މިންހާގެ ރީތި ސޫރަ ފެނުމާއެކު އިއާންގެ ހިތުގައިވި ޖަޒުބާތުތައް އުތުރި އަރަން ފެށިއެވެ. އެހިތް އުފަލުން ނަށަންފެށިއެވެ. އެވަގުތުކޮޅަށް ނިމުމެއް ނާންނާނެ ނަމައޭ އިއާންގެ ހިތަށް އެރިއެވެ. އަބަދުވެސް އެހިތްގައިމު ސޫރައަށް ބަލަން ހުރެވޭނެ ނަމައޭ އިއާންގެ ހިތަށް އެރިއެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކުގެ މޫނަށް އެޅެމުން ދިޔައިރު ދެހިތުގެ ތެޅުންވެސް ދިޔައީ އަވަސްވަމުންނެވެ. އެކަކު އަނެކަކާ ދުރުވާން ނެގިފާ ދެމީހުންވެސް ތިބީ ހުއްޓުންއަރާފައެވެ. ދެމީހުންގެ ލޮލާއި ލޯ ބައްދަލުވެފައިވުމުން އެކަކަށްވެސް ނަޒަރު ވަކިކޮށެއްނުލެވުނެވެ. ހީވަނީ […]
32 ވަނަބައިގެ ތެރެއިން…. “ނަނާ އޭނައަށް ރަނގަޅުގޮތަށް ކަންތައް ކުރާއިރު ކީއްވެ މާއިރާއާއި އޭނަގެ ދަރިންނަށް ދެވަނަ ފުރުޞަތެއް ނުދޭންވީ. ކީއްވެ؟ ބުނެބަލަ؟ މީހަކު މަރާލަން ކަރުގައި ވަޅި ޖެއްސި މީހާއާއި އެކަމަށް ހިތްވަރުދޭ މީހާއަކީ ﷲ ގެ ހަޟްރަތުގައި ހަމަހަމ ވެގެންވާ ދެމީހުން. ދެން ކީއްވެ އެ އަންހެންކުއްޖާ ސަލާމަތްކުރަން ތިއުޅެނީ؟ ކީއްވެ އޭނައަށް ތިގެއިން ޖާގަދިނީ. މަށަށް މިހާރު ވިސްނިއްޖެ. ނަނާ ޑްރާމާ ޖައްސަނީކަން. ޙަޤީޤަތުގައި ނަނާގެ ހިތުގައި ދާންއަށްޓަކައި ލޯތްބެއްނެތް. އެހެންނަމަ ދާންގެ […]
ބަންގީގެ މަތިވެރި ކަލިމަތަކުގެ އަޑާއެކު އެންމެން އަވަސްވެގަތީ ނަމާދާށް އެރުމަށެވެ. ތިން ފިރިހެނުން މިސްކިތާއި ދިމާލަށް މިސްރާބު ޖެހިއިރު އަންހެންވެރިން އެއްވީ އަލީޒާގެ ކޮޓަރިއަށެވެ. ހުރިހާ ނަމާދެއްވެސް އޭގެ ވަގުތަށް ޖަމާޢަތުގައި ކުރުމަކީ އެގޭ އެންމެންގެ ކަށީގައިވެސް ހިފައިފައިވާ ވަރަށްް މަތިވެރި އާދާއެކެވެ. ނަމާދުން ފައިބާ އަވަދިވެގެން އަންހެންވެރިން ނުކުތްއިރު ފިރިހެންވެރިން އައިސް ސޯފާގައި އޮލަ ވާހާކައިގައި ތިއްބެވެ. އެންމެން އެކުގައި ކާގެއާއި ދިމާލަށް މިސްރާބު ޖެހިއިރު ދުވި މީރު ވަހުންވެސް ބަނޑުފުރިދާހާވިއެވެ. އެއްފަހަރާ 8 މީހުނަށް […]
ވަށާއިގެންވި މާހައުލަށް މާބޮޑު ސަމާލުކަމެެއް ނުދީ އެޒުވާނާ އެއާޕޯޓުން ނިކުތެވެ. އެއާޕޯޓުން ނިކުމެ މަގުގެ އެއްފަރާތުގައި މަޑުކޮށްލީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ. މާގިނައިރެއްނުވަނީސް ކަޅު ކުލައިގެ ޕްރައިވެޓް ކާރެއް އައިސް މަޑުކޮށްލިއެވެ. ”އާން… ވެލްކަމް ބެކް ބްރޯ…” އަވަސް އަވަހަށް ކާރުން ފޭބި ނާއިލް އިއާން ފެނުމާއެކު ބުނެލިއެވެ. އަދި އަވަސް ފިޔަވަޅުތަކެެއްގައި ގޮސް އަތާއި އަތް ޖޯޑުކޮށް އެންމެ ގާތް އެކުވެރިޔާ އާއި ސަލާމްކުރިއެވެ. އޭރު ދެމީހުންގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. ” […]
31 ވަނަބައިގެ ތެރެއިން… “ތިއެއްނޫނޭ. އާދެބަލަ އެއްޗެއް ދައްކާލަން މިއައީ…” ޔަނާލް އަތުގައި ހިފައިގެން ހުރެ ފައިޒަން ހިނގައިގަތެވެ “ވަޓްސް ރޯންގް؟” ފައިޒަން ލެޕް ހުޅުވާލުމުން ޔަނާލް އަހާލިއެވެ. “ބަލާބަލަ” އަޅުވާފައި އިން ވީޑިއޯ ކްލިޕެއް ޕްލޭކޮށްލުމަށްފަހު ޔަނާލާއި ދިމާލަށް ލެޕް އަނބުރާލިއެވެ. ފެންނަމުން ދިޔަ މަންޒަރެއްގެ ސަބަބުން ޔަނާލަށް އަނގަމަތީގައި އަތް އެޅުނެވެ. އޭނާގެ މޫނުމަތީގައި ހައިރާންކަމުގެ ކުލަވަރު ވަށާލިއެވެ. ************************************ ވާނީވެސް އެހެންތާއެވެ. މާއިރާ ޒުވާން ފިރިހެނަކު ގޮވައިގެން އެތައް ރެއަކު ކޮޓަރިއަށް ވަންނަ […]
ފައިޒަންއާއި އެކުގައި ކާރުގައި އިން ޔަނާލްގެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ. ފަހަތުގައި ކުލްޝޫމްވެސް އިނެވެ. ދާ ވަކިތަނެއް ނުބުނެ ފައިޒަންއާއި ކުލްޝޫމް އޭނާ ގޮވައިގެން ކާރުގައި ހެންވޭރާއި ދިމާލަށް ދަތުރުކުރާތާ ފަސްވަރަކަށް މިނިޓް ވެދާނެއެވެ. “ކޮންތާކަށްތަ މިދަނީ…” އެންމެފަހުން ނީނދެވިގެން ޔަނާލް އަހާލިއެވެ. “ވެއިޓް…. ދެން ނުވާނެ ގިނައިރެއް…” ފައިޒަން ޖަވާބުދިނެވެ. “އަޅެ މަންމައަށްވެސް ނޭނގޭތަ މިދާ ތަނެއް…” ޔަނާލަށް ނީނދެވުނެވެ. “ނަނާ……!!! ހާދަ ކެތްތެރިކަން ކުޑައޭދޯ…” ފައިޒަން ބުނެލިއެވެ. ޔަނާލް ހިމޭނުން އިނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި […]
“ބައްޕާ، ބައްޕާ” ނަބާ ހާސްވެ ހުރެ ޒާހިދުގެ މޫނުގައި ޖަހާލަމުން ގޮވާލިއެވެ. ނަސީބު ރަނގަޅުކަމުން ތިންވަނަ ފަހަރު ގޮވާލުމާ އެކީ ޒާހިދު ލޯހުޅުވާލިއެވެ. ޒާހިދު ކުޑަކޮށް ތެދުވެލިއެވެ. ހަމައެވަގުތު ޒާހިދުގެ ބަނޑުގައި އޮތް އެތި ފެނި ޒާހިދު އަދި ނަބާއަށް އެކަކު އަނެއްކަކަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. ******* “މި ކޯއްޗެއް؟” ބަނޑުގައި އޮތް ސީޑީ ނަގަމުން ޒާހިދު ބުނެލިއެެވެ. “ތިއެއް ނޫން. ބައްޕަ މިތާ ކިހިނެއް. ކިހިނެއްވީ” ހާސްކަމާއެކީ ނަބާ އަހާލިއެވެ. މިހެން ބުނުމާއެކީ ޒާހިދު އަމިއްލަ […]
އުންމީދަކީ ގެނުވާ ބަދުނަސީބެކެވެ. ދެ މަލެއް އެކުވެ ފޮޅުވި މައު އަތްދަށުން ކެހިގަނތްފި އެވެ. މޫސުން ޚަބަރެއް ފައުޅުކުރުވި ފަދަ އެވެ. ޚިޔާލާތުތަކާއި މުސްތަޤުބަލުތަކާމެދު އެވެ. ނަމަވެސް ހިއްސުތައް މައުޖޫދުވެރިއެއް ނޫނެވެ. ކުރިމަގުގެ ތަޞައްވުރުތަކަކީ ވެސް ޢާލަމެކެވެ. އޭގައި ވަނީ ފޮނިކަމެވެ. ވިސްނުމުގެ ތަނަވަސްކަމުގައި ޝަރީކުކުރެވެދެއެވެ. ހުރިހާ ކަމެއް ފުރިހަމަވެފައިވާ ކަމަށް ދުށުމެވެ. ހާލަތެއްގައި ދެ ފަރާތެއް ނެތުމެވެ. ކުށަކީ އިޚުތިޔާރުގައި އޮންނަ ކަމަކަށް ވުމެވެ. އަދި އެ ކަމެއް އިސްލާޙުކޮށް ނަފުސު ޖުރުމުވެރިކުރުވެދިނުމުން ބަރީއަވެގަތުމެވެ. ތަޤުދީރަކީ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންނަކީ ދަރިން ލިބުމުން މަޙްރޫމް ވެފައިވާ މީހަކީމެވެ. އިންސާނަކަށް ލިބޭނެ އެންމެބޮޑެ އެއްނިޢުމަތުން މަޙްރޫމް ވުމުގައއި އަހަރެންގެ ވަރަށް ބޮޑު ކުށެއްވާ ކަމުގައި އަހަރެންނަސް އިޙްސާސް ކުރެވެނީ ކީއްވެގެން ކަމެއް ނޭގެއެވެ. އެއީ ދާއިމީގޮތެއގައި ކުދިން ލިބުމުން މަޙްރޫމް ވުމަށް އެޅި ފިޔަވަޅެއްނޫނެވެ. ފުއްގަނޑު ދޫނިތަކެއްފަދަ ލޯބިލޯބި،ކުދިން ތަންތަނުން ފެނުމުން އަހަރެންގެ މައިވަންތަކަމުގެ ލޯބި އުތުރި އަރައެވެ. އެފަދަ ލޯބިލޯބި ކުދިންކޮޅަކުން އަހަރެންގެ އުގު ފަޅުފިލާނެ ނަމައޭ ހިތަށް އަރައެވެ. އެފަދަ ކުދިންގެ […]