ސާދަވިލޭރޭގެ ހަނދު ފޫހިކަމެއް ނެތި މެދު އުޑުގައި ރަނިކަން ކުރަމުން ދިޔައިރު އެހަނދުވަރުގެ ރީތި ރިހި އަލި ދިޔައީ މުޅި ދުނިޔެއާއި ކުޅެމުންނެވެ. ހަނދުގެ ދަރުބާރުގައި ފިޔަޖަހަމުން ދިޔަ ތަރިތަށް އެކަމުގެ ޝަރަފު އަމިއްލައަށް ބަލައިގަންނަމުން ދިޔައީ އެހެން ހިތްތަކުގައި ހަސަދަވެރިކަން އުފައްދަމުންނެވެ. ބަގީޗާގައި ހެދިފައި ހުރި އެކި ކަހަލަ މާމެލާމެލީގެ ގަސްތަށް ވަޔާއިއެކު ނާނާ ކިޔަމުން ދިޔައިރު، މާމެލާމެލީގެ މީރުވަސް ވަނީ މުޅި ފަޒާގައި ހިފާފައެވެ. ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވައިލައިގެން އާސިމް ހުރިއިރު ވަށައިގެންވީ މަންޒަރުގެ ރީތިކަން ހިތަށް ވާސިލްކުރެވޭ ގޮތެއް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. ދުވަހުގެ ކޮޅުންވެސް އަފްނާން […]
އިރު އޮއްސެމުން އައި އިރު މުޅި އުޑުމަތި ވަނީ އަނދުން ކުލައިގެ ވިލާތަކުން ބައްދާލާ ވިއްސާރައިގެ ކުލަވަރު ދައްކާލާފައެވެ. ފަޒާގެ ހިމޭންކަން މުގުރަމުން ދިޔައީ ތޮށިގަނޑު މަައްޗަށް ބިންދަމުން ދިޔަ ބިޔަ ރާޅުތަކެވެ. އުޑުމަތީގައިވީ ވިލާތައް ބޯވަމުން ދިޔަ އިރު ވައިރޯޅިތަކުގައިވީ ފިނިކަން ދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ.ވަޔާއިއެކު ވާރޭގެ ހިމަހިމަ ތިކިތައް ބޯވަމުން އެކި ދިމަ ދިމާއަށް ބުރުއްސަމުން ދިޔައިރު ތެމިދާނެ ކަމުގެ އެއްވެސް ފަރުވާލެއްނެތި އިން އިސްރާއަށް ސިހުން ގެނުވީ އޭނާގެ ކޮނޑުމަތީގައި މީހަކު އަތް އަޅާލުމުންނެވެ. އެއީ ކާކުގެ އަތެއްކަން އިހުސާސްވީ ހިނދު އެތަނުން ތެދުވެ ދުއްވައިގަންނަން ނެގި ފުރަތަމަ ފިޔަވަޅުން އިސްރާއަށް ފަހަތަށް އެނބުރި ބަލާލެވުނީ ޔޫސުފް އޭނާގެ ނަމުން ގޮވާލުމުންނެވެ. “އިޒީ” އެތަށް ދުވަހަކަށް ފަހު ޔޫސުފް އިސްރާއަށްް އެނަމުން ގޮވާލުމުން އެންމެ ފުރަތަމަ ދުވަހެކޭވެސް އެއްގޮތައަށް އިސްރާއަށް ޔޫސުފްއާއި ދިމާލަށް ބަލާލެވުނީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. ހަޔާތުގައި ވެފައިވާ ހުރިހާ ކަމެއް ހަނދާނުން ފޮހެވިގެންގޮސް ޔޫސުފްގެ މަޑު މުށި ކުލައިގެ ދެލޮލުގެ ތެރެއަށް ގެނބިގެން ގޮސްދާނެހެން […]
ތެމިދާނެ ކަމުގެ އެއްވެސް ފަރުވާލެއްނެތި އިން އިސްރާއަށް ސިހުން ގެނުވީ އޭނާގެ ކޮނޑުމަތީގައި މީހަކު އަތްއަޅާލުމުންނެވެ.އެއީ ކާކުގެ އަތެއްކަން އިހުސަސްވީ ހިނދު އެތަނުން ތެދުވެ ދުއްވައިގަންނަން ނެގި ފުރަތަމަ ފިޔަވަޅުން އިސްރާއަށް ފަހަތަށް އެނބުރި ބަލާލެވުނީ ޔޫސުފް އޭނާގެ ނަމުން ގޮވާލުމުންނެވެ. “އިޒީ” ލޯބިން ފުރިގެންވީ އަޑަކުން އިސްރާއަށް ޔޫސުފް ގޮވާލިއެވެ. އެތަށް ދުވަހަކަށް ފަހު ޔޫސުފް އޭނާއަށް އެނަމުން ގޮވާލުމުން އެންމެ ފުރަތަމަ ދުވަހެކޭވެސް އެއްގޮތަށް އިސްރާއަށް ޔޫސުފް އާއި ދިމާލަށް ބަލާލެވުނީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ.ޔޫސުފްގެ މަޑު މުށިކުލައިގެ ދެލޮލުގެ ތެރެއަށް ގެނބިގެން ގޮސްދާނެހެން ހީވި ވަގުތުކޮޅަކަށްފަހު އިސްރާއަށް ދުރުބަލާލެވުނީ ލޮލަށް ގިނަވެފައި ހުރި ކަރުނަތަށް ޔޫސުފްއަށް ފޮރުވުމުގެ ނިޔަތުގައެވެ. އިސްރާގެ ފަރާތުން ފެނުނު މާޔޫސްކުރުވަނިވި ހަރަކާތަށްފަހު ޔޫސުފް އަނެއްކާވެސް އިސްރާއަށް ގޮވާލީ އެހިތުގައިވި ހުރިހާ […]