Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު… 34

Ushaali Level 810 Stories100 Comments100 Stories500 Comments
March 12, 2019 9 Mins Read
24 Comments

އަރައިގެން އައި އިރާއެކު މާއިރާއަށް އިވިގެންދިޔަ ހަބަރަކުން ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ކަހަލައެވެ. އޭނާއަށް އެޙަބަރު ގެނެސްދިން އިފްނާގެ މޫނުމަތި ވަގުތުން ފުސްވިއެވެ. ޤަބޫލުކުރަން ދަތިވިއެވެ. އެނދުމަތީގައި އޮތް މީހާ ކުއްލިއަކަށް ކޮޅަށް ޖެހުނެވެ.

“ތީ ކާކު އިފްނާ ކައިރީގައި ދައްކައިގެން އުޅޭ ވާހަކައެއްތަ….؟” މާއިރާ ހަޅޭއްލަވާގަތެވެ.

“އާކުގެ ރައްޓެއްސެއް ގުޅާފައި ބުނީ. އެއީވެސް އެކަމުގައި އުޅޭ މީހެއް. ރޭގައި އާކު ނިދާކަށްވެސް ނާދޭ. ފޯނުވެސް އޮފްކޮށްފަ އޮތީ” އިފްނާ ވާހަކަދެއްކިއެވެ. އޭނާގެ މޫނުމަތީގައި ވަނީ މާޔޫސީގެ ކުލަވަރުތަކެވެ.

“އެހެނެއްނުވާނެ… އަނެއްކާ މިއީ ކޮންކަހަލަ ކަންތައްގަނޑެއް. ކަމަކަށްފަހު ކަމެއް. އެއްކަމަކުން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއްކަމެއް” މާއިރާއަށް ދެކަންފަތްމަތީގައި އަތް އެޅުނެވެ. ހިނގާ ދިޔަ ކަންތައް ޤަބޫލުކުރަން އަދިވެސް އޭނާއަށް ދަތިވަނީއެވެ. އިފްނާ ފޯނަށް މެސެޖެއް އައުމުން ބަލާލިއެވެ. ދެވަނަ ސިކުންތުގައި ކޮޓަރީގައި ހުރި ޓީވީ ޖައްސާލަމުން އިފްނާ އިށީނެވެ. ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން އަންނަ ނެޓްވޯރކެއް އަތުލައިގަތް ހަބަރު އަވަސް ޙަބަރުގެ ގޮތުގައި ހުރިހާ ނިއުސް ޗެނަލްތަކުން ދައްކަމުން ދިޔައެވެ. މާއިރާ ގަނޑުވި ކަހަލައެވެ. ފެންނަމުންދިޔަ ވީޑިޔޯތަކުން މޫނުމަތީގައި އަތް އަޅައިގެން އެހުރީ އާކިން ނޫން ދެވަނަ މީހެއް ނޫނެވެ. ކުއްލިއަކަށް ޒާކިން އެނދުން ފުންމާލި ގޮތަށް ކޮޓަރިއަށް ދެމިގަތެވެ. ކުރިމަތީގައި ރޯލްވަމުން ދިޔަ ޙަޤީޤަތުން އޭނާގެ ދެލޮލުގައިވާ ނިދިވެސް ފިލައިގެން ދިޔައެވެ.

“ދޮންބެމެން ހާދަ ޕްލޭން ނުކޮށް މިކަމުގަ އުޅުނީމަ އެހާ އަވަހަށް ކޮޕުންނަށް ބަސްޓުއެވީ….” ޒާކިން ބުނެލިއެވެ. އިފްނާފެ ފޯނު ރިންގުވާން ފެށީ އޭނާ އެތަނުގައި އިންދައެވެ.

“ފުލުހުން. އާކު ހައްޔަރުކުރެވުނުކަން އާއިލާއަށް އަންގާލީޔޯ….” ފޯނު ކަންފަތާއި ދުރުކޮށްލަމުން އިފްނާ ބުނެލިއެވެ.

“ކީކޭ… މަގޭ ދަރި ހައްޔަރުކުރީއޭ… އެކަމަކު އެއީ އެވަރު ކަމެއްތަ؟ ލާރި ހޯދައިގެން ކައިގެން ބޮއެގެންދޯ އުޅެވޭނީ. ލާރި ހޯދަން އެކި މީހުން އެކި ކަހަލަ މަސައްކަތްދޯ ކުރާނީ…” މާއިރާއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ.

“މަންމަ ހާސްނުވޭ. އަޅުގަނޑު މިހާރު މިދަނީ ބައްޕައާއި ބައްދަލުކުރަން. ހަޔަރ ކޮށްފަ ހުރި ލޯޔަރާއި ބައްދަލުވެސް ކުރަންޖެހޭނެ…” އިފްނާ ވާހަކަދެއްކިއެވެ.

“ހިނގާ އަވަހަށް މަންމަވެސް ދާނަން” މާއިރާ އަވަސް އަވަހަށް ބުނެލިއެވެ.

“ނޫން. މަންމަ ގޭގައި މަޑުކުރޭ. އާކުގެ މިކަންތައް އެނގުނީމަ ބައްޕަވެސް ހުންނަވާނީ ކުޑަކޮށް ހިތްހަމަނުޖެހިފަ. މިދަނޑިވަޅު މަންމަ ފެނުނީމަ ބައްޕަގެ ރުޅިމަޑެއް ނުވާނެ. އަޅުގަނޑު އެކަނި ބައްޕައާއި ބައްދަލުކޮށް ވާހަކަދައްކާނީ” މާއިރާގެ ދެކޮނޑުގައި ހިފާލައިގެން ހުރެ އިފްނާ ބުނެލިއެވެ. މާއިރާ ވަކި ޖަވާބެއް ނުދިނަސް ހުރީ އިފްނާގެ މޫނަށް ބަލަހައްޓައިގެންނެވެ.

“މަ ފެނުނީމަ މީހެއްގެ ރުޅިމަޑުނުވާން މަށަކީ ބޮލުގެ ރިހުމެއްތަ…؟” އިފްނާ ނިކުމެގެން ދިޔަ ދިމާލަށް ބަލަން ހުރެ މާއިރާ ބުނެލިއެވެ.

*****************************

“މަންމައަށް އިނގޭތަ! އާކިން ހައްޔަރުކޮށްފި.” ޝާއިރާއާއި ހާރޫނަށް ޔަނާލް އެޙަބަރު ދިނީ ހެނދުނުގެ ނާސްތާ ކުރިއަށް ދަނިކޮށެވެ. މަޖްލީންވެސް އިނެވެ.

“ހަމަ ރަނގަޅަށް… ކޮންކަމެއްގަ…” ޝާއިރާ އަހާލިއެވެ. ހާރޫނުވެސް އިނީ އިނގެން ބޭނުންވެފައެވެ.

“ހަށިވިއްކުމުގެ ވިޔަފާރި…. އަދި މި އިނގުނީ… އަޅުގަނޑު ހިތަށްވެސް އެރި ކުއްލިއަކަށް އާކިންއާއި ޒާކިން އެހާ ފައިސާ ހޯދަނީ ކޮންތާކުންބާއޭ… އޭރުވެސް ހިތަށް އެރި މިކަހަލަ ކަންތައްގަނޑެއް ހިންގާލަނީއޭ” ޔަނާލް ބުނެލިއެވެ.

“އެއްވެސް ކަމަކީ ދާއިމަށް ސިއްރުވެފައި އޮންނާނެ ކަމެއްނޫން… ހެޔޮ ވިސްނުން ދެއްވާށި..” ޝައިރާ ބުނެލިއެވެ. ޔަނާލަށް ފައިޒަންގެ ފޯނު އައީ އެވަގުތުއެވެ. ޔަނާލް ފޯނު ނެގުމާއެކު ފައިޒަންވެސް ދިނީ އެހަބަރެވެ.

“މިވީގޮތުން އާކިންގެ މައްޗަށް ކުރާ ދައުވާތައް ގިނަތާ ވާނީ” ޔަނާލް ބުނެލިއެވެ.

“ގައިމުތާ… ދުނިޔޭގައި އުޅޭއިރު އެމީހަކު ކަންކުރި ގޮތަކަށް އެމީހަކާއިމެދު ކަންތައް ވެގެންދާނީ… އެކަމުގެ ހެކި މިހާރު ފެންނަމުން އެދަނީ.. ވިސްނާލި ބަޔަކަށް ޢިބްރަތެއް….” ހާރޫން ވާހަކަދެއްކިއެވެ. މަޖްލީންގެ ލޮލުން ކަރުނަ ނީރާލިއެވެ. އޭނާއާއި މެދުވެސް ކަންތައް ހިނގާފައިވަނީ އޭނާ އުންމީދުކުރި ގޮތަކަށްނޫނެވެ.

*********************************

ހަފްތާއެއް ފަހެވެ. އާކިން ހައްޔަރުކުރުމާއި ގުޅިގެން މާއިރާ ބަލިވިއެވެ. ކާހިތްނުވެފައި މާގިނައިން ހޮޑުލެވެނީއެވެ. ބަލިވެއިން ދުވަސްވަރެއްގައި މާބޮޑަށް ވިސްނާ ހަދަން ފެށުމުން ލޭވެސް މަދުވީއެވެ. މީހާގެ ހަށިގަނޑު ކުރިއަށް ވުރެވެސް ބޮޑަށް ހިއްކާލީއެވެ. އެހެންކަމުން ޑޮކްޓަރަށް ދެއްކުމުން ދިން ސްކޭނެއް ހަދަން މާއިރާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ އިފްނާއެވެ. ސްކޭން ރޫމަށް އިފްނާ ވަންނަން މާއިރާ ޤަބޫލެއްނުވިއެވެ. އިފްނާ ހުރީ ހައިރާންވެފައެވެ. މަޔަކާއިއެކު ދަރިއަކަށް އެފަދަ ތަނަކަށް ނުވަދެވެންވީ ސަބަބެއް ވިސްނާ ވިސްނާވެސް އިފްނާއަށް ނޭނގުނެވެ.

“މިބުނީނު ނޫނެކޭ… އަހަރެން އެކަނި ވަންނާނީ” ހަރުކަށި ޖަވާބެއް މާއިރާ އިފްނާއަށް ދިނެވެ. އިފްނާ ގޮނޑިބަރީގައި މަޑުކޮށްލިއެވެ. ދުރުން އަންނަ މަޖްލީން ފެނުމުން އިފްނާ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނިތުންވެލިއެވެ. މަޖްލީން އޭނާ ފެންނަކަމަށްވެސް ހަދާނުލާ ދާންފެށުމުން އިފްނާ އޭނާ ހުއްޓުވިއެވެ.

“މަޖޫ….!!! ކޮންތާކު ތިއުޅެނީ. މިހާރު ޙަބަރެއްވެސް ނުވޭ. ގުޅީމަ ފޯނަށް އާންސަވެސް ނުކުރޭ… ބަޓް ހެޕީވެއްޖެ ފެނުނީމަ” މަޖްލީންގެ ގައިގާ ބައްދާލަމުން އިފްނާ ބުނެލިއެވެ. ހޮސްޕިޓަލް ތެރޭގައި ވުމުން މަޖްލީން ހުރީ ވަރަށް މަޑުމައިތިރިކޮށެވެ. އިފްނާއަށް ދިން ހިނިތުންވުމަކީވެސް ފޭކް ހިނިތުންވުމެކެވެ.

“ވަރަށް މުހިންމު ވާހަކައެއް ބުނަންވެފަވެސް އެބައޮތް…” ސިއްރުން އިފްނާ ބުނެލިއެވެ. ހައިރާންކަމާއެކު އިފްނާގެ މޫނަށް ބަލާލަމުން މަޖްލީން އޭނާ ލައިގެން ހުރި ހުދުކުލައިގެ ކޯޓްގެ ކުރިމަތީ ޖީބުގައި އޮތް ފޯނުނަގާ ހޯމް ބަޓްން އޮންކޮށްލިއެވެ. އޭނާ އެކުރި ކަމަކަށް އިފްނާ މާބޮޑު ސަމާލުކަމެއް ނުދިނެވެ.

“މަޖޫއަށް އިނގޭތަ! އަނެއްކާވެސް ބޮޑު ކަމެއްގަ ބެދިގެން މިއުޅެނީ… އަހަރެން ޕްރެގް….” މަޖްލީންގެ ކަންފަތްދަށު ސިއްރުން އިފްނާ ބުނެލިއެވެ.

“ވާއު…. ކޮންގްރާ…. ހާދަ ދުވަހެއް ފަހުންނޭ ދޯ ދެކުދިންނަށް ބޭބީއެއް ލިބެން އެއުޅެނީ” ގަދަކަމުން ހިނިތުންވުމެއް ތުންފަތްމައްޗަށް ގެނުވަމުން މަޖްލީން ބުނެލިއެވެ.

“އާކިންއެއްނޫން މިދަރިފުޅުގެ ބައްޕައަކީ. މިއީ މަށަށް ލޯބީގެ ދަޅަ ދައްކައިގެން މީހަކު ދިން ލަނޑެއް. ދެން އެހެން މީހުންގެ މައްޗަށް އާކިންގެ ދަރިއެއްކަމަށްތާ ވާނީ. މަޖޫއަށް އެކަނި އިނގޭނީ” އިފްނާ ބުނެލިއެވެ. މަޖްލީންގެ މޫނުމަތީގައިވާ ހިނިތުންވުން ފިލައިގެން ދިޔައެވެ. ކޮންފަދަ ނުބައި ބައެއް ހެއްޔެވެ؟ އަދިވެސް ޙައްޤުގެ މަގަށް ރުޖޫޢަވާކަށް ނޫޅެއެވެ.

“އަހަރެން ދަނީ. ނެތް ހުރެވޭކަށް…” މަޖްލީން ހިނގައިގަތެވެ. މަޖްލީނަށް އައި ބަދަލު އިފްނާއަށް އިނގުނެވެ. އޭނާ އެހެން މީހަކަށް ބަލިވެއިންކަން އެނގުމުން މަޖްލީން ހިތްހަމަނުޖެހުނީއެވެ. އިފްނާ ދެކުނީ އެއީ ވަގުތީގޮތުން މަޖްލީނަށް އައި ބަދަލެއް ކަމެވެ.

“އެކްސްކިއުޒް. މިއޮތީ ރިޕޯޓް…” ސްކޭން ރޫމުން ނިކުމެގެން ހިނގައިގަތް މާއިރާއަށް ގޮވާލަމުން އެތަނުން ނިކުތް އަންހެންކުއްޖެއް ބުނެލިއެވެ. މާއިރާއަށް ވުރެ ކުރިން ރިޕޯޓުގައި ހިފީ އިފްނާއެވެ.

“ގެނޭ ތިމަގޭ އަތަށް…” މާއިރާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“މީގައި އޮތީ ކީކޭކަން މަންމައަށް ވުރެ ބޮޑަށް އިނގޭނީ މަށަކަށްނު…” އިފްނާ ރިޕޯޓް ނަގާ ނިއުޅުވާލަމުން ބަލާލިއެވެ. އޭނާގެ ދެލޯ އަރައިގެން ދިޔައީ މާއިރާގެ ބަނޑަށް ހަ ހަފްތާ ކަމަށް އޭގައި އޮތުމުންނެވެ. އިފްނާ ބަލާލުމުގެ ކުރިން މާއިރާ އެހެން ދިމާލަކަށް ބަލާލިއެވެ.

“ކޯޗެއް ތިބަލަނީ.. ގެނޭ ތި…” މާއިރާ އެގަނޑު އިފްނާ އަތުން ޖަހައިގަތެވެ.

“މަންމާ….!!! އެކަމަކު…. މިއީ ކޮންއިރަކު ކުރިކަމެއް… އެހެންވެ ދޯ އެ ރޫމަށް އަޅުގަނޑު ވަނަނުދިނީ…” އިފްނާ އަހާލިއެވެ.

“އާ އެހެންވެ. މިއީ އެވަރު ކަމެއްތަ. އަހަރެންވެސް މީ އަންހެނެއް. އުފާ ބޭނުންވާނެ އަހަރެންވެސް. މިއީ މީހަކު މަށަށް ދިން ލަނޑެއްނޫން. އަހަރެން ކައިވެނިކުރީ ކަލޭމެން އެންމެންނަށް ސިއްރުން” މާއިރާ ދެރަވާކަށް ބޭނުމެއްނުވިއެވެ.

“ކައިވެންޏެއް ކުރީއޭ…. އެހެންވިއްޔާ ކޮބާ އަޅުގަނޑުމެންގެ ދޮންބައްޕަ” އިފްނާ އަހާލިއެވެ.

“ނޭނގެ އަހަންނަކަށް. އަހަރެން ނޫޅެން އޭނަ ހޯދާކަށް” މާއިރާ ހިނގައިގަތެވެ.

“މަންމާ! އަޅުގަނޑަކީ މޮޔައެއްނޫން. އަޅުގަނޑަށް އިނގޭ މަންމަ ތިހަދަނީ ދޮގުކަން. މަންމަ މީހަކާ ކައިވެނި ކުރިނަމަ އަޅުގަނޑު މެންނަށް ނޭނގިއެއް ނުހުންނާނެ. ތިއީ މަންމަ ކުއްޖަކާ ލޯބީގެގޮތުން ގުޅިގެން ކުރި ކަމެއްނު” އިފްނާ ވާހަކަދައްކަމުން މާއިރާއާއި އެއްވަރަށް ހިނގަމުން ދިޔައެވެ.

“އާނ… މިއީ އަހަރެން ވަރަށް ލޯބިން ކުރި ކަމެއް. އަހަންނަށް ރަނގަޅީ މިކަމާއި ގުޅިގެން ދެން އިތުރަށް ވާހަކަ ނުދެއްކިއްޔާ” މާއިރާ ބުނެލިއެވެ. އިފްނާއަށް އިތުރު އެއްޗެއް ބުނަން ނުކެރުނެވެ.

************************************

ގެއަށް ވަދެގެން ދިޔަ މަޖްލީން ސިޑިން އަރައިގެން ދިޔަ ގޮތަށް ޔަނާލްގެ ކޮޓަރީ ތަޅުގައި ހިފާލިއެވެ. އޭނާ ދެފަހަރަކު ޓަކި ޖަހާލުމުންވެސް ޔަނާލްގެ ހަބަރެއް ނުވިއެވެ. އިތުރަށް ދޮރުގައި ޓަކި ޖަހަން އޭނާއަށް ނުކެރުނީ ޔާޒް ނިންދަންވަން ވަތްގޮތަށް ޔަނާލަށް ނިދުނީކަމަށް ހީކޮށްފައެވެ. އޭނާ އަމިއްލަ ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ނިކުމެ އެނދަށް އެރީ ވަރުބަލިވެފައި ހުރުމުން ކުޑަކޮށް އަރާމުކޮށްލާށެވެ. އިފްނާއާއި ދިމާވެގެން ދެއްކި ވާހަކަތައް އޭނާ ރެކޯޑްކުރީ އެ ކްލިޕް ޔަނާލަށް އިއްވުމަށެވެ. އޭނާ ލިސްޓަށް ގޮސް އެއްފަހަރު އަޑުއަހާލިއެވެ. އިފްނާގެ ނަމުގައި އިތުރު ދެތިން ކްލިޕް ރިކޯޑވެފައި އިނުމުން އޭނާ ތާރީހް ބަލާލިއެވެ. ތަންކޮޅެއް ކުރީގެ ރިކޯރޑިންއެކެވެ. ފަހަރަކު ކްލިޕެއް އަޑު އަހަމުން ދިޔައެވެ. ޔަޒްދާން މަރާލުމަށް އޭނާ ކެމިކަލް ހޯދަން ބޭނުންވާވަހަކަ އެއް ކްލިޕުގައި އޮތުމުން މަޖްލީން ވިސްނާލިއެވެ. އޭނާ ވަގުތުން ޔަނާލާއި ބައްދަލުކުރަން ބޭނުންވިއެވެ. އެނދުން ތެދުވެ ހިނގައިގަންނަން އުޅުނު ވަގުތު އޭނާގެ ކޮޓަރީގައި ޓަކިޖަހާލި އަޑު އިވުނެވެ. އޭނާ ދޮރުހުޅުވާލިއިރު ކުރިމަތީގައި ހެވިފައި ހުރީ ޔަނާލެވެ.

“ސޮރީ އިނގޭ. ޔާޒް ނިންދަވަން އޮތީމަ އެގަޑީގަ ނުހުޅުވުނީ. އިނގޭ މިގަޑީގަ މަޖޫ ނޫން އެހެންމީހަކު އަހަރެން ހޯދަން ނާންނާނެކަން” ޔަނާލް ބުނެލިއެވެ.

“އެވަރުކަމެއްނޫން. އާދެބަލަ އެތެރެއަށް…” ޔަނާލްގެ އަތުގައި ހިފާ އެތެރެއަށް ވަންނަމުން މަޖްލީން ބުނެލިއެވެ. ޔަނާލް ހައިރާންކަމާއެކު މަޖްލީންގެ މޫނަށް ބަލަން އިނެވެ. ޔަނާލް ކައިރީގައި އިށީނދެ މަޖްލީން އޭނާގެ ފޯނު ހުޅުވާލިއެވެ.

“އަހަރެންނަށް މިވީހާތަނަށް ކުރެވިފައި އޮތް ކަމަކީ ޔަނާލްގެ ދިރިއުޅުމަށް ބަޔަކާއި ބައިވެރިވެގެން ޒަހަރުލުން. މިހާރު އަހަރެން މިއުޅެނީ ޔަނާލަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ” މަޖްލީން ވާހަކަދައްކަމުން ދިޔައެވެ. އޭނާ އެ ހުރިހާ ކްލިޕްތަކެއް ޔަނާލަށް އިއްވިއެވެ. ޔަނާލް މަޖްލީންގެ އަތުން ފޯނު އަތުލާފައި ތަކުރާރުކޮށް އެތައް ފަހަރަކު އެހުރިހާ ކްލިޕްތަކެއް އަޑުއެހިއެވެ. އޭނާ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވި ހިނދު މަޖްލީންގެ ގައިގާ ބައްދާލެވުނެވެ.

“މަޖޫ ކިހިނެއް މި ހޯދީ… މިބުނީ މި ކެމިކަލް ހޯދަން އިފްނާ ބުނެފަ އިން ރިކޯޑިންގް މީ ކިހިނެއް ހޯދާފަ” ޔަނާލް އަހާލިއެވެ.

“ތިއީ ނޭނގުމުގެ ތެރޭން ރިކޯޑްވެފަ. އޯކޭތާ ތީގެ ބޭނުންހިފޭނެ އެމީހުންނާއި ދެކޮޅަށް ހެއްކެއްގެ ގޮތުގަ” މަޖްލީން ބުނެލިއެވެ. ޔަނާލް ވަގުތުން އެ ހުރިހާ ކްލިޕެއް އޭނާ ފޯނަށް ފޮނުވާލިއެވެ.

“އިފްނާ ހަރާން ކަންތައްތަކަށް އަރައިގަނެގެން ރަށްމެދަށް ބަލިވެ އިނަސް އަހަރެންނަށް ޝޮކެއް ނުލިބޭނެ. އެއީ އަހަރެންނަށް އިނގޭ އެއީ އެމީހުންގެ ކަށީގައި ހިފާފައި ހުރި ކަންކަން ކަން” ޔަނާލް ވާހަކަދެއްކިއެވެ.

“ދެން މިދޭން އުޅޭ ހަބަރު އިވުނީމަ ހަމަ ޔަޤީން ޝޮކެއް ލިބޭނެކަން” ހީލަމުން މަޖްލީން ބުނެލިއެވެ. ޔަނާލް މަޖްލީންގެ މޫނަށް ބަލާލިއެވެ.

“މި ފޮޓޯ ބަލާލަބަލަ…” އޭނާގެ ފޯނު ގެލެރީއަށް ވަދެ އެންމެފަހުން ނަގާފައި އިން ފޮޓޯ ޔަނާލަށް ދައްކާލިއެވެ. ފޯނު އަރިކޮށްލައިގެން ޒޫމްކޮށްގެން ޔަނާލް ފޮޓޯއަށް ބަލާލިއެވެ.

“މިއީ މީހެއްގެ ޕްރެގްނެންސީ ރިޕޯޓެއްނު. އިފްނާގެ ދޯ…” ޔަނާލް އަހާލިއެވެ.

“ބަލާބަލަ ނަމާއި އެޑްރެސް…” މަޖްލީން ބުނެލިއެވެ. ޔަނާލް ބަލާލިއެވެ. އޭނާ ލިބިގެންދިޔަ ޝޮކާއެކު އަނގަމތީގައި އަތް އަޅާލިއެވެ. ތިން ހަތަރު ފަހަރު ނަން ކިޔާލިއެވެ. އަދިވެސް ޤަބޫލުކުރަން ދަތިވަނީއެވެ.

“އައްޗީޑި…. ދެމީހުން ވާދައަށް ކޮށްފަ އޮތް ކަމެއްތަ…؟ ޔަޤީން ފިރިހެންމީހާއަކީ އެކަކުކަން” ޔަނާލް ބުނެލިއެވެ. މަޖްލީން ކައިރިއަށް ހިނިއައެވެ.

“އެހެންޏަ… ދެން ބުނާނެއްނު. އެމީހުން ކޮށްފަ ނުކުރާނެ ކަމެއް ދެން ބުނެބަލަ. ދުވަހަކުވެސް އިސްލާހުވާނެ ބައެއްނޫން” ޔަނާލް ބުނެލިއެވެ.

“ދެމައިން ސްކޭން ހަދަން ހޮސްޕިޓަލަށް ގޮސް އުޅެނިކޮށް އަހަރެންނަށް ސްކޭން ރޫމަށް ވަދެވުނީ. މާއިރާ އަހަރެންނަށް ވަރަށް ފާޑަކަށް ބަލާލި” މަޖްލީން އިތުރަށް ކިޔާދިނެވެ.

*************************************

ގޭ ކައިރިއަށް މަޑުކޮށްލި ކާރުން އަންހެންކުއްޖެއް ފޭބިއެވެ. ކަޅު ކުލައިގެ އަބާޔާ ހެދުމުގައި އަންހެންކުއްޖާ ހުރީ އެންމެ ބޮޑު ބުރުގާ އަޅާފައެވެ. ފެންނަން ހުރީ ހަމައެކަނި ދެއަތްތިލައާއި މޫނު އެކަންޏެވެ. މޫނުމަތީގައި ވަނީ އަޖައިބެއް ކަހަލަ އުޖާލާ ކަމެކެވެ. އެ އަންހެންކުއްޖާގެ އަތުގައި އަހަރުނުވާ ކުޑަކުޑަ ފިރިހެން ކުއްޖެއް އިނެވެ. އިރުކޮޅަކުން ފޮށްޓެއް ދަމަމުން އައި ފިރިހެންކުއްޖާ އަންހެންކުއްޖާ ކައިރީގައި ހުއްޓުނެވެ. ދެމަފިރިން އެކުގައި ގޭޓުން ވަދެގެން ދިޔައެވެ. ވަގުތަކީ ދެނަމާދު ދޭތެރެ ވަގުތެއްކަމުން ކުލްޝޫމް ޤުރުޢާން ހަތިމެއް ހިފައިގެން ސިޓިންގްރޫމް ސޯފާގައި އިނެވެ. ކުރިމަތީގައި އައިސް ހުއްޓުނު ދެމީހުން ފެނުމުން ކުލްޝޫމަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ.

“ރާކިން…؟؟؟” ކުލްޝޫމަށް ގޮވާލެވުނެވެ. ރާކިން ހީލިއެވެ. ނަމަވެސް ރަހުމެއްނެތް ހަމަލާތައް ކުށެއްނެތް ޔަނާލާއި ހާރޫނަށް އަމާޒުވެގެން ދިޔައިރު ބައިވެރިންގެ ތެރޭގައި ރާކިންވެސް ހިމެނިފައިވާކަން އެނގުމުން ކުލްޝޫމް ބަދަލުގައި ހިނިތުންވުމެއް ރާކިންއަށް ނުދިނެވެ. އޭނާ ހިނިތުންވުމެއްދިނީ ކައިރީގައި ހުރި ޝިފާއަށެވެ. ރާކިން ހިތުގައި ޖެހުނެވެ. އޭނާ އެކަން ހިންދާލާ މާއިރާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

“ކުލައްތާ…..!! ކިހިނެއްތަ….؟؟؟” ކުލްޝޫމް ޝިފާ އަތުގައި އިން ކުޑަ ކުއްޖާ އުރާލަމުން ޝިފާ ގައިގާވެސް ކުޑަކޮށް ބައްދާލިއެވެ.

“އަލްހަމްދުލިއްލާހް… ވަރަށް ރަނގަޅު…. މިސޮރަށް ކޮން ނަމެއްތަ ކިޔަނީ..” ކުލްޝޫމް އަހާލިއެވެ.

“ރަޔަން ރާކިން” ޝިފާ ބުނެލިއެވެ.

“އެއްވެސް މީހަކު ނުފެނޭ. ކޮބާތަ ނާދު…؟ މަންމަވެސް ނުފެނޭ… ޔާނާވެސް. ނޫޅެނީތަ އެއްވެސް މީހަކު” ދެފަރާތް ހޯދާ ބަލާލަމުން ޝިފާ އަހާލިއެވެ.

“ޔާނާ އުޅެނީ މިހާރު މިގެއަކު ނޫން. ނާދު މިގެއިން ދިޔަތާ ކޮންދުވަހެއް. އެމަންޖެ މިހާރު ހުންނަނީ ވަރިކޮށްފަ. ދެން ޝިފާގެ މަންމާފުޅު އެބައޮތް ކޮޓަރިކޮޅުގަ” ކުލްޝޫމް ބުނެލިއެވެ.

“އެނ…؟؟؟ އަސްލަށްތަ… ނާދު ހާދަ ދެރަވާނޭ. ކަންތައްތައް ރަނގަޅުތަ…؟؟؟” ޝިފާ އަހާލިއެވެ.

“ޝިފާމެންނަށް ތިއާދެވުނީ އެންމެ ރަނގަޅު ދުވަސްކޮޅަށް. ވަރަށް އަވަހަށް ހުރިހާކަމެއް ޝިފާއަށްވެސް އެނގިދާނެ. ކުލައްތަ ބުނަން އޮތްހާވެސް އެއްޗަކީ މިދަރިފުޅު ވަރަށް ނަސީބުދެރައޭ…” ރަޔަންގެ މޫނުގައި ބޮސްދެމުން ކުލްޝޫމް ބުނެލިއެވެ.

“އެއީ…؟؟؟” ޝިފާގެ ހިތް ބިރުގަތެވެ.

“އިތުރަށް ކުލައްތައާއި ސުވާލުނުކޮށް ދޭބަލަ ރާކިންގެ ފަހަތުން” ޝިފާއަތަށް ރަޔަން ދެމުން ކުލްޝޫމް ބުނެލިއެވެ.

މާއިރާގެ ކޮޓަރީ ދޮރަށް ޝިފާ އެރިއިރު އެނދުގައި އިން ރާކިންގެ ކޮނޑުގައި ބޯއަޅާލައިގެން މާއިރާ އިނެވެ. އޭނާއަށް ޝިފާ ފެނުނީ ވަކި ހިސާބަކަށް ޝިފާ ވަތް ފަހުންނެވެ.

“ހަމަ މިހާރު ހުއްޓޭ… ކަލޭ އައީ މި އަންހެނާވެސް ގޮވައިގެންތަ…؟ ނުރުހިފައި މާއިރާ ބުނެލިއެވެ.

“މަންމާ…!!! އެއީ އަޅުގަނޑުގެ އަންހެނުންނޭ…” ޝިފާ އިސްޖަހާލި މަންޒަރު ފެނުމުން ރާކިން ބުނެލިއެވެ.

“މަށަށް ހެޔޮ… އެކަހަލަ ގޮތްނޭނގޭ މީހުން މި އާއިލާއަށް ކޮށްޕައިގެން އުޅޭތީ މިއުޅެނީ ރަނގަޅު ކަމެއް ނުވެގެން” ޝިފާއަށް ދެލޯ އަޅައިގެން ހުރެ މާއިރާ ކިޔަމުން ދިޔައެވެ.

“މަންމަ ވިސްނާލަބަލަ. މަންމައަށް އެތަނުން ތިފެނުނީ ޝިފާ. އޭނަ އަތްމަތީގައި އޭނީ މަންމަގެ އެންމެފުރަތަމަ މާމަ ދަރިފުޅު. އަޅެ އުރާލާހިތެއްވެސް ނުވޭތަ…؟ އެކުއްޖާއަށްޓަކައި މަންމަ ހިތުގައި ލޯތްބެއްވެސް ނެތީތަ…؟ ރާކިން އަހާލިއެވެ.

“އަހަރެން ނޫޅެން މީހުން ދެކެ ލޯބިވާކަށް. މީހުން ދެކެ ލޯބިވެގެން މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ ލިބިފަ މަށަށް މީނީ…” މާއިރާ ބުނެލިއެވެ.

“ޝިފާ ދޭ ރަޔަން ގޮވައިގެން ކޮޓަރިއަށް” ރާކިން ބުނެލިއެވެ. ޝިފާ ނިކުތުމުން ރާކިން ތެދުވެގެން ގޮސް ދޮރު ލެއްޕިއެވެ.

އަޅުގަނޑު ހީކުރީ މިހުރިހާ ދުވަސް ވީއިރު މަންމައަށް ކުޑަނަމަވެސް ބަދަލެއް އައިއްސަ ކަމަށް ހުންނާނީ. އެކަމަކު އެހެނެއްނުވި. ދޮންބެއާއި ޒާކުވެސް ދުވަހެއް ދުވަހަކަށް ވީ ނުބައި. ބަލާލަބަލަ ޒާކުއަށްވެސް ޖަހާ ސިފަ މިހާރު. މަންމަމެން ވެއްޖެއްނު ތިގޮތްތައް ބަދަލުކުރަން. އަޅުގަނޑު މިހާރު ދެރަވޭ އޭރުގަ އެކުރެވުނު ކަންތައްތަކަށް އެއްބާރުލުން ދެވުނީތީ. އެކަމަކު އެދުވަސްތައް ފާއިތުވެގެން ގޮށްސި. އަޅުގަނޑު ނޫޅެން މިގޭގައި ހުންނާކަށް. ވީ އެންމެ އަވަހަކަށް ޝިފާ ގޮވައިގެން އަޅުގަނޑު ފުރާނަން. މަންމަ ދާން ހުރިއްޔާ އަޅުގަނޑު ދާނީ މަންމަ ގޮވައިގެން” ރާކިން އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް މާއިރާ އެއްވެސް ބަހެއް ނުކިޔައެވެ. އޭނާ އެތަނުން ނިކުމެގެން ދިޔައިރު މޫނުމަތި ވަނީ މިލާފައެވެ. މައިމީހާ ހުރި ބިމުގައި ފައި ޖެހުމުންވެސް އޭނާއަށް ހިތްހަމަޖެހުމެއް ނުލިބުނެވެ.

*************************************

ފައިޒަންއާއި އެކުގައި ޔަނާލް ބޭރަށް ނިކުތީ ރޭގަނޑު ދިހައެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. އެދެމީހުންގެ މިސްރާބަކަށްވީ ފުޑްކޯޓުތަކަށް ޒިޔާރަތްކޮށްލުމެވެ. ފައިޒަންގެ އަތުގައި ހިފައިގެން ވަދެގެން ދިޔަ ޔަނާލްގެ ފުރިހަމަކަން މިރޭ އިންތިހާއެވެ. ގިނަ ފަހަރަށް ފައިޒަންއަށް ހުރެވެނީ ޔަނާލްގެ މޫނަށް ބަލަހައްޓައިގެންނެވެ.

“ނަނާއަށް ހެޔޮތަ ޒާކިން އިފްނާމެންގެ މީހަކަށް ފެނުނަސް…” ވަދެގެން ގޮސް މޭޒެއް ކައިރީގައި އިށީންނަމުން ފައިޒަން އަހާލިއެވެ.

“ތެދެއް ބުނަންތަ! މިހާރު އެއްވެސް ބިރެއްނެތް. ރަނގަޅީވެސް ފެނުނިއްޔާ. އެހެންނޫނަސް ދެތިން ދުވަސްތެރޭގަ ހުރިހާ ކަމެއް ނިމޭނެ. އެއްވެސް ހެއްކެއް އެއްކުރާކަށްވެސް ބޭނުމެއްނޫން” ޔަނާލް ވާހަކަދެއްކިއެވެ.

“ހާދަ ކޮންފިޑެންސެއް. ކިހިނެއްވީ؟ ބިރުފަހަނައަޅާ ދިޔައީތަ…؟” މަޖާވެފައި ފައިޒަން އަހާލިއެވެ.

“އަޑުއަހާބަލަ….” ޔަނާލް ފައިޒަންއަށް ރެކޯޑިން އިއްވާލިއެވެ. ފައިޒަންއަށް ވެސް ވީ ޔަނާލަށްވީ ވަރެވެ.

“ހާރޫންބެ މެންނަށް ދައްކައިފިންތަ…؟” ފައިޒަން އަހާލިއެވެ. ޔަނާލް ބޯޖަހާލިއެވެ.

“ބައްޕަ ބުނި މާދަމާ އެގެއަށް ދާނަމޭ މަންމަ ގޮވައިގެން” ޔަނާލް ބުނެލިއެވެ.

“އަދި އިނގޭތަ މާ މަޖާ އެއްޗެއް ދައްކާލަންތަ…؟” މަޖްލީން ފޯނުން ފެނުނު ފޮޓޯ ޔަނާލް ފައިޒަންއަށް ދައްކާލިއެވެ.

“ވަޓް…؟ މީ އަސްލެއްތަ…؟” ފައިޒަން އަހާލިއެވެ. ޔަނާލް ބޯޖަހާލިއެވެ. އޭނާއަށް އެ ރިޕޯޓް ލިބުނުގޮތް ނުބުނީ އެވަގުތު މަޖްލީންގެ ވާހަކަ ދައްކައިގެން ފައިޒަންގެ މޫޑް ހަރާބުކޮށްލަން އޭނާ ބޭނުން ނުވުމުންނެވެ.

ހެހެހެ… މާއިރާ ހާދަ ކުރީގައޭ ދޯ މިއުޅެނީ…” މަޖާވެފައި ފައިޒަން ބުނެލިއެވެ.

“އިނގޭތަ ރާކު އެބައުޅޭ އައިސްގެން ބޭބީ ގޮވައިގެން. ޝިފައްތަވެސް އެބައުޅޭ….” ފައިޒަން ބުނެލިއެވެ. ޔަނާލް އަސަރެއްނެތް ހިނިތުންވުމެއް ދިނެވެ.

“އަސްލު ބުނަންތަ؟ ރާކިންދެކެ އެހާ ރުޅިއެއް ނާދޭ… އޭނަވެސް އެކަންތަކުގައި ބައިވެރިވި. އެކަމަކު އަހަރެންގެ ހިތެއް ނުބުނޭ އޭނަ ގޯހެކޭ… އޭނަ އެރޭގަ ވެސް އަހަރެންނާއި ދިމާލަށް އެއްޗެއް ނުބުނޭ. އިނގިލި ކުރިވެސް ޖައްސާނުލާ. ހުންނަނީ ވަރަށް ދެރަވެފަ” ޔަނާލް ވާހަކަދައްކަމުން ދިޔައެވެ.

“މިއަދު ގެއިން ފެނިގެން މަށަށް ގޮވާލި. އަހަރެން ހޫނއެއް ލައްވާލާފައި ދިޔައީ” ފައިޒަން ބުނެލިއެވެ.

“ޝިފައްތައާއި ބޭބީ ވަރަށް ދެކިލާހިތްވޭ. ފައި މަށަށް އެކަން ކޮށްދީބަލަ. ޝިފައްތައަށް ނޭނގޭނެ އަހަރެން ދުނިޔޭގައި ހުރި ކަމެއްވެސް. އަހަރެން ބޭނުން ޝިފައްތައާއި ބައްދަލުކޮށް ހުރިހާ ވާހަކައެއް ކިޔާދޭން. އަދި އެވެސް ނާއްތަ ބަހައްޓައިގެން” ޔަނާލް ވާހަކަދެއްކިއެވެ. ފައިޒަން ބޯޖަހާލިއެވެ. އަދި ވަރަށް އަވަހަށް ޝިފާއާއި ބައްދަލުކޮށްދޭނެ ކަމުގައި ބުނެލިއެވެ.

***************************************

އެކުވެރިޔަކާއެކު ކޮފީއަކަށް އެރި ޒާކިންއަށް ފައިޒަން ފެނުމުން ހުއްޓުނެވެ. އެކުގައި އިން އަންހެންކުއްޖާއަށް ޒާކިން ބަލާލީ ފާޑަކަށެވެ. ބުރުގާ އަޅާފައި ހުރުމުން އެއީ ޔަނާލްކަން އޭނާއަށް ނަގައިނުގަނެވުނެވެ. ޒާކިން ވިސްނާލިއެވެ. އެ ޔާނާއާއި ފައިޒަން ގުޅުމެއް ނެތީ ހެއްޔެވެ؟ އެހެންވިއްޔާ އެވާނީ މާއިރާއަށް އުފާވެރި ހަބަރަކަށެވެ. ޒާކިން އިށީނީ ފައިޒަންއާއި ކުރިމަތި ވާނެހެންނެވެ. ޔަނާލް އިނީ އޭނާއަށް ފުރަގަސްދީގެންނެވެ. ބިލަށް ފައިސާ ދެއްކުމަށްފަހު ފައިޒަން ޔަނާލްގެ އަތުގައި ހިފައިގެން ދިޔަ ވަގުތު ޔަނާލްގެ މޫނު ބެލުމަށް ޒާކިން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. ކުއްލިއަކަށް ތަނަށް ވަދެގެން އައި ދެތިން ފުލުހުންގެ އޮފިސަރުން ގޮސް ހުއްޓުނީ ޒާކިންއާއި އޭނާގެ އެކުވެރިޔާ މަޑުކޮށްގެން ތިބި މޭޒު ކައިރީގައެވެ. އޭނާ ޒާކިންއާއި އެކުވެރިޔާއަށް ދައްކާލީ ކޯޓު އަމުރެކެވެ. ޒާކިން އޭގައި ހިފާ ބަލާލިއެވެ.

“މީ ބޮޑު އޮޅުވާލުމެއް. އަހަންނަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ މީހެއް ނޫން” ފުލުހުންގެ އޮފިސަރ އަތަށް ކޯޓްއަމުރު ދެމުން ޒާކިން ބުނެލިއެވެ. ގިނަ މީހުންގެ ނަޒަރުތައް ވަނީ އެދިމާލަށް ހުއްޓިފައެވެ.

“ކޯޓު އަމުރުގައިވަނީ ދޮގެއްކަމެއް ތެދެއްކަމެއް އަޅުގަނޑުމެންނަށް ބުނާކަށް ނޭނގޭ. ކްރިމިނަލް ކޯޓުން އަޅުގަނޑުމެންގެ މައްޗަށް އަމުރުކޮށްފައި މިވަނީ ތި ދެމީހުން ހައްޔަރު ކުރުމަށް. އެހެންވީމާ މި އަމުރު ތަންފީޒު ކުރައްވަން އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވާ އަޅުގަނޑުމެންނާއެކު ދުރުވޭ” ފުލުހުންގެ އޮފިސަރ ރިވެތި ބަހުން ވާހަކަދެއްކިއެވެ.

“އަހަރެން ހަމަ މިތާ ކޮފީއެއް ބޯލަން އައިސް ޖައްސާލީ ކަލޭމެންނަށް ހަޖަމެއް ނުކުރެވުނު. މައްސަލައެއްނުތީ. ބަނޑުހައިވަންޏާ ކައެމެންވެސް ކޮފީބޯން އާދޭ. ތިހެން އަދި ގެންދަން އުޅުނަސް އަހަރެން ބިރެއް ނުގަންނާނެ” ޒާކިން ގަދަވިއެވެ. ޤާނޫނީގޮތުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކަކީ ކޮބާކަމާމެދު އޭނާއަށް ވިސްނާ ނުލެވުނެވެ.

“ނުކިޔަމަންތެރިކަން ދައްކަންޏާ އަޅުގަނޑުމެންނަށް ޖެހޭނީ ބާރުގެ ބޭނުންކޮށްގެން ވިޔަސް ގެންދަން” ފުލުހުންގެ އޮފިސަރ ފަހުގެ އިންޒާރު ދިނެވެ. ޒާކިންގެ އެކުވެރިޔާ ސުލްހަވެރިކަމާއެކު ދިޔަސް ޒާކިން ނުދިޔައެވެ. ނުކިޔަމަންތެރިކަން ދައްކަން ފެށުމުން ގަދަކަމުން ޒާކިންގެ ދެއަތް ފުރަގަހަށް ބިޑި އަޅުވައިގެން ގެންދިޔައީ އުފުލާލައިގެންނެވެ. އޭރުވެސް ޒާކިން ދިޔައީ އޭނާއަށް ގޮވުނު އައުގުރާނެއް ގޮވަމުންނެވެ. ބައެއް މީހުންގެ ފޯނުތަކުން އެމަންޒަރުތަކާއި އަޑުތައް ވީޑިޔޯ ކުރަމުން ސޯޝަލް މީޑިޔާތަކަށް އަޕްލޯޑް ކުރަމުން ދިޔައެވެ.

*********************************

ހެނދުނު ސައި ބޯން އިން މާއިރާ ސިހުނީ ދާދި ކައިރީގައި އައިސް ހުއްޓުނު ކުލްޝޫމް ފެނިފައެވެ. މާއިރާ ކުލްޝޫމަށް ބަލާލާފައިވެސް އޭނާ ބޯން އިން ސައި ތައްޓަށް ނަޒަރު ހުއްޓާލިއެވެ. މޭޒު ދޮށުގައި ތިބި އިފްނާއާއި ރާކިން އަދި ޝިފާވެސް ކުލްޝޫމަށް ބަލާލިއެވެ.

“މާއިރާ ހަމަ ލަދެއްވެސް ނުގަނޭތަ…؟” ކުލްޝޫމް އަހާލިއެވެ. އޭނާގެ އަޑުގައި ވަނީ ނުރުހުމެވެ.

“އަނެއްކާ މިހާރު ކޯޗެކޭ ކިޔަން ތިއުޅެނީ…؟” މާއިރާ އަހާލިއެވެ.

“އެއް ފާފައެއް ނުފޮހެވެނީސް އަނެއް ފާފަ. މާތްކަލާކޮ. ހެއްދެވި ފަރާތަށް އެންމެ ފަހަރަކު ނަމަވެސް ބިރުގަނެބަލަ. ފާފައިގެ މައްޗަށް ފާފަ ކުރަމުން ތިދަނީ” ކުލްޝޫމް ވާހަކަދެއްކިއެވެ.

“ކީކޭ ކިޔަން ތިއުޅެނީ…؟ ކުލްޝޫމް ދައްކަން އެއުޅޭ ވާހަކަ މާއިރާއަށް ވިސްނިއްޖެއެވެ. އޭނާ ކަންބޮޑުވީ ރާކިން އިންދާ އެވާހަކަ ދައްކަން އުޅޭތީއެވެ.

“ފިރިހެނުންގެ ތަންމަތި ފަޅުފިލުވަމުން އެންމެ މިޒަމާނުގެ އަންހެން ކުއްޖެއް އުޅޭ ވައްތަރަށް މަގުތައްމަތީގައި ދުވާއިރު ހިތަށްނާރާތަ ތިމަންނަގެ ބޮޑެތިވެފައި ދަރިންތަކެއް އެބަތިއްބޭ… ލަދުން ބޯހަލާކު….” ކުލްޝޫމް އަޑުލައިގަތެވެ. މާއިރާ އެއްކަޅިން ރާކިންއަށް ބަލާލިއެވެ. ރާކިން އިނީ ކުލްޝޫމަށް ބަލަހައްޓައިގެންނެވެ.

“މަންމަ ކީތްކުރީތަ ކުލައްތާ…!” ރާކިން އަހާލިއެވެ.

“ކޮންމެސް އެއްޗެއް ކިޔަންވެގެން އެއުޅެނީ. އެއީ މިހާރު އާދަ އެމީހުންގެ” މާއިރާ ބުނެލިއެވެ.

“ކުލައްތާ….!!! މަންމަ ދައްކާ ވާހަކަ އަޅުގަނޑު ޤަބޫލެއް ނުކުރަން. މަންމަ ކީތްކުރީތަ…؟” ދެވަނަ ފަހަރަށް ރާކިން ސުވާލުކުރިއެވެ.

“އަހަރެން ލަދުވެސްގަނޭ ބުނަން. ރާކިންގެ އެއްބަނޑު ޒާކިންގެ ހަގަށް ކޮއްކޮއަކު މިދުނިޔެއަށް އުފަންކުރަން ތައްޔާރުވަމުން އެދަނީ…” ކުލްޝޫމް ބުނެލިއެވެ. ވަގުތުން ރާކިން އަތުން ހިފައިގެން ހުރި އުލާއި ސަމްސާ ދޫވެ ތަށިތެރެއަށް ވެއްޓުނެވެ. އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ހިނދުކޮޅަކަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ބުނެދޭށޭ ރުހެމޭ 3

Next

ޝަބްނަމް

Next
March 12, 2019

ޝަބްނަމް

Previews
March 12, 2019

ބުނެދޭށޭ ރުހެމޭ 3

24 Comments!

  1. Ushaali says:
    March 12, 2019 at 8:49 am

    salaam all
    🙂 good morning
    mi bai ves huriha kudhinnah kamudhaane kamah heekuran

  2. Yaan says:
    March 12, 2019 at 9:18 am

    Wow v salhi mibayves❤️ Dhen next part up vaane irakah inthizaar kureveny

    1. Ushaali says:
      March 12, 2019 at 9:43 am

      🙂 thankyou so mucj Yaan
      next part liyan fashaigen miulheny

  3. Zer says:
    March 12, 2019 at 9:21 am

    Ushaali mi story furathama 8 parts libeyni kihinehtha. Cox am a big fan of you. Just wanna read from the beginning. Pls tell me how and where can i find it.

    1. Ushaali says:
      March 12, 2019 at 9:44 am

      facebook page eh innaane ‘ushaaly ge vahaka’ jahaafa. e page ga innaane
      thankyou so much Zer

  4. ainth says:
    March 12, 2019 at 9:59 am

    v salaam… morning ? v v v salhi mi part vx …. aneh part vx avahah up kohlahcheyyy… ❤?????

    1. Ushaali says:
      March 13, 2019 at 9:58 am

      🙂 thankyou so much Ainth
      i will try my best to upload next episode asap ingey. keep waiting

  5. yaaanaa says:
    March 12, 2019 at 11:29 am

    varah reethi.. mashah allah.. maairaa mn ge hurihaakameh falhaa aranee dhww.. dhnn inn part avahah up kohdhehche…

  6. yaaanaa says:
    March 12, 2019 at 12:19 pm

    mashah allah.. varah reethi.. ama habeyss.. maairaa mnge hurihaakameh falhaa araneedhww.. waitin for the next part..

  7. Sid says:
    March 12, 2019 at 12:33 pm

    Thanks for uploading this part so soon. And it’s really nice. Hope to get the next part soon. Thanks for giving that much time to make us so happy. I know you also will have other things to do. But I am really glad that you are giving more than enough time to come up with new episodes. ???

    1. Ushaali says:
      March 13, 2019 at 9:56 am

      awwww…. thankyou so much for understanding my situation… konme faharaku mihaaru konme episode eh liyefa mi up kurany. one ah liyaa vahaka ves liyamun + joba ah ves dhamun + geythereyga ves work kuramun. ekamu vr vr happy vehjje comment kiyaalaafa. thankyou so much Sid

  8. Scarlet says:
    March 12, 2019 at 1:26 pm

    Masha Allah v reethi ❤️❤️❤️❤️❤️❤️❤️❤️❤️❤️ Next part avahah up kohdhy ❤️❤️❤️❤️❤️❤️❤️

    1. Ushaali says:
      March 13, 2019 at 9:53 am

      🙂 thankyou so much Scarlet

  9. pewdiepies biggest fan says:
    March 12, 2019 at 5:26 pm

    any want to sub me plz im a kid

    1. Ushaali says:
      March 13, 2019 at 9:52 am

      ???

  10. Adam says:
    March 12, 2019 at 5:40 pm

    why FAIZAN ah enburun eree.. not zakin

    1. Ushaali says:
      March 13, 2019 at 9:52 am

      🙂 mistake rangalhu kollaafa mihaaru innaany

  11. sithu says:
    March 12, 2019 at 7:58 pm

    aslu eyee raakin ge vaahaka. typing mistake eh eyee.. dho usha..

    1. Ushaali says:
      March 13, 2019 at 9:50 am

      yes. typing mistake eh. sorry for that. mihaaru rangalhu kollaafa innaany

  12. yaaanaa says:
    March 12, 2019 at 10:10 pm

    varah reethi.. mashah allah.. aneh part avahah up kohdhehche..

    1. Ushaali says:
      March 13, 2019 at 9:49 am

      🙂 thankyou so much yaaanaa
      i will try ingey

  13. Basheera says:
    March 13, 2019 at 3:00 pm

    When is next part…waiting

  14. Ushaali says:
    March 13, 2019 at 4:00 pm

    🙂 🙂
    will upload next episode of dhinee zahar tomorrow morning. insha allah

  15. Eemaa says:
    March 13, 2019 at 4:21 pm

    35 up vanii konirakunn

Comments are closed.

Next Episodeދިނީޒަހަރު…35←


All Right Reserved!