެ އިންތިޒާރުގައެވެ. *************************************** މާއިރާ ދިން ހަބަރެއްގެ ސަބަބުން އާކިންއާއި ޒާކިން ރޭގަނޑުގެ ކެއުން މަތިންވެސް ފޫހިވިއެވެ. ހާރޫން އެނބުރި އައުމަކީ އެމީހުން […]
26 ވަނަ ބައިގެ ތެރެއިން…. “ފެނުނުތަ؟ މިހާރުވެސް އެބަހުރި ކަންނޭނގެ…. އަޅެ ނޭނގޭކަމަށް ހަދާލާފައި ބަލާލަބަލަ” ޔަނާލް މޫދަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ފައިޒަން އެގޮތަށް އަމަލުކުރިއެވެ. އަދި ޔަނާލާއި ދާދި ގާތުގައި އިނދެ ފުރަގަހުން އަކިރިތަކުގެ މަތީގައި ދެއަތް ވިއްދާލަމުން ހަށިގަނޑު ފަހަތަށް ޖައްސާލިއެވެ. އޭނާ ވާހަކަދެއްކީ އެއަށް ފަހުގައެވެ. “މިހާރުނެތް. އެކަމަކު ހިއެއްނުވޭ ދާނެހެނެއް” ފައިޒަން ބުނެލިއެވެ. “ހެހެހެ… މަޖާކަމެއްދޯ….. އަހަރެމެންނަށް ވާނުވާ ބަލާނެ ބަޔަކު އެބަތިބިތާ ދޯ” ޔަނާލް ހީގަތުމުން އެމޫނަށް ފައިޒަން […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޖެހުމުން ވަބާ މިޔަރު އެންގަޑަށް ދަހިވާހެން ދަހިކޮށްލަނީ މެދުނުކެނޑި ހިޔަހާ ނަސޭޙަތް ދިނަސް ފުރަގަސްދީ ދުވެދަނީ ޖެހުމުން ވަބާހިކި ކަށިގަޑަކަށް މީހާ ބަދަލުވެސް ކޮށްލަނީ މެދުނުކެނޑި ފަރުވާ ކުރިޔަކަސް ދުވަހަކު ރާޙަތެއް ނުކުރަނީ ޖެހުމުން ވަބާ ދަރިގެއްލިފައިވާ މަކުނެއް ގޮތަށް އުޅެވެނީ މެދުނުކެނޑި ރޮމުން ގޮވާގޮވުންތަކަށް ބީރުކަންފަތް ދެވެނީ ޖެހުމުން ވަބާ ހިކިހުއިގަޑެއް ފަދައިން ތިބާ އަނދާހުލިވަނީ މެދުނުކެނޑި ކުރިހާ މަސައްކަތް ލަހެއް ފަހެއް ނެތި ބީވެދަނީ ޖެހުމުން ވަބާ މާޔޫސްވެ އޮޔާދާ […]
25 ވަނަބައިގެ ތެރެއިން… .”މަންމައަށް ކޯއްޗެއް އެނގިގެން ޔާނާއާއި މެދު ތިގޮތަށް ކަންތައް ތިކުރަނީ. މަންމަ ތިހީކުރާކަހަލަ ކުއްޖެއް ނޫނޭ ޔާނާއަކީ” ކުލްޝޫމްގެ އަމުރަށް ކިޔަމަންވެގެން އެއްޗެއް ނުބުނެ ހުންނަން ފައިޒަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ކަންތައްތައް ގޯހުން ގޯހަށް ދާން ފެށުމުން އޭނާއަށް ކެތެއްނުވިއެވެ. ކުލްޝޫމް ކުރިމަތިން ހުރަސްކޮށްފައި ގޮސް އޭނާ ހުއްޓުނީ ރޮމުން ދިޔަ ޔަނާލް ކުރިމަތީގައެވެ. “ޕްލީޒް…. ނޮޓް އަގެއިން…. އައިމް ސޮރީ….. އައި ހޭވް ޓު ޑޫ ދިސް. މަންމައަށް ހުރިހާ […]
ހޮސްޕިޓަލުގެ ދޮރުމައްޗަށް ޓެކްސީ ހުއްޓުމާއެކު ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ހޮސްޕިޓަލަށް ވަންނަން އުޅުނު މިންހާގެ ފިޔަވަޅުތައް ހުއްޓުނީ ފެނުނު މަންޒަރަކުންނެވެ. އެވަގުތު ސައިކަލުގައި އައިސް މަޑުކޮށްލި އަލޫފްގެ ނަޒަރުވެސް އޭނައަށް ބަލަހައްޓާއިގެން ހުރި މިންހާއަށް ހުއްޓުނެެވެ. ކަޅި ޖަހާނުލާ ދެމީހުނަށްވެސް އެކަކު އަނެކަކަށް ބަލަން ހުރެވުނެވެ. ސިކުންތުކޮޅަކަށްފަހު މިންހާގެ ނަޒަރު އަލޫފްގެ ސައިކަލު ފަހަތުގައި އިން ޝަމްހާއަށް ހުއްޓުނެވެ. ޝަމްހާ އިނީ އަލޫފް އާއި ޖެހި ފިތިގެންނެވެ. އޭނާާ އިނީ އަލޫފްގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ. އޭގެ ދެވަނަ […]
22 ވަނަބައިގެ ތެރެއިން…. ޔާޒްއަށް ނިދުނުކަން އެނގުމުން ޔަނާލް ތެދުވެ ރީތިކޮށް އެނދުގައި ޔާޒް ބޭއްވިއެވެ. އަދި ކޮޓަރިތެރެ ހަމައަކަށް އަޅުވާލުމަށްފަހު ކޮޓަރިން ނިކުތެވެ. އޭނާ މިސްރާބު ޖެހީ ކުލްޝޫމްގެ ކޮޓަރިއާއި ދިމާލަށެވެ. މިވަގުތު ކުލްޝޫމް އިންނާނީ ކޮޓަރީގައިކަން އޭނާއަށް އެނގޭއެވެ. ޔަނާލް ދެފަހަރަކު ދޮރުގައި ޖަހާލިއެވެ. އެތެރެއިން ހަބަރެއް ނުވިއެވެ. ތިންވަނަ ފަހަރަށް ޖަހާލުމަށްފަހު ކުޑައިރުކޮޅަކު މަޑުކޮށްލިއެވެ. ހަބަރެއް ނުވުމުން ޔަނާލް ދޮރު ހުޅުވާލިއެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއިން ފެންނަ ހަމައެކަނި އައްޔަކީ ލައްޕާފައިހުރި […]