ބުނެދޭށޭ ރުހެމޭ 4

- by - 44- March 14, 2019

ވާރޭ ހުއްޓާލިނަމަވެސް ފަޒާގައި ހިފާލައިފައިވަނީ ކަށިތައް ތޮރުފާލައިފަދަ ފިނިކަމަކެވެ. އެ ފިނިކަން އިތުރުކޮށްދެނީ އިރުއިރުކޮޅުން ޖެހިލާ ބާރު ވައިރޯޅިތަކުންނެވެ. ބާރު ވައިރޯޅިތަކާއިއެކު ގަސްތަށް ހޫރެމުންދިޔައިރު އެގޮފި އަނެއް ގޮތްޕާއި ކޯޅިގަންނަ އަޑު ނާމާންގޮތަކަށް ދޭތެރެއަކުން އިވިލައެވެ.

ޝަލީން ހޫނު ފެނުން ފެންވަރައިލައިގެން ނިކުމެ ރީތިވާންފެށިއެވެ. ރަތްކުލައިގެ ކަކުލާއި ހަމަޔަށް އަރާ ރަތްކުލައިގެ މިޑީގައި ޝަލީން ފޮޅިފައިވާ ފިނިފެންމަލެއްފަދައެވެ. އެ ރީތި ލޮލާއި އެސްފިޔަތަށް އަދުނާއި މަސްކަރާއިން ފަވާލިގޮތުން ލޮލުގެ ރީތިކަން ދެގުނަވިއެވެ. ވަށް މޫނުކޮޅުވަށައިގެން އޮޅިފައިވާ އިސްތަށިތައް ވާއިރު ސިހުރުވެރިކަމުން ހިތްތަކަށް ސިހުރުހަދާލާނެއެވެ. ކޮޑުގައި އަތް ދަބަސް އަޅުވައިލައިގެން އަނެއް އަތުގައި ކޯޓް އަޅުވާލައިގެން ޝަލީން ސިޑިން ފޭބީ ފަރުވާތެރިކަމާއި އެކުގައެވެ.

މިޑޯވިއުގެ ލިވިން ރޫމް މިވަގުތު ފެންނަނީ ހަލަބޮލިކޮށެވެ. ކޮޅުކޮޅަށް ހަަރަކާތްތެރިވަމުންދިޔަ ނޯކަރުންގެ ހަރަކާތްތަށް އަވަސްވެފައިވަނީ ރޭގަނޑުގެ ކެއުމުގެ ވަގުތު ގާތްވަމުން އަންނާތީއެވެ. މަޑުމަޑުން ޓީވީގެ އަޑު އިވެމުންދިޔައިރު އިޔާނާގެ އަޑު އެއްފަރާތަކުން އިވިލިއެވެ. “ޝަލީ….” އިޔާނާގެ އަޑު އިވުމާއިއެކު ޝަލީންގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. އިޔާނާގެ އަޑުއައި ދިމާލަށް ނަޒަރު ވަގުތުން ދަތުރުކުރިއެވެ.

“ކޮންމެ ރެއަކު ކެއުމުގައި ބައިވެރިނުވެ ދަރިފުޅު ތިދާ ތަނެއް މަންމަގާތު ބުނެބަލަ…” އިޔާނާގެ ސުވާލާއިއެކު ޝަލީން އިރުކޮޅަކަށް ހުއްޓުންއެރިއެވެ. މަންމައަށް ދޭނެ ޖަވާބަކާއިމެދު އިރުކޮޅަކަށް ވިސްނާލަން ޖެހުނެވެ. “މަންމަ އަޅުގަނޑު ބޭރުން ކާނަމޭ…” ޝަލީން ބެލީ ބަހަނާއެއް ދައްކާލައިފައި އަވަހަށް ފިލޭތޯއެވެ. ކެއުމުގެ ވާހަކަ ބުނެލީވެސް އިޔާނާގެ ފަރާތުން ސަލާމަތްވެވޭނެ އެންމެ ފަސޭހަ ގޮތަކީ އެއީކަމަށްވާތީއެވެ. އިޔާނާ އޭނާގެ ދަރިފުޅުގެ މޫނަށް ބަލާލީ ކަމެއް ދިރާސާކުރާފަދަ ނަޒަރަކުންނެވެ. ޝަލީން ކޮންމެ ރެއަކު އެއްވަގުތެއްގައި ބޭރަށް ދިޔުން އާދަކަށް މިހާރަކަށް އައިސް ހަދައިފިއެވެ. ރައްޓެހިންނާއި ބައްދަލުކުރުމުގެ ބަހަނާގައި ދާއިރު އިޔާނާގެ ހިތުގައި އެކަމާއިމެދު ޝައްކު އުފެދެން ފަށައިފިއެވެ. މީގެ ކުރިން ރައްޓިއްސަކާއިވެސް ބައްދަލުކުރަންނުދާ ކުއްޖާ ކުއްލިއަކަށް މާ ގިނައިން ބޭރަށް ދާން ފެށުން އިޔާނާ ވިސްނަންޖެހޭކަމަކަށްވެއްޖެއެވެ.

“ދަރިފުޅަށް މިހާރު މާގިނައިން ބޭރަށް ތިދެވެނީ… މަންމަ އެއްގޮތަކަށްވެސް ހިތްހަމައެއްނުޖެހޭ ޝަލީ މާގިނައިން ބޭރުގައި އުޅޭކަށް… ދަރިފުޅުގެ ރައްޓެހިކުދިން ގާތު ބުނެބަލަ މިގެއަށް އަންނާށޭ… ޝަލީއަށް ހުރަސްއަޅާނެ މީހަކު މިގެއަކު ނެތެއްނު…” އިޔާނާގެ ވާހަކަތަކުން ޝަލީން އިސްޖަހާލީ ދިފާއުގައި ބުނާނެ އެއްޗެއް ނުވިސްނުމުންނެވެ.

“އިޔާނާ… ޝަލީ ދާން ބޭނުންތާކަށް ދިޔަދީބަލަ… ޝަލީއަކީ މިހާރު ކުޑަކުއްޖެއް ނޫނެއްނު…” ސްޓަޑީގައި އިންނަވާފައި ނިކުންނަވަމުން އިޝާރު ޝަލީން ދިފާއުކޮށް ވާހަކަދެއްކިއެވެ. “އިޔާނާ މާ ކަންތައް ބޮޑުވަނީއޭ… މާ ލަސްނުވެ ގެއަށް އަންނަންވާނެ ދަރިފުޅު… ޕެންޓްހައުސްގައި މަޑުކުރާނަމަވެސް ބައްޕަމެން ގުޅާލައިފައި ބުނެލަން ވާނެ…” އިޝާރު ޝަލީންގެ ބޮލުގައި ފިރުމާލަމުން ވާހަކަދެއްކެވިއެވެ. އެއާއިއެކު ޝަލީން އޭނަގެ ބައްޕައަށް ބަލާލީ ޝުކުރުންފުރިގެންވާ ނަޒަރަކުންނެވެ. އިޝާރުގެ ގައިގައި ކުޑަކޮށް ބައްދާލުމަށްފަހު ޝަލީން ނިކުމެގެންދިޔުމުން އިޔާނާގެ ނަޒަރު އަމާޒުވީ އިޝާރުއަށެވެ. އިޝާރުއަކީ ހަރުކަށި ބައްޕައެއް ނަމަވެސް ޝަލީންގެ ކަންތަކުގައި ދޫދިނުމަކީ އިޔާނާއަށް އާކަމެއްނޫނެވެ. ނަމަވެސް އިޔާނާ ހާސްވަނީ އެ މިނިވަންކަމުގެ ސަބަބުން ޝަލީން ފަހުން ހިތާމަކުރަންޖެހިދާނެއަތީއެވެ. ޝަލީންގެ ހިތް ފިރިހެންކުއްޖަކަށް ލެބިގެން ހިނގައިދާނެއަތީއެވެ. ޝަލީންގެ ކައިވެނި ކުރިއްސުރެ އިޝާރު ހަމަޖައްސާވާފައިވާއިރު އިޝާރު ގޮތުގައި ހިފަހައްޓާނެކަން އިޔާނާއަށް ޔަގީންވެއެވެ.

******************

ނުވަވަނަ ބަޔަށް ލިފްޓު ހުއްޓުމުން ޝަލީން ނިކުތްއިރު ވަށައިގެން ނަޒަރު ދަތުރުކުރިއެވެ. ހޮޓެލްގެ އެހެން ބައިތަކަށްވުރެ އެ ބައި ފުރިހަމައިރު ފަރުމާކޮށްފައިވެސް ވަނީ ތަފާތުގޮތަކަށެވެ. ވަށައިގެން ކުދި ސިޑިތަކުން ފޭބެން އިންނަ ތަންކޮޅުގައި ސޯފާތަކެވެ. ސޯފާގެ ކުރިމަތީ ހާމަޔަށްވާ ބޮޑު ބެލްކަންޏެވެ. ދޮރުފޮތިތަކަށް ދާންދެން ކަހާލައިފައިވާގޮތުން ބޮޑު ބެލްކަނީގެ ރީތިކަން ހާމައަށެވެ. ބެލްކަނި ފާރާއި ދިމާލުން މައްޗަށް އަރަން އިން ސިޑިން ޝަލީން މައްޗަށް އެރިއެވެ. ދިގު ކޯރިޑޯގައި އިން ހަމައެކަނި ރޫމްގެ ބެލްއަށް ޝަލީން ދެތިން ފަހަރަކު ފިތާލިއެވެ. އެވަގުތު ދޮރުހުޅުވާފައި ނިކުތް ޒުވާނާ ޝަލީން ނުވެސް ވިސްނާ ހުއްޓާ ޝަލީންގެ ފަހަތުން އުނަގަނޑުގައި ހިފާ އެތެރެއަށް ދަމައިގަތެވެ.

މަޔާން ފެންވަރައިލައިގެން ނިކުތްއިރު ޝަލީން އޮތީ އެނދުމަތީ ބަންޑުން އޮށޯވެލައިގެންނެވެ. މަޔާންގެ ގަމީހެއްގައި އޮތްއިރު އެ ދޮން ފައި ހާމަޔަށްވީގޮތުން މަޔާންގެ ހިތަށް ގޮތެއްވިއެވެ. އިސްތަށިގަނޑު މައްޗަށް ކަހާލައިފައިވީއިރު އެދޮން ކަނދުރާގެ އޮމާންކަމާއިއެކު ވިދަމުންދިޔައީ ބިއްލޫރިކޮޅެއް ފަދައިންނެވެ. ކޮޓަރީގައިވާ ރީތި އަލީގައި ޝަލީން ފެންނަނީ ބާއްވާލެވިފައިވާ ބުދެއްހާ ޗާލުކޮށެވެ. އެރީތިމޫނަށް ވެރިކުރުވާފައިވާ ކުލަ އަޖައިބެއްހާ ނަލައެވެ.

މަޔާން ފެންވެސް ނުހިއްކާ ތުވާލި އަނދެލައިގެން ނިކުތްއިރު އެ ހަށިގަނޑުގެ ފުރިހަމަކަމާއި ރީތިކަމުން ޝަލީން އޮތީ އެހެން ދިމާލަކަށް ބަލާލާ ހިތްނުވެފައެވެ. ކުދި ކުދި ފެންތިކިތައް އެ ހަށިގަނޑުގައި ބޮސްދެމުގެ ޝަރަފު ލިބިގަންނަމުންދިޔައިރު ކަޅު އިސްތަށިގަނޑުތެރޭ ފެންތިކިތައް ވިދަމުންދިޔައީ މުތީތަކެއްފަދައިންނެވެ. މޫނުމަތީ ވިދަމުންދިޔަ ފެންތިކިތަކުން އެ ރީތި މޫނުގެ ރީތިކަން އިތުރަށް ފުރިހަމަކޮށްލަދީފައިވެއެވެ. ތެމިފައިވާ ފަން އިސްތަށިތައް ތަނަވަސް ނިއްކުރިއާއި ރީތި ލޯ ފޮރުވާލުމުގައި ކާމިޔާބު ހޯދައިފައިވެެއެވެ. ބައިމަތީ ފުޅާ ހަށިގަނޑާއި ދިގު އިސްކޮޅަކީ މަޔާން އެންމެ ރީތިކޮށްލާ އެއް ސިފައެވެ.

މަޔާންއާއި ދިމާލަށް ބަލަމުންދާވަރަކަށް ޝަލީންގެ ހިތް ފުރެމުންދިޔަހެން ހީވިއެވެ. ގިނައިން ފެންނަވަރަކަށް ރީތިކަމާއި ފުރިހަމަކަން އިތުރުވަމުންދާހެން ހީވެއެވެ. ޝަލީން އިރުކޮޅެއްވަންދެން މަޔާންއަށް ގެއްލިފައި އޮވެފައި އެނދުން ފުންމައިލައިގެން ގޮސް ކޮޓަރީގެ ބިއްލޫރި ބިތް ކައިރީ ހުއްޓިލިއެވެ. ދުރުދުރަށްދާންދެން އުސް އިމާރާތްތަށް ދިއްލާލެވިފައިވާއިރު އެމަންޒަރު ފެންނަލެއް ކިތަންމެހާވެސް ހިތްގައިމެވެ. ފިނިހިފައިފައިވާ ބިއްލޫރިގަނޑުގައި މޫނު ޖައްސާލައިގެން ދުރުން ފެންނަ ހިތްގައިމު މަންޒަރަށް ނަޒަރު ހުއްޓައިލައިގެން ހުއްޓާ މަޔާންގެ ދެއަތް އޭނާ ވަށާލެވިގެން ދިޔުުމުން ޝަލީން ސިހުނެވެ.

“ޔާން… ސީރިޔަސްކޮށް ބިރުގަންނަން ފަށައިފި މަންމަމެނަށް މިކަން އިނގިދާނެއަތީ… މަންމަވެސް އެވަރަށް އެބަ ސުވާލުކުރޭ… ޝަލީއަށް ވަރަށް އުނދަގޫ އަބަދު ދޮގުހަދަން…” ޝަލީން އެނބުރިލަމުން މަޔާންގެ މޫނު ފޮރުވާލިއެވެ. އެވަގުތު މަޔާންގެ ގައިން ދުވި މީރުވަހުން ޝަލީންގެ ހިތްފުރިގެންދިޔަފަަދައެވެ. “ދެން ޝަލީގެ ގްރޭޓް ޑޭޑް ކައިރީ ބުނެބަލަ އައިމް ޑޭޓިން ވިތް އަހުމަދު މަޔާން މިޙުރާންއޭ…” މަޔާން ސަމާސާގޮތަކަށް ބުނެލަމުން އެއްލޯ މަރާލިއެވެ. “ސީރިއަސްވެބަލަ ޔާން…” ޝަލީން މަޔާންގެ މޭމަތީ ދެއަތުން ތަަޅައިގަތެވެ. “ޑޭޑް އަށް އިނގޭ ދުވަހަކުން ވާނެގޮތް ހިތަށް އަރުވާކަށްވެސް ބޭނުމެއް ނޫން… ޔާންގެ ބައްޕަދެކެ ޑޭޑް އަންނަ ރުޅި ޑިސްކްރައިބް ކޮށްދޭނެ ވޯރޑްއެއް ނޭނގެ… ހިތަށްއަރާ ދެފެމިލީ މިހާ ކޮމްޕްލިކޭޓް ނުވިނަމައޭ…” ޝަލީންގެ މޫނުމަތިން ހާސްކަން ފެނިލިއެވެ.

ދެއާއިލާމެދުގައިވާ ނުތަނަވަސްކަމުގެ އަސަރު އެދެލޯބިވެރިންގެ ގުޅުމަށް ކޮށްފައިނެއަތީ ޝަލީން ކަންބޮޑުވަނީ ނުހަނު ބޮޑަށެވެ. އެއްވެސް ހާލެއްގައި މަޔާންއާއި ވަކިވުމަކީ ޝަލީންއަށް އެދެވޭނޭކަމެއްނޫނެވެ. ދެއާއިލާގެ ދުސްމިނުންކަން އިނގުހުރެވެސް ޝަލީންއަށް މިހާ ހިސާބަށް އާދެވުނީ މަޔާން ދެކެ ވެވުނު ލޯތްބެއްގެ ބޮޑުކަމުންނެވެ. ދެލޯބިވެރިންގެ ދެމެދަށް އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ހުރަސްތަށް އިނގިގެން މަޔާން ފުރަތަމަ ދުރަށްދާން އުޅުނުނަމަވެސް އެކަމާއި ދެކޮޅުހެދީ ޝަލީންއެވެ. އެއްވެސް ހާލެއްގައި މަޔާން ދުރަށް ދިޔުމަށް ހިތަށް ކެތްނުވީއެވެ.

“މާއަވަހަށް ޝަލީ ހާސްވަނީ… އަހަރެން އެއްވެސް ހާލެއްގައި ބޭބީ ދިޔަކަ ނުދޭނަން… އެހެންނޫނަސް ހުރިހާ އެންމެންގެ މައްޗަށް އަހަރެންގެ ހައްގު ޝަލީގެ މައްޗަށް ބޮޑުކަން ބޭބިއަށް އިނގެއެއްނު… އަހަރެންނާއި ޝަލީ ދުރުކުރެވޭނެ މީހަކު ނުވާނެ… ޔުއަރ މައިން… އޮންލީ މައިން…” މަޔާން ޝަލީންގެ ކޮނޑުގައި ހިފަހައްޓާލަމުން ހަތަރުކަޅި ހަމަކޮށްލިގޮތުން ޝަލީން އެލޮލުގެ ތެރެއަށް ގެނބިގެންދިޔައިރު ހުރިހާ ނުތަނަވަސްކަމެއް އެއްފަހަރާ ފިލައިގެންދިޔަފަދައެވެ. އެ ނަޒަރުން އެކަނިވެސް ޝަލީންގެ ހިތް ގަނޑުފެނުން ތެއްމާލިފަދައެވެ. ހުރިހާ ފިކުރުތަކާއި ދުރުވެ އެއަތު ތެރެއަށްވަދެވުނީ ރުހުމުގައެވެ.

“އަހަރެމެން ދެމީހުން ދުރުކުރެވޭނެ ބާރެއް މިދުނިޔެއަކު ނުވާނެ… ހުރިހާ ލޯސްއެއް ބްރޭކްކުރުމަށްފަހު ވެސް ޝަލީދެކެ ލޯބިވެވުނީ ފެއިތްގައި ދެމީހުން ގުޅެން ހުރީމަ… އައި ލަވް ޔޫ…” މަޔާން ޝަލީން އަތްދަނޑިމައްޗަށް އުފުލާލަމުން އެ ފާރމްއަޑުން އިއްވާލުމާއިއެކު ޝަލީންއަށް އެއަަތުތެރޭ އިތުރަށް ބޮޑިވެވުނެވެ. އެ މޫނަށް ނަޒަރު ހުއްޓާލައިގެން އޮވެވުނީ ހުވަފެނީގޮތަކަށެވެ. ކޮޓަރީގައިވާ ފަޑު އަލިކަމުގައި އޭނަގެ “ޔާން” ފެންނަލެއް ހާދަ ފުރިހަމައެވެ. ޖަވާހިރެއްފަދައިން ވިދަމުންދިޔަ ދެލޮލުން ބަލާލުމުން ޝަލީން އެއަތުގެ ތެރެއަށް ވިރިގެންދާން ބޭނުންވިއެވެ.

ދެހަށިގަނޑު އެކީ މަޑު ދާނުގައި ޖެހިގެންދިޔައިރު މަޔާންގެ އަތް ޝަލީން ވަށާލެވިގެންދިޔައެވެ. އެ ރީތިލޮލުން ކަޅިޖަހާލުމެއްނެތި ޝަލީންގެ މޫނަށް ބަލަމުންދިޔަގޮތުން ޝަލީންގެ މޫނަށް ހަށިގަނޑުވާހާ ލެއެއް ޖަމާވިފަދައެވެ. ލަދުން މޫނު ފޮރުވާލަން އުޅުމުން މަޔާން އިތުރަށް ގާތްވެ އެކަން މަނާކުރަމުން އެ މަޑުމަޑު ކޯތާފަތުގައި ދެއަތުން ހިފަހައްޓާލިއެވެ. މަޑުމަޑުން ކައިރިވެގެން އައި ނޭވާތަކާއިއެކު ޝަލީންގެ ލޯމެރިގެންދިޔައިރު މަޔާން ޝަލީންގެ ތުނި ތުންފަތަށް ބޮސްދޭންފެށީ ދީވާނާވެފައިވާފަދައިންނެވެ. އެ ފިނި ބީހިލުންތައް ދެޒުވާނުންގެ ހަށިގަނޑުގައި އަލިފާން ރޯކުރުވިއެވެ. ހިއްސުތައް ހޭލައްވާލިއެވެ. އެކަކު އަނެކަކުގެ އަތުތެރެއަށް ވަދެވި ހުރިހާ ދުރުކަމެއްނެތިގެންދިޔައެވެ. އޭރު ފަޑުއަލިކަމުގައި ކޮޓަރި ފާރަށް އެޅިފައިވާ ދެހިޔަނި ފެންނަމުންދިޔައީ އެއް ހިޔަނި ފަދައިންނެވެ.

**********************************

ހެނދުނު އަރައިގެން އައި އިރާއާއިއެކު ހޫނުކަމުން ދުނިޔެ ފިއްސަންފެށިއެވެ. ރޭގެ ވިއްސާރައިގެ ސަބަބުން ފަޒާއަށް ވެރިވެފައިވާ ތެތްފިނިކަމުގެ މައްޗަށް ދިލަކަން ގަދަކުރަން ފެށިއެވެ. އުޑުމަތިން ބަނަވިލާތަށް ކެހިގެން ދިޔައިރު ފިރޯޒްކޮޅެއްފަދަ ސާފު އުޑުމަތީ ކަފަވިލާތަށް ދައުރުކުރަންފެށީ ދުވަހުގެ ހިތްގައިމުކަން ލިބިގަންނަމުންހެން ހީވެއެވެ.

ޝަލީން އެއްއަތުން އާވިއަރައަރާ ކުރި ކޮފީތަށި ހިފައިގެން ގޮސް ކުޑަދޮރު ހުޅުވާލުމާއިއެކު އިރުގެ ރަންއަލިން މުޅި ހޯލްތެރެ ހުޅުދާންވެގެންދިޔައެވެ. ޖެހެންފެށި ލުއި ލުއި ރޯޅިތަށް ޝަލީންގެ ވިހުރިފައިވާ އިސްތަށިގަނޑަށް ބޮސްދެމުން ސަމާސާކުރަންފެށިއެވެ. ޝަލީން ކުޑަދޮރުގެ ދާރައިގައި ލެގިލައިގެން ބޭރު ބަލަހައްޓައިގެން ހުރިއިރު މޫނުމަތީވީ އެންމެ ރީތި ހިނިތުންވުމެވެ. ޝަލީންއަކީ ސައިކްޓޭރިސްޓަކަށްވާއިރު އެ ހިނިތުންވުންވެފައިވަނީ އެތަށް މީހުންނަށް ހިތްހަމަޖެހުމާއި ސިފާ ލިއްބައިިދޭ ފަރުވާއަށެވެ.

“މޯނިން… ސިސް…” ނައިނާގެ އަޑުއިވިލުމާއިއެކު ޝަލީން ބަލާލީ ފުން ހިނިތުންވުމަކާއިއެކުގައެވެ. ނޫކުލައިގެ ގަމިހާއި ކަޅު ސްކްނީގައި ނައިނާ ތާޒާވެފައިވާ މަލެއްފަދައެވެ. އެތުންފަތްމަތީ އަބަދުހެންވާ ރީތި ހިނިތުންވުމެކެވެ. “ގުޑްމޯނިން… ނައި…” ޝަލީން ހެނދުނުގެ ތަހުނިޔާ ނައިނާއަށް ރައްދުކުރިއެވެ. “ކޮފީއެއް ހަދައިދެންތަ؟” ޝަލީން ކޮފީ ތަށި ހިފައިގެން ކޮފީ މެޝިންއާއި ދިމާލަށް ހިނގައިގަންނަމުން އަހާލިއެވެ. އެއާއިއެކު ނައިނާ ހީލަމުން ބޯ ޖަހާލައިފިއެވެ.

އިރުކޮޅެއްފަހުން ޝަލީން އާވިއަރައަރާހުރި ކޮފީ ތައްޓެއް ހިފައިގެން އައިރު ނައިނާ އިނީ މައިދޮރު ކައިރީ ބަހައްޓާފައިވާ ސޯފާތަކުން ސޯފާއެއްގައެވެ. ޝަލީން ކޮފީތަށި ބިއްލޫރި މޭޒުމަތީ ބެހެއްޓުމަށްފަހު ސޯފާގައި އިށީންނަމުން ކުޝަން ނަގާ އުނގުމަތީ ބާއްވާލިއެވެ. “ނައި އިންޓަރވިއު ކިިހިނެތް ދިޔައީ؟” ޝަލީން އަހާލިއެވެ. އެއާއިއެކު ނައިނާގެ މޫނަށް ޖައްސާލި ވައްތަރާއިއެކު އިތުރަށް އޮޅުންފިލުވަން ޝަލީން ޝައުގުވެރިވިއެވެ. “ޑޯންޓް އީވެން އާސްކް… ސަމްވަން މެސްޑް އަޕް…” ނައިނާގެ ލޯވަށްވެގެންދިޔައިރު ދެބުމަގޮށްޖަހާލަމުން އަނގަޔަށް ގޮތެއް ހަދާލިއެވެ. އެވަގުތު މީހެއްގެ ފިޔަވަޅުތަކުގެ އަޑުއިވުމުން ޝަލީން ފަސްއެނބުރި ބަލާލިއެވެ

44

dhiraa wish

studies in R.Maakurathu School grade 12. Doing associate degree in administration from Maldives Business School_online. Enjoy reading story since childhood.......Interested in writing since grade 7.

You may also like...

13 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. here is the next part… hope everyone will like this part too… thanks for the support…😊😊😊sorry for taking long time.. 😥😥

    ⚠Report!
    1. thnkx. insha allah v avahah. ryyt now lil bxee so i cant final a day. bt time eh vi haa avahakah upkohlaanan insha allah

      ⚠Report!

Leave a Reply

Your email address will not be published.