މިއަދަކީ ޚާއްސަ ދުވަހަކެވެ. އަހުރެންނަށް އައު އަހަރެއް ފުރުުުނު ދުވަހެކެވެ. ސައުވީހެވެ. އުފަައުވެރިކަމަކާ އެކު ގެނުވަނީ ނުތަނަވަސް ކަމެކެވެ. ހަޔާތުގެ ރާސްތާއާ މެދު އެވެ. މަގެއް ކަށަވަރުވެފައި ނުވާތީ އެވެ. އަހަރެންނަކީ ފޭރޭ މީހަކުފަދަ އެވެ. އިތުބާރެއް ނެތް މީހެކެވެ. މަގުމަތިތަކުގައި ހިނގަމުންދާ އިރު ހައިރާންކަން ދެއްކުވުންތަކުގަ އެވެ. ނުކުޅެދޭ ދުށުންވެރިކަމެކެވެ. ލޯތަކުގައި ބީރައްޓެހިކަމެވެ. ބަސްތަކެއް ލޮލުގެ ވައްކަޅިތަކުން ބޭރުވެތެވެ. އަޑެއް ނުނިކުމެވެއެވެ. ނަމަވެސް ކަންފަތުގެ ތޫރިގަައި އެ ހިއްސުތައް ފަރިކުރުވަ އެވެ. އިޝާރާތްތައް ވާހަކަދައްކުވައެވެ. އަދި […]
35 ވަނަ ބައިގެ ތެރެއިން… “ވައްތަރީއެއްނޫން. އެއީ ޔަނާލް. އިނގޭތަ އަހަރެން މިއައީ ކާކާ ބައްދަލުކޮށްފަކަން. ޔަނާލާ. ޔަނާލް އަހަރެންނަށް ހުރިހާ ޙަޤީޤަތެއް ކިޔާދީފި” ޝިފާ ކޮޅަށް ތެދުވިއެވެ. އޭނާ ވާހަކަދައްކަމުން ދިޔައިރު ރާކިން އިނީ ޝޮކެއްގައެވެ. އޭނާގެ ހިޔަލީ ލޯގަނޑަށް ކަނޑުގެ ލޮނުތަކުގެ ތެރޭގައި ޔަނާލް ތެޅިފޮޅެމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ. އެހީއަށް އެދި ޔަނާލް ލަވަމުން ދިޔަ ހަޅޭ ވެސް ކަންފަތުގައި ގުގުމަމުން ދިޔަހެން ހީވިއެވެ. ***************************************** “ޔަނާލޭ.. އެހެން ކިހިނެއްވާނީ… ޔަނާލް […]
“ގާރލް… ޔޫ ވިލް ޑެފިނެޓްލީ ޕޭ ފޯ ދިސް…” ހައިޒަލް އެހެން ކިޔާލިއިރު އެ ތުންފަތްމަތީގައިވީ އެންމެ ރީތި ހިނިތުންވުމެވެ. އެއްއަތުގެ އިނގިލިތަށް އެ ރީތި ތުންފަތުގައި ޖައްސާލިއިރު އެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. އެއާއިއެކު އެ މަޑު މުށިކުލައިގެ ލޮލުން ފެނިލީ ނުސިޔާނުކަމެވެ. ގޮތްދޫނުކުރުމާއި ހާސިލްކުރަން ބޭނުން ކޮންމެ ކަމެއް ހާސިލްކުރާނެކަމުގެ އަސަރުތަކެކެވެ. ********************** ބްލޫސް ކޮމްޕެނީގެ އެންޓްރެސް ކުރިމަތީ ހުއްޓިލި ނައިނާ ކުރިމަތިން ފެންނަމުންދިޔަ ފަނަރަ ބުރީގެ އިމާރާތަށް ބަލާލަމުން ފުން ނޭވާއެއް […]
” ހެލޯ… އައިމް ޒިޔަލް… މިހޮސްޕިޓަލަށް އަލަށް ޖޮއިން ކުރި ޑޮކްޓަރެއް… ޑޮކްޓަރ އަހުމަދު ޒިޔަލް ސައީދު… ” ޒިޔަލް އޭނަގެ ފިރިހެންވަންތަ ހިނިތުންވުން ހަދިޔާކުރަމުން މިންހާއަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. ” މިންހާ… ޑޮކްޓަރ އައިޝަތު މިންހާ އަޝްރަފް… ކިހިނެއް އަހަރެންގެ ނަން އިނގުނީ… ކުރިން ނަން ބުނެވުނު ހަނދާނެއްނުވޭ… ” މިންހާ ޒިޔަލްގެ އަތުގައި ހިފާކަށް ނޫޅުނެވެ. އޭނާ ޒިޔަލްގެ މޫނަށް ބަލަހައްޓާއިގެން ހުރެ އެހެން ބުނެލިއެވެ. މިންހާ އޭނަގެ އަތުގައި ނުހިފުމުން ޒިޔަލް […]
” މިހާރު ނިކަން ހަމަޖެހިލައިގެން ތިބެގެން ދޮންތަބެ ބުނީމައި ފަހަރަކު މީހަކު ވީގޮތް ކިޔައިދޭނީ! އެނގޭ! ދެން އެކަކުވެސް ނުވާނެ އަނެކަކު ވާހަކަ ދައްކާއިރު އެއްވެސް ވާހަކައެއް އޭގެ ތެރެއިން ފައްޓައިގެނެއް! އެންމެނަށްވެސް ވާހަކަދައްކަން ފުރުސަތު ލިބޭނެ! އެހެންވީމައި އެންމެ ފުރަތަމަ އިޝްކޮ ކިޔައިދީ ކަން ހިނގިގޮތެއް! މިތިބަ ދެ ފިރިހެނުންނާއިމެދު ތި ކުރެވޭ ޝައްކެއް ކުރެވޭ ސަބަބަކާއި ވެސް އެކު!” އިޒާން ހަގީގަތުގައި އިނީ މާ ސީރިއަސް ވެގެނެއް ނޫނެވެ. އޭނާ އައިސް ގެއަށް ވަނީ […]
ރޭގަނޑުގެ ވަގުތެވެ.ދުރުދުރަށް ދާންދެން ބަގީޗާގައި ދިއްލާފައިވާ ބޮކިތަކުގެ ރީތި އަލިން ބަގީޗާ އަލިކޮށްލައިފައިވާއިރު ވަރަށް ފުރިހަމައެވެ.ޖެހެމުން ދިޔަ ފިނި ވައިރޯޅިއާއިއެކު ފަތްތައް ދެފަރާތަށް ހެލެމުން ދިޔަ ވަގުތުގައި އިވެމުން ދިޔަ ރީތި މިއުޒިކީ ރާގުން ހިތްތައް ފިނިކޮށްދެއެވެ.އަދި ގޭގެ ދޮރާ ކައިރީގައި ދިއްލާފައިވާ ވާމް ވައިޓް ފެއަރީ ލައިޓްސް ތަކުގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.7 އަހަރުގެ ޒާއިފް ބަގީޗާއަށް ނުކުތީ ޒާއިފްގެ މަންމައާއި ބައްޕަ ކަމަކާއި ދެބަސްވެ ޒުވާބުކުރަން ފެށުމުންނެވެ.އެއީ އަބަދުގެވެސް ހާލަތެވެ.ބަގީޗާގެ އެ […]
ދުވެފައި ކަހަލަގޮތަކަށް ކްލިނިކް ތެރެއަށްވަދެގެން އައި މަޔާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ނައިނާ ފެނިފައެވެ. “ޔާން…” ޝަލީން ތެދުވެގެން ގޮސް ހުއްޓުނީ މަޔާންއާއި ދާދި ގާތުގައެވެ. މަޔާން ކަޅުކުލައިގެ ކޯޓްއާއި ފަޔަށްފިޓް ފަޓްލޫނުގައި ހުރިއިރު މޫނުމަތީވި ތާޒާކަމުންވެސް މަޔާން އައީ އޮފީހަށް ދިޔުމަށް ތައްޔާރުވެގެންކަން ޝަލީންއަށް އިނގުނެވެ. ޝަލީން ހެނދުނު ކްލިނިކްގައި މަސައްކަތްކުރާ ދުވަސްދުވަހު މަޔާން ވަޒީފާއަށް ދިޔުމުގެ ކުރިން ޝަލީންގެ ގާތަށް އައުމަކީ އާދައެކެވެ. ޝަލީންގެ މޫނު ދެކިލައިފައި ދިޔުމުން މަޔާންގެ މުޅި ދުވަސް ފުރިހަމަވެގެންދާހެން […]
ސިޓިންގ ރޫމުގެ ސޯފާގައި އިން ލީނާ ކެތްތެރިކަމާ އެކީ އިންތިޒާރު ކުރަމުންދިޔައީ އޭނަގެ ފިރިމީހާއާއި ދަރިފުޅު އަންނާނެ އިރަކަށެވެ. އޭނަގެ އިންތިޒާރުގެ ނިމުންއައީ ދޮރުގެ ރަގަބީލުގެ އަޑުންނެވެ. ލީނާ އިފްރާއަށް ގޮވައިލާފައި ހިގައިގަތީ ގޭގެ ދޮރާދިމާއަށެވެ. ދޮރު ހުޅުވާލުމާއެކީ އެ މޫނުގައިވި ހިނިތުންވުން ފަޑުވެ ހައިރާންކަމުގެ އަސަރުތަކުން އެ މޫނުވަށައިލައިފިއެވެ. މީހަކު ފެންނަންނެތް ނަމަވެސް ދޮރުކައިރީ ހުރި ފޮށިތައް ހެކިވަނީ އެތަނަށް މީހަކު އައިކަމަށެވެ. ނޫނީ މީހަކު ޖެއްސުމެއް ކުރީބާއެވެ؟. އެކަމަކު އެކަންކުރާނީ ކާކު ހެއްޔެވެ؟ ގަޑުވެފައިހުރި […]
ޔުއާން ދިއުމުން ސަނާ ގެއަށް ވަނުމުގެ ބަދަލުގައި ހިނގައިގަތީ އެއްވެސް މިސްރާބެއް ނެތިއެވެ.ފަނަރަ ވަރަށް މިނެޓް އަށް ހިނގުނުތަނާ ސަނާއަށް ހުއްޓެން މަޖްބޫރުވީ ކުރިމަތިން ފެނުނު މަންޒަރެވެ. އަލޫކް އަންހެން ކުއްޖެއްގައިގަ ބައްދައިގެން ހުރިތަން ފެނި ސަނާއަށް ހީވީ އޭނަގެ ހިތަށް މީހަކު ހޫނު ފެން އެއްޗެއް އޮއްސާލިހެނެވެ.ސަނާއަށް އެތާނުހުރެވޭނެކަން ޔަގީންވުމުން އަނބުރާލާފަ އައިކޮޅަށް ދިޔައެވެ. “ވަރަށް ބަލިވެފަ ހުރީ އެހެންވެ ނައީ ހަވީރު”އަލޫކް ކިއާރާއާދުރުވެލަމުން ބުނެލިއެވެ.”އެހެންތަ ކިއާހީކުރީ ސަނާއަށް ފިލަން ދުވާނީކަމަށް މިއަދު” ކިއާރާ ހީލަމުން […]