Skip to content
އެސްފިޔަ

ހަޔާތް

މާކިން މިދިލިގަހެއްގައި ލެގިލައިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވަމުންދާ އޭނާގެ ހަޔާތާ މެދުގައެވެ.އެވޭނީ އިހްސާސްތައް މުޅި ހަށިގަނޑުގައި އަޅާ ކަހަލައެވެ.އެހެންނުވާންވީ ސަބަބެއް ނެތެވެ.ތިމާ ދިރިހުއްޓާ މަރުގެ އިންޒާރު ލިބުމަކީ އަމިއްލައަށް މަރުވުމަށްވުރެ ވޭންހުރި ކަމެކެވެ.                                         އިރުކޮޅެއްފަހުން މާކިންގެ ހިޔާލަށް އައީ މީގެ 2 އަހަރު ކުރިއެވެ.މާކިން އޭނާގެ ޒުވާން ދައުރުގައި އުޅެމުން އައި މަޖާ ސަމާސާ ގޮތެވެ.އޭރު މާކިން އަށް 18 އަހަރެވެ.އަންހެން ކުއްޖެއް އޭނާގެ ހަޔާތް ބަދަލު ކޮށްލިއެވެ.މާކިން އެއްދުވަހަކު އަތިރިމައްޗަށް މޫދަށް އެރެން ދިޔައިރު 2 އަންހެން ކުދިން މޫދަށް އެރިއުޅުނެވެ.ކުއްލިއަކަށް އެތަނުން އެއް އަންހެން ކުއްޖަކު ބޮއި ފެތުނެވެ.ދެން އެތާގައި ހުރި އަންހެން ކުއްޖާ އެހީއަށް އެދި ގޮވަން ފެށިއެވެ.”ޕްލީޒް ހެލްޕް.ހެލްޕް.”.މާކިން އަވަސްއަވަހާ މޫދަށް ފުންމާލައިގެން ގޮސް އަޑިއަށް ގޮސްގޮސް އޮތް އަންހެން ކުއްޖާ ނެގިއެވެ.ނަމަވެސް އެއަންހެން ކުއްޖާ އޮތީ ހެއި ނެތިފައެވެ.މާކިން އަށް އެއަންހެން ކުއްޖާ އަތްދަނޑިމައްޗަށް ލައިގެން ދުއްވައި ގަނެވުނީ އެއްވެސް އިޙްތިޔާރަކާ ނުލައެވެ.މާކިން އަށް ދެވުނުހާ ބާރަކަށް ގޮސް އެއަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައެވެ.އެވަގުތު ޑޮކްޓަރަށް މާކިން އެއަންހެން ކުއްޖާ އަތަށް ލައިގެން ހުރިތަން ފެނުމާއިއެކު އެތާންގައި އޮތް އެނދެއްގެ މައްޗަށް ލުމަށް އެންގިއެވެ.ވަގުތުން އެމެގެންސީރޫމަށް އެކުއްޖާ ވެއްދުނެވެ.އިރުކޮޅެއްފަހުން ޑޮކްޓަރު ނުކުމެފައި މާކިންއާއި ދިމާލަށް ބުންޏެވެ.”އޭނަ ސަލާމަތްވީ ހަމަ ކިރިޔާ.ކުޑަ ވަގުތުކޮޅެއް ލަސްވިނަމަވެސް ސަލާމަތެއް ނުވީސް.ތޭންކްސް ޓު ޔޫ..”އިރުކޮޅަކުން އެތާންގައި އެއަންހެން ކުއްޖާ އާއިއެކު މޫދަށް އެރި އުޅުނު އަންހެން ކުއްޖާ ފެތުނު ކުއްޖާގެ ބޭބެ ގޮވައިގެން އަތުވެއްޖެއެވެ. އައިސް މާކިން އަށް ޝުކުރު އަދާކުރިއެވެ.                                             އިރުކޮޅެއްފަހުން އެއަންހެން ކުއްޖާ ހޭއެރިއެވެ.އަދި އެތަނަށް އޭނާގެ ބޭބެ ދިޔުމުން އެއަންހެން ކުއްޖާ ބުންޏެވެ.”ކާކު އަހަރެން ސަލާމަތް ކުރީ ބޭބޭ؟”އެއަންހެން ކުއްޖާގެ ބޭބެ ބުންޏެވެ.”މާކިން ކިޔާ ކުއްޖެއް.” އެވަގުތު މާކިން އެތަނަށް ވަނެވެ.އެއަންހެން ކުއްޖާ ބުންޏެވެ.”އަހަރެން ބޭނުން މާކިންއާ އެކަނި ވާހަކަ ދައްކާލަން.”އެހެން ބުނުމުން އޭނާގެ ބޭބެ ނުކުމެއްޖެއެވެ.އެއަންހެން ކުއްޖާ ބުންޏެވެ.”އަހަންނަށް ކިޔަނީ މަލާޔާ.އަހަރެންގެ ބޭބެ އަށް ކިޔަނީ މިކްޔަން.އަހަރެން ސަލާމަތް ކޮށްދިނީތީ ވަރަށް ބޮޑަށް ތޭންކްސް.”އަހަންނަށް ޝުކުރު އަދާކުރާކަށް ނުޖެހޭނެ.އަހަރެން މަލާޔާ ސަލާމަތް ނުކުރިނަމަ މަލާޔާ މަރުވީސް.ދެން އެހެންނޫނަސް މިހާރު ފްރެންޑެއްނު ދޯ!ދެން ނިދާލާ.ބޭރުގަ މަޑުކުރާނަން.”މާކިން ޖަވާބު ދިނެވެ.މަލާޔާ އާއެކޭ ބުނުމަށްފަހު ދެލޯ މަރާލިއެވެ.މާކިން އެވަގުތު މަލާޔާގެ ގަޔަށް ވަރަށް ފުންކޮށް ބަލާލިއެވެ.ނުލާހިކު ދޮން ހަށިގަނޑެކެވެ.ވަށްވަށް މޫނުކޮޅެކެވެ.މަޑު ފިޔާތޮށި ކުލަ އަރަމުންދާ ކުޑަކުޑަ ތުންފަތެކެވެ.ހައިލައިޓް ކޮށްފައިވާ ފަން އިސްތަށިގަނޑެކެވެ.ރީތިކަނެ ހުސްކޮށްގެން ހުރި ލޯބިލޯބި އަންހެން ކުއްޖެކެވެ.މާކިންގެ ހިތަށް އެރި އެއްޗަކުން ބޭއިހްތިޔާރުގައި ހީލެވުނެވެ.ަދި ދެފަރާތަށް ބޯ ހޫރާލުމަށްފަހު ނިކުތެވެ.ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް މާކިން އާއި މަލާޔާ ގެ އެކުވެރިކަން ދިޔައީ ބަދަހިވަމުންނެވެ.                                             އެއްރެއަކު މާކިން މަލާޔާއަށް ޕާޓީ އަކަށް ދައުވަތު ދިނެވެ.އެރޭ ޕާޓީ އަށް ދާން މަލާޔާ ތައްޔާރުވާން އެއްޗެހި ގަންނަން ދިޔައީ އޭނާގެ އެކުވެރި ޔާނީ އާއި އެކުގައެވެ.އަދި ފިހާރައަށް ގޮސް ހެދުމާއި ބޫޓާއި އެއްޗެހި ގަނެގެން ގެއަށް އައިސް ތައްޔާރުވާން ފެށިއެވެ.ތައްޔާރު ވާން ހުއްޓާ މާކިންގެ  ފޯނެއް އައެވެ.މަލާޔާ ފޯނު ނެގުމުން މާކިން އޭނަ ބަލާ އައިސް އިން ވާހަކަ ބުންޏެވެ.އެވަގުތު މަލާޔާ ތިރިއަށް ފައިބައިގެން ނިކުންނަނިކޮށް އޭނާގެ ބޭބެ އައެވެ.”މަލާއްކޮ މިހާރު ބުނެފިންތަ މާކިން ކައިރީގަ އެވާހަކަ؟ބޭބެއަށް ފެންނަނީ ވީހާވެސް އަވަހަކަށް މާކިން އަށް އެވާހަކަ އެންގުމަށް،އެހެންނޫނީ މާކިން ފަހުން މާ ބޮޑަށް ދެރަވާނެ”.މިކްޔަން ބުންޏެވެ.މަލާޔާ އާއިކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.މަލާޔާ ފެނުމުން މާކިން އަށް އޭނާގެ ބަދަލުވެފައިވާ މިޒާޖު ނަގައިގަނެވުނެވެ.މަލާޔާ ގޮސް ސައިކަލުގެ ފަހަތަށް އެރުމުން މާކިން ސައިކަލު ދުއްވާލިއެވެ.ޕާޓީ އޮތް ގެއަށް 15 މިނެޓުތެރޭގައި ދެވުނެވެ.ޕާޓީގައި މަޖާކޮށް އުޅެނިކޮށް މަލާޔާގެ ބޭބެ ގުޅަން ފެށިއެވެ.އާއެކޭ ބުނުމަށްފަހު މަލާޔާ ފޯނު ބޭއްވިއެވެ.މާކިން ކައިރީގައި ގެއަށްދާން ބޭނުން ވާހަކަ ބުނުމުން މާކިން މަލާޔާ ގެއަށް ލާން ހިނގައްޖެއެވެ.އަދި އެގޭ ދޮރުމައްޗަށް އަރާފައި މާކިން މަލާޔާ އާ ދިމާލަށް ބުންޏެވެ.”މަލާ،އަހަރެން މިވާހަކަ ބުނަން އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ.އުއްމީދު ކުރަން މިވާހަކަ ބުނީމަ މަލާ އަހަންނާ ދޭތެރޭގައި ދެކޭގޮތް ބަދަލު ނުވާނެކަމަށް.މަލާ،އައި ލަވް ޔޫ.އައި ރިއަލީ ލަވް ޔޫ.މަލާ އަހަންނާ ރައްޓެހި ވާނަންތަ؟”އެހެންއިރުކޮޅަކު ހުރެފައި މަލާޔާ ބުންޏެވެ.”ފަހުން ޖަވާބެއް ދޭނަން،ގުޑް ނައިޓް މާކް.”މާކިން ވެސް ގުޑް ނައިޓް އޭ ބުނެފައި ދިޔައެވެ.ކުއްލިއަކަށް އެރޭ މަލާޔާ ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔައެވެ.ޑޮކްޓަރު ބުނީ ވަގުތުން މާލެ ގެންދިއުމަށެވެ.މާލެ ގެންދިއުމުން ބުނީ މަލާޔާ ހުރީ ކެންސަރުގެ ފަހު ސްޓޭޖުގައި ކަމެވެ.އަދި މަލާޔާ ސަލާމަތްވުމުގެ ޗާންސް ވެސް ކުޑަ ކަމަށް އެންގިއެވެ.އަދި ބޭރަށް ގެންދިޔުމަށް ބުންޏެވެ.މިކްޔަން ވަގުތުން އެމަޖެންސީ ފުލައިޓުން މަލާޔާ ގޮވައިގެން  ބޭރަށް ހިނގައްޖެއެވެ.މާކިން މަލާޔާ ހޯދުމަށް ރޭދުވާ ކުރާ މަސައްކަތް ވަނީ ނާކާމިޔާބެވެ.މަލާޔާ ހޯދުމަށް މާކިން ނުހޯދާ އެއްވެސް ތަނެއް ނެތެވެ.ނަމަވެސް މަލާޔާގެ ހަބަރެއްވެސް އަދި މިކްޔަންގެ ހަބަރެއް ހަމަހިލާ ނުވިއެވެ.މލާޔާ ދެން އޭނާއަށް ގެއްލުނީ ކަމަށް މާކިން އަށް ގަބޫލުކުރެވުނެވެ.އޭގެ ބަރާބަރު 6 މަސް ފަހުން އޭނައަށް ސްކޯލާޝިޕެއް ލިބިގެން އިންޑިޔާއަށް ދިޔުމަށް ފުރުސަތު ލިބުނެވެ.އިންޑިޔާއަށް ދިޔަތާ މާގިނަދުވަހެއްނުވެ މާކިން އަށް ފެނުނީ މާކިންގެ ކޮލެޖު ކުރިމަތީ ހުންނަ މާވިއްކާ ފިހާރައިން މަލާޔާގެ ބޭބެ މިކްޔަން، މަލާޔާއަށް އެންމެ ރީތި ނޫކުލައިގެ ފިނިފެންމާ ގަނެގެންދާ ތަނެވެ.މާކިން މިކްޔަންގެ ފަހަތުން ހިސާބަކަށް ދިޔަތަނާ އޭނަ ގެއްލިއްޖެއެވެ.އަނެއް ދުވަހުވެސް މާކިން މިކްޔަން ފެނޭތޯ ކޮލެޖު ކައިރީ މަޑުކޮށްގެން ހުއްޓެވެ.މިކްޔަން އެދުވަހުވެސް އައެވެ.މާކިން އޭނާގެ ފަހަތުން ދިޔައެވެ.މިކްޔަން ގޮސް ވަނީ ކެންސަރު ޖެހިފައި ތިބި މީހުން ތިބޭތާކަށެވެ.މާކިން ހިތަށް އެރުއެވެ.މިކްޔަން ކެންސަރު ޖެހިފައި ތިބޭ މީހުން ތިބޭތަނަށް އެވަނީ ކީއްވެގެންހެއްޔެވެ؟މާކިން ވެސް ފަހަތުން ވަދެގެން ދިޔައެވެ.އަދި މިކްޔަން ވަތް ކޮޓަރިއަށް ވަނެވެ.ނަމަސް ފެނުނު މަންޒަރަކުންމާކިންގެ ހިތް ހުއްޓުނު ކަހަލައެވެ.ވެއެތާންގައި އޮތީ އޭނާ އެންމެ ލޯބިވާ އޭނާގެ މަލާއެވެ.މާކިން ފެނުމުން މަލާޔާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.މާކިން ދުވެފައި ކަހަލަ ގޮތަކަށް މަލާޔާ އާއި ދިމާލަށް ދިޔައެވެ.”މަލާ ވައި.ވައި،ވައި ޑިޑިންޓް ޔޫ ޓެލް މީ ޕްރިންސެސް؟”.ކުރަކިވެފައިވާ އަޑަކާއިއެކު މާކިން މަލާޔާ އާއި ދިމާލަށް ބުންޏެވެ.ނަމަވެސް މަލާޔާގެ ހާލަތު ހުރި ގޮތުން މާކިން އަށް ޖަވާބު ދެވޭނެ ގޮތެއް ނެތެވެ.ރުއިން ފިޔަވާ މިއަދު އިތުރު ކަމެއް ކުރެވޭކަށް އޭނާ އަކަށް ނެތެވެ.އެވަގުތު މަލާޔާ ވަރަށް ހާލުން ބާލިސްގެ ދަށުން ސިޓީއެއް ނަގާފައި މާކިންގެ އަތަށް ދިނެވެ.މަލާޔާގެ ހާލު މާ ބޮޑުވުމުން އޭނަ އައިސީޔޫ އަށްގެންދެވުނެވެ.މާކިން ދެލޮލުން ކަރުނަ އޮހޮރޭ ހާލުގައި ސިޓީ ހިފައިގެން ބޭރަށް ނިކުތެވެ.މިހާރުވެސް އޭނާ އެހުރީ އެ ސިޓީ ހިފައިގެން ހަމަ އެތާނގައެވެ.ސިޓީ ގައި އޮޓީ

ލޯބިވާ މާކިންއެވެ.މާކިންގެ ފުރަތަމަ ފެނިލުމުންވެސް އަހަރެންގެ މި ހިތް މާކިން އަށް ހަދިޔާކޮށްފީމެވެ.ނަމަވެސް ބުނާނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ.ސަބަބަކީ އަހަންނަކީ ކެންސަރުގެ ޝިކާރައަކަށް ވެފައިވާ ކުއްޖަކަށް ވާތީއެވެ.އަހަންނަށް ވަނީ ބްލަޑް ކެންސަރު ޖެހިފައެވެ.މިވާހަކަ އަހަރެން މާކިން ކައިރީގައި ނުބުނީ މާކް ދެރަވާނެވަރު އިންގޭތީއެވެ.އަހަރެންގެ ސަބަބުން މާކިން އިތުރަށް ދެރަކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.މާކް ދެކެ އަހަރެން ވަރަށް ލޯބިވެއެވެ.ނަމަވެސް އަހަރެމެންގެ ތަގުދީރުގައި ދެމީހުން އެއްކޮށް އުޅެން ލިޔެވިފައެއް ނެތެވެ.އަހަންނަކީ މާދަމާވެސް މި ދުނިޔެ ދޫކޮށްފައި ގޮސްދާނެ މީހެކެވެ.ނަމަވެސް މާކިންގެ ދިރިއުޅުން އަދިވެސް ކުރިއަށް އޮތީއެވެ.ސޯ މާކް ޖަސްޓް ފޯގިވްމީ އެންޑް ފޯގެޓް މީ…އެންޑް އައި ރިއަލީ ލަވް ޔޫ……

މާކްގެ ލޯބިވާ މަލާ

މަލާޔާގެ ސިޓީ ކިޔާ ނިމުނުއިރު މާކިންގެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ.ހަމަ އެހެންމެ މާކިން އެކޭ އެތަނަށް ޖަހާފައި ހުރި ބުދެކޭ ތަފާތެއްނެތެވެ.މިއީ ހުވަފެނަކަށް ވުމަށް އެދި ދުއާ ދެންނެވުނު އަދަދެއްވެސް ނޭނގެއެވެ.ނަމަވެސް ތަގުދީރުގައި ލިޔެވިފައިވާ އެއްޗެއް ބަދަލެއްނުކުރެވޭނެ ނޫންހެޔެވެ؟”މާކިން”ފަހަތުން އިވުނީ މިކްޔަންގެ އަޑެވެ.މާކިން އަވަހަށް ކަރުނަތަށް ފޮހެލާފައި ފަހަތްބަލާލިއެވެ.”ކޮބާ މަލާ؟”މާކިން އެހިއެވެ.ނަމަވެސް މިކްޔަންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.”މިކްޔަން ކޮބާހޭ މަލާ؟އަޑެއް ނީވޭތަ؟ފަހަރަކަށްވުރެ ފަހަރެއް މާކިންގެ އަޑު އަންނަނީ ބާރުވަމުންނެވެ.”މާކް،މަ..މަލާ..މަލާ ނިޔާވެއްޖެ”މިކްޔަން ދެލޯމަރާލާފައި ބުންޏެވެ.މިކްޔަން ބުނި އެތި މާކިންގެ ކަންފަތަށް އިވުނީ ހޮނު ގުގުރި އެއްފަދައިންނެވެ.”ކީކޭ،،،ނޫން..ނޫން،މަލާ އަހަރެން ދޫކޮށްފައެއް ނުދާނެ.ނުދާނެ…”މާކް ހިތްވަރު ކުރަން ވާނެ،”މިކްޔަން ބުންޏެވެ.މަލާޔާގެ ކަށުކަމާކެމީގެ ކަންތަށް ކޮށް ނިމުމުން މާކިން ދިޔައީ ގެއަށެވެ.އަދިވެސް މަލާޔާ ނެތް ކަން މާކިން އަށް ގަބޫލުކުރަން ދައްޗެވެ…”މަލާ..ހައު ކޭން އައި ލިވް ވިތައުޓް ޔޫ މައި ބޭބީ ގާލް..”ނަމަވެސް މަލާޔާ ބުނި ގޮތަށް މާކިންގެ ދިރިއުޅުން އަދި އޮތީއެވެ.އެހެންކަމުން މާކިން ބޭނުންވީ ކާމިޔާބު މީހަކަށް ވުމަށެވެ.ހަމައެކަނި މަލާޔާ އަށްޓަކައެވެ…

ނިމުނީ

Comments (15)

  1. Sarah

    Mii ssc dhivehi past paper ehge in feshumakah liyefa in story eh dhw…. Vvvv salhi story…. ❤️❤️??❤️❤️??

    1. livy
      Sarah

      Thanks sarah❤❤❤❤yahh my teacher eh dhin feshumeh aslu mee…hope to see your comment often…❤❤❤❤

  2. Lully

    Ssc dhivehi past paper eh ge feshumaa liyefa dhw
    Reethi ingey vhk ekam feshumaa thankolheh vaahaka gulhun kudakoh
    Keep up the good work

    1. livy
      Lully

      Thank you so much lully….❤❤❤yahh e feshumah liyefa..that means a lot lully….???thanks…❤❤❤❤

  3. livy

    Hello my dear lovely readers….❤❤here is my first story…hope u guys will like it…as this is my first story mistakes will be there so plx point out the mistakes….❤❤❤❤❤❤?????i will accept any kind of comments….lots of love❤❤❤❤❤❤❤❤❤❤❤❤❤❤

  4. jiji

    Vrh salhi mi stry..some mistakes are there kudakoh lyk commaa koalhi ge baeh than than kolhuga nujehifa hury..bt stry ge kunnu hama habeys..adhi miah vure dhigukohlinama ithurah furihama vees..❤❤?????..first stry ah balaaafa rangalhu hama..

    1. livy
      jiji

      Thanks jiji…❤❤surely i will improve the mistakes here after…????thank you for point outing the mistakes..

  5. Inu

    Hellow livyy….❤❤❤❤v salhi mi vaahaka….maakin v dheravaane dhw….???i feel sorry for him….dhn kniakun ehn vaahaka eh up kuraany….????looking forward for a story frm you…lots of love❤❤❤❤❤❤❤❤❤❤

    1. livy
      Inu

      Hi inu❤❤thanks..yahh maakin dheravaane dhw dhn!!!

  6. Someone

    Hellow livyyyy…❤❤❤❤❤nice story ingey….keep up the good work girl…i feel bad for mark….lookinh forward for a story frm you….next story thankolheh dhigukohlahchey…..plus thankolheh ginain sifakurun thah gennanvii eyrun v rythi vaane….may allah bless you with a bright future….❤❤❤❤❤❤❤❤❤

  7. inuu

    hii livyy…v nice ingey story….mark v dheravaane dhw….looking forward for a story from you….lots of love…

  8. Kitty

    Varah reethi mi vaahaka ves Masha allah keep up the good work

    1. livy
      Kitty

      Thanks sweetheart…❤❤

  9. Laalu

    Kee vaahakayakaa v vahtharu… Ekam name different… Ekamvx v v v v nice… ?????

  10. livy

    Hehe laalu❤❤❤❤ehn tha……???hama vahtharu vedhaane dhw!!!its okay!!!thank you so much for the support..

Comments are closed.