Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަ

އެ ހަނދާންތައް

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
March 11, 2019 3 Mins Read
24 Comments

އަހަރެންނަކީ ވަރަށް މަޑުމައިތިރި އެހެނަސް މީހުންނާއި ގުޅޭ ހިތްހެޔޮ މީހެކެވެ. މީހަކު ކޮންމެފަދަ އެއްޗެއް އަހަރެންނާއި ދިމާއަށް ބުނިކަމުގައިވި ނަމަވެސް އަހަރެން އެކަމަކަށް އަޅައެއް ނުލަމެވެ. އުމުރުން ހަތް އަހަރުން ފެށިގެން އަހަރެންގެ އެންމެ ގާތް އަދި އެންމެ ލޯބިވާ ދެ އެކުވެރިންނަކީ ޝަހާ އާއި މުނާއެވެ. މުނާ އަކީ ވަރަށް މަޖާ މިޒާޖެއްގެ އަނގަ ގަދަ ކުއްޖެކެވެ. ޝަހާއަކީ ވެސް ހަމަ އެފަދަ މިިޒާޖެއްގެ ކުއްޖެކެވެ. އަހަރެންގެ ހުރިހާ ވާހަކަތަކެއް އެދެ ކުދިންނާ ހިއްސާ ކުރީ ދައްތައެއް ފަދައިންނެވެ. ސަބަބަކީ އެދެކުދިން އަހަރެންނަށްވުރެ މަހުގެ ގޮތުން ބޮޑުވީމައެވެ. އެދެކުދިންވެސް އަހަރެންނަށް ހުރިހާ ވާހަކަތަކެއް ހިއްސާކުރިއެވެ. އެހެންކަމުން އަހަރެން އެދެ ކުދީންނަށް ނުހަނު ބޮޑަށް އިތުބާރު ކުރީމެވެ.

އެދެކުދީންނާ އެކީ އަހަރެން ނުހަނު މަޖާ ކުރީމެވެ. ކުޅިވަރުތަށް ކުޅެ މަޖާ ހަދާ އުޅުނީމެވެ. ރޯދަމަހެއް ވެއްޖެނަމަ ހިނގާލަން ގޮސް ރޯދަ ވީއްލަން ތިން މީހުން އެކީ ކާ އެއްޗެހި ހެދީމެވެ. ގިނަ ދުވަސް ދުވަހު އަހަރެމެން އެންމެން ރޯދަ ވީއްލަނީވެސް އެކުއެކީގައެވެ. ތަރާވީސް ނަމާދު ކުރަންވެސް ދަނީ އެކީގައެވެ. އެއްދުވަހު ޝަހާމެން ގޭގައި ރޯދަވީއްލުން އޮތިއްޔާ އޭގެ އެނެއް ދުވަހު އޮންނާނީ މުނާމެން ގޭގައެވެ.

ރޯދަމަހުގެ އިތުރުން ބޮޑު ބަންދުގައިވެސް އަހަރެމެން އެކި ކަންކަން ކޮށް މަޖާ ކުރީމެވެ. ބާބަކިއު ހަދާ އުޅުނީމެވެ. ޕިއްޒާ ހަދާ ކޭކް ފިހެ އެފަދަ މަޖާ ކަންކަމުގައި އެޅުނީމެވެ. އެއީ އަހަރެމެންގެ އާދައެކެވެ. ކިރިޔާވެސް ބަންދެއް ލިބިއްޖާ މަޖާ ކުރެވޭތޯ އަބަދުވެސް ބެލީމެވެ. އަދި މާޒީ ހަނދާންކުރަން ރޭގަނޑު ވަރަށް ލަސް ވާންދެން ތިބެމެވެ. މާޒީ ހަނދާން ކުރުމުގައި އަހަރެމެން ތިން މީހުން އެކީ ކޮށްފައި ހުރި މަޖާ ކަންތައްތަކަށް ހީ ހަދައި އުޅުނީމެވެ. ގިނަ ރޭރޭ ގެއަށްވެސް ތިން މީހުން ދަނީ ދިހައެއް ޖަހާ ބޮޑު ވާ ފަހުންނެވެ. ބަލާލާ ކޮންމެ މީހަކުވެސް ބުނާނީ އަހަރެމެން ދުވަހަކުވެސް ވަކި ނުވާނެ ވާހަކައެވެ. އަހަރެެންމެން ތިން މީހުންވެސް ތިބީ ހަމަ އެއަޒުމުގައިއެވެ.

އަހަރެމެންނަކީ ހިނގާލަން ދިޔަ ކަމުގައިވި ނަމަވެސް އެއްވައްތަރު ހެދުން ލައިގެން އެވައްތަރު ޝޯލް އަޅައިގެން ދާ ބަޔަކީމެވެ. ގިނަ ފަހަރު މީހުންވެސް އެކަމާމެދު އެކި ވާހަކަ ދައްކައެވެ. ނަމަވެސް އަހަރެމެން އެކަމަކަށް އަޅައެއް ނުލަމެވެ. އަހަރެމެން އަބަދުވެސް އަހަރެމެންގެ އެކުވެރިކަން މުޅި އުމުރަށް ދެމެހެއްޓޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ތަގުދީރުގައި ލިޔެވިފައިވާ އެއްޗެއް އެކަކަށްވެސް ނޭނގޭނެ ނޫން ހެއްޔެވެ؟

އަހަރެންގެ އެކުވެރިއެއްގެ އުފަންދުވަސް އަޔަސް އަހަރެންނަށް ހީވަނީ ދެޢީދު އެއްފަހަރާ އައި ހެންނެވެ. އެއެކުވެރިއެއް އުފާކޮށްލަ ދެވޭތޯ އަހަރެން ބެލީމެވެ.  އެގޮތުން އެ އެކުވެރިއަކަށް ދޭނެ ހަދިޔާއެއް ގަނެ ކޭކް އަޅާ ހެދީމެވެ. އެންމެ މަޖާ ކަމަކަށް އަހަރެމެން ކުރާ ކަމަކީ ބޮލަށް ބިސްޖެހުމެވެ. މިކަމުގައި އެންމެ ކުރީ ސަފުގައި އުޅުނީ އަހަރެންނެވެ. ޝަހާ ނޫނީ މުނާގެ އުފަން ދުވަސް އައުމުން އަހަރެން އެދެމީހުންގެ ބޮލަށް ބިސްޖަހަން ހުންނަނީ ތައްޔާރަށެވެ. ޝަހާގެ އުފަން ދުވަސް ވެއްޖާ މުނާވެސް މިކަމުގައި ވަރަށް ފޯރި ވެލައިފައި އުޅޭނެއެވެ. އަދި މުނާގެ އުފަންދުވަސް ވެއްޖާ ޝަހާވެސް ވަރަށް އެކަމުގައި ވަރު ހުންނާނެއެވެ. އަދި ހަމައެފަދައިން އަހަރެންގެ އުފަންދުވަސް އައުމުން ވެސް އެދެ އެކުވެރިން ވަރަށް މަޖާ ނަގާފައި އަހަރެންގެ ބޮލަށް ބިސްޖަހައި ހަދިޔާދީ ހެދިއެވެ. މިއީ އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެން ނުދާނޭ ހަނދާންތަކެކެވެ.

ފުަރަތަމަ ޓާމް ނޫނީ ދެވަނަ ޓާމް ޓެސްޓް އައުމުންވެސް އަހަރެމެން ތިން މީހުން އެކުއެކީގައި އެކަކު އަނެކަކަށް ނޭނގޭ އެއްޗެހި ބުނެދީ ހެދީމެވެ. ޓެސްޓް ދުވަސްކޮޅުވެސް އަހަރެމެން ޓެސްޓަށް ތައްޔާރުވީ އެކީގައެވެ. އެގޮތުން ފޮތް ދަސްކުރަން ކޮންމެވެސް އެއް ގެޔަކަށް ގޮސް މުޅި ރޭގަނޑު ފޮތް ދަސްކުރުމުގައި ހޭދަކުރީމެވެ. އެގޮތުން އަހަރެމެންގެ ނަތީޖާވެސް ނުހަނު ރަނގަޅެވެ. އަދި ނޭނގޭ ފިލާވަޅެއް އޮތް ކަމުގައި ވިނަމަވެސް އަހަރެމެން  އެފިލާވަޅެއް ނިންމަނީވެސް އެކީގައެވެ. އެކަކު އަނެއްކަކާ މަޝްވަރާކޮށްގެންނެވެ.

ކޮންމެ ދުވަހެއްގެ ހަވީރު އަހަރެމެން އެންމެން އެއްތަނަކަށް އެއްވަމެވެ. އެއީ މަޖާ ވާހަަކަތައް ދެއްކުމަށެވެ. ގިނަ ފަހަރު ވާހަކައިގައިޖެހިގެން ހިނގާލަންވެސް ދަމެވެ. އެކިއެކި ވާހަކަތަކުގައި ޖެހި ރަށް ވަށާއި ބުރު ޖެހުނަސް އަހަރެމެންނަކަށް ނޭނގެއެވެ. ރަށަކީ ކުޑަރަށަކަށް ވުމުން އެއްގަޑިއިރު ތެރޭ ބުރެއް ޖަހާލެވެއެވެ. ރޯދަމަހުގެ ކޮންމެ ދުވަހަކުމެ އަހަރެމެން މިކަން ކޮށް އުޅެމެވެ. އަދި  ތޮށިގަނޑަށް އަރައި އެތާ މަތީގައި މަޖާކޮށް ހަދަމެވެ.

އަހަރެމެން ތިން މީހުން ދުވަހަކުވެސް މީހަކާ ރައްޓެއްސެއްނުވަމެވެ. އެއީ އަހަރެމެން ތިން މީހުންވެސް ބޭނުންވާގޮތެވެ. ބިޓުން ނަގައި ފިރިހެން ކުދިންނާއި ވާހަކަދެއްކުމަކީ އަހަރެމެން ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. އަބަދުވެސް އިސްލާމްދީނާއި އެއްގޮތަށް އުޅެވޭތޯ ބެލީމެވެ. އަހަރެން ދުވަހަކުވެސް އެދެމީހުންނަށް ނުބައި ނަސޭހަތެއް ނުދެމެވެ. އަދި ނުވެސް ދޭނަމެވެ. އަދި އެދެމީހުންވެސް އަހަރެންނަކަށް ނުބައި ނަސޭހަތެއް ނުދެއެވެ. އަހަރެން އަބަދުވެސް އެދެމީހުންނަށް ހެޔޮގޮތް ވުމަށް އެދެމެވެ. ދުވަހަކުވެސް ދެރަގޮތެއްވާކަށް ނޭދެމެވެ. ނަމަވެސް ބައެއްމީހުން ބުނާތީ އަޑުއަހަމެވެ. ”ކަމެއް ވާ ދުވަހަކު ތިޔަ އެކުވެރިން ތަކެއް ނުތިބޭނެއެވެ. އަދި ގިނަ ފަހަރަށް ލަނޑު ދޭނީވެސް އެންމެ ކައިރީގައި އުޅޭ ރައްޓެހިންނެވެ.” މިދެ ވާހަކަ އަހަރެމެން ދޮގުކުރީމެވެ. ސަބަބަކީ އަހަރެމެންގެ ދޭތެރޭގައި އެކަހަލަ ކަމެއް ނުހިނގާތީއެވެ. ޝަހާނޫނީ މުނާއަށް ކަމެއްވެއްޖާ އަހަރެން އަބަދުވެސް އެދެމީހުން ކައިރީވަމެވެ. އަދި އަހަރެންނަށް ކަމެއްވި ކަމުގައިވިނަމަވެސް އެދެމީހުން އަހަރެން ކައިރީ ވެއެވެ. އަދި ދުވަހަކުވެސް އެކަކު އަނެކަކަށް ލަނޑެއް ދީފައެއް ނޯންނާނެއެވެ. ނަމަވެސް މިކަންތައްތައް ބަދަލުވެގެންދާނީ ކޮން ދުވަހަކު ކަމެއް ކިހިނެއް ކަމެއް އިނގޭނީ ފަހެ ކާކަށް ހެއްޔެވެ.

މިކަންތައްތައް ބިމުގައި ފަސްލެވި ފޮރުވިގެން ދިޔައީ އަހަރެންގެ ގެއަށް ކުއްޖަކު އައުމުންނެވެ. އެކުއްޖާ އައި ފަހުން ޝަހާއާއި މުނާ އަހަރެންނާ އެއްކޮށް ގުޅުން ކަނޑާލިއެވެ. އެދެމީހުން އަހަރެންނާއި މެދު ހަސަދަވެރިވީއެވެ. އެއީ އަހަރެންނާއި އެއް އުމުރެއްގެ ކުއްޖެއް އަހަރެންގެ ގެއަށް އައުމުންނެވެ. މަގަކުން އަހަރެން ފެނުނަސް ދައްނަކަމަށް ހަދާ ނުލާ ޝަހާއާއި މުނާ ދެއެވެ. އަހަރެމެންގެ އެކުވެރިކަމުގެ ވާފަށް ކެނޑިގެން ދިޔައީ އެހިސާބުންނެވެ. މީ އަހަރެން ދުވަހަކުވެސް ވާން ބޭނުންނުވާ ކަމެކެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ. އެކަން މާޒީވެ ދިޔައީއެވެ. ބިމުގައި ފަސްލެވި ފޮރުވިއްޖެއެވެ. އެދުވަސްތަށް އަނބުރާ ގެންނަން އަހަރެން ނުހަނު ބޭނުމެވެ. ނަމަވެސް އެދުވަސްތަށް އަނބުރާ ދެނެއް ނުގެނެވޭނެއެވެ.

އެދެ މީހުން އަހަރެންނަށް ލަނޑެއް ނުދިން ކަމުގައިވި ނަމަވެސް އެދެމީހުން އަހަރެންނާއި ރުޅިވުމަކީ އަހަރެންނަށް އައި އެންމެ ހިތާމަވެރި އެއްކަމެވެ. ފުރާނަ ފަދައިން ލޯބިވި ދެއެކުވެރިން ވަކިވެގެން ދިޔުން އެއީ އަހަރެންނަށް މުޅި ހަޔާތުގައިވެސް ދިމާވި އެންމެ ހިތްދަތި އެއްކަމެވެ. އަހަރެން އަބަދުވެސް އެދެމީހުންނާ އެކީ ވާން ބޭނުމެވެ. ދުވަހަކުވެސް ވަކިވާކަށް ބޭނުމެއް ނޫނެވެ. އަހަރެމެން ތިން މީހުން އެކީ ކޮށްފައި ހުރި މަޖާ ކަންތައްތަކަކީ ދުވަހަކުވެސް އަހަރެންގެ ހަނދާނުން ފޮހެވިގެން ނުދާނޭ ހަނދާންތަކެވެ. އެހަނދާންތައް އަބަދުވެސް އަހަރެންގެ ހަނދާނުގައި ދެމި ހުންނާނެއެވެ.

~ ނިމުނީ ~

 

 

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އެ ސިއްރު… 1

Next

ހާސާ

Next
March 12, 2019

ހާސާ

Previews
March 11, 2019

އެ ސިއްރު… 1

24 Comments!

  1. jiji says:
    March 12, 2019 at 2:40 pm

    Keep it up mariyambu…the stry eh really awsm…Mariyanbu ge long stry eh dhn kiyaalan libeyny kon irakun sis???????❤???..

    1. mariyanbu says:
      March 14, 2019 at 9:49 am

      aww… thanks jiji.. 🙂

  2. strange girl says:
    March 12, 2019 at 8:55 pm

    story..varah nice but kn kujjeh tha emyhunge life ah vany, and what did he or she do even ??? this story is unfinished

  3. Anonymous says:
    March 13, 2019 at 11:36 am

    ?Real one

    1. mariyanbu says:
      March 13, 2019 at 1:14 pm

      yeah.. this is a real story.. 🙂

    2. mariyanbu says:
      March 20, 2019 at 1:17 pm

      but amihla hiyaalah liyefa..

  4. juma says:
    March 14, 2019 at 10:11 am

    nice story, rangalhu ibratheh libunu

    1. mariyanbu says:
      March 14, 2019 at 10:22 am

      thanks juma.. 🙂

  5. އޭނަ says:
    March 17, 2019 at 8:23 pm

    NICE STORY. EMEEHUNA HEYO VIANUN DHEVVASHI

    1. mariyanbu says:
      March 20, 2019 at 1:18 pm

      thanks އޭނާ… 🙂

  6. Thoo says:
    March 23, 2019 at 12:06 pm

    Nice

    1. ?Nafu? says:
      June 9, 2019 at 2:37 pm

      Thanks thoo

  7. Xaaa says:
    April 15, 2019 at 12:13 pm

    Ooow…. Wow…. Varah reethi vaahakaeh…. Well done mariyanbu…… Keep up the good work and write more stories……??????????????????

    1. ?Nafu? says:
      June 19, 2019 at 11:04 pm

      thanks xaa… yeah insha allah will try

  8. Ripler says:
    June 19, 2019 at 8:47 pm

    So nice story

    1. ?Nafu? says:
      June 19, 2019 at 11:05 pm

      thanks ripler

  9. Cutieee_girl says:
    July 16, 2019 at 12:37 pm

    Varah reethi vaahaka eh ?? keep it up

    1. ?Nafu? says:
      July 24, 2019 at 5:49 pm

      🙂 🙂 🙂 thank u so much dear.. 🙂 🙂 🙂

  10. Butterfly says:
    August 9, 2019 at 11:53 pm

    SALHI

    1. ?Nafu? says:
      August 12, 2019 at 7:32 pm

      thanks dear..

  11. Unknown says:
    August 13, 2019 at 8:43 pm

    Vrh salhi

    1. ?Nafu? says:
      August 15, 2019 at 3:43 pm

      Thank u soo much..?????

  12. Unknown says:
    October 23, 2019 at 8:38 am

    Varah Reethi vaahaka eh!!

    1. ?Nafu✨ says:
      December 26, 2019 at 8:08 pm

      thanks dear

Comments are closed.



All Right Reserved!